Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 12

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 13, 2025 3 Mins Read
6 Comments

“ނޫ މަތިން މިސްވާވަރުން ހަމަ ހެހެ. ނިމް ދައްތަ ކައިރީ ބުނެފަ މިއައީވެސް” ޒެވިއަން ބުނެލިއެވެ. ނުހާ ތުން އަނބުރާލިއެވެ. “ހޫމް ދެން ދޭއިހަށް ބޭރަށް. ނޫ ފެންވަރަށް ވެއްޖެ” ނުހާ ބުނެލިއެވެ. “ކީއްކުރަންތަ ބޭރަށް ދާންވީ؟ ޒެވް ގޮވައިގެން ހިނގަގަ؟” ޒެވިއަން އެއްލޯ މަރާލިއެވެ. “ޔޫ ޓީޒާރް! ދޭން ދޭ މިނިކުންނަނީއޭ ވަރަށް އަވަހަށް” ނުހާ ތުންކޮޅު އޫކޮށްލާފައި ބުނެލިއެވެ. “ހެހެ އޯކޭ އޯކޭ އަވަސް ކޮއްލަށްޗޭ” ޒެވިއަން އެހެން ބުނެކޮޓަރިން ނުކުތެވެ. ނުހާ މޫނުގައި އަތް އެޅީ ގައިން ލަދުންނެވެ.

10 ވަރަކަށް މިނިޓް ތެރޭ ނުހާ ތައްޔާރުވެލައިގެން ނިކުތެވެ. ޒެވިއަންއާއި ދެކުދިން ދެން ދިޔައީ ކާގެއަށެވެ. އޭރު މާޝާއާއި، ނިމްރާ ވެގެން ހުރީ ސައިހަދާ ނިންމާލާފައެވެ. “ޒެވް؟ ކޮން ބުރެއްތަ؟” ޒެވިއަން ފެނުމުން މާޝާ އަހާލިއެވެ. “މިދެން ހަމަ ޖައްސާލީ. ކޮބާތަ މިކީއާއި އިއްލު؟” ޒެވިއަން ހިނިތުންވެލިއެވެ. “މިކީ ނުހޭލާއަދި. އިއްލުވެއްޖެ ހޮސްޕިޓަލުގަ” މާޝާ ބުންޏެވެ. “އެއްކަލަ ކުއްޖަ ވިހެއީތަ؟” ކައިލް ހޮސްޕިޓަލުގައޭ ބުނުމުން ނުހާއެއްސެވެ. “ހޫމް ރޭގަ ދެނަމާދު ދޭތެރޭގަ ވިހެއީ. މާޝާ ﷲ ވަރަށް ލޯބި އެކުއްޖާ” ނިމްރާ ބުންނެވެ. ނުހާ މަޑު މަޑު “އޯހް” އެއްލައްވާލިއެވެ.

“މިހާރު ބޭބީއަށް ކިޔާނެ ނަމެއް ނިންމައިފިންތަ؟” ޔަޝާ އުރާލައިގެން އިން ކައިލް އެއްސެވެ. “ލައްބަ. ޔަޝާ” މާވީ ބުނެލިއެވެ. “އެހެންތަ؟ ވަރަށް ލޯބި” ޔަޝާގެ ކޮލުގައި ކައިލް ފިރުމާލިއެވެ. “ވީ ކިހިނެތްތަ މިހާރު؟ އެއްވެސް ތާކުގަ ރިއްސާތަ؟” ކައިލް އެއްސެވެ. “ނޫން.. އެކަމަކު ވަރަށް ވަރުބަލި. ނޭނގެ ކީއްވެކަމެއް” މާވީ ބުންޏެވެ. “ދެން ކައިލްއަކަށް ނޭނގޭ އިނގޭ ތެދެއްކަމެއް. މީހުން ބުނޭ ފުރަތަމަ ފީޑް ކުރަން ފަށާ ދުވަސްކޮޅު ވަރަށް ވަރުބަލި ވާނޭ” ކައިލް ބޯކަހާލާފައި ބުނެލިއެވެ. މާވީ ހީލިއެވެ.

“ހޫމް އެހެން ބުނީމަ މިހަނދާންވީ. އަން. މިއޮތީ ކައިގެ ފަރާތުން ހަދިޔާއެއް. މިދޭން ހަނދާން ނެތިފަމީނީ ހެހެ” މާވީއަތަށް ކޮތަޅެއް ދިއްކޮއްލަމުން ކައިލް ބުނެލިއެވެ. “ހީޓްޕެޑްސް؟” މާވީ އަހާލިއެވެ. “ޔާ. މަންމަކީ ފީޑް ކުރަންޏާ ސަމްޓައިމްސް ތަދުވާނޭ. އެހެންވެ ހެހެ. ދެން ވަރަށް ގިނައިން ފެންބޮއްޗޭ. އެންޑް ވާނެ ބަރާބަރަށް ކާން.” ކައިލް ބުންޏެވެ. ކައިލް މާވީއާއި މެދު ވިސްނާވަރު ހިތަށް އަރާފައި މާވީއަށް ހިނިތުންވެވުނެވެ. މިއަދު ޔަޝްއަލްއޭނާއަށް އެހާ ލޯބި ދޭނެ ނަމައެވެ…

