Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-5

__devil__09 Level 210 Stories100 Login
June 25, 2025 2 Mins Read
0 Comments

*”އަޅެ މަށެކަށް ނޭނގެއޭ. ކިތަށް ފަހަރު ޒީވާ ކާރީ ބުނަންވީ މަށެށް ނޫނޭ ބުނީކީ. މަށަކަށް ނޭނގެ އައިމަންއަށް އިނގުނު ގޮތެއް. މަ ހަނދާނެއްވެސް ނެތް…އައިމަން އެހެން ބުނީމަ ހަނދާންވީ” މިފަހަރު ނާއިމް ވާހަކަ ދެއްކީ ތަންކޮޅެށް ބާރަށެވެ. އެއަޑުގައި ރުޅިވެސް އެކުލެވިގެން ވެއެވެ. އަހަރެން ކުޑަކޮށް ސިހޭގޮތްވި އެވެ. އެކަން ނާއިމްއަށް ފާހަގަ ވެސް ކުރެވުނެވެ. އެދެލޮލުގައިވީ ރުޅިވެރިކަން އެކުހެން ގެއްލުނެވެ.*

“ހަމަޖެހިބަލަ ދެމީހުން. ނާއިމް އެއްވެސް ނޫން މައުނާ އެއްވެސް ނޫން ބުނީކީ. ހަމަ އަމިއްލަ އަށް ހޯދީ” ކުޑަބެ ހިޔާލީ ދުނިޔެއިން ނިކުމެވުނީ ނާއިމްގެ އަޑު ބާރު ވުމުންނެވެ. އަދި އައިސް އަހަރެންނާއި ނާއިމް ގެ މެދަށްވާ ގޮތަށް ހުއްޓުނެވެ. ގަބޫލު ނުކުރެވިފައި އިން ފަދައިން އަހަރެން ބަލައިލުމުން ކުޑަބެ ބުނެލި އެވެ. “ސީރިއެސްކޮށް ގެއައް ގޮއްސަ ބުނާނަން”

“ސޮރީ. ރުޅިއާދެވުނީ. އެހާގިނައިން ބުނީމަ ވެސް ގަބޫލުނުކުރީމަ. ގަސްތަކުނޫން.” ނާއިމް މަޑުމައިތިރިކަމާ އެކު ބުންޏެވެ. އަހަރެން ބޯޖަހައިލައިފައި އަވަސް ފިޔަވަޅުތަކެއްގައި މިޝާޔާމެން ތިބި ދިމާލަށް ދިޔައީމެވެ. އޭރު އަހރެން ހުރީ އެއްކޮށް މޫޑު ހަރާބު ވެފަ އެވެ.

ގެއަށް ގޮސް ކުޑަބެ އިންސްޓަރގްރަރމް ބޭނުން ކުރާ ވާހަކަ ބުނެ، މީގެ ދުވަސްކޮޅެއް ކުރިން އަހަރެންނަށް  މެސެޖުކުރި ވާހަކަ ވެސް ބުންޏެވެ.

އެއްރެއެވެ. އަހަރެން ހުރީ ރާއިމް ދެކެ ވަރަށް ރުޅި އައިސްފަ އެވެ. ކުއްޖަކު އަހަރެން ކައިރީ ރާއިމް އެހެން އަންހެން ކުއްޖެއްކައިރީ ރައްޓެހިވާން އެހީ ވާހަކަ ބުނުމުންނެވެ. ރާއިމް އެފަދަ ކަމެއް ކޮއްފާނެ ކަމަށް އަހަރެންނަށް ގަބޫލުވެސް ކުރެވެ އެވެ. އައިސްފައި ހުރި ރުޅީގައި އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ އަހައިލުން ވެސް އަހަރެންނަކަށް މުހިންމެއް ނުވިއެވެ. ފުރަތަމަ ވެސް އަހަރެން ފެށީ ‘ރާއިމް އެހެން ކުއްޖަކާއި ރައްޓެހިވާން ބެނުންވާނަމަ އަހަރެންނާއި ރައްޓެހިވީ ކީވެހޭ’ ކިޔައިފަ އެވެ. ވީގޮތް އޮޅުން ފިލުވަން ރާއިމް މަސައްކަތްކުރި ވެސް މެއެވެ. ނަމަވެސް އަހަރެން ވީގޮތް ބުނާކަށް ބޭނުމެށް ނުވީ އެވެ.

އަހަރެންނަށް ރާއިމް ކަންތައް ކުރި ގޮތް ކިޔައިދިން ކުއްޖާ އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެއްކަމަށް ބުނީ ޖެހިގެން އައި ދުވަހު ސްކައުޓްއަށް ގޮސްފަ އެވެ. އަހަރެން ބޭނުންވީ އަވަހަށް ގެއަށް ގޮސް ރާއިމް އަށް މެސެޖުކޮށް މަޢާފަށް އެދޭށެވެ. ނަމަވެސް ކޭމްޕްގެ އެންމެ ފަހު ދުވަސް ކަމުން އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ގެއަށް ވެސް ދެވޭނީ ވަރަށް ލަހުންނެވެ.

ކުރީދުވަހެކޭ އެއްފަދައިން މިއަދުވެސް ނާޝްތާކޮށް ނިންމައިގެން އަހަރެން އިނީ ޝާބީނާ އާއި މިޝްޔާއާއި އެކު ގަހެއް ދަށުގައި ވާހަކަ ދައްކާށެވެ.

