Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (4)

gurrrl_8
gurrrl_8 Level 2100 Login10 Stories
July 18, 2025 5 Mins Read
4 Comments

މަގުމަތިން ހިނގާފައި ދިޔަ ޔައިޝާގެ ހިނގުމަކަށް ކުޑަކޮށް ވެސް ބަދަލެއް ނާދެއެވެ. ލޮލުން ކަރުނަ ނުހިކޭ އިރުގައި މޫނު މަތިވެސް ވަނީ މިލާ މޯޅި ވެފައެވެ. ޔައިޝާގެ ހަޔާތުގައި އަބަދުވެވެސް ހިތްދަތިކަމާ ކުރިމަތި ލާން ޖެހެނީ އެނާގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟  އޭނާ ޔަކީ ހަމަ އެހާ ނުބައި އިންސާނެއް ހެއްޔެވެ؟ ހުސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. އެންމެ ފުރަތަމަ ދައްތަ އެވެ. ނާޝިދާގެ ކިބައިން ސަލާމަތް ވުމާއެކު އަނެއް މުސީބާތަކާއި ކުރިމަތި ލާން ޖެހުނީއެވެ. އޭނާ ވިސްނާ ވިސްނާ ބޯގޮވާ ވަރުވެއްޖެއެވެ. ހަމްދީއަށް އެނގިއްޖެ ނަމަ އާނިޝްގެ ދުވަސް ވެސް ދުއްވާލާނެއެވެ. ކުރިން އާނިޝް އަކީ އެހާ ހިތް ހަރު މީހެއްކަމެއް ޔައިޝާއަކަށް އެނގިފައެއް ނުވެއެވެ. ޔައިޝާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ކޮންމެ ގޮތެއް ވީ ނަމަވެސް ޒިވްޔަން އަކީ އޭނަގެ ބޭބެ އެއްފަދަ މީހެކެވެ. އާނިޝް ބުންޔަސް އޭނާ ޒިވްޔަން އާއި ވާހަކަ ނުދަށްކާ ހުއްނާނީ ކިހިނެތް ހެއްޔެވެ؟

ޔައިޝާގެ ސިކުނޑި ސުމަކަށް ދާވަރުވެއްޖެއެވެ. ހައްތަހާ ވެސް އޭނަގެ މައްސަލައެވެ. ޔައިޝާ ގަބޫލުކުރާ ގޮތުގައި އޭނާ ޔަކީ އެންމެން ވެސް ކުޅެން ގެންގުޅޭ ބުދެކެވެ. ބޭނުންޖެހުނީމާ ބޭނުންކޮށްފައި ބޭނުންނެތުނީމައި އެއްލަލާ އެއްޗެއްގޮތުގައެވެ. ކަން މިހެން އޮތް އިރުގައި އޭނާޔަށް ދުވަހަކު ވެސް އުފަލެއް ލިބޭނެ ހެއްޔެވެ؟ މަޑުމަޑުން ހިނގާފައި ގޮސް ޔައިޝާ މަޑުކޮށްލީ ޓެކްސީ އަކަށް އަތް ނަގަމުންނެވެ. ކޮންމެ ގޮތަކަށް ކަންތައްތައް މެދުވެރިވި ނަމަވެސް ޔައިޝާ ނިންމީ އޭނާ ޒިވްޔަން އާއި ވާހަކަ ދެއްކުން ހުއްޓާ ނުލާނެ ކަމުގައެވެ.

ގޭތެރެޔަށް ވަދެގެން އައި ޔައިޝާ ފެނިފައި ޒިވްޔަން މަޑުމަޑުން ސޯފައިން ތެދުވެލިއެވެ. އަދި ޔައިޝާ އާއި ދިމާލަށް އަންނަް ހިނގައި ގަތެވެ. ”ޔައީީ ކޮންތާކުން ތި އައީ…” ޔައިޝާ ދިޔަތަނެއް ނޭނގި ކަންބޮޑުވެފައި ހުރެ ޒިވްޔަން ސުވާލުކޮއްލިއެވެ. ނަމަވެސް ޔައިޝާ އަނގައިން ބުނާކަށް ގަސްތެއް ނުކުރެއެވެ. ” ޔައީ އާ އޭ މިވާހަކަ ދައްކަނީ…. ލޮކޭށަން ވެސް ބެލިން…. އެކަމު ޔައި ގެޔަށް އަންނަ ކަން އިނގުނީމަ އަހަރެން މި އައީ ގެޔަށް…” ޒިވްޔަން ބުނެލިއެވެ. ޔައިޝާ އެވަރުންވެސް ވާހަކަ ދައްކާކަށް ނޫޅުނެވެ. ޔައި ކީއްވެތަ ވާހަކަ ނުދައްކަނީ…؟ ކޮންމެވެސް އެެއްޗެއް ކިޔާބަ… ޒިވްޔަން ބުނެލިއެވެ.” ކަ..ކަމެއް ނުވޭ… ޔައިޝާ އަޅައިގަންނަ ކަހަލަ ގޮތަކަށް ބުނެލިއެވެ. އަދި އެއީ އޭނާ ބޮލުގައި ރިއްސާތީ ވީގޮތެއް ކަމަށް ބުނެ ކޮޓަރިޔަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ޒިވްޔަން އަށް ކަމެއް ގޯސް ވެއްޖެކަން ޔައިޝާގެ އުޅުމުން ވެސް އެނގުނެވެ. އެއީ މީގެ ކުރިން އޭނާ އުޅުނު ގޮތެއް ނޫނެވެ. އޭނާ އަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް ޒިވްޔަންގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

