Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 22)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 6, 2025 4 Mins Read
2 Comments

(ގިނަ ދުވަސްތަކަކަށް ވާހަކަ މެދު ކެނޑުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.)

 

’ލަޔާ…ލަޔާ…‘ އަނޫކް ލަޔާލީގެ މޫނުގައި މަޑު މަޑުން ޖަހައިލިއެވެ.ޝާއީ ދުވެފައި ގޮސް ކާގެއިން ފިނި ފެން ފުޅިއެއް ހިފައިގެން އައިސް ލަޔާލީގެ މޫނުގައި ހާކަން ފެށިއެވެ.ލަޔާލީއަށް ހޭވެރިކަމެއްވާން އިރުކޮޅެއް ނެގިއެވެ.ހަމަ ހޭވެރިކަމެއްވީ އިރަށް ލަކީއޭ ކިޔައި އޭނާ ފެށީ ރޯށެވެ.އަހަންނަށް ބަލައިލެވުނީ ޝާއީގެ މޫނަށެވެ.އެ މޫނުމަތިންްވެސް ސިހުމުގެ އަސަރު ފެނުނެވެ.ވީ ގޮތެއް ސާފު ނުވިޔަސް ވީ ކަމެއް ވެގެން އެ އުޅެނީ ލަޔަކްއަށް ކަން އެ ހިސާބުން އެނގުނެވެ.

****

ލަޔާލީ ރޯތީވެ އަނޫކް އޭނާ އަތުލަފިކޮށްގެން ޝާއީގެ ކޮޓަރިއަށް ގެންގޮސް އެނދުގައި ބޭންދިއެވެ.އަނޫކްގެ ފަހަތުން ކޮޓަރިއަށް ވަދެފައި ޝާއީ ދޮރު ކައިރިކޮށްލުމުން އެއީ ޕްރައިވެސީ ބޭނުންވާކަމުގެ ސިގުނަލެއް ކަން އަހަންނަށް ވިސްނުނެވެ.އެހިސާބުން އައްޒާމްއާއި ނަޔާންއާއި އެކުގައި އަހަރެން ބޭރުގައި މަޑު ކުރީއެވެ.

****

ފަނަރަވަރަކަށް މިނިޓް ފަހުން ޝާއީ ނުކުތެވެ.އޭނާ ލޮލުން ކޮށްލި އިޝާރާތް ފަހުމުވުމުން އޭނާއާއިއެކު އަހަރެން ހިނގައިގަތީ ޖޯލިފައްޗާއި ދިމާލަށެވެ.އޭރު ނަޔާންއާއި އަައްޒާމު ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

****

’ލަޔަކް އޮތީ ވެންޓިލޭޓަރ ގަ…ބްރެއިން ޑެމޭޖްޑް…އެންޑް މަލްޓިޕުލް ފްރެކްޗާރސް…ލިލިއަންގެ އެކްސް ބޯއި ފްރެންޑަކީ ގޭންގަކަށް ނިސްބަތްވާ މީހެއް.ލިލިއަން އާއެކީ ލަޔަކް ޔޫކޭއަށް ދިޔައީންސުރެން ދެޓް ގައި ވޯޒް ސްޓޯކިން ހިމް. އޭނާ އަދިވެސް ލިލިއަންގެ ފަހަތުން ނުނައްޓާ.ސޯ ލިލިއަން ލަޔަކް އާ އެކީ އުޅޭތީ އެކަމުގެ ރޯޅި ލަކީއަށް އެ ބޭލީ. ދަނޑިވަޅު ބަލާފައި ލަކީ އެކްސިޑެންޓް ކޮށްލީ….ނައު ދެޓް ގައި އިޒް ކޯޓް ބަޓް ދި ޑެމޭޖް އިޒް ޑަން…ލަޔަކް ހޭ އަރާނެ ކަމެއް ނޭނގޭ…އެންޑް ލިލިއަން ޑިޗްޑް…ސޯ ލަޔާގެ ޕޭރެންޓްސް ޔޫކޭއަށް ފުރަން އެ އުޅެނީ…މިހާރު ގުޅައިފި ލަޔާ އަށްވެސް ޓިކެޓް ހަމަ ޖައްސާފައި.އޭނާ ކުޑަކޮށް އޯކޭ ކޮށްލާފަ އަނޫ އެ ދަނީ އޭނާ ގެސްޓް ހައުސްއަށް ޑްރޮޕްކޮށްލަން.‘ޝާއީގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ.އޭނާ އެކަން ސިއްރުކުރަން މަސައްކަތް ކުރިޔަސް އަހަންނަކަށް އެކަމެއް ނުފޮރުވުނެވެ.ލަޔަކް ކޮންމެ ގޮތަކަށް ޝާއީއާއި ދޭތެރޭ ކަންތައް ކޮށްފައި އޮތަސް ލަޔަކް އެހާލަތުގައި އޮއްވައި ޝާއީ އޭނާއާއި ދޭތެރޭ ހިތް ބުރަކޮށްގެން ނުހުންނާނެކަން އަހަންނަށް އެނގެއެވެ.

