Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 21

ޒާއިދު އެހެން ހުއްޓައި ކޮންމެސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އުކައިލް ވަންނަން ހުއްދަ ދިނުމުން ދާރިއަން ވަދުނެވެ. ދާރިއަންގެ ފަހަތުން އެހެން ޒުވާނެއް ވަދުނެވެ. ފުލުސް ޔުނީފޯރމްގައި އެމީހާ ހުރިއިރު އޭނަގެ އިސްތަށިގަނޑު ވަނީ ތުނިކުރެވިފައެވެ. ދޮން ހަށިގަނޑެއްގެ ވެރިއެވެ. ޔުނީފޯރމް ލާފައި ހުރިއިރު އޭނަގެ އަތުގައި ވަރަށް ދުވަސްވެފައި ހުރި ފަދަ ޒަހަމްއެއް ހުއްޓެވެ. “އަހްމަދު ރުކައިން ފާރޫގް” އުކައިލް އެ ޒުވާނާގެ ޓެގްކޮޅުގައިއިން ނަން ކިޔައިލުމަށްފަހު ތެދުވެ ސަލާމްކޮށްލިއެވެ.

***ޕާޓް 21***

ރުކައިން ހިނިތުންވެލިއެވެ. “ކުރިން މި ކޭސް އާ ހަވާލުވެފައި ހުންނެވި އޮފިސާރ ސަސްޕެންޑް ކުރުމުގެ ސަބަބުން ވަގުތީ ގޮތުން ރުކައިންއަށް މި ކޭސް ދޭން ވަނީ ނިންމާފަ.. އަހަރެން ބުނެލާނަން ކުރިން މި ކޭސްއާ ހަވާލުވެ ހުރި އޮފިސާރ ގާތު ކޭސް ފައިލްތައް ރުކައިންއަށް ދިނުމަށް.. އަހަރެން އުންމީދު ކުރަނީ ރުކައިންގެ ރަށުގައި ކާމިޔާބާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރި ފަދައިން މިތާވެސް މަސައްކަތް ކުރާނެކަމަށް..” ރުކައިންއާއި ހަތަރުކަޅި ހަމަކޮށްލަމުން އުކައިލް ވާހަކަ ދެއްކިއެވެ. ރުކައިން އޭނަ އަޅާފައި ހުރި ނަންބަރު އައިނު ރަނގަޅުކޮށްލަމުން ބޯޖަހައިލިއެވެ. “މިއީ ޒާއިދު.. ރުކައިންގެ ޑިޕާރޓްމެންޓްގެ ހެޑް.. އުކައިލްއާއި އަހަރެންނަކީ ސީ.އައި.ޑީ ހަވާލުވެގެން ހުންނަ އޮފިސަރުން.. ރުކައިން އެއްޗެއް އޮޅުން ފިލުވާލަން ބޭނުމިއްޔާ އަހަރެން ކައިރިއަށް ހަމަ އަންނަންވީ..” އެކުވެރި ގޮތަކަށް ދާރިއަން ބުންޏެވެ.

ޒާއިދު ހުރީ އުކައިލް އާއި ދާރިއަން ރުކައިންއާއި މެދު ބާއްވަމުން ދިޔަ ގާތްކަން ފެނި ރުޅި ގަދަވެފައެވެ. “އަހަރެން ގޮސްލަނީ..” ގަދަކަމުން ހީލަމުން ޒާއިދު ބުންޏެވެ. ރުކައިންގެ ކެބިން ދެއްކުމަށްޓަކައި ދާރިއަން ހިނގައިގަތެވެ. ރުކައިންވެސް ދާރިއަންގެ ފަހަތުން ދިޔައެވެ. “މިހިރީ މިތާ ކައިލް ބަައްޓާފަ ދިޔަ ކޭސް ފައިލްތައް.. އަހަރެން އެހެންވީމަ ގޮސްލަނީ.. ގުޑްލަކް..” ދާރިއަން އެހެން ބުނުމަށްފަހު ދިޔައެެ. ރުކައިން ހަމަޖެހިލަމުން އޭނަގެ ހަށިގަނޑު ގޮޑީގެ ތެރެއަށް ދޫކޮށްލިއެވެ. މޭޒުމަތީގައި އޮތް ފައިލް ނަގައި ކިޔަން ފެށިއެވެ.