ހަފްތާއެއް ފާއިތު ވެގެން ދިޔަ އިރުގައި ވެސް ޔައިޝާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭގޮތެއް ނުވެއެވެ. ޑިއުޓީ ނިންމާފައި ގެޔަށް އަންނަ ކުއްޖާ ދެން ބޭރަށް ނުކުންނަނީ އަނެއްކޮޅުން ޑިއުޓީ އަށް ދާށެވެ. ކާންވެސް ގެންނަނީ ކޮޓަރިއަށެވެ. ކުއްލިޔަކަށް ޔައިޝާގެ މިޒާޖަށް އައި ބަދަލުތަށް ފާހަގަ ވެފައި އަލްޔާ ވެސް އޭނަޔާ ސުވާލު ކުރިއެވެ. ނަމަވެސް އެއްވެސް ކަމއެް ނުވާކަމަށް ބުނެ އޭނާ ހިންދާލަނީއެވެ. އަލްޔާ އެންމެ ފަހުން ނިންމީ އާނިޝް އަށް އެނގޭނެ ކަމަށެވެ. އަލްޔާ އާނިޝް އާއި ބައްދަލު ކުރަން އެގެޔަށް ދިޔައެވެ. ގޭގެ ބެލް އަޅާލި އަޑަށް އާނިޝް ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނިފައި އޭނާ ގޭތެެޔަށް ބަލާލިއެވެ. އޭރު ސޯފާގައި ޒުވާން ފުރައިގެ އަންހެން ކުއްޖެއް އިނެވެ. އޭނާ ހާސްވީ އެކަމާއެވެ. ” އާނިޝް… ވާހަކައެއް ދައްކާލަން މިއައީ…. އަލްޔާ އާނިޝްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އާނިޝް ވެސް ކޮން ވާހަކަ އެއްހޭ އަަހައިލިއެވެ. އަލްޔާ ބުނީ މިތާގައި ހުރެގެން ދެއްކޭ ވަރަށް ވުރެ ބޮޑު ވާހަކައެއް ކަމަށެވެ. އަދި ކެފޭ އަކަށް ދިޔުމަށް ވެސް ބުނެލިއެވެ. އާނިޝް އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި އަލްޔާ ގާތުގައި ބޭރުގަ މަޑުކުރުމަށް ބުނެފައި އޭނާ ދިޔައީއެވެ.

