******
އެނދުމަތީގައި އޮތް ފޯނު ރިންގްވި އަޑަށް އިޒްކާން ތެދުވެ ބަލައިލިއެވެ.” މިއޮށް ހެނދުނާ ކާކުބާ އަނެއްކާ…” މޯޅިއަކަށް ދެމިލަމުން ތެދުވެ އޭނާ ފޯނު ބަލާލިއެވެ. ގުޅަމުންދަނީ ކުޑައިރުން ފެށިގެން ވެސް އެންމެ ގާތްކޮށް އުޅުނު ޒިވްޔަން އެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އިޒްކާން ހަލޯ އޭ ބުނެލިއެވެ. ކަންފަތުގައި ފޯނު ޖެއްސުމާއެކުގައި ޒިވްޔަން ވާހަކަ ދަށްކަން ފެށިއެވެ. ” މާތްކަލާކޯ ތި ތަންކޮޅެއް މަޑުން ވާހަކަ ދަށްކަބަލަ…” ޒިވްޔަން ވާހަކަ ދެއްކިލެ ބާރުކަމުން އިޒްކާން ފޯނު ތަންކޮޅެއް ދުރުކޮށްލަމުން ބުނެލިއެވެ.” ކީއްކުރަންނޯ ގުޅީ މިއޮށް ހެނދުނާ…. އިޒްކާން އަހައިލިއެވެ.” ރޭގަ ފަހުން ހަބަރު ވާނަމޭ ކިޔާފަ ހަބަރެއް ނުވީމަ މިގުޅާލީ… ޒިވްޔަން ގުޅި ސަބަބު ބުނެލިއެވެ. ” އާން ރޭގައި އެއްކަލަ ގަޑީގައި ގެޔަށް އައިގޮތަށް މަ ވަނީ ކޮޓަރިޔަށް ވަތްން ގޮތަށް ނިދީ…ގެޔަށް އައިރު ލީން އާވެސް ދިމާވި އެކަމު ވަރުބަލި ވެފަ ހުރީމަ އޭނަވެސް ގެޔަށް ފޮނުވާލާފަ މަ އަރާމުގައި ނިދާލީ… ނޭނގެ ހިތަށް އަރާނެ އެއްޗެއް ވެސް…” އިޒްކާން ބުނެލިއެވެ. އަލީނާދޯ…. އަލީނާޔާ ކަލޭގެ ކަންތަައްތައް ދަނީ ކިހިނެތް؟.” ޒިވްޔަން ސުވާލުކޮށްލުމުން ރަނގަޅު ކަމަށް އިޒްކާން ބުނެލިއެވެ.
” ހިނގާބަލަ ކޮފީއަކަށް ދާން…” އެންމެ ފަހުން ޒިވްޔަން ބުނެލިއެވެ. އިޒްކާން ރެޑީ ވަނީ ކަމަށް ބުނެ ފޯނު ބޭއްވުމުން ޒިވްޔަން ވެސް ނުކުމެލީ ބޭރަށެވެ. އޭރު ޔައިޝާ ވެސް ފޮތެއް ހިފައިގެން ސޯފާގައި އޮތެވެ. ޔައިޝާ އާއި ދިމާލަށް މިސްރާބުޖަހާފައި އިޒްކާން ގޮސް ހައި ޖަހާލިއެވެ. ޔައިޝާ ވެސް ތެދުވެ ކިޔަން ގެންގުޅުނު ފޮތް ލައްޕާލަމުން ޒިވްޔަންއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.” ވަރަށް ފޫހިވެފަ ދޯ ތިއޮތީ..” ޔައިޝާ އާއި ވާހަކަ ދަށްކަމުން ޒިވްޔަން ބުނެލިއެވެ. ޔައިޝާ ވެސް ބޯޖަހާލަމުން އައިންކޭ ބުނެލިއެވެ. ”ހިނގާބަލަ ބޭރަށް ދާން…” ޔައިޝާ ގާތުގައި ސޯފާގައި އިށީންނަމުން ޒިވްޔަން ބުނެލިއެވެ. ވިސްނާލުމަށް ފަހުގައި ޔައިޝާ މިއަންނަނީ ކަމަށް ބުނެ އޭނާގެ ކޮޓަރިޔަށް ދިޔުމަށްޓަކައި ސިޑިބަރިޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ސިޑިން އަރައިގެން ގޮސް އެންމެ މަތިން ދެވަނަޔަށް ހުރިކޮޓަރިޔަށް ވަދެ ދޮރުލައްޕާލުމަށް ފަހުގައި ޔައިޝާ ބޭރަށް ދާން ރެޑީ ވެލިއެވެ. އަދި ފޯނުން މީހަކަށް ގުޅާލުމަށް ފަހުގައި އޭނާ ބޭރަށް ދާން އުޅޭ ވާހަކަ ބުނެލުމަށް ފަހުގައި ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ.
