“ކަލޭ މޮޔަވީތަ؟” ރުޅި އަހިސްފައި ހުރެ ޒެވިއަން އެއްސެވެ. “އައި ގެޓް ޔޫ އާރް މޭޑް. އެކަމަކު ރުޅި އަހިސްގެން މިކަން ހައްލުވޭތަ؟” ލިލިއާ ސުވާލު ކޮއްލިއެވެ. “ދެން؟ ކަލޭ މަށަށް މިކަން ކޮއްދޭނީތަ؟” ޒެވިއަން ސުވާލު ކޮއްލިއެވެ. ލިލިއާ ބޯޖަހާލިއެވެ. “ޔަޝްއަލްއާއި ބެހޭގޮތުން ޒެވިއަންއަށް ނޭނގުނު ކިތަންމެ އެއްޗެއް ލިއާއަށް އެނގޭ” ލިލިއާ ބުންޏެވެ.
ލިލިއާ ބުނި ވާހަކަ ޒެވިއަން ގަބޫލު ނުކުރިކަން ލިލިއާއަށް އެނގުނީ ޒެވިއަން މޫނު އަނބުރާލުމުންނެވެ. “އުފަންދުވަހުގެ ސެޓްފިކެޓް. އޭތި ފޮނުވީ ލިއާ” ލިލިއާ ބުންޏެވެ. ލިލިއާގެ އެޖަވާބާއި އެކު ޒެވިއަން ލިލިއާ އާއި ދިމާލަށް އެނބުރުނެވެ. އަދި ކިތަންމެ އިރަކު އެވާހަކަ ދައްކަން ތިއްބެވެ. “ކޭން އައި ޓްރަސްޓް ޔޫ؟” ޔަޝްއަލްއާއި ބެހޭގޮތުން ވާހަކަ ދެކެވި ނިމުމުން ޒެވިއަން ތެދުވެފައި އެއްސެވެ.
“ލިއާވެސް ފުރަތަމަ އުޅުނީ ރިވެންޖްއަށް. އެކަމަކު. އެކަމުގެ ތެރެއިން ލިއާއަށް ޒެވް ދެކެ ލޯބިވެވުނީ. މިހާރު ލިއާ ބޭނުމީ ޒެވް އުފަލުގައި ހުންނަން. އެއީ ނުހާ ގާތުގައި ހުރެގެންނަމަވެސް..” ލިލިއާ ހިތި ހިނިތުންވުމަކާއި އެކު ބުންޏެވެ. ޒެވިއަން ހީލިއެވެ. “ތޭންކްސް” ޒެވިއަން ބުންޏެވެ. ޒެވިއަން ހިނގައިގަން މަންޒަރު ބަލަން ލިލިއާ ހުރީ ރޮވިފައިވާ ހާލުގައެވެ.
***
ލިލިއާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ފަވާލިއެވެ. ދެން ދުވަހަކުވެސް ލިލިއާއަކަށް ޒެވިއަންއެއް ނުފެންނާނެއެވެ. އެހެންވިޔަސް ޒެވިއަންއަށް އެންމެ ފަހު ވަގުތުގައި އެހީތެރި ވެވުނީތީވެ ލިލިއާ އަބަދުވެސް ޝުކުރުވެރި ވާނެކަން ގައިމެވެ.
***7 މަސް ފަސް***
ހެނދުނުގެ ވަގުތެވެ. ނިދިފައި އޮތް އަލާޔާއަށް ދެލޯ ހުޅުވާލެވުމާއި އެކު ފުއްމައިގެން އިށީންދެވުނެވެ. މޫނު މަތީގައި އަތް އަޅާލާފައި ލުއިކޮއް ހަޅޭ ލަވާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ދުވަހަކީ އައިޒިންއާއި އަލާޔާގެ ކައިވެނި ކުރެވޭ ދުވަހެވެ. އެނދުން ތެދުވެ އަލާޔާ ގޮސް ފާހާނާއަށް ވަނީ އަނގައިން ލުއި ރާގެއް ލައްވާލަމުންނެވެ.
ބޭރަށް ނިކުން އިރު އެންމެންތައް ކެއްކުމައިގެން އުޅެމުން ދިޔައެވެ. “ލާޔާ ހަމަ އެކީހެން ބޮޑުވީދޯ” އަލާޔާ ނުކުތުމާއި އެކު އަލާޔާ އަތުގައި އެލިގަންނަމުން ނިލީޝާ ބުންޏެވެ. “ހޫމް ކޮންމެވެސް ދުވަހަކުން ނިލީވެސް ހަމަ ބޮޑުވާނޭ ހެހެ” އަލާޔާ ބުންޏެވެ.
