Skip to content
އެސްފިޔަ

ޒެވިއަން 18

ރެއަކީ 14 ވަނަ ވިލޭރޭކަމަށް ވުމުން ހަނދުގެ ރިހިއަލިން މުޅިތަން ވަނީ ދިއްލާލާފައެވެ. އޭރު ރާޅު ޖަހަ އަޑު އިވޭތީވެ ހުރެވުނީ އަތިރިއެއްގައިކަން ނުހާއަށް އެނގުނެވެ. ނުހާ އަތުގައި ފިރުމާލަމުން ނުހާގެ ލޮލުގައި އަޅުވާފައި އިންފޮތިކޮޅު މޮހާލިއެވެ. އެއާއި އެކު ފެނުނު މަންޒަރުން ނުހާއަށް އަނގަމަތީގައި އަތް އެޅުނު އިރު، ދެލޮލުގައި ކަރުނަ ފާއްދާލިއެވެ.

ނުހާ ކުރިމަތީގައި ދިގު ބިއްލޫރިއެއް ބާއްވާލެވިފައިވީ އިރު އެބިއްލޫރިގަނޑު މަތީގައި ރަތް ފިނިފެންމާ ހުއްޓެވެ. ބިއްލޫރިގަނޑު ނިމިފައި އިން ހިސާބުގައި ރަތް ފިނިފެންމަލުން ޖަރީކޮއްފައިވީ ހިތެއް އިން އިރު އޭގެ މެދުގައި “ނިއޯން ސައިން ލައިޓްސް” އިން “ވިލް ޔޫ މެރީ މީ” ޖަހާލާފައިވިއެވެ.

ނުހާގެ އަތުގައި ހިފާ ޒެވިއަން ހިނގައިގަތީ އެދިމާލަށެވެ. “ކަމުދޭތަ؟” ނުހާގެ އުނަގަނޑުގައި ހިފާލަމުން ޒެވިއަން އެއްސެވެ.

ނުހާ ބޯޖަހާލިއެވެ. އެއާއި އެކު ޒެވިއަން ހިނިތުންވެލާފައި އެއްފައި މައްޗަށް ތިރިވިއެވެ. އަދި ޖީބުގައި އޮތް ފޮށި ނަގާ ހުޅުވާލިއެވެ. އޭގައި އިނީ ރިހިކުލައިގެ އަނގޮއްޓިއެވެ.

“ޒެވް ނޫއާއި އެކު އުޅޭތާ 30 ދުވަސް ވެއްޖެ. ޒެވްގެ ހަޔާތުގެ ތެރެއަށް ނޫއައީ ހީހީފައި. މިހާރު ދުނިޔެ ހަޅޭއްލަވާއިރުވެސް ނޫގެ ނަން ނޫން އެހެން އެއްޗެއް ޒެވްއަކަށް ނީވޭ. ޒެވް ދުވަހަކުވެސް ހިޔެއް ނުކުރަން ލޯއިތްބަކީ މިކަހަލަ އެއްޗެއް ކަމަކަށް. އެކަމަކު.. މިހާރު ނޫތިއީ ޒެވްގެ ހުރިހާ އެއްޗަކީވެސް. ދެން ޔެސް އައި ނޯ. ނޫއަށް 18 އަހަރުވާން 3 މަސް އަދި އެބައިން. އެކަމަކު ޒެވް އެކަމަކަށް ފަރުވާލެއް ނުބަހައްޓަން. ގާނޫނުގައި ތިން މަސް މަޑުކުރަން އޮތަސްވެސް ޒެވް އިންނަން މިއަހަނީ ގާނޫނު ގާތަކު ނޫން. ނޫގާތުގަ. ނޫ. ޕްލީޒް ބީ މައިން. ދެމީހުންގެ ހަޔާތަށް އަންނަ އަލިކަމާއި، އަނދިރީގެ ތެރޭގައިވެސް. އަބަދުގެ އަބަދަށް ޒެވްގެ މީހެއްގެ ގޮތުގައި ހުރެދީ. އަހަރެމެން ދެމީހުންނަކީ އުފާވެރިކަމާއި އެކު ނިމޭނެ ކަހަލަ ވާހަކައެއްނޫން. އަބަދަށްޓަކައި ކުރިއަށް ދާނެ ވާޙަކައެއް. އިންޝާ ﷲ މިދުނިޔޭގައިވެސް، ދެން ދާން އޮތް ދުނިޔޭގައިވެސް. އަލިފާނުގައިވިޔަސް، ރަނުގައިވިޔަސް. ތިއީ ޒެވްގެ އުފަލަކީ. ދިރުމަކީ. ޒެވްގެ ފުރާނައިގެ ދިރުމަކީތިއީ. ޒެވްގެ ބައިވެރިޔާއަށް ވެދީފާނަންތަ؟ މުޅި އުމުރަށް”

