Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (3)

Maree Level 110 Stories
December 18, 2015 8 Mins Read
24 Comments

ތިންވަނަ ބައި
ގަޑިން ރޭގަނޑު ދަންވެ 11 ޖަހައިފިއެވެ. ފާތުން އޭނާގެ އެނދުގައި އެއޮތީ އަރިއަކަށް ނިދާފައި އޮތް އާލިޔާގެ މަގަތުގައެވެ. އެނދުގެ ބޯލާކޮޅުގައި ލައްކޮށްފައިވާ ބާލީހުގައި ބޯއަޅައިގެން، ކަނާތުން އާލިޔާގެ ގައި ގައި މަޑު މަޑުން ފިރުމާލަ ފިރުމާލައެވެ. ނިތްްކުރި މައްޗަށް އަނެއްއަތްއަރުވައިގެން ބޯމަތީ އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓިފައި އޮވެވުނީ، އޭނާއާއި މިރޭ ދިމާވި ކަންތަކާމެދު ފިކުރު ބޮޑުވެގެންނެވެ. ދިމާވި ހާދިސާ އެންމެނަށް ކިޔައިދިނުމުން ބައްޕަ ކޮޓަރި ތެރެއަށް ލަވަޖަހާ ސެޓެއްވައްދައި ޤުރުއާން ސީޑީއެއް ވަނީ ޖަހައިދީފައެވެ. އެހެންކަމުން ފާތުންގެ ހިތަށް މިހާރުވަނީ ކޮންމެވެސްވަރެއްގެ ލުޔެއް ލިބިފައެވެ.

“ފާތުން، ނިދީތަ؟” ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ލޯބިވާ ފިރިމީހާ ހަސަނެވެ.

“ނޫން އަދި ނުނިދޭ… ކޮންތާކުން ތި އައީ ؟” އޮތްތަނުން ތެދުވެ ފާތުން އިށީނެވެ.

“މިއައީ ބައްޕަޔާ އެއްކޮށް ކޮންމެވެސް ފަންޑިތަވެރިއެއްގެ ގެއަށް ގޮސް ތަވީދެއް ލިއުއްވައިގެން. އަހަރުމެން އޭނާއަށް ކަންވީ ގޮތް ކިޔައިދިނީމަ ބުނީ، އެހާ ކަންބޮޑު ނުވާށޯ، މާ ކަންބޮޑު ކުރާކަމަށް ވަންޏާ މިކަން ކަމަކަށް ވެދާނެޔޯ. ރޭގަނޑު ގަޑީގަ ބޭރުގަ އުޅެފަ ގެޔަށްވަނީމަ އެއްޗެއް ދިމާކުރަން އުޅުނީ ކަމަށޯވާނީ. ބުނީ ދެން އިރުއޮއްސުނީމަ ބޭރުގަ ނޫޅޭށޯ. އަދި ބުނި މީތި ފާތުން ގެ އަތުގަ އަޅުވާށޯ…” ފާތުންގެ މަގަތުގައި ހަސަން އިށީންދެ އިނދެ، ތަވީދުނަގައި ފާތުންގެ އަތުގައި އަޅުވަމުން ވާހަކަ ދައްކަމުން ދިޔައެވެ.

” ތަވީދު އަޅާކަށްނުވާނެ ޔޯ ގައިމު ތުއްތުބޭ ބުނި. އެއީ ބާތިލު ކަމެކޯ…”

“އެކަމަކުވެސް ފާތުންގެ މަންމަމެން ޤަބޫލު ކުރާކަމަކަށް ވީމަތާ ގޮސް މިހެއްދީ. އެހެންނޫނަސް، މަށަށްވެސް ރަނގަޅީ ފާތުން މިއެއް އަޅައިގެން ދެން އުޅުނިއްޔާ. އޭރުވެސް ފާތުން ކައިރީބުނީމެންނު ތުނޑިއަށް ނުދާށޭ…. ދޮރުގެ ތަޅުގަ ހަމަ މީހާކު ހިފިކަން ޔަގީންތަ؟” ހަސަން ފާތުންނާ ދިމާވި ކަންތަކަކީ އަސްލެއް ކަމަކަށް ޤަބޫލުކުރަން ހަޤީގަތުގައި ބޭނުމެއް ނުވެއެވެ. އެހެނަސް އޭނާގެ ލޯބިވާ އަނބިމީހާ ދޮގެއް ނުހަދާނެ ކަންވެސް އޭނައަށް އެނގެއެވެ.

” ދެން ތިވާހަކަ ނުދައްކަބަލަ. ޕްލީސް. ވަރަށް ބަނޑުހައިވެސް ވޭ. އެއިރު މަންމަމެން ކާން އަންނާށޭ ބުނިއިރު އާލިޔާއަށް ކާންދޭން އިނީ. ހަސަން ވެސް ނުކަންދޯ.” ހަސަން ދައްކަންހުރި ވާހަކަ އޮޅުވާލަމުން ފާތުން ސުވާލުކުރީ ހަސަންގެ އަތުގައި ހިފަމުންނެވެ.

“އާ އެހެންނު ވާނީ، ފާތުން ގާތު މަޑުކުރަން ޖެހޭނެތާ ދެން. މަ ބުނީއޭ، މަންމަމެން ކާންދާށޭ، ފާތުން ކާހިތްވި އިރަކުން ގޮވައިގެން ގޮސް ކާން ދޭނަމޭ….. ދެން ތެދުވޭ އެހެންވީމަ. ވަރަށް ލަސްވެއްޖެ އެއްނު. ބަނޑުހައިވެގެން ހަލާކުވަނީ.” ހަސަން އިންތަނުން ތެދުވެ، ފާތުންގެ ދެއަތްތިލާގައި ހިފަމުން ތެދުކުރިއެވެ.