ޒިވްޔަން އަށް މާގިނައިރުގައި އިންތިޒާރުކުރާކަށް ނުޖެހުނެވެ. ޔައިޝާ ދަބަސް ހިފައިގެން ފަިބައިގެން އަންނަތަން ފެނުމުން ހިނިތުންވެލާފައި ސޯފާއިން ތެދުވިއެވެ. މާ ބޮޑަށް ރީތި ނުވިކަމުގައި ވިޔަސް ގައިގައި ހުރި އަންްނައުނު ހުރީ ބަދަލުވެފައެވެ. އޭނާ ލާފައި ހުރީ ކަކުލުން ތިރިއަށް އަންނަވަރުގެ ހެދުމެކެވެ. ހެދުން ގަޔަށް ހިފާލާފައި ހުރި އިރުގައި ޔައިޝާގެ ރީތިކަން ހާމަވެގެން ދެއެވެ. ފަރިހިނގުމެއްގައި އައިސް ޒިވްޔަން ގާތުގައި މަޑުކޮށްލަމުން ދާކަށް ނުވޭހޭ ޔައިޝާ އަހައިލިއެވެ. ޒިވްޔަން ވެސް ނޫނެކޭ ބުނެލަމުން ދާން ހިނގައިގަތެވެ. ދިޔުމުގެ ކުރިން ޔައިޝާ ބޭރަށް ދާވާހަކަ ނޫރައިންގެ ގާތުގައި ވެސް ބުނެލިއެވެ.
ޔައިޝާ އާއި ޒިވްޔަން ތިބީ ކައިރި ހިސާބެއްގައި ހުރި ރެސްޓޯރެންޓް އެއްގައެވެ. އެހެން ތިބި އިރުގައި ޒިވްޔަން ދަށްކާ ބައެއް ވާހަކަ ތަކުން ޔައިޝާއަށް މަޖާ ވެގެން ހެވެއެވެ. ފުދޭވަރަކަށް އިރުވަންދެން ވާހަކަ ދަށްކަން ތިބުމަށްފަހުގައި ޒިވްޔަން ފަހަތަށް ބަލާލީ މީހަކު ގޮވާލުމުންނެވެ. ” ޕިސް ޕިސް މަކައިރި ކޮފީ އަކަށް ދާން ހިނގާށޭކިޔާފަ ކަލޭ އަންހެން ކުދިން ގޮވައިގެން މަޖާ ނެގުމުގައި….” ޔައިޝާ އިނީ ފުރަގަސް ދީގެން ކަމުން މޫނެއް އިޒްކާން އަކަށް ނުފެނުނެވެ. ”ދެން ވެސް ތި ވާހަކަ ގިނަ ނުކޮށް އާދެބަލަަ”’. އެއްފަހަރު ޔައިޝާ އަށް ބަލާލަމުން އަނެއްފަހަރު އިޒްކާން އަށް ބަލާލަމުން ޒިވްޔަން ބުނެލިއވެ. އިޒްކާން ވެސް ވާހަކަ ގިނަނުކޮށް އައިސް އިށީނެވެ. އަދި ކުރިމަތިގައި އިން ޔައިޝާގެ މޫނަށް ވަރަށް ރީތިކޮށް ބަލާލިއެވެ. އަދި އޭނާ ސިހުނީ ކުރިމަތިން ފެންނަން އިން ޒުވާން އަންހެން ކުއްޖާގެ ރީތިކަމުންނެވެ. އަލީނާ ޔާ އަޅާބަލާ އިރުގައި އެއީ އެއްވެސް އެއްޗެއް ނޫނެވެ. ދޮންކަމުން ހިވަނީ ގެސްޓެއް ހެންނެވެ. ފަންކޮށް އޮތް އިސްތަށިގަނޑު އޮތީ ހުޅިއެއްޖަހާ ލެވިފައެވެ. ހިމަ ނޭފަތުގެ އިތުރުން ވަށްދެލޮލެވެ. އެހެން އިނދެފައި ހީލާއިރުގައި މޫނުމަށްޗަށް އެޅޭ އަޑިކޮޅުގެ ސަބަބުން އޭނާގެ ރީތިކަން ފުރިހަމަ ކޮށްދެއެވެ. ކުރިމަތީގައި އިން ސާދަވިލޭރޭގެ ހަނދެއް ފަދަ ލޫޅާފަތި ހަށިގަނޑެއްގެ ވެރި ޒުވާން އަންހެން ކުއްޖާގެ ފުރަތަމަ ފެނިލުމުންވެސް އިޒްކާންގެ ހިތުގެ އެންމެ ފުނަށް އަސަރުކޮށްފިއެވެ. ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހިތް ޑަންޑަން ލާފައި ތެޅެން ފެށިއެވެ. ހިތް ބުނަމުން ދިޔައީ އެއަތުގައި ހިފާލުމަށެވެ. ނަމަވެސް ސިހުނީ ކައިރިން ޒިވްޔަން ވާހަކަ ދަށްކަން ފެށުމުންނެވެ.
