ވާ ލޯބި އެނގޭނަމަ(25)ފަހުބައި
ނައިފާ ގޮވައިގެން ކޮޓަރީގައި ތިބި ނައިރާ އާއ ރީނާ ހުރީ ފޫހިވެގެން މޮޔަވާވަރު ވެފައެވެ.ނައިފާ ނިދުމުން ނައިރާ ފޯނުން ޓިކްޓޮކް ބަލަން އޮވެފައި ފޯހު ވުމުން އޮށޯތެވެ.”ނާނޫ….ދޭބަލަ މަތީގައި ހުރި ފޮތިތައް ހިފައިގެން އަށްނަން….”ބަދިގެ ތެރެއިން ރިފާ ގޮވާލިއެވެ..”ކޮން ރޫމެއްގަ ހުރީ؟މި މަސައްކަތް ނިންމާލާފަ ދާނަން”ނާއިން ދިޔައީ ބޭރުގައއި ހުރި ބައެއް ތަކެތި ބަލާށެވެ.ނާއިނަ ނުކުމެގެން ދިޔުމުން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ރާއިން މައްޗަށް އެރުމަށް ދިޔައެވެ.”ކޮޓަރީގަ ނުވެސް ނެތް..އަނެއްކާ ނާނުމެން ކޮޓަރީގަ ބާ؟”ހިތާހިތުން ރާއިން އަށް އަހާލެވުނެވެ.ރާއިން މެން ކޮޓަރި ކުރިމަށްޗަށް އަރައި މަޑުމަޑުން ޓަކި ޖަހާލިއެވެ.”ދޮންބޭ…ކިހިނެއްވީ”ލާނެތް ގޮތަކަށް ރީނާ އަހާލިއެވެ…”އަނެ….އަ..އަނެއް މިތާ ހުރި ފޮތިތައް ދީ..ދީބަލަ”ކޮޓަރީގެ އެކި ދިމާއަށް ނަޒަރު ހިންގާލަމުން ރާއިން ބުނެލިއެވެ.”ހޫމް….އަނެ..އަނެއް މަންޖެ އެއް ނުފެއްނާނެ ކިތައްމެ ވަރަކަށް ހޯދިޔަސް..މިހުރީ ފޮތި ކޮތަޅު..ބާ..ބާއީ”ނައިރާ ފާހަކަ ދޮރޫ ހުޅުވި އަޑު އިވުމާއެކު އަވަސް އަވަހަށް ރީނާ ދޮރު ލައްޕާލިއެވެ…
ދަ ކްލައުޑް ރެސްޓޯރެންޓް ވަނީ ނައިރާ އާއި ރީނާ ގެ ކައިވެންޏަށް ވަރަށް ރީތި ކޮށް ޒީނަތްތެރި ކުރެވިފައެވެ.ފަނޑު އަލިން އެތަން ދިއްލާފައިވީ އިރުކުދި ބޮކިތަކެއް ދިއްލާފައިވާއިރު މަޑު މިއުޒިކެއް ދިޔައީ ޖަހަމުން ނެވެ. އެންމެ ފުރަތަމަ އޮތީ އަޒާން ގެ ކައިވެނި ކަމުން ރާއިން އައިސް އިށިދުނެވެ. ރީނާ ދެކުމަށް ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ ރިފާ އައިސް ކައިރީގައި ހުރި ގޮނޑިގައި ރީނާ ބެހެއްޓުމުން ނެވެ.ހުނދު ކުލައިގެ ބޮޑު އެ ވެޑިން ޑްރެސް ގައި ރީނާ ގެ ރީތިކަން އަޒާން އަށް ފާހަގަ ކުރެވުނެވެ.ބުރުގާ އަޅާފައިވުމުން އެ ރީތިކަން ދެގުނައަށް އިތުރުވެފައިވެއެވެ.”އަނބި ގަބޫލު ކޮށްފިން”އަޒާން ގެ ދުލުން އެ ބަސްކޮޅު އަޑު އިވުމާއެކު ރީނާ ގެ ހތް އުފަލުން ފުރުނެވެ.މޭޒުދޮށުގައި އިށީދެގެން ހުރި ރާއިން ގެ ހިތް ދިޔައީ ފަހަރަކަށް ވުރެއް ފަހަރަކަށް ބާރަށް ތެޅެމުންނެވެ.އެހިތުގެ ރާނީ ފެންނުމަށް ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް އައި ނައިރާ އައިސް އިށީނުމުންނެވެ. ނައިރާ އަށް ބަލާލުމާއެކު ލާން އުޅުނު ނޭވާވެސް ތާށިވި ކަހަަލަ އެވެ.”މާޝާ ﷲ..މައި ވައިފަ ވަރަށް ލޯބި…ނުބުނަމެއްނު ބުރުގާ އަޅާ ވާހަކަ އެއްވެސް …”ސަޕްރައިޒް އެއްދޭން ނުބުނީ…”ލަދުން ހުރެ ނައިރަ ބުނެލިއެވެ. ޤާޟީ ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރު ނައިރާ އާއި ރާއިން އެކަކު އަނެކަކަށް ވަފާތެރި ވުމަށް ހިތުގެ އެންމެ އަޑިން އަމިއްލަ ނަފްސަށާއި އެކަކު އަނެކަކަށް ވައުދު ވިޔެޔެވެ.”ޢަނބި ޤަބޫލު ކޮށްފިން”ނައިރާގެ އަތުގައި ހިފާލަމުން ރައިން ބުނެލިއެވެ.ޓިށުލަކުން ނައިރާގެ ފެންކަޅިވެފައުވާ ލޯފެލައިދެމުން ނަަައިރާ ގައިގައި ބައްދާލިއެވެ.