” ހާދަ މީރުވަސް ދުވައޭ.” ހަސަން ފާތުން ގަޔާލައި ގާތްކުރީ ފާތުންގެ ކަނދުރާއިން ވަސް ގަންނަމުންނެވެ. ފާތުންގެ އުނަގަނޑުގައި ދެއަތުން ހިފައިގެން ހުރި ހަސަން އޭނާގެ ދެލޮލަށް ހިތްފުރެންދެން ބަލާލިއެވެ. އެ ދެމަފިރިންގެ ކައިވެންޏަށް 6 އަހަރު ވެއްޖެއެވެ. އަދިވެސް ހީވަނީ ރައްޓެހިވެގެން އުޅޭ ދެމީހުންހެނެވެ. ހަސަން ފާތުންދެކެ އިންތިހާއަށްލޯބިވާކަން އެނގެނީ، ފާތުންގެ މައިންބަފައިން އޭނާ ކިޔަވަން ވިލާ ކޮލެޖްގައި އުޅުނުއިރު، ގަބޫލުނުވި އިރުވެސް އޭނާއަށްޓަކާ އިންތިޒާރުކުރުމުންނެވެ. އޭނާ އެއިރު ހަދަމުން ދިޔަ ކޯސް ނިމެންދެން މަޑުކޮށްގެން ހުރީ ހަސަންގެެ ހަޔާތުގަައި އެހެން ކުއްޖަކަށް ފުރުސަތު ނުދީއެވެ. ފާތުން ގްރެޖުއޭޓް ވި ދުވަހު،ހަސަން ފާތުންނާއި ކައިވެނިކުރުމަށް ފާތުންގެ މައިންބަފައިން ގާތުން ހުއްދަ ހޯދީ ވަރަށް ހިތްވަރު ކޮށްފައެވެ. ހަސަނަކީ ޅަ އުމުރުގައި މީޑިއާގެ ދާއިރާއިން މާސްޓާރޒް ހަދައިގެން ހުރި،  މާލެއަށް އުފަން، ތަޢުލީމީ މީހެއްކަން ފާތުންގެ މައިންބަފައިންނަށް އެނގުމުންއެދެމީހުންގެ ކައިވެންޏަށް އަވަހަށް ގަބޫލުވިއެވެ.

“އޭއި، ދެން ހިނގާބަލަ ދާން، ފާތުން ބޮލުގަވެސް އެބަ ރިއްސާ…” ހަސަން ފާތުންނާލޯބިކުރުމަށް ކޯތާފަތުގައި ބޮސްދިނުމުން، ފާތުން އަވަހަށް ތެޅިގެންފައި ދުރައްޖެހިލީ ހިނިގަނޑެއް ޖަހަމުންނެވެ.

“އޯ ކޭ، އޯ ކޭ، ހިނގާދާން” ދެއަތްތިލަ ކޮނޑާ ހަމައަށް ނަގަމުން، ކޮނޑު ހިއްލާ ލަމުން، ހަސަން ލާނެއް ހިނިތުންވުމަކުން ބުންޏެވެ.

ފާތުން، ކުޑައެނދު ތެރޭގައި އޮތް ‘ޑިޖިޓަލް ބޭބީ މޮނީޓާރ’ ނަގަައިގެން ކޮޓަރިން ނިކުތެވެ. ދެވެރިން އެއްކޮށް ގޭގެ ބަދިގެ ފަރާތަށް ދިއުމަށް ހިނގައިގަތެވެ. އެއިރު ފެންޑާގެ ކުޑަ ދޮރާއި ގޭ މައިދޮރު ވަނީ ލައްޕާ ތަޅުވެސް ލާފައެވެ. ފެންޑާއަށްނިކުމެވޭގޮތަށް ހަދާފައިވަނީ ހަމައެކަނި ފާތުންގެ ކޮޓަރިއެވެ. ގޭގެ އެތެރޭގައި ވާ ދެކޮޓަރި ހުންނަނީ އެއްކޮޓަރި އަނެއް ކޮޓަރިއަށް ކުރިމަތި ވާހެނެވެ. އެހެންކަމުން ގޭ މެދުގައި އޮންނަނީ ހިނގަން ހަނި ގޯޅިގަނޑެކެވެ. ގޯޅިގަނޑުން ލާފައި ގޮސް މޫނުޖެހޭނީ ގޭގެ ބަދިގެއަށެވެ.

“ހާދަ ފިނި ވެޔޭ ދޯ އެބަ. ވަރަށް ވައިވެސް ގަދަހެން ހީވޭ. ނޫންތަ؟ ގޭ ބިއްދޮށުގައިހުންނަ ކެޔޮފީނިން ގަސްތައް ހެލޭ އަޑު ތޯއްޗެއް އެއިވެނީ. އަވަހަށް މާލެ ދާންވީ ކަންނޭނގެ ދޯ؟” ބަދިގެ ދޮރު ހުޅުވާލަމުން ފާތުން ވާހަކަ ދައްކަމުން ދިޔައީ ގޭތެރެ ހުންނަ ފަޅުކަމުން، ފާޑަކަށް ހުރެއެވެ.

“ވެދާނެ، ވިއްސާރަ ވާން ކަންނޭނގެ” ހަސަން ބަދިގެ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ.

