ޙިޔާލު ތަކުން އިވްޔާއަށް ބޭރު ވެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ މިޒިޔަލްއެވެ. “ޔަލް…؟ ހޭލެވުނީބާ؟” ހިތާ ހިތުން އިވްޔާއަށް އަހާލެވުނެވެ. އިޝާ ނަމާދުން އަހިސް ނިދަނީކަމަށް މިޒިޔަލް މެސެޖު ކޮއްފައި އިނުމުންނެވެ.
(8 ވަނަ ބައި)
“ހެލޯ؟” އިވްޔާ ފޯނު ނެގިއެވެ. “ޔަޝްފާ ނިދީތަ؟” މިޒިޔަލް ކޮއްލީ ސުވާލެކެވެ. “ކިހިނެތްވީ؟ ޔަލްއަށް ހޭލެވުނީތަ؟” ބަދަލުގައި އިވްޔާ ވެސް ކޮއްލީ ސުވާލެކެވެ. “އާދެބަލަ ސިޓިންގް ރޫމްއަށް” މިޒިޔަލް ބުންޏެވެ. އަދި ހަމަ އެސިކުންތުގައި ފޯނު ބޭއްވިއެވެ.
ދެޙިޔާލެއްގައި އިނދެފައި އިވްޔާ ކޮޓަރިން ނިކުތެވެ. އޭރު މިޒިޔަލް އިވްޔާގެ އިންތިޒާރުގައި ސޯފާގައި އިނެވެ. “ޔަލް…؟ ކިހިނެތް މިގެއަށް ވަނީ..؟” ސޯފާގައި އިން މިޒިޔަލް ފެނި އިވްޔާއަށް ސުވާލު ކޮއްލެވުނެވެ. “ދެން ބޭކާރު ސުވާލު ނުކޮއް އާދެބާ” އިވްޔާ ކައިރިއަށް ގެންނަމުން މިޒިޔަލް ބުނެލީ މަސްތީ ރާގެއްގައެވެ.
“އިވް.. ޔަލްއަކަށް ނުނިދުނު. އިވްއާއި ދުރުގައި ދެނެއް ޔަލްއަކަށް ނުނިދޭނެ. ފާއިތުވީ އެއް އަހަރާއި ހަތް މަސް ދުވަހު އިވް ނިދީ ޔަލްގެ އަތު ތެރޭގައި. ކިހިނެތް ދެން ޔަލް އިވް ކައިރީ ނެތީއާއި ނިދާނީ؟” މިޒިޔަލް ސުވާލު ކޮއްލިއެވެ.
“ދެން.. ޔަލް.. ޔަޝްއަށް ހޭލެވިގެން ނިކުމެދާނެ. ޔަޝް މަންމައަށްވެސް ހޭލެވިދާނެ. ދެން ގެއަށް ގޮއްސައެއްނުން؟” މިޒިޔަލް މޭގައި ހިފާ ދުރުކުރަން މަސައްކަތް ކުރަމުން އިވްޔާ ބުންޏެވެ. “ނޫން ބޭބީ. ޔަލް ބޭނުން. ހަމަ މިހާރު. މިވަގުތު. ހަމަ މިތާގަ. ޕްލީޒް ދުރަށް ނުދޭ” އިވްޔާގެ ދަތްދޮޅީގައި ހިފާ މޫނާއި މޫނު ގާތް ކޮއްލަމުން މިޒިޔަލް އިވްޔާއަށް ބޮސް ދިނެވެ.
އިވްޔާއަށް ދެލޯ މަރާލެވުނެވެ. މިޒިޔަލްގެ މަސްތީ ބީހުންތަކަށް އިވްޔާ މަރްހަބާ ކިއީ ފުރިހަމަ ހިނިތުންވުމަކާއި އެކުއެވެ. މިޒިޔަލް ހީލާފައި އިވްޔާ ގެނެސް ސޯފާގައި ބާއްވާލިއެވެ. އެވަގުތު ސިޓިންގް ރޫމްގައިވީ ހުރިހާ ބޮކިތަށް ނިވުނެވެ. މިޒިޔަލްގެ ބީހުމުގެ ތެރޭގައި ގަރަގު ވަމުން ދިޔަ އިވްޔާ އަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.
ނިދިފައި އޮތް އިވްޔާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ދެފަރާތަށް ބަލައިލެވުނު އިރު މިޒިޔަލް ފެންނަން ނެތުމުން އިވްޔާ ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ. އިވްޔާ ގަޑިއާއި ދިމާލަށް ބަލައިލިއެވެ. ނަމަވެސް ކަނު އަނދިރީގެ ތެރެއިން އިވްޔާއަކަށް ގަޑިން ވީވަރެއް ބުނާކަށް ނޭނގުނެވެ. ފޯނު ނަގާ އިވްޔާ ފިއްތަކަށް އޮބާލިއެވެ. ނަމަވެސް ފޯނެއް ނުހުޅު ވުނެވެ. “ނިވިފަބާ؟” އިވްޔާ ހިތާ ހިތުން ސުވާލު ކޮއްލިއެވެ.
