“ދަރިފުޅާ. ބަސް އަހައްޗޭ. މީހުނާ ޒުވާބުކޮއް ތަޅާފޮޅާ ނަހަދައްޗޭ. ރަނގަޅަށް ކައި ނަމާދުކުރައްޗޭ.” ޔަލާން ހަށިގަނޑުގައި ބައްދާލަމުން އަލަކާ ބުންޏެވެ. ޔަލާން މިފަހަރުވެސް ހިނިތުންވެލީއެވެ.
ޕޮލިސް ކާރަށް އަރުވައިގެން ގޮސް ޔަލާން ގެންދެވުނީ ބަނދަރަށެވެ. ލާންޗްއަކަށް އަރުވާ ޔަލާން ގެންދެވުނީ ކ.މާފުއްޓަށެވެ. ލާންޗު ގެއްލެންދެން އަލަކާ ބަލަން ހުއްޓެވެ. ޔަލާން އެނބުރި އަންނާނެ ދުވަހަކަށް އެވަގުތުން ފެށިގެން އަލަކާއަސް ދުވަސް ގުނެންފެށިއެވެ.
ޖަލުގެ ކުޑަ ގޮޅި ތެރޭގައި އެކަނި ވުމުން ޔަލާން ހީލިއެވެ. ތުންފަތުން ހިނިތުންވުމެއް ފެންނަމުން ދިޔަނަމަވެސް ދެލޮލުން ފެންނަނީ އިންތިހާވޭނެވެ. އެނދުގައި އޮށޯވެލާ ޔަލާން ދެލޯ މަރާލިއެވެ. މިހާހިސާބުން އެދުވަހު ކަންވީގޮތް ބަލާލަމާތޯއެވެ؟
***
“ވީއާރް ސޮރީ.. އެކަމަކު މިއީ ޝަނުމްގެ ހަގީގަތަކީ..” އިސްޖަހާލައިގެން އިނދެ މިކިޔަލް ބުންޏެވެ. ކައިލް އިނީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. އެކުވެރިޔާ ހިތްހަމަ ޖައްސާލަން މިއަދު އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟
“އިޓްސް.. އޯކޭ. ދެން ތިމީހުން ދޭބަ. އަހަރެން ބޭނުމީ އެކަނި ވެލަން..” ޔަލާން ބުންޏެވެ. ހިތްވަރު ކުރުމަށް ބުނެ ޔަލާންއަދި މިކިޔަލް ނުކުމެގެން ދިޔައެވެ.
އެއާއި އެކު ދޮރުތަޅުލާފައި ގޮސް ޔަލާން ބާލީހުގައި މޫނު އަޅާ ހަޅޭ ލަވައިގަތެވެ. މިއަދު ޔަލާންގެ ހިތަށް ވަރަށްވެސް އަސަރު ކޮއްފިއެވެ. ދެން އޭނާ މީހަކަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ؟
ޔަލާން އެނދުން ތެދުވެ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ލޮލުގައި އަޅައިގަތީ ލޯގަނޑު ކައިރީއިން ކަޓަރެވެ. ޔަލާން ހިނިތުންވެލިއެވެ. އަދި ކަޓަރު ނަގާ އަތުގެ މުލައްދަނޑީގައި ކޮންމެވެސް އެއްޗެއް ލިޔުނެވެ. އަތުން ލޭއޮހޮރެމުންދިޔަވަރުން ޔަލާން ބޯ އަނބުރަމުން ދިޔަ ނަމަވެސް އޭނާ އެލިޔުނު އެއްޗެއް ލިޔުނެވެ. އެލިޔުނީ ކޯއްޗެއް ބާއެވެ؟
ދަންވަރުގެ ވަގުތެވެ. އެންމެން ނިދައިފިކަން ކަށަވަރުކޮއްފައި ޔަލާން ގެއިން ނުކުތީ ކަޅު ކުލައިގެ ބީނީއަކާއި މާސްކެއް އަޅާ މޫނާއި އިސްތަށިތައް ފޮރުވާ ކަޅުކުލައިގެ ހޫޑީއަކާއި ޖީންސްއެއް ލައިގެންނެވެ. ފަހު ކަމަކަށް އެރޭ އޭނާ ގައިން ވަޅި ނެގިއެވެ. އަދި ހިނިތުންވެލާފައި ގެއިން ނުކުތެވެ.