ކައިވެނި ކުރެވިގެން ދިޔަ ދެމަފިރިންއަށް ހާއްސަ ކުރެވިގެންވާ ދިމާލުގައި އެތައް ބަޔަކުގެ ކިޔުހެދިފައިއޮތެވެ.އެތެރެއަށް ވަދަގެން އައި އެކުވެރިން ފެނުމާއެކު ރާއިން ހައިރާން ވިއެވެ.”ސަޕްރައިޒް….”ރައިން ގައިގައި ބައްދާލަމުން ބުނެލިއެވެ..”ކިހިނެއް؟މިތަނަށް..”ރާއިން ހުރީ ހައިރާން ވެފައެވެ.އެމްއެންޑީއެފް އަށް އަލުން ޖޮއިން ކުރިތާ ބަރާބަރު 3 މަސް ވީ ނަމަވެސް ރާއިން އެމީހުން އަކަށް ދައުވަތު ކާޑެއް ނުފޮނުވައެވެ.”އިރާ އިންވައިޓް ކުރީ….އިނގޭ ޖެހިފަ ހުރި ބައެއް މައްސަލަތުކުން ވަހަކަ ނުދައްކާކަން…އިރާ ކިޔަދިނިން ހުރިހާ ކަމެއް ވެސް….ކީއްވެކަން ކެނޑުނީ ވެސް…’ރާއިން އާއި ދިމާލަށް ބަލާމުން ބުނެލިއެވެ.ވަކި ވަކިން ކޮންމެ މީހަކުވެސް ރާއިން ގައިބައްދާލަމުން މާފަށް އެދުނެވެ.”ހޫންންންން……… މިރޭ މެޓް އޮފީހުން ގުޅާނެ ކަމަށް މިބަލަނީ……ވަރަށް ގަދަހެން ހީވަނީ……ވަރަށް ވައިވެސް ގަދަ….”ނޫން ގޮތަކަށް ނައިރާމެން ކައިރި ހުއްޓިލަމުން ނާއިން ބުނެލިއެވެ.”ތިއްތި ގަނޑާ…..ހުވާ މިބުނީ…..ކުރިން ރޭ ނައި އަތަށް އިފާ ދިނީ އެރޭ ބިންހެލުމަކަށްނު….”ނާއިން އާއި ދިމާލަށް ކަޅި އަޅާލަމުން ނައިރާ ބުނެލިއެވެ.ނައިރާ ގެ ވާހަކަ ނިމުމާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައިރު ރިފާ ހުރީ ލަދުން ރަތްވެފައެވެ.