ޒެވިއަންގެ ވާހަކަ ކޮޅު ނިމުނު އިރު ނުހާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ހިނިތުންވެލާފައި ނުހާ ބޯޖަހާލިއެވެ. ޒެވިއަން ތެދުވެ ނުހާގެ އަތުގައި އެއަންގޮއްޓި އަޅުވާލަދިނެވެ. “އައި ލަވް ޔޫ ސޯ މަޗް” ނުހާ ކަރުނައިގެ ތެރެއިން ބުނެލިއެވެ. “އައި ލަވް ޔޫ މޯރް” ނުހާގެ ކޯތާފަތުގައި ފިރުކެމުން ދިޔަ ކަރުނަތަށް ފުހެލަދެމުން ޒެވިއަން ބުންޏެވެ.

“އައި ވިލް އޯލްވޭސް ލަވް ޔޫ މޯރް” އެއް އަތުން ނުހާގެ ހަށިގަނޑު ކައިރި ކޮއްލާފައި، އަނެއް އަތުން ނުހާގެ ކަރުގައި ހިފަމުން ޒެވިއަން ބުންޏެވެ. “ހެހެ އާރް ޔޫ ޓްރައިންގް ޓު ކިލް މީ ނައު؟” ނުހާ ހީލާފައި އެއްސެވެ. “ހެހެ ނޫނޭ. އައިމް ގޮއިންގް ޓު އީޓް ޔޫ” ސީދާ ނުހާގެ ދެލޮލަށް ބަލާލަމުން ޒެވިއަން ބުންޏެވެ. އަދި ހަމަ އެސިކުންތުގައި ނުހާއަށް ބޮސް ދިނެވެ.

އިލްޔާއާއި ޝަޔަން ނިދައިފި ކަން ޔަގީން ކޮއްފައި ޝަނުމް ކޮޓަރި ޖާލިދޮރުން ނުކުމެގެން ދިޔައެވެ. އިރުއިރުކޮޅާ ފަހަތް ބަލަމުން ދިޔަ އިރު ހީވަނީ ވައްކަމެއް ކުރަން ދިޔަ ހެންނެވެ. ޝަނުމް ގޮސް މަޑުކޮއްލީ ފަންގެއެއްގެ ތެރޭގައެވެ. އޭރު އޭނާގެ އިންތިޒާރުގައި އޭތާގައި އަންހެން ކުއްޖަކު އިނެވެ.

“ފައިނަލީ! މިދިމާވީދޯ ހެހެ” ޝަނުމްގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ކައިލީން ބުނެލިއެވެ. “ހެހެ ޔެސް” ކައިލީންގެ ނިތުގައި ބޮސް ދެމުން ޝަނުމް ބުންޏެވެ. “ޔަލާންއާއި ދިމާވި މިއަދު” އެތަނުގައި އިން ޖޯލީގައި އިށީންނަމުން ޝަނުމް ބުންޏެވެ. “ދެން؟ ޔަލާން ދެއްކިތަ ކައިލީ ވާހަކަ؟ ކްލާސް ކުދިން ކިޔާ އަދިވެސް އޭނަ ހުންނަނީ މަށާ ހެދި މޮޔަވެފައޭ” ފޫހި ރާގެއްގައި ކައިލީން ބުންޏެވެ. “ނޫން ނުދައްކާ. އޭނަ އަސްލު އަންހެން ކުދިން ވާޙަކަ ދައްކާނީ ޒެވްއާއި ލާޔާ ގާތުގަ އެކަނި” ޝަނުމް ބުންޏެވެ. ކައިލީން ބޯޖަހާލިއެވެ.

