Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (އެގާރަވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 24, 2015 6 Mins Read
15 Comments

މަރީނާމެންގެ ގޯތިތެރެ އަނދިރިވެފައި އޮތުމުގެ ސަބަބުން ފާތުމަ ބޭނުންވީ ގޯތިތެރޭގެ ތަނެއްގައި ފިލައިހުރުމަށެވެ. އެހެންކަމަށްވުމުން މަރީނާމެންގެ ގޯތިތެރެއަށް ފާތުމަ ވަދެ އަޅަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުންއެރީ ގޭގެ ދޮރުހުޅުވައި ލުމަށްފަހު ނުކުމެގެން އައި މޫސަ ފެނުމުންނެވެ. މަރީނާމެންގެ ގޯތިތެރެއިން ފާތުމަ ފެނުމާއި އެކު ހުއްޓުން އަރައި ދެލޯބޮޑުވެފައި ހުރި މޫސަ ސިއްސައިގެން ދިޔައީ މޫސަގެ ކޮނޑުގައި މަރީނާ ކޮއްޓައިލުމުންނެވެ. “ކޮބާ މިހާރު ހޭއަރައިފިތަ؟ އަދިވެސް އެހެންމީހުންނަށް ދެރަދެވޭތޯ އުޅޭ، މިހާރު ފާތުމައަށް ޔަގީން ވާނެ ކަލޭ އޭނައަށް އެދުވަހު ހެދީ ހުސް ދޮގުކަން” މަރީނާ އެހެން ބުނުއިރު މޫސަ ހުރީ ރުޅިއައިސްގެންގޮސް ތުރުތުރު އަޅައަޅައެވެ. މަރީނާގެ އަޑަށް ކޮޓަރިތެރެއިން ނުކުތް ސަނާގެ ފަހަތުން ޝާމިންވެސް ދެލޯ އުނގުޅަމުން ނުކުތެވެ. ސަނާ ދޮރުހުޅުވައިލި އަޑަށް މަރީނާ އާއި މޫސަ އެދިމާއަށް ބަލައިލިއެވެ. “އެހެރީ ކަލޭގެ ބައްޕަ، އޭނަވެސް ނުދެކޭ ކަލޭތީ އޭނަގެ ދަރިއެއްކަމަކަށް” ރުޅިއައިސް ހުރެ ޝާމިންއާއި ދިމާއަށް އިނގިލިދިއްކޮށްލުމަށްފަހު މަރީނާ އެހެންބުނުމުން ދޮރުމަތީގައި ހުރި މޫސަ އާއި ދިމާއަށް ޝާމިން ބަލައިލިއެވެ.

އަބަދުވެސް ޝާމިން ދެކެންބޭނުންވާ އެ ސޫރަ ފެނުމުން ޝާމިން އުފާވިއެވެ. ނަމަވެސް ހަމަ އެސިކުންތުކޮޅުގައި މޫސައާއި ދޭތެރޭ ޝާމިންގެ ހިތުގައި ނަފްރަތު އުފެދިގެންދިޔައީ މަރީނާ ބުނި ވާހަކަ ހަނދާންވުމުންނެވެ. އައިރުޅީގައި ޝާމިން ކޮޓަރިއަށްވަދެ ދޮރުޖެހުމަށްފަހު އެނދުގައި އޮށޯއޮތް ވަގުތު ދޮރުހުޅުވައިލުމަށްފަހު ސަނާވެސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލީ މަރީނާމެން ޖަހައި ސަކަރާތް ބަލަންބޭނުންނުވާތީއެވެ. ބޭރަށް ނުކުމެވުނު މޮޔައޭވެސް ސަނާގެ ހިތަށްއަރަމުން ދިޔައެވެ.

 

“ފާތުމާ، ފާތުމާ” މަރީނާމެންގެ ގެއިން ނުކުމެ ދުއްވައިގަތް ފާތުމަގެ ފަހަތުން އަވަސްފިޔަވަޅުތަކެއްގައި ހިނގައިފައި ދިޔަ މޫސަ، ފާތުމައަށް ގޮވަމުންދިޔައެވެ. މޫސަ އާއި ފާތުމަ ދިއުމުން މަރީނާވެސް ގޭގެ ދޮރުލައްޕާ ތަޅުލުމަށްފަހު ކޮޓަރިއަށްވަދެ ހިތްހަމަ ޖައްސައިލުމުގެ ނޭވާއެއްލިއެވެ.