ޕާޓީން މީހުން މަދުވާން ފެޝުމާއެކު ރައްޓެހިންނާއި އާއިލާ މީހުންނާއި އެކީ ފޮޓޯނަގަމުން ދިޔައެވެ. އެންމެން ގެ ފޮޓޯ ނެމުމަށްފަހު ދެން ނަމަގަމުން ދިޔައީ ދެމަފިރިންގެ ފޮޓޯ ތަކެވެ.7 މަހުގެ ނައިފާ އުރާލައިގން ހުރެ ރިފާ ފޮޓޯ އަށް ހުއްޓެއް ވި ގޮތް ކިޔައިދެމުން ދިޔައެވެ.މެރޫން ކުލައިގެ ވައްތިރި ހެދުމުގައި ތުއްތު ނައިފާ ފެންނަނި ވަރަށް ލޯބި ކޮށެވެ…..ބޮލުގައި ހުދާއި މެރޫން ދައްޗެއް ރީި ގޮތަކަށް ޖަހާލާފައި ވިއެވެ.ނަސޫހުގެ ހިތްގައިމު އަޑުން ކިޔަމުން ދިޔަ ލަވަ އާއި އެއްވަރަށް ރާއިންގެ ދެމަފިރިންނާއި ރީނާގެ ދެމަފިރިން މަޑުމަޑުން ނަށަމުން ދިޔައެވެ.ނައިފާ ނޫރާ އަަތަސް ދިނުމަށްފަހު ރިފާ އަތުގައި ހިފާލައިގެން ގޮސް ނާއިން ވެސް ލަސްލަހުން ނަށަމުން ދިޔައެވެ. ނައިރާ އާއި ރާއިން އަށް ހާއްސަކޮށް ފައިވާ މޭޒުގައި ކެއުމަށް އިންސާފު ކުރުމަށް އިށިދުނެވެ.ތަންކޮޅެއްދުރުގައި އަޒާންގެ ދެމަފިރިން ވެސް ކެއުމަށް އިންސާފު ކުރަމުން ދިޔައެެވެ…”ދަރިފުޅާ..ރާއިން…މަންމަ އަށް މިހެން ބުނާއިރުވެސް އެނގޭ ދަރިފުޅު ވަރަށް ރަނގަޅަށް ނައިއަށް ބަލާނެ ކަން .އެކަމުވެސް ދަރިފުޅާ…ނައިމެން ކުޑައިރު ނައިމެން ބައްޕަ ވަނީ ނިޔާފެވަ..ބަފައަކާ ނުލާ ނައި އާއި ނާނު ބޮޑުކުރީ ބޭނުންވި ހުރިހާ ކަމެއް ކޮށްދީގެން…..ދެކުދިންގެ އުފަލަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްދީގެން..ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނުބާވަން..މީ މަންމަގެ ދެލޮލުގެ ނޫރު……ދެކުދިންގެ މެދުގައި މައްސަލަ އެއް ޖެހުނަސް ރީތިކޮށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ވާނެ….މަންމަ ނެތް ދުނިޔެއަކު ވެސް މަންމަ ގެ ނައި އަސް ރަނގަޅަށް ބަލައިދޭތި”ނޫރާ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަށްނަމުން ދިޔައެވެ.ނައިރާ ނޫރާ ގައިގައި ބައްދާލަމުން އެމޭގައި މޫނު ފޮރުވަލިއެވެ.
ނައިރާމެން ކާރުން ފެއިބި އިރު ލޯންޗު އައިސް ލަފަނީއެވެ.ކާރުން ފައިބެ ނައިރާ އަށް ކާރުން ފެއިބުމަށް ރައިން އެހީވެދިނެވެ.ނޫރާ އާއި ނާއިން ގައިގައި ބައްދާލުމަށްފަހު ރިފާ ގައިގައި ނައިރާ ބައްދާލިއެވެ…”ހޫން…..މިރޭ ރިސޯޓަށް ތޫފާން ނާރުވާތި ކޮންމެ އަކަސް.”ހެވައިގަންނަމުން ރިފާ ބުނެލިއެވެ.މޫނަށްވައްތަރެއް ޖައްސާލަމުން ނޫރާ އުރުތެރޭގައި ހުރި ނައިފާ ނަގައި އުރާލިއެވެ..”ދޮންތި ލޯބީ…ވަަރަށް މިސް ވާނެ….ލަވް ޔޫ”ނައިފަ ފެ ލޯބި ދޮން ކޮލުގައި ތުންފަތް ޖައްސާލަމުން ނައިރަ ބުނެލިއެވެ..”ތިކަމެއް ނޭނގެ…ރިސޯޓަށް ގޮސް ރޫމަސް ވަދެވޭރަށް އަހަރުން މަތިން ހަނދާނެއް ނުވާނެ..”ހީގަށްނަމުން ނާއިން ބުނެލިއެވެ.”މުހައްމަދު ނާއިން……..މިރޭ ގެޔަށްވެސް ތޫފާން އަރާނެ….ޔަގީން..މަންމަަ އަށް އަވަހަށް އުރާލައިގެން ގެޔަށް ގޮސް އިފާ ނިންދަވާ”މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން ނައިރާ ބުނެލިއެވެ.ލޯންޗަށް އެރުމަށް ގޮވުމާއެކު ނޫރާ އަށް ބައްދާލުމަށްފަހު ލޯންޗަށް އެރިއެވެ.
