Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 9, 2025 3 Mins Read
8 Comments

“އައްސަލާމު އަލައިކުމް” މަންމަގެ ގެ ނަމަވެސް މިޒިޔަލް ސަލާމް ގޮވާލިއެވެ. ސިޓިންގް ރޫމްގައި އިން މިޒްނާއަށް ދެމަފިރިން ފެނި ތެދުވިއެވެ. “އަނހާ. ދެކުދިންއައީދޯ؟ އަވަހަށް އާދޭ. މިއީދޯ އިވްޔާއަކީ؟ މާޝާ ﷲ ދަރިފުޅު ހާދަރީއްޗޭ” މިޒްނާގޮސް އިވްޔާގެ އަތުގައި ފިރުމާލިއެވެ. އިވްޔާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “ހިނގާ އަވަހަށް ކާން” މިޒްނާ ކާގެއާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

(2 ވަނަ ބައި)

އިވްޔާގެ އަތުގައި ހިފައިގެން މިޒްނާ ގޮސް ބަދިގެއަށް ވަނެވެ. ބަދިގެ ތެރޭގައި ނެތް އެއްޗެއް ނެތެވެ. އަލުވި ބަތާއި ކެރެޓު ބަތެވެ. ފްރައިޑް ރައިސްއާއި ނޫޑުލީހެވެ. ހަނާކުރި މަހާއި ފިހެފައި ހުރި ކުކުޅެވެ. ކަރާ ފަންޏާއި އަނބުފަނި ވެސް ހުއްޓެވެ. ކޭކާއި ކަސްޓަޑު ވެސް ހުއްޓެވެ.

“ދަރިފުޅަށް މީރު އެއްޗެއް ނޭނގޭތީވެ ބޮލަށް އައިހާ އެއްޗެއް މިހެދީ މަންމަ. ކަމުދާ އެއްޗެއް އެބަހުރިތަ؟” މިޒްނާ އެއްސެވެ. އިވްޔާ ހިނިތުން ވެލާފައި ބޯޖަހާލިއެވެ. ކެއުމައިގެން އެންމެން ކުރިއަށް ދިޔަ އިރު މިޒްނާ ދިޔައީ ހުއްޓި ނުހުރި ވާހަކަ ދައްކަމުންނެވެ. ލަދުން އިންނަމަވެސް އިވްޔާވެސް ދިޔައީ ވާހަކަ ދައްކަމުންނެވެ. މަންމައާއި އިވްޔާގެ ވާހަކަތައް އަހަން އިން މިޒިޔަލްއަށް ހިނިތުން ވެވުނެވެ. ހިތާހިތުން ﷲ އަށް ހަމްދު ކުރެވުނެވެ.

“ދަރިފުޅުމެން ކޮން އިރަކުންތަ ކުއްޖަކު ހޯދުމައިގެން އުޅެނީ؟” ވާހަކައިގެ ތެރެއިން މިޒްނާ އެއްސެވެ. އިވްޔާގެ ދޮން މޫނު ވަގުތުން ރަތްވިއެވެ. “އަދި ނެތެއްނުން ނުހޯދިފައެއްދޯ؟ އަދި މިއުޅެނީ ކައިވެނިކޮއް 2 މަސްނުވެ ވިއްޔަ” މިޒިޔަލް ބުންޏެވެ. “އެކަމަކު މަންމަ ބޭނުން ވަރަށް އަވަހަށް މާމަ ދަރިއެއް. އޭރުން މިއެކަނިވެރި ކަންވެސް ފިލައިދާނެއްނުން؟” މިޒްނާ ބުންޏެވެ.

އެގޮތުގައި ތަފާތު ވާހަކަ ތަކުގައި ތިބެ ކެއުން ނިންމާ ގެއަށް ދާން ދެމަފިރިން ނިކުން އިރު 11 ޖަހަން އުޅެއެވެ. މިޒިޔަލް ފަހަތުން ހިނގާފައި ދިޔަ އިވްޔާ، ސައިކަލަށް އެރި މިޒިޔަލްގެ ޓީޝާޓުގައި ހިފާ ދަމާލީ މައުސޫމް ގޮތަކަށެވެ.

“ހިނގާބަ ކުއްޖަކު ހޯދަން؟” ލަދުރަކި ކަމާއި އެކު އިވްޔާ އެއްސެވެ. “ޕިސް، ހާދަ އަވަހަކަށް؟ ޔަލް ބޭނުން އަދި އިވްއާއި އެކު އެކަނި ދުވަސް ކޮޅެއް ހޭދަކުރަން” މިޒިޔަލް އޭނާގެ ޙިޔާލު ފައުޅު ކުރިއެވެ. ނަމަވެސް އެޙިޔާލު އިވްޔާއަކަށް ކަމަކު ނުދިޔައެވެ.

