ހިތް އެދެ ޔާރާ ތިއޭ – 14&15
***ޕާޓް 14***
ބިރުން ހުރެ އައިނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އައިނާގެ މޫނަށް ރުޅިވެރިކަން ވެރިވީ ކާރުގައި ހުރި މީހަ ފެނުމުންނެވެ. އެއީ އެތައް އަހަރެއް ކުރިން އައިނާގެ ދިރިއުޅުމުގެތެރެއަށް ވަދެ އައިނާގެ ދިރިއުޅުމަށް ވިހަލީ ވިހަގަދަ ހަރުފައެއް ފަދަ އިންސާނެކެވެ. “ހޭއި އައީ” އެއްމިޔަކުން ހެވިފައިހުރެ ޝިޔާން ގޮވައިލިއެވެ. ޝިޔާންގެ ހަށިގަނޑު ކުރިއަށްވުރެ ވަރުގަދަވެފައިވާ ވައްތަރެއް ޖަހައެވެ. އައިނާ އެއްޗެކޭ ބުނުމެއްނެތި އަވަސް އަވަހަށް މިސްރާބުޖެހީ އޮފީސްތެރެއަށް ވަންނާށެވެ. އޭގެ ކުރިން ކާރު ޕާކްކޮށްލުމަށްފަހު ޝިޔާން ބާރަށް އައިސް އައިނާގެ އަތުގައި ހިފެއްޓިއެވެ.
އައިނާ ތެޅިގަތެވެ. “ހާދަ އަވަހަކަށް ފިލަން ތި މަސައްކަތް ކުރަނީ.. އޯލްޑް ފްރެންޑްސްއާ ދިމާވީމަ މިހެންތަ އަބަދުވެސް ޓްރީޓް ކުރަނީ؟” ނުލަފާ ހިނިތުންވުމެއްގައި ހުރެ ޝިޔާން ސުވާލުކޮށްލިއެވެ. ޝިޔާން އެހާ ބާރަށް ހިފައްޓާފައި ހުރުމުން އައިނާގެ އަތަށް ދިޔައީ ތަދުވަމުންނެވެ. “ހަމަ މިހާރު ދުކުރޭ!!.. ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ އަދިވެސް ކަލެޔާ ކަލޭގެ ބައްޕާޕުޅުގެ ހިތް ނުފުރެނީތަ؟” އައިނާ އައި ރުޅިން ހަޅޭއްލަވައިގަތެވެ. އެއާއެކު ޝިޔާން އައިނާގެ އަނގަމަތީގައި ހިފައި ފިއްތައިލިއެވެ. “އޫހް އަނގައެއް ދެއްވާފަ ހުރި މަންޖެއެކޭ ދޯ މީ.. އައިނާއަކަށް ނޭނގޭތަ އަހަރެންމީ އައިނާގެ ކަޒިންއެއް ކަމެއް؟ ތިއީ ތަ ބޭބެމެންނާ ވާހަކަ ދައްކަންޖެހޭ ގޮތަކީ؟” އައިނާގެ އަނގަޔަށް ފިއްތައިލަމުން ޝިޔާން ސުވާލުކޮށްލިއެވެ.
ވަމުން ދިޔަ ތަދުން އައިނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. “އޯހް އައީ ރޮނީތަ؟ އަޅޭ ބޭބެއަށް ތަދުކޮށްލެވުނީތަ؟ އޯވް ޕުއާ އައިނާ..” މަލާމާތްކުރާ ރާގަކަށް ޝިޔާން ބުންޏެވެ. “ކީއްކުރަން ތިއައީ؟ ޝިޔާންއަށް މަންމަގެ ކޮންޕެނީވެސް ލިބިއްޖެއެއްނުން.. އަނެއްކާ ކީއްކުރަން އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ތި ވަންނަނީ؟” ދެލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ހިފައްޓަން މަސައްކަތް ކުރަމުން އައިނާ އަހައިލިއެވެ. “އައިނާއަށް އައިނާގެ ފެންވަރު ހަނދާކޮށްދޭން މިއައީ.. ތިއީ ބަފައެއް ނެތް ޔަތީމެއް.. މިހާރު ތިޔަ ޖާރނަލިސްޓް ދާއިރާގަ ފިޔަ ޖެހިޔަސް މާ ކަންތައް ބޮޑުވަންޏާ ކަލޭގެ ފިޔަތައް ކޮށާ ކުދިކުރަން ޖެހިދާނެ.. މަށަށް އެނގޭ ކަލޭ އަހަރުންނަށް ފާރަލާކަން.. ކަލޭ އަހަރުންގެ މައުލޫމާތު އެއްކުރާކަން.. ތިކަން ކުރުން ހުއްޓާލާ ނޫނީ މާކަށް ރަނގަޅެއް ނުވާނެ!” އައިނާގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ޝިޔާން ބުންޏެވެ.
އެވަގުތު އޮފީސް ލައްޕާފައި ނިކުތް ޔަޝާލްއަށް މި މަންޒަރު ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ޔަޝާލް ދިޔަގޮތަށް ގޮސް ޝިޔާންގެ އަތް އައިނާގެ ހަށިގަނޑުން ދުރުކޮށްލައި އައިނާ އޭނަގެ ފަހަތައްލިއެވެ. “އަންހެންކުއްޖެއްގެ ގަޔަށް ބޮލަށް އަރާކަށް ލަދެއް ނުގަނޭތަ؟ ތިމާ މީ މުއްސަނދި މީހަކަށް ވީމަ ދެން ހުންނަ މީހާއަކީ ކަލޭގެ އަޅެކޭ ހީވަނީތަ؟ ދެވަނަ ފަހަރަށް އައިނާގެ ގައިގަ އަތްލަބަލަ.. މުޅި ހަބަރުގައި ކަލޭގެ ވާހަކަ ޖަހައިލާނަން..” ޔަޝާލް ރުޅިއައިސްފައިހުރެ ޝިޔާންއާ ކުރިމަތިލަމުން ބުންޏެވެ. ޔަޝާލްގެ ވާހަކަތަކުން ޝިޔާންގެ ލޭ ހޫނުވިއެވެ. “ކަލޭ މާ ގައްޑާވެގެން ނޫޅެއްޗޭ.. މަށަށް އެންމެ ކޯލަކުންވެސް ކަލޭގެ ފުރާނައާ ކުޅެލެވިދާނެ!” ޝިޔާން ބުންޏެވެ. އެއާއެކު އައިނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިލިއެވެ.
