ވާ ލޯބި އެނގޭނަމަ(22)
ރަސްފަންނުގައި އިށީދެެގެން ހުރި ޒުވާނާ ފަހަރަކު ސިނގިރޭޓު ބޮމުން ދިޔައެވެ.ބަލައިލި ކޮންމެ މީހަކަށްވެސް އެޒުވާނާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައިކަން އެނގޭހާ ވެއެވެ.މަޑުމަޑުން ތެދުވެ ރާޅުޖަހާ ހިސާބުގައި އެ ޒުވާނާ އިށީދުނެވެ.”ކީއްވެ؟ އަހަރެން މަތިން ކުޑަކޮށް ވެސް ހަނދާން ނުވޭތަ؟”އެ އަޑުގައި ވަނީ އިންތިޙާ ދަރަޖައިގެ ހިތްދަތި ކަމެވެ.
ރާއިން ކުރީގައި އޭނަ ދިރިއުޅެމުން ދިޔަ ގޭގެ ކުރިމަތީގައި ސައިކަލު ޕާކު ކުރުމަށްފަހު ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލިއެވެ.”ދޮރުހުޅުވަބަ! ދޮރު މަތީގަ މިހުރީ”ލިފްޓަށް އަރަމުން ރާއިން ބުނެލިއެެވެ.”އަހަ!ރާއިން ދަރިފުޅާ ކިހިނެއްވީ؟ ކުއްލި އަކަށް ތިޔައީ. ކުރިން ބުނެލި ނަމަ އެއްނު ކާން އެއްޗެއް ތައްޔާރު ކޮށްލާނީ ވެސް.ކޮބާ ނައިރާ އާއި ރީނާ”އެއަންހެން މީހާ ބުނެލިއެވެ.”ރީން އަށް ގުޅާނަން އިރުކޮޅަކުން މިކޮޅަށް އަންނަން.އި..އި…އިރާ…އަޅާނުލާ “ނައިރާ ގެ ވާހަކަ އެހުމާއެކު ރާއިންގެ ދެލޮލުން އެހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގަތެވެ.”ދަރިފުޅާ ރާއިން….ދައްތަ ކައިރި ބުނެބަލަ.. ވަންނާނެ ތަނެއްނެތިފަ ހުއްޓަ ރާއިން ދައްތަ ގެނައީ..އެއްވެސް ކަމެއް ނުކޮށް ހުންނަން ބޭނުންނުވީމަ ރާއިން ބޭނުންވި ކައްކާލަދީފަ ގޭތެރެ ސާފުކުރަން. އެދުވަހުން ފެށިގެން ހުރިހާ ކަމެއް ބަރާބަރަށް ކުރަމުން މިޔައީ..ނައިރާ މެން ގެޔަށް ބަދަލު ވާ ވާހަކަ ބުނި ދުވަހު ދައްތަ ހިތް ބުނި އަނެއްކާ ވެސް ޖެހޭނި މަގުމަތީގަ ކުރިން ސަލާން ޖެހިހެން ސަލާން ޖަހާށޭ.އެކަމު ދައްތަ މިގެއިން ނުނެރދައްތަ ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ރާއިން ދިނީ. ކުލި ބަރާބަރަށް ދައްކަމުން ދިޔައީ ރާއިން. ދައްތަ އަތުން ބައި ރުފިޔާ ނުނަގަ.ރާއިން ޓްރެއިނިންގ ގައި ދިމާވި ހުރިހާ ކަމެއްގެ އިތުރުން ނައިރާ ވާހަކަ ވެސް ކިޔާދިނީ ރާއިން ހަމަ ދައްތަ ނުވެސް އަހަމެންނު.ކިހިނެއްވީ ؟ރާއިން ބޮލުގައި ފިރުމާލަމުން ރަހުމާ އަހާލިއެވެ.
