ބިސްމިން ކިޔާފައި ފުރަތަމަ އެތިކޮޅު މާވީ ލޯބިން ލަވައިދިނެވެ. ނަސީބަކުން ޔަޝާއަށް އޭތި ކަމުދިޔައެވެ. މައުސޫމްކޮއް ހީލާފައި ޔަޝާ އަތް ޖަހާލިއެވެ. ދެވަނަ ފަހަރަށް އަމިއްލައަށް އަނގަ ހުޅުވާލިއެވެ.
ހަމަ އެވަގުތެވެ. ކޮޓަރިތެރޭގައި އިން މާޝާ އިނީ ކުޑަކުޑަ އައިލީން ހޫނު ކުރަންށެވެ. އާކިންމެން އެކިޔަނީ ކޮންކަމެއް މާޝާ ހަނދާން ނެތުނު ވާޙަކަ ބާއެވެ؟ ކޮންމެވެސް ކަމެއް މާޝާ ހަނދާން ނެތުނީ ތާއެވެ؟ ނަމަވެސް ކޮންކަމެއް ބާއެވެ؟ ކުއްލިއަކަށް އައިލީން ދުވަސްނުފުރާ ވިހަންވީ ކީއްވެބާއެވެ؟
“ކޮއްކޮ ހޫނު ކުރަނީދޯ؟” ޙިޔާލުތަކުން މާޝާއަށް ނުކުމެވުނީ އަވްލީން ވާހަކަ ދައްކަންފެށިއަޑަށެވެ. މާޝާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. “މަންމާ. މިއައީ ސަޕްރައިޒް އެއްދޭންށޭ” އަވްލީން ހީލިއެވެ. “ހޫމް ދީބަލަ” ފުރިހަމަ ހިނިތުންވުމަކާއި އެކު މާޝާ ބުންޏެވެ.
“ޓަޑާ” އަތުގައި އޮތް އިސްލާމް ޕޭޕަރު ދައްކާލާފައި އަވްލީން ބުންޏެވެ. “މާޝާ ﷲ ވަރަށް މޮޅު. މަންމަ ވަރަށް އުފާވެއްޖެ” 25 އިން 25 ހޯދާފައި އިން އެޓެސްޓު ޕޭޕަރަށް ބަލައިލަމުން މާޝާ ހިނިތުންވެލާފައި ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ޔަޝްއަލްމެންގޭ ކުރިމަތީގައި ޒެވިއަން ދެކޮޅަށް ހިނގަމުން ދިޔައީ ޔަޝްއަލް ގެއިން ނިކުންނަންދެންނެވެ. ޔަޝްއަލް ގޭދޮށުގައި ހުއްޓާ މިރޭ ފިހާރައަށް ޔަޝްއަލް ދާވާހަކަ ބުނި އަޑު ޒެވިއަންއަށް އިވުމުންނެވެ. ނަމަވެސް ނުހާ ގޮވައިގެން ގޮސް ދާނެތީވެ ޒެވިއަން ހުރީ ފާޑަކަށް ހިތް އަވަސްވެފައެވެ. ޒެވިއަންގެ ތެޅެމުން ދިޔަ ހިތް މައިތިރި ނުވާތީވެ ޒެވިއަން ދިޔައީ ފަހަރަކު ސިނގިރޭޓެއް ރޯކުރަމުންނެވެ.
ހިނދުކޮޅެއްފަހެވެ. ޔަޝްއަލް ނުކުމެ ސައިކަލަށް އަރާ ނައްޓާލިއެވެ. ނުހާ ނުލައި ދިޔުމުން ޒެވިއަންއަށް ހިނިތުންވެވުނެވެ. އަތުގައި އޮތް ސިނގިރޭޓުގެ ދުންތައް ފަހު ފަހަރަށް ދަމާލާފައި ޒެވިއަން ހިނގައިގަތެވެ.
ޖޯލިފަތީގައި އޮތް ނުހާ އޮތީ އުޑުމަތީގައި ހުރި ތަރިތަކަށް ބަލަންށެވެ. ހަޔާތުގެ ދުވަސްކޮޅެއްގައި ނުހާއަށްވެސް އެހެން ވިދާދަލަ ވިދާލަ އިނދެވުނެވެ. ނަމަވެސް މިހާރު..
