“ނާއިފޫ”
” ދަރިފުޅާ ތި މަޑުން އިންދެބަލަ”
ގޮނޑީގައި އިށީންނި އިރުއްސުރެ ނާއިފް އިންނަނީ ދެފައި ތަޅުވާލައެވެ.
” މަންމަ ކީއްކުރަންތަ ދޮންބެ ބައިވެރި ކުރަނީ މުބާރާތްތަކަށް؟”
“ދޮންބެއަކަށް ނީންދެވޭނެ ފަސް ސިކުންތެއްވެސް މަޑަކުންނެއް”
” ދެން ދޮންބެ އިންނަންވީ މި ގޮނޑީގައި ހަރަކާތް ނުކޮށް ބައިންދާލާފަ އިންނަ ބުދެއްހެން”
” ނާޔޫ ނުބުނަން ދޮންބެ ތިއީ ބުދެކޭ”
“ނާޔޫ ބުނީ ދޮންބެ އަށް މި އަހަރު ވާނީ 14 ނާޔޫ ދޮންބެ އަށް ތުރެ ކުޑަ”
” އެކަމަކުވެސް ނާޔޫ އަށް އިންގޭ ޑިސިޕްލިން”
އަހްމަދާއި ޒައިޝާ ވެސް އިނީ ނާޔޫގެ ވާހަކަ އިން ހެވިފައެވެ.
” ނާޔޫ ވެސް އެ ބުނީ ދޮގެއް ނޫނޭ ދޯ ދަރުފުޅޫ”
” ޕިސްޕިސް ދެން ތި ނިކަން ނަން ގޮވާބަލަ”
” ދަރިފުޅު ކޮންތާކަށްތަ ނުދެވިގެން ތި އުޅެނީ”
ރައިނާ އިނީ ގޭތެރޭ އޮތް އިންދޯލީގަ އިސްލާމް ފޮތް ހިފައިގެންނެވެ. ނުވިސްނާށޭ ބުންޏަސް ނުވިސްނާ ހުރެވޭނީ ކިހިނެއްހެއްޔެވެ؟. މަންމަ މިހާރު އެ އިނީ ނުކުޅެދުންތެރިއަކަށް ވެފައެވެ. ކައިރީގަ ދެން އެހެން މީހެއް ނެތެވެ. އަބަދަކުވެސް އަހްމަދުބެ އާއި ޒައިޝައްތަ އަޅައެއް ނުލާނެތާއެވެ. ޚަރަދުތައް މިހާރުވެސް ބަލަހައްޓައިދެނީ އެ އާއިލާގެ ދީލަތި ކަމުންނެވެ. އެ މީހުންވެސް އެ ލާރި ހޯދަނީ ބުރަ މަސައްކަތް ކޮށްގެނެވެ. އެ ހާދިސާ ހިނގިފަހުން ކައިރާގެ ޚަބަރެއް ނުވާތާ ލޮލުކޮޅަށް ދައްކާވެސް ނުލައެވެ. ރުޅި އަންނަން ބޭނުންނުވިޔަސް ކައިރާ ދެކެ ރުޅި އާދެވެއެވެ. މަންމަގެ ނުކުޅެދުންތެރިއަކަށް ވީތީ މިޔަދު އެ ޒިންމާ އެ އާއިލާއިން ނަގަން ޖެހޭނެ ކަމަށް ރައިނާ ޤަބޫލު ކުރެއެވެ..
މަލްޝާ އެތާ އިންދެ ފޫހިވެގެން ހަލާކުވާން ފަށައިފިއެވެ. އެވަރުން ވެސް ގެއަށް ދާ ހިތެއް ނުވިއެވެ. ނާއިފް މަދަހަ ކިޔާ އަޑު އަހާފަ ނޫނީ އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ.
” މަލްލްލް” ”
ޔެސްސް”
“ހިންގާބަ ދެން ދާން”
” ޒައިނީ އާއި ފައިނާން ވެސް އިނީ އެ ތަނުން ދާން ބޭނުންވެފައެވެ.”