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރެއަކީ ހުރިހާ ކުދިންތައް ތައްޔާރުވަމުން ދިޔަ ފެއާވެލްއަލް އޮންނަ ރެއެވެ. ހުރިހާ އަންހެން ކުދިންތައް ތައްޔާރުވުމަށް ގެއަށް ފޮނުވާލުމަށް ފަހު، އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައީ ފިރިހެން ކުދިން އެކަންޏެވެ. ފުއްޕާ ހަންތަކެއް ފުއްޕަން ތަންކޮޅެއް ދުރުގައި ޒެވިއަން ހުއްޓެވެ. އެވަގުތު ހުރީ ޒެވިއަން އެކަންޏެވެ. ދުރުގައި ހުރި ލިލިއާ ބަލަމުން ދިޔައީ އެވަގުތަށެވެ. ހިނިތުންވެލާފައި ލިލިއާ ގޮސް ޒެވިއަން ކުރިމަތީގައި ހުއްޓުނެވެ.

“ހެއީ” ތުއި އަޑެއްގައި ލިލިއާ ގޮވާލިއެވެ. “ކިހިނެތްވީ؟” ލިލިއާ އާއިދިމާލަށް ބަލާވެސް ނުލާ ޒެވިއަން އެއްސެވެ. “އައުޗް.. އައިމް ހާޓް.. އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާނަންތަ؟ ނުހާ ނޫން ކުއްޖަކަށް ބަލާލުން އެދެން މައްސަލައެއްތަ؟” ލިލިއާ އެއްސެވެ. “އަހަރެން ލޯބިވަނީ ނޫދެކެ އެކަނި. އަހަރެން ބޭނުމެއްނޫން އެހެން ކުދިންނަށް ބަލާކަށް” ޒެވިއަން ފުއްޕާ ހަމެއް ނަގާ ތުމުގައި ޖައްސާލަމުން ބުންޏެވެ.

“އޯހް ވާއު.. އައި ވިޝް އައި ވޯޒް ދި ބެލޫން” ލިލިއާ ބުންޏެވެ. “އެކްސްކިޔޫޒް ޔޫ؟” ޒެވިއަން މޫނު ކުނި ކޮއްލާފައި އެއްސެވެ. “ޒެވް. ލިއާ ވަރަށް ލޯބިވޭ ޒެވްދެކެ. ޕްލީޒް ބީ މައިން. ނުހާ ކަހަލަ ގޯންޏަކަށް ވަދެގެން އޮންނަ މީހަކު ދެކެ ކީއްކުރަންތަ ލޯބިވަނީ؟ ޕްލީޒް ސޭ ޔެސް” ޒެވިއަންގެ އަތުގައި ހިފާލަމުން ލިލިއާ ބުންޏެވެ. ވަގުތުން ޒެވިއަން ލިލިއާގެ އަތް ފޮޅުވާލިއެވެ. “މަށާދުރުގަ ހުރޭ. އަހަރެން ނޫދެކެ އެކަނި ލޯބިވަނީ” އެހެން ބުން ޒެވިއަން އެތަނުން ނުކުމެގެން ދިޔައެވެ.

“ހަމަ ހުވާ ޒެވްއަށް ނޭނގުނު އަރައިގައިން ރުޅި ގަނޑެއްވެސް. ގެއަށް އަހިސް އަތްވެސް ދޮވެފިން ލައްކަ ފަހަރު. އަދިވެސް ހީވަނީ ކުނިވެފަހެން” ގެއަށް އަހިސް ނުހާއަށް ގުޅައިގެން އިނދެ ޒެވިއަން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ހެހެ. ޒެވް ތިއީ ހަމަ އެކަނި ނޫގެ މީހެއް. އޯލްވޭސް އެންޑް ފޯރްއެވާރް” ނުހާ ހީލާފައި ބުނެލިއެވެ. “ދުވަހަކުވެސް ޒެވް ދޫކޮށްނުލައްޗޭ” ކަކުލުގައި އިނގިލިތައް ބާރުކޮށްލަމުން ޒެވިއަން ބުނެލިއެވެ. “ޒެވްއަކަށް އެވޭނަކުން ސަލާމަތް ނުވެވޭނެ. ޔޫ އާ މައިން”

ޒެވިއަންގެ އެޖުމްލައާއި އެކު ނުހާގެ މުޅި ހަށިގަނޑުން ހީބިހި އަރައިގަތެވެ. “ހަމައެކަނި މިރޭއެއް ނޫން. ހަމައެކަނި މާދަމާއަކަށް ނޫން. އަބަދަށްޓަކައި. ނޫ ނިސްބަތްވަނީ ޒެވްއަށް. އަބަދުވެސް ޒެވްއަށް. ހުރިހާ ގޮތަކުންވެސް. ހަށިގަނޑު، ނަފްސު، ނޭވާ. ދުވަހަކުވެސް ދުވަން މަސައްކަތް ކުރާނަމަ..!” އެހިސާބަށް ބުނެފައި ޒެވިއަންގެ އަޑު މަޑުވިއެވެ. “ސޯ ޑޯންޓް. ޑޯންޓް އެވަރ ލީވް. ޔޫ އާ މައި ފޯއެވަރ. މައިން!” މަޑުމަޑުން، އާދޭސް ކުރާ ރާގަކަށް ޒެވިއަން ބުނެލިއެވެ. ނުހާއަށް ހިނިތުންވެވުނެވެ. “އޯލްވޭސް ޔުއާރްސް” ނުހާ ބުނެލިއެވެ.