” ސާބަހޭ އޭނާ ފެނިގެން މަށަށް ނުވާވަރު ކަލެއަށް ވެއްޖެ އެންނު…” ޒިވްޔަން ހީގަންނަމުން އެހެން ބުނެލުމުން އިޒްކާން ހަމަ ރަނގަޅަށް ވެސް ރަކި ވެއްޖެއެވެ. ”ކަލޭ ތިވަރަށް އޭނާއަށް ބަލަންޔާ އެފަކީރުވެސް ލަދުން މަރުވާނެ މަވަރަށް ކިޔައިގެން މިގެނައީ ވެސް…” ޒިވްޔަން ބުނެލިއެވެ. އަދި އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. ”ނޭނގޭނެ އެއްނު މަ ހީކުރީ ކައެ ބިޓު ކަމަށް..” އިޒްކާން އަނެއްކާވެސް ޔައިޝާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ހަމަ އެވަގުތު އިޒްކާން އާއި ދިމާލަށް ޔައިޝާ ވެސް ބަލާލިއެވެ. އާނިޝް އެކޭ އެއްވަރަށް އިޒްކާން އަކީ ވެސް ރީތި ޒުވާނެކެވެ. ނަމަވެސް ތަފާތަކީ އާނިޝް އަށް ވުރެ ސްމާޓް ވެފައި އިސްކޮޅުން ދިގުކަމެވެ. އިޒްކާންގެ ހޭވިފައި އޮތް އިސްތަށިގަނޑު ރީތި ކޮށްލާއިރުގައި ވެސް މަޝްހޫރު ލަވަކިޔުން ތެރިޔަކަށް އޭނާ ދޫނުކުރާނެއެވެ. ހިޔާލުތަކަށް ގެއްލިފައިން ޔައިޝާ ސިއްސައިގެން ދިޔައީ އިޒްކާންގެ ފޯނު ރިންގު ވާން ފެށިއަޑަށެވެ. ލަވްގެ ނަމުން ސޭވް ކޮށްފައި އިން ނަންފެނިފައި ޔައިޝާއަށް ވިސްނުނީ އޭނާގެ ލޯބިވެރިޔާ ކަމަށެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ފޯނުނަގައި ކަންފަތުގައި ޖަހާލުމާއެކުގައި އެކޮޅުން ވާހަކަ ދެއްކީ ތުއި އަންހެން ކުއްޖެކެވެ. ” އިޒްކާން ކޮންތާކު” އަލީނާ އަހައިލިއެވެ. އެއްފަހަރު ޒިވްޔަން އަށް އަދި އަނެއްފަހަރު ޔައިޝާ އަށް ބަލާލުމަށް ފަހުގައި އަލީނާޔަށް ޖަވާބު ދިނެވެ.