އައިނާގެ މޫނުމަތިން ފެނިގެން ދިޔަ ބިރުވެރިކަމުން ޝިޔާންގެ ތުންފަތައް ނުލަފާ ހިނިތުންވުމެއްވެރިވެގަތެވެ. “މިހާރު ތި ދެނީ މަރުގެ އިންޒާރު.. މާދަމާ ހަބަރުގެ ސުރުހީއަށް ކިހިނެތްވާނީ، ‘ބްލޫ ސްކައި ރިސޯޓްގެ ވޯޓާރ ސްޕޯޓް މެނޭޖަރ، ޝިޔާން ބިން މުހައްމަދު ފަޔާޒް ކޮކާ އެމްވީގެ ސީއީއޯ އަހްމަދު ޔަޝާލްއަށް މަރުގެ އިންޒާރު ދީފި’ މި ސުރުހީ ރީއްޗެއް ނޫންތަ؟” އަތުން ކޮމާކޯޅިއެއް ހަދައިލަމުން ޔަޝާލް ބުންޏެވެ. “ހެހެ ކަލޭ ދައްކާ ވާހަކަ ކާކު ގަބޫލު ކުރާނީ.. އެހެންނޫނަސް މަށާ ބެހިއްޖެއްޔާ މާ ކަންތައް ގޯސް ވާނެ.. އައިނާ ކަލޭގެ ކުރީގެ ލޯބިވެރިޔާއަށްވީ ގޮތް މީނައަށް ވާން ބޭނުން ނޫނިއްޔާ މީނަ ކައިރީ ބުނޭ އަނގަމަޑުލާގެން ހުންނާށޭ!!” އަމުރެއް ކުރާ ފަދައިން އެހެން ބުނުމަށްފަހު ޝިޔާން އޭނަގެ ކަޅުކުލައިގެ ކާރަށް އަރައި ދުއްވާލިއެވެ.
ޝިޔާން އެންމެފަހުން ބުނި ޖުމުލައިގެ ސަބަބުން އައިނާގެ ހިތުގެ ހިނގުން މަޑުޖެހިލި ފަދަ އިހްސާސެއް ކުރެވުނެވެ. އައިނާގެ މުޅި މޫނު ހުދުވެގެން ދިޔައެވެ. ކުއްލިއަކަށް އައިނާގެ މޫނު މައްޗަށް އަނދިރިވާ ފަދަ އިހްސާސެއް ކުރެވުނެވެ. ނޭވާ ނުލެވިގެން އުޅޭ ފަދައިން އައިނާ އަނގަހުޅުވައިގެން ނޭވާ ލެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ނޭވާއެއް ހަށިގަނޑަށް ދަމާލައި ކޮންމެ ފަހަރަކު އޭނަގެ މެޔަށް ތޫނު ތަދެއް އިހްސާސްވަމުން ދިޔައެވެ. އައިނާ ބިންމައްޗަށް ތިރިވުމުގެ ކުރިން ޔަޝާލް އައިނާގެ ހަށިގަނޑުގައި ހިފެއްޓިއެވެ. “އައިނާ؟ އައިނާ؟ އޯހް ނޯ.. ޔޫ އާރ ހޭވިން އަ ޕެނިކް އެޓޭކް..” ޔަޝާލްއަށް ދެލޯ ބޮޑުކޮށްލަމުން ބުނެވުނެވެ.
ޔަޝާލް އަވަސް އަވަހަށް އައިނާ އަތްދަނޑި މައްޗަށް ނެގުމަށްފަހު ބެންޗެއްގައި ބޭންދިއެވެ. އޭރުވެސް އައިނާ އުޅުނީ ނޭވާލާން އުނދަގޫވެގެންނެވެ. “އައިނާ ހޭއި.. އަހަރެންގެ އަޑުއަހާބަ.. ލުކް އެޓް މީ.. ޝްޝް.. އެކަހަލަ މީހުން ހަދަހަދައިގެންވެސް އެތައް ވާހަކައެއް ދައްކާނެ.. އޭނަ ދެއްކި ވާހަކައާ މެދު އެހާ ބޮޑަށް ނުވިސްނާ.. ލަސްލަހުން ނޭވާލާން މަސައްކަތްކޮށްބަ..” ޔަޝާލް މަޑުމަޑުން އައިނާގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ. އައިނާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. އައިނާއަށް އޭނަ ލައިގެން ހުރި ހެދުމުގެ މޭމަތީގައި އޮތް ބައި އަތަށް ބޮޑިކޮށްލެވުނެވެ. އޭރު އައިނާގެ ފިޔާތޮށިކުލައިގެ ކުޑަ ދެ ތުންފަތް ފޫއަޅުވައިލާފައި މަޑު ގިސްލުމުގެ އަޑުއިވެން ފެށިއެވެ.
ޔަޝާލް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އައިނާއަށް ނޭވާ ނުލެވިގެން ހާސްވަމުން ދިޔަ ވަރަކަށް ޔަޝާލްވެސް ހާސްވާން ފެށި ފަދައެވެ. ޔަޝާލްގެ މުޅި ހަށިގަނޑު ދާހިތްލަން ފެށިއެވެ. ޔަޝާލްއަށް އައިނާގެ ރުއިމުގެ އަޑުއިވެން ފެށީ އެހެން އަންހެނެއްގެ ރުއިމެއް ފަދައިންނެވެ. ޔަޝާލް މަޑުމަޑުން އޭނަގެ ބޮލުގެ އިސްތަށިގަނޑަށް ވާންކޮށްލިއެވެ. އޭރު ޔަޝާލްގެ ދެލޯވެސް ހުރީ ފެންކަޅިވެފައެވެ. ތަފާތު އުނދަގޫތަކެއްވަމުން ދިޔަ ނަމަވެސް ޔަޝާލްއަށް އައިނާ އެކަނި ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. ފުން ނޭވާތަކަކަށްފަހު ޔަޝާލް ހަމަޖެހިލިއެވެ. އަދި އައިނާ މަސަލަސްކުރަން މަސައްކަތް ކުރަން ފެށިއެވެ.