 

“ފާތުމައަށް ތިހީކުރެވިގެން ތިއުޅެނީ ރަނގަޅު އެއްޗެއްނޫން، މަރީނާމެންގެ ގެކާރިން ލާފާދަނިކޮށް އެގޭ މަންޖެ މަށަށް ގޮވީ ފެންހަންތަށް ވައްދަދޭށޭ ކިޔާފަ” ގޭތެރެއަށްވަދެ ފާތުމަ ކައިރީ ގޮނޑީގައި އިށިއިނުމަށްފަހު މޫސަ ވާހަކަދައްކަންފެށިއެވެ. “ކަލޭ ހީކުރީތަ ކަލޭ ތިދައްކާ ދޮގުވާހަކަތަށް އަހަރެން ގަބޫލުކުރާނޭ؟ ނުކުރާނަން! ކަލޭ ލަދެއްނުގަނޭތަ، ކަލޭ މިއަދު ކިތަންމެ މުއްސަނދިވެފަ އަމިއްލަ ގޯއްޗަކާއި ފިހާރައެއް އޮތަސް ބަލަ ކަލޭ ހަނދާން ނެތުނީތަ އެއީ އަހަރެންގެ ބައްޕަގެ ލާރިން ކަލޭ ކޮށްދީފާ ހުރި ކަންތަށްކަމެއް” ރުޅިއައިސް ހުރެ މޫސައާއި ދިމާއަށް އެއްޗެހިކިއުމަށްފަހު ފާތުމަ ގޮސް ކޮޓަރިއަށްވަނެވެ. މޫސަ ކިތަންމެވާހަކައެއް ދެއްކިކަމުގައިވީނަމަވެސް މިއަދު މޫސަ ދައްކާވާހަކަތަށް ފާތުމަ ގަބޫލުނުކުރާނެކަން އެނގެއެވެ. މޫސަ އެއިންގޮތަށް އިރުކޮޅަކު އިނުމަށްފަހު ގޭތޭރެ ތަޅުލައި ކޮޓަރިއަށް ވަނެވެ.

 

އާދުވަހަކަށް އިރުއެރުމާއި އެކު މޫސަ ކައިރިން ވަރިވުމަށްޓަކައި ފާތުމަ ކޯޓަށް ސިޓީ ހުށައެޅިއެވެ. އަދި މޫސަ ކައިރީގައި ހުންނަން ބޭނުންނުވެގެން ފާތުމަގެ އަމިއްލަ ގެއަށް ބަދަލުވުމަށްޓަކައި ފޮއްޓަށް އެއްޗެހި އެޅުމަށްފަހު ގެއިން ނުކުމެ ހިނގައިގަތީ މޫސަ އާދޭސް ކޮއްކޮއް އޮއްވައެވެ.
ފާތުމަގެ ގެއާއި ހަމައަށް އާދެވުމާއި އެކު ތަޅުގައި ހިފައި ދޮރު ހުޅުވައިލުމަށްފަހު ގޭތެރެއަށް ވަދެގެންދިޔައެވެ. “މަންމާ! ގޭތެރެއަށް ވަދެވުމާއިއެކު ރޮއެގަނެ އަޑުގެ ނެތްތަނަށް ފާތުމަގެ މަންމަ އައިސާފުޅަށް ގޮވާލިއެވެ. އެވަގުތު ގޭތެރޭގައި ޓީވީ ބަލަންއިން އައިސާފުޅު ސިއްސައިގެން ގޮސް ބޭރަށް ނުކުތްއިރު އެގޭގައި ގެންގުޅޭ އިންޑިޔާ މީހާވެސް ބަދިގެ ތެރޭގައި ކައްކަންހުރެފައި ބޭރަށް ނުކުތެވެ. ބިންމަތީގައި އިށިއިނދެ ލައިގެން ކައިރީގައި އޮތްބޮޑު ދަބަހުގައި ބޯއަޅައިގެން ލޯބިވާ ދަރިފުޅު އިން ހާލުފެނިފައި އައިސާފުޅުގެ ހިތުގައި ޖެހުނެވެ. ވާނީވެސް އެހެންތާއެވެ. އައިސާފުޅުގެ ހަމައެކަނި ހުރި ދަރިއަކީވެސް އެއީއެވެ. ފާތުމަގެ އުމުރުން 10 އަހަރުގައި ފާތުމަގެ ބައްޕަ އާދަނު މިދުނިޔެ ދޫކޮށްފައި ދިއުމުން އެހެންމީހަކާ ނީނދެ މިވީހައިދުވަހު އައިސާފުޅު އެގޮތަށް ހުރީ ހަމައެކަނި ފާތުމައާއި ދޭތެރޭ ވިސްނާލާފައެވެ.