”އަހަރެން ވެސް ގޮވައިގެން ދިޔަނަމަ ގައިމު އޭރަށް ހޯދާކަށް ނޫޅުނިސް ދޯ… ” އިޒްކާން ވާހަކަ ދައްކާ ނިންމާލި އިރަށް އަލީނާ ވާހަކަ ދަށްކަން ފެށިއެވެ. އެންމެ ފަހުން އިޒްކާން ނިންމީ އެތަނަށް އަލީނާ ގެންނާށެވެ. އަންނަންވީ ތަން ކިޔާލަ ދީފައި އިޒްކާން ފޯނު ބާއްވާފައި ނިއްކުރިމަތީގައި ދެއަތް ހިންގާލިއެވެ. އަދި ޒިވްޔަން އަށް ބަލާލަމުން ބުނެލިއެވެ. ” ޝީ ވޯންޓް ބިލީވްމީ…” އިޒްކާން އެންމެ ފަހުން ބުނެލިއވެ. ” މިހާ ލޯޔަލް އިރުގަ ވެސް އަހަރެންނަކަށް އިތުބަރެއް ނުކުރެ ލީން އެއް…” ދެފަރާތަށް ބޯހޫރުވާލަމުން އިޒްކާން ބުނެލިއެވެ. ” އަހަރެން ބުނީ ކަލޭ ކޮށްކޮއޭ ބުނީމަ ބުނި ގަބޫލެއް ނުކުރާނަމޭ….” އިޒްކާން ބުނެލިއެވެ. އަލީނާގެ ކަންތައްތަޢް ހުންނަ ގޮތުން ބައެއް ފަހަރު އިޒްކާންގެ ބޯ ގޮވާވަރުވެއެވެ.
އަލީނާޔަށް ގުޅާފައި ކުޑަ އިރުކޮޅެއް ނުވަނިސް އޭނާ އައިސް އެތަނަށް ވަނެވެ. އަލީނާ އަކީ ވެސް ރީތި އަންހެން ކުއްޖެކެވެ. ތަފާތަކީ ޔައިޝާއަށް ވުރެ އޭނާގެ މިޒާޖު ތަފާތުކަމެވެ. އޭނާގެ ކަމަކަށް އޮއްނާނީ ފިރިހެނުންނަށް ތިއްތި ދެއްކުމުގެ އިތުރުން ގަދަޔަށް މޭކަޕްކޮށް އިޒްކާންއަށް ފޮނިދެއްކުމެވެ. އެކަން އޭނާ ލާ ހެދުން ތަކުންނާއި ކޮޮށްފައި ހުންނަ މޭކަޕުން އެނގެއެވެ. ތުއި ގޮތަކަށް ހިނގާލަފައި އައިސް އަލީނާ އިޒްކާންގެ ގާތުގައި އިށީންދެލިއެވެ. އަދި ފާޑަކަށް ޔައިޝާ އާއި ދިމާލަށް ލޯ އަޅާލިއެވެ. އެބަލާލުމުން ވެސް އޭނާ އަންދާ އަޅިއަށް ހަދާލަން އުޅޭހެން ވެސް ބައެއްފަހަރު ހީވެއެވެ.
” ބައިދަވޭ ޔައި… މީ އަޒްކާންގެ ގާލްފްރެންޑް…. ޒިވްޔަން ޔައިޝާ އަށް އަލީނާ ތަޢާރަފް ކޮށް ދިނެވެ. އަދި ހަމައެހެންމެ އަލީނާއަށް ޔައިޝާ ވެސް ތަޢާރަފް ކޮށްދިނެވެ. އަލީނާޔަށް ޔައިޝާ ބަލަން އިނީ އޭނާ ދަންނަ މޫނެއްހެން ހީވުމުންނެވެ. ކޮންމެވެސް ތާކުން ޔައިޝާ އަށް މި އަންހެން ކުއްޖާ ވަނީ ފެނިފައެވެ. ނަމަވެސް ކޮން ތަނަކުން ކަމެއް ނޭނގެއެވެ. އެންމެ ފަހުން ޔައިޝާ ނިންމީ އެއީ އޭނާޔަށް ހީވި ހީވުމެއް ކަމަށެވެ. ހަތަރު މީހުން ވާހަކައިގައި ތިއްބައި ޔައިޝާގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. އެވަގުތު ފޯނަށް އަރާފައި އިން ”ލަވް”ގެ ނަން ފެނި އެއީ އޭނާގެ ލޯބިވެރިޔާ ކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. މިއަންނަނީ ކަމަށް ބުނެ ޔައިޝާ ހިނގައިގަތީ ފޯނު ހިފައިގެން ދުރަށެވެ.