އެތައް އިރަކު ރުއިމަށްފަހު އައިނާގެ ރުއިން ހުއްޓުނެވެ. “ހިނގާ ގެޔަށް ދާން.. އައިނާގެ ފެމެލީ ހުންނާނީ ވަރަށް ހާސްވެފަ އެހާ ލަސްވީމަ..” ޔަޝާލް އޯގާތެރި ރާގަކަށް ބުންޏެވެ. “ޔަޝާލް ޕްލީޒް.. ހަބަރުގަ ނުލިޔާތި..” އައިނާ ހިމަ އަޑަކުން ޔަޝާލްގެ ގާތުގައި އެދުނެވެ. އައިނާގެ ރުއިމުގެ ސަބަބުން ރަތްވެފައިވި މޫނުކޮޅުފެނި ޔަޝާލްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެހެންކަމުން ޔަޝާލް މަޑުމަޑުން ބޯޖަހައިލިއެވެ. މިވަގުތު ޝިޔާން ދެއްކި އެއްވެސް ވާހަކައެއް ޔަޝާލް އައިނާ ގާތުން އޮޅުން ފިލުވާކަށް ނޫޅުނެވެ. ޔަޝާލްގެ ކާރުގައި އައިނާ އުޅޭ ގެޔަށް ލައިދިނުމަށްފަހު ޔަޝާލް ދިޔައީ އޭނަގެ އަމިއްލަ ގެޔަށްށެވެ.
ޔަޝާލް ގެޔަށް ވަދެގެން އައިއިރު ފެނިގެން ދަނީ މުއްސަނދި ކަމެވެ. ގޭގައި ހުރީ އެންމެ ފަހުގެ ޒަމާނީ ފަރުނީޗަރެވެ. ސިޓިންރޫމްގައި ބަހައްޓާފައި އަގުބޮޑު ފަތި ޓީވީއެކެވެ. އެހެންނަމަވެސް އެ ގެއިން ފެންނަމުން ދިޔައީ ހުސްކަމާއި ފަޅުކަމެވެ. ދިރޭ އެއްވެސް ފުރާނައެއްގެ ހިލަމެއް އެގެއަކުން ނުވެއެވެ. ޔަޝާލް ފުންނޭވާއެއްލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަދުނެވެ. އޭނަގެ ކޮޓަރީގައި ކިންގް ސައިޒް އެނދެއް ހުއްޓެވެ. އަދި ކަނާއަތް ފަރާތުގައި ރީތިވާ މޭޒެއް ހުއްޓެވެ. އެނދުގެ ހެޑްބޯޑްގައި އިން ފޮޓޯ ނަގައި ޔަޝާލް އެ ފޮޓޯގައި ފިރުމާލިއެވެ.
އޭރު ޔަޝާލްގެ މޫނުން ފެނިގެން ދިޔައީ ވޭނާއި ހިތްދަތިކަމެވެ. “އަހަރެންނަށް މަންމަގެ ލޯތްބަށް އެދެވުމަކީ ކުށެއްތަ؟ ކީއްވެ؟ ކީއްވެ މަންމަ އެހެން ހެދީ..” ޔަޝާލްގެ ދެލޯވަނީ ކަރުނުން ބަރާވެފައެވެ. ދެންމެ ދެންމެއަކު އެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބާނެހެން ހީވިއެވެ. އެހެންނަމަވެސް ޔަޝާލް އޭނަގެ ދެލޯ ފޮހެލީ އެ ކަރުނަތައް މިނިވަންކުރަން ދެކޮޅުހަދަމުންނެވެ. އެއަށްފަހު އޭނަ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. “ކަލޭ ތީ އިހްސާސެއް ހިތުގައި ލައްވާފައި ހުރި މީހެއްނޫން.. ކަލެޔަށް ރުއިމުގެ ހައްގެއް ނެތް..” ލޯގަނޑުން އަމިއްލަ ނަފްސާ ވާހަކަ ދައްކާފަދަ ގޮތަކަށް ޔަޝާލް ބުންޏެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ކައިލް ހުރީ ބޯޑެއްގެ ކުރިމަތީގައެވެ. އޭގައި އެކި މީހުންގެ ފޮޓޯ ތައްކޮށްފައިވެއެވެ. އަދި އެ ފޮޓޯތަކުގެ ދަށުގައި އެމީހާއާއި ބެހޭ މައުލޫމާތު ލިޔެފައި ހުއްޓެވެ. ކައިލްގެ ކައިރީ ހުރި ހުރިހާ ކުލައެއްގެ ޓޭޕް ފަދައިން އެ ބޯޑުގައި ތަތްކޮށްފައިވެއެވެ. އެ ފޮޓޯތައް އެކި ދިމަދިމާލުގައި ހުރުމުން އެ ބޯޑު ބަލާ މީހާގެ ބޮލަށް އެނބުރުން އަރައިނެކަން ގައިމެވެ. ކައިލް ހުރި ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ފައިލްތަކަކާއި އެކީ މައިރީން ހުއްޓުނެވެ. “ހަތަރު މިނެޓާއި ތިން ސުކުންތު ލަހުން ތިއައީ..” ގަޑިއަށް ބަލައިލަމުން އެއްބުމަ އަރުވައިލަމުން ކައިލް ބުންޏެވެ. މައިރީން އޭނަގެ ތުންފަތް ހަފައިލިއެވެ. “މައި ގަޑިއަށް މިތަނަށް އައީ.. އެކަމަކު ލިފްޓް ފުރިފަ ހުރުމަކީ މައިގެ މައްސަލައެއް ނޫން.. އެހެންނޫނަސް އެންމެ ހަތަރު މިނެޓެއްނުން..” އަނގަޔަށް ގޮތެއް ހަދައިލަމުން މައިރީން ބުންޏެވެ.