ފެންވަރާލައިގެން ނިކުން ޝަނުމް އަވަސްވެލީ ނިދަންއޮށޯއޮތުމަށެވެ. ވަރުބަލި ވެފައި ހުރި ވަރުން އެރޭ ކައިލީންއަށް ދިމާނުކުރަންވެސް ވަނީ ނިންމާފައެވެ. ނަމަވެސް ފެންވަރައިގެން ނިކުން އިރު އެނދުމަތީގައި އޮތް ނޯޓު ފެނި ޝަނުމްގެ ޙިޔާލު ބަދަލުވިއެވެ.
“އާދެބަ ޕްލީޒް. އައި ރިއަލީ ވޯންޓް ޓު ސީ ޔޫ. ހަމަ އެއްކަލަ ގެގަނޑަށް. ލަވް ކައިލީން” ނޯޓު ކޮޅުގައި އިނެވެ. އެނޯޓު ކޮޅު ކިޔާފައި ނުގޮސް ހުންނާކަށް ޝަނުމްއަކަށް ނުކެރުނެވެ. އެހެން ކަމުން އަވަހަށް އެއްޗެހި ބަދަލު ކޮއްލައިގެން ދިޔައެވެ.
ޝަނުމް ގެގަނޑަށް ވައިން އިރު ކައިލީން ފެންނަން ނެތުމުން ހައިރާންވިއެވެ. “ކޮބާބާ؟” ޝަނުމް ހިތާ ހިތުން ސުވާލު ކޮއްލިއެވެ. ޖީބުގައި އޮތް ފޯނު ނަގާ ކައިލީންއަށް ގުޅާލަން އުޅެނިކޮއް ބޮލުގެ ފުއްކިބައިގައި އެއްޗަކުން ޖެހުނެވެ.
އެނބުރި ބަލައިލި އިރު ހުސް ކަޅު ކުލައިގައި ހުރި މީހާ ފެނި ޝަނުމް ބިރުގަތެވެ. ނޫނެކެވެ. ޝަނުމް ބިރުގަތީ އޭނާގެ އަތުގައި އޮތް ވަޅިއާއި ބޮޑު ގާގަނޑު ފެނިފައެވެ. ޝަނުމް ބަންޑުން އޮށޯވެ ފިރުކެމުން ކަހަލަ ގޮތަކަށް ގެގަނޑުން ނުކުމެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޔަލާން ހުރީ ޝަނުމް ދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. އަތުގައި އޮތް ވަޅި އަތަށް ހެޔޮވަރުކޮއް ޝަނުމްގެ އުނަގަނޑަށް ހަރާލީ އެއްވެސް ރަހުމެއް ނެތިއެވެ. ވައިގެތެރެއަށް ޝަނުމްގެ ވޭނީ ހަޅޭކުގެ އަޑު ގަރަގުވެގެން ދިޔައެވެ. ނަމަވެސް އެފިނިމެންދަންވަގުތުގައި އެއަޑު އިވޭނީ ކާކަށް ހެއްޔެވެ؟
***
ޔަލާން ހިނިތުންވެލިއެވެ. “ޝަނުމް! އަހަރެން ކުރި އެއްވެސް ކަމެއް ރިގްރެޓް ނުކުރަން. ތިކަހަލަ ޓްރެއިޓާރްސްއަށް ހަމަ ކަން ވާންވީ ގޮތް ތިއީ. ހެހެ” ޔަލާން ހީލިއެވެ. އެންޑް ކައިލީން… އަހަރެން ކައިލީދެކެ ލޯބިވީހެން ދެން ލޯބިވާނެ އެއްވެސް މީހަކު ނުލިބޭނެ..” އެހެން ބުނެވުނު އިރު ޔަލާންގެ ކޯތާފަތުގައި ކަރުނަތަށް ފިރުކެން ފަށައިފިއެވެ. “25 ފަހަރު..” ޔަލާން ވައިއަޑުން ބުނެލިއެވެ. އޭގައިވެސް ފޮރުވިފައިވީ ސިއްރެއްވިއެވެ. އެއީ ކައިލީންއަށް އެންމެ ރީތި ނަންބަރަށް ވެފައި ކައިލީންއާއި ޔަލާން ރައްޓެހިވީ ފެބްރުއަރީ މަހު 5 ވަނަ ދުވަހަށް ވީތީއެވެ.