” އަދި އިރުކޮޅަކުން ދޯ”
“ތި އިރުކޮޅެއް ނާންނާނެ ދުވަހަކުވެސް”
“މިހާރުވެސް މި ގޮނޑިގަނޑެއްގަ އިށީންދެގެން އިނީނޫން މި ގޮނޑިވެސް ހޫނު ވެެއްޖެ ކަންނޭންގެ”
“ތެދެއް، ޔަޤީން މަ ތެދުވާއިރަށް އައްސި އަރާނެކަން”
“ޝައިދާން ބުންޏެވެ.”
“ތި އަންގަމަޑުންލައިގެން ދުވާކޮށްބަލަ މި ކަންތައްގަނޑެއް ނިމޭތޯ”
” ތެދެއް ޔަޒާންވެސް އެ ބުނީ ދޮގެއް ނޫން”
އިރުއޮއްސޭ މަންޒަރު ބަލުމަށް ދިޔަ ދެ ކުދިން ވެސް ހުރީ ހުރިތަނަކަށް ޖެހިފައެވެ. ރާއިކް ރުކުބުޑު ދަށު އިށީންދެގެން އިން އިރު ކައިރާ އިނީ އުންދޯލީގައެވެ. ދެމީހުން ދެމީހުންނަށް އިރުކޮޅުކޮޅާ އެ މީހަކު ހުރިތޯ ނުވަތަ ކުރާކަމެއް ބެލުމަށް ވަގު ނަޒަރު ބަދަލުކުރާ ތަން ފެނެއެވެ. ރާއިކް އަށް ކައިރާއާ އަރާހަމަކޮށް އަންގައިން ބުނާކަށް ނުކެރުނެވެ. ކޮންމެއަކަސް ދެ މީހުން މި ކުޅިގަނޑު ކުޅެމުން ދިޔައިރު އެ ދެ މީހުންގެ ސިކުނޑީގައި ދައުރުވަމުން ދަނީ މުޅިން ތަފާތު ޚިޔާލުތަކެވެ. ކޮންމެއަކަސް މިހެން ތިއްބާ ބަންގި ގޮވަން ފެށުމުން ރާއިކް މަޑުނުކޮށް ހިންގައިގަތެވެ.
ރާއިކް އެއްގަމަށް އަރައިގެން ގޮސް ލޮލުކޮޅަށް އޮއްބަންދެން ކައިރާ އަށް ބަލަން ހުރެވުނެވެ. މުއްސަނދި ކަމަކީ އެހާ މުހިންމު ކަމެއް ހެއްޔެވެ؟. ދުނިޔޭގައި އުފަލުގައި އުޅެނީ އެންމެ މުއްސަނދި މީހާ ނުވަތަ އެންމެ ފަޤީރު އާއިލާ ހެއްޔެވެ؟. މުޅި ރަށުގައި ހުރި އެންމެ މުއްސަނދި މީހާގެ ދަރިއަށް ވީތީ ކައިރާ އަށް ދިމާލަށް އެއްޗެހި ކިޔާ މީހުން މަދެއް ނޫނެވެ. ބޮޑުވެގެން އައީ ބޭރު ނޯކަރެއްގެ ބެލެނިވެރި ކަމުގެ ދަށުންނެވެ. އިސްލާމީ ރިވެތި ތަރުބިއްޔަތަކުންނެއް ނޫނެވެ. ބޮޑުވަމުން އައި ވަރަކަށް ދިރިއުޅުމުގައި ލިބޭނެ ހަމައެކަނި އުފަލަކީ މުދާ ކަމުގައި ވިސްނައިދިނީ މައިންބަފައިންނެވެ. ބާރުގަދަ ވާނީ ގޮތްކުޑަ އިޚުތިރާމް އަދާކުރަން ނުދަންނަ މީހާ ކަން ވިސްނައިދިނީ ވެސް އެ މީހުންނެވެ.