“ހަހަ ނާވަސްތަ؟” ނިލީޝާ އެއްސެވެ. “ޔޭސް ވަރަށް ބޮޑަށް” މޭގައި ފިރުމާލަމުން ނުހާ ބުންޏެވެ. “ހަހަ ދެން ބުނެލަން އޮތީ އެނދު ހަލާކު ނުކޮއްލައްޗޭ މިރޭ.. ވަރަށް އަގު ބޮޑު އެނދެއްނުން އެއީ ދޯ ލީން؟” ކައިރީ ހުރި އަވްލީންއަށް ދޯދެމުން ނިލީޝާ ބުންޏެވެ. “އެބުނާހެން. ބަލައިގެން ކުރައްޗޭ ހަހަ” އަވްލީން ދިމާކޮއްލިއެވެ “ޔޫ ޑާޓީ” ތުންކޮޅު އޫކޮށްލަމުން އަލާޔާ ބުންޏެވެ.
“ދަރިފުޅުމެންނޭ އަވަހަށް އާދޭ ސައިބޯން” އެވަގުތު އަލަކާ ބަދިގެއިން ބޯދިއްކޮއްލާފައި ބުންޏެވެ. ހުރިހާ ކުދިންތައް ދެން ދިޔައީ ސައިބޯށެވެ. ސައިބޮއެ ނިމުމުން އަލާޔާ، ނިލީޝާ، ކައިލް، މާވީ، ޔަޝާ، މިކިޔަލް، އަވްލީން، ނައުހާން އަދި މެހެކް ދިޔައީ އަތިރި މައްޗަށެވެ.
“ނޫއަދިވެސް އޯކޭ ނުވޭތަ؟” އެކި ވާހަކަތައް ދައްކަމުން ގޮސް ނިލީޝާ ގާތުގައި ސިއްރު ސިއްރުން އަލާޔާ އެއްސެވެ. “ޔެސް. އަދިވެސް އޮންނަނީ އަބަދު ކޮޓަރީގަ. އަސްލުވެސް ވަރަށް ދެރަވޭ ދޮންތި އަބަދުވެސް އެހެން އޮންނާތީވެ.” ނިލީޝާ ދޫކޮށްލީ ފިނިނޭވާއެކެވެ. “ނޫއާދޭތަ ޕާޓީއަށް؟” އަލާޔާ އެއްސެވެ.
“ނޫން.. ނާދޭ.. ނުދާނަމޭ ބުނީ.. ޒެވިއަންއާއި އެކު ދޮންތި ވެސް ވަޅުލެވުނު ފަދަ. އަބަދު އޮންނަނީ ކޮޓަރީގަ. ދޮންތި ބުނާ އެއްޗެހި ގެނެސްދޭން ޖެހެނީ އަބަދު. ދޮންތިގެ ކަމަކީ އަބަދު ރުއިން. ހިކެންވެސް ހިކިއްޖެ ވަރަށް.. އިވޭނެ ރޯއަޑުވެސް.. ހަމަ އަބަދުހެން” ނިލީޝާ ކިޔައިދިނެވެ.
އަލާޔާއަށް އިސްޖަހާލެވުނެވެ. އެހާ ގާތް ގާތުން ލުބައިނާއަދި ޒެވިއަން ނިޔާވުމުން ކިތަންމެ ދުވަހެއް ވަންދެން އެއާއިލާއަށް ފަޅުކަން ގެނެސް ދިނެވެ. އަލާޔާއާއި ޒެވިއަންގެ ގުޅުންވެސް އެހާމެ ވަރުގަދައެވެ. އަދިވެސް ޒެވިއަން އަމިއްލައަށް މަރުވީކަން ގަބޫލު ކުރަން އަލާޔާއަށް އުނދަގުލެވެ. ޔަލާންވެސް ނެތުމުން އަލާޔާ ވަރަށް އެކަނި ވެރިވިޔެވެ. އައިޒިންއާއި އަލާޔާގެ ކައިވެނި ލަސްކުރި ސަބަބަކީ ވެސްއެއީއެވެ.
ސިކުންތުތަށް މިނިޓްއަށް، މިނިޓްތަށް ގަޑިއިރަށް ބަދަލުވަމުން ގޮސް ރޭގަނޑުވެއްޖެއެވެ. އިޝާ ނަމާދުކޮއްލައިގެން އަލާޔާ ކުޑަކޮއް ރީތުވެލީ އަލާޔާ ތައްޔާރު ކުރަން އަންނަ މީހުން އަންނަން އޮތް ވަގުތު ޖެހެމުން ދާތީއެވެ. ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން އިން އަލާޔާގެ ސިކުނޑީގައި ތަފާތު ޙިޔާލުތައް ދައުރުވަމުން ދިޔައެވެ.
