Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒައިޝާ 2

cataanik Level 210 Stories100 Login
May 22, 2025 4 Mins Read
4 Comments

އާދައިގެ ވަރަކަށް ހިނގަމުން ދިޔަ ޒައިޝާ ސިހުނީ ފަހަތުން އައިސް އޭނާއާއި އަރާހަމަކުރި ޒާއިން ފެނިފައެވެ.

………………………………………………………….

ޒައި ޕްލީޒް.. އަހަރެންނަށް ޖަވާބެއް ދީބަލަ.. އާނއެކޭ ނޫނީ ނޫނެކޭވެސް ބުނެބަލަ.. އޭރުންނެންނުން އެނގޭނީވެސް.. އަހަރެން ޒައިއަކަށް ދެރައެއް ނުދޭނަމޭ.. ކިހާވަރަކަށް އާދޭސް ކުރެވިއްޖެ.. ޒައި ބޭނުންވަނީ އުމުރުދުވަހު އަހަރެން ލައްވާ އާދޭސްް ކުރުވަންްތަ? ނޫނީ އަހަރެން މިވާލޯބި އިމްތިހާން ކުރަންތަަ? އާދައިގެ މަތިން ޒާއިން ޒައިޝާ ގާތު އާދޭސް ކުރަމުން ދިޔައެވެ. އެއީ މަގުމަގިކަންވެސް އޭނާ ހަނދާންނެތް ކަހަލައެވެ. ނޫނީ އެކަމަށް ފަރުވާލެއްވެސް ނެތީއެވެ.

ޒާއިންގެ ކަންތައް މިހާރު މިދަނީ މާމައްޗަށެވެ. ޒާއިންގެ މިކަމަކާހެދި މިހާރު ޒައިޝާ ގިނައިން ބޭރަކަށްވެސް ނުނިކުމެއެވެ. ޔަސްނާ ތަނަކަށް ދާން ބުންޏަސް ކޮންމެސް ބަހަނާއެއް ޒައިޝާ ދައްކައެވެ. ކޮނެމެހެން ކަމެއްޖެހިގެން ނުކުންނަ ދުވަހެއްގެ ހާލަކީވެސް މިއެވެ. ވާހަކަ ނުދެއްކިޔަސް ހަމަ ފަހަތުން އާދޭސް ކުރަމުން ދުވަނީއެވެ. އަޖައިބެކެވެ. މިމީހާ ފޫހިވެސް ނުވަނީހެއްޔެވެ? ޒައިޝާ ހިތާހިތުން ކުދިކިޔަމުން ހިނގުން ބާރުކޮށްލިއެވެ. އެވަގުތު ޒާއިން އޭނަގެ އަތުގައި ހިފެހެއްޓުމުން އޭނާގެ ގަޔަށް ކަރަންޓް އައިހެންހީވިއެވެ. ދުވަހަކުވެސް ހިލޭފިރިހެނަކު އޭނާގެ ގައިގައި އެގޮތަށް އަތްލާފައި ނުވާތީވެކަމަށްވެސް ވެދާނެއެވެ.

ޒައި.. އަހަރެން ފެންނައިރަށް ކީއްވެތަ ބިރެފެނިގެން އުޅޭހެން ތިއުޅެނީ? އަހަރެން ޒައިއަކަށް ދެރައެއް ނުދެން.. އަދި ގެއްލުމެއްވެސް ނުދެން.. ދެން ކީއްވެ? އަހަރެންނަށް އެނގޭ ޒައި ކުއްލިއަކަށް މާބާރަށް ދާން ތިއުޅެނީ އަހަރެން ހުރީމަކަން.. ޕްލީޒް! އުނދަގޫވަންޏާވެސް ތިގޮތަށް އަހަރެން އިގްނޯނުކޮށް ރީތިކޮށް ބުނެބަލަ.. ޒާއިން ދެރަވެލާފައި އެހެންބުނެލި ގޮތުން ޒައިޝާވެސް ދެރަވިއެވެ. ނަމަވެސް ޒައިޝާގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ގެންނަމުން ބަލައިލީ ޒާއިން ހިފަހައްޓާފައިވާ އޭނާގެ އަތަށެވެ. ޒައިޝާއަށް ވީގޮތް ފެނުމުން ޒާއިން ސޮރީއޭ ބުނަމުން އަވަސްއަވަހަށް ޒައިޝާގެ އަތުން ދޫކޮށްލިއެވެ.