ލޯންޗު ލެފިއިރު ދެތިން މުވައްޒަފުން މަރުހަބާ ކިޔުމުގެ ގޮތުން ބުކޭ އަކާއި ކުރުނބާ ހިފައިގެންހުއްޓެވެ.ރާއިން ފައިބެ ަނައިރާ އަތުގައި ހިފައި އެއްގަމަށް އެރުމަށް އެހީތެރި ވެދިނެވެ.ކުރުނބާ އާއެކު ކޮންމެ މުވައްޒަފަކު ވެސް ހިތްހެޔޮ ހިނުތުން ވުމަކާއެކު މަރުހަބާ ކިޔެވެ. އަޒާން އައި ރީނާ ބަލައި ބަގީ އައުމުން ރާއިން ގައި ބައްދާލުމަށްފަހު ރީނާ އަޒާން ފަހަތުން ބަގީ އެއް އެރިއެވެ.ނައިރާމެން ރޫމަށް ގެނދިޔުމަށް ބަގި އައުމާއެކު ހިތްހެޔޮ ހިނިތުންވުމެއް މުވައްޒަފުންނަށް ރައްދު ކުރުމަށް ފަހު ބަގި އަށް އެރިއެވެ..
ނައިރާ ފާޙާނާ އަށް ވަދެ ތާޒާ ވެލައިގެން ނުކުމެ ނަމާދަށް ތައްޔާރު ވެލިއެވެ….”އަށްނާނަން އަހަރެން ވެސް ތާޒާ ވެލައިގެން”ނައިރާ ބޮލުގައި ފިރުމާލަމުން ރާއިން ތުވާލި ހިފައިގްނ ފާހަނާ އަށް ވެދުނެވެ.ހަމައެކަނި ތުވާލި އަދެގެން ނުކުތް ރާއިން ބޮލުގައި ފެނުގެ އަސަރު ހުއްޓެވެ.ރާއިން ގެ ފުރިހަމަ ރީތި ހަށިނގަޑު ފެނުމުން ނައިރާ މޫނުން ޖަންބު ކުލަ ފާޅުވެގެން ދިޔައެވެ.”އިރާ ތިހާލަދުން އުޅެގެން ކިހިނެއް ކަމެއް ކުރާ…….”ޓީޝާޓު ލަމުން ރާއިން ބުނެލި ޖުމްލަ ހުއްޓާލަން ޖެހުނީ ނައިރާ ކުޝަން އެއްލުމުން ނެވެ..”ރާއީ ގަނޑާ…..ޖަހާނަން….”ކަޅި އަޅާލަމުން ބުނެލިއެވެ. މޮސްޓް ވެލްކަމް އޭ ބުނަމުން ރާއިން މުސައްލަ އަޅާލިއެވެ.ދެމީހުން އެކުގައި ނަމާދުކޮށް އުމުރު ދިގުކުރެއްވުމަށާއި އެކަކު އަނެކަކަށް ވަފާތެރުވުމަށް ވެސް ދުޢާކުރި އެވެ.
މީހުން ބުނާއަޑު އަހަމެވެ.ކޮންމެ އަޑި ގަނޑަކަށް ފަހު އުސްގަނޑެއް އަށްނާނެއެވެ.ދިރިއުޅުމަކީ މިއީއެވެ.އެއްވެސް މީހަކަށް އަނެކާ އެއްޗެހި ނުކިޔާނެ ގޮތަކަށް ނޫޅެވޭނެއެވެ. ހަޔާތުގައި ދިމާވާ ކޮންމެ ކަމަކަށް ކުރިމަތިލާން ޖެހޭނީ ހިތްވަރާއެކު އަޒުމާއެކުގައެވެ.ހަޔާތުގައި ދިމާވާ ކޮންމެ ކަމަކުން އެތައް ފިލާވަޅެއް ލިބެއެވެ.ނައިރާ އާއި ރާއިންގެ ދިރިއުޅުމުން އެތައް ފިލާވަޅެއް ލިބެއެވެ.
ނިމުނީ……
އައްސަލާމު އަލައިކުމް……
މިހާ ކާމިޔާބާއެކު މި ވާހަކަ ނިންމުމުގެ ހެޔޮ ތަޢުފީޤު ދެއްވިތީ ﷲ އަށް ޝުކުރު ކުރަން…އަދި އަޅުގަނޑަށް ސަޕޯތް ދެއްވި ހުރިހާ ކިޔުންތެރިން އަށް ވަރަށް ބޮޑަށް ޝުކުރު ދަށްނަވަން…..
ބޯނަސް އެޕިސޯޑް އެއް އިތުރަށް ކިޔާލަން ބޭނުންވާނަމަ ކޮމެންޓް ކޮށްލަދީ…


