Skip to content
އެސްފިޔަ

ފޮހެވޭނޭ ބާއޭ… 27

”އިރާދަކުރެއްވިއްޔާ މިދަތުރު ނިމިގެން ދާއިރު އިޒްކާންއާއި ޔަޝްމްގެ ގުޅުން ކުރިއަށް ވުރެ ބޮޑަށް ބަދަހިވެގެން ދާނެ، އަދި އެމިޝްޔާ މަތިން ހަނދާންކޮށްލަން ވަގުތެއް ވެސް އިޒްކާއަކަށް ނޯންނާނެ…” ބަލްޤީޝްގެ ލޮލުގެ ވިދުން ގަދަ ވެގެން ދިޔައެވެ. އޭނަ ބަލަހައްޓައިގެން ހުރީ ކުދިވެރިން ދިޔަ ދިމާއަށެވެ. ހިތްހަމަޖެހިލެގައިގެން އެދިމާއަށް ބަލަން ހުރެވުނެވެ. ދެން އޭނަ ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރެވުނުތޯ ބަލާށެވެ.

ޓެންޓް ކައިރީ ހުރި ފަލަކް ހުރީ މޫނު ބަނަކޮށްލައިގެންނެވެ. ސަބަބަކަށް ވީ އަމަލް ޔޫޝައުއާއެކު ދިއުމުންނެވެ. މަންމަ އެކަން މައްސަލައަކަށް ނުފެނުމުން އޭނަގެ ރުޅިގަނޑު އިތުރަށް ގަދަ ވިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަން ހިތަށް އެރިއެވެ. ރުޅިއައިސް މީހާ ތުރުތުރުއަޅަން ފެށިއެވެ.

”އެކާޅުގަނޑު ހުންނަނީ އަހަންނާ ޖައްސާލާފަ، ހުރެބަލަ ކަލެއަށް ވަރުގަދަ ލަނޑެއް ދޭނަން، ހެޔޮ ކޮންމެ ދުވަހަކުން ދެވުނަސް…” ފަލަކް ދަތްކުނޑިވިކާލިއެވެ. އޭނަ ޔަޝްމް ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ޔަޝްމް އެގެއަށް އައި ފަހުން އޭނަގެ ޚަޔާތަށް ބަދުނަސީބުކަމުގެ އިރު އަރައިފިއެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އޭނައަށް ދިން ލަނޑު ހިތަކުން ފިލައިގެން ނުދެއެވެ. ގޭގެ ހުރިހާ ނޯކަރުން ކުރިމަތީގައި އޭނައަށް އޮތް ބިރު ކަނޑުވާލީއެވެ. ބަލްޤީޝް ވެސް ޔަޝްމް އާސްމަނުގައި ބަހައްޓައިގެން އުޅޭތީ އޭނަ ވަކިން ފޫހިވެއެވެ. ރީތިކަމެއް ލިބިފައިވާ އަންހެނެއް ވެސް ނޫނެވެ. ފަލަކް ހިތާހިތުން ކުދިކިޔައިގަތެވެ. އެހެން ހުއްޓާ މާހުތާބް ދެފަހަރަކު ގޮވާލުމުން ވެސް އަޑެއް ނީވުނެވެ. ނޫނީ ދެނެ ހުރިކަމަށް ހަދާނުލީއެވެ. ސިހުނީ ތަންކޮޅެއް ކައިރިއަށް އައިސް މާހުތާބް ގޮވާލުމުންނެވެ.

”ކިހިނެއްވީ؟…” ފަލަކްއަށް ބުނެވުނެވެ.

”ތިތާ ނުހުރެ އާދެބަލަ މަންމައަށް އެހީވެދޭން…” މާހުތާބް ބުންޏެވެ.

”އަހަރެން؟…” ފަލަކް ދެލޯ ބޮޑުކޮށްލިއެވެ. އަދި ސާރާ އަށާއި ލިވީއަށް އިޝާރާތްކޮށްލިއެވެ.

”ބަލަ އެންމެ ދުވަހަކު މަސައްކަތެއްކޮށްލިއްޔާ ކީއްތަ ވާނީ، އެހެންނޫނަސް ދެން މިއަދުން ފެށިގެން ދަރިފުޅު އުޅޭނީ ނުލާހިކު އުފާވެރި ދިރިއުޅުމެއްނު…” މާހުތާބް މިފަހަރު ވާހަކަދެއްކީ ވައި އަޑަކުންނެވެ. ނުދާން ހުރެފައިވެސް ފަލަކް ދިޔައެވެ. މަސައްކަތަކާއި ހަވާލުވުމުން ހިނދުކޮޅަކަށް ވިޔަސް ޔޫޝައުގެ ހަނދާން ތަކާ ދުރަށް ދެވިދާނެ ކަމަށް އުއްމީދުކޮށްފައެވެ.

”ފަލަކްގެ ކޯސް ނިމެނީ ކޮން ދުވަހަކުތަ؟…” ބަލްޤީޝް އެހިއެވެ. ”އަންނަ އަހަރު…” ފަލަކް ޖަވާބު ދިނެވެ. ބަލްޤީޝް ފަލަކްގެ ކިޔެވުމާއި ގުޅޭ ގޮތުން ސުވާލުކޮށްލުމަށްފަހު ދިޔައީ ރަސަލްއަށް ނާސްތާ ހިފައިގެންނެވެ. ދެމަފިރިން އެކުގައި ތިބެ ނާސްތާކޮށް ނިންމާލިއެވެ.