ޒާއިން! އަހަރެން ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް? އަަހަރެންނަށް ޒާއިންގެ އަމަލުތައް މިހާރު ތިހުންނަގޮތުން ވަރަށް އުނދަގޫވޭ.. މީ އަހަރެންގެ ކިޔެވުމުގެ އެންމެ މުހިންމު އަހަރު.. ޒާއިންއަށްވެސް އެނގޭނެ އަހަރެންގެ އާއިލާއަކީ އެހާތަނަވަސް އާއިލާއެއް ނޫންކަން.. އަހަރެންގެ ހަގަށް އަދި ކިޔަވާ ކުއްޖަކު އެބަހުރި.. ބައްޕަމެން އެތައް އުފަލެއް ޤުރުބާން ކޮށްފައި އަހަރެމެންނަށް ކިޔަވައިދޭން މަސައްކަތް ކުރަނީ.. އަހަރެން ބޭނުމެއްނޫން އެމީހުން އެކުރާ މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ހަދާކަށް..

އަހަރެން ޒާއިންދެކެ ބިރުގަންނަނީއޭ ހީނުކުރައްޗޭ.. ޒާއިން އަކީ ވަރަށް ރަނގަޅު މީހެއްކަން އަހަރެންނަށް އިނގޭ.. އަދި މީހަކަށް ދެރައެއްދިން މީހެއް ނޫންކަންވެސް އެނގޭ.. އެކަމަކުވެސް އަދި އަހަރެންނަށް ތިކަމަށް އެއްބަސް ވެވޭކަށްނެތް.. އެހެންނޫނަސް އަހަރެންނަކީ ޒާއިންއާ އެފަދަ ގޮތަކުން އެކަށީގެންވާ މީހެއްވެސްނޫން.. އަހަރެންނަކީ ނިކަމެއްޗެއް.. ޒާއިން އަކީ މުއްސަންޖެއް.. ރީތި މީހެއް.. ޒާއިން ބޭނުން ކޮންމެ އެއްޗެއް ކޮންމެ ކުއްޖަކުވެސް ލިބިދާނެ.. އެހެންވީމާ ޒާއިން އަހަރެންނަށް ތިގޮތަށް އުނދަގޫނުކޮށް އެހެން ކުއްޖަކު ހޯދާ.. އަހަރެން ކިޔެވިޔަދީ.. ޒައިޝާ މަޑުމައިތިރިކަމާއެކު އޭނާ ބޭނުން ވާގޮތް ހާމަކުރިއެވެ.

އެންމެ ރަނގަޅު.. އަހަރެން އަބަދުވެސް ޒައި ދެކެ ލޯބިވާނަން.. ޒައި ނޫން އެހެން ކުއްޖަކު އަހަރެންގެ ހަޔާތަކަށް ނުގެންނާނަން.. ޒައި ކިޔަވާނިމޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން.. ކިތަންމެ ދިގު އިންތިޒާރަކަށް ވިޔަސް އަހަރެންގެ ފަރުވާލެއްނެތް.. އަހަރެން އުންމީދު ކުރަން ޒައި އެދުވަހަކުން އަހަރެންނަށް ރަނގަޅު ޖަވާބެއް ދޭނެކަމަށް.. ރަނގަޅަށް ކިޔަވާތި.. ދެން ދަނީ.. ޒާއިން އެހެން ބުނެފަ ދާން ހިނގައިގަތުމުން ޒައިޝާއަށް ޒާއިންއަށް ގޮވާލެވުނެވެ.

ސޮރީ! ޒައިޝާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ޒާއިން ހީލާފައި އެއީއެއްވެސް ކަމެއްނޫންކަމަށް ބުނެލިއެވެ. ޒާއިން ދާން ހިނގައިގަތް އިރު އޭނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. ޒައިޝާ އޭނަގެ އެދުމަށް ފުރަގަސްދިނީ ކީއްވެހެއްޔެވެ? ޒައިޝާއަށް އޭނަގެ އިހުސާސްތައް އެނގޭނެނަމައެވެ.

