މިޒިޔަލްގޭ ދޮރާށި ގާތުގައި އާދަނު ވަޅެއް ކޮނުނެވެ. ކުޑަ ވަރުގެ އެވަޅު ތެރެޔަށް އާދަނު އެ އެއްޗެއް ލިޔެވެ. ހިނދެމިލާފައި އާދަނު ހިނިތުންވެލިއެވެ. އޭރު އާދަނުގެ ފުރަގަހުގައި ކަޅު ދެހިޔަނި ހުއްޓެވެ.
(7 ވަނަ ބައި)
“މިހާ ހިސާބުން ކަލޭމެނަށް ޖެހުނީ. މިކަން ޖެހޭނެ ކަލޭމެން ކާމިޔާބު ކުރަން” ކޮޓަރިއަށް ވަދެ ހަމަ ޖެހިލަމުން އާދަނު ބުންޏެވެ. “ނުކޮށްފިއްޔާޔޯ؟” އެތަނުން އެކަކު ސުވާލު ކޮއްލިއެވެ. އަޑުގައި ހުރި ބަރުކަމުން އޭނާ ހީވަނީ ފިރިހެނެއް ހެންނެވެ. އޭނާގެ އެޖަވާބާއި އެކު އާދަނު ވަރަށް ރުޅިއައެވެ. އަތަށް އައިހާ ބާރެއް ލާފައި މޭޒު މަތީގައި ޖެހިއެވެ. އެއާއި އެކު ދެން އެތަނުގައި ހުރި ހިޔަނި ދުންގަނޑަކަށް ބަދަލުވެ، ކުޑަ ދޮރުން ނިކުމެގެން ދިޔައެވެ.
“މިލީކް!!! ކަލޭ މޮޔަވީތަ؟ ކަލޭ ތި ކާކު މަގޭ ކުރިމަތީގައި ބަސް ބުނަން؟ މިހާރުވެސް ކަލޭ މަށަށް އަންދާލެވިދާނެ. ޤުރުޢާނުގެ އެންމެ އާޔަތެއް ކަލެއާއި ކަލޭގެ އާއިލާ އަންދާލަން މަށަށް ބޭނުން ކުރެވިދާނެ ހަހަ” އާދަނު ހީގަތެވެ. އަޑުގައި ބޮޑާވެރިކަމާއި ކިބުރުވެރިކަން ހުއްޓެވެ. ނަމަވެސް މިލީކް ފެށީ ހޭށެވެ.
“ކަލޭ ލަދެއް ނުގަނޭތަ ޤުރްޢާނުގެ ވާހަކަ ދައްކާކަށް؟ ކަލޭ ތިއީ ޤުރްޢާނަށް ޙިލާފުވެފައި ހުރި މީހެއް!” މިލީކް ހަނދާން ކޮއްލަ ދިނެވެ. “ހެވޭ. ހަނދާން ބަހައްޓާ! ކަލެއާ ކަލޭގެ އަންހެނުންނާއި ދަރީގެ ފުރާނަ އޮތީ މަގޭ މުށު ތެރޭގަ” މުށް ދައްކާލަމުން އާދަނު ބުންޏެވެ. މިލީކް އިތުރަށް އެއްޗެއް ނުބުނެ ދުންގަނޑަކަށްވެ، ނިކުމެގެން ދިޔައެވެ.
ކަންދިމާ ކުރި ގޮތުން މިޒިޔަލްއަށް ޗުއްޓީ ލިބުނެވެ. އެހެން ކަމުން ޖެހިގެން އައި ދުވަހު އިވްޔާ ގޮވައިގެން މިޒިޔަލް ދިޔައީ އިވްޔާގެ އުފަން ރަށް ކަމުގައިވާ ކ.ހިންމަފުއްޓަށެވެ. އޭރު އިވްޔާގެ މަންމަ އިނާ، ދެމަފިރިންގެ އިންތިޒާރުގައި ހުއްޓެވެ.
ލާންޗުން ފޭބި އިވްޔާ ފެނި އިނާއަށް ޖަޒުބާތީ ވެވުނެވެ. އެތަށް ދުވަހަކަށް ފަހު ލޯބިވާ ދަރިފުޅު ފެނުމުން ނުރޯން ހުރި ނަމަވެސް އިނާގެ ދެލޮލުން ކަރުނައިގެ މުތީތަށް ބަބުޅާލިއެވެ. މަޑު ހިނގުމުގައި ހިނގާފައި ގޮސް އިނާ އިވްޔާގެ ހަށިގަނޑުގައި ލޯބިން ބައްދާލިއެވެ.
