Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 43

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 14, 2025 3 Mins Read
6 Comments

ފާޑަކަށް ގަބުވިނަމަވެސް އަރޫޝާ ބޯޖަހާލިއެވެ. “މައަޑު އަހައިފިން މާވީ އިނީ ބަލިވެޔޭ. އޭނަ މަންމަވެސް އޭނަ ގެއިން ނެރެލައިފި. ޔަޝްއަލް ދަރިއެކޯ. އެދެމީހުން އެހެންވެ މައްސަލަވެސް ޖެހިގެންނޯ އުޅެނީ. އެތެދެއްތަ؟” އިނާސާގެ ސުވާލާއި އެކު އަރޫޝާ ގަބުވިއެވެ. އަތުގައި އޮތް އިލޮށިފަތި ދޫވެ ބިންމައްޗަށް ވެއްޓުނެވެ.

މާވީ ބަލިވެ އިން ޙަބަރާއި އެކު ދެން ސުކޫލަށް ދާހިތް ނުވުމުން ޔަޝްއަލް އިނީ އަތިރިމަތީގައެވެ. ޔަޝްއަލްގެ ދެލޮލުން ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ފަހަރަކު ކަރުނަ ތިއްކެއް ޔަޝްއަލްގެ ކޯތާފަތުގައި ފިރުމާލާފައި ވެއްޓިގެން ދެޔެވެ.

ޔަޝްއަލްގެ ލުއި ގިސްލުމުގެ އަޑުއިވޭ ކޮންމެ މީހެއްގެ ހިތްވެސް ފިސްފިސް ވާނެކަން ގައިމެވެ. އެހެންވިޔަސް ރޮއެގެންދެންވާނީ ކިހިނެތް ހެއްޔެވެ؟ މަންމަމެން އޭނާއަލުން މާވީއަށް ގުޅުނަދޭނެ ހެއްޔެވެ؟ ހިތްފުރޭވަރަށް ރޯލާފައި ޔަޝްއަލް ގެއަށް ދިޔައީ ސުކޫލް ގަޑި ނިމުމުންނެވެ.

ދުވަހުގެ ބާކީ އޮތްބައި މަސައްކަތް ކުރާނެހާ ހިތްވަރު ނެތުމުން އަރޫޝާއައީ ދެން ގެއަށެވެ. އެންމެ ފުރަތަމަވެސް އަރޫޝާ ދިޔައީ ޔަޝްއަލްގެ ކޮޓަރިއަށެވެ. އެނދުމަތީގައި އޮތް ޔަޝްއަލް ފެނި އަރޫޝާ ގޮސް ޔަޝްއަލް ގާތުގައި އިށީނެވެ.

“އެއީ ތެދެއްތަ؟” ފުރަތަމަވެސް އަރޫޝާ ސުވާލުކޮއްލިއެވެ. “ކޯއްޗެއް” އެއްވެސް އަސަރެއް ނެތި ޔަޝްއަލް އެއްސެވެ. “މާވީ ބަނޑުބޮޑީތަ؟” ހިންދިރުވާލާފައި އަރޫޝާ އެއްސެވެ. އެކަން ހަގީގަތަކަށް ނުވޭތޯ ހިތާ ހިތުން ދުޢާ ކޮއްލަމުންނެވެ.

ޔަޝްއަލް ޖަހާލީ ހިނިގަނޑެކެވެ. “ދެން…؟ އަހަރެން މާވީ ގާތަށް ދިޔަ ދޭނަންތަ؟” ޔަޝްއަލް އެއްސެވެ. “ދަރިފުޅާ….” ވޭނީ އަޑުން އަރޫޝާއަށް ގޮވާލެވުނެވެ. އެއީ ވާނޭކަމެއް ނޫންކަން އަރޫޝާއަށް ޔަގީންވުމުންނެވެ.

“ކީއްވެ؟ ކީއްވެ މިހެން ވާންވީ؟ މަގޭ ހަޔާތުގައި ވޭތުވި 17 އަހަރު ދުވަހު އަހަރެންގެ ބައްޕަ އަހަރެން ގާތަކު ނެތް. ކީއްވެ ކުއްލިއަކަށް އަހިސް އަހަރެންގެ ދިރިއުޅުމުގެ ހުންގާނުގައި އޭނަ ހިފަންވީ؟ ކީއްވެ؟” ޔަޝްއަލްއަށް ޝަކުވާ ކޮއްލެވުނެވެ. އަރޫޝާއަށް އިސްޖަހާލެވުނެވެ.

ދުވަހަކުވެސް ކުރިން ޔަޝްއަލް ރުއިތަނެއް އަރޫޝާ ނުދެކެއެވެ. ޔަޝްއަލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުން އެކީހެން ފިލައި ގޮއްސިއެވެ. މޫނުމަތީގައިވީ އުޖާލާކަމުގެ ހުޅުކޮޅު އެކީގައިހެން ނިވިއްޖެއެވެ. އަރޫޝާއާއި ޔަޝްއަލްގެ ދެމެދުގައި އޮތް ގުޅުންވެސް އެދަނީ ހީނަރުވަމުންނެވެ.

