ކަޅު ކުލައިގެ ޓޮކްސީޑޯއެއް ލާފައި ތިރިން ގަދަ ދަނބުކުލައިގެ ގަމީހެއް ލައިގެން ހުރި ޔަޝްއަލް ފެންނަނީ ވަރަށްވެސް ފިރިހެންވަންތަކޮށެވެ. ޖީބަށް އަތް ޖަހާލައިގެން ދިޔަ ޔަޝްއަލްގެ ވިސްނުމުގައިވީ ޔަޝްއަލްއަށް ލިބުނު ދަރިފުޅެވެ. އެކުއްޖާ ދެކިލަން އޭނާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެނަސީބެއް އޭނާއަކަށް ނެތެވެ.
ޔަޝްއަލްގެ ހަލުވި ފިޔަވަޅުތައް ހުއްޓުނީ ފަހަތުން މީހަކު އަންނަހެން ހީވެގެންނެވެ. ނަމަވެސް ފަސް އެނބުރި ބަލާލި އިރު އެއްވެސް މީހަކު ނުފެނުނެވެ. ނަމަވެސް މީހަކު އޭނާ ފަހަތުން އަންނަ ކަހަލަ އިހުސާސްއެއް ޔަޝްއަލްއަށް ދިޔައީ ކުރެވެމުންނެވެ. ފުންނޭވާއެއް ލާފައި ޔަޝްއަލް ހިނގައިގަތެވެ. އެއާއި އެކު ކޮންމެވެސް މީހަކު އަހިސް ޔަޝްއަލް ފާރުގައި ލައްކޮށްފައި ލޮކު އަޅުވާލިއެވެ. އޭނާގެ މޫނު ވަނީ ހިޔަނި އެޅިފައިވުމުން ފަރުދާވެފައެވެ. ޔަޝްއަލް ހައިރާންވީ އެއީ އަންހެން ކުއްޖަކަށްވީތީއެވެ.
“މާޝާ ﷲ ދަރިފުޅާ ނޫ. މިރޭ ވަރަށް ލޯބި މާޝާ ﷲ” ހިނިތުންވެލާފައި ނުހާ ގައިގައި ބައްދާލަމުން ނިމްރާ ބުނެލިއެވެ. ގާތުގައި މާޝާއާއި އާކިން އަދި ކަޔާންވެސް ހުއްޓެވެ. “ދަރިފުޅު އެއްކޮށް ހަމަ ބޮޑުވީދޯ؟” ނިމްރާގެ ހަށިގަނޑުގައި ބައްދާލަމުން އާކިން ބުނެލިއެވެ. “އޮފްކޯސް. ދެން މަންމަމެންގެ ބޭބީއެއް ގޮތުގަ ނޫ އަބަދަކު ނުހުންނާނެއްނުން؟” ކަޔާންގެ ހަށިގަނޑުގައި ބައްދާލާފައި ނުހާ ބުނެލިއެވެ. “ޕްރައުޑް އޮފް ޔޫ ނޫ” ކަޔާން ނުހާގެ ބޮލުގައި ބޮސްދެމުން ބުންޏެވެ. “އޮންލީ 2 އިޔާޒް ދޯ މިކީ ވެސް 10 ނިމެން” މާޝާގެ ހަށިގަނޑުގައި ބައްދާލަމުން ނުހާ ބުނެލިއެވެ. މާޝާ ހީލާފައި ބޯޖަހާލިއެވެ.
ފުރިހަމަ ހިނިތުންވުމަކާއި އެކު ނުހާ ނިކުން އިރު ނުހާގެ އިންތިޒާރުގައި ޒެވިއަން ހުއްޓެވެ. ރީތި ހިނގުމެއްގައި ހިނގާލާފައި އައި ނުހާފެނި ޒެވިއަންގެ ހިތުގެ ތެޅުން ހުއްޓުނު ފަދައެވެ. ގަދަ ރަތް ކުލައިގެ އަބާޔާއާއި އެކު އެކުލައިގެ ޙިމާރް އެއް އަޅައިގެން ހުރި ނުހާގެ ބޮލުގައި ބޭންޑްއެއް އިނެވެ. ނުހާ ލަސް ހިނގުމުގައި އަހިސް ޒެވިއަން ކުރިމަތީގައި ހުއްޓުނެވެ.
“ރީތިތަ؟” ޒެވިއަން ކުރިމަތީގައި ހުއްޓިފައި ނުހާ އެއްސެވެ. “ނޫ… ނޫ ކޮންމެ އެއްޗެއް ލައިގެން ހުއްޓަސް ހީވަނީ ހަމަ ރާނީއެއްހެން. ނޫލާ ކޮންމެ ކުލައަކީވެސް ނޫ ބެހެއްޓުމަށްޓަކައި ޒެވްކޮއްފާނެ ކޮންމެ ފާފައެއްގެ ކުލަ” ނުހާގެ މަޑުމަޑު އަތުގައި ހިފާ ބޮސް ދެމުން ޒެވިއަން ބުނެލިއެވެ. “މްމްމް ވާއޫ. ވަރަށް މީރުވަސް ދުވާ. އިނގޭތަ؟ ޒެވްމެން ވަށައިގެން ދުނިޔެ އަނދާ ހުލިވިނަމަވެސް، ޒެވް އަދިވެސް އަލިފާނުގެ އަޅިތައް ހޮވާނަން ނޫގެ ހަންގަނޑުގެ ވަސް ދުވާނަމަ” ޒެވިއަން އިޝްޤީ ރާގެއްގައި ބުނެލިއެވެ.
