ވާ ލޯބި އެނގޭނަމަ(21)
އޮޕަރޭޝަން ތިއޭޓަރ ކުރިމަތީގައި ރާއިން ދެކޮޅަށް ހިނގަމުން ދިޔައިރު ނޫރާ އާއި ރިފާގެ އިތުރުނެ ރީނާ އިށީދެގެން ތިއްބެވެ.”ކޮބާ އަދިވެސް ޑޮކް ނުނިކުމޭތަ؟ނަމާދުން ފައިބެ އަޒޭ އާއި އެއްކޮށް ކޮފީ އަކަށް އަރާލާފަ މިޔައީ”ރިފާ ކައިރި އިށީނަމުން ނާއިން ބުނެލިއެވެ.”ހްމްމްމް..އަދިވެސް ނުނިކުމެ.އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ އިންޝާ ﷲ.ނާނުދާންވީނު މަަަަަންމަމެން ގެޔަށްލާފަ އަށްނަން.މިހާރު 9 ޖަހާ ބޮޑުވީ.ހަބަރެއް ލިބުނީމަ އަންގާލާނަން” ނޫރާ ބުރަކަށީގައި ފިރުމާލަމުން ރާއިން ބުނެލިއެވެ.ނައިރާމެން ގެޔަށް ބަދަލުވުމަށްފަހު ރާއިން އަށް މަންމައެއްގެ ލޯތްބާއި އަޅާލުން ނޫޜާ އަބަދުވެސް ދެއެވެ.އެއްވެސް ކަމެއްގައި ނައިރާ ގެ އިތުރުން ނާއިަ އާއި ރާއިން އަކާއި ތަފާތެއް ނުކުރެއެވެ.އެހެންކަމުން ރާއިން ނޫރާ އަށް އަބަދުވެސް ކިޔަނީ މަންމަ އެވެ.ނާއިން އެތައް ޥާހަކައެއް ދައްކައިގެންވެސް ނޫރާ ގެޔަށްދާ ހިޔާލެއް ނުކުރިއެެވެ.”މަންމާ!މަންމަ ތިހެން ނުނިދަ ނުކައި ހުރީމަ އިރާ ކިހާ ދެރަވާނެކަން އެނގޭތަ؟ހަމައެކަނި އިރާ މެންދުރު ނުކެޔަސްވެސް މަންމަ އެހާ ކަންބޮޑުވޭ.ނުނިނިދިގެން އުޅުނަސް އެހާ ކަންބޮޑުވޭ.ހަމައެގޮތަށް އިރާވެސް ކިހާ ދެރަވާނެ.މަންމަ ރަނގަޅަށް ކައިގެން ނިދައިގެން ހުރީމަ އިރާ އުފާވާނީ.އހަރެމެން އެއްމެން ވަރަށް ހިތްވަރުކޮށްގެން އިރާއަށް ރަނގަޅުވާން އެހިތްވަރު ލިބޭނީ.އެހެންމާ މަންމަ ގެޔަށްގޮސް ކޮންމެވެސް އެއްޗެއް ކާލައިގެން އަރާމުކޮށްލާ.އިރާގެ ހަބަރެއް އަހަރެންނަށް އެނގޭއިރަށް އެންމެ ސިކުންތެއްވެސް ލަސްނުކޮށް ގުޅާނަން.”ނޫރާގެ މޫނުގެ ދެފަރާތުގައި ހިފާލައިގެނ ހުރެ ރާއިން ބުނެލިއެވެ.ހިނިތުން ވެލަމުން ނޫރާ އެންމެ ރަނގަޅު ކަމަށްބުނެ ނާއިން އާއި އެއްކޮށް ގެޔަށް ދިޔުމަށް ތެދުވިއެވެ.ފަހަތުން ރިފާ އާއި ރީނާވެސް ތެދުވެގެން ގެޔަށްދާން ދިޔައެވެ.
“ޕޭޝަންޓް ކިރިޔާ ސަލާމަތް ކުރެވުނީ ކުޑަކޮށްވެސް ލަސްވިނަމަ ފުރާނަ ދިޔައީސް.އަވަހަށް ގެނެވުންކަން ނަސީބެއް.އަދި ފަރުވާދީގެން ސަލާމަތް ކުރެވުންކަން ނަސީބެއް އެކަމަކު…”އެހާހިސާބަށް ބުނެ ޑޮކްޓާރު ހުއްޓާލީ އެއީ އެއްވެސް މީޙަކަށް އަޑުއަހަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ.”އެކަމަކު ކިހިނެއްވީ ބުނެބަލަ އިރާ އަށް ކިހިނެއްވީ؟”ރާއިންގެ ލޮލުން ފެންނަމުން ދިޔައީ އިންތިޙާ ދަރަޖައިގެ ވޭނެވެ.”ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ނައިރާ ގެ ހަނދާންތައް ވަނީ ގެއްލިފައި. އެހާ ބޮޑަށް ޕްރެޝަރ ނުލާ އެންމެ ކުދިކުދި ކަންތައްތަކުން ފަށައިގެން ހަނދާނއ ކޮށްދޭން މަސައްކަތް ކުރޭ.މިސާލަކަށް އެންމެ ކާހިތްވާ އެއްޗެހި އެންމެ ދާހިތްވާ ތަންތަން.ހިތްވަރުކުރޭ ރަނގަޅުވާނެ އިންޝާ ﷲ.ރާއިންގެ އެދުމުގެ މަތިން ޕްރައިވެޓް ރޫމަކަށް ނައިރާ ވަނީ ބަދަލުކުރެވިފަ.މިހާރު ބައްދަލު ކުރެވޭނެ.”ރާއިން ކޮޑުގައި ޖަހައިލުމަށްފަހު ދިޔައެވެ.
