Skip to content
އެސްފިޔަ

ޒެވިއަން 15

“ކޮބާ މިމީ؟” ނުހާއެއްސެވެ. “ނޭނގެ.. ސަހާއާއި އެކު ފޮޓޯ ނެގިފަހުން ނުދެކެން..” ސަހާ ބުންޏެވެ.

އަތިރިމަތީގައި ރާޅު ޖަހާ ހިސާބުގައި ހުރި މެހެކްގެ މޫނު މަތިވަނީ ރަތްވެ، ދުޅަވެފައެވެ. ފެނިގެން ދިޔަ މަންޒަރު ވެގެން މިދިޔައީ މެހެކްގެ ހިތަށް ކުޅަދާނަ ވާކަހަލަ މަންޒަރަކަށް ނޫނެވެ. ދެލޮލުން ކަރުނަ ފުހެލާފައި މެހެކް ހިނިތުންވެލިއެވެ. އަދި ލަސް ހިނގުމުގައި، ހުރި ސީދަލަށް ގޮސް މޫދަށް އެރުނެވެ.

މަސްބޭނުމަށް ޓަކައި އަތިރިއަށް އައި މިކިޔަލްއައީ އަނގައިން މަޑު ރާގެއް ލައްވަމުންނެވެ. ކަކުލާ ހަމައަށް އަރާ ސޯޓު ކޮޅަކާއި އެކު ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މިކިޔަލް ފެންނަމުން ދިއީ ވަރަށް ހިތްގައިމުކޮށެވެ. މިކިޔަލްގެ ފަން އިސްތަށިކޮޅު ހާވާލާފައި ވުމުން އަންހެން ކުދިންގެ ނަޒަރު ހުއްޓިފައިވަނީ މިކިޔަލްއަށެވެ.

ގެނައި އެއްޗެހިތަށް އެއްގަމުގައި ބަހައްޓާފައި ދޮށި ތައްޔާރު ކޮއްލުމަށް މިކިޔަލް ވެލިގަނޑު މަތީގައި އިށީނެވެ. އެވަގުތު އެއްލިކަޅިއަކުން މޫދަށް އެރެމުން ދިޔަ އަންހެން ކުއްޖާ މިކިޔަލްގެ ލޮލުގައި އަޅައިގަތެވެ. ލައިގެން ހުރި ހެދުމުން އެއީ މެހެކްކަން މިކިޔަލްއަށް ކޮންމެވެސް ވަރަކަށް އެނގުނެވެ.

“މީނަ ކޮންމޮޔައެއްތަ މިވަނީ؟ މަސްތަކާއި އެކުވެސް ފޮޓޯ ނަގަން ކަންނޭނގެ ކެކެކެ” އަމިއްލަ ނަފްސަށް އިވޭވަރަށް މިކިޔަލް ބުންޏެވެ. ނަމަވެސް މެހެކްގެ ހިނގުމެއް ނުހުއްޓުނެވެ. މޭމަތިން މައްޗަށް އެރި އިރުވެސް މެހެކް ހަމަ ދިޔަ ގޮތަށް ދިޔައެވެ. ދެން ފެނުނީ މެހެކް އަޑިއަށް ދިޔަތަނެވެ.

އެއާއި އެކު މިކިޔަލްއަށް ތެޅިގަނެވުނެވެ. ވަނީ ކީއްކަން އެނގުނެވެ. ހުރިހާއެއްޗެއް އުކާލާފައި މިކިޔަލް ދުއްވައިގަތީ މޫދާ ދިމާލަށެވެ. ހިނދުކޮޅެއްގެ ތެރޭގައި މެހެކް އަތްދަނޑި މައްޗަށް ލައިގެން މިކިޔަލް އެއްގަމަށް އެރިއެވެ.

