ސައިކަލުގައި ޒިވްޔަންމެންނަށް ހުޅުމާލެ ދެވުނު އިރު އެދެމީހުން ނޫން އެންމެން އެތާގައި ތިއްބެވެ. އިޒްކާން މޫދަށް އެރެން އަންނަމުން އައި އަލީނާ ވެސް ގޮވައިގެންނެވެ. އެކަމާ ޔައިޝާ ދެރަވި ނަމަވެސް އިތުރު އެއްޗެއް ބުނަން ނުކެރުނީ އޭނައަށް ކީއްހޭ ހިތައް އެރުމުންނެވެ. ނަމަވެސް އަލީނާ އެއާ ތަފާތެވެ. ޔައިޝާ ފެނުމުން ބުމަގޮއްޖަހާލަމުން އިޒްކާން އާއި ބޮޑަށް ގާތަށް ޖެހިލިއެވެ. އެކަމުން އިޒްކާންއަށް އުނދަގޫވި ނަމަވެސް ކެތްތެރިވީ އަލީނާ ކައިރީގައި އަލީނާ ދެކެ އިޒްކާން ލޯބިނުވާ ވާހަކަ ބުނެވެންދެންނެވެ. […]
ކިޔުންތެރިންގެ ސަމާލުކަމަށް…. ތެދުވެރިކަމާއެކު ހީވެސް ނުކުރަން އަހަރެންގެ ބްރޭކަށްފަހުވެސް މިތާ އެއްވެސް މީހަކު ހުންނާނެ ކަމަށް، އެކަމަކު ތިޔަބޭފުޅުންގެ ސަޕޯޓް ފެނުމުން ކެތްތެރިކަމާއި މިވާހަކައަށް އަޅާލި ކަމަށްޓަކައި ޝުކުރިއްޔާ. އަދި އޅުގަނޑަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން އިންތިޒާރުގެ އަގު ވަޒަން ކޮއްދެން… އަދި ހަމަ އެހެންމެ ހުރިހާ ކިޔުން ތެރިންގެ ކިބައިން އަޅުގަނޑު މާފަށް އެދެން.. މިހާގިނަ ދުވަސް ވަންދެން ވާހަކަ ނުލިޔެ މަޑުޖައްސާލެވުނީތީ…. އިރާދަ ކުރެއްވެއްޖެޔާ ވަރަށް އަވަހަށް މިވާހަކައިގެ އަނެއްބައި ކިޔާލަން […]
ޔައީ…” އިޒްކާން ޔައިޝާއަށް ގޮވާލިއެވެ. ޔައިޝާ އިސްއުފުލާ އިޒްކާންއަށް ބަލާލިއެވެ. އޭރު އިޒްކާން ވެސް ހުރީ ޔައިޝާއަށް ބަލަން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހަމައެޔާއެކު ޔައިޝާ އިސްޖަހާލީ ލަދުގަތުމުންނެވެ. އަދި ކުރެހިފައި ވި އަޑަކުން ކަމެއް ނުވެއޭ ބުނެލިއެވެ. ޔައިޝާ އެހެން ބުންޔެއް ކަމަކު ކަމެއް ވެފައި ކަން އިޒްކާންއަށް އެނގުނެވެ. ދެވަނަ ފަހަރަށް ޔައިޝާއަށް ގޮވާލީ ޖަވާބެއް ލިބޭތޯއެވެ. އެހެންނަމަވެސް އިޒްކާން ސިހިގެން ދިޔައީ ޔައިޝާ ކޮއްލި ކަމަކުންނެވެ. އެގޮތައް ޔައިޝާ ކަންކޮއްފާނެ ކަމަށް […]
އައިކާއަށް ވެސް އަލްޔަން ފެނުމުންވީ އެހެންކަހަލަ ގޮތެކެވެ. ދުރުގައި ބަލަން ހުރެވުނީ އަލްޔަންގެ ރީތި ކަން ފެނިފައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ދެބުމަ ގޮއްޖަހާލެވުނީ އަލްޔަން ގާތުގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެނިފައެވެ. ********* ޔައިޝާ އިނީ އަލްޔަން އާއި އަނގަތަޅަންށެވެ. އޭރު މާދުރުގައި އައިކާ ދެބުމަ ގޮއްޖަހައިގެން ހުރިތަން ޔައިޝާއަކަށް ނުފެނެއެވެ. އަލްޔަންއަށް އެމަންޒަރު ފެނުމުން މޫނުމައްޗަށް ހިނިތުން ވެވުނެވެ. އައިކާ އެހުރީ ހަމަ ރަނގަޅަށް ވެސް “ޖެލަސް” ވެފައިކަން އެނގުމުން އަލްޔަން ގާތަށް […]