އަވަސް ހިނގުމެއްގައި ހެދިކާގަންނަން ދިޔަ ޒައިޝާގެ ހަތަކާތްތައް ހުރީ އަވަސް ކޮށެވެ. ހެދިކާގަނެގެން ޒައިޝާ ފިހާރައިން ނުކުތުމަށްފަހު އަވަސްއަވަހަށް ހިނގައިގަތީ ލަސްވެއްޖެނަމަ މަންމަގެ ސުވާލުތަކާ ކުރިމަތިވާނެކަން އެނގޭތީވެއެވެ.

ޒައިޝާ! ޒައިޝާ! ކޮންތާކަށް ތިދަނީމާއަވަހަށް? ފަހަތުން އިވުނު ޔަސްނާގެ އަޑަށް ޒައިޝާ އެނބުރިބަލައިލިއެވެ. އޭރު ޔަސްނާ ކޮތަޅެއް ހިފައިގެން ހުރެ ދުވަމުން ދުވަމުން އައިސް ޒައިޝާއާއި އަރާހަމަކުރަނީ އެވެ.

މި ހެދިކާކޮޅު ހިފައިގެން މިދަނީގެޔަށް.. ލަސްވެއްޖެއްޔާ މަންމަ ސުވާލުކުރާނެ.. ބައްޕަ އަންނަން ވާއިރަށް ސައި ހަދަން ޖެހޭނެ.. ޒައިޝާ އަވަސް އަވަހަށް ބުނެލިއެވެ.

ކިހިނަތްވީ ލަސްވާތީވެ ތިއުޅެނީ? ޔަސްނާ ވަރަށް ހައިރާންވެފައި އަހާލިއެވެ. އެއީ ޒައިޝާއަކީ ދުވަހަކު ވެސް އެހާއަވަސް އަރުވާލާފަ އެގޮތައްވާހަކަ ދައްކާ މީހެއް ނޫނެވެ.

ކިހިނަތްވީ? ހަމަ އަސްލުވެސް ލަސްވާތީވެ މިއުޅެނީ.. މިހާރު ހެދިކާގަންނަން ނުކުތް ފަހުން ބައިގަޑީރުވީއޭ.. ފަނަރަވަކަށް މިނިޓުންކުރެވޭކަމެއްމީ.. ޒައިޝާ ބުނެލިއެވެ.

އެއީ ކިހިނަތްވީ ލަސްވީ? އަނެއްކާ ޒާއިން މިއަދުވެސް ފަހަތުން އައީތަ? ޔަސްނާ އެހެންބުނެލުމުން ޒައިޝާ ހޫމް ލައްވާލިއެވެ.

ދެން ޒައި ކީކޭބުނީ? ޔަސްނާ ވަރަށް ޝައުޤުވެރިވެފަ އަހާލިއެވެ.

އަހަރެން ނުބުނަން ވަކި އެއްޗެއް. އަހަރެން ބުނީ އަހަރެންނަށް ތިކަމަށް ޖަވާބުދެވޭނީ އަހަރެން ކިޔަވާނިންމާފައޭ.. އެހެންވީމާ އަހަރެން ކިޔަވާނިމެންދެން އަހަރެންނަށް އުނދަގޫ ނުކުރާށޭ.. އެހެން އަހަރެން ބުނީ.. ޒައިޝާ ބުނެލިއެވެ.

ދެން.. ޒައިތީ މޮޔައެއްތަ? ޒާއިން ކަަހަަލަ ރަނގަޅު މީހަކު މިޒަމާނުގަ މަދުވާނެ.. އެކަމަކު ޒާއިން ކަހަލަ ރަނގަޅުމީހަކު ލިބުނީމަ ޒައި ތިބުނަނީ ނޫނެކޭ.. ޔަސްނާ ވަރަށް ސީރިއަސްކޮން ބުނެލިއެވެ.