ފާތުން އޭނާ ހިފައިގެން އައި ‘ބޭބީ މޮނީޓާރ’ މޭޒުމަތީ ބެހެއްޓީ ހަސަނަށް އޭގެ ސްކްރީން ފެންނާނެހެނެވެ. އޭގެން އާލިޔާއަށް ކަމެއްވާނަމަ ވަރަށް  ރީތިކޮށް ފެންނާނެއެވެ. ކާ މޭޒަށް ކާއެއްޗެހި އަރުވަމުން ދިޔައިރު، ބަދިގޭގެ ލައިޓްގެ އަލި އިރު އިރުކޮޅާ ފަނޑުވަމުން ދިޔައެވެ.ގިފިލި ފަރާތުން ބާރު ބާރަށް ގަސްތައް ހެލޭ އަޑާއި ދޮރު ތަކުގެ ދޭތެރެއިން ވައި ކެފޭ އަޑުވެސް އިވެމުންދިޔައެވެ. ހަމަ ހަޤީޤަތުގައިވެސް ވިއްސާރަ ވެއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭ ހިމަފޮދު ވާރޭ ގޭގެ ފުރާޅުގެ ޓިނުތަކަށް ޖަހާއަޑުފަށްގަނޑުވެސް އިވެން ފަށައިފިއެވެ. މާ ގިނައިރެއްނުވެ ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.

“މާލެ ދާ ވާހަކަ ބުނީމަ ވެސް އެއްޗެކޭ ނުބުނަމެއްނު؟” ފާތުން އެހެންޏާ ވާހަކަ ދައްކާ ވަރަށްވުރެ ބާރަށް ވާހަކަ ދައްކަން ފެށީ، ވާރޭވެހޭ އަޑު ގަދަކަމުންނެވެ. އެއިރު ކާމޭޒަށް ތަށިތައް އަރުވައި ފާތުންވެސް ގޮނޑީގައި އިށީނދެ ހަމަޖެހިލަނީއެވެ.

” ދެން އަދި އެބައޮތެއްނު އޮތްގޮތަށް އޮތް 5 ހަފްތާ! އަޝްރަފް މެންނާ އެއްކޮށް ވަރަށްބައިވަރު ޕްލޭންތަކެއް ކޮށްގެން މިއުޅެނީ. އެކަމަކު، ލޯބި ބުނެފިއްޔާ، ޓިކެޓްނަގާފާނަން.” އުލާއި ސަމްސަލުގެ އެހީގައި ބަތްކާން އިން ހަސަން ބުންޏެވެ.

“އުނހު، އެހެން ހަދާނެ ކަމެއްނެތް، އަޝްރަފްބެ އެއިރުން ކީކޭ ބުނާނީ، ހުރިހާ ޕްލޭނެއްކޮށްފަ ރަށުންފުރައިގެން ގޮއްސިޔޭ!! ފާތުންނެއް ނުދާނަން މާލެއަކަށް. މަޑުކުރާނީ.” ފާތުންގެ ދުލުން ހަސަން އެދޭގޮތަށް އެއްބަސްވިޔަސް، އޭނާގެ ހިތެއް ރަށުގައި މަޑުކުރާކަށް މިހާރު އަސްލު ބޭނުމެއްނުވެއެވެ.

ހިނދުކޮޅެއްގެތެރޭ ވާރޭ ތުނިކޮށް އަޑުފަށްގަނޑު މަޑުވެއްޖެއެވެ. ‘ބޭބީ މޮނީޓަރުގެ’ ސްކްރީނަށް ގެއްލިފައި ފިކުރެއްގެ ތެރޭ ކައިއަވަދިވެގެން އަތް ހިއްކަން އިން ފާތުން ހޭވެރިވީ، ހަސަން އިންތަނުން ތެދުވުމުންނެވެ. އެވަގުތު ފާތުންވެސް ތެދުވެ ތަށިތައް މޭޒުމަތިންނަގައި ދޮންނަން ފެށިއެވެ. ހަސަން އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ދެ ތައްޓަށް ފެން އަޅާލިއެވެ. ދެވެރިންވެސް ފެންބޮއެގެން ބަދިގޭގެ ބޮކި ނިއްވައި، ދޮރުލައްޕާފައި ނިކުމެގެން ހިނގައިގަތެވެ.

އެއިރު ގަޑިން 12 ޖަހާ ބޮޑުވެއްޖެއެވެ. ފާތުންނަށް ވުރެ ކުރީގައި ހުރެގެން ގޮސް ފެންޑާގައިވާ އުނދޯލީގައި، ހަސަންއިށީނީ އުނދޯލީގައި ބަހައްޓާފައި ހުރި، ބައްޕަގެންގުޅޭ ފުއައްތަބަކުން ކަރަންފުލެއް ނަގާށެވެ. ފާތުންވެސް ހަސަނުގެ ފަހަތުން އައިސް އުނދޯލީގައި އިށީނީ ފިރިމީހާ އެކަނި ފިލުވައިދިނުމަށެވެ.

“ނިންޖެއް ނާދޭތަ؟ ހިނގާބަލަ ނިދަންދާން.” ފާތުން އާފުރެމުން ހަސަނާ ސުވާލުކުރީ އަނގަމަތީގައި އަތް އަޅަމުންނެވެ.