“ދަރިފުޅާ ކިހިނެތްވީ؟”  އެހެންބުނި އިރު އައިސާފުޅަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގޭގައި ގެންގުޅެ މީހާއާއި އެކު ފާތުމަ އެއިންތަނުން ނަގައި އަތުލަފިކޮށްގެން ގޭތެރެއަށް ވެއްދުމަށްޓަކައި ހިނގައިގަތެވެ. ގޭތެރެއަށް ވެއްދުމަށްފަހު ގޮނޑީގައި ފާތުމަ ބައިންދާ ގޭގައި ގެންގުޅޭމީހާ ކައިރިން އައިސާފުޅު ފެންތަށްޓެއް ގެނެސްދިނުމަށް ބުންޏެވެ.

 

“ދަރިފުޅާ ކިހިނެތްތަވީ؟ ކޮބާ މޫސަ؟ މަންމަ ކައިރީ ބުނެބަލަ ވެގެންތިއުޅޭގޮތެއް!” ފެންތަށިން އެތިފޮދެއް ފާތުމައަށް ދިނުމަށްފަހު އައިސާފުޅު ވަރަށް ލޯބިން ފާތުމަ ކައިރިން ވެގެންއުޅޭގޮތް އޮޅުންފިލުވަންބޭނުންވާތީ ސުވާލުކޮށްލިއެވެ. ފާތުމަ ވަރަށް ހިތްވަރުކޮށްލާފައި ވެގެންއުޅޭގޮތް އައިސާފުޅަށް ކިޔައިދިނެވެ. އަދި ދުވަހަކުވެސް މޫސައަށް މާފްނުކުރާނެކަމަށް ބުނެ އައިސާފުޅުގެ ގައިގައި ބާރަށް އޮޅުލައިގަތްއިރު ބުނާނެއެއްޗެއް ނޭނގިފައި އައިސާފުޅަށް އިނދެވުނެއެވެ.

 

ފާތުމަ، މޫސަ ކައިރިން ވަރިވުމަށްއެދި ރަށުކޯޓަށް ސިޓީ ހުށަހަޅައިފައިވާތީ އޭގެ ދެދުވަސްފަހުން އެދެމީހުން ރަށު ކޯޓަށް ހާޒިރުކުރެވިގެން ދިޔައެވެ. މޫސަ އާއި އެކު އުޅެން ބޭނުންނުވާކަމަށް ފާތުމަ ތަކުރާރުކޮށް ބުނަމުން ދިއުމުން ޤާޛީގެ އިޒުނައާއި އެކު މޫސަ ފާތުމަ ވަރިކުރިއެވެ. ނަމަވެސް މޫސަ ކައިރިން ފާތުމަ ވަރިވާންބޭނުންވާ އަސްލު ސަބަބު ބުނަންބޭނުންނުވީ މޫސަދެކެ ފާތުމަ ވެފައިވާ ލޯތްބެއްގެ ބޮޑުކަމުން މޫސަ ރަށުތެރެއަށް ގިނަކޮށްލަންބޭނުން ނުވާތީއާއިވެސް އެކުގައެވެ.

 

ވަރީގެ ހުރިހައިކަމެއް ނިންމައިލުމަށްފަހު ކޯޓުން ނުކުތްއިރު ފާތުމައާއި މޫސައަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ނަމަވެސް އެކަކުވެސް އަނެކަކުގެ މޫނަށްބަލާލުމެއްނެތި ދެމީހުން ދެފަރާތަށް އެނބުރި ހިނގައިގަތެވެ.

 

*** *** ***

“އަހަރެންމީ ކިހާ ބަދުނަސީބު ކުއްޖެއް، މަންމަވެސް ބައްޕަވެސް އަހަރެން ބޭނުމެއްނޫން، އަބަދު މަންމަ އަހަރެންނަށް އަނިޔާކުރަނީ އަހަރެންގެ ކޮންކުށެއް އޮވެގެންބާ؟” އެނދުމަތީ ފުންވިސްނުމެއްގެ ތެރޭގައި އޮތް ޝާމިންއަށް ރޮވެންފެށުނީ ޝާމިންގެ ނަސީބާދޭތެރޭ ވިސްނާލާފައެވެ. ނަމަވެސް މިހެން އޮވެ އެއްވެސްކަމެއް ކާމިޔާބު ނުވާނެކަން އެނގޭތީ ޝާމިން ލޯފުހެލުމަށްފަހު ކޮޓަރިން ބޭރަށްނުކުތެވެ.

