ވާ ލޯބި އެނގޭނަމަ(20)
މެންދުރު ނަމާދުން ފައިބެގެން މޭރީބްރައުން އަށް ވަދެގެން އައި ޒުވާނާ އަށް އަންހެން ކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ.އެ ބެލުން ތަކުން ކިތައްމެ އުނގުލަކާއި ރުޅިއެއް އައި ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ގޮސް އެކުވެރިޔާ ކައިރި އިށީދެލިއެވެ.”ސަރ! ކީއްވެ ކުއްލި އަކަށް ބައްދަލުކުރަން ބުނީ؟ޙާލު ކިހިނެއް ސަރ ގެ”ފޯނު އެއްކައިރިއެއްގައި ބާއްވައިލަމުން އަޒާން އަހާލިއެވެ.”ކުޑަ ވާހަކައެއް ދައްކާލަން ވެގެން ބައްދަލު ކުރަން ބުނީ..އެހެންނޫނަސް ސަރ ކީމަ ވަރަށް އޮޑު ދެން އޮތީ ޙާލުގެ ވާހަކަ ރަނގަޅު ކަމަށް ބަލާދެން”ލެޕްޓޮޕް ނަގައި ހުޅުވާލަމުން ރާއިން އަހާލިއެވެ.ނައިރާ ގެއްލުމުގެ ހަބަރު ލިބުމުން އަޒާން ގެ ހިތައް ގޮތެން ވެލިއެވެ.އީޝާ އާއި އެއްކޮށް ނައިރާ މަސައްކަތް ކުރާއިރު ނައިރާގެ ހަބަރެއް އީޝާ އަށް އެނގޭނެ ކަމަށް އަޒާން ގަބޫލު ކުރިއެވެ.”މިދެން ކިހާ ދެރަވެއްޖެ ކަމެއް. ބަލަ މަށަށްތަ އެނގެނީ އޭނަ ގެއްލުނީ ކޮންއިރަކު ކިހިނެއް ކަމެއް.މިހާރުވެސް މަމިއުޅެނީ މިހިރަ ކުއްޖާގަނޑއްގެ ކިބައިނަ ސަލާމަތް ނުވެވިގެން.ޖެހިފަ އޮތް ބޮޑު އުނދަގުލެއް ހުވާ”އީޝާ އެދުވަހު ބުނި ޖުމްލަ ތާޒާ ކަމާއެކު ހަނދާނުުގައި ހުރެއެވެ.ދަރިޔަކާ ދޭތެރޭގަި މަޔަކު އެހާ ނުބައިކޮށް ވާހަކަ ދައްކާނެ ކަމަކަށް އަޒާން ހިޔެއް ނުކުރެއެވެ.ހާއްސަކޮށް އީޝާ އެވެ.”މާ ނުސީޑާކޮށް ދާކަށެއް ނަހަދާނަން ސީދާ ޕޮއިންޓަށް އަހަރެންދާނީ”ސީދާ އަޒާން ގެ މޫނަށް ބަލަން ހުރެ ރާއިން ބުނެލިއެވެ.އެވަގުތު އަޒާނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޔެއް ދަތުރު ކޮންލިއެވެ.އަނެއްކާ ކޮންކަމަކާއި ބެހޭގޮތުންބާ ވާހަކަ ދައްކަންބާ؟އަނެއްކާ އީޝާ؟އަޒާން ގެ ހިތައް އެކިއެކި ވަހުމުތައް ވައްނަމުން ދިޔައެވެ.