ނައިރާގެ އަތުގައި ހިފައިގެން ނިދާފައި އޮތް ރާއިންއަށް ބަލަން ނައިރާ ހުއްޓައި އެސްފިޔަތަށް ތަޅުވާލަފައި ރާއިން ލޯ ހުޅުވާލިއެވެ.
“ކާކު ތީ؟ކީއްކުރަނީ މިތާގަ؟”ރާއިންގެ އަތް ފޮޅުވާލަމުން ނައިރާ ބުނެލިއެވެ.”ރާއިން..ސުޕަމޭން ހަނދާންކޮށްބަ؟”ރާއިންގެ ލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުއްޓެވެ.”ކޮން ރާއިން އެއް.އަހަރެން ހަނދާނެތް ރާއިން އަކާ ވާހަކަ ދެއްކޮ ހަނދާނެއެ ވެސް.ފާހަނަ އަށް ވަދެލަނަ ހެލްޕް އެއް ވެދީފާނަންތަ؟”ރާއިން އާއި ދިމާލަށް ވަށްކަޅިން ބަލާލަމުން ނައިރާ އަހާލިއެވެ.ނައިރާ އަތުލަފިކޮށްލައިގެން ނައިރާ ފާހަނައަށް ވަންނަން އެހީވެދިނެވެ.އައިވީފުޅި ހިފައިގެން ބޭރުގައި ހުރި ރާއިން ސިހުނީ ނައިރާ އަމިއްލައަށް ކޮރެމުން ނުކުންނަނަ އުޅުމުންނެވެ.”ސާބަސް ނިންމާފަ ގޮވިނަމަ.”ކުއްލި އަކަށް ނައިރާ އަތްދަނޑި މައްޗަށް އުފުއްލާލައިގެނ ގޮސް އެނދުމަތީގައި ނައިރާ ބޭއްވިއެވެ.
“ވަރަށް ބަނޑުހައި”މަޑުމަޑުން ނައިރާ ބުނެލި ޖުމްލަ ރާއިން ކަންފަތާއި ހަމއަށް ފޯރީ ހަމަ ކިރިޔާއެވެ.”އެބަ އާދޭ ސައި ހިފައިގެން.މާގިނަ އިރެއް ނުވާނެދެން.”ރާއިން އެހެންބުނިވަގުތާއި ދޮރުގައި ޓަކި ޖަހާލިވަގުތާވީ އެއްގަޑި އަކަށެވެ.”މިޔޮއް އައީ ސައި ހިފައިގެން.އަވަހަށް ލަސްނުކޮސް ސައިބޯން ހިނގާ”ނައިރާ އަށް ތެދުވާން އެހީ ވަމުން ރާއިން ބުނެލިއެވެ.ނޫރާ ދަރިފުޅާ އޭ ކިޔައި ނައިރާ ގައިގައި ބައްދާލިއެވެ.ރިފާ އާއި ރީނާ ތައްޓަކަށް ނައިރާ އަށް ސައި ތައްޔާރު ކުރުމުގައި މަސްޢޫލުވެގެން އުޅުން އިރު ނާއިން އާއި އަޒާނަ ސޯފާގައި އިށީނެވެ.”ތިއްތީ..އަވަހަށް ލަސްނުކޮސް ތިހިތުގެ ރާނީ އަށް ކާންދީ”ރާއިން އަތަށް ތަށި ދެމުން ދިމާކުރާ ރާގެއްގައި ރީނާ ބުނެލުމުން އެއްމެން ވެސް ހެވައިގަތެވެ.”ޗީޑި..މީނަ އަތުން މަށެއް ނުކާނަން..ކޮނަތާކުން އައިއްސަ ހުރި އިންސާނެއް.އަހަރެން ކާނީ އަހަރެން އެންމެ ލޯބިވާ މީހާ އަތުން”އަޒާން އާއި ދިމާލަށް ބަލާލަމުން ނައިރާ ބުނެލިއެވެ.”ނައިރާ ގެ ވާހަކަ ހުރި ގޮތުން އެއްމެން ވެސް ތިބީ ހައިރާން ވެފައެވެ.ވަކިން ރާއިން ހިތުގައި ދިޔައީ ކޫރު އެޅެމުންނެވެ.ނޫރާ އަޒާން އާއި ދިމާލަށް ބަލާލުމުން ތެދުވެގެން އައިސް ރާއިން އަތުން ތަށި އަތުލައި ނައިރާ ގެ އަގަޔަށް ރޮށި ކޮޅެއް ލައްވައިދިނެވެ.”މްމްމް..ވަރަށް މީރު”އަޒާން ކަރުގައި އަތްއަޅުވާލައިގެން ހުރެ ނައިރާ ބުނެލިއެވެ.ނާއިރާ ގެ އަމަލުތައް ހުރިގޮތުން އެއްމެން ހަައިރާން ވިއެވެ.އިތުރަށް މަޑުކުރަން ނަހަދައި ރާއިން ބޭރަށް ނުކުތެވެ.ރާއިން ފަހަތުން ރީނާ ވެސް ދުވަމުން ކަހަލަ ގޮތަކަށް ނުކުތް އިރު ކާރަށް އަރައި ރާއިން ދުއްވާލިއެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