ގޭތެެޔަށް ވަދެފައި އާނިޝް ސޮފާގައި އިން އަންހެން ކުއްޖާޔަށް ބަލާލިއެވެ. ނިވާކަން ކުޑަ ހެދުމުގައި އިން އަންހެން ކުއްޖާ ޔަކީ ވެސް ރީތި ކުއްޖެކެވެ. ހަށިގަނޑުގެ ކުލަ އެހާމެ އައްޔެވެ. ނަމަވެސް ޝާހީ ގޮތެއް އެ އަންހެން ކުއްޖާގެ ހުއްޓެވެ. މޫނުމަތީގައި ކޮއްފައި ހުރި މޭކަޕް އިން ވެސް އެކަން ފާހަގަ ވެއެވެ. އާނިޝް ގޮސް އެ އަންހެން ކުއްޖާގައިގައި ބައްދާލިއެވެ. ” ޑާލިން އައި ހޭވް ޓް ގޯ… ޔައިޝާގެ ފްރެންޑް އެއް އައިއްސަ އެބުނީ ވަަރަށް ބޮޑު ވާހަކައެއް ދަށްކަން ވެގެންނޯ…. އެ އަންހެން ކުއްޖާގައިގައި ބައްދާލައިގެން ހުރެ ޢާނިޝް ބުނެލިއެވެ. ޝިއު އަހަރެން އަންނަން ދެން ވެއިޓް ކުރާނަންދޯ މިގޭގައި އާނިޝް އެ އަންހެން ކުއްޖާ ގަޔާ ދުރު ކޮއްލަމުން ބުނެލިއެވެ. އޭނާ ވެސް ބޯޖަހާލާފައި ސޯފާތެރޭގައި އޮށޯތެވެ. އަލްޔާއަށް މާލަސްވާހެން ހީވެގެން އަނިއްކާވެސް އާނިޝް މެންގޭތެރެޔަށް ވަންނަން މިސްރާބުޖެހިއެވެ. އެވަގުތު އާނިޝް ވެސް ނުކުމެގެން އަންނަތަން ފެނުނެވެ. އާނިޝް އައުމުން އެދެމީހުން ދިޔައީ ކައިރި ހިސާބު ކެފޭ އަކަށެވެ.

**********

ގިޓާއެއް ހިފާގެން އިން އިޒްކާންގެ ސިކުނޑި ވަނީ ހިޔާލު ތަކަކުން ފުރިފައެވެ. އޭނާޔަށް ވިސްނެމުން ދިޔައީ ޔައިޝާ އާއި ދޭތެރޭގައެވެ. ފުރަތަމަ ފެނިލުމުން ވެސް އޭނާގެ ހިތުގައި ޔައިޝާއާއި މެދުގައި ހާއްސަ ކަމެއް ދެވުނެވެ. މަޑުމަޑުން ގިޓާއިން ރީތި ރާގެއް އޭނާ ކުޅެން ފެށިއެވެ.

ނޭދެން އުފާ އަދު ޔާރު ނޫން……..

ފިނި ޝިފާއެއް ޔާރު ނޫން ހިތް މި ނޭދޭ ފުން އަރާމެއް………

ލޯބި ނޫން ލޯބި ނޫން…..

މޭގާވީ ކުރެހިފަ ނަލަ ތިމޫން…….

ޖާދޫވީ ނަޒަރެއް ލޮލުގެ ތޫން ހިތް މި ނޭދޭ މިންވަރެއްވެސް….

ލޯބި ނޫން ލޯބި ނޫން…..

ބޭނުން މިހިތް ލޯބިން ނިކަން ހާސިލްކުރަން ޔަރާ

އެރީތި އަޑުން ލަވަ ކިޔަމުން ގެންދިޔަ އިރުގައި ހީވަނީ ރޮކްސްޓަރ އެއް ލަވަކިޔަމުން ދާހެންނެވެ. އެހާވެސް އެ އަޑު ރީއްޗެވެ. ލަވަ އަޑުއަހާ ކޮންމެ މީހެއްގެ ވެސް ހިތް ދީވާނާ ކުރުވާ ކަހަލަ އަސަރުގަދަ ގޮތެއް އިޒްކާންގެއެ ޖާދުލެއް ފަދަ އަޑުގައި ވެއެވެ. އެރީތި ލަވައިގެ އަޑު އަހާލަން އެވަގުތު ދެވަނަ ފަރާތެއް ހުރިކަމެއް އިޒްކާން އަކަށް ނޭނގެއެވެ.

ލޯމެރޭ ހިނދުގާ ކައިރިން ފެނެޔޭ……

ސާފު މޫރިތި މޫނެއް ޒުވާން ގައިމެ ތެދެކޭ ނަލަ ހަނދެއްހެން…….

ނެތް މިސާލެއް ފަރިކަން އެވާ ބީހިލާ ހިތްވޭ ސިއްރު ސިއްރުން……

ތެޅިފޮޅޭތީ ހިތް ކެތްނުވާ ފާޅުކޮށްދީ ފުން ތި ދެލޮލުން………

ލޯބިވާކަން ތެދެކޭ ހުވާ ނޭދެން ކިޔާކަށް ނަން ތިނޫން..

ނޭދެން ދުށުން މޫނެއް ތިނޫން ނޭދެޔޭ ހިތް ހިނދުކޮޅެއްވެސް…

ލޯބި ނޫން ލޯބި ނޫން…..

ބޭނުން މިހިތް ލޯބިން ނިކަން ޙާސިލްކުރަން ޔާރާ….

ހަނދުމަވޭ ހުރިހާ ވަގުތުތަކުގާ….

