Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 12

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 27, 2025 3 Mins Read
8 Comments

މޯޅި އަކަށް ދެމިލާފައި ތެދުވި މިޒިޔަލް ސިހުނީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ. އެނދުމަތިވެސް ހީވަނީ ބޮޑު ތޫފާނެއް އަހިސްފައި އޮތް ހެންނެވެ. ހަމަ އެވަގުތު ފާހާނާ ތަޅު ހުޅުވި އަޑު އިވުނެވެ. ދޮރު ހުޅުވި މަންޒަރު ފެނުމާއި އެކު މިޒިޔަލްއަށް ފޮތިގަނޑުން ހަށިގަނޑު ނިވާ ކޮއްލެވުނެވެ. އެވަގުތު ފެނުނު މަންޒަރު މިޒިޔަލްގެ ދެލޯ ބޮޑުވިޔެވެ.

(12 ވަނަ ބައި)

“މިލީން!!!!” މިޒިޔަލްއަށް އަޑަށް ލެވުނުހާ ބާރެއް ލާފައި ހަޅޭ ލަވައިގަނެވުނެވެ. އަދި އިސްޖަހާލިއެވެ. ހަމަ އެކަނި ތުވާލި ކޮޅެއް އަނދެގެން ހުރި މިލީންއާއި ދިމާލަށް ބަލަން ބޭނުން ނުވުމުންނެވެ. “ކަލޭ މިތާ ކީއްތި ކުރަނީ؟ މަށަކަށް ނުބުނެވޭތަ ކަލޭ ގާތުގައި މިތަނަށް ނުވަންނާށެކޭ؟؟؟” މިޒިޔަލް އިންގޮތަށް އިނދެ ވާހަކަ ދެއްކިއެވެ.

“ސޮރީ… ވަރަށް ބޮޑަށް ސޮރީ..” މިލީން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކުއެވެ. “ސޮރީއޭ؟ ކަލޭ މަށަށް ކީއްކުރީ؟ އެއިން؟”މިޒިޔަލް އިނީ ވަރަށް ރުޅި އަހިސްފައެވެ.

“އަޅުގަނޑު ނުކުރަން އެއްވެސް ކަމެއް” މަޑުމަޑުން މިލީން ބުންޏެވެ. “މިދެން ކިހާ ދެރަ ކަމެއް؟ ތިހެންޏާ ކީއްވެ އަހަރެންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތީ؟” މިޒިޔަލް ސުވާލު ކޮއްލިއެވެ. ނަމަވެސް މިލީންގެ ޖަވާބެއް ނުލިބުނެވެ.

“ހަމަ މިހާރު ރައްކާވޭ މިތަނުން!” މިޒިޔަލް ހަޅޭ ލަވައިގަތެވެ. މިލީން އެހެން ބުނުމާއި އެކު ކޮޓަރިން ނިކުތެވެ.

ކޮޓަރިން ނިކުމެ އެޅި ފުރަތަމަ ފިޔަވަޅާއި އެކު މިލީން މަޑު ދުންކޮޅަކަށް ބަދަލު ވިޔެވެ. ގޭ މައިދޮރު ދަށުން ފޭދިގެން ގޮސް މިލީން ދިޔައީ ގޭކުރިމަތީގައި ހުރި ގަސްބޯ ޖަންގައްޔަށެވެ. އެތަނުގައި ހުރި ބޮޑު ނިކަ ގަހެއްގައި އަތް ޖައްސާލާފައި މިލީން ބަނޑުގައި އަތް ޖައްސާލިއެވެ. އަދި ހަމަ އެވަގުތު ހޯސް ލާފައި މިލީންއަށް ހޮޑު ލެވުނެވެ.

ކަޅު ތެޔޮ ގަނޑެންހެން ހުރި ދަވަތައް ހޮޑަށް ބޭރު ކުރެވުނު އިރު، މިލީންގެ ދޮން ހަށިގަނޑުގައި ކަޅު ކުލައިގެ ރޮނގުތަކެއް ހުއްޓެވެ. ހީވަނީ ފުއްޕާލާފައި ހުރި ނާރުތަކެއް ހެންނެވެ. ލައިގެން ހުރި ކަޅު ކުލައިގެ ހެދުމުގެ ބުރަކަށި ވީދި، ކަޅު ކުލައިގެ ދެފިޔަގަނޑު ނިކުތެވެ. އަދި ހަމަ އެސިކުންތުގައި ވައިގެ ތެރެޔަށް އުދުހިގެން ދިޔެވެ.

“މުޅި ދުވަސް ހަރާބު” އަނގަ ކުނި ކޮއްގެން އިނދެ މިޒިޔަލް އެނދުމަތިން ތެދުވިއެވެ. ހަމަ އެވަގުތު މިޒިޔަލްއަށް އިވްޔާގެ ފޯނެއް އައެވެ. “އެވާހަކަ އިވް ގާތުގައި ބުނަންވީބާ؟” މިޒިޔަލް ވިސްނާލިއެވެ. “ނޫން.. އޭރަށް އިވް މާބޮޑަށް ވިސްނާނެ” މިޒިޔަލް ބޯހޫރުވާލިއެވެ. އަދި ފޯނު ނެގިއެވެ.