” އުނހު ދާންވީ ހަމަ، ހިނގާ……” ހަސަނުގެ ޖުމްލަ ފުރިހަމަ ނުވަނީސް ދެމީހުންސިއްސައިގެން ގޮސް ތެޅިގެންފައި ހަސަނުގެއަތުގައި ހުރި ފުއައްތަބައް ބިންމައްޗަށް ވެއްޓުނީ ކުއްލިއަކަށް ކަޅުކުލައިގެ ކޮތަރެއް، ގޭ ފެންޑާގެ މެދުގައި ހަމަޖެހިލައިގެން ފާތުންމެންނާ ދިމާލަށް ބަލަން އިންދާ ފެނުމުންނެވެ. ފާތުންހަޅޭއްލަވައިގެންފައި ދެފައި ކުރުގަޅުވާލިއެވެ.
ދެމީހުން ކުރެމީހަކަށް ބިރުން އިންތަނުން ގުޑާލަންވެސް ނުކެރުނެވެ. ގޭގެ ހުރިހާދޮރުތައް ލައްޕާފައި ވާއިރު،ކޮތަރެއްއައިސް ގެއަށްވަނީ ކިހިނެއްކަމެއް ހަމަ ވިސްނާ ވިސްނާވެސް ފާތުންމެންނަކަށް ނޭނގުނެވެ. އިރުކޮޅަކުން ސިންގާއެއް ނޭވާ ލުމަށްފަހު ކަރުތެރެއިން ލައްވާ އަޑު ކަހަލަ އަޑެއްއުނދޯލީގެ ބިއްދޮށުން އިވިގެން ދިޔައެވެ. ހަމަހިމޭން އެ މާހައުލުގައި އިތުރު އެހެން އެވެސް އަޑެއްނުވެއެވެ. ހަމައެއާއިއެކު ފަރުހަކިވަސް މުޅިތަނުގައި ހިއްޕާލިއެވެ. ބިރުން ތުރުތުރު އަޅާހާލު ދެލޯ މަރައިލައި، ފާތުން އަވަސް އަވަހަށް ‘އަޢޫޒު’ ތަކުރާރު ކޮށް ކިޔަންފެށީ، ހަސަންގެ ގައިގައި ބާރަށް ބައްދައިގެން އިނދެއެވެ. ތެދުވެގެން ދުއްވައިގަންނަން ނުކެރިގެން އެއުޅެނީ ކުރިމަތީގައި އިން ކޮތަރެއްގެ ސަބަބުންނެވެ. ފާތުން ‘އަޢޫޒު’ ކިޔަމުން ދިޔަ ކޮންމެ ފަހަރަކުބިންމަތީގައި އިން ކޮތަރު، މައްޗަށް ބަލަމުން ދިޔައެވެ. އެހިނދު މިކަން ހައިރާންވެ އަންތަރީސް ވެފައި އިން ހަސަނަށް ފާހަގަވިއެވެ. ” ބަ…ބަ…ބަލާ ބަ..ލަ”، ބިރުން ރޫ ރޫ އަޅަމުންހަސަން، ކޮތަރާއި ދިމާލަށް އިނގިލި ދިއްކޮށްލީ އަނެއް އަތުން ފާތުންގެ ގައިގައި ކޮށްޓަމުންނެވެ. އޭނާއަށް އެކޮތަރުގެ ހަރަކާތް ދެއްކުމަށްޓަކައެވެ.

އަޢޫޒު ކިޔަން އިން ފާތުން، ލޯ ހުޅުވާލުމަށްފަހު ހަސަނު އެ ދައްކަމުން ދިޔަ ކޮތަރާ ދިމާލަށް ބަލައިލާފައި ދެލޯ ބޮޑުވެގެން ދިޔައެވެ. ބިންމަތީގައި އިންކަޅު ކޮތަރުގެ ލޮލުން ހޯސްލާފައި ލޭ ފައިބަމުން ދިޔައިރު، އޭތީގެ މޫނުމަތިން ވޭނާއި ހިތާމަވެރިކަމުގެ އަސަރު ފެންނަމުން ދެއެވެ. އެހިނދު އިހަށްވުރެ ބާރަށް ފާތުން ‘އަޢޫޒު’ ކިޔަންފެށިއެވެ. ހަމަ އަޢޫޒު ކިޔާ ކޮންމެ ފަހަރަކު ލޮލުން ލޭ އޮހޮރަމުން މައްޗަށް ބަލަމުން އެ ކޮތަރު ދިޔައެވެ. އެހިނދު ބިރުން އިން ފާތުންނަށް ރޮވެން ފަށައިފިއެވެ. އަނެއްކާވެސް ދެލޯ މަރައިލައި އިހަށްވުރެ ބާރަށް ހަސަނުގެ ގައިގައި ބައްދައިގަތެވެ. ނިތްކުރިން ދާހެލި ތިކިތައް ހޯސް ލާފައި ފައިބަމުން ދިޔަ ހަސަން، ކޮތަރު މާވަރަކުން މަތި ބަލަނީ ކީއްވެގެން ކަމެއް އޮޅުންފިލުވަން ބޭނުންވިއެވެ. ހިތްވަރުކޮށްފައި، މަޑު މަޑުން ފެންޑާގެ ސީލިންގަށް ކަޅިހިންގާލީ ބޯ ކުޑަ ކުޑަކޮށް މައްޗަށް ހިއްލަމުންނެވެ.