އެތަށް ރުއިމަކަށް ފަހު ލޯބިވާ މަންމަގެ ބީހުން އިހުސާސް ކުރެވުމުން އިވްޔާއަށްވެސް ވީ އެވަރެވެ. ހިތާ ހިތުން ޝަކުވާ ކޮއްލެވުނެވެ. “މަންމާއެވެ. އަޅުގަނޑުގެ ހިތަށް ހާދަ ތަދުވެޔެވެ.” ، “މަންމާއެވެ. އަޅުގަނޑަށްވެސް “މަންމާ” އޭ ކިޔާލާނެ ލޯބި ފުރާނައެއް ބޭނުމެވެ.” ، “މަންމާއެވެ. އަޅުގަނޑު މައިދައިތަގެ ލޯބި ބޭނުމެވެ.”
“ދަރިފުޅު ހާދަހާ ހިކިއްޖޭ މިހާރު” އިނާ ދެރަވެފައި ބުނެލިއެވެ. އިވްޔާއަށް ހަމައެކަނި ހިނިތުންވުމެއް ދެވުނީއެވެ. ލޯބިވާ މަންމަގެ ހިތުގައި ޖައްސާނެހާ ހިތްވަރު ނުލިބުނީއެވެ.
“ކޮބާ ހިނގާ އަވަހަށް ގެއަށް ދަމާ” މިޒިޔަލް ފޮށިތައް ހިފައިގެން އަހިސް ބުންޏެވެ.
ޓެކްސީއަކަށް އަރައިގެން 3 މީހުން އިވްޔާގެ ގެކަމަށްވާ “ލިލީ” ގެއަށް ދަތުރު ފެށިއެވެ. 4 ވަރަކަށް މިނިޓްގެ ދަތުރަކަށް ފަހު “ލިލީ” ގެއާއި ހަމައަށް ވާސިލް ވެވުނެވެ. އާދައިގެ ފެންވަރަށް ހުރި އެގޭގައި ތަފާތު ވައްތަރުގެ ގަސް ގަސް ހުއްޓެވެ. ދޮރާށި ކައިރީ ފިޔާތޮށި ކުލައިގެ ބޯގަންވިލާ ގަހެއް ހުރި އިރު ގޭތެރޭގައި އަނބު ގަހަކާއި ފޭރު ގަހެއް އިނެވެ. އޭގެ އިތުރުން ހިކަނދި ފަތާއި ރާނބާ ފަތުގެ އިތުރުން ގިތެޔޮ މިރުސް އަދި ބިލިމަގު ގަހެއް ވެސް ހުއްޓެވެ.
ކޮޓަރިއަށް ވަދެވުމާއި އެކު މިޒިޔަލް އެނދުގައި އޮށޯވެލިއެވެ. އިވްޔާވެސް އަހިސް މިޒިޔަލް ގާތުގައި އޮށޯވެލިއެވެ. “ޔަލް…” އިވްޔާ ސީލިންގާއި ދިމާލަށް ބަލަން އޮވެ ވާހަކަ ދެއްކިއެވެ. “ޔެސް..؟” އިވްޔާގެ ދޮން މޫނަށް ބަލައިލަމުން މިޒިޔަލް އެއްސެވެ.
“މިރޭ އޯކޭތަ ޔަޝް މެންގެޔަށް ދިޔަޔަސް ނިދަން…؟ ޔަޝް ބުނީ ރަށަށް އާދެވުނީމަ ވާނޯ ސްލީޕް އޯވާރް އަކަށް ދާން” އިވްޔާ ހުއްދައަށް އެދުނެވެ. ޔަޝްފާއަކީ އިވްޔާގެ އެންމެ ގާތް އެކުވެރިޔާއެވެ. “ޔެސް، އޯކޭ ހަމަ ދާންވީ. އިވް މިދުވަސްކޮޅު ކުޑަކޮށް އެކަނި ވެލުން ކަންނޭނގެ ރަނގަޅީވެސް. ޔަލްގެ ރަށުގަ ނުހުރެޔެއްނުން އިވްގެ ރައްޓެއްސެއްވެސް.” މިޒިޔަލް ހުއްދަ ދިނެވެ.
އެރޭ 8 ޖެހި އިރު އިވްޔާ ހުރީ ޔަޝްފާމެން ގޭގައެވެ. ދެއެކުވެރިން ނޫޑްލިސް ގަނެގެން ކެއްކުމައިގެން އުޅެމުން ދިޔަ އިރު ތަފާތު އެކި އެކި ވާހަކަ ދެއްކެމުން ދިޔައެވެ. ޔަޝްފާ ނޫޑްލިސް ކައްކަން އުޅުނު އިރު އިވްޔާ ހުރީ ކުޅިކޮށް ސޮސެޖް ތައްޔާރު ކުރުމަށެވެ.
“ޔަލް ވަރަށް ރަނގަޅު. ކައިވެނި ކުރެވުނީ އެކޭ ކިޔާފަ އެއްވެސް ތަފާތެއް ނުވޭ. މިހާރު ގައިމު ކައިވެނިކޮށް އެއް އަހަރާއި 7 މަސް ވެއްޖެ. އެކަމަކުވެސް ޔަލް ވަރަށް ވަރަށް ރަނގަޅު. އެކަމަކު ޔަލްގެ މަންމަ…” އިވްޔާ އިސްޖަހާލައިގެން ހުރި ކިޔައިދިނެވެ.