“ގުޑް މޯރްނިންގް ބޭބީ. ކޮބާ ބައްޕިގެ ކުޑަކުޑަ ދަރިފުޅު ކިހިނެތްތަ؟ އިވް ކިހިނެތް؟” މިޒިޔަލް އުފާވެލާފައި ވާޙަކަ ދެއްކިއެވެ. “ދެންމެ އަކު ދެވަރަކަށް ފަހަރު ހޮޑު ލެވުނު. އަނެއްހެން އޯކޭ ހެހެ. ޔަލް ކިހިނެތްތަ؟” އިވްޔާ ހީލިއެވެ. “ޔަލް ރަނގަޅެއް ނޫން. އިވް ހަމަ މިސް ވަނީ..” މިޒިޔަލް ދެރަވެލާފައި ބުންޏެވެ. “އިވްވެސް ވަރަށް މިސްވޭ. އެކަމަކު ދެން ވަރަށް އަވަހަށް ފެންނާނޭނުން ހެހެ” އިވްޔާގެ ބޮޑުވެފައި ބަނޑުގައި ފިރުމާލިއެވެ.

ފޯނު ބާއްވާފައި މިޒިޔަލް ފުންނޭވާއެއް ދޫކޮށްލިއެވެ. މިޒިޔަލް އެނބުރި ރަށަށް އައިފަހުން ނިދާ ހޭލާ އިރު މިޒިޔަލްގެ ހަށިގަނޑުގައި އަންނައުނެއް ހުރި އެންމެ ދުވަހެއްވެސް އަދި ނާދެޔެވެ. ހުވަފެނުން އިވްޔާއާއި އެކު ގުޅުން ހިންގާތަންވެސް ކޮންމެ ރެއަކުމެ ފެނެޔެވެ. ނަމަވެސް އެދެކަން ގުޅުމަކަށް ވާންވީ ގޮތެއް އެއްގޮތަކަށްވެސް މިޒިޔަލްއަކަށް ނުވިސްނުނެވެ. ބޯހޫރުވާލާފައި މިޒިޔަލް ވަނީ ފާހާނާއަށެވެ. ދުވަހަކީ ވަރަށް ބިޒީ ދުވަހެކެވެ. ސަބަބަކީ މާދަމާ އަކީ އިވްޔާ ހޮސްޕިޓަލުގައި އެޑްމިޓް ވާން އޮތް ދުވަހަށް ވުމެވެ. ދުވަހަކީ މިޒިޔަލްއަށް އެނބުރި އިވްޔާ ގާތަށް ދެވޭ ދުވަހެވެ. އެހެން ކަން ވުމުން އެކަންކަން ހުއްޓޭނޭ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލާފައި މިޒިޔަލް ހަމަ ޖެހިލިއެވެ.

މިޒިޔަލް ފޯނު ބޭއްވުމުން އިވްޔާ ވަނީ ފެންވަރާލާށެވެ. މާގަނޑުން އަންނަމުން ދިޔަ ފިނިފެނުން އިވްޔާގެ ހިތަށް ހަމަ ޖެހުން ގެނެސް ދިނެވެ. އިވްޔާގެ ކޮންމެ ހަރަކާތެއް ބަލަން ދުރުގައި މިލީކް ހުއްޓެވެ. އާއެކެވެ! އިވްޔާއަށް ފާހާނާއަށް ވަދެވުނީ ދުޢާ ނުކިޔައެވެ.

އިވްޔާގެ ހަށިގަނޑުގެ ވަނާތަކަށް ބަލަން އިރުކޮޅަކު ހުރެފައި މިލީކް ބަލާލީ އިވްޔާގެ ދުވަސް ފުރި ބޮޑުވެފައިވީ ބަނޑަށެވެ. މިލީކް ހީލިއެވެ. އެއީ ސިއްހަތު ރަނގަޅު ފުރާނައެކެވެ. ނަމަވެސް އެގޮތުގައި އެކުއްޖާއަށް ދުނިޔެއަށް އުފަން ވެވޭނެބާއެވެ؟ ނުވަތަ އުފަން ވުމުން ދެންވާނީ ކިހިނެތް ބާއެވެ؟

މިލީކް ކުރިއަށް ޖެހިލިއެވެ. އަދި އިވްޔާގެ ކަނދުރާއާއި ދިމާލަށް ފުމެލިއެވެ.

އިވްޔާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ފަރާތް ފަރާތް ހޯދާލެވުނެވެ. ނަމަވެސް އެއްވެސް މީހަކު ނުފެނުނެވެ. އިވްޔާގެ ހިތް ތެޅިގަތީ ނުބައި ގޮތަކަށެވެ. ދުޢާ ނުކިޔޭކަން އިވްޔާގެ ހަނދާނަށް އައެވެ. އެހެން ކަމުން އަވަސް ކޮއްލާފައި އިވްޔާ ފާހާނާއިން ނިކުތެވެ.