“މެހެކް؟ މެހެކް؟ މެހެކް؟” މެހެކް މޫނުގައި ކުޑަކޮށް ޖަހާލަމުން މިކިޔަލް ގޮވާލިއެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ކެއްސާލާފައި މެހެކް ފުންނޭވާއެއް ދޫކޮށްލިއެވެ. ކައިރީގައި އިން މިކިޔަލް ފެނުމުން މެހެކްގާތަށް އަނެއްކާވެސް ރުޅިއައެވެ. ތެދުވެ އިށީންދެފައި އަތަށް ލެވުނު ބާރެއްލާފައި މިކިޔަލް މޫނުމަތީގައި ޖެހިއެވެ. “ގޮތް ކުޑަ. ކަލޭ ކީއްކުރަން މަގޭ ސަލާމަތް ކުރީތި އެއިން؟ އަހަރެން މަރުވާން ދޫކޮށްލާ” މިކިޔަލް ކޮއްޕާލާފައި ތެދުވަމުން މެހެކް ބުންޏެވެ.

މިކިޔަލް މެހެކް އުނަގަނޑުގައި ހިފާ ގެނެސް މިކިޔަލް އުނގުގައި ބޭންދިއެވެ. އަދި މެހެކްއަށް ނުތެދުވެވޭވަރަށް އަތަށް ބާރުކޮށްލިއެވެ. “ކީއްވެ ކުއްލިއަކަށް މަރުވާން ތިއުޅެނީ އެއިން؟ ބުނެބަ. ވަޓް ހެޕެންޑް؟” މިކިޔަލް އެއްސެވެ. “ކަލެއަށް ކީއްތައެއިން؟ އަހަރެންގެ އެކުވެރިޔެއް، ލޯބިވެރިޔެއް ނެތް. އަހަރެން މިއީ އެކަނި ވެރިޔެއް. އައި ޑިޒާރްވް ޓު ޑައި” މެހެކް ރޮމުން ރޮމުން ބުންޏެވެ.

“ހެހެ ނޫއާއި މައްސަލައެއް ޖެހުނީތަ؟” މިކިޔަލް އެއްސެވެ. “ނުހާ އަހަރެންގެ ލޯބިވެރިޔާ ޖަހައިގަތީ..” މެހެކް ރޮމުން ބުންޏެވެ. “ވަޓް؟” މިކިޔަލް ދެލޯ ބޮޑުވިއެވެ. ޒެވިއަން ނުހާއާއި ރައްޓެހިވީ މެހެކްއާއި އެކު އުޅި، ބޭވަފާތެރިވެފައި ހެއްޔެވެ؟

“އަހަރެން އަބަދުވެސް ޒެވްދެކެ ލޯބިވީން… އެކަމަކު މިއަދު…” މެހެކް ބުންޏެވެ. އެހިސާބުން ވީނުވީ މިކިޔަލްއަށް ފަހުމް ވިޔެވެ. “މެހެކް… ޒެވް އަބަދުވެސް ލޯބިވީ ނޫދެކެ. ނޫވެސް އަބަދުވެސް ލޯބިވީ މީހަކީ ޒެވް” މިކިޔަލްގެ ޖަވާބާއި އެކު މެހެކް ކަންފަތުގައި އަތްއަޅާ ހަޅޭ ލަވައިގަތެވެ. “ޝަޓް އަޕް….” މެހެކްގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. މިކިޔަލް ވަރަށް ލޯބިން މެހެކްގެ ހަށިގަނޑުގައި ބައްދާލިއެވެ. މިކިޔަލްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ މެހެކް ކިތަންމެ އިރަކު ރުއެވެ.

ކޯޓުން ނިކުމެގެން އައި މާޝާގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. އަނެއްކާވެސް ނުހައްގުން އަނިޔާ ލިބުނު ފަރާތަކަށް އިންސާފު ހޯދައިދެވިއްޖެއެވެ. ކޯޓުން ނިކުތުމާއި އެކު ނޫސްވެރިންތަށް އަހިސް އެންމެން ވަށާލީ ފޮނިއެއްޗެއް ވަށާ ހިނިތަށް އަންނަ ފަދައިންނެވެ. އެކަން ވާނެކަން އެނގި ހުރި އާކިން ގޮސް މާޝާގެ އަތުގައި ހިފައިގެންގޮސް ސައިކަލަށް އެރިއެވެ. “ޕްރައުޑް އޮފް ޔޫ ދޫނީ” މާޝާގެ ކޮލުގައި ހިފާލަމުން އާކިން ބުނެލިއެވެ. އެއާއި އެކު މާޝާ ފޮނިވެލިއެވެ.