****

ޔަޝްމްއާއި އަމަލް ތިބީ ދޮންވެލިގަނޑު މަތީ އިށީންދެލައިގެންނެވެ. އެހިސާބުގަނޑުގައި ގުގުމާލާފައި އޮތީ ރާޅުގެ ލުއި މިޔުޒިކީ އަޑެވެ. ދުރުން ފަރުމައްޗަށް ބިންދާލާ ރާޅުތައް ކުޑަ ބާނީތަކާއެކު އައިސް ގޮނޑުދޮށަށް ބީއްސާލައެވެ. މާރަނގައާއި ވައްލައިގެ އަޑު ދުރުން ފެންނަން އޮތް ފިނޮޅުގެ ދިގު ރާސްތާގެ ދުރުމިނުގެ ތެރޭން ފުރޭނިގެން އައިސް އިވިއިވި ހުއްޓެވެ. އޭރު މާކަނައެއް ވެސް އާނެއްގެ މަތީ ފާރަވެރި ކަމާއެކު މޫދަށް ބަލަހައްޓައިގެން އިނެވެ.

ޔޫޝައުއާއި އިޒްކާން ތިބީ މޫދަށް އެރިއެވެ. އުނަގަނޑާ ހަމައަށް ލޮނުގަނޑު އޮތް ހިސާބުގައި ދެބެއިން ތިއްބެވެ. ކަންވާރު އެއްލާލައިގެން ތިބިއިރު ދެބައިން ވެސް ތިބީ ވާހަކައެއްގައެވެ. ދޭތެރެއަކުން ދެމީހުން ހީގަންނަ އަޑު އިވޭނެއެވެ. އިޒްކާންއަށް އައި ބަދަލާ މެދު އެންމެ ބޮޑަށް އުފާވެފައި ހުރީ ޔޫޝައު އެވެ. އިޒްކާންގެ ކުރީގެ ސަކަ މިޒާޖު އަނބުރާ އަންނަން އުޅޭހެން ވެސް އޭނައަށް ހީވިއެވެ. ހިތާހިތުން ދުޢާ ކުރެވުނީ ބޭބެއަށް ދުނިޔޭގެ ހުރިހާ އުފަލެއް ދެއްވުމަށް އެދިއެވެ. އެއުފާތަކާ ގުޅިފައިވާ ފަރާތް ބޭބެ ހަޔާތަށް އެނބުރި އައުމަށް އެދިއެވެ.

”އިޒްކާން ވަރަށް ހެޕީވެފަ ހުރިހެން ހީވަނީ، މިނޫނީ އޭނަ ހިނިތުންވެފައި ހުރިތަނެއް އަހަރެން ނުދެކެން…” އަމަލް ބުންޏެވެ.

ޔަޝްމްއަށް އަމަލްގެ ވާހަކައަށް ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ޚިޔާލުގައި ވަނީ މިޝްޔާއެވެ. މިދުވަސްކޮޅު އޭނައަށް އެހެން އެއްވެސް ކަމަކަށް ފިކުރު ހިންގާލުމަށް ވަގުތެއް ނުވެއެވެ.

”ޔަޝްމް، އަހަރެން މިކިޔާ އެއްޗެއް އަޑު އެބައިވޭތަ؟…” ޔަޝްމްގެ އަތުގައި ވިކާލަމުން އަމަލް އެހިއެވެ.

”ކީކޭ؟…” އަތުގައި ފިރުމާލަމުން ޔަޝްމްއަށް ބުނެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލެވުނެވެ.

”ކާކުގެ ޚިޔާލަކަށް ގެއްލިފަ؟ އިޒްކާންގެތަ،  މިހާ އަވަހަށް ލައިކް ވީތަ؟….” ދިމާކުރާ ރާގަކަށް އަމަލް ބުންޏެވެ. އެއާއެކު ޔަޝްމް ހިތްހަމަ ނުޖެހުނެވެ. އިޒްކާންއާއި އޭނަ އަޅުވާނުކިޔުމަށް ބުނަން ބޭނުންވި ކަމުގައި ވިޔަސް ދުލަކާ ހަމައަށް ނައެވެ. އޭރުން އަމަލްއަށް ޝައްކުވެ ސުވާލުތައް ފެންމަތިކުރަން ފަށާނެއެވެ. އޭރަށް ކަރުތާފެނުގެ ތެރެއަށް ގެނބިގެން ދާނީ އޭނައެވެ.

”ހޫނނނ، ދެން ހުއްޓާލަބަ…” ޔަޝްމް ބުނެލިއެވެ.

”ކީއްވެ ހުއްޓާލަން ވީ، ކަމް އޯން، މަޖަލަކަށް ބުނި އެއްޗެކޭ އެއީ، ޔުމްގެ ކޯސްކަންތައް ނިމިނެއްޖެތަ؟…” އަމަލް ވާހަކަ އަނބުރާލިއެވެ.