ކައިލް މޭޒުގައި ލެގިލަމުން މައިރީންއަށް ބަލައިލިއެވެ. “އަހަރެމެން ފުލުހުންނަކީ ވަރަށް ގަޑިއަށް ސަމާލުކަން ދޭ ބަޔެއް.. މައިރީން ހަތަރު މިނެޓް ކުރިން އައި ނަމަ ތިހެނެއް ނުވީސް..” ކައިލް ބުންޏެވެ. “ދެން ކަމަކާ ނުވާވަރު ކަމެއްގަ ލެކްޗަރ ނުދީބަލަ.. މައި މިހުރީނުން..” މައިރީން ހަށަންބަނދެލަމުން ބުންޏެވެ. “މައިރީން މާފަށް އެދުނީމަ ނޫނީ އަހަރެންނެއް ނުފަށާނަން..” ކައިލް ގޮތްދޫ ނުކުރާ ފަދައަކުން ބުންޏެވެ. “ފައިންން.. ސޮރީ.. ދެން ފަށާބަލަ ދޯ..” މައިރީން އަނގައިން ފޫހި އަޑެއް ލައްވައިލަމުން ބުންޏެވެ. ކައިލް އެއްމިޔަކަނުން ހީލަމުން ބޯޖަހައިލިއެވެ.
ކައިލް އެ ކޭސްއާ ގުޅޭ ފައިލްތަކެއް މައިރިންއާ ހަވާލުކުރިއެވެ. “މީތި ރަނގަޅަށް ބަލާފަ މުހިންމު މައުލޫމާތުތައް ނޯޓް ކުރޭ.. މިއީ އެ ކޭސް ފަށައިގެން ނިމުން އިރު ކަންތައްވެފައި އޮތް ގޮތުގެ ރިޕޯޓް..” ކައިލް ބުންޏެވެ. މައިރީން ކައިލް ދެއްކި ވާހަކަތަކަށް ސަމާލުކަންދެމުން ބޯޖަހައިލިއެވެ. ކައިލް އޭނަ ހަދާފައިވި ބޯޑު ކައިރިއަށް ދިޔައެވެ. “ގްރޭޑް ތިނެއްގަ އުޅޭ ކުދިންވެސް އާޓް ވޯރކެއް ދީފެއްޔާ ހަދާނެ ތިޔައްވުރެ ރީއްޗަށް..” ކައިލްއާ ދިމާކޮށްލުމުގެ ގޮތުން މައިރީން ބުންޏެވެ. ކައިލްގެ ތޫނު ނަޒަރު މައިރީންއަށް ހުއްޓުނެވެ. “ޓައިނީއަށް ދެން އެނގޭނެތާ.. ހަތަރު އަހަރުގެ ކުޑަކުދިންނާވެސް ހީހީފަ ސަކަރާތް ޖަހާ މީހެއްވިއްޔާ ތީ.. އަހަރެންނަށް ހީވަނީ ޓައިނީ ހުންނަލެއް ކުރުކަމުން އެކުދިންނަށްވެސް ހީވަނީ ކަންނޭނގެ ޓައިނީވެސް ތީ ކުޑަ ކުއްޖެކޭ..” ހެމުން ކައިލް ބުންޏެވެ.
މައިރިން އޭނަގެ ކަޅި އަނބުރައިލިއެވެ. “އަހަރެންނަށް މިހާރު މިވަނީ ފަންސަވިސް އަހަރު.. ކައިލްއަށް އަދިވެސް އަހަރެން ފެންނަނީ ކުޑަކުއްޖެއްގެ ސިފައިގަތަ؟” އުނަގަނޑުގައި ދެއަތް އަޅުވައިލަމުން މައިރީން ދެބުމަގޮށްޖަހައިގެން ހުރެ ބުންޏެވެ، ކައިލް އޭނަގެ ހިނިގނޑު ހިފައްޓައިލިއެވެ. “އެހެނެއްނުން ވާނީ.. މާޔަލްއާއެކީގައި މާޝާ އެންޑް ދި ބެއާރ އަޅުވައިގެން ޗިޕްސް ކާން އަނގަ ހުޅުވިފަ ވިއްޔާ ޓައިނީ އިނީ.. ކުޑަކުދިން ކުރާ ކަހަލަ ކަންކަން ކުރަންޏާ އެހެނެއްނުން ބުނާނީ..” ކައިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. މައިރީންގެ މޫނަށް ރަތްކުލަވެރިވެ ގަތެވެ. ކައިލް އެދައްކަނީ ކޮން ދުވަހެއްގެ ވާހަކަކަން މައިރީންއަށް އެނގެއެވެ.
މައިރިންގެ މޫނަށްވެރިވި ޖަންބުކުލައިން ކައިލްގެ ހިނިތުންވުން ފުންވިއެވެ، “މިސާލަކަށް މައިރީން ބޮޑެތި މީހުން ކުރާކަމެއް ކުރިއްޔޯ.. އޭރުން އަހަރެން ގަބޫލުކުރާނަން މައިރީންގެ ނާށިގަނޑުގެ ތެރޭގައި އިންނަނީ ކުޑަކުދިންގެ ސިކުނޑިއެއް ނޫންކަން..” ލާނެތް ގޮތަކަށް ހީލަމުން ކައިލް މައިރީންގެ މޫނަށް ނޭވާއެޅޭހައި ކައިރިވެލިއެވެ. ކައިލްގެ ނަޒަރު ދަތުރުކުރީ މައިރީންގެ މަޑު ރަތްކުލައިގެ ތުންފަތަށްށެވެ. މަޑުމަޑުން މައިރީންގެ ދަތްދޮޅީގައި ހިފައިލާފައި މައިރީންއާއި އެއްވަރަށް ކައިލް ތިރިވެލިއެވެ. ކައިލްގެ ހޫނު ނޭވާތައް އިހްސާސްވުމުން މައިރީން އެސްފިޔަތައް ތިރިކޮށްލިއެވެ.