“އެކަމް ކައިލީއަކަށް ކަމަކު ނުދޭ ޝަނޫ އޭނައާއި އެހާ ގާތްކޮށް އުޅޭކަށް” ކައިލީންގެ ޖުމްލައާއި އެކު ޝަނުމް ހައިރާން ވިއެވެ. “ވަޓް؟ އެކަމަކު ވީ އާރް ކަޒިންސްއެއްނުން” ޝަނުމް ބުންޏެވެ. “ސޯ ވަޓް؟ އޭނަ ހޭބަލި ވާނެ އަހަރެމެން ރައްޓެހިވެގެން އުޅޭ ކަން އެނގުނިއްޔާ. ބްރޭކް އަޕް ވީއިރުވެސް ކައިލީ ބުނީ ޔަލާންއަށް ރައްޓެހިވީ ޑެއާރް އެއް ފުލް ކުރަންށޭ. އަސްލު ކައިލީ ބްރޭކް އަޕްވީ ޝަނޫއަށް ރައްޓެހި ވާން ކަން ޔަލާންއަށް އެނގޭ ދުވަހަކުންނޯ؟”  ކައިލީން ބުންޏެވެ.

“ނޭނގޭނެ. މިކަން އަބަދުވެސް ބާއްވާނީ ސިއްރެއްގެ ގޮތުގަ. އަހަރެންވެސް، ކައިލީވެސް އެކަކު އަނެކަކު ދެކެ އަބަދުވެސް ލޯބިވީ. ޔަލާން އެއީ އަހަރެމެންގެ ގުޅުމަށް އެޅުނު ކަޅު ވިލާ ގަނޑެއް. ނަމަވެސް ދެން އެހެން ނުވާނެއްނުން؟ ޔޫ ވިލް އޯލްވޭސް ބީ މައިން” ކައިލީންގެ ކޮލުގައި ފިރުމާލަމުން ޝަނުމް ބުންޏެވެ.

ކޮޓަރި ތެރޭގައި އޮތް ޔަޝްއަލް އޮތީ ފޯނުން މާވީއާއި އެކު ނަގާފައިވީ ފޮޓޯތަށް ބަލަމުންނެވެ. ދުވަހަކީ ޔަޝާއަށް 1 މަސްވީ ދުވަސްކަން ޔަޝްއަލްއަށް އެނގެއެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް ޔަޝްއަލްއަށް ޔަޝާ ފެނިފައިވެސް ނުވެއެވެ.

“ޓޮއް ޓޮއް” ކޮޓަރީގައި ޓަކި ޖަހާލީ އަޑަށް ޔަޝްއަލް އަވަސް އަވަހަށް ކަރުނަތައް ފުހެލިއެވެ. “ނުވަންނާތި” ޔަޝްއަލް ބުންޏެވެ. ނަމަވެސް ދޮރު ހުޅުވާފައި އަރޫޝާ ވަނެވެ.

“ކީއްކުރަން ތިއައީ؟” ޔަޝްއަލް އެއްސެވެ. “މިވަރުންވެސް ދަރިފުޅުގެ ހިތުގައި މަންމަދެކެ އަހިސްފައިވީ ރުޅި މަޑުވޭތޯ…” އަރޫޝާ ދިއްކޮއްލީ ސިޓީ އުރައެކެވެ. “މިއީ ޔަޝާގެ ފޮޓޯތަކެއް. ތިއީ މިއަދު މާވީ ޔަޝާ ކިރަން ގޮސް އުޅުނު އިރު ނެގި ފޮޓޯތަކެއް.” އަރޫޝާ ބުނެލިއެވެ.