މެންދުރު 2 ޖެހި އިރު މިޒިޔަލް ހުރީ ކ.ހިންމަފުށީގައެވެ. ލަސް ހިނގުމުގައި ހިނގާލާފައި ދިޔަ މިޒިޔަލްގެ މޫނު މަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ.

“އަސްތާ.. އަޅޭ.. އިވް ހާދަ ލޯއިތްބޭ މިހާރު” އިވްޔާ ފެނުމުން ތުންކޮޅު އޮޅާލާފައި މިޒިޔަލްއަށް ބުނެވުނެވެ. ތެދެކެވެ. އިވްޔާ މިހާރު ވަރަށްވެސް ލޯއިތްބެވެ. ހިމަތޮޅިކޮށް ހުރެފައި ފަލަވެލުމުން ކުރިއަށްވުރެ ދޮންހެންވެސް ހީވެޔެވެ. މޫނު މަތީގައި އެއްވެސް ލަކުނެއް ނެތް އިރު، އިވްޔާގެ ކޮލުގައި ކުޑަ އަޑިކޮޅެއްވެސް އިނެވެ. މައުސޫމް ކަމުގެ އިންތިހާއެވެ. ލައިގެން ހުރި ހެދުމުގައި ބަނޑާ ދިމާލުން ރަބަރެއް އިނުމުން އިވްޔާގެ ބޮޑު ބަނޑު ވަކިން ބޮޑުހެންވެސް ހީވެޔެވެ.

“ކޮބާ ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިމުނީތަ؟” މިޒިޔަލް އެއްސެވެ. އިވްޔާ ބޯޖަހާލިއެވެ. “އާހް.. ވަރަށް ތަފާތު އިހުސާސެއް މިހާރު ކުރެވެނީ. އެއް އަހަރާއި ހަތް މަހުގެ ދިގު އިންތިޒާރަކަށް ފަހު އަހަރެމެންގެ އުންމީދުގައި ކުލަ ޖެހި، މިއަދު އެކަން މި ފުރިހަމަ ވަނީ.. އަލްހަމްދުލިއްލާހި” އިވްޔާގެ ދެލޮލުގައި ކަރުނަ ފާއްދާލިއެވެ. މިޒިޔަލް ހީލާފައި އިވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (5)

Next

މާސްކު (ޕާޓް 3)

Next
July 27, 2025

މާސްކު (ޕާޓް 3)

Previews
July 26, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (5)

8 Comments!

  1. aanaa says:
    July 27, 2025 at 12:42 am

    Masha allah mi part vs vrh reethi
    Miliin n miilia vs eii aadhanu ge kudhin dhww?
    Thi miliin anehkaa yal ge kuhjakah prg v tha?
    miliik e kury kiihtha?
    Alhe plzz dhera gth nuhadhahchey
    Curiously waiting
    When next?
    Lyyy🫶

    1. shihaamaa ali shihaamaa ali says:
      July 27, 2025 at 7:53 pm

      jazaakallah khairan dearrr
      idkkk hehe balamaa milyk and milyn ge background ingeyne next episode ga hehe
      milyn bandugai othy kaaku kujjeh kan vess ingeyne next episode ga
      hehe balamaa dhw what happens
      stay tuned for nexttt
      next tmrw in sha allah
      lyt

  2. girllyy_ says:
    July 27, 2025 at 6:21 am

    Wow mi part vx v v reethi Masha allah
    When next?

    1. shihaamaa ali shihaamaa ali says:
      July 27, 2025 at 7:53 pm

      jazaakallah khairan dearrr
      in sha allah tmrw

  3. Shaf_maan says:
    July 27, 2025 at 10:01 am

    Maasha Allah mi prt vx vrh reethi
    What???? Konme dhuvahaku eyy heylaa iru mixyal ehen hunnanyyy
    This aadhanu ge kanthah dhww mee..
    Milyk, milyn n myliya mii hus aadhanu ge dharin tha????
    N ivv adhives gadha haaluge dhww.. Alhamdulillah!!
    Curiously waiting
    Whn nxt???
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      July 27, 2025 at 7:54 pm

      jazaakallah khairan dearrr
      hehe thi hurihaa ehcheh ingeyne next episode ga stay tuned dear
      next, in sha allah tmrw
      tc, lytttt

  4. darkqueen38 darkqueen38 says:
    July 27, 2025 at 1:14 pm

    Mi part ves varah reethi.
    I hope its a girl baby eh.
    All the best for mizyala and ivya

    1. shihaamaa ali shihaamaa ali says:
      July 27, 2025 at 7:54 pm

      jazaakallah khairan dearr
      hehe stay tuned for next episode to find out

Comments are closed.

Next Episodeކަޅު ބުޅާ 13←


All Right Reserved!