ނުހާއަށް ޙިޔާލުތަކުން ނުކުމެވުނީ ދޮރާށި ހުޅުވާލީ އަޑަށެވެ. ގެއަށް ވަދެގެންއައި ޒެވިއަން ފެނި ނުހާގެ ހިތް ތެޅިގަތީ ނުރައްކާތެރި ގޮތަކަށެވެ. ފަހަތަށް އެނބުރެވުނީ އަރޫޝާ ފެންނަން ހުރިތޯއެވެ.
“ތިޔަ ގުޅުއްވި މޯބައިލްފޯން މިވަގުތު ވަނީ ނިއްވާލާފައި. ފަހުން ގުޅުއްވާލައްވާ..” ލުބައިނާއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. މިއީ އޭނާއަށް ޒެވިއަންއަށް ގުޅުނި 20 ވަނަ ފަހަރެވެ. ނަމަވެސް ލިބެމުން އެދިޔައީ އެއްޖަވާބެވެ. ފުންނޭވާއެއް ލާފައި ލުބައިނާ ހިނގައިގަތީ ނުހާމެންގެއަށެވެ.
“ހެހެ ކާކުތަ ތިހޯދަނީ؟” ހިނިތުންވެލާފައި ޒެވިއަން އެއްސެވެ. “ޕްލީޒް ޒެވް ތިހެން ނޫޅިބަލަ. މިގޭ މީހަކަށް ފެނިދާނެ. ޕްލީޒް ދޭބަލަ” ނުހާ އާދޭސް ކުރާ ރާގެއްގައި ބުންޏެވެ. ޒެވިއަން އެއްވެސް އެއްޗެއް ނުބުނެ ނުހާ އަތުގައި ހިފާ ކައިރީގައި ހުރި ތާންގީގައި ލައްކޮއްލިއެވެ. މީހަކަށް ފެނުނުނަމަވެސް ހެޔޮކަމަށް ބަލާފައި ޒެވިއަން ނުހާގެ ތުންފަތުގައި ބޮސް ދިނެވެ.
ނުހާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. އެމަންޒަރު މީހަކަށް ފެނިއްޖެނަމަ…؟ ނުހާގެ އަތް ޒެވިއަންގެ އަތުން މިނިވަން ކުރުމަށް ނުހާ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޒެވިއަން ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. ނުހާގެ ހަށިގަނޑު ބޮޑަށް ގަޔަށް ކައިރި ކޮއްލާފައި ނުހާގެ ހަށިގަނޑުގެ އެތަންމިތާ ފިރުމަމުން ދިޔައެވެ.
“ޕްލީޒް ނޫ. ޔަޝްއަލް ދޫކޮށްލާފައި ޒެވް ގާތަށް އާދޭ. ޕްލީޒް.. ޒެވް ދޫކޮށްނުލާ..” ނުހާއާއި ދުރުވެލަމުން ޒެވިއަން ބުންޏެވެ. “ޕްލީޒް ނޫން.. ނުހާމީ ޔަޝްއަލްގެ އަންހެނުންނޭ..” ނުހާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވީ އަނެއްކާވެސް ޒެވިއަން ބޮސްދިނުމުންނެވެ. ޒެވިއަން ބުނެލިފަދައެވެ. ތިހެން ނުބުނާށެވެ. އިތުރަށް އަހަރެންގެ ހިތް ފިސް ފިސް ނުކުރާށެވެ.
އެވަގުތު ދޮރާށި ހުޅުވާލާފައި ވައިން ޔަޝްއަލްއަށް އެމަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. އެކަން އެނގުމުން ނުހާ ޒެވިއަން ކޮއްޕާލިއެވެ. އެކަމަށް ނުވިސްނާ ހުރެވުމުން ޒެވިއަން ދިޔައީ ވިއްސައިގެންނެވެ. ބިންމައްޗައް ގުޅަވެފައި އިން ޒެވިއަން ލައިގެން ހުރި ޓީޝާޓުގެ ކަރުގައި ހިފާ ޔަޝްއަލް އޭނާ ކޮޅަށް ނެގިއެވެ.