ހާދަހާ ޔާރާ ލޯބިވޭ ތެދެކޭ މިތުރާ ޙާލަ މީ….

ހިތްމެ ތިޔަ ލޯތްބަށް އާދަވޭ…..

އެދި މިހިތްވޭ ވިންދާ ފުރާނައިން….

ދުނިޔެއިން ޔާރާ ޚާއްސަވޭ ހިތުގެ އުއްމީދޭ ކަލާ ތީ…..

ތިޔަ އެހީއަށް އެދިގެން ރޮވޭ ލޯތްބެއް މަ ނޭދެން ޔާރު ނޫން….

ނޭދެން ޙަޔާތެއް ޔާރު ނޫން ނޭދެން މި ދިރުމެއް ލޯބި ނޭވާ……

ލޯބި ނޫން ލޯބި ނޫން…..

ބޭނުން މިހިތް ލޯބިން ނިކަން ޙާސިލްކުރަން ޔާރާ…….

އެ ރީތި އަޑުން ލަވަ ކިޔާ ނިންމާލިއިރުގައި އިޒްކާންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިޔެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އަންނަ އަޑު އިވުމުންނެވެ. ހަށަންބަނދެލައިގެން ހުރި އަލީނާ ފެނިފައި އަނިއްކާވެސް އިޒްކާން ހިނިތުން ވެލިއެވެ. ” ލީން ކޮންއިރަކު އައީ…”އިޒްކާން ގިޓާ ބަހަށްޓަމުން އަލީނާގެ އަތުގައި ހިފާލިއެވެ. ” ކޮންއިރެއް އައިތާ މިހާރު އިޒްކާން ލަވަކިޔާލެ ވަރަށް ރިތި އިނގެ… އިޒްކާން ގައިގައި ބައްދާލަމުން އަލީނާ ބުނެލިއެވެ. އިޒްކާން ވެސް އަލިނާގެ ގައިގައި ބައްދާލަމުން ހިނިތުން ވެލިއެވެ.

******

އެނދުމަތީގައި އޮތް ޔައިޝާ އަށް ވިސްނެމުން ދިޔައީ އާނިޝް ދެއްކި ވާހަކަ ތަކާމެދުގައެވެ. މުޅި ދެލޯ ވެސް ހުރީ ރަތްވެފައެވެ. ބަލާލި ކޮންމެ މީހަކަށް ވެސް އޭނަ ވަރަށް ރޮއިފައި ހުރިކަން އެނގޭނެއެވެ. ޔައިޝާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އާނިޝް އޭނަޔާ ދޭތެރޭގައި އެގޮތަށް ކަންތައްތައް ކޮއްފާނެ ކަމަކަށް ޔައިޝާ ހީވެސް ނުކުރެއެވެ. އެކަމު މިއަދު އޭނާ އެވަނީ އެކަނި ވެފައެވެ. ޔައިޝާ އަށް ފެނުނު މަންޒަރު ތަކަކީ ހަމަ ތެދެއް ހެއްޔެވެ؟

އާދައިގެ މަތިން މިރޭގައި ވެސް ޑިއުޓީ ނިންމާފައި ޔައިޝާ ހުރީ އާނިޝްގެ އިންތިޒާރުގައެެވެ. މިހާރު އެހެން ހުންނަތަ ވެސް ވިއްސަކަށް މިނެޓް ވެދާނެއެވެ. އަދިވެސް އާނިޝް ނަދެއެވެ. މިއަންނނީއޭ ބުނިތާ ވެސް ފަނަރަ މިނެޓަށް ވުރެ ގިނައިރު ވެއްޖެއެވެ. އިރުކޮޅަކު އެތަގައި މަޑު ކުރުމައްފަހުގައި ޔައިޝާ ފޯނުބަލާލި މެސެޖްއެއް އައުމުންނެވެ. ”ޔައީ ވަރަށް އާގެންޓް ކަމެއް ދިމާވެގެން މިރޭގައި ޔައި ބަލައި އަހަންނަކަށް ނުދެވޭނެ… އާނިޝްގެ އެމެސެޖް ކިޔާލާފައި ޔައިޝާ ކުޑަކޮށް ހިތް ހަމަ ނުޖެހުނެވެ. މިހާރަކަށް އައިސް އާނިޝް ކޮންމެ ރެޔަކު ވެސް ކަންތައް ކުރަނީ އެކަހަލަ ގޮތަކަށެވެ. އޭނަ އާއި ވާހަކަ ދައްކަލެ ވެސް ވަރަށް މަދެވެ. ނަމަވެސް ޔައިޝާ އަޅާނުލަނީ ބިޒީ ކަމަށް ހީކޮށެވެ.