ޔަޝްއަލް ކޮޓަރިން ނިކުމެ ދެން އަރޫޝާ ވަނީ އަހުމަދުގެ ކޮޓަރިއަށެވެ. “ޔަޝްއަލް ހަމަ މާވީއާއި ދުރުކުރުވަންތަ ތިވިސްނަނީ؟” ހާސްވެފައި ހުރެ އަރޫޝާ އެއްސެވެ. އަހުމަދު ބޯޖަހާލިއެވެ. “މާވީ ބަނޑުބޮޑު…” އަރޫޝާގެ ޖުމްލައާއި އެކު އަހުމަދު ދެލޯބޮޑުވިއެވެ. “ކީކޭ؟” ޔަގީން ކޮއްލުމަށް އަހުމަދު އެއްސެވެ. “ޔަޝްއަލްއަށްވެސް އެނގުނީ މާވީ ދޫކޮށްލިފަހުން.” އަރޫޝާ އިސްޖަހާލިއެވެ.

“ހެޔޮ މަށަށް” އަހުމަދުގެ ޖަވާބާއި އެކު އަރޫޝާ ދެލޯ ބޮޑުވިއެވެ. “ކީކޭ؟” އަރޫޝާ ރުޅިގަނޑު މައިތިރި ކުރަން މަސައްކަތް ކުރަމުން ބުންޏެވެ. “ހެހެ. ކާކުތަ ބުނީ ޔަޝްއަލްއަކީއޭ މަގޭ ހުރި ހަމަ އެކަނި ދަރިއަކީ؟ މަގޭ ޔަޝްއަލް ނޫނަސް ކުދިން ތިބޭ. ކާފަ ދަރިންވެސް އެބަތިބި. ދެން؟ މަށަށް އެމީހުނާ ނުލާ އުޅެވޭއިރު ކީއްވެ ޔަޝްއަލްއަށް ނޫޅެވެންވީ؟” އަހުމަދު ނިއްހިތްލާލާފައި އެއްސެވެ.

އަރޫޝާއަށް މައިތިރިވެވުނީ އެއީ އޭނާއަށް މުޅިން އައު ޙަބަރަކަށްވީތީއެވެ. އެހެން ކަމަށް ވަންޏާމުން އަރޫޝާއާއި އަހުމަދު އެގުޅުނީވެސް އަހުމަދުގެ “ބަދަލު” ގެ ޕްލޭންގެ ގޮތުގައިތާއެވެ. ނަމަވެސް ދެން އަރޫޝާއަށް ކުރެވޭނެ ކަމެއް، ބުނެވޭނެ ބަހެއް ނެތެވެ.

***

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮންމެ ދުވަހަކުހެން އަހުމަދު ދިޔައީ ޒެވިއަންއަށް ފާރަ ލަމުންނެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ޒެވިއަންއާއި ނުހާގެ ގުޅުމުގެ ޙަބަރު އަހުމަދަށް ލިބުނެވެ. އެދުވަހަށް ފަހު އަހުމަދު ތައްޔާރު ވަމުން ދިޔައީ ރަނގަޅު ވަގުތަކަށެވެ. ވަގުތުގެ ބޭނުން އަހުމަދު ހިފާލީ ކައިވެންޏަށް 2 ހަފްތާއަކަށް ވުމުންނެވެ.

“ވަޓް؟ ނުހާއާއި ކައިވެނި ކުރާށޭ؟” އަހުމަދުގެ ޖުމްލައާއި އެކު ހައިރާންވެފައި ޔަޝްއަލް އެއްސެވެ. “ހޫމް. މަށަށް ހެޔޮ ކަލޭ ކޮންމެ ކަމެއް ކުރިޔަސް. ބްލެކްމެއިލް ކޮއްގެން ފަސޭހަވާނެ. ދެހަފްތާ ތެރޭގައި ކުރެވޭ ނުހާގެ ކައިވެނީގައި ނުހާގެ ފިރިމީހާގެ މަގާމުގައި އިންނަން ޖެހޭނީ ކަލޭ” އަހުމަދު ކޮފީ ޖޯޑުގައި ތުން ޖައްސާލަމުން ބުންޏެވެ.

“އަޅުގަނޑު ލޯބިވަނީ މާވީދެކެ. މާވީ ނޫން އެހެން އެއްވެސް ކުއްޖެއް ބޭނުމެއް ނޫން” އިސްޖަހާލާފައި ޔަޝްއަލް ބުންޏެވެ. އަހުމަދު ހީލިއެވެ. އަދި މޭޒު މަތީގައި އޮތް ކުޑަ ފައިލް ނަގާ ޔަޝްއަލް ފައިބުޑައް އެއްލައިލިއެވެ. ހީވާފަދައެވެ. އަހުމަދު ހުރީ ޔަޝްއަލްގެ އެޖުމްލައަށް ތައްޔާރު ވެގެންނެވެ.