“ކަލޭ މޮޔަވީތަ؟ މިތަ ކަލޭގެ މަންމަ ކަލޭ ބަލާ ބޮޑު ކުރިގޮތަކީ އެއިން؟ ނުހާއެއީ މަގޭ އަންހެނުން. އޭނަ މިހާރު ކަލޭ މަތިން ހަނދާން ނައްތާލައިފި. ދެންވެސް މަގޭ ނުހާއާއި ދުރުގައި ހުރޭ” ޔަޝްއަލް އަމުރު ކޮއްލިއެވެ. ޔަޝްއަލް “މަގޭ ނުހާ” އޭބުނުމުން ޒެވިއަން ގާތަށް އެރީ އަމަށަކު ރުޅިއެއް ނޫނެވެ. ގޮށް މުއްކަވާފައި ޔަޝްއަލް މޫނުގައި ޖެހިއެވެ.
“ނޫން ޒެވްއެއް ނާދޭ މިގެއަކަށް. ނޫ މިހާރު ބަދަލު ވެއްޖް ޔަޝްއަލްމެން ގެއަށް” ޒެވިއަން ހޯދަން ލުބައިނާ އައުމުން ނިމްރާ ބުންޏެވެ. އެއީ ލުބައިނާއަށް މުޅިން އައު ޙަބަރެކެވެ. ނުހާގެ ކައިވެނި ސިއްރު ކުރިކަން އެނގުނު ފަހުން ޒެވިއަންއާއި ލުބައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ލަސް ހިނގުމުގައި ލުބައިނާ ދިޔައީ ޔަޝްއަލްމެން ގޭދޮށަށެވެ. ސީދާ ގޭދޮރުމަތީގައި ހުނަންނަ ނުކެރުމުން ލުބައިނާ ގޮސް ތަންކޮޅެއް ދުރުގައި ހުއްޓުނެވެ.
“ލަދު ހަޔާތް ކުޑަ. މަގޭ ނުހާއޭ؟ އެއީ މަގޭ ހައްގެއް. ދުވަހަކުވެސް ކަލެއަކަށް ނުހާއެއް ނުލިބޭނެ” ޔަޝްއަލް ބަނޑުގައި ކޮޅުފައިން ޖަހަމުން ޒެވިއަން ބުންޏެވެ. “ހަހަ އެހެންތަ؟ ކާކުގެ ނަން އޮތީ ކައިވެނީގެ ރަޖިސްޓްރީގަ؟ އެއީ މަގޭ އަނބިމީހާ. ޔޫއާރް ޖަސްޓް އަ އެކްސް ހަހަ” ބަނޑުގައި އަތް އަޅައިގެން އިނދެ ޔަޝްއަލް ބުންޏެވެ.
“ދެން ތިޙިޔާލު ދޫކޮށްލާ. ނުހާއަކީ ކަލެއަށް ފެނުނު ހުވަފެނެއް. ދެން ދުވަހަކުވެސް ކަލެއަކަށް ނުހާއެއް ނުލިބޭނެ” ޔަޝްއަލް ފޮނިވެފައި ބުންޏެވެ. “ނުހުއްޓާނަން. ދުވަހަކުވެސް ނުހުއްޓާން. މަށަށް ނުހާ ލިބެންދެން މަމިކަމާ އުޅޭނަން. ސާފު؟” ޒެވިއަން ސާބިތު ކަމާއި އެކު ބުންޏެވެ.
“ހަހަ. އެކަމަކުދޯ؟ މިކަން ހުއްޓުން ކަންނޭނގެ މުހިއްމީ.. ނޭނގެއެއްނުން؟ ތިކަމާ އުޅެން އުޅިގެން ކަލޭ ވަރަށް ލޯބިވާ މީހަކު ގެއްލިދާނުން؟ ކަލޭ މުޅި ދިރިއުޅުން ހަލާކު ވުން އެކަށީގެންވޭ” ޒެވިއަން ކޮނޑުގައި ހިފާލަމުން ޔަޝްއަލް ބުންޏެވެ. “ނުހާ ގެއްލުން ދުވަސްއެއީ މަށަށް ހުރިހާއެއްޗެއް ގެއްލުނު ދުވަސް. ދެން އިތުރަކަށް ވޭނެއް ނުލިބޭނެ.” ރުޅި އަހިސްފައި ކަމަށް ބުނަން އުޅުނަސް ޒެވިއަންގެ އަޑުގައި ވޭން އެކުލެވިފައި ވިއެވެ.