 

“ދައްތާ އަޅުގަނޑު ބޭނުން އިތުރުމަސައްކަތް ދަސްކުރަން، އަޅުގަނޑު ކިހިނެތް ހަދަންވީ؟” ބޭރުޖޯލީގައި އޮތް ސަނާ ކައިރީގައި ޝާމިން ވާހަކަދައްކަމުން ދިޔައެވެ. ސަނާއަށް ބުނާނެއެއްޗެއްނޭނގިފައި އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެ ހަމަޖެހިލައި ޝާމިން އާއި ވާހަކަ ދައްކަން ފެށިއެވެ. “ކޮއްކޯ، ކޮއްކޮ އަދި މާކުޑައޭނުން މަސައްކަތްދަސްކުރަން” ސަނާ އެހެންބުނެ ޝާމިންއަށްވިސްނައިދެވޭތޯ  މަސައްކަތްކުރި ނަމަވެސް މިފަހަރު ޝާމިން ގޮތްދޫކުރާކަށް ނޫޅުނެވެ. “ކުޑަ ކުއްޖެކޭ؟ އޭނަކުޑަ؟ މިހާރު މަސައްކަތް ދަސްކުރިއްޔާ އެނގޭނީ، އެހެންނޫނަސް މަސައްކަތް ދަސްނުކޮށް ހުއްޓައި ތިހެންހުރެ ބޮޑުވިޔަސް ތަނަކުން މީހަކު ވަޒީފާގަނޑެއްވެސް ނުދޭނެ” ގޭތެރޭގައި ހުރި މަރީނާއަށް ސަނާ ދެއްކިވާހަކަތަށް އަޑުއިވި ސަނާއާއި ދިމާއަށް ބުންޏެވެ. މަރީނާއަށް އެއީ މާބޮޑުކަމަކަށް ނުވާނެކަން އޭރުވެސް ސަނާއަށް އެނގެއެވެ.

 

ޝާމިން އެގޮތަށް ބުނިކަމުގައިވީ ނަމަވެސް ސަނާ އެކަމާ އަޅައިނުލީ އަދި ޝާމިން މަސައްކަތަށް ފޮނުވަން ސަނާ ބޭނުންނުވާތީއެވެ. ނަމަވެސް މަރީނާއަށް ޝާމިން ފެންނަން ހުރުމުން އުނދަގޫ ވަނީކަމުގައި ބުނެ އުތުރު އަވަށު ގެޔެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ޝާމިންއަށް ހޯދައިދިނެވެ. އެގޭ މީހުންވެސް އެކަމަށް އެއްބަސްވީމައި ސަނާ ހިތްހަމަ ނުޖެހުނެއްކަމަކު ޝާމިންގެ އެދުމުގެ މަތިން އެކަން ހުއްޓުވާކަށް ނުކެރުނެވެ. އެއީ މަރީނާ ފެންނަ ހިސާބުގައި ޝާމިން ހުންނަން ބޭނުންވިކަމުގައިވީ ނަމަވެސް މަރީނާގެ ފަރާތުން އިތުރު އަނިޔާތަކެއް ލިބެން ޝާމިން ބޭނުންނުވާކަމުގައި ބުނެ އެގެއަށް ޝާމިން ދިއުމަށް ސަނާ ކައިރިން ބުނެފައި ވުމުންނެވެ.