”ކޮންމެ ފަހަރަކު އަމަލް ބުނީމަ ހަނދާން ވަނީ، އަދި އެކަމާ އުޅެން އެބަޖެހޭ، މާދަން ދާނީ، އެކަމަކު ފޮޓޯ ނަގަން ވެސް އެބަޖެހޭ، އަނެއްކާ އަމަލްގެ ފުރުން ވެސް އޮތީ މާދަމާ…” ހާސްކަމާއެކު ޔަޝްމްއަށް ބުނެވުނެވެ

”ރިލޭކްސް ގާރލް، ފުރުން އޮތީ ހެނދުނު ގަޑީގައެއްނު، އަހަރެން ފުރުވާލާފަ އައިސް ވެސް އެކަމާ އުޅެވިދާނެއެއްނު…” ޔަޝްމް ހަމައަކަށް އަޅުވަން އަމަލް ބުންޏެވެ. ޔަޝްމް އަމަލްއާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

”މޫދަށް އެރޭ ހިތެއް ނުވޭތަ؟…” އަމަލް އެހިއެވެ.

”އަދި ފަހުން، މެންދުރު ކައިގެން އެންމެން އެއްކޮށް އެރޭނީ އޭރުން މަޖާވާނީ ވެސް،  އައި މިސް ހޯމްލޭންޑް…” ޔަޝްމް ބުނެލިއެވެ. ”ޔާހ، މިއަށް ވުރެ ރީތި މޫދެއް އޮވޭ…” އަމަލް ވެސް އެއްބައި ވެލިއެވެ. ދެއެކުވެރިން ހުއްޓާލުމެއް ނެތި އަނގަތަޅަން ތިއްބާ ޔޫޝައުމެން މޫދުން އަރައިގެން އަންނަތަން ފެނުނެވެ. ޔަޝްމް ސަމާލުކަމެއް ނުދިނެވެ.

”މަހެއް ނުބޭނުނުދޯ؟…” އަމަލް އެހިއެވެ. ”އާނ، މެންދުރު ގަޑީގަ ދެން އަންނާނީ…” ޔޫޝައު ޖަވާބު ދިނެވެ.

ޔޫޝައު ވާހަކަ ދެއްކިކަމުގައި ވިޔަސް ޖަވާބު ދީ ހެދީ އަމަލްއެވެ. ޔަޝްމް އިންގޮތަށް ވެލިގަނޑާ ކުޅެން އިނެވެ. ޔޫޝައު ޔަޝްމްއާ ސުވާލެއްކޮށްލިއެވެ. ޖަވާބު ލިބުނީ އިރުކޮޅެއް ފަހުންނެވެ.

”ޔަޝްމް ހާދަ ބަދަލުވެއްޖެޔޭ މާލެ އާދެވުނީމަ…” ޔޫޝައު ސަމާސާ ރާގަކަށް ބުންޏެވެ. ޔަޝްމް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. ޔޫޝައު އޭނައާ މިވީހާ ދުވަހު ވާހަކަނުދައްކާ ހުރެފައި ވާހަކަދެއްކުމުން ހައިރާންވިއެވެ. އިރުކޮޅެއް ވަންދެން އެތާ ތިބެފައި ދެޒުވާނުން ހިނގައިގެންފިއެވެ.

”ޔުމް މިތާ މަޑުކުރަނީތަ؟… ޖިންނިއެއްއައިސް ގެންގޮސްދާނެ…” އަމަލް ތެދުވެލަމުން ބުންޏެވެ. ”އައި ވުޑް ލަވް އަ ގޯސްޓް ލަވާރ، އޭރުން އަހަރެން ބޭނުންވާ ކަންތައް ޓަސްލާފަކޮށްދޭނެ އެއްނު، އަދި އެހާ ޑްރީމީ ވާނެ…” ޔަޝްމް ހިނިތުންވުމަކާއެކު ބުންޏެވެ.

”އެއްކަލަ މީހާ މޮޔަވީދޯ، ދެންވެސް ތިތަދުން ތެދުވާން އުޅެބަލަ، މިރޭ ވާނެ ދޯ ބިރުވެރި ފިލްމެއް ބަލާލަން…” ޔަޝްމްގެ އަތުގައި ހިފާ ދަމަމުން އަމަލް ބުނެލިއެވެ. ”މިތެދުވަނިއްޔޭ…” ޔަޝްމް ބުންޏެވެ. އޭރު އިޒްކާން އާއި ޔޫޝައު ފެންނަ ހިސާބެއްގައި ވެސް ނެތެވެ. ދެޒުވާނުންގެ ފިޔަވަޅުތަކަށް ފާރަލަމުން ޓެންޓް ހުރި ހިސާބަށް ދެވުނެވެ.

****

މެންދުރަށް ކެއްކުމުގައި އަމަލްއާއި ޔަޝްމް ބައިވެރިވިއެވެ. މިކަމާ ހުރެ އެންމެ ބޮޑަށް އުފާވީ މާހުތާބް އެވެ. އޭނަ ކުރަން ހުރި މަސައްކަތްތައް ލުއިވުމާ ގުޅިގެންނެވެ. އަދި އޭނަގެ ރޭވުމަށް އިތުރު ފުރުސަތުތަކެއް ވެސް ލިބުމުންނެވެ.