“އޭރަށް މަންމަ އަށްވެސް އިވް މާކަމުގޮސް ދާނެއްނުން؟ ޕްލީޒް؟” އިވްޔާ އާދޭސް ކުރަން ފެށިއެވެ. މިޒިޔަލް އެންމެ ފަހުން އެއްބަސް ވިއެވެ.

2 ދުވަސްފަހުން މިޒިޔަލް އެނބުރި އޮފީހަށް ނުކުތެވެ. މިޒިޔަލް އަކީ ރަށު އޮފީހުގައި މަސައްކަތް ކުރަމުންދާ ހީވާގީ މުވައްޒަފެކެވެ. މިޒިޔަލް ޑިއުޓީއަށް ދިޔުމުން މިއަދުވެސް އިވްޔާ ނުކުމެލީ މަގުމަތި ކުނި ކަހާށެވެ. އިލޮށިފަތި ހިފައިގެން އިވްޔާ ގޮސް ދޮރާށި ހުޅުވާލިއިރަށް ސިހިގެން ދިޔައީ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނިފައެވެ.

“ކަލެއަށް ވަރަށް ބުޅާ ކަމުދެޔެއްނުން؟ އަހަރެން މިދަނީ ރަށުން ބޭރަށް. މަގޭ ބުޅާ ބަލައިދީ ދާނަންތަ؟” އެކުއްޖާ އަތުގައި އޮތީ އެއްކަލަ ކަޅު ބުޅަލެވެ. އިވްޔާ ހިނިތުން ވެލާފައި ބޯޖަހާލިއެވެ. “ކޮން ނަމެއްތަ ކިޔަނީ؟” އެކުއްޖާ އެނބުރި ހިނގައިގަތުމުން އިވްޔާ އެއްސެވެ. “މީލިއާ” އިތުރަށް މަޑުކުރުމެއް ނެތި މީލިއާ ހިނގައިގަތެވެ.

ހަވީރުވެ އިރުއޮއްސެން އުޅެނިކޮއް މިޒިޔަލް އެނބުރި ގެއަށް އައެވެ. ގެއަށް ވަދެގެންއައި މިޒިޔަލްއަށް ބުޅާ ހިފައިގެން އިން އިވްޔާ ފެނި ހައިރާންވިއެވެ.

“ތިމިހާރު ކޮން ބުޅަލެއް؟” މިޒިޔަލް އެއްސެވެ. “މިއީ މީލިއާގެ ބުޅާ” އިވްޔާ ހީލާފައި ބުންޏެވެ. “އޭނ؟ މީލިއާއޭ؟ އެކާކު؟” މިޒިޔަލްގެ މޫނުމަތީގައި ޖެހުނީ ސުވާލު މާކެކެވެ. “ސާބަސް ޔަލްއަށް. މިގޭ ކައިރީ މިސްޓްރީ ގޭގައި އުޅޭ މީލިއާ” އިވްޔާ ބުނެދިނެވެ. ވަގުތުން މިޒިޔަލްގެ ދެލޯ ބޮޑުވިއެވެ. އަދި ހަމަ އެސިކުންތުގައި ފިހިގަނޑު ހިފައިގެން އަހިސް އެބުޅާ ފައްސާލުމަށް މަސައްކަތް ފެށިއެވެ.

“ކީއްތަ ތިކުރަނީ؟” އިވްޔާ އިން ތަނުން ތެދުވިއެވެ. “އިވް. އިތުރު ސުވާލެއް ނާހާތި. މިއަދަށް ފަހު އެގޭ އެއްވެސް މީހަކާ ވާހަކަ ނުދައްކާތި. އެބުޅާ ތަކާއި ކައިރިނުވާތި” މިޒިޔަލް ބުންޏެވެ. “އެއީ ކީއްވެ؟” އިވްޔާ ހައިރާންވިއެވެ.

“މީހުން ބުނޭ އެގޭގައި އުޅޭ ކުދިންގެ ބައްޕައަކީ ސިހުރުވެރިއެކޭ. އެގޭގައި ގެންގުޅޭނެ ބައިވަރު ބުޅާ. ބައެއް ރޭރޭ އޭއްޗެހިން ހޭރޭވަރުން ނުވެސް ނިދޭނެ. މީހުން ބުނޭ އެއީ އެގޭ އާދަނު ސިހުރު ހަދާ ރޭރެޔޭ. އެއާދަނު ގެއިން ނިކުންނާނީ ވެސް ދަންވަރު 3 ޖަހާފަހުން. ވަންނާނީ މިހިރަ ޖަންގައްޔަށް. ފަތިސް ނަމާދުގެ ބަންގީގެ ކުރިން ގެއަށް ވަންނާނެ. ދެން އޭނަ ދަރިންވެސް. އޭނަ ތިބެނީ ހުސް އަންހެން ކުދިން. 6 ކުދިން ކަންނޭނގެ ތިބޭނެ. އެތާ ނުހުންނާނެ މިހާރު 30 ނުވާ އަންހެނެއް ގައިމުވެސް. އެކަމަކު އެއިން އެކަކުވެސް މީހަކާ ނީންދެ. އެކުދިން ފެންނާނީވެސް ފަތިހާއި އިރު އޮއްސޭވަގުތު” މިޒިޔަލް ކިޔައިދިނެވެ.