އާދުވަހަކަށް އިރު އެރުމާއި އެކު ޝާމިން މަސައްކަތު ދިއުމަށް ތައްޔާރުވެލައި ހެނދުނުގެ ސައި ބުއިމަށްޓަކައި ބަދިގެ ފަރާތަށް ދިޔައިރު މަރީނާ ރޮށިފިހުމައިގެން އަވަދިނެތި އުޅުނެވެ. “މަންމާ ސައިބޯން” ބަނޑުހައިވެފައި ހުރުމުގެ ސަބަބުން މަރީނާ ކައިރިން ޝާމިން  އެދުނެވެ. ނަމަވެސް މަރީނާ ވަކިއެއްޗެއެއް ނުބުނެ ހުރުމުން އަމިއްލައަށް ސައި ތައްޔާރުކޮށް ސައިބުއިމަށްޓަކައި ކާގެއަށްވަދެ އިށިއިންއިރު ސަނާ އައިސް ބަދިގެއަށް ވަނެވެ. އަދި ކާގެތެރޭގައި ސަމުސާ ތަޅުވާއަޑަށް ސަނާ ކާގެތެރެއަށް ވަތްއިރު ކަޅުސައިތައްޓެއް ހިފައިގެން އިން ޝާމިން ފެނުމުން ކާގެއަށްވަނެވެ. “ދައްތައަށް ގޮވާލިނަމަ، މި އެކަނިތަ މަންމަ ދިނީ؟” ސަނާ އެހެންބުނުމުން މިފަހަރުވެސް މަރީނާ ކުއްވެރި ކުރަންބޭނުން ނުވާތީ ސައިބޯހިތްނެތުމުން މަރީނާއަށް އުނދަގޫ ކުރަން ބޭނުން ނުވާތީ އަމިއްލައަށް ސައިތައްޓެއް ހަދާލީ ކަމުގައި ބުނެ ޝާމިން ހިނިތުންވެލިއެވެ. ނަމަވެސް ސަނާއަށް އެގޮތް ހިތްހަމަނުޖެހުމުން ބަދިގެއަށްވަދެ ރޮއްޓާއި ރިހަ ގެނެސްދީ މޮޑެދިނުމަށްފަހު ޝާމިން ކައިރީ ބެހެއްޓިއެވެ. ބަނޑުހައިވެފައި އިން ޝާމިން އިތުރުވާހަކައެއް ނުދައްކާ އަވަސް އަވަހަށް ކަމުން ގެންދިއުމުގެ ސަބަނުން އޭރު ޝާމިން ހެދީ ދޮގުކަން ސަނާއަށް ޔަގީންވިއެވެ. އަދި މަރީނާދެކެ ޝާމިން އެހާލޯބި ވާއިރުވެސް މަރީނާގެ ހިތުގައި ޝާމިން އާއިދޭތެރޭ ހަމްދަރުދީވެސް އުފެދިފައިނުވާތީ ސަނާ ދެރަވިއެވެ.

މަންމާ، ޝާމިން ކޮއްކޮ ހަމަ އެގެއަށްފޮނުވަނީތަ؟ އަދި ނުވެޔޭނުން އޭނަލައްވާ މަސައްކަތް ކުރުވާވަރެއް، އޭނާއަށް އިދިމިވީ އެންމެ އެގާރަ އަހަރޭނުން، އޭނަ ބަހައްޓާފަ އަހަރެންދަންތަ؟” ސަނާ އެހެންބުނުމުން މަރީނާ ރުޅިއައިސް ހުރެ އަތުގައި އޮތްދޭފަތް ހިފައިގެން ކާގެއާއި ދިމާއަށް ހިނގައިގަތެވެ. “މިހާރު އެގެއަށް ނުދާންވެގެން ސަނާކައިރީގަ ފާޑު ފާޑު ވާހަކަ ދައްކަނީދޯ؟ ހަމަ ދާންޖެހޭނީ، އަދި ލިބޭ ހުރިހާލާރިއެއްވެސް ދޭންޖެހޭނީ ހަމަ މަށަށް” އަތުގައި އޮތްދޭފަތުން ޝާމިން ކާންއިން ތަށީގައި ޖެހުމަށްފަހު މަރީނާ އެހެންބުންޏެވެ. އަދި ތަށީގައި ޖެހިލެއްބާރުކަމުން ތަށިތަޅައިގެން ގޮސް އެވަގުތު ތަށިތެރެއަށް ލައިގެން އިން ޝާމިންގެ އަތަށް މުށިގަނޑެއްވަދެ ކަފައިގެން ދިޔައެވެ. މަރީނާ ހަރަކާތްތަށް އަވަސްވެފައި ދިޔަލެއްބާރުކަމުން ސަނާއަށްވެސް މަރީނާ ނުހިފެހެއްޓުނީއެވެ.