ޔަސްނާ ޕްލީޒް! ތިނޫންއެހެން ވާހަކައެއް ދައްކަފާނަންތަ? އަހަރެން ކިޔަވާނިންމާފަ ތިކަމާވިސްނާނަން.. ޒައިޝާ އެދުނެވެ. ޔަސްނާ ވެސް އެވާހަކަ ހުއްޓާލީ ޒައިޝާއާއި ދެބަސް ވާން ބޭނުންނުވާތީވެއެވެ. ޔަސްނާވެސް އުޅެނީ ގެޔަށްދާން ކަމުން ޒައިޝާވެސް އަވަސްއަވަހަށް ގެޔާދިމާލަށް މިސްރާބު ޖެހިއެވެ. ބާރުހިނގުމެއްގައި ޒައިޝާ ގެއަށް ވަަންއިރު ސަނާޔާއާއި އިޔާޒު ޒައިޝާގެ އިންތިޒާރުގައި ތިއްބެވެ.

ދަރިފުޅު ތިއައީދޯ! ކިހިނަތްވީ ލަސްވީ? ސައިތަށި ގިރަމުން ސަނާޔާ ސުވާލުކޮށްލިއެވެ.

އައި މަގުމަތީގައި ޔަސްނާއާއި ދިމާވީމަ ކުޑަކޮށް ވާހަކަ ދައްކާލަން މަޑު ކޮށްލީ.. ޒައިޝާ ހެދިކާ ތަށިތަށް މޭޒުމައްޗަށް ނަގަމުން ޖަވާބުދިނެވެ. ސައިބޯން އިންއިރުވެސް ޒައިޝާއަށް ވިސްނެނީ ޒާއިން ދެއްކި ވާހަކަޔާ މެދުގައެވެ. އޭނަ ޒާއިންއާއި ރައްޓެހި ނުވިޔަސް ކުރިން އޮތް އެކުވެރިކަން ޒާއިންއާދެމެދު ބާއްވަން އޭނާބޭނުމެވެ.

ވަގުތަކީ ރޭގަނޑުގެވަގުތެވެ. ޒައިޝާއިނީ އިތުރުގަޑިޔަކަށް ސްކޫލަށްގޮހެވެ. ކްލާހަށް އަދި ޓީޗަރުނާންނާތީވެ އެންމެންވެސްް އުޅެނީ ވާހަކަދެއްކުމުގައެވެ.

އޭތް ޒައި.. ކޮބާ މިހާރު ޒާއިން.. ނާދޭތަ ފަހަތަކުންނެއް.. އާދައިގެ މަތިން ޔަސްނާ ވާހަކަ ދައްކަން ފެށިއެވެ.

އެދުވަހު އެހެންބުނިފަހުން ނާދޭ ފަހަތަކުންނެއް.. ޒައިޝާވެސް ބުނެލިއެވެ.

އަޅެ ޒައި އޭނަ އަށް ޔެސް ބުނިނަމަ.. އޭނަ ޒައި އަށް އުނދަގޫވެދާނެތީވެ އެހުންނަނީ ފަހަތުންނައިސް.. ޔަސްނާ އުޅުނީ ޒައިޝާއަށް ވިސްނަދެވޭތޯއެވެ.

ޔަސްނާ.. ތިނޫން އެހެން ވާހަކަ އެއް ދައްކަ ފާނަންތަ ޕްލީޒް.. ޒައިޝާ އަހާލިއެވެ. އެވަގުތުވީ ކަލާހަށް ޓީޗަރު ވަން ވަގުތުކަމުން އެންމެން ޓީޗަރަށް ސަމާލުކަންދިނެވެ.

ގަޑި ނިމުމުން ޒައިޝާ އާއި ޔަސްނާ ގެޔަށް ދާން ހިނގައިގަތެވެ. ވަކި ހިސާބަކުން ޔަސްނާ އެހެން ގޯޅިއެއް އެޅުއެވެ. އެވަގުތު އެތާކައިރިގައި ހުރި ފިހާރައަކުން ޒާއިން ނުކުތްތަން ފެނިފައި ޒައިޝާ ޒާއިން އަށް ގޮވާލިއެވެ.

ޔެސް ޒައި.. ކިހިނަތްވީ? ޒާއިން ހިނިތުންވެލަމުން އަހާލިއެވެ.

އަހަރެން ބޭނުން ޒާއިން އާ އެކުވެރިކަން ބާއްވަން.. ޒައިޝާ އަވަސްއަވަހަށް ބުނެލިއެވެ.