މެންދުރަށް ކެއްކީ މަސްބަތެވެ. މަސްބަތާއެކު ތެލުލީ ރިހާކުރުވެސް ހުއްޓެވެ. އަދި ތެއްލި ކުކުޅު ވެސް މެއެވެ. ފޮނިއެއްޗަކަށް ތައްޔާރުކުރެވުނީ ކަސްޓަޑް އެވެ. މެންދުރުގެ ކެއުން ކުރިއަށް ދިޔަ ވަގުތު ތަފާތު ވާހަކަތައް ދެކެވުނެވެ. އުފާވެރި މާހައުލެކެވެ. އިޒްކާން ވެސް ބައިވެރި ވިއެވެ.

މެންދުރުގެ ކެއުން ނިމި ތަށިތައް ނެގުމާއިގެން ސާރާ އާއި ރޫބީ އުޅުނެވެ. މާހުތާބް ހުރީ ފުން ވިސްނުމެއްގައެވެ. އޭނަ އިރުއިރުކޮޅާ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާނެއެވެ. ކޮންމެވެސް މޮޅު ރޭވުމެއް ރާވަމުން ދާ ކަހަލައެވެ. އެއަށް ފަހު އޭނަ ބަލާލީ ތަންކޮޅެއް ކައިރީ އިޒްކާންއާއެކު ހުރި ޔޫޝައު އަށެވެ. ދެޒުވާނުން ތިބީ މަސްބާނަން ދާން ތައްޔާރު ވާށެވެ. ބަލްޤީޝްއާއި ރަސަލް ތިބީ ފުނަގަސް ދޮށުގައި ފަތުރާލެވިފައިވާ ކުނާ މަތީ އިށީންދެލައިގެންނެވެ. ޔަޝްމްއާއި އަމަލް އުޅުނީ ތަށިދޮވުމުގައި އެހީވެދޭށެވެ.

”ސާރާ! މިތާސް ވެސް ދޮންނަން ޖެހޭނެއޭ…” މާހުތާބް ގޮނޑުދޮށްކައިރީގައި ހުރި ސާރާއަށް ބާރަކަށް ގޮވާލިއެވެ. ސާރާ ކުރަން ހުރި މަސައްކަތް ހުއްޓާލަމުން އައެވެ. އެއާއެކު މާހުތާބް އިޝާރާތްކޮށްލީ ކުކުޅު ތެއްލި ތާހާ ދިމާއަށެވެ. އެއަށްފަހު މާހުތާބް ބުނީ ފަލަކް ގާތު ސާރާއަށް އެހީވުމަށެވެ.

”މީގަ ހުރި ތެޔޮ؟…” ސާރާ އެހިއެވެ. އެއާއެކު މާހުތާބް ޖަވާބު ވެސް ދިނެވެ. ހިތްހަމަނުޖެހުމާއެކުގައެވެ.

”ތީ ކުޑަ ފޮދެއްނު، ދެން މިތަނަން ތި ބަންޑުންކޮށްފިއްޔާ މިސަރަހައްދުގަ ދުވާނީ ތެޔޮވަސް…” މާހުތާބް ބުންޏެވެ. އަދި ފަލަކްއާ ނަޒަރުވަކިކޮށްލިއެވެ.

ފޮތިކޮޅެއްގެ އެހީގައި ސާރާއާއި ފަލަކް ތާހުގެ އަތްގަނޑުގައި ހިފައި ނެގިއެވެ. ވަކި ހިސާބަކަށް ނުދެވެނީސް ފަލަކްގެ ފައި އަރިއަޅާލައިފިއެވެ. އެއާއެކު ތާހުގައި ވި ތެޔޮ ބަންޑުންވެގެން ދިޔައިރު ޔޫޝައުގެ ފަޔަށް ވެސް ތޮޔެ އެޅުނެވެ. ޔޫޝައުއަށް ވީ ގޮތެއް ނޭގުނެވެ. އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. އަތުގައި އޮތް ކަންވާރުވެސް އަތުން ދޫވިއެވެ. ކޮންމެ ވެސް ވަރަކަށް ހޫނުކަން އެކުލެވިގެންވި ތޮޔެ ފައިގައި ޖެހުމުން ހޭބުއްދިފިލައި ދިޔަހެން ވެސް ހީވިއެވެ.

ސާރާ އާއި ފަލަކް ތިބީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭރު ތާސް އޮތީ ބިންމައްޗަށް ވެއްޓިފައެވެ.

”އާހް…” ޔޫޝައުއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އެންމެންގެ ސަމާލުކަން ޔޫޝައުއަށް ހުއްޓިގެން ދިޔައެވެ. ކައިރީގައި ހުރި އިޒްކާންއަށް ބާރަށް ބުނެވުނީ ފެންގެނައުމަށެވެ. މާހުތާބް އެކަން ކުރަން އަވަސް ވެގަތެވެ. ސާރާ ހުރީ ބިރުގެންފައެވެ. ރޮވެން ކައިރިވެފައެވެ. ހަމައެފަދައިން ފަލަކް ވެސް ލޮލަށް ކަރުނަ ޖަމާވިއެވެ. ޔޫޝައު ވޭނުގައި ވާ ތަން ފެނިފައެވެ.

ބަލްޤީޝްއަށް ރޮވެން ކައިރިވިއެވެ. އޭނަ ފަލަކްމެންނާ ދިމާއަށް އަޑުލިއެވެ.