“ސާބަހޭ މަންމާ އެސޮރު އެއްޗެއް ނުކިޔައޭ، އެސޮރު އެގެއަށް މަސައްކަތު ފޮނުވަންބޭނުން ނުވާތީ އަހަރެން ހަމަ އެހެންބުނެލީ” ސަނާ އައި ރުޅީގައި މަރީނާގެ އަތުގައި އޮތްދޭފަތް އަތުކޮޅަށް ހޫރާލައި ކަފައިގެން ގޮސްފައިވާ ޝާމިންގެ އަތުގައި ހިފަހައްޓައިލުމަށްފަހު އެހެން ބުނެ ޝާމިން ގޮވައިގެން ފާހާނަ އާއި ދިމާއަށް ދިޔައެވެ.

“ދެން މިއަދު ދާނެކަމެއްނެތް، ގޮސްގެން މަސައްކަތެއް ނުކުރެވޭނެ” ސަނާ އެހެންބުނެ ޝާމިންގެ އަތް ދޮއްވައި ދިނުމަށްފަހު އަތުގެ ކަފައިގެންގޮސްފައިވާ ތަނުގައި ބޭސް އެޅުމަށްޓަކައި ގޭތެރެއަށް ވަނެވެ. އޭރުވެސް ޝާމިންގެ އަތުގެ ކަފައިގެން ގޮސްފައިވާތަނުގައި ފެންޖެހުމުހެ ސަބަބުން ދިލަ ނަގާތި ޝާމިން ރޮމުން ދިޔައެވެ.

“ހިނގާ ދާން، ހަމަ ދާންޖެހޭނީ އެހެންނޫނީ އަދި މާބޮޑެތި ލަނޑު ލަނޑު ލިބޭނެ، ކަލޭ މަސައްކަތް ކޮއްގެން ލާރި ލިބެންފެށީމަ  ފަސޭހަވާނީވެސް ހަމަ މަށަށް” ޝާމިންގެ އަތުގައި ބޭސްއަޅައި ނިމުނުތަނާހެން މަރީނާ އެހެންބުނެ ގެއިން ނުކުތުމަށް ޝާމިންގެ އަތުގައި ހިފައިގެން ހިނގައިގަތް އިރު ސަނާވެސް މަރީނާގެ ފަހަތުން ނުކުމެ ބޭރު ދޮރުކައިރީގައި މަޑުކޮށްލިއެވެ. ސަނާގެ ނަޒަރު ހުއްޓިފައި ހުރީ ދަމަމުން ކަހަލަ ގޮތަކަށް މަރީމާ ގެންދަންފެށި ޝާމިން އާއިދިމާއަށެވެ. ޖެހިގެން އިންގޯޅި އެޅުމުގެ ކުރިން ޝާމިން ފަހަތަށް އެނބުރި ސަނާއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ޝާމިންގެ މައުސޫމު މޫނުން ފެނިގެންދިޔަ އެ އަސަރުން ސަނާގެ ހިތް ކުދިކުދިވި ކަހަލައެވެ. ރޮއެރޮއެގޮސް  ޝާމިންގެ ރަތްވެފައިވާ ދެލޮލުން އެވަގުތު ވެއްޓުނު ފެންތިކި ކޯތާފަތްމައްޗަށް ފައިބަމުން ދިޔައިރު ޝާމިންގެ ހިތުގައި އަޅަމުންދާވޭން ސަނާއަށް އިހްސާސް ކުރެވިގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރުމަށް ހިތަށްކުޅަދާނަނުވެގެން ރޮމުން ސަނާ ގޭތެރެއަށްވަތް އިރު މީހާހުރީ ގިސްލެވޭވަރުވެފައެވެ.