ކަމަކުދާކަށް ނެތެވެ. ސީލިންގައި ތަތްވެގެން އޮތީ، އިންސާނެއްގެ ސިފައިގައި އޮތް ކަޅުކުލައިގެ ބިރުވެރި އަންހެން އެއްޗެކެވެ. ރޯ އޮރިޔާމުންނެވެ. ދެ އަތާއި ދެ ފައިން ސީލިންގްގައި ތަތްވެގެން އޮތް އިރު، ބޯކޮޅު އޮތީ ވަތަށެވެ. އޭތީގެ ވިހުރެމުން ދިޔަ ދިގު ކަޅު އިސްތަށިގަނޑުވަނީ މުޅި ސީލިންގަށް ފެތުރިފައެވެ. އޭގެ ދެލޯ ހީވަނީ އަނގުރު އަލިފާން ގުޅަތަކެއްހެނެވެ. ފާތުން އަޢޫޒު ކިޔަމުންދިޔަ ކޮންމެ ފަހަރަކު، އޭތީގެ މުޅި ހަށިގަނޑުން އަލިފާން ކެކެމުންދިޔައެވެ. ދޮން ދަގަނޑުގައި އަލިފާން ޖެއްސުމުން އަލިފާން ހިފާއުސޫލުންނެވެ. ރުޅިއައިސް، ދެ ލޯ ބޮޑުކޮށްގެން އޮތް އެ އެއްޗާ ދިމާލަށް ބަލަހައްޓައިގެން އިން ހަސަނުގެ ލޮލުންކުއްލިއަކަށް ހޯސްލާފައި ފެން ފައިބަން ފަށައިފިއެވެ. ހަސަނަށް ވީނުވީއެއްވެސް ނޭނގުނު ކަހަލައެވެ. މުޅި ތަން އަނދިރިވެގެން ދިޔަކަހަލައެވެ. ބާރު އަޑަކުން ހަޅޭއްލަވަމުން، ފާތުން ގެ ގައިގައި ކޮށްޓަމުން ފާތުންނަށް ގޮވަމުން ދިޔައިރުވެސް ފާތުންނެއް ހަސަނުގެ ހަޅޭކަކަށް އިޖާބައެއް ނުދެއެވެ. އިރުކޮޅަކުން ގަހެއްކަނޑައިލާ ވައްޓައިލާ މިސާލުން، މި ކަޅު ބިރުވެރި އެތި މަތިން ވެއްޓިޖެހުނީ މުޅިގައިގައި އަލިފާން ކައްކަމުންނެވެ. ފެންޑާގައި އިން ނިކަމެތި ކޮތަރުގެ މައްޗަށެވެ. ހަމަ ދަނޑިވަޅަށް ހަސަނަށް އަޑުގެ ނެތްތަނަށް ފާތުންނަށްގޮވާލެވުނެވެ.

“ފާތުން! ފާތުން.! ފާތޫން!!” ހަސަން ފާތުންނަށް ގޮވާ ގޮވާ ވަރުބަލިވެޖެއެވެ.ވެއްޖެއެވެ.

“އަޢޫޒު….. އަޢޫޒު….އަޢޫޒު….”ނިދީގައި ރޮއެހޭރެން އޮތް ފާތުން ދުލުން އަޢޫޒު ކިޔަމުންދިޔައީ ވަރަށް ހަލުވިކޮށެވެ.އޭސީއާއި ފަންކާގެ ފިނިކަން ކޮޓަރިތެރޭގައި ހުއްޓެއްކަމަކު، ފާތުން އޮތީ ދާހިއްލާ ފޯވެފައެވެ. އޭނާ ނިދިން ހޭލައްވަން ހަސަން މަސައްކަތް ކުރާތާ މިހާރު ކޮންއިރެހެއްޔެވެ. ހެނދުނުވެ އިރުގެ ދޯދިތައް ކުޑަދޮރުން ކޮޓަރިތެރެއަށް ވަދެ ކޮޓަރިތެރެ މުޅިން އަލިވެއްޖެއެވެ. ނިދީގައި އޮތް ފާތުންހޭލެއްވުމަށްޓަކައި ހަސަނަށް ޖެހުނީއެންމެފަހުން ފާތުން އޮތްތަނުން ތެދުކޮށް، ކޮޅަށްނަގާށެވެ. ތެޅެމުން ފޮޅެމުން ދިޔަ ފާތުންނަށް، ބިމުގައި ފައިޖެހުމާއި އެކު ހޭވެރިކަން ވެއްޖެއެވެ. ދެލޯ ހުޅުވުމާއި އެކު ރޯން ހުރި ފާތުން ހަސަނުގެ ގައިގައި އޮޅުލައިގަތެވެ. އޭނާއަށް މިނޫނީ ދުވަހަކުވެސް މިވަރުގެ ބިރުވެރި ހުވަފެނެއް ނުފެނެއެވެ.

“ހަސަން ރޭގަ ކައިގެން އުނދޯއްޔަށް ދިޔައިންތަ؟” ހަޤީގަތުގައިވެސް ފެނުނީ ހުވަފެނެއްތޯ ޔަޤީން ކުރުމަށްޓަކައި ހަސަނާ ފާތުން ސުވާލު ކުރީ، އޭނާގެ ގައިގައި ބައްދައިގެން ހުރެއެވެ.

“ނޫން، ނުދަމެއްނު! ކައިގެން އަވަހަށް ވަދެ ނިދީއެއްނު. ކީއްވެތަ ތިރޮނީ؟ ބިރުވެރި ހުވަފެނެއްގަ ދޯ އޮތީ. ކޮންއިރެއްތަ ގޮވާތާ؟” ހަސަނަށް ފާތުންނަށް ވެގެން އުޅޭކަމެއް އެނގުނެވެ.

“އާ، ވަރަށް ބިރުވެރި! ” ލޯ މަރަމުން ކަރުނަތައް ވައްޓަމުން ފާތުން ޖަވާބުދިނީ ވައިއަޑުންނެވެ.

“އަޅާ ނުލާ، ތީ ފެނުނު ހުވަފެނެއް. އިރާދަކުރެއްވިއްޔާ ތަވީދު އޮތްހާ ހިނދަކު ފާތުންނަކާ ބިރުވެރި ކަމެއް ދިމައެއްނުވާނެ. އާލިޔާ ހޭ ނުލަނީސް އަވަހަށް ދޭ ނަމާދުކުރަން.” ހަސަން ފާތުންނަށް ހިތްވަރުދެމުން ދިޔަައީ ފާތުން ހަމަޖެއްސުމަށެވެ.

”ހަސަން ހާދަ އަވަހަކަށް ހޭލައިގެން.؟؟؟؟” ފާތުން ހަސަންގެ ގައިން ދޫކޮށް، ދުރަށްޖެހިލަމުން ސުވާލުކުރިއެވެ.

