ހީނުކުރައްޗޭ… 2
އެގޮތުގައި 3 މަސް ފާއިތުވެގެން ދިޔައެވެ. އަހަރެންގެ ބިރުވެރި ހުވަފެން ހަގީގަތަކަށް ވިއެވެ. އާއެކެވެ. އަހަރެން ބަލިވެއިނީއެވެ. ދެން ކަން ކުރަންވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން ބިރުގަތެވެ. އަހަރެންގެ އުމުރުން އަދި އެންމެ 14 އަހަރެވެ. އަހަރެންގެ ލޯބިވެރިޔާ ރާކިންއަށް އެވާހަކަ ހިއްސާ ކުރީމެވެ. ރާކިންގެ ޖަވާބު އައީ އަހަރެން އެންމެ ހީނުކުރާ ގޮތަށެވެ. ރާކިން އަހަރެންގެ ބޮލުގައި އެޅުވީ ބޭވަފާތެރިކަމުގެ ލޭބަލްއެވެ. “ޒައިދާން ކަލެއާއި ބެހުން ނަމަ ކީއްވެ ކުރިން ނުބުނީ؟ ތިވާނީ ކޮންމެވެސް އެހެން މީހެއްގެ ދަރިއަކަށް. މަށާ ދެން ވާޙަކަ ނުދައްކާތި. މުޑުދާރު އަންހެނާ” ރާކިން ބުންޏެވެ. އަހަރެން ގަބުވިއެވެ. އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ވާހަކަތަށް އަޑުއެހި ހަމައެކަނި މީހަކީ ރާކިންއެވެ. އޭނާވެސް އެދިޔައީއެވެ. ހަމަ ގައިމުވެސް މަންމަ ގަބޫލެއް ނުކުރާނެއެވެ. އެހިސާބުން އަހަރެންގެ ހިތުގައި އާލާވީ ބަދަލު ހިފުމުގެ ރޫހެވެ.
އަހަރެން ބަނޑުގައި ފިރުމާލީމެވެ. އަހަރެން މިދަރިފުޅު އުފަން ކުރާނަމެވެ. މިދަރިފުޅު ނައްތާލާކަށް ނޫޅޭނަމެވެ. މުޅި ދުނިޔެއަށް ދައްކާނަމެވެ. “އަންހެން ކުދިންނަކީ ކެރޭ ބަޔެކެވެ” އެކަން މުޅި ދުނިޔެއަށް އަހަރެން ސާބިތު ކޮއްދޭނަމެވެ.
ދަންވަރުގެ ވަގުތު އަހިސް ޖެހެންދެން އަހަރެން އިންތިޒާރު ކުރީމެވެ. މަންމަ ނިދާނެ ހާއިރުކޮއްފައި އަހަރެން ފޯނު ނަގާ ޒައިދާންއަށް މެސެޖް ކޮއްލީމެވެ. “އާދެބަ ގުދަނަށް” އަހަރެން މެސެޖު ކޮއްލީމެވެ. މެސެޖު ކޮއްލެވުންލެއް ލަސްވީއެވެ. ޒައިދާން ރިޕްލައި ދީފިއެވެ. “ހެހެ ބޭނުންވީދޯ؟ އާނ މިދަނީ” ޒައިދާން ބުންޏެވެ. އަހަރެން ވިހަ ގޮތަކަށް ހިނިތުންވެލީމެވެ.
ކޮޓަރީގެ އެއް ކަނެއްގައި އިން ބޮކި ދިޔައީ ނިވިދިއްލެމުންނެވެ. ކޮޓަރިއަށް ވަމުން ދިޔަ ލުއި އަލިން ފާރުތަކަށް ދިގު ހިޔަނިތަކެއް އުފެދެމުން ދިޔައެވެ. އަހަރެން ދޮރުމަތީގައި ހުއްޓިލީ ދެއަތް ތުރުތުރު އަޅަމުން ދާހާލުގައެވެ. ބިރުންނެއް ނޫނެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑު ތެރޭގައި ހުރި ކެތްނުކުރެވޭ ތޫފާނުގެ އިމާރާތުގެ ސަބަބުންނެވެ.