ފެންހިފައިގެން އައުމުން އިޒްކާން ޔޫޝައުގެ ފަޔަށް ފެންއެޅިއެވެ. އެވަގުތު ޔޫޝައުއަށް ލޯމަރާލެވުނެވެ. ”ކުޑަކޮށް ފިހިފަ މިހުރީ، މަންމާ ހާސްނުވެބަލަ، ރަގަޅު ވެދާނެއޭ…” އިޒްކާން ބުންޏެވެ. ޔޫޝައު ދިޔައީ ވޭނަށް ކެތްކުރަމުންނެވެ.

‘ފަލަކްމެންނަށް ބަލައިގެން ނޫޅެވޭތަ؟… އޭތި ހިފައިގެން ދިޔުމުގެ ކުރިން އޭގެ ހުރި އެއްޗެއް ވިއްޔަ ހުސްކުރަން ނޭގޭތަ؟ ފަރުވާކުޑަވިޔަސް ތީދެން ބޮޑުވަރު…” ބަލްޤީޝް ހަޅޭއްލަވައިގަތެވެ.

”މޭމް ބުނީ ގެންދާށޭ…” ސާރާ ތުރުތުރުއަޅަމުން ދިޔަ އަޑަކުން ބުންޏެވެ. ސަރާއަށް ރޮވިއްޖެ އެވެ.

”ކުޑަ ތެޔޮފޮދެއް ހުރީމަ……”

”ދެން ހަވާލުވާނެ މީހަކު ނުހުންނާނެ! ނަސީބެއްނު އޭގެ ހޫނުކަން ކޮންމެވެސް ވަރަކަށް ކެނޑިފަ ހުރިކަން، އެހެންނޫންނަމަ ވާނެ ގޮތެއް ވެސް ނޭގޭ! މީގެ ފަހުން މަސައްކަތްކުރާއިރު ބަލައިގެން އުޅެން ހަނދާން ކުރާތި!…” މާހުތާބްގެ ޖުމްލަ ހުއްޓުވަމުން ބަލްޤީޝް އިއްވާލިއެވެ.

ފެނުގެ ސަބަބުން ތަދު މެދުމިނުގައި ހިފެހެއްޓުނެވެ. ބަލްޤީޝް ވެސް ޔޫޝައުއަށް ފަރުވާ ދިނުމުގައި އުޅެއެވެ. ބޮޑުކޮށް ފިހިފައި ނުވުމުން ބަލްޤީޝްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެން އޭނަ އެންގީ ފަސް އެއިޑް ބޮކްސް ގެނައުމަށެވެ. ފޮތިކޮޅަކުން ޒަޚަމް ސާފުކޮށްލަމުން ޔޫޝައުގެ ފައިގައި އެލޮވޭރާ ޖެލް އުނގުޅާލަދިނެވެ. އަދި ފިހިފައިވާ ހިސާބަށް ފުމެލިއެވެ.

ތަދު ކެނޑިގެން ނުދިއުމުން ޔޫޝައު ޕެއިންކިލާރއެއް ކިޔެވެ. އެއާއެކު މާހުތާބްގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދެން އޭނަ ފަލަކްއަށް ބޭސް ބަދަލުކުރަން ލޮލުގެ އިށާރާތުން އެންގިއެވެ. ފަލަކް ބޯޖަހާލަމުން ފަސްޓް އެއިޑް ބޮކްސް ނަގައިގެން ޓެންޓް ކައިރިއަށް ޖެހިލިއެވެ. އަދި ނިކަން އަވަހަށް އޭގައި އޮތް ފުޅި ހުސްކޮށްލަމުން އަތްދަބަހުގައި ހުރި ބޭސްތަށް އެއަށް ލިއެވެ. އަދި މަތިޖަހާލަމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. މިއިން އެއްވެސް ކަމެއް އެއްވެސް މީހެއްގެ ސަމާލުކަމަށް ނާދެއެވެ. ޔޫޝައުއަށް އެންމެންގެ ސަމާލުކަން ދެވިފައިތީއެވެ. އެއީ މާހުތާބްމެންގެ ރޭވުން ކާމިޔާބުކޮށްދޭން އުޅުނު އިތުރު ފާލަމެކެވެ.

”ހުރިހާ ކަމެއް ވެސް މިދަނީ އުއްމީދުކުރި ފަދައިން…. އޯހ ޔޫޝް އައެމް ސޮރީ ފޯރ ޑުއިންގް ދިސް…” ފަލަކްގެ ލޮލުގެ ވިދުން ގަދަވެގެން ދިޔައެވެ.

”ދަރިފުޅު ދެން އަރާމުކޮށްލާ…” ޔޫޝައުގެ ބޮލުގައި ފިރުމާލަމުން ބަލްޤީޝް ބުންޏެވެ. ޔޫޝައު ހިނިތުންވެލިއެވެ. ބޮލަށް އެނބުރުން އަރައި ބޭހުގެ އަސަރާ ހުރެ ޔޫޝައުއަށް ނިދުނެވެ. އޭނައަށް ނިދިމުން ފަލަކް ގަޑި ބަލާލިއެވެ. ވަގުތުގެ ބޭނުން ރަގަޅަށް ހިފުން އެއީ ރޭވުމުގެ މުހިންމު އެއްބައެވެ. ދެން އޭނައަށް ބޭނުންވަނީ މީހުން މަދު ހިމޭން މާހައުލެކެވެ. އެފުރުސަތު ވެސް ލަހެއް ނުވެ ފަހިވެގެން ދިޔައެވެ.

