Skip to content
އެސްފިޔަ

ލޯބީގެ ކުރި ދަތުރު 14

” އާދެ.”

” މިހާާ ހިސާބުން 2025 ވަނަ އަހަރުގެ އިންޓަރ ހައުސް މަދަހަ މުބާރާތް މި ނިމުނީ.”

” އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ތި ކުދިންނަށް ވޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަން.”

” އެންމެ މޮޅު ގުރޫޕް މަދަހަ އެއްވަނަ ދެވަނަ ތިންވަނަ.”

” އެންމެ މޮޅު މަދަހަ ކިޔުންތެރިޔާ އެއްވަނަ ދެވަނަ ތިންވަނަ.”

” އަދި އެއްވަނަ ދެވަނަ ތިންވަނަ ހައުސް.”

” މި މުބާރާާތް ފެށި ނިމެންދެން ބައްލަވާ އަދި ވަޑައިގެންނެވި އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނަށް ފަށްފަށުން ޝުކުރު އަދާކުރަން.”

” ބާއްޖަވެރި ދުވަހަކަށް އެދެން.”

” ވައްސަލާމް ޢަލައިކުމް.”

 

“ހާހް”

” އައްދިއްޔޯއި.”

” މަގޭ ބުރަކަށި ދުވަސް ގޮއްސި، ނާއިފް ބުންޏެވެ.”

” ކަލޭ ބުރަކައްޓޭ؟.”

” ބަލަ ކަލެއަށްޓަކައި ތި ގޮނޑީގަ އިށީންދެ އިންދެ މަގޭ ބުރި ހޫނުވެއްޖެ.”

” މަށެއް ނުބުނަން ތިތާ އިށީންދެގެން އިންނާށެކޭ.”

” އެއްކަލަ ދެ މީހުން ފަށާނެ ކަމެއް ނެތް އިންގޭ.”

” ތެދެއް، ޒައި އެ ބުނީ ރަންގަޅު ވާހަކައެއް.”

” ހިންގާ ގެއަށް ދަމާ ބަންގި ވެސް ގޮވައިފި.”

” މަލް، މަންމަ ހުންނާނެ މިހާރު މަލް ގެއަށް ނައިސްގެން.”

” ސޭމް ބުރޯ.، ސޭމް.”

” ފައިނާންވެސް މަލްޝާއާ ބައިވެރިވެލަމުން ބުންޏެވެ.”

” އޭތް، މާދަން އަނެއްކާ ސުކޫލު އޮވޭތަ؟.”

“ނޮޕް.”

” ނަސީބު.”

” އޭތް، ހިންގާ މާދަން އަންބު ތަޅަން ދާން.”

” މައްސަލައެއް ނެތް.”

 

” ރައިނާ، ދަރިފުޅާ.”

” އާދެބަލަ.”

” ކީކޭ މަންމާ.”

” މަންމަ ބުނީ ދަރިފުޅު ސުކޫލަށް ނުދާތީ މަންމައަށް ގުޅާފި.”

” މަންމަ އަށް އިންގޭ ދަރިފުޅު ކޮންމެ ދުވަހަކުވެސް ތި ހުންނަނީ މަންމަގެ ޚިދުމަތުގައިކަން.”

” އެކަމު ދަރިފުޅު ސުކޫލަށް ނުދަންޏާ ރަންގަޅު ނަތީއްޖާއެއް ނުލިބޭނެއްނު.”

” ދަރިފުޅު ބުނީމެއްނު މަންމަ ކައިރީ ދަރިފުޅު ވާހިތް ވަނީ ނަރުހަކަށޭ.”

“އާދިއްތަ ދުވަހުން ފަށައިގެން ދަރިފުޅު ސުކޫލަށް ދާން ފަށައްޗޭ.”

” ދަރިފުޅު ބޭނުންނަމަ ސުކޫލު ނިންމާފަ ފިހާރައަށް ދިޔަޔަސް އެންމެ ރަންގަޅު.”

” ފިހާރައަކަށޭ؟ ކޮން ފިހާރައަކަށް؟”

” އެއީ ދަރިފުޅުމެން ކުލާހު އުޅޭ ރާއިކުމެންގޭ ފިހާރަ.”

” މިޔަދު ޒައިޝައްތަ މަންމަ ކައިރީ ދެއްކި ވާހަކައެއް އެއީ.”

” ދަރިފުޅު ވިސްނާލާފަ ޖަވާބެއް ދެއްޗޭ.”