މައިރީން ހުރީ ޝާއިލްއާއިއެކު އާރޓިފިޝަލް ބީޗްގައެވެ. “މައިއަށް އެއްގޮތަކަށްވެސް ނޭނގެ ކުއްލިއަކަށް އެހެން ހުރެފަ ކައިލް އެހެން ހަދަން ޖެހުނު ސަބަބެއް.. މައި ބޭނުމެއްނޫން މި ކޭސް ދޫކޮށްލާކަށް.. ޝާއިލް ބުނީމެއްނުން ކޮންމެސް ސީކްރެޓް އެޖެންސީއެއްގެ ވާހަކަ.. އެތަނުން މީހަކާއެކު ވޯރކްއެއް ނުކުރެވޭނެތަ މައިއަކަށް؟” ބެންޗުގައި އިށީނދެގެންއިން މައިރީން ޝާއިލް ގާތު ސުވާލުކޮށްލިއެވެ. “ތިހެންވެސް ހެދި ދާނެ.. އެކަމަކު މައިއަކީ އެތަނުގެ އޭޖެންޓެއް ނޫންވީމަ މައުލޫމާތު ދޭނެހެން ހިޔެއް ނުވޭ.. އެހެންނޫނަސް މައި ތީ ލޯޔާރއެއް، ކޮޕެއް ނޫން..” ޝާއިލް ބުންޏެވެ. އެއާއެކު މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ.

މައިރީންގެ ދެލޯ ބޮޑުވީ އެއްލިކަޅިއަކުން އެތާ ކައިރިއަށް އަންނަ ކައިލް ފެނިފައެވެ. “ސްޕީކިން އޮފް ދި ޑެވިލް..” މައިރިން މަޑުމަޑުން ބުނެލިއެވެ. މައިރީން އަވަސް އަވަހަށް މޫނު އަނބުރައިލީ ކައިލްއަށް މޫނު ދައްކަން ބޭނުން ނުވުމުންނެވެ. “ތިދެމީހުންނަށް ބައްދަލު ނުކުރެވޭ ގޮތް ހަދަން ވެއްޖެ އަހަރެންނަށް މިހާރު.. ދެ މީހުން ބައްދަލުވާ ކޮންމެ ފަހަރަކު ކޮންމެވެސް މޮޔަކަމެއް ނުކޮށް ނުދާނެ..” ކައިލް ދެ މީހުންގެ ކުރިމަތީގައި ހުއްޓެމުން ބުންޏެވެ. ޝާއިލް އެއްޗެކޭ ބުނުމެއްނެތި އޭނަގެ ފޯނުގައި ދެލޯ ތަތްކޮށްލައިގެންއިނެވެ. އޭރުވެސް މައިރީން އިނީ މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ.

ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. “މި ދިޔަ ފަހަރުވެސް ޝާއިލް އަހަރެންގެ ލެޕްޓޮޕް ހެކް ކުރަން އުޅެނިކޮށް ރަނގަޅު ލަނޑެއް ދޭން އަހަރެންގެ ހިތަށް އެރި.. އެކަމަކު ތިއީ މައިރީންގެ އެކުވެރިއަކަށް ވީތީ އަހަރެން އެއްޗެކޭ ނުބުނީ.. އެކަމަކު ދެން އަފަދަ ކަމެއްކޮށްފިއްޔާ އަހަރެންނެއް މަޑަކުން ނުހުންނާނަން..” ކައިލް އިންޒާރެއްދޭ ފަދައިން ޝާއިލް ގާތު ބުންޏެވެ. ޝާއިލް މަޑުމަޑުން އިނދެ ބޯޖަހައިލިއެވެ. “މޫނު އަނބުރައިގެން އިނަސް އަހަރެންނަށް އެނގޭ ޓައިނީއަށް އަހަރެން ދައްކާ ވާހަކަ އަޑުއިވޭނެކަން..” ކައިލް ބުންޏެވެ.

