
މަޢާފް އެދެމުން 28

އެ ދިރިއުޅުމަކީ ރީވާއަށް ފަސޭހަ ދިރިއުޅުމަކަށް ނުވާނެ ކަން ރާނިޔާއަށް ވިސްނެއެވެ. އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ދަރިފުޅު ވަނުމަކީ ރާނިޔާ އެދޭ ގޮތަށް ނުވި ނަމަވެސް އާރިޝް ދެކެ ރީވާ ލޯބި ވާ ވަރު ރާނިޔާއަށް އެނގޭތީ، އެ ފުރުސަތު ދުކޮށްލަން ރީވާ އެއްގޮތަކަށްވެސް ނޭދޭނެ ކަންވެސް ރާނިޔާއަށް އެނގެއެވެ.
“އާރިޝްއާ؟” ރާނިޔާ އަހާލިއެވެ.
ރީވާ ހަމައެކަނި ބޯ ޖަހާލިއެވެ.
“ރީވާއަށް އެނގޭ ދޯ ދެ އަނތްބަށް އިނދެގެން އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން؟ އަދި އަމްދުން… ޝީލާ ގަބޫލެއް ނުވާނެ ރީވާއަކާ… އާރިޝްއަށް އެކަން އެނގޭނެ. މަންމައަށް އެނގޭ ރީވާ އާރިޝްއާ ގުޅެން ބޭނުން ވާ ވަރު، އެކަމަކު ރީވާވެސް އާރިޝްވެސް ވިސްނަން ވާނެ ތި އުޅެނީ އުނދަގޫ ކަމެއް ކުރަން ކަން. ބުނެލަން ފަސޭހައަކަސް ދެ އަނތްބަށް އިނދެގެން އުޅުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން. އާރިޝްއަށް ވުރެ އުނދަގޫ ވާނީ ރީވާއަށް. މި ހުރިހާ ކަމަކާ ވިސްނިންތަ؟” ރީވާގެ އެދުމާ ސީދާ ދެކޮޅު ހަދަން ބޭނުން ނުވާތީ ރީވާއަށް ވިސްނައިދިނުމަށް ރާނިޔާ މަސައްކަތް ކުރިއެވެ.
ރާނިޔާގެ ވާހަކަ ރީވާ އަޑުއެހިއެވެ. ރާނިޔާ އެ ބުނާ އުނދަގޫތަކުގެ އިތުރުން ދިމާވާނެ އެހެން ކަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.