މިއަދު މިއީ އަލާޔާގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް އެންމެ ލޯބިވީ ދެކޮއްކޮ އެދުވަސް ދެކޭކަށް ނެތެވެ. ޔަލާންއާއި ދިމާވާންވެސް 5 އަހަރު އަދި އެބައޮތެވެ. ޒެވިއަންއަށް ދެން ދުވަހަކުވެސް އަލާޔާއަކާ ދިމަލެއް ނުވާނެއެވެ. ކުޑައިރުން ސުރެ އަލާޔާގެ ކައިވެންޏަށް އެންމެ އިންތިޒާރު ކުރީ ޔަލާންއާއި ޒެވިއަންއެވެ. ނަމަވެސް ތަގުދީރުގެ ނިޔާ ދިމާކުރީ އެހެން ގޮތަކަށެވެ.
ރީތިވެ ނިމުމުން އަލާޔާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ހުދު ކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި އަލާޔާ ފެންނަމުން ދިޔައީ ހޫރު ޕަރީއެއް ހެންނެވެ. ހެދުމުގައި ލޭސްފޮތި ހަރުކުރެވިފައި ވީއިރު ހެދުމުގައި ޑިސްކޯވެސް ހުއްޓެވެ. ހެދުމާއި ގުޅުވައިގެން ހުދު ޝޯލްއެއް އަޅާލެވިފައި ވީއިރު، ބޮލުގައި ތާޖެއްވެސް އިނެވެ.
ކާރު މަޑު ދުވެއްޔެއްގައި އަހިސް މަޑުކޮއްލީ ރަށު އަތިރިއަށެވެ. ޕާޓީއަށް މުޅި އަތިރިމަތި ދިއްލާލާފައި އޮތުމުން އެތަންކޮޅަށް އަދިވެސް އަވިދޭފަދައެވެ. އަލާޔާގެ އެއްފަރާތުގައި އަލަކާ ހުރި އިރު، އަނެއް ފަރާތުގައި ލުބާން ހުއްޓެވެ. މަޑު ހިނގުމުގައި ކައިވެނި ކުރެވޭ ހިސާބަށް ތިން މީހުން ދިޔައެވެ.
އޭރު އަލާޔާގެ އިންތިޒާރުގައި ހުރި އައިޒިން ފެނި އަލާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެތެރެއިން ހުދު ގަމީހެއް ލާފައިވީއިރު، ކަޅު ކޯޓު ފަޓުލޫނު ލައިގެން ހުރުމުން ވަރަށް ސްމާޓް ކަމަށް ދައްކައެވެ. އަލާޔާގެ އަތުގައި އޮތް މާބޮނޑިއާއި އެއްގޮތަށް އިން މަލެއް އައިޒިންގެ މޭމަތީގައިއެވެ.
5000 ރުފިޔާގެ ރަނަށް އަލާޔާއާއި އައިޒިންގެ ކައިވެނި ކުރެވުނެވެ. ފަހަރަކު މީހަކު އަހިސް ދެމަފިރިންގެ ލިސްޓްއަށް އެރި އެއައު ޖޯޑަށް ސަލާމް ކޮއްހަދަމުން ދިޔައެވެ.
ޕާޓީ ނިމުނު އިރު ދަންވަރު 12 ޖަހައިފިއެވެ. އަލާޔާއާއި އައިޒިން އެކުގައި ކައިގެން އައީ “ހައިބިސްކަސް” ގެއަށެވެ. އަލާޔާ ނިކުމެގެން ގޮސްފިނަމަ ޒެވިއަންއަދި ޔަލާން ނެތްކަމުގެ ފަޅުކަން ބޮޑުވާނެތީއެވެ. ކޮޓަރިއަށް ވަދެ ފުރަތަމަ ކަމަކަށް ދެމަފިރިން ޝުކުރުގެ ނަމާދެއް ކޮއްލިއެވެ. ނަމާދުކޮއް ދުޢާކޮށްފައި އައިޒިން އަލާޔާގެ ބޮލުގައި ބޮސްދިނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Masha allah mi part vs vrh reethi
Cover fenifaa hykury xev r nuu ge wedding kmh😭fahun fenuny aizin weds alaya.s3 ga plzzzzzzzzzzz happy ending eh gennahcheyy
when next??lyy❤️
😭😭😭
Bbb xev is dead☹️
Balamaa dhw lyt👀
I still don’t understand why zev suicide??? Like whyy???? After yashal’s death probably he’ll get nuha then whyyy😭😭😭😭😭
I also thought it was nuha n zevs wedding 😢
BTW congrats to alaayaa n aizin
When next?
Then othee last thrr?
Lyssssm
He felt like dhw nuu dhn eyna akh vess nulibeyney.. hehe, yes next is last
Lyyyy