“އާ އެހެއްނުވާނީ، ފާތުންގެ ލޯބިވާ ދައްތާފުޅާއި ޅިޔަނުވަޑައިގަންނަވަނީ ޔޯ މިއަދު. މިހާރު އެމީހުން އެބަތިބި އެއާރޕޯޓުގަ. ބައްޕަ ބުނުއްވި ބައްޕައާއިއެކު އެމީހުން ބަލާ ދާންވާނެޔޭ…. ނޭނގޭތަ؟ ހަސަން ހީކުރީ، މުނާ ބުނި ކަމަށް ފާތުންގާތު.” ހަސަން ފަތިހު ފަތިހާ ތެދުވެގެން އުޅޭކަމެއް ފާތުންނަށް ކިޔައިދެމުން ދިޔައެވެ.

“ވަޓް!!!، ދައްތަ އަންނަނީ އޭ؟ ހާދަ ނުލަފާ މީހެކޭ ދޯ އެއީ، މަންމަމެން ރަށަށް ބަދަލުވާންވެގެން ހުރިހާ ކަމެއް ކުރިއިރު އޭނަ ކައިރީ މަށާ އެއްކޮށް ދާން ހިނގާށޭ ބުނީމަ މޮޅު އެސްޓީ އެއް ޖެއްސީ! އޭރުވެސް ހިތައްއެރި އޭނަ އެންމެންކައިރީ ނުދެވޭނެޔޭ ކިޔާފަ ނައީ ފަހުން އަންނަން ވެގެންކަން! ޔަޤީނޭ އެވާނީ ކިނާނަށް ޗުއްޓީ ލިބުނީ ކަމަށް.” ހަސަން ދިން ޚަބަރަކުން ކުއްލިއަކަށް ފާތުންގެ މޫނު އުޖާލާވެއްޖެއެވެ. ރޯން ހުރި ފާތުންނަށް އުފަލުން ހެވިއްޖެއެވެ. ހައިރާންވެ ދެލޯ ބޮޑުކޮށްގެން ހުރެ އަނގައިގައިވާ ދަތްޕިލަ ދައްކަމުން ހެމުން ވާހަކަ ދެއްކިއެވެ.

“އޮއް އޯ! ވަރަށް ސަކަރާތްވީ ދޯ! އެހެންވީމަ މުނާ އުޅުނީ ފާތުންނަށް ސަޕްރައިޒެއް ދޭންތާ! ހަސަން ބުނިކަމަށް ނުހަދައްޗޭ ޕްލީޒް! އެހެންނުވާނީ، މުނާއެއް އަހަރެންކައިރީ ނުވެސް ބުނޭ!” އަނގަ ޗޭވެފައި ހުރި ހަސަނަށް މި ކުރެވުނީ އަދި މާ ރަނގަޅު ކަމެއްނޫން ކަން އިހުސާސްވިއެވެ.

“ހައް ހައް ހައް ހާ! ދެން ނުވާނެ ތިކަމެއް! ހުރޭ، ފާތުން ފެންވަރައިގެން ރީތިވެގެންއައިސް އޭނަޔަށް ގުޅާފަ ބުނާނަން ސަޕްރައިޒް ސްޕޮއިލް ކުރީ ހަސަނޭ!” ބާރަކަށް ހެމުން، ފާތުން ދުވެ ގޮސް ފާހާނާއަށް ވަނެވެ.
………………………………………………………………………………………………………………………………………….
އިރު އޭގެ ވާޖިބު އަދާކުރަމުން، މުޅިރަށުތެރެ އަލިކުރުވަމުން ދިޔައެވެ. ހާ ގޮވާ އަޑުގެ އިތުރުން، ކޮވެލި ގޮވާ އަޑުވެސް އިވެމުންދިޔައެވެ. އެނދުގެ ހެޑް ބޯޑަށް ލެނގިލައިގެން އުނަގަނޑާއިހަމައަށް ރަޖާ ގަނޑު އަޅައިގެން އައިޝާ އޭނާގެ ކޮޓަރީގައި ރޭ ހަރަތުދަމު ހޭލައި އެއިނީ އޭނާއާއި ދިމާވި ހާދިސާއާއި މެދު ފިކުރު ބޮޑުވެފައެވެ. ފޯނުން އަތްދޫނުވާ އައިޝާއަށް އޭނާގެ ފޯނު ވީތަނެއްވެސް ނޭނގެއެވެ. ބަންގީގެ އަޑު އިވުމާއިއެކީ، ނަމާދުކޮށްގެން އަވަދިވެގެން އެނދުގައި އެހެން ގަބުވެފައި އިންނަތާ ކިތަންމެ އިރެކެވެ. ރުޅިއައިސް ދެރަވެ ކަންބޮޑުވެފައި ހަޤީގަތުގައި އެއިނީ ވަރަށް މާޔޫސްވެގެންނެވެ. ރޭގެ ހާދިސާ އާއިލާގެ މީހުންނަށް ކިޔައިދިނުމުން، އެކަކުވެސް އޭނާ ދެއްކިވާހަކަ ގަބޫލުނުކުރުމުންނެވެ. ރޭގައި އެންމެން ކާން ތިބި އިރުވެސް، އޭނާގެ ބޭބެ އަޝްރަފް ދިޔައީ އޭނާ އާއި ހުއްޓުމެއްނެތި ދިމާކުރަމުންނެވެ. ފަހަރި އަނގައިން ނުބުނެ އިނެއްކަމަކު، އޭނާ އެއްވެސް އައިޝާދެއްކި ވާހަކައެއް ރަނގަޅަށްވިއްޔާ ޤަބޫލެއްނުކުރެއެވެ. މަންމައާއި ބައްޕަވެސް ތަކުރާރުކޮށް އެއީ އައިޝާއަށް ހީވި ހީވުމެކޭ ބުނަމުން ދިޔައެވެ.