ލަސްނުކޮށް ޔައިޝާ ހިނގައިގަތީ ގެޔަށް ދިޔުމަށެވެ. އޭނާ ބޭނުންވީ ހިނގާފައި ދާށެވެ. އެހެންކަމުން ހިނގާލާފައި އޭނަ މިސްރަބު ޖެހީ ރާލު ޖަހާ ދިމަލަށް ގޮސްލުމަށެވެ. އެއީ ކޮންމެ ރެޔެއްގެ ވެސް އޭނަގެ އާދައެވެ. އަތިރިމައްޗަށް ގޮސްނުލައި އޭނަގެ ހިތްހަމައެއް ނުޖެހެއެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ހިނގާލަފައި ގޮސް އޭނަ މަޑުކޮށްލިީ އަލަށް ހަދަން ފަށާފައި ހުރި ބެންޗްތައްކައިރި ގޮސް ހުއްޓިލިއެވެ. އަދި އެތަގައި އިށީންދެލިއެވެ. އެވަގުތު އެތާގައި ލޯބިވެރިން އެމީހުންގެ އަމިއްލަ ވަހަކައިގައި އެކިހިސާބު ހިސާބިގައި ތިއްބެވެ. ޔައިޝާ އިނީ އެކަނި ވެފައެވެ. އެތަގައި އިރުކޮޅަކު އިނދެފައި އޭނަ ތެދުވިއެވެ. އެވަގުތު އެއްލި ކަޅިއަކުން ސައިކަލުގައި އައިސް މަޑުކޮއްލި އާނިޝް ފެނިފައި އޭނަ ޔަށް ބަލަން ހުރެވުނީއެވެ. ކައިރީގައި އަންހެން ކުއްޖަކު ވެސް ހުއްޓެވެ. ބަލާބެލުމަށް ޝާހީ ގޮތެއް އޭނާގެ ހުއްޓެވެ. ގަދަޔަށް މޭކަޕް ކޮއްފައި ހުރުމުން ހީވަނީ ބޭރު އަންހެން ކުއްޖެއް ހެންނެވެ. ޔައިޝާ ބަލަބަަލައި ހުއްޓާ އެދެމީހުން އައިސް އެތާހުރި ފިހާރަޔަކަށް ވަދެ އެއްޗެސް ތަކެއް ގަނެގެން ނުކުމެގެން ދިޔައީއެވެ. ޔައިޝާގެ ދެލޯ ކަރުނުން ފުރިއްޖެ އެވެ. އެއީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އާނިޝް އާ އެހާ ގައިގޯޅި ވެގެން އޭނާ އެހުރީ ކީއްވެ ހެއްޔެވެ؟ އަނިއްކާ… ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އާނިޝް ހަމައެކަނި ލޯބިވަނީ ޔައިޝާ ދެކެއެވެ.

ބަލަބަލައި ހުއްޓާ އެއަންހެން ކުއްޖާޔާ އެކުގައި އާނިޝް ހިގައްޖެއެވެ. ޔައިޝާއަށް ރޮވުނެވެ. އަދި އިތުރަށް އެތާގައި މަޑުނުކޮއް އޭނާދިޔައީ ގެޔަށެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

gurrrl_8
Follow Me Written By

gurrrl_8

Level 2100 Login10 Stories

Other Articles

Previous

ކަޅު ބުޅާ 7

Next

ހަވޭލީ – ހަތްވަނަ ބައި

Next
July 19, 2025

ހަވޭލީ – ހަތްވަނަ ބައި

Previews
July 18, 2025

ކަޅު ބުޅާ 7

4 Comments!

  1. Ryy says:
    July 20, 2025 at 12:48 pm

    5 ވަނަ ބައިގެ އިންތިޒާރުގައި….

    1. gurrrl_8 gurrrl_8 says:
      August 5, 2025 at 1:45 am

      thanks ryy
      n submit kohlaafin admin in up kohlihaa avahakah kiyaalan libeyne inshallah
      stay turned

  2. writerr says:
    August 3, 2025 at 2:11 pm

    Vrhh reethii, keep it upp!!

    1. gurrrl_8 gurrrl_8 says:
      August 5, 2025 at 1:46 am

      submit kohlaafin
      admin in avas kuri vareh ohnaani
      stay turned

Comments are closed.

Next Episodeނުވާނަމޭ ބަދަލެއް ހުވާ ޔާރާ (5)←


All Right Reserved!