****

’ޝާއީ އައިނޯ ޔޫއަރ ވޮރިޑް އެންޑް އިޓްސް އޯކޭ…‘ އަހަރެން ޝާއީގެ އަތުގައި ހިފައިލަމުން ބުނެލީމެވެ.ޝާއީ ދޫކޮށްލީ ފުން ނޭވާއެކެވެ.ހީވީ ބޮލުން ބަރެއް ނެގިގެން ދޫކޮށްލި ނޭވާއެއް ހެންނެވެ.

’ޒައިފް އަމް ސްކެއަރޑް…އަމް ސްކެއަރޑް ފޮރ ލަޔާ…އައިނޯ އެ ދޭތެރޭ ކުންޏެއް ޖެހިފައި އޮތަސް ލަޔާ ވަރަށް ލޯބިވާކަން ލަކީ ދެކެ…ލަކީވެސް އަސްލު ލަޔާ ދެކެ ވަރަށް ލޯބިވާނެ. އޭނައަށް ދެރައެއް ލިބޭކަށް ލަޔާއެއް ނޭދޭނެ.އޭނާ ވަރަށް ރޮއެފި.ލަކީ ހޭ އަރާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް.ހީ އިޒް ވެރީ ކްރިޓިކަލް.‘ ޝާއީ ބުނެލިއެވެ.

’އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.‘ އަހަރެންް ޝާއީ ގާތް ކޮށްލީމެވެ.

****

ލަޔާލީ އޭނާގެ މައިންބަފައިންނާއިއެކު ހެނދުނު ހެނދުނާ ޔޫކޭއަށް ފުރިއެވެ.އަނޫކް ހުރީ ލަޔާލީގެ ހާލަތާއި ދޭތެރޭ އިންތިހާއަށް ކަންބޮޑުވެފައެވެ. އަނެއްކޮޅުން މާދަމާއަކީ އަހަރެމެންވެސް މާލޭ ކޮޅަށް ފުރުމަށް ހަމަޖެހިފައި އޮތް ދުވަހެވެ.ޝާއީ އާއި އެތައް ހާސް މޭލެއް ދުރަށް ދާން ޖެހޭތީ އަހަރެންވެސް ހުރީ އެކަމާއި އެހާ ހިތް ނުތަނަވަސް ވެފައެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ ސޫރަ ލޯ މަތިން ގެއްލޭކަށް މިހާރު އަހަރެން ބޭނުމެއް ނުވެއެވެ.އަހަރެންގެ ގަޑު ބަޑުވެފައިވާ ދިރިއުޅުމަށް ހަމަޖެހުމެއް ގެނެސްދިނީ ހަމަ ޝާއީއެވެ. އަހަރެންގެ މުޅި ދިރިއުޅުމުގައިވެސް ލިބުނު ހަމައެކަނި ހަގީގިީ އުފާވެރިކަމަކީ އެއީއެވެ. މިހާރަކު އަހަންނަކަށް އޭނާގެ ކުރިމަތީގައި އަހަރެންގެ ހަގީގީ އިހުސާސްތައް ވަންހަނާ ކުރާކަށް ނުޖެހެއެވެ.