*** *** ***
“ކޮށީގެ” ގޭގެ ނަންބޯޑު ފެނުމާއިއެކު މަޑުމަޑުން ޝާމިން އެނަންކިޔާލިއެވެ. އަދި މަރީނާ އާއި އެކު އެގޭގެ ދޮރުހުޅުވައިލުމަށްފަހު ގޯތިތެރެއަށް ނަޒަރު ހިންގައިލީމެވެ. ރީތި ފެންވަރަކަށް ހަދާފައިވާ އެގޭގެ މޫނުމަތީގައި ގަދަނޫކުލައެއް ލެވިފައިވެއެވެ. ގޭތެރެއަށް ވަދެގެންދާން އިންނަ ދޮރުގައި ފެހިކުލައެއް ލެވިފައިވާ އިރު ހަރުކޮށްފައިވާ ކުޑަދޮރުތަކުގައި ޖަހާފައިވާ ކަޅުބިއްލޫރިން ގޭގެ ފުރިހަމަކަން އިތުރަށް ސިފަވެގެން ދިއުމުން ގޭގެ އެތެރެ އަދި މާފުރިހަމަވާނެކަން ޝާމިންއަށް ޔަގީންވަމުން ދިޔައެވެ. ގޯތިތެރޭގައި ބޮޑު ކުންނާރުގަހެއް ހުރި އިރު އޭގެ ހިޔާ ގޯތިތެރޭގެ ބޮޑުބަޔަކަށް ފެތުރިފައިވެއެވެ. “އައްސަލާމް އަލައެކުމް” މަރީނާ ސަލާމް ގޮވައިލި އަޑަށް އަންހެނަކު ނުކުމެ ސަލާމް ބަލައިގަތެވެ. އަދި އެމީހާގެ އަތުން ޖޯލިފައްޗަށް އިޝާރަތް ކޮށްލުމަށްފަހު މަރީނާމެންގާތު އިށިއިނުމަށް ބުންޏެވެ.

“ދައްތައަށް ކިޔަނީ ޝިފާނާ، ޝާމިން މިހާ ކުޑައިރު މަސައްކަތް ދަސްކުރަން ބޭނުންވަތީ ދައްތަ ވަރަށް ހައިރާންވި، އަތަށް މިހުރީ ކިހިނެތްވެފާ؟” ވަރަށް ހިތްހެޔޮކަމާއި އެކު ޝާމިންގެ ބުރަކަށީގައި ފިރުމައިލުމަށްފަހު ޝިފާނާއަށް ޝާމިންގެ އަތުގައި އަޅާފައިވާ ބެންޑޭޖު ފެނުމުން ސުވާލުކޮށްލިއެވެ. “އެސޮރު ވަރަށް މަސައްކަތް ކުރާހިތްވާނެ މަވެސް ވަރަށް ދެކޮޅުހެދިން އެ އުމުރުގަ އެސޮރު މަސައްކަތް ކުރަން ނުފުނުވަން، އެކަމަކު އެސޮރު މަ ބުނި ބަހެއް ނޭހި، އިއްޔެ އެއްޗެއް ކޮށަން ވަޅިނަގައިގެން އުޅެނިކޮށް އަތްވެސް ކަނޑައިގެންގޮސް އެއޮތީ” މަރީނާ ބޭޒާރު ނުވާނެހެން ދޮގުހަދަމުން ޝީފާނާ ކުރި ސުވާލަށް ޖަވާބު ދިނެވެ. އަދި ޝާމިން ކައިރިން ބަސް އަހައިގެން އުޅުމަށް ނަސޭހަތްދީ ގެއިން ނުކުމެގެން ދިއުމުން ޝާމިން ގޮވައިގެން ޝީފާނާ ގޭތެރެއަށް ވަދެ ގޭތެރޭގެ ތަންތަން ދައްކަން ފެށިއެވެ.
ކަންތަށްވީވެސް ޝާމިން ހީކުރިގޮތަށެވެ. ސިޓިންރޫމުގައި ސޯފާ ސެޓަކާއި ބޮޑު ޓީވީއެއް ބެހެއްޓިފައި ހުރި އިރު ގޭތެރޭގައިވާ ތިން  ކޮޓަރީގައިވެސް ފާހާނައެއް ހުއްޓެވެ. އަދި ކޮޓަރިތަކުގެ ބެހެއްޓިފައިވާ ބޮޑު އެނދާއި އަލަމާރީގެ ކުލަތައް އެއްގޮތްވެފައި ހުރިއިރު ސީލިންގުގައި ހަރުކުރެވިފައިވާ އެންމެ ޒަމާނި ފަންކާތަކުން ކޮޓަރިތަކުގެ ފުރިހަމަކަން އިތުރަށް ހާމަވާން ހުއްޓެވެ. ގޭތެރެއިން ލާފައި ދާންއޮތް ހަނިމަގުން ގޮސް ހުއްޓެވެނީ ކާކޮޓަރީގެ ކުރިމައްޗަށެވެ. ކާކޮޓަރި ތެރޭގައި ކެއްކުމަށްޓަކައި ވަކިން ބައެއްހަދާފައިވާއިރު ކާކޮޓަރި އާއި ކެއްކުމަށް ހަދާފައިވާ ބައިގައިވެސް އެންމެޒަމާނީ ތަކެތި ބެހައްޓާފައިވެއެވެ.