މައިރީން ދަތްކުނޑިވިކައިލިއެވެ. އެހެން ނަމަވެސް އޭނަ ހަމަ އިން ގޮތަށްއިނެވެ. ކައިލް ހިނގާލާފައި މައިރީންގެ ކުރިމައްޗަށް އެރިއެވެ. “އަހަރެން ބުނިން ކަންނޭނގެ މި ކޭސްއާ ކުޅެން ނަހަދާށޭ..” ކައިލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. މައިރީން އެންމެ ކުޑަވެގެން ކައިލްއާއި ދިމާލަށް އިސްއުފުލާލައި ބަލައިވެސްނުލިއެވެ. ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. “ސްޓަބޯން ގާލް..” މައިރީންއަށް އަޑުއިވޭ ވަރަށް އެހެންބުނުމަށްފަހު ކައިލް އެތަނުން ދާން ހިގައިގަތެވެ. “ހިތައް އަރާ ދާ ގޮތަށް ގޮސް އޭނަ ދޫ ދަމައިގަންނަންވެސް..” ދަތްކުނޑިވިކައިލައިގެން ހުރެ މައިރީން ކުދި ކިޔައިލިއެވެ. މައިރީންގެ ޖުމުލައިން ޝާއިލް ހޭންފެށިއެވެ.

މައިރީން ޝާއިލްއާއި ދިމާލަށް ކަޅިއަޅައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “އޭނަ އެހެން ބުންޏަސް އަހަރެން މަޑުންނެއް އަތް އުރައިލާގެނެއް ނުހުންނާނަން..” ހަށަން ބަދެލަމުން ގޮތްދޫނުކުރާ ފާޑަކަށް މައިރީން ބުންޏެވެ. “އާ ތީ ކާކު މަޑުން ހުންނަން ދޯ.. އެހާ ވަރަށް އެސޮރު އައިސް މަށަށް އިންޒާރު އެޅީމަވެސް ތި ބުނެލީވިއްޔާ އޭނަ އެހެން ބުންޏަކަސް ތިމަންނަ މަޑަކުން ނުހުންނާނަމޭ..” ޝާއިލް މައިރީން ބުނިލި ވާހަކަ ހަމަ އެރާގުގައި ކިޔައިލިއެވެ. މައިރީން ބޯހޫރުވައިލިއެވެ. “ޝާއިލޫ ސަކަރާތް ނުޖަހާ އެތަނުގެ މީހަކާ ވާހަކަ ދެއްކޭ ގޮތް ހަދާދީބަލަ..” މައިރީން އާދޭސްކޮށްލާ ފަދައަކުން ބުންޏެވެ. ޝާއިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯޖަހައިލިއެވެ.

ޔަޝާލްގެ އޮފީހުގައި ހުރި އައިނާ ދިޔައީ އިންޓަވިއުއަށް އަންނަމުން ދިޔަ ކުދިންނާ ވާހަކަ ދައްކަމުންނެވެ. “އަޅެ މިހާރު ފަސް ވަނަ ކެނޑިޑޭޓް އެދިޔައީ.. ސާރއަށް ކަމުދާ އެއްކުއްޖެއްވެސް ހަމަ ނުފެނޭތަ؟” އައިނާ ފޫހިވެފައިހުރެ އަހައިލިއެވެ. “އެސިސްޓެންޓް އޮފިސާރގެ މަގާމަށްށޯ އެމީހުން އަންނަނީ.. އެކަމަކު މަގާމްގެ މަސްއޫލިއްޔަތެއް، ސިވިލް ސާވިސް ގާނޫނެއް އެނގެނީކިއްޔެއްނޫން.. ދެންމެ އައި މަންޖެވެސް މަގާމްގެ މަސްއޫލިއްޔަތެއް ބުނެދޭށޭ ބުނީމަ އެބުނީ އަހަރެން ބުނާ ހުރިހާ ކަމެއް ބުނާ ގަޑިއަކު ކުރާނީއޭ.. އެމީހުން އެ އަންނަނީ މި ޖޮބަށްވުރެ އަހަރެންގެ މޫނު ފެނިފަ..” ޑްރެމެޓިކް ފާޑަކަށް ޔަޝާލް ބުންޏެވެ. “އަމިއްލަ މީހައަށް އަމިއްލަ މީހަ ފެނިފަ ހުރި މީހެއް ސަހާދެއް..” އައިނާއަށް ހިތާހިތުން ބުނެލެވުނެވެ.