***ޕާޓް 15***
ކައިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގަތެވެ. “އަހަރެން މައިރީންއަށް ޓައިނީ ޕާރވާޓްއޭ ކިޔަނީ ކީއްވެކަން ތި ރަނގަޅަށް ދައްކާލަނީ..” ލުއި ހިނިގަނޑެއް ޖަހައުލަމުން ކައިލް ބުންޏެވެ. އެއާއެކު ކުއްލިއަކަށް މައިރީން ލޯ ހުޅުވައިލިއެވެ. އަދި ތެޅިގަނެފައި ދުރައްޖެހިލިއެވެ. އޭރު މައިރީންގެ ދޮން ކޯތާފަތް ވިރެމުން ދިޔަ ފަދައެވެ. “ކައިލްލް” މައިރީން ހަޅޭއްލަވައިގަތެވެ. ކައިލް ހޭންފެށިއެވެ. މައިރީން އޭނަގެ ދެއަތުން ކައިލްގެ މޭގައި ތަޅާގަތެވެ. ކައިލް ހެމުން މައިރީންގެ ދެއަތުގައި ހިފައި ހައްޔަރުކޮށްލުމަށްފަހު ފާރާއި އޭނައާއި ދެމެދު ތާށިކޮށްލިއެވެ. ކުއްލިއަކަށް މީހަކު ދޮރުހުޅުވައިލިއެވެ.
މަޔާން ހުރީ އޭނައަށް ފެނުނު މަންޒަރުން ނަގާނެ މާނައެއް ނޭނގިފައެވެ. މައިރީން އަވަސް އަވަހަށް ކައިލްގެ ހަރު ހިލަގަނޑެއްފަދަ މޭގައި އަތް އަޅުވައިލުމަށްފަހު ކޮށްޕައިލިއެވެ. އެއާއެކު ކައިލްގެ އުނަގަނޑު ޖެހުނީ މޭޒުގައި ހުރި ކަނެއްގައެވެ. “އާހް.. އައްދޯތް.. މަޔާންއަށް އެނގޭތަ މަޔާންގެ މިހުރި ކޮއްކޯފުޅު މަށަށް އަނިޔާ ކުރުން ނޫން ކަމެއް ނުކުރޭ..” ކައިލް އޭނަގެ އުނަގަނޑުގައި ފިރުމައިލަމުން ބުންޏެވެ. މަޔާން ކަރުކެހިލިއެވެ. “މައި އެހެން ހަދާކަށް ނުވާނެއެއްނުން…” މަޔާން ބޯހޫރުވައިލަމުން ބުންޏެވެ. “ކައިލް އަބަދު މަލާމާތްކުރަނީ..” މައިރީން ކުޑަކުއްޖެއް ފަދައިން މަޔާން ގާތު ޝަކުވާކޮށްލިއެވެ. “ހޫން ހޫން ނިމުނީ ދެން.. މަގޭ ދަރިވެސް ނޫޅޭނެ ތިދެމީހުން އުޅޭ ގޮތަކަށް.. ކޭސްއަށް ފޯކަސް ކުރަމާ ހިނގާބަލަ.. ޕިސްޕިސް ކައިލް.. އަހަރެން ގެނެސްދިން ހުރިހާ ޓޭޕްތަކެއް ބޭނުންކޮށްފަ މިހުރީ.. މި ބޯޑު ތަންކޮޅެއް ތަރުތީބުކޮށްބަލަ ދެމީހުން ވެގެން..” މަޔާން އެހެން ބުނުމަށްފަހު އެތާ އޮތް ފައިލްއެއް ހިފައިގެން ކެބިންއިން ނިކުތެވެ.
މައިރީން ކައިލްއަށް ލޯއަޅައިލުމަށްފަހު ބޯޑުގައި ހުރި އެއްޗެހިތައް ނައްޓަން ފެށިއެވެ. ކައިލްވެސް މައިރީންއަށް އެހީވެދޭން ފެށިއެވެ. “ރަތް ކުލަޔާ ފެހި ކުލަ ދެން ނޫކުލައިގެ ޓޭޕް ބޭނުން ކުރާނީ.. ރަތްކުލަ ބޭނުން ކުރާނީ މައިމެންނަށް އެމީހުންގެ ގުޅުން އޮންނަ މީހުން ނޭނގޭ ކަންކަމުގަ.. ފެހި ކުލަ ބޭނުން ކުރާނީ މައިމެންނަށް އެމީހުން ގުޅުން އޮންނަ މީހުންތަށް ރަނގަޅަށް އެނގޭ އަދި އެމީހުންނާ އޮންނަނީ ކޮން ގުޅުމެއްކަން ޔަގީންވާ މީހުންނަށް، ނޫ ކުލަ ބޭނުން ކުރާނީ މައިމެން ސޯލްވް ކުރަން އުޅޭ އަދި ސޯލްވް ކުރެވެން ކައިރިވެފަ ހުރި މީހުންގެ ރިލޭޝަންތަކުގަ.. އޭރުން ދެން ނޯޅޭނެ މި މީހުން ގުޅުން ހުންނަ މީހުނާއި ނުހުންނަ މީހުނާ މެދު..” މައިރީން ކިޔައިދިނެވެ.