ރަހުމާގެ އުނގުމަތީގައި އޮވެ ރޮމުން ދިޔަ ރައިން ގެ ބޮލުގައި ފިރުމަމުން ރަހުމާ ދިޔައެވެ.”ދަރިފުޅާ! ނައިރާ ދަރިފުޅާ ދޭތެރެ ރައްޓެއްސެއް ގޮތަށް ދެކެއެއްނު..ފުރުސަތުގެ ބޭނުން ހިފައިގެން ދެމީހުން އެއްކޮށް ގޮސް އުޅުނު ތަންތްނަށް ނައިރާ ގޮވައިގެން ވީހާވެސް ގިނައިން ދެވޭތޯ ބަލާ.ދައްތަ އަށް ޔަގީން ހަނދާނަތައް މަޑުމަޑުން އާވާން ފަށާނެ.”ރާއިން ރަހުމާ ބުނި ވާހަކަ އަށް ވިސްނާލިއެވެ. މާދަން ނައިރާ ގޮވައިގެން ބޭރަށް ދިޔުމަށް ނިންމިއެވެ.ކޮންމެ ގޮތަކަށް ވިޔަސް އެކަން ރާިން ކުރާނެކަން ރާއިން މޫނު މަތިން ފެންނަމުން ދިޔައެވެ.”އިންޝާ ﷲ…އިރާ ގެ ހަނދާންތައް ވަރަށް އަވަހަށް އާވާނެ.
ދަންވަރުގެ ވަގުތުކަމުން މާލޭގެ ބައެއް މަގުތައް ފެންނަނީ ވަރަށް އަމާން ކޮށެވެ.ލަވާޒާ ގޭ ކައިރި ސައިކަލު ޕާކު ކުރުމަށްފަހު އެތެރަށް ވަދުނެވެ. ދޮރު ތަޅުލާފައި ހުރުމުން ޖީބުން ތަޅުނދަޑި ނަގައި މަޑުމަޑުން ދޮރު ހުޅުވާލިއެވެ.ސިޓިންރޫމް ގައި އެއްވެސް މީހަކު ނެތުމުން ފުނަ ނޭވާއެއް ދޫކޮށްލުމަށްފަހު ނައިރާ ކޮޓަރި އާއި ދިމާލަށް ރާއިން ދިޔައެވެ.މަޑުމަޑުން ދޮރު ހުޅުވައިލި ރާއިން މަޑު ޖެހުނީ ދައްކަމުން ދިޔަ ވާހަކަ އަޑުއިވިފައެވެ.”ރިފް އަށް އެނގުނޭ ބަލާލާފަ ހަނދާންތައް ގޮއްސަ ހުރި މީހެން ނޫންކަން ތިޔަކީ”ރިފާ ބުނެލިއެވެ.”ހޫން އެނގެޔެ.ރިފް އާއި ދިމާލަަށް ނައި އަށް ބެލުން ގޮތުންވެސް އިގުން ދެމީހުން އެކަހެރި ވާރަށް އަހާނެކަން.”ރިފާ އާއި ދިމާލަށް ވައްތަރެއް ޖައްސަމުން ނައިރާ ބުނެލިއެވެ.”އެއްވެސް މަޖާ ކަމެއް ނޫނޭ ނައި ތިކުރީއެއް. މަންމަމެން ވެސް ތިބީ ނުލާހިކު ދެރަވެފަ.ހާއްސަކޮށް މަންމަ އާ ރާއިން.ނައިރާ އަށް ހަމަ ރަނގަޅަށް ފެންނާނެ އަޒާން އަށް ގޮވި ގޮތުން ރާއިން އަށް ވެފަ ހުރި ގޮތް. ނައިރާ އަށް އެނގޭތަ ރާއިން އަށް ކިހާ ތަދެއ ވާނެކަން. އަމިއްލަ އަށް ހަނދާން ކޮށްބަލަ.ނައިރާ ރާއިން ދެކެ ލޯބިވާ ވާހަކަ ބުނަން ދިޔަ ދުވަހު އީޝާ ކޮއްކޮ ރާއިން ގައިގަ ބައްދައިގެން ހުރީމަ މިހިތް ފެށީ އުފަލުން ރޯންތަ؟ ނޫނީ ވީ ދެރައިން މިހިތަށް ވީ ތަދުތަ؟ އެދުވަހު މިހިތަށް ތަދުވިހެން މިއަދު އެހިތަށް ވެސް އެހާމެ ތަދުވާނެ”ނައިރާ ހިތާ ވީ ފަޅީގައި މަޑުމަޑުން ޖަހަމުން ރިފާ ބުނެލިއެވެ.ނައިރާ އަށް ރިފާ ބުނީ ތެދުވާހަކަ އެއްކަން ގަބޫލު ކުރެވުނެވެ.އެދުވަހު އަމިއްލަ މީހާގެ ހިތަށް ތަޑުވި ފަދައިން މިޔަދު އޭނާ އެންމެ ލޯބިވާ ފަރާތަށް ދެރައެއް ދެވިއްޖެކަން ނައިރާ އަށް ގަބޫލު ކުރެވުނެވެ.”މަޑު..ނައިރާ ތިގޮތަށް ކަންތައް ތިކުރީ އެއްކަލަ ރޭ ރާއިން ނައިރާވެސް ތައްޔާރު ވާންލަހޭ ކިޔާފަ ވާހަކަ ދެއްކީމަ އެހެންވެގެންތަ؟”ރިފާ ސުވާލު ކުރުމާއެކު ނައިރާ ލަސްލަހުން ބޯ ޖަހާލިއެވެ.”ނައިރާ މޮޔަވީތަ؟އެވަރުގެ ކުޑަ ކަމަކާއި ހެދި ކޮށްލި ބޮޑުވަރު ތިހުރީ. ނައިރާ އަށް އެނގޭތަ މިހާރު ރާއިން ކޮބައިކަން؟ރީން ގޮވައިގެން ބަދަލު ވެއްޖެ.”ރިފާ އެންމް ފަހަށް ބުނެލި ޖުމްލަ އާއި އެކު ނައިރާ އަށް ތެޅު ގަނެވުނެވެ.”ރިފް….ޕްލީޒް ނައި މާފޮ ކޮށްދީ. ނައި އަށް ވިސްނާ ނުލާ މިހެން ކަންތައް ކުރެވުނީ.”ރިފާ ގައިގައި ބައްދައި ގަންނަމުން ނައިރާ ރޯންފެށިއެވެ.”މާފަށް އެދެންޖެހޭނީ އަހަރެން ކައިރި އަކުން އެއް ނޫން .ރާއިން ކައިިރިން.ދެންވެސް ކޫސަނި ކަންކަމާ ހެދި މިކަހަލަ ބޮޑެތި ކަންތަކެއް ނޫން ކުރާނީ.”ނައިރާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުުން ރިފާ ބުނެލިއެވެ.
ރާއިން ގެ ހިތުގައި ފުރަތަމަ ފަހަރަށް ނައިރާ އާއި މެދުގައި ޝަކުވާ އުފެދުނެވެ.ހަމަ އެހާމެ ކުޑަ އެއްޗެއް ބުނެވުުނީތީ އޭގެ ބަދަލު ނައިރާ ދޭނީ މިކަލަހަ ގޮތަކަށް ކަމެއް ރާއިން ދުވަހަކުވެސް ހިތަކަށް ނާރައެވެ.ފެނުނު މަންޒަރުތަކުން ނައިރާ އަމިއްލަ މީހާ އަށް ކުރެވުނީ ރަނގަޅު ކަަމެއް ނޫންކަން އިހްސާސްވެއްޖެ ކަން އެނގުމުނަ ނައިރާ މާފަށް ނޭދުނު ކަމުގައިވިޔަސް ރާއިން އޭނާގެ ހިތުގެ އެންމެ ފުންމިނުން ނައިރާ އަށް މާފު ކުރިއެވެ.ރާއިން ސައްކަލަށް އަރައި ނައްޓާލުމަށް ތައްޔާރު ވި ވަގުތު ފޯނެއް އައުމުން ހައިރާން ވިއެެވެ.ދަންވަރު ގަޑިއެއްގައި ފޯނު އައުމުން ހައިރާން ވިއެވެ.”