އައިޝާ ދެރަވާހާލު ފިރިމީހާ ރިޒާނު މަތިން ހަނދާންކުރަން ފެށިއެވެ. އޭނާ މިއަދު އައިޝާގެ ގާތުގައި ހުރިނަމަ އައިޝާ އާއި ދިމާ ވި ހާދިސާ ޤަބޫލު ކުރާނެކަން ހަމަ ޔަޤީނެވެ. އައިޝާގެ ފިރިމީހާ، ރިޒާނަކީ ރަށާ ވަރަށް ކައިރީގައި އޮންނަ މަގުއްދޫ ރިސޯޓުގެ ފުޑް އެންޑް ބެވަރެޖާރސް ޑިޕާޓްމެންޓްގެ މެނޭޖަރެވެ. ރިޒާނަކީ އޭނާ ތިނަދޫގައި އުޅުނު ދުވަސްވަރު އެރަށުން ދިމާވި މީހެކެވެ. އައިޝާ އޭނާގެ ކޯސްނުނިމެނީސް ރިޒާނާއި ކައިވެނި ކުރީ މައިންބަފައިންގެވެސް އެދުމުގެ މަތިންނެވެ. ދެލޯބިވެރިން އެއްރަށެއްގައި އުޅޭތީ، ޅައެއްޗެއް އެޅިދާނެ ކަމުގެ ބިރު އައިޝާގެ މަންމަމެންނަށް ހީވުމުންނެވެ.

އައިޝާގެ ގާތަށް ރިޒާނަށް ކޮންމެހަފްތާއަކު އެއްދުވަހު އާދެވެއެވެ. ބައެއް ފަހަރު ފަހަރު ދެދުވަސް ވެސް މަޑުކުރެވެއެވެ. މިއަދަކީ އެފަދަދުވަހެކެވެ. ރިޒާން އަށް އޮފްލިބޭނެ ދުވަހެވެ. އެހެންކަމުން، އައިޝާ އިނީ، ރިޒާނަށް މިވާހަކަ ކިޔައިދޭހިތުން ކެތްމަދުވެފައެވެ. އައިޝާ އެހެންއިންދާ ސިއްސައިގެންދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއަޑަށެވެ.

“ކާކު” އައިޝާ ރުންކުރު ފާޑަކަށް އަހާލިއެވެ.

“ލީނާ ދައްތައޭ، ހޭލާތަ؟” އައިޝާގެ ފަހަރި، ލީނާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ.

“ކިހިނެއްވީ،” މޫނުމަތިން ހިތްހަމަނުޖެހިފައި ހުރިކަން ފާޅުކުރަމުން އައިޝާ ސުވާލުކުރިއެވެ. އޭނާ އިނީ އެއްވެސް މީހަކާ ވާހަކަ ދައްކާހިތަކުންނެއްނޫނެވެ.

“ލީން ދައްތަދެކެ ވެސް ރުޅިއައިއްސަތަ؟ މިއައީ ރޭގަ ދިމާވި ކަންތަކާ ވާހަކަ ދައްކާށޭ” ލީނާ މަސައްކަތް ކުރަމުން ދިޔައީ، އައިޝާ އޭނާއާއި ވާހަކަދައްކާނެ ގޮތެއްހެދުމަށެވެ.

“ނޫޅެން އެކަކާވެސް ވާހަކަ ދައްކާކަށް، އެންމެނަށް ހީވަނީ އެއީ އަހަރެން ހަދަ ހަދައިގެން ދެއްކި ވާހަކައެއް ކަމަކަށްނު” އައިޝާ އޭނާގެ ގާތުގައި އިށީނދެގެން އިން ފަހަރިއާއި ވާހަކަ ދެއްކީ ރުޅިއައިސްގެން އިނދެއެވެ.
” ދެން ތި ރުޅި މަޑުކޮށްބަލަ، ރޭގަ އައިޝާދެއްކި ވާހަކަ ލީނާ ދައްތަ އަޑުއަހާފަ އެއްޗެކޭ ނުބުނީ ކީއްވެގެން ކަން އިނގޭތަ؟” އައިޝާގެ އަތުގައި ހިފަމުން ލީނާ ސުވާލުކުރިއެވެ. މޫނު އެއްފަރާތަކަށް އަނބުރައިގެން އިން އައިޝާއިނީ، ލީނާ ދައްކަމުން ދިޔަވާހަކަ އަޑުއަހަން ބޭނުން ނުވާކަން އަންގައިގެންނެވެ.

” އައިޝާއަށް ތިކަން ތި ދިމާވީ އަދި ކިރިޔާއެއްނު. ލީންދައްތަޔާ ތިކަހަލަ ކިތަންމެ ކަމެއްވަނީ ދިމާވެފަ. ” ލީނާ އައިޝާ ދެއްކި ވާހަކަ ޤަބޫލު ކުރާކަމުގެ ސަބަބު ކިޔައިދިނެވެ.

” ކީކޭ؟ އަސްލުތަ؟ ކޮންތާކުން؟…..ދެން ކީއްވެ ރޭގަ އަހަންނަށް ސަޕޯޓު ނުކުރީ؟؟” އައިޝާއަށް ލީނާގެ މޫނަށް ބަލައިލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

” އެއީ، ލީން ދައްތަޔަށް ދިމާވި ހާދިސާގެ ވާހަކަ އެއްވެސް މީހެއްގާތު ކިޔައިނުދޭށޭ ލީންދައްތަގެ މަންމަމެން ބުނެފަ އޮތީމަ. އެއީ ދިގު ވާހަކައެއް. އެވާހަކަ އެކަމު އައިޝާއަށް ފަހުން ކިޔައިދޭނަން.. މިހާރު އެނގިއްޖެއެއްނު ލީންދައްތަ ހުރީ އައިޝާ އާ އެއްކޮޅަށްކަން ދޯ؟” ލީން އައިޝާގެ މޫނުމަތިން ހަމަޖެހުން ފެނުމުން ހިނިތުންވެލިއެވެ.