” ސާބަސް ލީނާ ޔަށް އަހަރެންގެ ކޮއްކޮ ނޫޅެއޭ އިޒްކާން ނުލިބިގެންނެއް…. ސަމާސާޔަކަށް ޒިވްޔަން އެހެންބުނެލުމުން އަލީނާ ހިތްހަމައެއްނުޖެހުނެވެ. ނަމަވެސް އޭނާ މޫނުމަތިން އެކަން ނުދަށްކާ ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ” ނޭނގޭނެ އެއްނު މިހާރުގެ އަންހެން ކުދިންގެ ގޮތެއް ކިޔާކަށް ހަމަ ފިރިހެނަކު ފެންނަ އިރަށް އަޅައިގަންނަ ޒަމާންމީ….” އަލީނާ ބުނެލިއެވެ. ” ތިކަމުން ވެސް އެނގެނީ ލީނާ އިޒްކާން އަށް ޓްރަސްޓް ނުކުރާކަމެއްނު…. ޒިވްޔަން ވެސް ހަމަޖެހިލަމުން ބުނެލިއެވެ. ” އަހަރެން ޓްރަސްޓް ނުކުރަނީ އެއް ނޫން އަހަރެން ބިރު ގަންނަނީ އިޒްކާން ގެއްލިދާނެތީވެ… އަލީނާ ބުނެލިއެވެ. އެޔާއެކު އިޒްކާން އަލީނާ ގާތުގައި ބުނީ އޭނާ ހަމައެކަނި ލޯބިވަނީ އަލީނާ ދެކެ ކަމަށާއި އަލީނާ ދެރަވާވަރުގެ ކަމެއް އޭނާ ނުކުރާނެކަމެވެ.
ބޭރަށް ނުކުތް ޔައިޝާ އައުން ލަސްވެގެން ޒިވްޔަން ކަންބޮޑު ވާން ފެށިއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ ނޫން ކަމުގައި ވިނަމަވެސް ޒިވްޔަން ޔައިޝާ ދެކެނީ އޭނާގެ އަމިއްލަ ކޮއްކޮއެއް ގޮތުގައެވެ. އޭނާ އާއި ޔައިޝާ އާ ދެމެދު މަ ބޮޑު ފަރަގެއް ނެތް ކަމުގައި ވީނަމަވެސް ސްޓިލް ކޮއްކޮއެއް ގޮތުގައި ޔައިޝާ ހިމާޔަތް ކޮށްދޭނެ ކަމަށް އޭނާ ވަނީ ނޫރައިން އާއި އޭނާގެ ދޮން ބައްޕަ ހަމްދީ ގާތުގައި ވަޢުދު ވެފައެވެ. ޔައިޝާ ނައިސް ލަސްވާން ފެށުމުން އޭނާ އިޒްކާން ގާތުގައި ބުނެލުމަށް ފަހުގައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޒިވްޔަން ނުކުތް އިރުގައި ޔައިޝާ ފެންނާކަށް ނެތެވެ. ހަމައެޔާއެކު އޭނަ ފޯނުނަގައި ޔައިޝާއަށް ގުޅާލިއެވެ. ފުރަތަމަ ގުޅާލުމާއެކު އެރީ ނަންބަރު ބިޒީ ކަމަށެވެ. ދެވަނަ ފަހަރުގައި ޒިވްޔަން ގުޅާލިއެވެ. ނަމަވެސް ފޯނު ނަގާނެ ގޮތެއް ނުވިއެވެ. ޒިވްޔަން މަސައްކަތް ހުއްޓާނުލާ ތަކުރާރުކޮށް ގުޅަންފެށުމުން އެންމެ ފަހުން ޔައިޝާ ފޯނުނެގިއެވެ. ފޯނު ކަންފަތުގައި ޖެހުމާއެކު ޒިވްޔަން ހައިރާންވީ މަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ވަގުތުން ކަމެއް ގޯސް ވެއްޖެ ކަން އޭނާ އަށް އިނގުނެވެ.
ވާހަކަ ދައްކާ ދައްކާ ވަރުބަލި ވި އިރުގައި ވެސް ޔައިޝާ ޖަވާބެއް ނުދިނެވެ. އެންމެ ފަހުން ޒިވްޔަން ހާސް ވާން ފެށިއެެވެ. ހިތުން ޔައިޝާ އަށް ކަމެއް ނުވުމަށް އެދި ދުޢާ ކުރެވެން ފެށުނެވެ. އަދި ފޯނު ބަލައި ޔައިޝާގެ ލޮކޭޝަން ފެންނަން ހުރި ހިސާބު ބެލުމަށްފަހުގައި އޭނާ އެތަނަށް އެބަ ދަންކަމަށް ބުނެ ފޯނު ބޭއްވިއެވެ.
ނުނިމޭޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Izkaan aa yaishaa tha?👀, if it is they would be a great couple😻.. btw vaahaka vrhhh reethiii
thnakss
ahaha vaagoi balamaa dhww