“އަޅެ. ޒެވް ނޫ ގާތަށް އަބަދުވެސް އަންނަނީ ނޫ ލަދުގަންނުވާނެ ބަސްތަށް ހޯދައިގެންތަ؟” މޫނުގައި އަތް އަޅާލަމުން ނުހާ ބުނެލިއެވެ. “ހެހެ ނޫނޭ. ހަމަ ނޫލޯބި ކަމުން.. ހަމަ ވާހް…” ނުހާގެ ކޮލުގައި ދޮނެއް ދެމުން ޒެވިއަން ބުންޏެވެ. “އޭ. މީހަކަށް ފެނިދާނޭ” ނުހާ ޒެވިއަން ދުރުކޮއްލިއެވެ.
“ހެހެ އޯކޭ އޯކޭ. ޒެވް އެބައޮތޭ ނޫއަށް ހަދިޔާއެއް ދޭންވެފަ” ޒެވިއަން ބުންޏެވެ. “ޔެސް؟” ނުހާ އެއްސެވެ. ޒެވިއަން އޭނާގެ ޖީބުން ކުޑަފޮއްޓެއް ނެގިއެވެ. އަދި ނުހާއަތަށް ދިނެވެ. ނުހާ އޭތި ހުޅުވާލީ އިރު އޭގައި އޮތީ ރިހިކުލައިގެ ދެފަށެވެ. ބެލެވޭ ގޮތުންނަމަ “ކަޕްލް ނެކްލެސް” އެކެވެ. އެއްފަށުގައި ހިތުގެ ބައްޓަމަށް އިން ފަށެއް އޮތް އިރު އެހިތް ގާތުގައި އޮތީ ކަނޑިއެއްފަދަ ފަށެކެވެ. “ވާއު.. ވަރަށް ލޯބި” ނުހާ ބުނެލިއެވެ. ޒެވިއަން ހިނިތުންވެލިއެވެ.
“މިއީ ކީއްކުރާއެއްޗެއް؟” އޭގެތެރޭގައި އޮތް ކަށި ފެނި ނުހާއެއްސެވެ. ފެންނަ ފެނުމަށް ހީވަނީ ކުޑަކުދިން ގައިން ލޭނަގާ ކަހަލަ އިންޖެކްޝަނެއް ހެންނެވެ. ޒެވިއަން ހިނިތުންވެލާފައި ޖީބުން ނެގި ސެނިޓައިޒާރް ފުޅިން އަތުގައި އެތިކޮޅެއް ހާކާލިއެވެ. އަދި ފޮށިތެރޭގައި އޮތް ކަށި ނަގާ އަތަށް ހަރާލިއެވެ. “ވަޓް؟ ޒެވް ކީއް ތިކުރަނީ؟” ނުހާގެ ދެލޯ ބޮޑުވިއެވެ.
“ވެއިޓް ވެއިޓް މައި ލަވް” ޒެވިއަން ބުނެލިއެވެ. އަދި ފޮށިތެރޭގައި އޮތް ހިތުގެ ބައްޓަމަށް އިން ފަށް ނަގާ އެހިތުގައި އިން ކޮންމެވެސް އެއްޗެއް ނަގާފައި އޭގެތެރެއަށް ޒެވިއަން އަތުން ނެގި ލޭ އެޅިއެވެ. ދެން ޖީބުން ނެގި އެއްޗަކުން އޭގައި އިން އިސްކުރު ބާރު ކޮއްލިއެވެ.