އައިނާ މަޑުމަޑުން އޭނަގެ ބޮލުގައި ޖަހާލިއެވެ. އަދި ދެން އަންނަން ހުރި ކުއްޖާއަށް ގޮވައިލިއެވެ. “އަލިޝްކާ އާދަމް..” އައިނާ އެކުއްޖަގެ ނަން ކިޔައިލިއެވެ. “ކޮންކަހަލަ ނަމެއް.. މާތްކަލާކޯ ކާކު މިމަންޖެއަށް ދިން ނަމެއް މީ؟؟ ނަސީބެއްނުން ބަލިޝްކާއޭ ނުކީކަން..” ދެލޯ ބޮޑުކޮށްލަމުން ޔަޝާލް ބުންޏެވެ. ހަމަ އެވަގުތު އަލިޝްކާ ދޮރުހުޅުވައިލާފައި އޮފީހަށް ވަދުނެވެ. އޭރު މުޅި ކުއްޖާގެ މޫނު ހުރީ ރަތްވެފައެވެ. އަލިޝްކާ ހުރި ގޮތުން ދެންމެ ޔަޝާލް ކީ އެއްޗެހި އޭނައަށް އަޑު އިވުނުކަން ޔަގީންވިއެވެ. އެއާއެކު ޔަޝާލްގެ އަނގަ ހުތްވިފަދައެވެ.

ކަރުކެހިލަމުން ޔަޝާލް އިންޓަވިޔުގެ ސުވާލުތައް ކުރަން ފެށިއެވެ. ޔަޝާލްއާއި އައިނާގެ މޫނު މައްޗަށް ހައިރާންކަމެއް ވެރިވީ އަލިޝްކާގެ ދޫ ފަރިތަކަން ފެނިފައެވެ. ކުރާ ކޮންމެ ސުވާލަކަށް ފަރިތަކަމާއިއެކު އަލިޝްކާ ދިޔައީ ފުރިހަމަ ޖަވާބު ދެމުންނެވެ. ކަޅުކުލައިގެ ލޯ ބޮޑު އައިނެއް އަޅާފައި ހުރި އިރު މައުސޫމުކަން އިންތިހާއެވެ. ކަޅުކަންގަދަ އިސްތަށިގަނޑު އުނަގަނޑުން ތިރިއަށް އޮތީ ފައިބާފައެވެ. ކޮފީ ކުލައިގެ ދެ ކަޅިޔާއި ވަށް ފިޔާތޮށި ތުންފަތެކެވެ.