ބިންމަތީގައި ހުރި އިވްޔާގެ އެއްޗެހި ލައިގެން އިވްޔާ ގޮސް ކޮޓަރިއަށް ވަނެވެ. ފޯނު ޗާޖަށް ޖެހުމާއި އެކު އިވްޔާގެ ފޯނު ހުޅުވުނެވެ. އޭރު ފޯނުގައި %100 ޗާޖު ހުއްޓެވެ. އިވްޔާ ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ. ނަމަވެސް މިޒިޔަލްއަށް ގުޅާލުމަށް ފޯން އެޕަށް ވަދެލިޔެވެ. އެއާއި އެކު އިވްޔާގެ މުޅި ހަށިގަނޑުގައި ހީބިހި ނަގާލިއެވެ.
މިޒިޔަލްގެ ފޯނެއް އެންމެ ފަހުން އިވްޔާއަށް ލިބިފައި އިނީ މީގެ އެއްދުވަސް ކުރިންނެވެ. އެއީ ހުރާގައި ހުރި އެންމެ ފަހު ދުވަހެވެ. މިޒިޔަލް ޑިއުޓީ އިން އަންނަމުން ރަށަށް ދާއިރު އެއްޗެހި ގަންނަން ދާން ތައްޔާރު ވުމަށް އެދި ކުރި ފޯނެވެ. އެހެން ކަމަށް ވަންޏާމުން އިވްޔާއަށް ރޭގައި އެގުޅީ ކާކު ހެއްޔެވެ؟
ތުރުތުރު ލަމުން ދިޔަ އަތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިވްޔާ މިޒިޔަލްއަށް ގުޅާލިއެވެ.
ނިދިފައި އޮތް މިޒިޔަލްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ ކަހާލާފައި މިޒިޔަލް ދެކޮޅު ބަލާލިއެވެ. އަދި ބިންމަތީގައި އޮތް ޖިންސު ގަޔަށް ހެޔޮވަރު ކޮއްލަމުން ފޯނު ނެގިއެވެ.
“ހެހެ ކިހިނެތްވީތަ ތިދިޔައީ؟ ޔަޝްފާ ގާތަށް ދަނީއޭ ކިޔާފަ އެންމެ ފަހުން ޔަލް ގާތުގައެއްނުން ތިނިދީ؟ ތިގެއަށް ގޮއްސަ އިވް އަނެއްކާ ކޯއްޗެއްތަ ތިކެއީ؟ ރޭގަ ހީނުވޭ އިވް ހެންވެސް. ވާހް. ހާދަ މޮޅޭދޯ މިހާރު” މިޒިޔަލް ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. ނަމަވެސް މިޒިޔަލްގެ ދުލުން ނިކުންނަމުން ދިޔަ ކޮންމެ ބަހެއް ދިޔައީ އިވްޔާގެ ހިތަށް ނުތަނަވަސްކަން ގެނެސް ދެމުންނެވެ.
“ޔަލް ކީކޭތަ ތިކިޔަނީ؟ ޔަލްއެއް ނޫންތަ ރޭގަ އިވް ގާތަށް އައީކީ؟” އިވްޔާއަށް ސުވާލު ކޮއްލެވުނެވެ. އޭރު އިވްޔާގެ އަޑުގައި ބިރުވެރިކަން ހުއްޓެވެ. އިވްޔާގެ އެ ސުވާލާއި އެކު މިޒިޔަލްގެ މޫނު މައްޗަށް ހީވީ ކުނި ބިހެއް ޖެހި ހެންނެވެ. އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟
***
އިޝާ ނަމާދުން ގެއަށް އައި އިރު މިޒިޔަލް ހުރީ ނިދި ޖެހި ޖެހިއެވެ. އެހެން ކަމުން ކާންވެސް ނޫޅި މިޒިޔަލް ވަނީ ކޮޓަރިއަށެވެ. ދޮރު ތަޅު ލާފައި ލައިގެން ހުރި ޓީޝާޓު ބާލާފައި މިޒިޔަލް އެނދުގައި އޮށޯވެލީ ލައިގެން ހުރި ޖިންސުވެސް ބަދަލު ނުކޮށެވެ. ނިދަނީ ކަމަށް އިވްޔާއަށް މެސެޖު ކޮއްލާފައި މިޒިޔަލް ފޯނު ބޭއްވިހެން ހީނުވެ މިޒިޔަލްގެ ދެލޮލަށް ނިދި ސަވާރު ވިއެވެ. މިޒިޔަލްއަށް ދެން ހޭލެވުނީ ދަންވަރެވެ. އޭރު ގަޑިން ދަންވަރު 12 ޖެހީއެވެ.