“ކުޑަކުޑަ މީހަކަށްވިޔަސް ސިކުނޑިއެއް އޮވޭ ދޯ..” ހިނިގަނޑެއް ޖަހައިލަމުން މައިރީންގެ ބޮލުގައި ހިފައި ކުޑަކުޑަކޮށް ތަޅުވައިލަމުން ކައިލް ބުންޏެވެ. “އާރގްގް ޝޯލް ހަޑިނުކޮށްބަލަ.. ޓީން ވުލްފްގަ ސްޓައިލްސް ހެދި ގޮތަށްށޭ މިހެދީ..” ކައިލްގެ އަތްފޮޅުވައިލަމުން މައިރީން ބުންޏެވެ. “ޓައިނީ މިހާރު ތީ ޓީނޭޖާރއެއް ނޫން..” ކައިލް ހިނިއައިސްފައި ބުންޏެވެ. މައިރީން ކަޅިއަނބުރައިލަމުން ބޯޑު ރީތި ކުރަން އުޅެން ފެށިއެވެ. ކައިލްވެސް އެކަމުގައި އެހީވަމުން ދިޔައެވެ. ދެމީހުން އެކުގައި އުޅެމުން ދިޔައިރުވެސް އިރުއިރުކޮޅާ އެކަކު އަނެއްކަކާއި ކޮންމެވެސް ޖެއްްސުމެއްކޮށްލައެވެ.
އެދުވަހުގެ މަސައްކަތް ނިމިގެން ދިޔައީ އިންވެސްޓިގޭޝަންގެ އެންމެ ފުރަތަމަ ހަރުފަތް ގިރާކޮށް ނިންމުމަށްފަހުއެވެ. އެންމެ ފުރަތަމައަށް ކައިލްމެން އެ ކޭސްގެ ފައިލްތައް ރަނގަޅަށް ބަލައި ކޭސްއާއި ބެހޭ މައުލޫމާތުތައް ރަނގަޅަށް ދެނެގަތުނެވެ. އެއަށްފަހު ރިޕޯޓްތަކުގައި ހުރި ހަމަނުޖެހޭ އަދި ދިމާ ނުވާ ކަންކަން ފާހަގަ ކުރިއެވެ. ސޯފާއަށް ވެއްޓިގަނެގެން އޮތް ކައިލް ދިޔައީ އޭނަގެ އަތުގައި އޮތް ގަލަން ހަފަމުންނެވެ. އޭނަގެ މޫޑުހުރީ ކޮންމެވެސް ވަރަކަށް ގޯސްވެފައެވެ. “އަހަރެން އެތައްފަހަރަކު ރިކުއެސްޓް ކޮށްފިން ފޮރިންސިކް ޑިޕާޓްމެންޓްއަށް މި ކޭސް އާއި ބެހޭ ފޮރިންސިކް ރިޕޯޓްތައް ދޭން.. އެމީހުން ހީވަނީ ނުދޭން ނަދުރު ބުނެގެން އުޅޭހެންވިއްޔަ.. އެއީ ކޮންފިޑެންޝިއަލް އެއްޗެހިތަކަކޯ، އަހަރެން ކޭސް ހުޅުވައިގެން އުޅޭ މީހައަށް އެއަށް އެކްސެސް ވެވެން ޖެހޭނެދޯ..” ކައިލް ދެބުމަ ގޮށްޖަހައިގެން އޮތް ގޮތަށް އޮވެ ކުދިކިޔައިގަތެވެ.
މައިރީން އިނީ މުށިތައް މަތީ އިށީނދެލައިގެން ރިޕޯޓްތައް ބިންމަތީ ބާއްވައިގެންނެވެ. “ކައިލްއަށް ހީވޭތަ މިކަމުގައި މިތަނުގެ ތެރެއިން މީހެއްގެ އަތެއް ވެދާނެހެން؟” މައިރީން އަހައިލިއެވެ. ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. “ތިއީވެސް ހަމަ ވެދާނެ ކަމެއް..” ކައިލް އޭނަގެ އިސްތަށިކޮޅުގައި އަތް ފުނާ އަޅައިލަމުން ބުންޏެވެ. “އެކަމް އެހެންވެއްޖެއްޔާ ވަރަށް ވަރަށް އުދަނގޫވާނެ މި ކޭސްއާގެން ކުރިއަށްދާން..” ކައިލް އެބުރެމުން ދިޔަ ފަންކާއަށް ބަލައިލަމުން ބުންޏެވެ. “ދެން މާދަމާ މިކަމާ އުޅެމާ.. އަހަރެން ގޮސްލަނީ..” މައިރީން ފައިލްތައް ތަރުތީބު ކުރަމުން ބުންޏެވެ. ކައިލް ބޯޖަހައިލުމަށްފަހު ތެދުވިއެވެ. ދެމީހުން ސްޓޭޝަންއިން ނިކުތެވެ.
ކައިލް އޭނަގެ ކާރާއި ދިމާލަށް ހިނގައިގަތެވެ. “މަޔާން މިއަދު ޗުއްޓީގަ ހުރީ.. ހިނގާ އަހަރެންނާއެކު ދާން..” ކައިލް ކާރު މައިރިންގެ ކުރިމައްޗަށް މަޑުކޮށްލަމުން ބުންޏެވެ. “ނޫނޭ.. މައި އެބަ ޖެހޭ ފްރެންޑްއަކާ މީޓްކޮށްލަން.. ކައިލް ގޮސްލާ..” މައިރީން ހިނގައިގަންނަމުން ބުންޏެވެ. “މައިރީން ކާރަށް އަރާ!” އަމުރެއް ކުރާ ފަދައަކުން ކައިލް ބުންޏެވެ. މައިރީން ކައިލްއަށް ލޯއަޅައިލިއެވެ. “ނާރާނަން.. ގެޓް ލޮސްޓް.. މައި މީ ކައިލްގެ ޕަޕެޓްއެއް ނޫން..” މައިރީން ހަށަން ބަދެލަމުން ބުންޏެވެ. “ފައިން.. މައިރީންއަށް ކަމެއްވިޔަސް އަހަރެންނެއް ޒިންމާއެއް ނުވާނަން.. ސްޓަބޯރން ޓައިނީ ޕާރވާޓް..” ކައިލް ފޫހިގޮތަކަށް އެހެން ބުނުމަށްފަހު ކާރު ދުއްވައިލިއެވެ.