ހާސްކަން ކަނޑުވާލަން ޢާއިލާގެ މެންބަރުން ދިޔައީ މޫދަށެވެ. ފުން ހިސާބެއް ހޯދަން ދާން ޖެހުނީ ރަށުގެ އަނެއްކޮޅަށެވެ. މާގަދަޔަށް ފިނިވަނީ ކަމަށް ބުނެ އެންމެ ފުރަތަމަ ވެސް މޫދުން އެރީ ފަލަކް އެވެ. އޭނަ ހުރީ ކުރު ސޯޓު ކޮޅަކާއި ޓޮޕްކޮޅެއް ގައެވެ. އިސްތަށިގަނޑުގައި އަތްފުނާއަޅަމުން އައިސް އޭނަ އެއްގަމަށް އެރިއެވެ. ލަސްފިޔަވަޅުތަކެއްގައި އައިސް އޭނަ ޔޫޝައުއާ އަރާހަމަކޮށްލިއެވެ.

ފަލަކްގެ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ޔޫޝައުގެ މޫނުގައި ބޮސްދިނެވެ. ފަލަކް އިނީ ޔޫޝައުއާ ދިމާއަށް ގުދުވެލައިގެންނެވެ. ދެތިން ފަހަރު އެސްފިޔަތައް ތަޅުވާލަމުން ކުއްލިޔަކަށް ޔޫޝައު ލޯހުޅުވާލިއެވެ. އޭނަ ބަލަން އޮތީ ފަލަކްގެ ދެލޮލަށެވެ. އެއާއެކު ފަލަކްގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ޔޫޝައު ކައިރިއަށް ޖެހިލިއެވެ.

ޔޫޝައުގެ ތުންފަތަށް ފަލަކް ބޮސް ދިނުމާއެކު ނޭގޭ ބާރެއް ޔޫޝައުގެ އެތެރެހަށީގައި އުފަންވެގެން ދިޔައެވެ. ހިތާއިރުހުމުން ފަލަކްގެ އެއަމަލުގައި ބައިވެރިވެވުނެވެ. ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފަލަކް ދުރަށް ޖެހިލުމުން އޭނަގެ ދެލޮލުން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައެވެ. ފަލަކްގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އޭނަ ދުރަށް ޖެހިލުމުން ޔޫޝައު ތެދުވާން އުޅުނެވެ. ފައިގައި ރިއްސާކަމުގެ އިހުސާސެއް ނުވާކަހަލައެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ކުރިމަތިން ފެންނަން ހުރި ރީތި އަންހެންކުއްޖާއަށެވެ. އޭނައަށް ފަލަކް ސިފަކުރެވުނީ ދީމްގެ ގޮތުގައެވެ. އެހެން އެއްވެސްކަމެއް މަތިން އޭނަ ހަނދާން ނެތް ފަދައެވެ.

ފަލަކް ހިނގައިގަތީ ގަސްތަކުގެ ތެރެއަށެވެ. އޭނަގެ ފަހަތުން މޮޔައެއް ފަދައިން ޔޫޝައު އައެވެ. ވަކި ހިސާބަކަށް ދެވުމުން ދީމް ހުއްޓުނެވެ. އަދި އަތުގެ އިޝާރާތުން ޔޫޝައު ގާތު އައުމަށް އެދުނެވެ. ޔޫޝައު ގޮސް ހުއްޓުނެވެ. ފަލަކްގެ ހަރަކާތްތަށް އަވަހެވެ. އޭނަގެ ޔޫޝައުގެ ޓީޝާޓް ބާލަން އެހީވެދިނެވެ. އެފިރިހެންވަންތަ ހަށިގަނޑު ހާމަވެގެން ދިޔުމުން ދީމްގެ މެޔަށް ފިނިވިއެވެ. ހިތުގެ ތެޅުން ވެސް އަވަސް ވެގެން ދިޔައެވެ. އެތަނަވަސް މޭގައި ފިރުމާލެވުނެވެ. ފަލަކްގެ އަތް ތިރިވަމުން ގޮސް ޔޫޝައުގެ ބެލްޓަށް ދޫކޮށްލިއެވެ. އަދި ޔޫޝައު ލައިގެން ހުރި ސޯޓު ބާލަދޭން އެހީވެދިނެވެ. ޔޫޝައުގެ ބީހުންތަކުން ފަލަކްގެ ހަޤީޤީ މަޤްސަދު ހަނދާން ނެތިއްޖެއެވެ. އޭނައަށް ކަތި ފިޔަވަޅެއް އެޅުމާ ގާތަށް ދެވުނެވެ.

ޔޫޝައު ފަލަކްގެ ޓޮޕްގެ ކަރުވަޅުގައި ހިފާ ދަމައިގަތުމުން ޓޮޕް ހިސާބަކަށް ވީދިގެން ދިޔައެވެ. އެދޮން ހަށިގަނޑުގެ ވަނާތައް ފާޅުވެގެން ދިޔުމުން ޔޫޝައުގެ ލޭގެ ހިނގުން އަވަސް ވެގެން ދިޔައެވެ. ނޭވާ ފުންވިއެވެ. ގުދުވެލަމުން އޭނަ ފަލަކްގެ ކަނދުރާއަށް ބޮސްދިނެވެ. އެތުންފަތުގެ ހަދިޔާތަކުން ފަލަކްގެ ހިތް ވަނީ މަގުން ކައްސާލާފައެވެ.