“ހެހެ އަދިވެސް މަގޭ ވައިފް ހަމަ ކުރިއެކޭ އެއްފަދަދޯ؟ ޔޫއާރް ދި ބެސްޓް” މާޝާގެ ނިތުގައި ބޮސް ދެމުން އާކިން ބުންޏެވެ. “ބްރޯ މިއޮތީ މިތާ އޮތްހާ ނޫސްވެރިން ފޮޓޯ ނަގާފާނެ” އާކިން ދުރުކޮށްލަމުން މާޝާ ބުނެލިއެވެ. އާކިން ހީލާފައި ސައިކަލު ދުއްވާލިއެވެ.

“ނައޫ.. ނައު ދުވަހަކުވެސް ލީން ދޫކޮށް ނުލާނަންދޯ؟” ނައުހާންގެ އަތުގައި ފިރުމާލަމުން އަވްލީން އެއްސެވެ. މިއަދު އަވްލީންއާއި ނައުހާން ބައްދަލު ކުރީ އަވްލީންމެން ގެއިންނެވެ. ގޭގައި އެއްވެސް މީހަކު ނެތުމުންނެވެ. ނައުހާން ހީލިއެވެ. “ޔެސް.. އައިމް އޯލްވޭސް އެންޑް ފޯރްއެވަރް ޔުއާރްސް” އަވްލީންގެ ނޭފަތުގައި ހިފާލަމުން ނައުހާން ބުންޏެވެ. “އެހެންވިއްޔާ ޔޫ ހޭވް ޓު މެރީ މީ ވެން ވީއާރް 18 ޕްރޮމިސް މީ” އަވްލީން ބުނެލީ ކުޑަކުއްޖެއް ފަދައިންނެވެ. ނައުހާން ހިނިތުންވެލާފައި އަވްލީންގެ ތުންފަތަށް ބޮސްދިނެވެ.

އެވަގުތު ދޮރުހުޅުވާލާފައި ވައިން އާކިންއާއި މާޝާ ފެނި އަވްލީން ވަގުތުން ކޮޅަށް ޖެހުނެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ދަބަސްތެރެ ހާވަމުން ވައިން މާޝާއަކަށް އެމަންޒަރެއް ނުފެނުނެވެ. ނަމަވެސް އާކިންއަށް ވަރަށް ސާފުކޮށްފެނުނެވެ.

“އަވްލީން!!!” އާކިން ހަޅޭލަވައިގަތެވެ. އެއާއި އެކު ސިހިގެން ދިޔައީ އަވްލީންއާއި ނައުހާން އެކަންޏެއް ނޫނެވެ. މާޝާވެސް މެއެވެ. ބިރުން އިން ނައުހާންއާއި އަވްލީން ފެނި މާޝާއަށް ކޮންމެވެސް ވަރަކަށް ވީނުވީ އެނގުނެވެ.

އާކިންގެ އަޑާއި އެކު ބިރުން ނައުހާން ނިކުމެގެން ދިޔައެވެ. އެއާއި އެކު އަވްލީން ދުވެފައި ގޮސް އާކިންގެ ފައިބުޑުގައި އިށީނެވެ. “ބައްޕާ ޕްލީޒް. ލީންއަށް ސޮރީ. ޕްލީޒް ނައުއަށް ގޮތެއް ނަހަދަށްޗޭ. ލީން ވަރަށް ލޯބިވޭ ނައު ދެކެ” އަވްލީން ރޮމުން ރޮމުން ބުންޏެވެ.

“ކޮން ރުއިމެއް ރޯކަށްތަ އެއިން؟ މަށަކަށް ނުބުނެވޭތަ އަވްލީން ގާތަކު 10 ނުނިމެނީސް ތިކަމާ ނޫޅޭށޭ؟ ތިހުރީ ރައްޓެހިވީމަ ވާގޮތް. ޗީ! އަދި އަވްލީންއަށް އެންމެ 12 އަހަރޭ” އާކިން ހުރީ ވަރަށް ރުޅިއަހިސްފައެވެ. އެވަގުތު ދެބަފައިންގެ ވެސް ސަމާލުކަން ހޯދީ ފަހަތުން އިވުނު ބާރު އަޑުފައްގަނޑުންނެވެ. އޭރު ކަނޑާ ވައްޓާލީ ރުކެއްހެން މާޝާ ވަނީ ބިންމައްޗަށް ވެއްޓިފައެވެ. “މާޝް!!”