މައިރީން ބޯހޫރުވައިލުމަށްފަހު ފޯނު ނަގައި މީހަކަށް ގުޅައިލިއެވެ. “ހޭއި ބިޒީނޫނިއްޔާ ޕާރލްސް ރެސްޓޯރަންޓްއަށް އާދެބަލަ..” މައިރީން އެހެން ބުނުމަށްފަހު އެތަނަށް ދާން މިސްރާބުޖެހިއެވެ. މައިރީން ރެސްޓޯރަންޓްއަށް ވަދެ، ދެ މީހުންނަށް އިށީންދެގެން އިނދެވޭނެ ފަދަ މޭޒެއްގެ ގޮޑިއެއްގައި އިށީނެވެ. ކުޑައިރުކޮޅަކަށްފަހު އެތަނަށް ޝާއިލް އައިސް ވަދުނެވެ. މައިރީން ފެނުމުން ޝާއިލް ގޮސް މައިރީން އިން މޭޒުން ގޮޑިއެއް ދަމައިލުމަށްފަހު އިށީނދުނެވެ. “ކުއްލިއަކަށް މިތަނަށް އަންނަން ބުނީ ކީއްވެ؟” ޝާއިލް ކުޑަކޮށް ހައިރާންވެ އިނދެ އެއްސެވެ.
މައިރީން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ އައި ސަބަބު ހާމަކޮށްލިއެވެ. “ޝާއިލްގެ ކައިރިން ވަރަށް ބޮޑުކަމެއް ބޭނުންވެގެން އަސްލު މިއައީ.. މައި މިހާރު ނަގައިގެން މި އުޅޭ ކޭސްގެ މައުލޫމާތު ޕޮލިހުން ވަރަށް ބޮޑަށް އެބަ ފޮރުވާ.. ޝާއިލްއަށް ފޮރިންސިކް ބައި ހެކްކޮށްގެންވިޔަސް އެމީހުން ފޮރުވާ އެ ކޭސްގެ ރިޕޯޓް ހޯދައިލެވިދާނެތަ؟” މައިރީން ވަރަށް އުންމީދާއިއެކު އަހައިލިއެވެ. ޝާއިލް އޭނަގެ ބޮލުގަ އަތް އަޅައިލިއެވެ. “މައިއަށް އެނގޭތަ ތިކަހަލަ ކަމެއްކޮށްފިނަމަ މައިގެ ލޯޔަރ ލައިސެންސް ގެއްލުންވެސް އެކަށީގެންވޭ.. ވަރަށް ރިސްކީ ކަމެއް މީ..” ޝާއިލް ސީރިއަސްވެފައި ހުރެ ބުންޏެވެ.
މައިރީން ވިސްނައިލިއެވެ. އެކަމަކުވެސް މައިރީންއަށް އެގޮތްނޫން އެހެން ގޮތެއް ނުފެނުނެވެ. ޕޮލިހުން ސިއްރުކުރާ ކަމެއްވިއްޔާ ހޯދުމަކީ ނުހަނު އުނދަގޫ ކަމެއްކަން އޭނައަށް އެނގެއެވެ. “ރިސްކް ނުނަގާ ލައިފްގައެއް ނޫޅެވޭ.. އަހަރެން މަސައްކަތް ކުރަނީ އިންސާފަށް.. ބައެއްފަހަރު އަތް ހަޑިކުރަންވެސް ޖެހޭނެ..” މައިރީން ކެރިގެން ހުރެ ބުނެލިއެވެ. “އަހަރެން ބަލާނަން މިރޭ ތިކަން ކުރެވޭތޯ.. ތިހާ ބޮޑަށް މީހަކަށް ކޭސްއެއް ފޮރުވޭނީ އެއީ ވަރަށް މަތީ މީހަކަށްވީމަ.. އެހެންވީމަ މައިރީން ވަރަށް ވިސްނައިގެން އުޅެންޖެހޭނީ.. އެކަހަލަ މީހުން ފަހެއް ނުޖެހޭނެ މީހެއްގެ ފުރާނައާ ކުޅެލަންވެސް.” ޝާއިލް މައިރީންއަށް އިންޒާރު ދިނެވެ. މައިރީން ބޯޖަހައިލީ އޭނައަށް އެކަން އެނގެޔޭ ބުނާ ފަދައަކުންނެވެ.
ރޭގަނޑުގެ ކެއުން ކައްކަން އުދުން ކައިރީގައި ހުރި ދުންޔާ ސިހިގެން ދިޔައީ ފަހަތުން ބާރުގަދަ އަތަކުން އޭނަގެ އުނަގަނޑުގައި ހިފައި އޭނަ އަނބުރައިލުމުންނެވެ. ދުންޔާގެ އަތުގައި އޮތް ދޭފަތް ޔާދިންގެ ގައިގާ ޖެހުމުގެ ކުރިން، ހުށިޔާރުކަމާއިއެކު ޔާދިން، ދުންޔާގެ އަތުގައި ހިފެއްޓިއެވެ. “ޑޮކްޓަރު ބުނީ ކީކޭ؟” ދެބުމަ ކައިރިކޮށްލައިގެން ހުރެ ޔާދިން އަހައިލިއެވެ. ދުންޔާ ތުންފިއްތައިލިއެވެ. “އަހަރެން-” ދުންޔާއަށް އިތުރު ބަހެއް ބުނެވުމުގެ ކުރިން ޔާދިން އޭނަގެ އަތްދަނޑި މައްޗަށް ދުންޔާ އުފުއްލައިލިއެވެ. “ޑޮކްޓަރ ބުނީ ދޫނިގެ ޑިސްމެނޮރިއާ ހުރެޔޭ އެހެންވީމަ މިދުވަސްކޮޅު ގިނައިން ފެންބޮއެގެން ރެސްޓް ކުރާށޭ.. އެކަމަކު މި ކަންފަތަށް އަޑުއިވުނީ އެހެން ގޮތަކަށް ކަންނޭނގެ ދޯ..” ދުންޔާ ގެންގޮސް ސޯފާގައި ބައިންދަމުން ޔާދިން ބުންޏެވެ.