ޒިވްޔަން އާއި ޔައިޝާ ގެޔަށް އައީ ގަޑިއެއްހާއިރު ސައިކަލު ދުއްވަން ބޭރުގައި އުޅެފައެވެ. ********** އިޒްކާން އާއި އަލީނާ ހުރީ އިޒްކާންގެ ކޮޓަރީ ބެލްކަނީގައެވެ. އަލީނާ އައުމަކުން ކުރިން ވާއުފަލެއް އިޒްކާން މިއަދަކު ނުވެއެވެ. އެކަން އަލީނާއަށް ވެސް ފާހަގަ ކުރެވުނެވެ. އަލީނާ އިޒްކާންއަށް ބަލަން އިނީ ފޫހިވެފައެވެ. އޭނާ އިޒްކާން ގާތައް އެއައީ ފޫހިގެންނެވެ. ނަމަވެސް އިޒްކާން އޭނަޔާ މާދުރުދުރުން އުޅޭތީ އަލީނާ ހުރީ އިތުރަށް ފޫހި ވެފައެވެ. ހަމައެހެންމެ އިޒްކާން ހުރީ އަލީނާ އައުމުން […]
އަލްޔާ އޭނާ ވެއްޓުމުން އަލްޔަންއަށް ކުދި ކިޔައިގަތެވެ. އަބަދުވެސް އޭނާ އޮންނަނީ ކޮންމެވެސް މީހެއްގެ ގައިގައި ލަިގަނެފައި ވެއްޓިފައޭ ހިތައް އެރުމުން ދަތްކުޑިވިކާލެވުނެވެ. އަދި އޭނާގެ ގައި ދަށުގައި އޮތް ޒުވާނާއަށް މާފަށް އެދެމުން ބަލާލިއެވެ. ދެވަނަ ސިކުންތުގައި ދެލޮ ބޮޑުކޮއްލާފައި އަވަސް އަވަހަށް ތެދުވީ ކަންތަކާ ޖެހުނީއޭ ހިތައް އެރުމުންނެވެ. ********** އަލްޔާއަށް އޮވެވުނީ ޒިވްޔަންގެ ގައިމަތީގައެވެ. އަވަހަށް ތެދުވެ ގައިގެ ވެލިތައް ފޮޅާލަމުން އަދިވެސް އެއްފަހަރު ޒިވްޔަން ކިބައިން މާފަށް އެދުނެވެ. ” މިފަހަރު […]
އަލްޔަން އާއި އަލްޔާ އެކުގައި ވަގުތު ހޭދަ ކޮއްލުމަށްފަހުގައި އަލްޔާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައިީ ވަރުބަލި ވެފައި ހުރުމުގެ ސަބަބުން އަރާމް ކޮއްލަން ވެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު އެހުރިގޮތަށް އެނދުމައްޗަށް ވެއްޓިގަތީ ކަންނެތް ވެފަ ހުރިލެ ބޮޑުކަމުންނެވެ. އެހެން އޮއްވައި ނިދުނު އިރުވެސް އަލްޔާއަށް ނޭނގުނެވެ. ********* ގެއަށް އައިގޮތަށް ޔައިޝާ އަވަސް ވެގަތީ އާނިޝްއަށް ގުޅާލުމަށެވެ. ޒިވްޔަން ގާތުގައި ފަހުން ދިމާކުރަން ބުނެފައި ޔައިޝާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އާނިޝްއަށް ގުޅާލީ ފޯނު ނަގާނެކަމަށް […]
ޒިވްޔަން ހިތައް އަރަމުން ދިޔައެވެ. ” މީ އަޅެ ހާދަ ހެއްވާ އަންހެން ކުއްޖެއް ހެއްޔެވެ؟ އެހެން މީހެއް ނަމަ މިހާރު ބިރުން ވެސް އޭނާ އާއި ކުރިމަތިލީހެވެ. ނަމަވެސް މި އަންހެން ކުއްޖާ ނިކަން ދެކި ބަލާށެވެ. އޭނާ ދެކެ އެއްވެސް ބިރެއް ނުގަނެއެވެ. އެދިޔައީ އޭނާ ގޮވަ ގޮވައި ހުއްޓައެވެ. އެއްވެސް ޖެހިލުމެއް ނެތި އެ އަންހެން ކުއްޖާ އޭނާއަށް އެކަތި ވެސް ދޫނުކުރުމުން ޒިވްޔަން ހައިރާން ވިއެވެ. ބޯހޫރުވާލެވުނީ އޭނާގެ އަމިއްލަ މޮޔަ […]
ރެސްޓޯރެންޓްގައި ތިބި އަލްޔާ އާއި އާނިޝް މެން ތިބީ އެމީހުން ކުރި އޯޑަރ އަންނާނެ ވަގުތަކަށެވެ. ” އާނިޝް ޔައިގެ ހަބަރެއް ވިތަ…؟” އޯޑަރ ގެނެސްދިނުމުން އަލްޔާ ބުނެލިއެވެ. އާނިޝް ވެސް ހަމަ އެކަނި ހޫމް އަކުން ފުއްދާލިއެވެ. ” ކިހިނެތްވީ އަނެއްކާ” އާނިޝްއަށް ވެގެން އުޅޭ ގޮތް އެނގި ހުރެ ވެސް ނޭނގޭ ކަމަށް ހެދުނެވެ. ” އަލް ހީކުރީ ތިދެމިހުން މައްސަލައެއް ޖެހުނީ ކަމަށް….. ޔައި މިހާރު ވަަރަށް ދުރު ނުދައްކާ ވާހަކައެއް ވެސް” […]