****

ފުރުމުގެ ކުރިން ޝާއީގެ މައިންބަފައިންގެ ގާތުގައި އަހަރެން ޝާއީއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނަން އަހަރެން ބޭނުންވިއެވެ. އެކަމަކު ޝާއީ އެމީހުންގެ ގާތުގައި އެވާހަކަ ދައްކަން ފަސްޖެހުނެވެ.ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ލަޔަކްއާއި އޭނާގެ ގުޅުން ނިމުމަކަށް އައިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.އެހާ އަވަހަށް އޭނާ އެހެން މީހަކާ އިންނަ ވާހަކަ ދެއްކީމައި އޭނާގެ މައިންބަފައިން ބުނާނެ އެއްޗެއް ނޭނގޭތީ ޝާއީ ޖެހިލުންވަނީއެވެ.އެކަމާ އަނޫކް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.މިހާރު ލަޔަކް އަކާ ހެދި ޝާއީގެ ދިރިއުޅުމުގައި ނިންމަންޖެހޭ އެއްވެސް ނިންމުމެއް ލަސް ކުރަން ޖެހޭނޭ ކަމަކަށް އަނޫކް ގަބޫލެއް ނުކުރެއެވެ.އެހެނަސް އަހަންނަށް ޝާއީގެ ވިސްނުން ހުރި ގޮތް ކޮންމެވެސް ވަރަކަށް އަންޑަސްޓޭންޑްވިއެވެ. ލަޔަކްއަކީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ އިތުރުން ލަޔާލީއާއި ލޭގެ ގުޅުން ހިނގާ މީހެކެވެ.ލަޔަކް މަރާ ހަނގުރާމަ ކުރަމުންދާއިރު އޭނާގެ ދިރިއުޅުމުގައި އުފާވެރި ނިންމުމެއް ނިންމަން ޝާއީ ’ގިލްޓީ‘ ވަނީއެވެ.އެކަމަކު ހިތް ނުތަނަވަސްކަން މަތީ ހުރެ ޝާއީއާއި ދުރަށް ފުރައިގެން ދާކަށް ވަކި އަހަރެންވެސް ބޭނުމެއް ނުވެއެވެ.ޝާއީގެ މައިންބަފައިންގެ ރުހުން ހޯދަން އަހަރެންވެސް ބޭނުމެވެ. އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބޭނީ އޭރުންނެވެ.

****

އަނޫކްވެސް އެކި ގޮތް ގޮތުން ޝާއީގެ އެ ވިސްނުން ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ.އެންމެ ފަހުން ޝާއީ އެއްޗެކޭ ނުބުނާނެކަން ޔަގީންވީމައި އަނޫކް ކުރި ކަމަކީ އަހަންނާ، ޝާއީއާއި އޭނާގެ މައިންބަފައިން އެއްތަން ކޮށްފައި ކައިވެނީގެ ސުރުޚީ އެޅީއެވެ.އޭނާ އެގޮތަށް ކަންތައް ކުރީ އަހަރެން ގާތުގައިވެސް ބުނެ ނުލައެވެ.އޭނާ އެހެން ކަންތައް ކުރުމުން ޝާއީ އިނީ ބިރެއް ފެނިފައި އިންހެނެވެ.

****

އަނޫކް އެވާހަކަ ފެށުމުން އަހަރެން ލަދު އެއްފަރާތް ކޮށްލާފައި ވަރަށް ސާފު ސީދާ ބަހުން އަހަރެން ޝާއީއާއި ކައިވެނި ކުރަން ބޭނުންވާކަން އޭނާގެ މައިންބަފައިން ގާތުގައި ބުނެލީމެވެ.އެމީހުންގެ މޫނުމަތިން ފުރަތަމަ ފެނުނީ ހައިރާންކަމެވެ.އެހެނަސް ދެވަނަ ސިކުންތު އެ ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

****

’މަންމަ އަބަދުވެސް ދަރިފުޅު ކައިވެނި ކުރަން ބޭނުންވި ކަހަލަ ޚުލްގު ހެޔޮ ރަނގަޅު ކުއްޖެއް ޒައިފްއަކީ…ބައްޕަވެސް ޒައިފްގެ ރަނގަޅު ވާހަކަ ވަރަށް ގިނައިން މަންމަ ކައިރީގައި ދެއްކި… މި ޒަމާނުގައި ޒައިފް ކަހަލަ ކުދިން ވަރަށް މަދުވާނެ…ހަމަ ވީހާވެސް އަވަހަކަށް ކައިވެނި ކުރަންވީ ދެކުދިން…މަންމަމެން ވަރަށް ގަބޫލު ކަމެއް ތިއީ…‘ ޝާއީގެ މަންމަގެ ދުލުން އިވުނު ބަސްތައް އިވިފައި އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޝާއީވެސް ހިފަހައްޓައިލައިގެން އިން ނޭވާ ދޫކޮށްލިއެވެ.އެ ދެލޮލުން ފާޅުވި އުފާވެރިކަމުގެ ވިދުން އެ ތުންފަތަށް ވެރިވި ހިނިތުންވުން އިތުރަށް ފުރިހަމަކޮށްދިނެވެ. އަނޫކްއަށް އަދި ޝާއީގެ ބަދަލު ހިފުމުގެ ހަމަލާއެއް އަންނާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.