އަވަސްގޮތުގައި މާޝާ ހޮސްޕިޓަލަށް ގެންދެވުނެވެ. އާކިންއާއި އެކު އަވްލީންވެސް ދިޔައެވެ. “މާޝާގެ އެހީތެރިޔާ؟” ނަރުސްކުއްޖަކު ގޮވާލީއަޑަށް އާކިންއާއި އަވްލީން ގޮސް ނަރުސް ކުއްޖާ ގާތުގައި ހުއްޓުނެވެ. “ލައްބަ. މިއީ މާޝާގެ ފިރިމީހާ.. އަޅުގަނޑުގެ އަންހެނުން ކިހިނެތްތޯ؟” އާކިން ހާސްވެހުރެ އެއްސެވެ. ނަރުސްކުއްޖާގެ ޖަވާބާއި އެކު އާކިންގެ ހިތްތެޅިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Your fav bab

    Varah reethi MA👏👏👏
    Now mehek should forget about zev coz zev Is all nuha’s😊
    Is it a coincidence or intentionally mikiyal ah abadhu mehek fenigen dhanee. 🤔 There is something in mikiyal’s heart for mehek I’m pretty sure👻
    Alhe avleen bust veeyo! ehen nuvaanenu parents ge bas ahanyaamu🤦
    I luv this story so much especially your descriptions💗💗💗
    I’m so sorry previous parts thakugai comment eh ves koh nuleveythee! What kind of a fan am I 😭😭😭
    Actually I’m really sick n i was also admitted last night for some reasons 😩
    Lyssssm💗💗💗
    Tc🤗

    1. shihaamaa ali
      Your fav bab

      hehe jazaakallah khairan Your fav bab
      ahaha neynge dhww balamaa
      hey its okayyyy eyyy hehe
      shafaakallah dear, tc n lyt

  2. aanaa

    Masha allah mi part vs vrh reethiii
    Mehek mikyal ah fall kuruvaaba…and plzzzz knme gth hadhaafavs nuha n xev dhuru nukurahcheyyyy mi vhk ge s1 ga vihnnnn..ehn nuny alhugandu mya vs vedhaane…s1 alhuganduge real life r gulhifa nimunyna vs vrh ruin.enhkaa mi vhk ehn viyya neynge vaane gthvsss….alvyn heenuvey dhww eii aakin r maasha ge kuhjeh hnvss…she is adhi 12 eyyyy..ekm mihaar 18 vyma marry kuraa vhk ahdhnnnn..yaa rabbbb…age bunyma hama shockkk…..alhugandu hykury adhi 15 ehaa varu kmh…anddd maasha ah kihineh evyyy…heart attack eh tha jehunyyy???😭…plzz masha ah vs dhera gth nuhadhahcheyyyyy…oopss cmmnt maaka dhiguvehje srryyy…..once again mi part vrh reeethiiii…curiously waiting for the next…when next??tc lyy❤

    1. shihaamaa ali
      aanaa

      haha balamaa dhw dhn vaa goi
      awlheyy i’m so sorry to hear that 🙁
      balamaa dhw mi season ga vaa goi
      aha e ok ey i lav reading long comments
      16th vana ep out now see ya theree tc nd lyt

  3. gurrrl_8

    Btw shiherrr mi part ves vrhhh reethi
    When next part
    Maash ah keehtha v I’m so curious actually
    Keep it up dear
    Lyy gurrrlie

    1. shihaamaa ali
      gurrrl_8

      jazaakallah khairan 16th vana part is out now
      lyttt

  4. Shaf_maan

    Mi prt vx vrh reethi Maasha Allah
    As i thought, Mehek ulhuny suicide vaan
    Alhey marsha ah kihiney thr v
    Marsha ah dhera gothey nuhadhathi plss
    Tc
    Lysm Shiher 💜💜

    1. shihaamaa ali
      Shaf_maan

      hehe
      next part already out see ya there
      jazaakallah khairan nd lytt

Comments are closed.