“ހޫމް. އޯކޭ. ހަމަ އުޅެންވީ ތިކަމާ” ޔަޝްއަލް ހަރަމް ބަނދެލަމުން ބުންޏެވެ. “އާދޭ މަށާއި އެކު ނުހާ” ޔަޝްއަލް ބުންޏެވެ. ނުހާ އަތުގައި ހިފައިގެން އެތެރެއަށް ވައިން ޔަޝްއަލް ފެނި ޒެވިއަންއަށް އިސްޖަހާލެވުނެވެ. ޔަޝްއަލް އެހުރިހާ އެއްޗެއް ކީއިރުވެސް ނުހާ އެއްޗެކޭ ނުބުނުމުން ޒެވިއަންއަށް ނުހާ ގެއްލިއްޖެކަން ޒެވިއަންއަށް ޔަގީންވީފަދައެވެ.
ގެއިން ނިކުން ޒެވިއަންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ގޭކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިން އަންހެން މީހާއެވެ. ޒެވިއަން ދެލޯ ބޮޑުވީ އޭނާ ލެއިންކަޅިވެފައިވީ އިރު، މޭމަތީގައި އިން ވަޅި ފެނުމުންނެވެ. ޒެވިއަން ފެނުމުން އޭނާ އަތްހިތްލައިލިއެވެ.
ޒެވިއަން މަޑުމަޑުން އެއަންހެން މީހާއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒެވިއަން ލޮލުގައި އަޅައިގަތީ އޭނާގެ އިނގިލީގައި އިން ރަން އަނގޮއްޓިއެވެ. އެއާއި އެކު ޒެވިއަންގެ ހިތުގައި ޖަހާލީ ބިރުވެރި ރާޅެކެވެ. ފިޔަވަޅުތައް އަވަސްކޮށް ދުއްވައިގަނެވުނީ އެދިމާލަށެވެ. އެހެނަސް ޒެވިއަންއަށް އެހިސާބަށް ނުދެވެނީސް އެނާ އެތަނަށް ދެމުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha allah mi part vs vrhh reethi
Alheyyy yash’al I hate ee uuuuuu
Eiii lubaina tha???kaaku ehn hedhy???keehve xev ah adu nyvuny??? ethaa hurefa tha valhi jehy???? huss suvaal😭… Eiii EYNA ge kmh tha??? Curiously waiting… When next??? Tc lyyy❤️
Jazaakallah khairann❤️❤️
Neynge neynge kaaku kan ingeyne 39th vana ep ga hehe stay tuned in sha allah soon kiyaalan libeyne..
Stay tuned, lyt
Alhey xev😭😭😭😭
I feel so so bad for him. N nuha she can’t even do a thing!! yash’al I hattee yyoouu!!!
Eii lubainaa thrr??
Alheyy I’m sure it’s herrr?!!
“Bro Xev, yashal is far too dangerous than u think, don’t work hard, work smart” i ge faraathun zev ah dhey kuda advice eh!!
My curiosity in the finest level
When next?
Tysssm for this spic parts+ lysssm❤️❤️
Tc
Hehe neynge neynge stay tuned for next ep to know who it was.. and that advice vrh loabi hehe.. stay tuned, welcome, ilyt, tc
Maasha Allah mi prt vx vrh reethi
I hate that Yash’al so much😡😡
N who was that lein kalhivefa??? Lubaina???
Oh god. Why Xev ge loabiva enmen dhany😭😭
Cant wait for the next
Curiously waiting
Whn nxt
Tc.. Lysm Shiher 💜💜
Jazaaakallah khairan❤️
Aww neynge dhww balamaaaa😭😭😭😭 next ep in sha allah libeyne vrh avahah kiyaalan stay tuned.. lyt❤️
Mashallah mi part ves vrhh vrhh reethi
Previous days I was so busyy n so that’s why I cannot reply you n I was so shocked abt that valhi jehi meeheh neyngeythii who is that gurrl is that zev ge mom lubaina Noo Luba yah ehn nuhadhaathi xev vrh ekanii vaane eyrah 😭😭😭
Since I was busyy but kiyaalan hama
You are one of my fav author n give ur best
Btw comment vrh dhigu vehje
Keep it up
I appreciate your work
Lyy
Tcc ❤️😘😘
Jazaakallah khairannn ❤️❤️❤️