 

” މަލޫ، ދަރުފުޅޫ.”

” ލައްބަ.”

” ކޮބާ ކިހިނެއް މުބާރާތް ދިޔައީ؟”

” ރަންގަޅު، މާދަން ސުކޫލު ބަންދު.”

” އެހެންތަ.”

” ސޯ އޯކޭތަ މާދަން މެންދުރު އަތިރިއަށް ދިޔަޔަސް؟”

” ކޮން ކުދިންނެއް ދަނީ؟”

” މީ، ފައިނާން، ޒައިނީ، ޝައިދާން، ޒައިން ދެން ނާއިފް.”

” ދަރިފުޅު ދިޔަޔަސް މަންމައަށް އެންމެ ރަންގަޅު.”

” އެކަމު މަންމަ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން އިންގޭ ދަރިފުޅު ފެރިހެން ކުދިންނާއެކު އުޅުން.”

” ދަރިފުޅުމެން ތީ އަދި ކުޑަކުދިން، އަނެއްކޮޅުން މަލޫ ތީ އަދި މި އަހަރު މިރަށު ސުކޫލަށް ވަންނި ކުއްޖެއް.”

” މަލޫ މި ފޮނުވަނީވެސް ޒައި އާ ނާން އާ ދެކުދިންވެސް ދާތީ.”

” އޯކޭ.”

” މޫދަށް އެރެންތަ ދަނީ؟.”

” ނޭންގެ، އަންބު ތަޅަންނޭ ބުނީ.”

” އަދި މަލޫ ހަނދާން ނެތިފަ މި ހުރީ.”

” ކުކީސް ހަދާ އެއްޗެހި ގަނެދެވޭނެތަ.”

” ހޫމް، މަންމައަށް އެތިކޮޅެއް ބައިންދާ މަތިން”

” އޮކްސް ބޮޑުވައި އިންގިލި ދައްކާލަމުން މަލްޝާ ބުންޏެވެ.”

” ދަމުން މަލްޝާ އައިދާ ގައިގައި ބައްދާލިއެވެ.”

” ތެންކިޔޫ މަންމާ، ވަރަށް ގިނަ މުދައްރިސުންނާއި އެކުވެރިން ބުނީ މަލްގެ މަދަހަ ވަރަށް ރީއްޗޯ؟.”

” ވެލްކަމް ދަރިފުޅޫ.”

 

” ދޮންބޭއޭއޭ.”

” ބާރަކަށް ނާއިފް ކޮޓަރީގެ ދޮރުގަ ތަޅަމުން ދިޔައެވެ.”

” ނާއިފް އިނީ ބެލްކަނީގައެވެ.”

” ގިޓާރ ގަންޑު ހިފައިގެން އިން އިރު ގިޓާރ އިން މަލްޝާ ކީ މަދަހައިގެ ރާގު ކުޅެވޭތޯ މަސައްކަތް ކުރަން އިނެވެ.”

” އެއަށް ގޮސްހުސްވެފަ އިންނަ އިރު މީހަކު ކިޔާ އެއްޗެއް އަޑު އިވޭނެ ހެއްޔެވެ؟”

” އާރްގްގްހް، ނަފާ ކެތްތެރިކަން ކޮޅުންލަމުން ގޮސް ފައިން ބާރަަކަށް ދޮރުގައި ޖަހައިގަތެވެ.”

” ބާރު އަޑެއް އިވުމުން ނާއިފް ސިިއްސައިގެން ގޮސް ގިޓާ އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ.”

” ގިޓާ ވެއްޓުނު އަޑަށް ގޭގެ ހުރިހާ މީހުންގެ ސަމާލުކަން ނާއިފްގެ ކޮޓަރިއަށް ލިބުނެވެ.”

” ދަރިފުޅާ، ޒައިޝާ ބާރަކަށް ނާއިފް އަށް ގޮވާލިއެވެ.”

” ލައްބަ.”

” ބިންމައްޗަށް ވެއްޓުނު ގިޓާ ނަގައި އެންދުގެ ކަނުގައި ލައްގާލަމުން އަތުން ކަނާއަތުގައި ފިރުމަމުން ދޮރު ހުޅުވިއެވެ.”

” ހުޅުވިއިރު ނަފާ އާއި މަންމަ ހުުރިތަން ފެނި ކިހިނެއްވީހޭ އަހައިލިއެވެ.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.