ހަލޯ!ވާހަކަ އެއް ދައްކާލަން ވެގެން.ބިޒީ ނޫނިއްޔާ އެންނމް ރަނގަޅުތަ؟”ކަންފަތުގައި އަޑު ޖެހުމާއެކު އެއީ ނައިރާގެ އަޑުކަން ދެނެގަންނާކަށް ރާއިން އަކަށް މާ ގިނަ އިރުތަކެއް ނަގާކަށް ނުޖެހުނެވެ.”އެންމެ ރަނގަޅު ކިޔާބަލަ”ރާއިން ބުނެލިއެވެ.”މާދަން އަހަރެންނާއެކު ބޭރަސް ގޮސްލަދެވިދާނެތަ؟އެއްކޮށް ދާނެ މީހެއް ނެތް.މިހެން ކަމެއްނެތި ގޭތެރެ އޮށްނަން ވަރަށް ފޫހި ވާތީވެ.ދެވޭނެ ތަ ؟”ޖެހިލުން ވެފައި ހުރެ ނައިރާ އަހާލިއެވެ.”އެންމެ ރަނގަޅު…ގަޑި މެސެޖު ކޮށްލާފަ ބައިންދާ”ރާއިން ބުނެލިއެވެ.ނައިރާ އެންމެ ރަނގަޅު ކަމަށް ބުނެ ފޮނު ބާއްވައި ނިދަން އޮށޯތެވެ.
“ރިފާ ދަރިފުޅާ…މިހާރު އެޔޮށްގެން 3 ބައި ވީ ޖެހީ…ނައިރާ އަށް ގޮވަލަބަަލަ ގޮސް.ހެނދުނު ސައިބޮއިގޮތަށް އެހުރީ.ބޭސްވެސް ނުކައި.”އެންމެ ރަނގަޅު ކަމަށްބުނެ ރިފާ ގޮސް ނައިރާ ކޮޓަރި ތަޅުގައިހިފާލިއެވެ.”ނައި..ނައި…މިދޮރު ހުޅުވާބަަލަ”ތަޅުލާފައި ހުރުމުން ރިފާ ގޮވާލިއެވެ.”މަންޖެ އަށް ތައްޔާރު ވެވިއްޖެދޯ…ހިނގާދާން.މަންމަ ވަރަށް އެބަ ގޮވާ”ނައިރާ ގޮވައިގެން ތިރިޔަށް ފައިބަމުން ރިފާ ބުނެލިއެވެ.”އާދޭ އަވަހަށް ކާން…ކޮންތާކަށް ދާން ރެޑީ ވެގެން ތިހުރީ..އަދި މީހާ އެއްކޮށް ރަނގަޅު ނުވެ”ނޫރާ ބުނެލިއެވެ.މިވަގުތުކެވެން ނެތް ކަމަށް ބުނެ ނައިރާ ކުރުކޮށް ވީ ހުރިހާ ކަމެއް ނޫރާ އަށް ކިޔާދިނެވެ.”އެކަމަކުވާ! ރާއިން ކައިރި ބނާތި ބަލައިގެން އުޅޭން..”ނައިރާ ބޮލުގައި ފިރުމާލަމުން ނޫރާ ބުނެލިއެވެ.”ނައި މީ މަންމަ ގެ ދަރި.އެކަމު ބަލައިގެން އުޅޭށޭ ބުނަނީ ރާއިން ކައިރި.”މޫނަށް ވައްތަރެއް ޖައްސާލަމުން ނައިރަ ބުނި ގޮތުން ނޫރާ ގެ އިތުރުން ރިފާ އާއި ނާއިން އަށް ވެސް ހެވުނެވެ.”މަންމަ އަށް އެނގޭ ރާއިން ދަރިފުޅާސް ވަރަށް ރަނގަޅަށް ބަލާނެކަން…ރާއިން ސަލާމަތުން ހުރެގެއްނު ނައި އަށް ބެލޭނީ ވެސް.”ލާނެތް ހިނިތުން ވުމަކާއެކު ނޫރާ ބުނެލިއެވެ. އެވަގުތު ދިމާވީ ދޮރުގައި ބެލްޖެހި ވަގުތަށެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