އައިނާ ވާހަކަ ދައްކަމުން ދިޔައިރު ޔަޝާލްއަށް އަލިޝްކާއާއި ދިމާލަށް ބެލެމުން ދިޔައެވެ. “ބަލިޝް.. ސޮރީ ސޮރީ.. އަލިޝްކާގެ ހޮބީސް ކިޔާދެވިދާނެތަ؟” ޔަޝާލް އަޅައަޅައިގަންނަމުން ފަދަ ގޮތަކަށް ސުވާލުކޮށްލިއެވެ. “އާދެ އަޅުގަނޑު ވަރަށް ހަބަރާއި ނޫސް އަދި ވާހަކަ ކިޔާ ހިތްވޭ.. އަދި ވާހަކަ ކުރިން ސައިޓްއަކަށް ލިޔެ އުޅުނިން..” އަލިޝްކާ ވާހަކަ ދެއްކިއެވެ. “ކިހިނެތްތޯ ކޮކާ އެމް.ވީ ނޫސް އާއި މެދު ޝައުޤު އުފެދުނީ؟” ޔަޝާލް އަހައިލިއެވެ. “އަޅުގަނޑު އަޑުއަހާފައިވާ ގޮތުން މީ ވަރަށް ރަނގަޅު ނޫހެއް.. ނޫސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް މި ނޫހުން ލިބޭ އެތައް ކުދިންނަށް.. އަޅުގަނޑު މި ނޫހާއި މެދު އެންމެ ބޮޑަށް ޝައުގުވެރިވެވުނީ، މި ނޫހުގެ އެންމެންގެ އެއްބައިވަންތެރިކަން އަޑު އިވިފަ އޮތީމަ.. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވޯކް އިންވާރަމެންޓެއްގައި އެއްބައިވަންތަ ކަމަކީ ވަރަށް މުހިންމު ސިފައެއް..” އަލިޝްކާ ބުނެލިއެވެ.

ޔަޝާލް ބޯޖަހައިލިއެވެ. “އެންމެ ރަނގަޅު ދިޔަޔަސް.. ތިންދުވަސް ތެރޭގަ ނަތީޖާ ލިބޭނެ..” އައިނާ ބުނެލިއެވެ. އަލިޝްކާ ބޯޖަހައިލުމަށްފަހު އެތަނުން ދިޔައެވެ. އައިނާ އެއްބުމަ އަރުވައިލަމުން ޔަޝާލްއާއި ދިމާލަށް ބަލައިލިއެވެ. “އެކުއްޖަ ރަނގަޅު.. އެކަމް ހާދަ އުނދަގޫ ނަމެކޭ..” ޔަޝާލް ބޯކަހައިލަމުން ބުންޏެވެ. އައިނާ ހިނިއައިސްފައި ބޯހޫރައިލިއެވެ. “ސާބަސް ސާރއަށް.. ކުރިން ސާރ ބުނި ވާހަކަ އެކުއްޖައަށް އަޑުއިވޭނެ ކަންނޭނގެ..” އައިނާ ބުންޏެވެ. “ހިތަށްއަރާނެދޯ މަ ވާނޭ ބޮޑު ބޮލު ރިހުމަކަށް..” އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން ޔަޝާލް ބުންޏެވެ. އެއާއެކު އައިނާ ހޭންފެށިއެވެ. އައިނާގެ ހުނުމުގައި ޔަޝާލްވެސް ބައިވެރިވެލިއެވެ.