”ދީމް…” ޔޫޝައުއަށް ބުނެވުނެވެ.

ފަލަކްއަށް ހަމަހޭވެރިކަންވީ ދެނެވެ. ޔޫޝައުގެ ޖުމްލަ ވެގެން ދިޔައީ މެޔަށް ވީއްލާލެވުނު ބާރު ގަދަ އެތިފަހަރެކެވެ. މޭގަނޑަށް ލޮޅުން އަރައި ލޮލުން ކަރުނަ ނީރާލައިފިއެވެ. މާ ދުރަށް ދެވިއްޖެކަން އޭނައަށް ރޭކާލީ ދެނެވެ.

ޔޫޝައުގެ މޭގައި އަތްއަޅާ ފަލަކް ދުރަށްކޮށްޕާލިއެވެ. ލިބެމުން ދިޔަ ހިތްހަމަޖެހުމުން މަހްރޫމްވުމުން ޔޫޝައު ގާތަށް ރުޅިއައެވެ. އޭނަ ދެން އިސްކުރަން ފެށީ ރުޅިވެރި ކަމާއި ހަރުކަށި ކަމެވެ.

ޔޫޝައު ފަލަކް ކައިރިއަށް ޖެހިލުމުން ފަލަކްގެ ތޫނު ނިޔަފަތިތަކުގެ ހަމަލާއެއް ޔޫޝައުގެ މޭމައްޗަށް އަމާޒު ވިއެވެ. އައި ގަދަ ރުޅީގައި ޔޫޝައުއަށް ވާން ކޮށްލެވުނީ ފަލަކްގެ އިސްތަށިގަނޑަށެވެ. އޭނައަށް ފަލަކް ސިފަވަނީ ދީމްގެ ގޮތުގައެވެ. މިހެންވުމުން ދީމްއަށް ވޭން ދޭން އޭނަގެ ޒަމީރު ބާރު އެޅިއެވެ. އޭނަގެ ހިތަށް ދިން އަނިޔާތަކުގެ ބަދަލު ހިފަން ބޭނުން ވިއެވެ. ގަދަކަމުން ވެސް އޭނަގެ ބޭނުން ފުއްދަން ބޭނުން ވިއެވެ.

ފަލަކް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އޭނަ ސަލާމަތަށް އެދީ ރޯން ފެށިއެވެ. ހޭރެންފެއްޓިއެވެ. މިއަޑު މޫދުގައި ތިބި އެންމެނަށް އިވިގެން ދިޔައެވެ. ލިބުނު ހައިރާންކަމާއެކު ބިރުވެރިކަން ވެސް ހިތަށް ވެރިވެގެން ދިޔައެވެ. މާހުތާބްގެ ހިތްތެޅިގަތީ އޮބިނޯންނަ ވަރަށެވެ. ފަލަކްއަށް ކަމެއް ވީ ބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭނައަށް ދުއްވައިގަނެވުނީ އެއްގަމާ ދިމާއަށެވެ. ކަމެއް ގޯސް ވެއްޖެކަމުގެ އިންޒާރު އޭނަގެ ހަވަނަ ހިއްސު ދޭން ފަށައިފިއެވެ.

”ފަލަކް…” މާހުތާބްއަށް ބުނެވުނެވެ.

މާހުތާބްގެ ފަހަތުން ކަހަލަ ގޮތަކަށް އެންމެނަށް ދުއްވައިގަނެވުނީ އަޑު އައި ދިމާއަށެވެ. އޭރު ޔޫޝައުގެ އަތުގެ ތެރޭން ވީއްލިގަނެގެން ދުވެފައި އައިސް ގަސްތަކުގެ ތެރޭން ނިކުތް ފަލަކް ހުރި ހާލު ފެނި ކޮންމެ މީހަކަށް ލިބުނު ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ހުއްޓުން އެރިއެވެ.

”މަންމާ…” ވަކި ހިސާބަކުން ފަލަކްގެ ފައިއޮޅިގެން އޭނަ ވެއްޓިއްޖެއެވެ.

މާހުތާބް މަގޭ ދަރިފުޅާއޭ ކިޔައި ފަލަކްގެ ގާތަށް ދުއްވައިގަތެވެ. އޭނައަށް ދުވެފައި ގޮސް ފަލަކްގެ ގައިގައި ބައްދައިގަނެވުނެވެ. ފަލަކް ވީދިފައިވާ ޓޮޕްކޮޅުން ހަށިގަނޑު ނިވާކުރަން މަސައްކަތް ކުރެއެވެ. ފަލަކްގެ ކޯތާފަތް ވަނީ ރަތްވެފައެވެ. ދޮން ދެއަތްތިލައާއި މޭމަތީގައި ވަނީ މީހެއްގެ އަތުގެ ނިޝާންތަކެކެވެ. އެނިޝާންތައް ކަމަކަށް އިރުޝާދު ދޭ ފަދައެވެ.

”ފަލަ…ކް…” މާހުތާބް ރޮއިގަތެވެ.