“ހެހެ ޔަލް އެވާޙަކަ ގަބޫލު ކުރަންތަ؟ އޯކޭ. އިވްވެސް ގަބޫލު ކުރަން، ސިހުރު ހާހޫރާއަކީ ހަގީގަތެއް. ޖިންނި ޝައިތާނުންނަކީ ބިލާހެއްނޫން ކަން. އެކަމަކު މިޒަމާނުގައި އެކަހަލަ މީހުން އުޅޭނެ ކަމަކަށް އިވްއަކަށް ގަބޫލެއް ނުކުރެވޭ. އެކަމަކު ޔަލް ބޭނުންވާ ގޮތަކީ ތިއީ ކަމުގައިވަނީނަމަ، އިވް ދެން އެހެން ނަހަދާނަން” އިވްޔާ ހީލާފައި ބުނެލިއެވެ.

އެރޭ ކައިނިމުމުން، މިޒިޔަލް ސިޓިންގްރޫމް ޓީވީއިންނާއި، ކޮޓަރި ޓީވީން ބާރަށް ގުރްޢާން ޖެހިއެވެ. މިޒިޔަލް އުޅޭ ގޮތުން ހީވަނީ ބިރުވެރި އެއްޗެއް ފެނިގެން އުޅޭ ހެންނެވެ.

“އަޅެ ޔަލް މިހާރު މާވަރެއްނޫންތަ ތިކުރަނީކީ؟ ހެހެ” އިވްޔާ ދިމާކޮއްލިއެވެ. ނަމަވެސް މިޒިޔަލް އެއްވެސް އެއްޗެއް ނުބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 42

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 9

Next
July 10, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 9

Previews
July 9, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 42

8 Comments!

  1. Shaf_maan says:
    July 9, 2025 at 4:55 pm

    Yaa rabbi. Birun gos thuru thuru alhaa eba.
    Vrh reethi mi prt vxx Maasha Allah
    Ivv itz a very serious thingg
    Hopefully nothing will happen bad 🤞
    Can’t wait for the next prt
    Whn nxt?????
    Tc.. Lysm Shiher 💜💜

    1. shihaamaa ali shihaamaa ali says:
      July 9, 2025 at 5:36 pm

      Hehe jazaakallah khairan
      Yeaa dhw hehe..
      Balamaa dhw dhn vaa goii
      Next episode friday ga
      Stay tuned
      Tc nd lyt

  2. Your fav bab Your fav bab says:
    July 9, 2025 at 7:33 pm

    Her neighbour’s a black magician?? Alhe I nama rashun ves filaanan!!
    E bulhaa akee ghost akaa medhu ves SUS🤔
    mi part varah reethi MA
    When next?
    Dying outta curiosity
    Lysm💗

    1. shihaamaa ali shihaamaa ali says:
      July 9, 2025 at 9:10 pm

      haha dhww i would tooo 😭😭💀
      keke neynge dhww.. balamaa dhenn
      jazaakallah khairan dearr
      next episode on friday in sha allah
      ilyttt

  3. aanaa says:
    July 9, 2025 at 8:15 pm

    Masha allah mi part vs vrh reethi
    Adhi kiyaalaafa cmnt kohlaaneh time eh mi libunii😭
    Dhnme tuition in ahnanikoh geyge faaru mathin mi fuhnmaaly bodu kalhu cat eh.seedha kurimahchah.neyngunu vii gthvs.mi vhk mathin hadhaan vgn halhey lavaiganevuny😫😫hih thelhunu varun hiivi hih nukumefaanehnvs
    Sahaadheh birun gos halaaku vehje mi part kiyaafa,neighbor akh vs e libuny biruveri baehhh..horror vhk nuvs kiyan ehvs vrkh
    curiously waiting..when next???
    lyyy❤️

    1. shihaamaa ali shihaamaa ali says:
      July 9, 2025 at 9:11 pm

      jazaakallah khairan
      hehe its okay its happens
      omg🤣 dhn kalhu bulhaa thah dheke biru gannan nufashahchey anehka ahah
      hehe shihaa vess aslu vrh nukiyan keke
      in sha allah on friday stay tuned
      ilyt

  4. darkqueen38 darkqueen38 says:
    July 10, 2025 at 2:18 pm

    Mi part ves varah reethi.
    Next part dhigu kohleveynetha?
    Waiting for fridayy.

    1. shihaamaa ali shihaamaa ali says:
      July 10, 2025 at 2:23 pm

      Jazaakallah khairan dear
      I’ll try.. i’ve been busy aslu ehnve
      Stay tuned

Comments are closed.

Next Episodeކަޅު ބުޅާ 3←


All Right Reserved!