ޔާދިން މީޓިން ނިންމާފައި އަންނަނިކޮށް ދުންޔާ ގުޅައިލިއެވެ. މަގުމަތީގައި ކާރު ޕާކުކޮށްލަމުން ޔާދިން ފޯނު ނަގައިލީ ދުންޔާގެ އަޑު އަހައިލާ ހިތުންނެވެ. “ދިން ހަނޑުލާ ފުއް ހުސްވެފަ ހުރީ.. ދިން ބިޒީ ނޫނިއްޔާ ގެނެސްދެވިދާނެތަ؟” ދުންޔާ އަހައިލިއެވެ. “ހަމަ ތިވާހަކަ ބުނަންތަ ތި ގުޅީ؟ އަހަރެން އެހާ ބުރަކޮށް ވޯރކް ކުރާ އިރުވެސް އަހަރެންގެ ލޯބި އަނބިމީހާގެ އަޑު އިއްވާކަށްވެސް ގުޅާނުލައޭ..” ޔާދިން ޝަކުވާކޮށްލިއެވެ. ގޭގައި ހުރި ދުންޔާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އެއްޗެކޭ ބުނަން ނުކެރިފަ ހުއްޓާ ޔާދިންގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. “ހޫމް ގެންދާނަން.. އަހަރެން އެހާ ރަނގަޅު ހަޒްބެންޑްއަކަށް ވެދިނީމަ ގެއަށް އަންނައިރު އަަހަރެންނަށް ގިފްޓެއްވެސް އޮންނަންވާނެ.. ލަވް ޔޫ ދޫނީ..” ޔާދިން ލާނެތްކަމާއެކު ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. މައިރީން އާއި ޝާއިލް އަދިވެސް ތިބީ އާރޓިފިޝަލް ބީޗްގައެވެ. “ކުއްލިއަކަށް ކައިލް މައިއާއެކީ ރީތިކޮށް ވޯކްކޮށްކޮށްފަ ޗޭންޖްވާނީ ސަބަބަކާއި ލައިގެންނެއްނުން..” ޝާއިލް ވިސްނާލަމުން ބުންޏެވެ. މައިރީން ކޮނޑުއަރުވައިލިއެވެ. “އެ ސިނގުރުޅި ކާފަ ސަބަބަކާ ލައިގެން އެއްވެސް ކަމެއް ކުރާނެތަ؟ އަކަމަކު ތިބުނީވެސް ދޮގެއްނޫން.. އެކަމަކު ކީއްވެ؟ އަނެއްކާ މީހަކު ކައިލްއަށް ބްލެކްމެއިލް ކުރީބާ؟” މައިރީން އަހައިލިއެވެ. “މި އޮތް ގުޅަނީ އެޖެންސީގެ ކުއްޖެއް.. އޭނަ އައީ ކަމަށްވާނީ މިތަނަށް..” ޝާއިލް އެތަނަށް ބަލައިލަމުން ބުންޏެވެ. ދުރުގައި ކަޅު ހޫޑީއެއް ލައިގެން ހުރި ކުއްޖެއް ފެނުމުން ޝާއިލް ހަނައަޅައިލިއެވެ. އެއާއެކު އެ ޒުވާނާ އެމީހުންގެ ކައިރިއަށް އައެވެ. “މައިރީން މިއީ ލޫކް އަހަރެންނާ ޔުނީއިން ދިމާވި ކުއްޖެއް.. ލޫކް މިއީ މައިރީން އަހަރެންނާއެކީ ކޮލެޖްއަށް ދިޔަ ކުއްޖެއް.. އަހަރެން ބުނި މީހަގެ މައުލޫމާތު ހޯދައިލެވުންތަ؟” ދެމީހުންނަށް އެކަކު އަނެއްކަކު ތައާރަފުކޮށްދިނުމަށްފަހު ޝާއިލް ސުވާލުކޮށްލިއެވެ.

ލޫކް މައިރީންއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ބޯޖަހައިލިއެވެ. “ކައިލް ސަސްޕެންޑްވި ފަހުން އަހަރެމެން އެޖެންސީއާ ޖޮއިން ކުރީ..” ލޫކް ބުނެލިއެވެ. މައިރީން ދެލޯބޮޑުކޮށްލީ އެއީ އަދި އޭނައަށް އައު މައުލޫމާތަކަށްވުމުންނެވެ. “ކައިލް ސަސްޕެންޑް ކުރީ ކީއްވެކަން އެނގޭތަ؟” މައިރީން އޭނަގެ ހިތުގެ ކަނުގައި ފޮރުވިފައި އޮތް ސުވާލުކޮށްލިއެވެ. “އޭނަ ނުއެއް ބުނޭ.. އެކަމް ސްޓޭޝަންގަ ހުރި ސެކިޔުރިޓީ ފުޓޭޖްތައް ބަލާފަ ބޮޑަށް ހީވަނީ ޒާއިދު ކިޔާ އޮފިސާރ ކައިލްއަށް ބްލެކްމެއިލް ކުރިހެން..” މައިރީން ކުރި ސުވާލަށް ލޫކް ޖަވާބުދިނެވެ. “ބްލެކްމެއިލް ކުރިއްޔޭ؟ އެކަމަކު ކައިލްގެ ކާކަށްބާ؟ މަންމައަށް މޭބީ؟” މައިރީން ވިސްނާލަމުން އަހައިލިއެވެ. ލޫކް ދިގު ނަޒަރެއް މައިރީންއަށް ދިނެވެ.