“މިތާ ރީއްޗަށް ޓީވީ ބަލަން އިނދޭ.. އަހަރެން އަންނަނީ މި ކާނެ އެއްޗެއް ހަދައިގެން..” ޓީވީ ހުޅުވަމުން ޔާދިން ބުންޏެވެ. އެއަށްފަހު އޭނަ ބަދިގެއަށް ވަދެ ދުންޔާ ކޮށާފައި ހުރި އެއްޗެހި ބޭނުންކޮށްގެން ކޮއްތުރޮށި ހަދައިލިއެވެ. އޭރު އޭގެ މީރުވަހުން މުޅި ބަދިގެ ވަނީ އެއްވަސްވެފައެވެ. ކައްކައި ނިމުމުން ތައްޓަކަށް ކޮއްތުރޮށި އަޅައިގެން ޔާދިން އައިސް ސޯފާގައި ދުންޔާ ގާތު އިށީނދުނެވެ. “ދޫނި މި ހާފް އަހަރެން މި ހާފް.. ހުސްނުކުރެވިއްޖެއްޔާ އަހަރެން ބުނާ ކަމެއް މިރޭ ކުރަން ޖެހޭނެ..” ލާނެތް ގޮތަކަށް ހީލަމުން ޔާދިން ބުންޏެވެ. ޔާދިންގެ ލާނެތް ހިނިތުންވުމުންވެސް ޔާދިން ކުރަން އެއުޅެނީ ސަހަލު ކަމެއް ނޫންކަން ދުންޔާއަށް އެނގުނެވެ. އެހެންކަމުން އޭނައަށް ވީ ބައި ޔާދިންގެ އަތުން ކައި ހުސްކޮށްލިއެވެ. ޔާދިން ހީކޮށްގެން ހުރި ގޮތް ނުވުމުން ކޯފުއްޕައިލިއެވެ. އޭނަ ގަސްތުގައި ދުންޔާއަށް އިތުރަށްވެސް އެޅީ ދުންޔާއަށް ނުކެވޭނެ ކަމަށް ހީކޮށްށެވެ. “މްމް ވަރަށް މީރު.. ދިން ވަރަށް މޮޅު ކައްކަން..” ޔާދިންއަށް ދުންޔާ ތައުރީފުކޮށްލިއެވެ. އެއާއެކު ކޯފުއްޕައިލައިގެން ހުރި ޔާދިންގެ ތުންފަތަށް ފޮނި ހިނިތުންވުމެއް ވެރިވިއެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިތެރެއަށް އޭސީގެ ފިނިކަން ވެރިވެފައި އޮތް ނަމަވެސް އައިނާ އޮތީ ފަންކާވެސް ޖަހައިގެންނެވެ. އެނބުރެމުން ދިޔަ ފަންކާގެ ފިޔަތަކަށް ބަލަން އައިނާ އޮތީ ވަރަށް ބޮޑު ވިސްނުމެއްގައެވެ. ޝިޔާން މިއަދު ކީއެއްޗެހި އޭނަގެ ސިކުނޑީގައި ހުރީ ހަރުލާފައެވެ. ހަމަ އަސްލުވެސް ރާކިންގެ މަރުގެ ފަހަތުގައި ޝިޔާންގެ އަތެއް ވެދާނެ ހެއްޔެވެ؟
(ނުނިމޭ)
މިއީ މާޝްގެ ފަރާތުން ހުރިހާ ކިޔުންތެރިންނަށް ދޭ އީދު ހަދިޔާ.. ހުރިހާ ކުދިންނަށްވެސް އުފާވެރި އަޟްހާ އީދަކަށް އެދެން.. އީދު މުބާރިކް!🌙
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







masha allah mi part vss vrhh reethiii
kail r mai ge koalhunthahhh…cuuteeee….anhka e shiyaan e aii kyhkurannn..haadhaha rulhi aadheyyy…yaadhin n dhunyaa soo cuuteee….dhunya kottu roshi miirey bunyma beynun raha balaalanvss….shayaan ge beynumaky kobaa thaa?????curiously waiting…when next???thkss twooo parttss kiyaalan libunythyyy….eid mubarak…tcc lyyy💜
Thank you sooo much darling.. I’m happy u liked itt..
Hehehe yes they are cuteee.. adhi engeyne shiyaan aee keevvekan.. hehehe I’m also craving for kohthuroshi😋.. next part insha allah I’ll try sundayga up kureveythw.. your welcomes darlinggg.. Eid Mubarak to you tooo.. tc.. love you moreee💜🦋
Haiiiii maaashhhh
Eid mubarak love❤️
Mi part vess vrhhh reethi ma allah.. awlhe i feel sooo bad for aii.. ekm vrhh happy vi yashaal aina ah help vedhiniima.. and is Shaail really gonna do it? Omg… i hope mi story ga vess “insaafu libeynebaa” ga hn insaafu libeyne kamah.. I believe in mayaan, kail and maireen❤️
And dhunya nd yaadhu is sooooo cuteee😭❤️❤️
And jazaakallah khairan lavvvveedd this eid gift🫶🏻🫶🏻🥹🥹 ur the besttt😘😘😘😘
Ilyyyyyyyyysssssmmmmm❤️❤️❤️
Heyyyyyy shiherrrrr..
Eid Mubarak darling 💜
Thank you sooo muchhh I’m happy u liked ittt.. hehe me tooo I feel bad for her too.. hehe yes yashaal saved her.. let’s see if he’ll do it dhww.. let’s see kiyaa ah insaaf libeythw dhw.. loved Ur Eid gift too hehe.. busy kamun hama comment nukureveny.. awww thank you..
Love you moree💜🦋
Maasha Allah mi prt vx vrh reethi
Kail n mai ge prt vrh cuteee
Yaadin n dhunyage prts vx hama vrh cute dhw
Sorry for the late comment
Whn nxt
Tc
Lysm Marsh
Eid Mubarak
Thank you so much darling.. I’m happy u liked it.. hehe they all are really cute dhww.. no worries I’m happy to see Ur comment.. next part insha Allah soon.. Eid v ma kudakoh busy koh ulheythy I don’t have time to write.. but I’ll submit it soon Insha allah..
Tc
Love you moree darling..
Eid Mubarak to U too 💜🦋