****

ދެން އޮތީ އަހަރެންގެ މަންމަ ގާތުގައި އެވާހަކަ ދެއްކުމެވެ.އުސައިދުގެ ގާތުގައި އެވާހަކަ ކޮންމެހެން ބުނަންޖެހޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ.ޒަޔާ،ޒީވާ އަދި އުޒައިރު ގާތުގައި ބުނީމެކޭ ނުބުނީމެކޭ ވާނީ އެއްވަރެވެ.އަހަރެންގެ ކަމަކާ އެމީހުން އެއްގޮތަކަށްވެސް އަޅައެއް ނުލާނެއެވެ.

****

އަހަރެމެން ފުރަން ހަމަ ޖެހުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ.ދުވަސްްކޮޅަކަށް ނަމަވެސް އަހަންނާ ވަކިވާން ޖެހޭތީ ޝާއީ ހުރީ ނިކަން ޖަޒުބާތީވެފައެވެ.ޚުދު އަހަރެންގެ ހާލަކީވެސް އެއީއެވެ.އަހަންނާ ވަކިން ބައްދަލުވުމުން އޭނާއަށް ކަރުނަތަކެއް ނުހިފެހެއްޓުނެވެ.އިރުކޮޅަކު ޝާއީ ގާތްކޮށްލައިގެން އަހަރެން އޭނާ މަސަލަސް ކުރަން މަޑުކޮށްލީމެވެ.އެހެނަސް ދެން އެއުޅޭ މީހުންގެ ހިލަމެއް ވެލުމުން އަހަރެން ކުޑަކޮށް ޝާއީއާއި ދުރަށް ޖެހިލީމެވެ.

****

’ޔޫ ޑޯންޓް ހޭވް ޓު ވެއިޓް ޓޫ ލޯންގް ލަވް…އަލް މޭކް ޔޫ މައިން ސޫން…ދެން ނުރޮއެބާ…ޝާއީ ތިހެން ރުއިމާ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރޭ…ތިހެން ރޮންޏާ އަހަންނަށްވެސް ރޮވިދާނެ އިނގޭ‘ އަހަރެން ޝާއީގެ ނޭފަތު ކުރީގައި ހިފާލަމުން ބުނެލީމެވެ.

’އަވަހަށް އަންނައްޗޭ…‘ ޝާއީ ތުން ފިތައިލިއެވެ.

****

އަހަރެމެންގެ އެ ޖަޒުބާތީ ވަގުތު ކޮޅު ހުއްޓުމަކަށް އައީ ނަޔާން އާއި އައްޒާމު ދަބަސްތައް ބަލައި ކޮޓަރިއަށް ވަނުމުންނެވެ.

****

’އޭ ދެން ފަހުން މާ ފޮޅުވާނީ…އަދި މިސޮރު ފޮނުވާނަމޭ ޝާއީ…ހާސްކަނޑާލާ…‘ ނަޔާން ދިމާކޮށްލިއެވެ.

****

’ހޫނ ސާބާސް ނަޔާން…‘ ޝާއީ އޭނާއަށް ރޮވިފައި ހުރިކަން ފަރުދާ ކޮށްލުމުގެ ގޮތުން ރާގުލާފައި ބުނެލިއެވެ.

****

’މަންމަ އެބަހުރި އެންމެނަށް ނިކަން ހަދިޔާ ޕެކް ކޮށްފައި…ދެންވެސް އަވަސް ކޮށްގެން ނުކުންނަން އުޅޭ…އަހަރުންނަށް ވުރެ ވާގަނޑު ދިގޭ މި ފިރިހެންވެރިން.‘ ޝާއީ އެހެން ބުނެފައި ކޮޓަރިން ނުކުތުމުން ނަޔާން އާއި އައްޒާމް އަނެއްކާވެސް އަހަންނާ ދިމާކުރަން ފެށިއެވެ.

***

’އޭ ވާގަނޑު ދިގުތޯ ބަލަންތަ ހަމަ އެ މަންޖެ އެއައީ…ބަލާބަލަ މި ޒައިއްޕެވެސް ވަގުވިވަރު…ނަންވާނީ އައްޒާމު އަންހެނުން ދެކެ ލޯބިވާކަމަށް. މީނާ މީހަކާ އިނީމަ ކިހާވަރަކުން ދާނެބާ…އަތުވެސް ނުވާނެ ކަންނޭނގެ‘ ނަޔާން އައްޒާމުވެސް ބައިވެރިކޮށްލިއެވެ.