މައިރީން ދެލޯ ބޮޑުކޮށްލިއެވެ. “މައި؟ އަހަރެން؟ އެމީހުން ބިރުދެއްކީ ކައިލްއަށް މައިއޭ ކިޔައިގެން؟” ލޫކްގެ ނަޒަރުން މައިރީންއަށް ހީވި ގޮތާމެދު ސުވާލުކޮށްލިއެވެ. ލޫކް ބޯކަހައިލިއެވެ. “މައިގެ ސަބަބުން ކައިލް ސަސްޕެންޑްވާކަށް ނުޖެހޭނެ.. އައިމް ގޮނަ ޓޯކް ޓު ދެޓް އޮފިސާރ..” މައިރީން ތެދުވަމުން ބުންޏެވެ. “ވަޓް މައިރީން ތިއުޅެނީ މޮޔަ ކަމެއް ކުރަން..” ޝާއިލް ވަގުތުން ބުންޏެވެ. މައިރީން އެއްޗެކޭ ބުނުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ.

(ނުނިމޭ)

މި ޕާޓް ލަސްވިކަމަށްޓަކައި ހުރިހާ ކުދިންގެ ކިބައިން މާފަށް އެދެން.. މާޝް މި ދިޔަ ހަފްތާގަ ރޯގާޖެހި ވަރަށް ގަދަޔަށް ހުން އައުމުގެ ސަބަބުން ވާހަކަ ނުލިޔެވުނީ.. ދެން އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއަކު 2 ބައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަން.💜🦋

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. aanaa

    Masha allah mi part vs vrh reethi
    Yaadhin n dhunyaa cutteee
    Mai haadha gadda eyy..
    Thi zaaidh dheke hessah rulhi eba arai
    Curiously waiting
    When next
    Lyy❤️

    1. Maash
      aanaa

      Thank you soo muchh I’m happy U liked this part..
      Hehe ikr they are cutiesss..
      Next part insha Allah Saturday ga..
      Love you more darlinggg💜🦋

  2. shihaamaa ali

    Heyyy maashhh
    Its okay you dont have to ask for forgiveness for that everyone gets sick dhw..
    As usual mi part ves vrh reethi allahumma baarik🤍
    Alishka.. e nan vrh loabi.. very unique.. hehe i love that name.. i think Alishka will get the job.
    Dhn dhunya nd yaadhu so cutee😩😩😩
    Can’t wait to read abt dhunya ge “surprise” 🤫😉🙈😹
    What is maireen gonna doo??? I am sooo curious…. cant wait for the next episode
    Ilyyyyssmmmm🤍🤍🤍

    1. Maash
      shihaamaa ali

      Heyy shiherrr..
      Aww I’m glad u understand..
      Thank you soo much.. I’m happy U liked itt..
      Dhww alishka is a pretty cute name.. let’s see dhww..
      Hehe dhunya ge suprise adhi engeyny.. let’s see what Maireen is gonna do.. next part insha Allah Saturday ga.. love you moree💜🦋

  3. Shaf_maan

    Maasha Allah mi prt vx vrh reethi
    Itz okah. I undrestand. Bali vumaky amihla ah kuraa kameh nooneh nu.
    Yaadin n dhunya so cutee💜💜💜
    Dhunya ge surprise balaalan beynuh vrh big koh😭
    N what is mai gonna doo??????
    So curious
    Can’t wait for the next prt
    Whn nxt????
    Tc.. Lysm Marsh 💜💜💜💜

    1. Maash
      Shaf_maan

      Thank you soo muchh.. I’m happy U liked it.. I’m glad U understand.. they are cutiesss hehe..let’s see what mai is gonna do dhww..
      Next part Insha Allah Saturday ga..
      Love you moree darll..💜🦋

Comments are closed.