އަހަރެން ކޮންއިރަކު ޒައި އާރުޅިވީ.. އަހަރެން އަބަދުވެސް ވާނެ ޒައިގެ އެކުވެރިއަކަށް.. ޒާއިން ހީލަމުން ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިހާރު އޯލެވެލް އިމްތިހާން ފެށިއްޖެވެ. ޒައިޝާވެސް ރަނގަަޅުނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. މިއަދަކީ އޯލެވެލް އިމްތިހާންގެ އެންމެ ފަހުދުވަހެވެ. އެހެންކަމުން އިމްތިހާން ހަދާ ނިންމުމަށްފަހު ޒައިޝާވެސް ހުރިީ އޭނާގެ ކުލާސް ކުދިންނާއެކު ސަކަރާތް ޖަހާށެވެ. މާގިނައިރު ސަކަރާތް ޖަހަން މަޑުނުކޮށް ޒައިޝާ ބާރުބާރަށް ދާން ހިނގައިގަތީ ލަސްވެއްނެނަމަ މަންމަ ކަންބޮޑުވާނެކަން އެނގޭތީވެއެވެ. އޭނާއަވަސް ފިޔަވަޅުތަކެއްގައި ހުރެ ޖެހިގެން ހުރި ގޯޅިލަނބާލި ވަގުތު އެގޯޅިން ނުކުތްމީހަގެ ގައިގައި ޖެހިފައޭނާ ވެއްޓުނެވެ. އެވަގުތު އެޒުވާނާގެ އެއްކޮނޑުގައި އަޅުވާފައިވާ ދަބަސް ވެސް ވެއްޓުނެވެ.

ވަޓް ދަ ހެލް.. އިވުނު އަޑާއެކު ޒައިޝާއަށްބަލާލެވުނެވެ. ޒައިޝާ އަަވަސްއަވަހަށް ބިންމަތިން ތެދުވަމުން އޭނަ އާއި ދިމާލަށް ބަލާލިއިރު އޭނަ ދަބަސް ނަގައިގެން ތެދުވަނީއެވެ. އެޒުވާނާގެ ރުޅިވެރި އަޑު އިވިފައިވެސް ޒައިޝާ ޖެހިލުންވިއެވެ.

ތަންކޮޅެއްބަލައިލައިގެން އުޅެބަލަ.. އެޒުވާނާ ރުޅިވެރިކަމާއެކު އެހެންބުނަމުން ޒައިޝާއާއި ދިމާލަށް ބަލާލިކޮތަށް ހުއްޓުންއެރިއެވެ.

ސޮރީ. ގަސްތަކުނޫން.. ޒައިޝާ އެހެންބުނުމަށްފަހު އަވަސް އަވަހަށް ހިނގައިގަތެވެ.

އިހަށް މަޑުކޮށްބަލަ.. ޒައިޝާ އެޒުވާނާ ފަސްދީހިނގައިގަތްތަނާ އޭނަ ގޮވާލިއެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cataanik

Level 210 Stories100 Login

Other Articles

Previous

އެކްޓަރ (ޕާޓް 19)

Next

މަޢާފް އެދެމުން 9

Next
May 22, 2025

މަޢާފް އެދެމުން 9

Previews
May 21, 2025

އެކްޓަރ (ޕާޓް 19)

4 Comments!

  1. leeshaa says:
    May 22, 2025 at 5:19 pm

    heyy cataanik!!
    mi part vx vrh reethi Masha Allah
    umm dialogue thakuga komaa koalhi beynun kureema it will be easier to read
    when next part??
    take care 💜

    1. cataanik says:
      May 22, 2025 at 7:05 pm

      Thankyou for commenting. I hope you like it. 💜

  2. Shaf_maan says:
    May 22, 2025 at 7:00 pm

    Yes leesha buni gothah dialogues thakuga koma koalhi use kuryma it’ll be easier to read
    And mi stry hama vrh reethi Maasha Allah
    Tc
    Lysm 💜💜

    1. cataanik says:
      May 23, 2025 at 6:18 am

      Thankyou for commenting i hope you like it

Comments are closed.

Next Episodeޒައިޝާ 3←


All Right Reserved!