ޔަޝްއަލް ފައިލް ނަގާ ބަލައިލިއެވެ. އޭގައި އިން ޔަޝާއާއި މާވީގެ ފޮޓޯފެނި ޔަޝްއަލްގެ ހަރަކާތްތައް ހުއްޓުނެވެ. “ކަލޭ ބޭނުން ގޮތެއް މީގަ އޮތީ. ނުހާގެ ކައިވެންޏައް ދިޔުންތޯ، ނުވަތަ މާވީއާއި ޔަޝާގެ ޖަނާޒާއަށް ދިޔުންތޯ. އަވަހަށް ގޮތެއް ނިންމާ” އަހުމަދު ހީލާފައި ބުންޏެވެ.

***

ފާރުގައި ހުރި ފޮޓޯތަކުން އަހުމަދު ލުބައިނާގެ ފޮޓޯގައި ރަސްގެ ލިޔެވެ. އޭރު ލުބައިނާ ގާތުގައި އިން އާދިލްގެ ފޮޓޯގައި ވަނީ ރަސްގެ ލެވިފައެވެ. ދެން އަހުމަދުގެ ދެލޯ ދައުރު ކޮއްލީ ޒެވިއަންގެ ފޮޓޯއަށެވެ. އެއާއި އެކު އޭނާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތް ޔަޝްއަލްގެ ނަޒަރު ހުއްޓިފައިވީ ސީލިންގުގައި އިން ފަންކާއަށެވެ. އެދެލޮލުގައި މީހެއްގެ ހިތް ފުނޑުފުނޑުވާހާ ވޭން އެކުލެވިފައިވިއެވެ. ނުހާ ބަދިގޭގައި ކަމުން ޔަޝްއަލް ބޭނުންވީ އިހްސާސްތައް ބޭރުކޮއްލަންށެވެ.

ފުންނޭވާއެއް ލާފައި ޔަޝްއަލް ދެލޯ މަރާލިއެވެ. އަމިއްލަ މީހާގެ ބަދުނަސީބު ކަން ހިތަށް އަރާފައެވެ. ލިލިއާ ބުނީ ހަމަތެދެއްތާއެވެ. އޭނާއަކީ އަހުމަދު ކުޅެން އުފަން ކުރި ބުދެކެވެ. އެވަގުތު ޔަޝްއަލްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ނުހާއާއި ކައިވެނި ކުރެވުނު ދުވަހުގެ މެންދުރު ވަގުތުގުގައި ލިލިއާ އާއި އެކު ދެކެވުނު ވާހަކައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އިޝާރާތް 1

Next

ވާ ލޯބި އެނގޭނަމަ(20)

Next
June 14, 2025

ވާ ލޯބި އެނގޭނަމަ(20)

Previews
June 14, 2025

އިޝާރާތް 1

6 Comments!

  1. aanaa says:
    June 14, 2025 at 10:17 am

    Masha allah mi part vs vrhhh reethiii
    Hama huwaa ahmed r dhimaa vaa dhuvahakun eyna jail ah laanan. Haadha rulhi eba araey.. Revenge nagan viyas thanfukeh bodu varu.. Yash’al r lilia dhehky kn vhk eh??? Vrhh curious.. When next?? Tc lyy❤️

    1. shihaamaa ali shihaamaa ali says:
      June 15, 2025 at 2:17 pm

      jazaakallah khairan dear
      next ep ga ingeyne lilia nd yash’al aa dhekki vaahaka stay tuned for the next one lyt

  2. Shaf_maan says:
    June 14, 2025 at 11:03 am

    Maasha Allah mi prt vx vrh reethi
    Yash’al beynuh vegen eh nun dhww nuha aa marry kuryy
    Ahmed dhn eulheny xev maraalan tha???
    Plss shiherr xevv maraa nulah cheyyyy😭😭
    N lilia a ehkoh Yash’al dhekky kn vaahaka ey baa!!
    I am supper dupper happy bcuz u said that their is a s3 of this stry😍😍💜
    Whn nxt???
    Tc… Lysm Shiher 💜💜❤️💜💜

    1. shihaamaa ali shihaamaa ali says:
      June 15, 2025 at 2:19 pm

      jazaakallah khairan dear
      yess he didnt want to
      hehe neynge dhww balamaa
      next episode ga ingeyne hehe
      hihihi
      stay tuned lyt

  3. Your fav bab Your fav bab says:
    June 14, 2025 at 5:08 pm

    Ahmed gandah kitheh aharu vedhaane thrr?
    He is literally a great grandpa now!
    probably he’ll be an old thug by now then where does he get the strength jehunuhaa meeheh maran? As if he was born to do that🤔
    Anyways this part was epic just like the others
    Alheyy xev ah dhera gotheh nahadhacheyy!😭😭
    Now I’m concerned about… wait I forgot his name😳😅
    Apparently the one who has a crush on maavi. like when yashal divorce nuha then he’ll come back to maavi right?
    K lysssssm
    When next?

    1. shihaamaa ali shihaamaa ali says:
      June 15, 2025 at 2:23 pm

      Ahmed is like in his early 50s keke
      psychopathssss 😭
      hehe kyle.. balamaa dhw dhen vaa gotheh hehe
      lyt

Comments are closed.

Next Episodeޒެވިއަން 44←


All Right Reserved!