“ޔަލް ނިދަނީތަ؟” މިޒިޔަލްގެ މޭމަތީގައި ފިރުމާލަމުން އިވްޔާ އެއްސެވެ. “އިވް؟ ކިހިނެތްވީ ތިއައީ؟” މިޒިޔަލް ތެދުވެ އިށީންވަމުން އެއްސެވެ. “ދެން. ޔަލް މަތިން ހަނދާން ވާތީނުން؟ ކީއްވެތަ ތިތެދުވަނީ؟ އޮށޯވެބަލަ” މިޒިޔަލް އުނގަށް އަރާ ހަމަ ޖެހިލަމުން އިވްޔާ ބުންޏެވެ.
“ހެހެ ބޭނުން ވެގެންދޯ ތިއައި؟” އިވްޔާގެ މޫނާއި މޫނު ގާތް ކޮއްލަމުން މިޒިޔަލް އެއްސެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން އިވްޔާ ބޯޖަހާލިއެވެ.
***
މިޒިޔަލް އިނީ ހަގީގަތުގައިވެސް ބުނާނޭ އެއްޗެއް ނޭނގިފައެވެ. އެހެން އެކަން ވާންވީ ސަބަބެއް ނޭނގިފައެވެ. ހަމަ ގައިމުވެސް ރޭގައި އޭނާ ގާތުގައި އިވްޔާ އިނެވެ. ދެން އިވްޔާ ގާތަށް މިޒިޔަލް ދާންވީ ކީއްވެގެން ހެއްޔެވެ؟ އިޝާ ނަމާދުން އައިފަހުން މިޒިޔަލް ކޮޓަރިން ނުނިކުންނަކަން އޭނާއަށް ޔަގީނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







No no noooo😱😱😱😱😱
What was that???
Yageeney aadhanu ge sihuru ge kameh kan!!
Yal and iv dhuru kuran noolhecheyy mizna ah viyas!!!
They r made for each other!
Trapped in curiosity
When next??
This part slayed💗💗💗ly
😭😭😭😭
hehe stay tuned for tmrw ge episode, e episode ga ingeyne e v goiy hehe
in sha allah tmrw
stay tuneddd
jazaakallah khairan dear, ily
Manmaaa… Birun thuru thuru alhaa eba.. Roven vx rovijje.. What is happening.. I’m so so scared.
Sorry kurin prt ga cmmnt eh koh nulevunyma.. I got busy and didn’t get time..
Btw mi prt vx vrh reethi Maasha Allah
Curiously waiting
Whn nxt???????
Tc.. Lysm Shiher 💜💜
ayeeeee😭😭😭
hehe its okay, glad ur back missed ur comments hehe :))
in sha allah tmrw
stay tuned
lyt
Heyyy shiherrr.. mi part vx vrh reethi maasha Allah.. this part was really scary.. edhemeehun and jinni aa ekey dhw.. alheyyyy I’m scared 💀💀 e sihuru hadhaa meehage kanthakey.. anyways loved this part.. naseebeh reygadu nukiyunu kan..
Lyssm darlll 💜🦋
heyyyyy maaasshhhh
jazaakallah khairan dearrr ❤️❤️
hehe neynge dhww vedhaane
ehnmma next episode kiyan vaany maadhamaa rey dhanvaru ingey🤣🤣
lyyyymmmmm dearrr❤️
Masha allah mi part vs vrh reethi
Alhsyyy miihaa mulhin thuru thuru eba alhaa
Dhn jinni kudhin kanne libeyny
Haadha biru eba ganey
Ehkala dhe hiyani tha iv r yal ge soora jehigen e ulhuny???
Sooo curious
When next??
Lyyy❤️
jazaakallah khairan dearr❤️❤️
hehe neynge dhww balamaa
maybeeee….??😃 stay tuned for next to find out hehe
in sha allah next tmrw
ilyttt
vv reethi.. can’t wait for the next part..
jazaakallah khairan dear
in sha allah next tmrw
Mi part ves varah reethi,
Biruveri goih neynge kanthake eba hingaa mihaaru
Miznaa aa aadhanuge sihuru kameh dho
jazaakallah khairan dearrr
hehe yapp maa bodah vess dhww
balamaa dhw hehe
Masha Allah vrh reethi next ep kiyaalaa hithun keiy Madhu vefa …. Wonder mi kihineh kihineh vee kamehbaa ey… Curiously waiting for the next part
Lysm Tc ❤️
Jazaakallah khairan dear
Hehe stay tuned
Lyt, tc 2