ކުޑަ ހިނދުކޮޅެއް ފަހުން ޒައިދާން ކޮޓަރިއަށް ވަނެވެ. ލަދެއް ހަޔާތެއް ނެތި އަހިސް ފަހަތުން އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. “އަދިވެސް ބައްޕިދެކެ ރުޅި އަހިސްފަތަ؟” ދަހިވެތި ހިނިތުންވުމަކާއި އެކު އޭނާ ހީނގަތެވެ. އޭރުވެސް އޭނާ ދިޔައީ އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އަތް އުނގުޅަމުންނެވެ. “އެއީ އެހާ ބޮޑު ކަމެއް ނޫނެއްނުން އަލްޔާ؟ އަލްޔާ މާބޮޑަށޭ އޯވަރ ރިއެކްޓް ކުރަނީ.”
ޒައިދާންގެ އެޖުމްލައިގެ ސަބަބުން އަހަރެންގެ އެތެރޭގައި ފިނި ތޫނު އެއްޗެއް އުފެދިގެން ދިޔައެވެ. އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަނެގެން އެހުރީ، އަހަރެންގެ ހަށިގަނޑާއި، އަހަރެންގެ އިއްފަތްތެރިކަން ވަގަށް ނެގި މީހާއެވެ. އަހަރެންގެ ޖީބުގައި އޮތް ވަޅީގައި އަތް ޖައްސާލީމެވެ. އަދި ހިނިތުންވެލީމެވެ.
އަހަރެން ޒައިދާންއާއި ދިމާލަށް އެނބުރުނީމެވެ. އަދި ޒައިދާންގެ ތުންފަތާއި އަހަރެންގެ ތުންފަތް ގާތްކޮއްލީމެވެ. ހަމަ އެސިކުންތުގައި އޭނާ އަހަރެންނާއި ގާތް ވެލިއެވެ. އެހެނަސް އަހަރެން އޭނާ ތުންފަތުގައި އިނގިލި ޖައްސާލީމެވެ. “އަހަރެން އާދޭސް ކުރިން ހުއްޓާލަން” އަހަރެން ހީލަމުން ބުނީމެވެ. ޒައިދާން މަލާމާތުގެ ރާގަކަށް ހީލިއެވެ. “ކަލޭއަށް ވެސް ކަމުދިޔައެއްނުން؟.. އެހެންވެނުން މިއަދުވެސް ތިމެސެޖު ކުރީ؟” ޒައިދާން ނިއްހިއްލާލަމުން އެއްސެވެ. އަހަރެން ހީލީމެވެ. އޭރު އަހަރެންނަށް އޭނާގެ ހޫނު ނޭވާ އިހްސާސްވެޔެވެ. އޭނާ ހުރީ އެހާ ގާތުގައެވެ. އަހަރެން އަދި ވަކިން ގާތްވެލީމެވެ. އޭނާގެ ހަށިގަނޑުގައި ބައްދާލީމެވެ. ޒައިދާން އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށުމާއި އެކު ޖީބުގައި އޮތް ވަޅި އަހަރެން ނެގީމެވެ. އަތަށް ވަޅި ހެޔޮވަރުކޮއްލާފައި އަހަރެން އޭނާގެ ފިރިހެންވަންތަ ގުނަވަނަށް ވަޅި ހަރާލީމެވެ. އެއާއި އެކު ބުޅާގަނޑެއްހެން ޒައިދާން ހޭރި ގަތެވެ. އަހަރެން އަޅައިގެން ހުރި ބުރުގާ ބާލާ އޭނާ އަނގައިގައި އޭގެން އެއްސީމެވެ. އެހެންވިޔަސް އޭނާގެ ހަޅޭކުގެ އަޑު އަހަރެންނަށް ދިޔައީ އިވެމުންނެވެ.