“މަންމައަކަށް ނެތް މާވީގެވެސް އަދި ޔަޝާގެ ވެސް ނަން ބުނެލުމުގެ ހައްގެއްވެސް. ނިކުމޭ މިތަނުން” އަރޫޝާ އަތުން ސިޓީ އުރަ އަތުލާފައި ޔަޝްއަލް ބުންޏެވެ. އަރޫޝާ އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ދިޔައީ އެކަން އޭނާއަށްވެސް ގަބޫލު ކުރެވޭތީއެވެ.

އަރޫޝާ ނުކުމެގެން ދިޔުމުން ޔަޝްއަލް ކޮޓަރި ދޮރު ތަޅުލިއެވެ. އެނބުރި އެނދުގައި އިށީންދެ އަތުގައި އޮތް ސިޓީ އުރަ ހުޅުވާލިއެވެ. އޭގައި ހުރީ ޔަޝާއާއި މާވީގެ ފޮޓޯތަކެކެވެ. އެފޮޓޯތަށް ފެނި ޔަޝްއަލްގެ ދެލޮލުން ކަރުނަ ހިލުނެވެ. “އައިމް ސޮރީ ވީ. ވީއަށް އަހަރެންކަހަލަ މީހަކު ދެކެ ލޯބިވެވުނީތީ ވަރަށް ބޮޑަށް ސޮރީ.. ޔަޝާއަށް އަހަރެން އުޅުނު ކަހަލަ ދިރިއުޅުމެއް ނުދެއްޗޭ…” ރޮމުން ރޮމުން ޔަޝްއަލް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. gurrrl_8

    Mashallah shiherrr mi part ves vrh nice 😊
    Finally xev en nuhaa 😍
    Shanum is dating kaileen
    N maavi aa yashal gulhuvahche
    They both are made for each others
    Btw when next??? 🤔
    I’m so curious 🥹🥹
    Keep it up
    Lyy❤️❤️
    Tc shiherrr ❤️❤️❤️

    1. shihaamaa ali
      gurrrl_8

      hehe jazaakallah khairan dearr
      lets see dhw what happens hehe stayy tuned
      ilyytttt

  2. Your fav bab

    Luv it!!!! Maashaa Allah varah furihama!!
    I ah invite kuracheyy zev ge wedding ah dhen enme avahah onnaanee zev ge wedding viyya! ZEV WEDS NUHA
    Alhe yashal ge past eh ves ovey dhw?! Hmm… No wonder he left maavi for that reason ig?!
    Ly💗
    When next?
    Dying to know what’s gonna happen next!

    1. shihaamaa ali
      Your fav bab

      jazaakallah khairan
      haha yaassss shihaa vess dhaanan hehehehehe
      hehe ehn kmh thaa e v shihaa akah neynge hehehehe
      stay tuned, ilytt

  3. aanaa

    Masha allah mi parttt vsss vrhh reeethiiii
    Alheyyy xev haadha rommm eyyy..
    xev heevany shaairee basthah huri fotheh hithudhaskohgn hurihnnn….
    kaileeen?????eii kaakuuuu???..shihaaa immm sooo curiousss… sry enge ehaa lahun cmnt kohlevunyma….mi part up vithaa irukolheh fhn kiii..ekm tuition othyma cmnt kohlaane time nuvyyyyy😭once again mi parttt vr reethiii..i appreciate ur hard wrkkkk..alhuganduge spt abdhvs shihaa ah libeyne…thihaa bxy koh ulhemunvs knme dhuvahakuvs vhk kiyaalan libeythyyy vrh vrh vrhhhh bodukoh thnkuuuu…curiouslyy waiting for the nexttt..whn nextt???tccc lyyyy❤

    1. shihaamaa ali
      aanaa

      jazaakallah khairan aanaa
      hehe ikrrrr..
      kaileen is yalaan’s ex hehe. the only girl yalaan loved. hehe
      hehe its okayy dearrrr
      jazaakallah khairan dearrrr
      ilytttt tc 2

Comments are closed.