***1 ހަފްތާ ފަސް***
ބޮލަށް ބަރުވެފައި އޮތުމުން ޝަނުމްއަށް ދެލޯހުޅުވާލުންވީ ބޮޑު ކަމަކަށެވެ. އޭނާގެ އަތް މަތިން ފިނި، މަޑު އަތް ތިލައެއްގެ އިހްސާސްކުރެވޭތީވެ މަޑުމަޑުން އަތް ތަޅުވާލިއެވެ.
ޝަނުމް އަތްތަޅުވާލިކަން އެނގި ކައިލީން ޝަނުމްގެ މޫނަށް ބަލައިލިއެވެ. “ޝަނޫ؟” ކައިލީން މަޑުމަޑުން ގޮވާލިއެވެ. “ކައިލީ؟” ޝަނުމް ގޮވާލިއެވެ. އަދި މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. “ޝަނޫ… އަޅެ ކީއްވެ އެހާ ލަހުން ތިހޭލީ؟ ކައިލީ ހިތް ހުއްޓުވާލަންތަ ތިއުޅުނީ؟” ކައިލީން ޝަކުވާ ކޮއްލިއެވެ. ޝަނުމް ހީލިއެވެ. “ކައިލީ… ޝަނޫއަށް މިހެން ހެދީ ކާކުތަ؟” އެއްޗެއް ހަނދާންވީހެން ޝަނުމް އެއްސެވެ. އެއާއި އެކު ކައިލީން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ޔަލާން މެންޓަލް ހޮސްޕިޓަލެއްގަ. އެކަމަކު ހެވެއްނުން؟ އަހަރެމެން ދެމީހުންވެސް 2 މަންތްސްއަށް ސްކޫލްއިން ސަސްޕެންޑްވެފަ މިތިބީ” ކައިލީން ޝަކުވާކޮއްލިއެވެ.
“ވަޓް އެކީއްވެ؟” ޝަނުމް ހައިރާންވިއެވެ. “އަހަރެމެން އެންމެ ފަހުން މީޓް ކުރިރޭ ދެއްކި ވާހަކަ އެ ކައިލްއާއި މިކިޔަލް ހުރީ ރިކޯޑް ކޮއްފަ” ކައިލީން ބުންޏެވެ. އެއާއި އެކު ޝަނުމް އުޅުނީ ތެދުވަންށެވެ. ނަމަވެސް އުނަގަނޑަށް އެރި ތަދުން މަޖުބޫރުވީ އަލުން އޮށޯންނާށެވެ.
“ޝަނޫ.. ޔޫ ކާންޓް ވޯކް އެނީމޯރް..” ކައިލީން އެންމެ ފަހުން ބުންޏެވެ. ވަގުތުން ޝަނުމްގެ ހަރަކާތައް ހުއްޓުނެވެ. “ޝަނޫ ހާސްނުވޭ. އެހެންވިޔަސް ކައިލީ ދުވަހަކުވެސް ޝަނޫ ދޫކޮށެއް ނުލާނަން” ކައިލީން ބުންޏެވެ. ޝަނުމް ކައިލީންއަށް ހިތި ހިނިތުންވުމެއް ދިނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha allah mi partt vss vrhh reethii
Koahcheh yalaan athuga liyuny???
kailyn ge name tha??…
curiously waiting..when next???tcc lyy❤
Jazaakallah khairan dear❤️❤️
Hehe neynge dhwww fahun engeyne adhi
In sha allah stay tuned next ep ga annaane xev nd nu and alaya nd aizin 🙈
Tc and lytt
Maasha Allah mi prt vx vrh reethi
Yalaan ge athuga e liyuny kon eh chey baa???
Curiously waiting for the nxt
Whn nxt???
Tc
Lysm Shiher 💜💜
Jazaakallah khairan dear
hehe adhi engeyne eythi..
stay tuned in sha allah soon lyt
Btw mi part ves brh reethi 🥰🥰🥰
Kailee ge fav number yah v matha yalaan 25 buruga valhi jehii shanum gayah
N curious to know that yalaan hand ga liyunu ehcheh
Anyways when next part🤔
I can’t wait next ep kiyaalaa hithun 😫
Keep it up
Lyy❤️
Tc❤️
jazaakallah khairan
aha ya
fahun engeynee adhi eyna liyuny keekey kan hehe
stay tuned in sha allah soon
lyt tc2