ދުރުން މީހަކު ގޮވައިލި އަޑަށް އަހަރެން ފަސްއެނބުރި ބަލައިލީމެވެ. ކުޑަބެ އަތުގެ އިޝާރާތުން އައުމަށް ބުނަމުން ދިޔަ އެވެ. ކައިރީގައި ނާއިމް އިންތަން ފެނުމުން އަހަރެން ހީކުރީ ކުރީދުވަހު ދެކެވުނު ވާހަކަ އަލުން ދައްކަން އުޅެނީ ކަމަށެވެ. ނުދަން ހުރެފައި ވެސް ކުޑާބެ ގޮވުމުން ދިޔައީ އެވެ.

“ޒީވާ ކާރީ އަހާބަލަ” އަހަރެންނަށް ހަމަ ދެވުމާ އެކު ކުޑަބެ ބުންޏެވެ.

“މައުނާ އުޅެނީ ރިމާހު އާއި ރައްޓެހިވެގެން ދޯ؟” ނާއިމްގެ ސުވާލުން އަހަރެން ސިހުނެވެ. އަހަރެންނަށް ބަލައިލެވުނީ ކުޑބެ އާއި ދިމާލަށެވެ. ނާއިމްގެ ފަހަތުގައި ހުރެ ކުޑަބެ ދެފަރާތަށް ބޯހޫރައިލި އެވެ.

‘ކޮންއިރަކު؟ އެދެމީހުން ރައްތެހިވާންވީ ކީއްވެ؟ ދޭ އަރ ނޮޓް އަ ގުޑް މެޗް އިވެން.” ގަދަކަމުން ހިނިގަނޑެއް ޖަހައިލަމުން ބުނީމެވެ.

“އެދެމީހުން އުޅެނީ ރައްޓެހި ވެގެން. ކައޭމެން ތިއުޅެނީ މަށަށް އޮޅުވައިލަން”

“އޭ ނާއިމް! ކައޭ ކޮންމެ ދުވަހަކު ޒީވާއާ އެއްކޮށް މާފޮޅުވަނީ ދޯ” ކުރީދުވަހު ވެސް އަހަރެމެންނަށް އުނދަގޫ ކުރި ފިރިހެން ގްރޫޕު މިއަދުވެސް ފެށިއެވެ.

“ނާއިމް ކައޭ ތިއުޅެނީ ރާއިމްގެ ބިޓު ކަޓުވައިލަން ދޯ” އެހެން މީހަކު ބުނެލި އެވެ. ކުޑާބެ ރުޅި އައިސްފައި އެމީހުންނަށް ބަލައިލި އެވެ. ނާއިމް އިނީ އެމީހުންނަށް ފުރަގަސް ދީގެންނެވެ.

“ތެދެއް؟ ޒީވާ ކައޭ ރާއިމް އަކަށް ތިހެނެއް ނުހެދޭނެ. ކައޭތީ ހަމަ އެކަނި ރާއިމްގެ ހައްގެއް” އެމީހުން އެހެން ބުންއިރު ހީވީ އަހަރެންނަށް އިންޒާރެއް ދޭހެންނެވެ. އަހަރެންނަށް ބަލައިލެވުނީ ނާއިމް އަށެވެ. އޭނާ އިނީ ރުޅިއައިސް ރަތް ވެފަ އެވެ. ކުޑަބެއާއި ނާއިމް ދެންމެ ދެންމެ ގޮސް އެމީހުން ގައިގައި ތަޅައިގަނެފާނެހެން ހީވެ އެވެ. އެދެމީހުން ކަމެއް ކޮއްފާނެތީ އަހރެން އިނީ ބިރުންނެވެ.

“ނާއިމް އެއީ ބޮޑު ސޮޑެއް. އޭނައަކަށް ނުވާނެ ތިކަމެށް. ރާއިމް އެއަށް ވުރެ ޒީވާ ދެކެ ލޯބި ވެއޭ. ޒީވާ ގެއްލުނީޔަކާ އޭނަ ނުދޭނެ.”

“ރާއިމް އަށް އިނގެއޭ ބިޓުން ހޯދަން. ބަލަ ޒީވާ ސަޅިކަން. އެކަލަ ސަޅި ބިޓެއް އަހަރެމެންނަށް ވެސް ލިބޭނަމަ.”

“އޭނަ އެހާ ގިނައިން ޒީވާގެ ރީތިކަމުގެ ވާހަކަ ދައްކާ. މިހާރު އޭ މި އަދި ޒީވާއާ ދިމާލަށް ރަނގަޅަށް ބަލާލެވުނީ.”

“އޭނާ ހާދަ ހުވަފެނެއް ބަލައޭ ޒީވާއާ އެކީ.”

ކުޑާބެ އާއި ނާއިމް ފެނިފައި ކޮންމެ މީހަކަށް ވެސް އެދެމީހުން ތިބީ ރުޅި ކޮންޓްރޯލް ކޮށްގެންކަން އިނގޭނެ އެވެ.

-ނުނިމެ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ދިވެހިރާއްޖޭގެ ދިދަ: ޤައުމީ ފަޚުރުވެރިކަމުގެ ނިޝާން

Next

ލޯބި-3

Next
June 25, 2025

ލޯބި-3

Previews
June 25, 2025

ދިވެހިރާއްޖޭގެ ދިދަ: ޤައުމީ ފަޚުރުވެރިކަމުގެ ނިޝާން



All Right Reserved!