” އާ، ސޮރީ! ހީކުރީ ލީންދައްތަވެސް ޤަބޫލެއްނުކުރާނެ ކަމަށް. ދެން އެކަމު އޯކޭ. އައިޝާޔާ މިކަމެއް މިހެން ދިމާވާންވީ ކީއްވެބާ! އަނެއްކާ ވެސް މިކަހަލަ ކަމެއް ވެއްޖެއްޔާ ޔޯ؟ ފިލްމްތަކުންވެސް ފެނޭ ކަންކަން ވާ ގޮތް.. އަޅެ އަހަރެން އެ ކަންތައް ހިތަށްއެރިއަސް ގައިން ހީބިހިނަގާ” އައިޝާގެ އިހުސާސްތައް އޭނާގެ ފަހަރިއަށް ކިޔައިދެމުން ދިޔައެވެ.

“އެހެންވެޔޭ މިއައީ! އަން މީތިއަޅައިގެން އުޅޭ. މިއީ، ލީންދައްތަގެ މަންމަމެން ލީންދައްތައަށް އެހާދިސާ ދިމާވުމުން ގައިގައި އެޅުވި ތަވީދެއް. ލީންދައްތަ އެ ބިރުވެރިކަމުން ސަލާމަތް ވަންދެން މީތި އަޅައިގެން އުޅުނިން. އެެއިރުން ފެށިގެން ލީންދައްތަ މީތިއޮންނަނީ ރައްކާކޮށްފަ. މިހާރު މީގެ ބޭނުން ލީންދައްތައަށްވުރެ ބޮޑީ އައިޝާއަށް.” ލީން އައިޝާއަށް ތަވީދުދެމުން އޭނާ އައިޝާގެ ކޮޓަރިއަށް އައި ސަބަބު ހާމަކުރިއެވެ. ދެމީހުންގެ ވާހަކައަށް ހުއްޓުމެއްއައީ ކުއްލިއަކަށް އައިޝާގެ މަގަތުގައި ނިދާފައި އޮތް އައިހަމް ތެޅިގެންފައި ބާރަކަށް ރޮއެގަތްއަޑަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ވަންހަނާ

Next

އަނިޔާ.. 12 ވަނަ ބައި

Next
December 19, 2015

އަނިޔާ.. 12 ވަނަ ބައި

Previews
December 18, 2015

ވަންހަނާ

24 Comments!

  1. shazlynn says:
    December 19, 2015 at 3:23 am

    I love that part u have described that creature on the ceiling…. n the crying pigeon… love this part…. hope to see more horror…. good luck my friend… wish u success ahead… <3

    1. Maree says:
      December 19, 2015 at 7:09 am

      Without your help none of the sentences would have been appeared here!! I Owe you big time!!

  2. Ira says:
    December 19, 2015 at 7:09 am

    Ooh I am having goosebhmps now also 😉 love this story

    1. Maree says:
      December 19, 2015 at 7:29 am

      Thank you ira:)

  3. Inaa says:
    December 19, 2015 at 9:07 am

    V salhi. Next part avahah up koh dheh chey.

    1. Maree says:
      December 19, 2015 at 9:20 am

      Will try 🙂 thank you

  4. Mar Sha Marsha says:
    December 19, 2015 at 10:17 am

    This is just great… love this… ceiling ga oiy ethyge vaahaka kiyaafa marsha ah ceiling balaalevey iruirukolhaa… varsh rythi.. next part kon irakun? Waiting neyvaa nulaaa…

    1. Maree says:
      December 19, 2015 at 12:18 pm

      Hehe. Thank you

  5. Ahmed Ammu says:
    December 19, 2015 at 10:40 am

    Awesome ??

  6. mice says:
    December 19, 2015 at 10:48 am

    V nice! Its quite creepy…. Waiting for the next part!

  7. yaya says:
    December 19, 2015 at 12:45 pm

    birun indhe mi ky……vrh rythi……..

  8. Shiuna says:
    December 19, 2015 at 12:46 pm

    waiting for the next part!

  9. Ken? says:
    December 19, 2015 at 2:31 pm

    Its saciry ????????????.. Butt niceee????????

  10. Rifu says:
    December 19, 2015 at 3:55 pm

    Mary next part fast pleezzee? Scary n ur doing a good job girl ..

  11. Faxoo says:
    December 19, 2015 at 4:48 pm

    varah reethi, and so scary ^_^

  12. Faxoo says:
    December 19, 2015 at 4:49 pm

    and that picture! ohhhh. hyyvany dhemme dhemme pop up vedhaane ehn

    1. Faxoo says:
      December 19, 2015 at 4:56 pm

      ?

    2. Maree says:
      December 19, 2015 at 5:20 pm

      Hehe.. Thank you dear 🙂

  13. afyyyy says:
    December 19, 2015 at 10:59 pm

    Varah scary.ekam v v reethi.keep it up

  14. Leeeeeeee says:
    December 20, 2015 at 9:37 am

    ohhhhhhhhhhh niceeeeeeeeeeeeee

  15. Shyhaa says:
    December 20, 2015 at 4:58 pm

    Kn irakun nxt prt up kurany???? varah salhi…. keep it up…..

    1. Maree says:
      December 20, 2015 at 9:01 pm

      Soon 🙂

  16. mary says:
    December 20, 2015 at 10:15 pm

    Maasha allah v nice storyeh ingey waiting for nxt part kn irakutha nxt part up kuranyyy???????????

  17. ananyaa says:
    March 30, 2016 at 11:38 am

    nice story.

Comments are closed.

Next Episodeދަރިފުޅު (4)←


All Right Reserved!