“ދަރިފުޅަށް ކިޔަނީ ޝިޔާ ދޯ”ރާއިން ސުވާލު ކޮށްލުމުން އަޒާނަ ވަގުތުން ބޯ ޖަހާލިއެވެ.”އަޒާން.އީޝާ ދަރިފުޅަށް ޝިޔާ ކީއްވެކީ މިބުނީ އަޒާނަ އަކަށްވެސް އީޝާ އަކަށްވެސް ނުގުޅޭ”ޝައިގުވެރިކަމާއެކު ރާއިން އަހާލިއެވެ”ހޫމް އެކަކާވެސް ނުގުޅެ ދޯ އެއީ އީޝް ބޭނުންވި ގޮތް.ބުނި ވައުދު ވެފައޭ އޮންނާނީ ވަރަށް ކްލޯޒް މީހަކާ ދަރިފުޅަށް ޝިޔާ ކިޔަން.އަހަރެން އެހާ ހިތްހަމައެއް ނުޖެހުން އެކަމު އީޝްގެ ގޮތްދޫނުކުރުގެ ސަބަބުން އެނަންކީ”އަޒާން ގެ ވާހަކަ އަޑުއަހާފައި ހަމަ ރަނގަޅަށްވެސް ހިތްހަމަ ނުޖެހޭކަން ހާމަވިއެވެ.ދެމަފިރިންނަށް ލިބޭ ދަރިންނަށް ކިޔާނެ މަނެއް އިހުތިޔާރު ކުރަންޖެހޭނީ ދެމަފިރިން އެއްކޮށް ދެމަފިރިން ބޭނުންވާ ނަމެކެވެ.ނަމަވެސް އަޒާން ގެ ވާހަކަ އަޑު އަހާފައި އަޒާން ޝިޔާ ދެނެ ވާލޯބި ހާމަވެގެން ދިޔައެވެ.”ރަނގަޅަށް ތިބުނީ.އެކަމު ވައުދުވެފައެއް ނޫން.އީޝާ އަށް މަޖުބޫރު ވެފަ އޮތީ އެނަން ކިޔަން”ލެޕަށް ބަލަން ހުރެ ރާއިން ބުނެލިއެވެ.ރާއިންގެ ވާހަކަ އަޑު އަހާފައި އަޒާން ހައިރާން ވިއެވެ.”އެނގޭ ވަރަށް ހައިރަން ވާނެކަން.އެކަމު މިކަންތައްތަކަކީ އަޒާން އަށްވެސް އެގެން ޖެހޭނެ ކަންތައް.ޝިޔާ އަކީ އަޒާންގެ ލެޔެއް ނޫން.އެއްމެން ވެސް ހީވަނީ އަޒާންގެ އޭ.ކައިވެނީގެ ފަހުންނޭ ބަލިވެ ހުރީ އެކަމު ކައިވެނީގެ ކުރިން އަޒާނަ އާއި އީޝާ އަށް އެގުޅުން ހިންގުނު އެހެންނު”ރާއިން ވާހަކަ ދައްކަމުން ދިޔައެވެ.”ކި..ކިހި..ކިހިނެއް ރާއިން އަށް އެނގުނީ “އަޒާޏާ ހުރީ ރާއިން އަށް އެނގުނީ ކިހިނެއް ކަން ނޭނގި ބިރުގަނެފައެވެ.”މިކިޔާދެނީ..އެން ގަބޫލުކުރޭ އަހަރެން އާއި ނާނު ފިޔަވާ އިތުރު މީހަކަށް ނޭނގޭނެ. އީޝާ ގެ ފޯނު ހެކު ކުރަން ޖެހުނު ސަބަބުވެސް ބުނާނަން އަޑުއަހާ.ފެށުނީރުއްސުރެ ވެސް އީޝާ އިރާ ދެކެ ނަފަރްތު ކުރޭ.އެތައް ގޮތަކުން އިރާ އަށް ގެއްލުންދޭން މަސައްކަތް ކޮށްފަވެސް އެބަހުރި.ޝިޔާން އަކީ އީޝާ ގެ ލޯބިވެރިޔާ. އަހަރެން އެއްވެސް ފަހަރަކު ނުބުނާނަން އެންމެ ފަހަރަކު އެކަހަލަ ގުޅުމެއް ބާއްވައިގެން ބަލިވެ ނީއްނާނެއެކޭ އެކަމު ޝިޔާ އަކީ އީޝާ އާއި ޝިޔާންގެ ދަރިއެއް.ކިތަންމެ ފަހަރަކު ގުޅުން ހިނގާފައިވޭ.ބަލިވެ އިންކަން އެގުނމުން އެންމެ ފުރަތަކަވެސް އެ ހަބަރު ދިނީ ޝިޔާން އަށް.ޝިޔާން އެންގީ އަޒާން އާއި ކައިވެނި ކުރުމަށް.އަދި ޝިޔާ އަކީ އަޒާން ގެ ދަރިއެއް ކަކަށް ބުނުމަށް.އެއީ އަޒާން އާއި ޝިޔާ އާއި ދެމެދު އެކަހަލަ ގުޅުމެއް ހިނގާފައިވާއިރު ގަބޫލުކުރެވޭނެ.އަހަރެންނަށް ހީވާ ގޮތުން އިރާ ގެއްލުމުގައި އީޝާ އާއި ޝިޔާންގެ އިތުރުން ޢީޝާ ކޮއްކޮގެ އަތެއް ވާނެ. އަޒާން އަށް އަހަރެން މި ދެއްކޮ ވާހަކަ ގަބޫލު ކުރަން އުނދަގޫ ވެދާނެ.މިހުރީ ހެކި އީޝާ ގެ ފޯނު ހެކް ކޮށްފަ.”ލެޕްޓޮޕް އަޒާން އާއި ވީ ފަޅިއަށް އަބުރާލަމުން ރާއިން ބުނެލިއެވެ.