ނުހާއަށް ހިނިތުންވެލާފައި ނުހާ އަޅައިގެން ހުރި ޙިމާރް ތެރެއިން ޒެވިއަން ނުހާގެ ކަރުގައި އެފަށް އަޅުވާލިއެވެ. “ތިފަށުގައި އިން ޒެވްގެ ކޮންމެ ލޭތިއްކެއް އެދަނީ ނޫއަށް ޓަކާ ފިދާވަމުން. ތިއީ ގަހަނާއެއް ނޫން. ޒެވްގެ ނަފްސު، ރަތް ކުލައިން ބަންދުކޮށްފައިވީ އަމާނާތެއް. ނޫގެ ނާރުތަކުން ހިތްހަމަ ޖެހުމާއި ލޯބި ހޯދާނޭ މިތުރެއް. އެއްވެސް މީހަކަށް ނޫގެ ގައިގައި އަތްލަން ކެރޭނަމަ، މަރަށްވުރެ ބާރަށް ހަޅޭއްލަވައިގަނެވޭނެ މަދަދުވެރިޔެއް. ސަބަބަކީ މިހާރު، ޒެވްގެ ހަށިގަނޑުން ބައެއް ދިރިއުޅޭނީ ނޫގެ ހަށިގަނޑުގައި ކަމަށްވީތީ” ނުހާގެ ކަރުގައި ހިފާ ޒެވިއަންގެ މޫނަށް ގާތްކޮށްލަމުން ޒެވިއަން ބުންޏެވެ. ނުހާ އިސްޖަހާލިއެވެ. އޭރު ނުހާގެ ހަށިގަނޑުގައިވީހާ ލެޔެއް ނުހާގެ މޫނަށް ގޮސްފައިވާފަދައެވެ. “ހެހެ ލެޓްސް ގޯ މައި ލޭޑީ” ޒެވިއަންގެ އަތުގައި ހިފުމަށް ދައުވަތު އަރުވަމުން ޒެވިއަން އަތް ހިތްލާލިއެވެ. ނުހާ ހިނިތުންވެލާފައި ޒެވިއަންގެ އަތުގައި ހިފިއެވެ. އަދި ދެލޯބިވެރިން އެކުގައި ހިނގައިގަތެވެ.
ހުނަރުވެރި ކަމާއި އެކު ޔަޝްއަލް އެކުއްޖާގެ އަތް ފޮޅުވާލާ، އުނގަނޑުގައި ހިފާ ކައިރީގައި ވެއްޓިފައި އިން ފާރު މަތީގައި ބޭންދިއެވެ. އެއާއި އެކު އަނދިރިކަމުން އެކުއްޖާ ކަޝްފުވެ، އެކުއްޖާގެ މޫނު ފެނުނެވެ. “ލިލިއާ؟” ޔަޝްއަލް ހައިރާންވިއެވެ. ސުކޫލުގައި ހޭދަވި 10 އަހަރު އެއްވެސް މީހަކާ އަނގައިން ނުބުނެ ކުލާހުގައި އިން ލިލިއާ މިއަދު މިކަހަލަ ކަމަކާ އުޅުމުން ޔަޝްއަލް ހުރީ ހަމަ ރަނގަޅަށްވެސް ކޮސްވެފައެވެ.
“ޔަޝްއަލް… މަށަށް އަދި ކިރިޔާ މި އެނގުނީތިއީ ކާކުކަން” ލިލިއާގެ ޖުމްލައާއި އެކު ޔަޝްއަލްގެ މޫނުމަތީގައި ޖެހުނީ ސުވާލު މާރްކްއެކެވެ. ނަމަވެސް އެއީ ތެދެއްނަމަ..؟ “ކަލޭ ބޮއެގެންތަ ތިހުރީ؟ އެއިން؟” ލިލިއާގެ އުނަގަނޑުން ދޫކޮށްލާފައި ހިނގައިގަންނަމުން ޔަޝްއަލް ބުންޏެވެ. “އަހަރެން މުޅި ދުނިޔެއަށް ފަޅާ އަރުވާލަންވީތަ ކަލޭ ބައްޕަގެ ހަގީގަތް؟” ލިލިއާ ޖުމްލައާއި އެކު ޔަޝްއަލްގެ ފިޔަވަޅުތައް ހުއްޓުނެވެ.
“ސޯ؟ ވާހަކަ ދައްކަން ރެޑީތަ؟” ލިލިއާ ހީލާފައި އަހާލިއެވެ. “ކަލޭ ކޯއްޗެއްތަ ބޭނުމީ؟” ޔަޝްއަލް އެއްސެވެ. ޔަޝްއަލްގެ ބައްޕަގެ ހަގީގަތް މީހުނަށް އެނގިއްޖެ ނަމަ މާވީއަށާއި އޭނާގެ ދަރިފުޅަށް ވެދާނެ ގޮތަކާއި މެދު ވިސްނާލާފައި ޔަޝްއަލް ގޮތް ދޫކުރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







masha allah mi part vs vrhvrh reethiiii
alhyyyyy xevvv haadhahaa rommm eyyyyy…yagyn nuhaa ekaninunkan blush vaanyyy…ladhugai varun nukerunu vhk continue kuranvsss..3 faharu mathin mipart mi ninmuny vs….anehka yash’al r lilia e ulheny kykeyyyy kiyann???kon haqeeqatheh????shihaa imm soo curiousss..when next????tc lyy❤
jazaakallah khairan dearr 🙂
haha aslu vess dhw xev on top 😭💕
hehe balamaa dhw next ep coming soon in sha allah
lyt
Heyyyyy shiherrr..
Mi part vx vrh vrh reethi maasha allah.. Xev and nuhaa haadha cute eyyyy.. I’m blushing hehe 😭😭.. Yash’al dad ge kon secretehba.. I’m sooooo curiousssss.. When is the next part?? Lyssm 💜🦋
heyyyy maashhh
jazaakallah khairan 🙂
aha ikr so was i when i was writing 😭😭😭
in sha allah very soon ilytt 💕