“އެކަމަކުވެސްދޯ؟ އިވްދެކެ ރުޅި އަންނަން ޖެހޭނެ ސަބަބަކަށް ނުވާނެ ކަންނޭނގެ އިވްއަށް ކުއްޖަކު ނުލިބުން އެއީކީ. އިވް ގައިމު އަބަދުވެސް ބުނާނެ 20 އަހަރު ނުވަނީސް ކުއްޖަކު ބޭނުމެއް ނޫނޭ. އެ އަޒުމުގައި އިވް ހުރީ މިޒިޔަލްއާއި ކައިވެނިކޮށް ހުރާއަށް ދިޔަ އިރުވެސް. ހަމަ މިޒިޔަލްގެ މަންމަ މާމަ ދަރިއެއް ބޭނުންވީމަދޯ ކުއްޖަކު ހޯދަން ތި އަތު ކުރި އޮޅާލީވެސް. މިޒިޔަލްގެ މަންމަ އެވަރު ދަންނަން ޖެހޭނެ ކަންނޭނގެ”
އަތުގައި އޮތް ޗީޒް ޕެކެޓްތަށް ތެއްޔަށް އަޅަމުން ޔަޝްފާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ. އިވްޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
30 11 ވުމުން ދެއެކުވެރިންވެސް ވަނީ ކޮޓަރިއަށެވެ. ޔަޝްފާގެ ކޮޓަރީގައި އިންނަނީ ދެބުރި އެނދެކެވެ. ޔަޝްފާގެ ދޮންތަ އަޝްފާ މީހަކާއި އިނދެގެން އެރަށަށް ދިޔަ ފަހުން އިވްޔާއާއި ޔަޝްފާ ވަރަށް ގިނައިން “ސްލީޕްއޮވާރްސް” ބާއްވައެވެ.
އެދަށް އެރުނުހެން ހީނުވެ ޔަޝްފާއަށް ނިދުނެވެ. ނަމަވެސް އިވްޔާ އަކަށް ނުނިދުނެވެ. ބަނޑުގައި ފިރުމެމުން ދިޔަ އިރު އިވްޔާގެ ހިތުގައި ދިޔައީ ކެތް ނުވާވަރަށް ވޭން އަޅަމުނެވެ. ދަރިމައި ވުމަށް އޭނާ ކުރަމުން އެދާ އުންމީދު ވާނީ ފެނަށް ހެއްޔެވެ؟ އިވްޔާ އަކަށް ހަމަ ކުއްޖަކު ނުލިބޭނެ ހެއްޔެވެ؟
ޙިޔާލު ތަކުން އިވްޔާއަށް ބޭރު ވެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ މިޒިޔަލްއެވެ. “ޔަލް…؟ ހޭލެވުނީބާ؟” ހިތާ ހިތުން އިވްޔާއަށް އަހާލެވުނެވެ. އިޝާ ނަމާދުން އަހިސް ނިދަނީކަމަށް މިޒިޔަލް މެސެޖު ކޮއްފައި އިނުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Masha allah mi part vs vrh reethi
Ehnvr e dhe hihani eii jinn dhww
Haadha curious eyyy
IA iv ah hama baby eh libidhaane
Mizyal ah anehkaa kmh v tha??
Curious vaa vrn hih dandan laa eba
When next??
Lyy❤️
jazaakallah khairan dearrrr
yeaas they arrrr
hehe balamaa dhw stay tuned for next episode
hehe
lyt
Mee ge 6th part ah wait kuri iru already up vefa dhw inee😭😭😭
Anyways mi dhe part ves varah furihama MA!!
Alheyy mihaaru Aadhanu e keeh kuree!?? Rangalheh nu chuttee eh libigen iv ge rashah aikan ves! E rashuga ulhey kah heyo nuvaane!!
Mizna ge kameh hen varah heevey🤔
Yal ah kameh vee thrr?
I’m literally dying outta curiosity
When next??
Lysssm💗💗💗
jazaakallah khairan dearrrr
hahaha e varu kameh vedhaane
hehe dhw frrr
stay tuned for next episode to see what happens
lyt
Mi part ves varah reethi,
Ivya ah beynun vani ivya ge family and ppl who loves her for her.
Ekamaku mizna aa adanu aa vegen kuran ulhey kanathangandu evves ranagalheh noon.
Kusheh nei ivya ah gellumeh dheyn athukuri olhaalaa iru ei kihaa bodu faafa ehkan neynge varuge kudakunni noon eiyaki.
Really hating mizna and aadhanu at these point.
Hope ivya and mizyal is having a good time with ivyas family and loved ones.
Whennn nextttt?
jazaakallah khairan dearrrr
hehe yess frrr
lytt
when is next im so curious ??
shiherrr vrh reethi ingeyy mi part vess
lyyyy
keep it up
jazaakallah khairan dearr
in sha allah tmrwww
lytt
vvv reethi!!
jazaakallah khairan dearr