ވަރީގެ ހުރިހާ ކަމެއް ނިންމާއި ކޯޓުން ނުކުމް އަޒާން ރާއިން އަށް ގުޅާލިއެވެ.”މެސްޖު ވެސް ނުބަލަމެއްނު.އިންނާން ލޮކޭޝަން އެއް ފޮނުވާފަ.އެއީ އީޝް މިބުނީ އީޝާ އާއި ޝިޔާން ދެމީހުން އުޅޭގެ.”އަޒާން ކާރަށް އަރަމުން ބުނެލިއެވެ.ރާއިން އެންމެ ރަނގަޅު ކަމަށް ބުނެ އެ ލޯކޭޝަން އަށް ދިޔުމަށް ކޯޓުން ނުކުމެ މިސްރާބު ޖެހިއެވެ.
“އައްސަލާމް ޢަލައިކުމް!ކޮން ބޭފުޅެއް ހޯދަވަންތޯ”އެގޭގެ ދޮރުހުޅުވާލީ މުސްކުޅިއެކެވެ.”މިގޭގެ ވަރިފަރާތާ ބައްދަލު ކޮށްލެވިދާނެތޯ ކުޑާ ވާހަކައެއް ދައްކާލުމަށް”އެތެރެ އަށް ފުން ނަޒަރެއް ދެމުން ރާއިން ބުނެލިއެވެ.”ވަރަށް ބިޒީކޮށް އުޅުއްވަނީ އެހެންވެ އަޅުނގަޑު ކައިރި ބުނީ ދޮރުހުޅުވަން”ރާއިން އެތެރެއަށް ބަލަމުން ދާތަން ފެނުމުން އެމީހާ ދޮރުކައިރިކޮށްލިއެވެ.އެވަގުތު އެތެރެއިން އަންހެން ކުއްޖެއްގެ ވޭނީ ހަލޭކާއެކު ސަލާމަތަކަށް އެދި ގޮވަމުން ދިޔަ އަޑި ރާއިން އަށް އިވުނެވެ.އަންހެން މީހާ އަށް ބަލާލުމަށްފަހު ރާއިން ލުތްކެއް ޖަހައި އެގޭތެރެއަށް ދެމިގަތެވެ. މާސްކެއް އަޅައިގެން ހުރި ފިރިހެން މީހާ އަލިފާން ޖައްސަމުން ދިޔަ އަންހެން ކުއްޖާ ފެނުމުން ރާއިން ހުއްޓުން އެރިއެވެ.އެނިކަމެތި ކުއްޖާ ސަލާމަތް ކުރުމަށް ރާއިން ނެގި ފިޔަވަޅާއެކު އެ ފިރިހެންމީހާ ކުރި ކުއްލި ހަރާކާތުން އެއަންހެން ކުއްޖާ ބެލްކަނިން ވައްޓާލިއެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Masha allah mi part vs vrh reethi
Alheyyy eiii naira tha??? Mask alhakgn eii kaaku??? Kurinvs e girl halhey lavaa adu ivene ehnu.. Mikamuga muskulhi myhaage athehvs oveytha?? Haadha curious eyyy. Dhn nai r raain gulhuvaaba.. When next?? Lyy❤️
thanks for your cute comment aanaa
lets see eii naira thw n mask alhaigen eii kaaku thw vs yhh kurin vs e girl halhey lavaa adu ivey dhw lets see muskulhi meehaage atheh veythw next part monday ah vaaraah submit kohlaanan insha allah love you more