****

ޝާއީ ބުނިހެން އަހަރެމެން ދަބަސްތައް ހިފައިގެން ކޮޓަރިން ބޭރަށް ނުކުތްއިރު ކޮންމެ މީހަކަށް ހަދިޔާ ފޮށްޓެއް ތައްޔާރުކޮށް ނަން ޖަހާފައި ހުއްޓެވެ.

****

’އައްދޭ ހާދަ ހަދިޔާއެކޭމި މާމަ ހާދަ ރަނގަޅޭ…ޝުކުރިއްޔާ މާމާ.‘ ނަޔާން އޭނާއަށް ވީ ފޮށި ނަގައި މާމައަށް ޝުކުރު އަދާ ކޮށްލިއެވެ.

’މަރުހަބާ…ތިކުދިން ދިޔައިމަ ދެން ގޭތެރެ ހާދަ ފާޅުވާނޭ… އަނޫވެސް މިފެނުނީ އެތައް އަހަރެއް ކޮށްފައި… މިހާރު ތިޔަ ދަނީ …އަދި އަންނައްޗޭ ދަރިފުޅުމެންނޭ.‘ މާމަގެ އަޑު ކުރެހުނެވެ.

****

’އަނހާ މާމާ…އަނެއްކާ މާމަ ނުރޯތި. ދެން ޗުއްޓީއެއް ލިބޭ އިރަށް ވެސް އަންނާނަމޭ…ދެން ފަހަރަކުން އައިސް މާމަމެން ގޮވައިގެން އެއްކޮށް އެކޮޅަށް ބަދަލުވާނީ.މި ކުޑާވެސް ޖެހޭ އެބަ މިތަނުން އުފުރާލައިގެން ގެންގޮސް މާލޭ ފެނަށް ދިރުވަން…ދޯ ޒައިފް.‘ އަނޫކް މާމަ ގާތްކޮށްލަމުން އަހަންނަށް ދޯ ދިނެވެ.އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލުމުން ޝާއީ ތުންފިތައިލިއެވެ.

****

އަހަރެމެން ގޮސް ލޯންޗަށް އަރަންދެކަށް ޝާއީ އަހަރެންގެ އަތުން ދޫކޮށް ނުލައެވެ.ވަކިވާ ވަގުތު ޖެހުމުން އަހަރެމެން ދެމީހުނަށްވެސް ފެންކަޅިވެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ.

****

’އައި ލަވް ޔޫ ޝާއީ…‘ އަހަރެން އޭނާގެ އަތުން ދޫކޮށްލަމުން ބުނެލީމެވެ.

’އައި ލަވް ޔޫ ޓޫ ޒައިފް.‘ ޝާއީ ތުންފަތުގައި ދައިގަނެކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ބުނެލިއެވެ.

****

ލޯންޗް ފަޅުން ނުކުމެ މާ ކަނޑަށް ނުކުތް އިރުވެސް ޝާއީ އެ ހުރި ތާގައި އަތް ހޫރާލަ ހޫރާލަ ހުއްޓެވެ.އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ހިތަށް ލިބުނު ނުތަނަވަސް ކަމުގެ ސަބަބުންނެވެ.ޝާއީއާއި ނުލައި އެންމެ ދުވަހެއްވެސް ހޭދަ ކުރާކަށް ދެން އަހަންނަކަށް ފަސޭހައެއް ނުވާނެއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-4

Next

ﷲ

Next
July 7, 2025

ﷲ

Previews
July 6, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-4

2 Comments!

  1. Aysherr says:
    July 7, 2025 at 9:59 am

    Heyy
    Haadha gina dhuvaheh fahun ey dhw mi vaahaka kiyaalan mi libuny.. but it’s okay..
    Ekam vrh miss vi mi vaahaka kiyaalan nulibeythy..
    Varah intrest vegen kiyaaleve vaahaka eh mee.. masha allah.. keep it up
    When next..?

    1. Lamtty Lamtty says:
      July 7, 2025 at 11:26 am

      Yeahhh…A lot happened and I was struggling with my mental health so I just didn’t have the energy to continue…so I just took a long break but sorry bunenulevuneema….in Sha Allah now I’m okay and will continue ❤️❤️ Thank you for understanding dear.

Comments are closed.

Next Episodeއެކްޓަރ (ޕާޓް 23)←


All Right Reserved!