ދެން މި އޮއްތީ މި މުބާރާތުގެ އެންމެ ފަހު މަދަހަ. މި މަދަހަ ހުށަހައަޅައިދެނީ އަހުމަދު ނާއިފް. ރެހެންދި ހައުސް.
ހުށަހައަޅައިދޭ މަދަހައިގެ ނަމަކީ ވޭނެއް ހިތުގާ
“ވޭނެއް ހިތުގާ މި އަޅާ ކިހިނެއް ބުނެދޭނީ”
“ހޭނެތިވެ ނުދާ ވަރު ހޭޭ ފެނި މަންޒަރުތައް ވޭނީ”
“ވާނެ ގޮތެއް ވަންދެން ނުހުރެ ހިންގާށޭ އަޅެ ތެދުވާން”
“އުންމަތުގެ ރޫޙު ހޭލައްވާން”
” ވޭނެއް ހިތުގައި މި އަޅާ ކިހިނެއްހޭ ބުނެދޭނީ”
“ހޭނެތިވެ ނުދާ ވަރު ހޭ ފެނި މަންޒަރުތައް ވޭނީ”
” ވާނެ ގޮތެއް ވަންދެން ނުުހުރެ ހިންގާށޭ އަޅެ ތެދުވާން”
“އުންމަތުގެ ރޫޙު ހޭލައްވާން”
” މިންޖު ފިތުނައިންވެ މިނިވަންވާން”
” ފިތުނައިން ހިލޭ ހުރިހާ ވަބާ”
” މުޅި އުންމަތަށް ވެރިވީ ތަނޭ”
” މިތުރުން ތެރެއިންވެ ފަސާދައާ”
“އަނިޔާ ފިލާ ނުމެދާ ތަނޭ”
” ވޭނެއް ހިތުގައި މި އަޅާ ކިހިނެއްހޭ ބުނެދޭނީ”
“ހޭނެތިވެ ނުދާ ވަރުހޭ ފެނި މަންޒަރުތައް ވޭނީ”
“ވާނެގޮތެއް ވަންދެން ނުހުރެ ހިންގާށޭ އަޅެ ތެދުވާން”
“އުންމަތުގެ ރޫޙު ހޭލައްވާން”
“މިންޖު ފިތުނައިންވެ މިނިވަންވާން”
“ފިތުނައިން ހިލޭ ހުރިހާ ވަބާ”
” މުޅި އުންމަތަށް ވެރިވީ ތަނޭ”
” މިތުުރުން ތެރެއިންވެ ފަސާދައާ”
” އަނިޔާ ފިލާ ނުމެދާ ތަނޭ”
” ވޭނެއް ހިތުގާ މި އަޅާ ކިހިނެއް ބުނެދޭނީ”
” ހޭނެތިވެ ނުދާ ވަރު ހޭ ފެނި މަންޒަރުތައް ވޭނީ”
” ވާނެ ގޮތެއް ވަންދެން ނުުހުރެ ހިންގާށޭ އަޅެ ތެދުވާން”
” އުންމަތުގެ ރޫޙު ހޭލައްވާން”
” މިންޖު ފިތުނައިންވެ މިނިވަންވާން”
” އެއްބަޔަކު ރޮއެ ރޮއެ ޙާލުގާ”
” އަމްނާ އަމާނަށް ގެއްލިފާ”
” އެއްބަޔަކު ހީހީ އުފަލުގާ”
” ދުނިޔޭގެ މަޖަލަށް ހެއްލިފާ”
” ވޭނެއް ހިތުގާ މި އަޅާ ކިހިނެއްހޭ ބުނެދޭނީ”
” ހޭނެތިވެ ނުދާ ވަރުހޭ ފެނި މަންޒަރުތައް ވޭނީ”
” ވާނެ ގޮތެއް ވަންދެން ނުހުރެ ހިންގާށޭ އަޅެ ތެދުވާން”
” އުންމަތުގެ ރޫޙު ހޭލައްވާން”
” މިންޖު ފިތުނައިންވެ މިނިވަންވާން”
ޝުކުރިއްޔާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