ކަޅު ކުލައިގެ ޓޮކްސީޑޯއެއް ލާފައި ތިރިން ގަދަ ދަނބުކުލައިގެ ގަމީހެއް ލައިގެން ހުރި ޔަޝްއަލް ފެންނަނީ ވަރަށްވެސް ފިރިހެންވަންތަކޮށެވެ. ޖީބަށް އަތް ޖަހާލައިގެން ދިޔަ ޔަޝްއަލްގެ ވިސްނުމުގައިވީ ޔަޝްއަލްއަށް ލިބުނު ދަރިފުޅެވެ. އެކުއްޖާ ދެކިލަން އޭނާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެނަސީބެއް އޭނާއަކަށް ނެތެވެ. ކުޑަމިނުން އެކުއްޖާގެ ނަންވެސް ޔަޝްއަލްއަށް އެނގޭނެބާއޭ ޔަޝްއަލް ހިތަށް އެރިއެވެ.

ޔަޝްއަލްގެ ހަލުވި ފިޔަވަޅުތައް ހުއްޓުނީ ފަހަތުން މީހަކު އަންނަހެން ހީވެގެންނެވެ. ނަމަވެސް ފަސް އެނބުރި ބަލާލި އިރު އެއްވެސް މީހަކު ނުފެނުނެވެ. އެހެންވިޔަސް މީހަކު އޭނާ ފަހަތުން އަންނަ ކަހަލަ އިހުސާސްއެއް ޔަޝްއަލްއަށް ދިޔައީ ކުރެވެމުންނެވެ. ފުންނޭވާއެއް ލާފައި ޔަޝްއަލް ހިނގައިގަތެވެ. އެއާއި އެކު ކޮންމެވެސް މީހަކު އަހިސް ޔަޝްއަލް ފާރުގައި ލައްކޮށްފައި ލޮކު އަޅުވާލިއެވެ. އޭނާގެ މޫނު ވަނީ ހިޔަނި އެޅިފައިވުމުން ފަރުދާވެފައެވެ. ޔަޝްއަލް ހައިރާންވީ އެއީ އަންހެން ކުއްޖަކަށްވީތީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވަކިވުމަށް ފަހުވެސް[2]

Next

ކަރުނަ 1

Next
May 13, 2025

ކަރުނަ 1

Previews
May 13, 2025

ވަކިވުމަށް ފަހުވެސް[2]

6 Comments!

  1. aanaa says:
    May 13, 2025 at 10:11 pm

    Masha allah mi part vs vrh reethiiii
    Haadhaha baevar girlsss e ulhenyyyy xev fahathunnnn…adhi mehek ge bai naahnanyyy….dhn neynge liliaa kuraane kmhvsss….hithah araa xev r kail kahala meeheh libeyne namaeyyy….yash’al ah ehn e hedhyyyy kaaakuuuuu?????sooo curious shihaaaaa…..curiously waiting for the nextt….when next????tccc lyyyy❤

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 11:37 pm

      jazaakallah khairan aanaa 🙂
      haha dhwww🙈 mehek ge baii annaane 14th vana ep ga dhn yash’al ah ehn hedhi miihaku engeyne next ep ga hehe stay tuned in sha allah soon next ep tc2 lyt

  2. Maash Maash says:
    May 13, 2025 at 11:56 pm

    Heyyyy shiherrrr..
    Mi part vx vrh reethi maasha allah..
    Xev haadha rom ey dhww.. And kail is soooo caring.. Neyge bunaane ehcheh vx.. Anehka kaakubaa yash’al lock elhu v..
    I’m sooooooo curious.. Lysssm💜🦋

    1. shihaamaa ali shihaamaa ali says:
      May 14, 2025 at 1:08 pm

      Heyyy maashhh
      Aha ikrr
      Next ep ga engeyne kaaku kan hehe stay tuned🙈
      Lytttt🤍🤍🤍🤍

  3. Shaf_maan says:
    May 14, 2025 at 2:45 pm

    Mi prt vx v reethi Maasha Allah
    Alhey thn xev haadha romm ey.
    Kail is so caring
    And kaakubaa Yash’al lock elhuvy
    So curious
    Lysm💜💜

    1. shihaamaa ali shihaamaa ali says:
      May 15, 2025 at 9:47 pm

      jazaakallah khairan dear 🙂

Comments are closed.

Next Episodeޒެވިއަން 13←


All Right Reserved!