”ދަރިފުޅު މީކިހިނެއްވީ ކަމެއްތަ….. އޭނަ ހަޤީޤަތުގަވެސް؟ ނޫން، ނޫން، އަހަންނަށް ކީއްތަ މިކުރެވުނީ؟ މުއްސަނދިކަމުގެ އަވާގައި ޖެހި އަމިއްލަ ދަރިފުޅަށް ކޮންފަދަ ބޮޑު އަނިޔާއެއްތަ މިދެވުނީ؟، އަހަރެން މީ ކޮންކަހަލަ މައެއްތަ؟…… ނޫން، ނޫން، މީހަޤީޤަތެއް ނޫން……..” މާހުތާބްގެ ދުލާ ހަމައަކަށް އެލަފްޒުތައް ވާސިލް ނުވެވުނެވެ. މާހުތާބްގެ މޭގަނޑު އަނގަޔަށް އައެވެ. މާހުތާބްގެ ލޮލުން ކަރުނަ ހިލުނެވެ. މިހެން ވެދާނެ ކަމާމެދު އޭނައަށް ކުރިން ވިސްނާނުލެވުނީ ކީއްވެގެން ހެއްޔެވެ؟

”ޔޫޝަ….އު”

ފަލަކްއަށް ރޮވެނީއެވެ. އެއީ ދެއްކުން ތެރިކަމުގެ ކަރުނަކަމެއް ފެންނަ މީހަކަށް ނޭގޭނެއެވެ. ބަލްޤީޝް އައިސް ފަލަކްއާ އަރާހަމަކޮށްލިއެވެ. އެއާއެކު އޭނަގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ދެފަރާތަށް ބޯހޫރާލެވުނީ ސިކުނޑިއަށް ވެރިވި ޚިޔާލު އެއްފަރާތްކޮށްލުމަށެވެ. އޭނަގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގަސްތަކުގެ ތެރޭން ނިކުތް ޔޫޝައުގެ ދެފައިގައި ތަސްތޮޅު އެޅުނު ކަހަލައެވެ. އޭނައަށް ބަލަން ތިބި މީހުންގެ ސަބަބުންނެވެ. ބަލްޤީޝްއަށް ޔޫޝައު ފެނި ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އެއްފަހަރު ޔޫޝައުއަށް އަދި ފަލަކްއަށް ބަލާލެވުނެވެ. ބޯހޫރާލަމުން އޭނައަށް ނޫނެކޭ ބުނެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. ravupinky

    v v v v reethi mi part vx

  2. ravupinky

    hehehehee i am the first
    aslu mi part vx v v reethi

  3. ina

    Wowwwww.mi part vx v v v nice……kyp it up…☺☺☺☺☺

  4. ninth

    salhi… falaku gadu

  5. Ira

    Wow this story is awesome 😉 I luv this story <3 dhen yoosh ah vaane keehbaa hehehe 😉 🙂 e falakgadhu dheke araa rulhin hithaharaa maraalafaanamey 😉 😉 eagerly waiting for this nxt part 😉 hope u will upload the prt soon 😉 <3

  6. Kamana

    For every readers infor I want to te that in this site there is two people’s commenting on the name shabee or they say so.
    But it’s all lie shabee is a person who likes to interfere with ppls life a lot she wants to create musunderstandinfs so I just wanna tell u that whoever comments on the name of shabee that ” two” is actually one 😉

    1. Ira
      Kamana

      Kamana haadha molhey .. aaan ey handi kukulheh shabeee aky

    2. sumone
      Kamana

      I went belive kamana..eye dhemyhuneh one is bad another is good….huh..kamana ah kihineh ingeyny ey ehkakukan..proof koba

    3. sumone
      Kamana

      Won’t***ey ** I also don’t know the truth but i think ey hama dhehmyhun

  7. Xai

    story hama habeyss ?? plx upload nxt part soon ingey mutha ?? waitin waitin

  8. Z

    V salhi nxt prt kn irakunthaaaa? ????

  9. aish

    Nice story… Komme dhuvahaku 2 part genesdheynamey buni ekamu iyyeves emme part eh up kohdhinee

  10. Ira

    Hurihaa kudhinah I used to cmment on the name of Ira but since there is two iras on this site now all my comment the name will be like this ” ira 😉 ” the first comment on the name Ira is by me but the reply comment by Ira on kamana comment is not by me 🙂

  11. Maa

    I thought beys kaany izkaan kamah. Nd yasham aa izkaan aa kommeves gulhumeh hingaane kamah heekury.

  12. stardust

    aish e past nimendhenei, mihaaru mi present eh nu, btw story is good

  13. mice

    nice

  14. mishk

    Muthaaa…u solve this out… hama evarah ehen nuhadhaashey bunymavess… plzz..thankolheh avhahhh mikan solve kohba…

  15. Xai

    kobaa anebbai?? avahah up kohdhyba.. plxx.. kiyaa hithun nuhurevey hama ??

  16. kamana

    Ppl tht was nt my cmmt. Guyxx alhuganduge cmmnt innaanii purple koh. I dnt want to say anythn to anyone. Spcllii thx is my fav stry. I blve if u r nt gut enough stp cmmntn by using readers name. This is goin very far i thnk. Still mutha. Ir the best ?

Comments are closed.