
މަޢާފް އެދެމުން 16

“ވެގެން އުޅޭ ގޮތެއް އިހަށް ބުނެބަލަ… އޭރުންނެއްނު ހެލްޕް ވާން އެނގޭނީ؟ އިހަށް ހުއްޓާލާފަ ބުނެބަލަ…” އަލްޔާގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދަމުން ރިޔާން އެދުނެވެ.
އެ ވަގުތު ރިޔާން އެންމެ ބޭނުން ވީ އާރިޝްއަށް ގުޅާށެވެ. އަލްޔާއަށް ދިމާ ވެގެން އުޅެނީ ކޮން ކަމެއް ކަން ނޭނގުނަސް، އެއީ ކުޑަ ކަމެއް ނޫނޭ ރިޔާންގެ ހިތް ބުނަމުން ދިޔައެވެ. ރޭގަނޑުގެ އެ ވަގުތުގައި އަލްޔާ އެހީއަށް އެދި ރިޔާންގެ ކައިރިއަށް އައި އިރު، އާރިޝްއާ، އަލްޔާގެ މަންމަމެންނަށް އެއްވެސް ކަމެއް ނޭނގެނީ ހެއްޔެވެ؟ އެހާ ލަސްވީ އިރު އަލްޔާ ގެއިން ބޭރުގައި އުޅޭކަން ވެސް އެ މީހުންނަށް ނޭނގެނީ ހެއްޔެވެ؟
“ޕްރޮމިސް މީ ރިޔާން… އަހަންނަށް ހެލްޕް ވާނަން ކަމަށް ޕްރޮމިސް ކުރޭ” އަލްޔާ އަނެއްކާވެސް އެދުނެވެ.
“އޯކޭ އޯކޭ. އަހަންނަށް ކޮށްދެވެން އޮތް ކަމެއް ވިއްޔާ ކޮށްދޭނަން” ރިޔާން އެއްބަސް ވިއެވެ.
“އައިމް ޕްރެގްނަންޓް…” އަނެއްކާވެސް ރޮމުން އަލްޔާ ބުންޏެވެ.
“ވަޓް؟ ހައު…؟ ކާކު؟” ރިޔާންއަށް ގަބޫލު ކުރަން ދަތިވިއެވެ.
އަލްޔާ ޖަވާބެއް ނުދީ ދެފަރާތަށް ބޯ ހަލުވާލިއެވެ.
“މީހަކު ގަދަ ކަމުން ކުރި ކަމެއްތަ؟” ރިޔާންއަށް އަހާލެވުނެވެ.
“ނޫން… އަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.