“ތަދުވޭތަ؟ ތަދުވޭ ހެއްޔޭ؟ މަށަށްވެސް ތަދުވާތީއޭ އެރޭ އެވަރަށް ރުއީ. އެކަމަކު ކަލެއަށް އެކަންވީ މަޖާ. ކަލޭގެ ލޭނޫނަސް، އަހަރެން އެކަން ގަބޫލު ނުކުރިޔަސް މަމީ މިހާރު ކަލޭގެ ދަރިޔެކޭ. ޝައިތާނާ ބޮލަށް ސަވާރުވީވީނުން ކަލެއަށް ކަލޭގެ ދަރިވެސް އޮޅުނީނުން!” އަހަރެން ހަޅޭ ލަވައިގަތީމެވެ. ދެންވެސް ޒައިދާން ފެށީހޭށެވެ. “ހަހަހަ ކަލޭ ހީކުރާ ގޮތްތަ؟ ކަލޭ ހީކުރީތަ މިއީ ކަލޭގެ ބަދަލޭ؟ ކަލެއަކަށް ނުވާނެ ތިކަމެއް. އަހަރެން ކަލޭ މަގޭ ގަޔަށް އެރި ކަމަށް ދަޢުވާ ކުރާނަން” ހެމުން ހެމުން ޒައިދާން ބުންޏެވެ.
“ހީވަނީތަ މަށަށް ނުވާނޭ؟” އަހަރެން ސުވާލު ކޮއްލީމެވެ. އޭނާ ހީލިއެވެ. އެދެލޮލުން ވޭން ފެންނަމުން ދިޔައެވެ. އެހެންވިޔަސް އޭނާ ހުރީ ގޮތް ދޫކުރާ ކަހަލަ ޙިޔާލަކު ނޫނެވެ. އަހަރެން ޒައިދާންގެ އަތް ނަގާ އަހަރެންގެ ބަނޑުގައި ޖައްސާލީމެވެ. “ބޮޑުވެފަ ހުރިކަން ފާހަގަ ވޭތަ؟” އަހަރެންގެ ސުވާލާއި އެކު ޒައިދާން އެއާއި ދޭތެރޭ ވިސްނާލި ކަން އެނގުނީ ޒައިދާންގެ މޫނަށް ވެރިވީ ހާސްކަމުންނެވެ. “އާނ. އަހަރެން މީނި ބަލިވެ. މީ ކަލޭގެ މުޑުދާރުލޭ. އަހަރެން މިކުއްޖާ އުފަން ކުރާނަން. އެންމެނަށް ކަލޭގެ މުޑުދާރުކަން ދައްކާނަން.. ކަލޭ މުޅި ދުނިޔެއަށް ފަލީހަތްކޮއްލާނަން” އަހަރެން ބުނީމެވެ.
ހެނދުނުގެ ވަގުތެވެ. މަންމަ ބަދިގެއަށް ވައިން އިރު އަހަރެން އިނީ ކާންށެވެ. އަހަރެންގެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއްވިއެވެ. އެހެނަސް އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ. “ދަރިފުޅާ؟ މިހުރީ ކޯއްޗެއް މިތާގަ؟ ކޮން ވަހެއްތަ މިދުވަނީ؟” މަންމަ އެއްސެވެ. އަހަރެން ބަލާލީ އުނދުނާއި ދިމާލަށެވެ. އެތަނުގައި ގަނޑުވެފައި ހުރި ލޭތަށް ފެނި އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha allah mi partt vsss vrhh reethiii
zaidhaan alhe ladheh vs nuganey tha…pis pis..
Manma ah neynge adhi vaane gthvs…neynge gabool kuraane kmhvs…curiously waiting for the next…when nxt???tc lyyy
jazaakallah khairan dearr
ikrrr men like that is shameless
in sha allah sooon stay tuned lyyy2
Alhe shierr luv it ❤️
I thought mee ehen author eh ge story eh kamah 😅
Varah reethi mi story
Alhe haadha varekey e kohlee alyaa ah
Aslu vx ekahala meehunna jeheyne badhalu hifan!!
Waiting curiously
Lysssm.
Jazaakallah khairan❤️
Ahaha its okayysss
Frrr agreeeddd
Ilyyysm
Part 3 plsss
Its already out
https://www.esfiya.com/139119/
Enjoy🫶🏻