 

“މީ ދައްތަގެ ގެ، މިގޭގަ އުޅޭނީ ދައްތައާއި ދައްތަގެ އަންހެންދަރި ޝިމްލާ އާއި ފިރިހެންދަރި ޝިމާން ދެން ދައްތަގެ ފިރިމީހާ ޝާނިމް، އެކަމަކު ޝާނިމް މަސައްކަތް ކުރަނީ މިރަށާއި ތަންކޮޅެއް ދުރުގައި އޮންނަ ރިސޯޓެއްގާ، އެހެން އުޅެލާފަ ދޭތެރެއަކުން އަންނާނެ” ޝިފާނާ، ޝާމިންއަށް ގޭތެރޭގެ ތަންތަން ދައްކައިލުމަށްފަހު ގޭތެރޭގައި ދެންއުޅޭ މީހުންގެ ތަޢާރަފެއްދިނެވެ.
“ހޫމް.. އަދި މިގޭގައި ކުރަންޖެހޭ ކަންތައްތައް ޝާމިންއަށް ކިޔައިނުދީދޯ މިއުޅެނީ، އަޑުއަހާ އިނގޭ، ޝާމިން މިގޭގައި ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ މިގޭގެ ތަންތަން ފޮޅާ ސާފުކުރުން، އެކަމަކު މިއަދު ޝާމިގެ އަތް ކަފައިގެން ގޮސް އޮތީމަ އެއްވެސް ކަމެއް ކުރާކަށް ދައްތަ، ޝާމިން އަކަށް ނުޖައްސާނަން” ހިނިތުންވެ ހުރެ ކުއްލިއަކަށް ހަނދާންވާކަހަލަ ގޮތަކަށް ޝިފާނާ ޝާމިންއަށް ގޭތެރޭގައި ކުރަން ޖެހޭ ކަންތައްތަށް ކިޔައިދިނުމަށްފަހު ޝާމިން ގޮވައިގެން ކާކޮޓަރި އާއި ދިމާއަށް ދިއައެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ލޯބީގާ ވާތީފަނާ… (12ވަނަ ބައި)

Next

އަނިޔާ.. 16 ވަނަ ބައި..

Next
December 24, 2015

އަނިޔާ.. 16 ވަނަ ބައި..

Previews
December 24, 2015

ލޯބީގާ ވާތީފަނާ… (12ވަނަ ބައި)

15 Comments!

  1. Ahmed Ammu says:
    December 24, 2015 at 2:15 am

    Hello all readers, here is the 11th episode of this story. i hope everyone will like it. Thank You 😀

  2. Eyesh says:
    December 24, 2015 at 2:17 am

    Omg omg…. haadha reehchey mi bai ves… i just luv this story ?

    1. Ahmed Ammu says:
      December 24, 2015 at 2:18 am

      Thank You Eyesh 😀

  3. Rishu says:
    December 24, 2015 at 2:42 am

    Nice

    1. Ahmed Ammu says:
      December 24, 2015 at 2:55 am

      Thank You Rishu 🙂

  4. aathi says:
    December 24, 2015 at 7:48 am

    Story is very nice ingey 🙂

    1. Ahmed Ammu says:
      December 24, 2015 at 2:31 pm

      Thank You aathi ?

  5. zaaki says:
    December 24, 2015 at 8:53 am

    Wow salhi vara interest eibahuri

    1. Ahmed Ammu says:
      December 24, 2015 at 2:31 pm

      Thank You Zaaki ?

  6. mice says:
    December 24, 2015 at 10:28 am

    nice

    1. Ahmed Ammu says:
      December 24, 2015 at 2:31 pm

      Thank You Mice ?

  7. misty says:
    December 24, 2015 at 11:37 am

    Varah salhi when next part?

    1. Ahmed Ammu says:
      December 24, 2015 at 2:32 pm

      Thank You Misty. In-sha Allah varah avahah up kohdheynan

  8. santhi says:
    December 24, 2015 at 12:28 pm

    Superb… ???hehe koshyge

    1. Ahmed Ammu says:
      December 24, 2015 at 2:33 pm

      Thank You Santhi. ?
      Hehehe “Koshyge” ?

Comments are closed.

Next Episodeމިއީ ތަޤްދީރު ހޭ؟ ( ބާރަވަނަ ބައި)←


All Right Reserved!