“މާވީ.. ޔެސް، ކުއްޖަކު ވިހެއުމަކީ ފަސޭހަ ކަމެއްނޫން. އެކަމަކު މާތް ﷲ އަހަރެމެން އަންހެނުންނަށް އެކަމުގެ ކުޅަދާނަކަންވަނީ ދެއްވާފަ. އެއީ އަހަރެމެން އަންހެނުންނަކީ މަތިވެރި ބަޔަކަށްވީތީ. އިންޝާ ﷲ މާވީގެ ދަރިފުޅުވެސް ރަނގަޅު ސިއްހަތުގައި ދުނިޔެއަށް އުފަންވާނެ” ނިމްރާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
ހަވީރުވީއިރު ކައިލްގެ އިތުރުން ނިލީޝާވެސް ހުރީ ހޮސްޕިޓަލުގައެވެ. އޭރު ނުހާ ތައްޔާރުވަމުން ދިޔައީ ޒެވިއަންއާއި ދިމާކުރުމަށް ދިޔުމަށެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެފައި ހުރުމުން ނިތްމަތިން އޮށްދާ ހިތްލަމުން ދިޔައެވެ. އަޅި ކުލައިގެ އަބާޔާއާއި އެކު، ކަޅު ކުލައިގެ ޙިމާރް އެއް އަޅާފައި ނުހާ ތުންފަތުގައި ލިޕްބާމް ކޮޅެއް ހާކާލަމުން އެންމެ ފަހު ކަމަކަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ފަހު ފަހަރަށް ލޯގަނޑަށް ބަލާލާފައި ނުހާ ބޭރަށް ނުކުތެވެ. އޭރު ނުހާގެ އިންތިޒާރުގައި ޒެވިއަން ހުއްޓެވެ. ޒެވިއަންއަށް ރީތި ހިނިތުންވުމެއް ނުހާ ހަދިޔާ ކޮއްލިއެވެ.
އުޑުމަތީގައި އިން އޮރެންޖް ކުލައިގެ އިރު، ދުވާލުގެ ތެރެއިން ސަލާމަތްވާން އުޅޭ ފަދައިން އުޑުމަތީގެ ފަހަތުން ލޭ އޮހޮރުވަމުން ދިޔައެވެ. އުޑުމަތީގައި ފެތުރިފައިވީ އޮރެންޖާއި ރަތުގެ ކުލަތައް އެއްވެފައިވީއިރު ގުދުރަތީ ރީތިކަމުން އާޝޯޙުވާހާވެއެވެ.
ތެތް ވެލިގަނޑުގެ ތެރެއަށް ފައިގެ އިނގިލިތައް ފީނައިގެން ހުރި ނުހާ މޫނު މަތީގައިވީ ލުއި ހިނިތުންވުމެކެވެ. އޮއްސެމުން ދިޔަ އިރުގެ ކުލަތަށް ނުހާގެ ދޮން މޫނަށް އެޅިފައިވީއިރު ނުހާގެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. އިރު އޮއްސެމުން ދިޔަ ހިތްގައިމު މަންޒަރު ކުރިމަތީގައި އޮއްވާވެސް ޒެވިއަންގެ ދެލޯ ގެއްލިފައިވީ ނުހާއަށެވެ.
“ނޫ މިތަނަށް ގެނައީ ކީއްވެގެން ކަމެއް އަދިވެސް ނުބުނަމެއްނުން؟” ގާތުގައި ހުރި ޒެވިއަންއަށް ބަލައިލަމުން ނުހާއެއްސެވެ. “ޒެވް ބޭނުންވީ ހުރިހާ އެއްޗަކާ ނޫ ދުރަށް ގެންދަން.” ޒެވިއަން ބުންޏެވެ. “އަޑުމަޑު، ހިތްގައިމު ތަނަކަށް ނޫއާއި އެކު އަންނަން. ހަމައެކަނި ނޫއާއި ޒެވް”
ނުހާގާތަށް ޒެވިއަން ފިޔަވަޅު އަޅަމުން ދިޔައެވެ. ނުހާގެ މޫނުމައްޗަށް ބަދަލެއް ނާންނަ ނަމަވެސް ނޭވާ އަވަސްވާން ފެށިއެވެ. ޒެވިއަންއަށް އެކަން ފާހަގަ ކުރެވުމުން ހިނިތުންވެވުނެވެ. “އައި ވޯންޓް ޔޫ” މަޑުމައިތިރި ކަމާއި އެކު ޒެވިއަން ނުހާގެ ކަންފަތް ބުޑުގައި ބުނެލިއެވެ. “އައި ވޯންޓް ޓު ކޯލް ޔޫ މައިން. ޒެވްގެ ހަޔާތުގެ ހުންގާނު ނޫއަށް ދޭންބޭނުން. ޒެވް މަޑުމައިތިރިވާން ޖެހޭނެ ކަމަށް ހީކުރާ ނޫ ހަށިގަނޑުގެ ކޮންމެ ބައެއް ހަލާކުކޮށްލަން ޒެވް ބޭނުން.” ޒެވިއަން އެއްލޯ މަރާލިއެވެ.
ނުހާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެވަގުތު ޖަހާލި ބޮޑު ރާޅުވެސް ނުހާގެ ހިތުގެ ތެޅުމާއި އެއްބައިވެލިފަދައެވެ. “ޔޫ ސޭ ދެޓް ލައިކް އިޓްސް އަ ޕްރޮމިސް” ނުހާ ހީނލަމުން ބުނެލިއެވެ. “އިޓް އިޒް” ޒެވިއަން ބުންޏެވެ. “ޒެވް ނޫދެކެ ލޯބި ވާނީކީ ކާޓޫނު ތަކުން ފެންނަ ފެއާރީ ޓޭލްއެއްހެންނެއް ނޫން. ޒެވް ލޯބިވާނީ ލަޢުނަތެއް ފަދައިން. ފޮޅާނުލެވޭ، ފިލައިގެން ނުދާނޭ ލޯއިތްބެއް. ނޫ އަބަދުގެ އަބަދަށް ބޭނުންވާނޭ ލޯއިތްބެއް”
ޒެވިއަން އޭނަގެ އަތް ދިއްކޮށްލީ ފަސްޖެހުމެއް ނެތި، އިޙްތިރާމާއެކުގައެވެ. ޒެވިއަންއަށް ދުނިޔޭގައި ފުރާނަ ލެއްވި ހަމައެކަނި އިންސާނާއަކީ ނުހާފަދައެވެ. “ސޭ ޔެސް ނޫ. މިހާރުވެސް ތިއީ ޒެވްގެ މީހެއް. ހަމައެކަނި ޒެވްގެ މީހެއް” އެދެމެދުގައި އޮތް ހަމަހިމޭންކަން ޖަހާލި ރާޅު ގިރުވާލިއެވެ. ނުހާ ހިނިތުންވެލިއެވެ. “ޒެވްގެ މިސައިޑް މާޑޭންޖަރެސްދޯ؟ ހެހެ. ޔޫ އާ ދަ މޯސްޓް ޑޭންޖަރަސް ތިންގް އައި އެވަރް ވޯންޓެޑް”ނުހާ ބުނެލިއެވެ.
ޒެވިއަން ނުހާގެ އުނަގަނޑުގައި ހިފާ އޭނަ ކައިރިއަށް ދަމައިގަތެވެ. އޭރު ޒެވިއަންގެ ތުންފަތާއި ނުހާގެ ތުންފަތްވީ އިންޗިއެއްހާ ދުރުގައެވެ. “ޒެވް އާދޭސް ކުރި ހަމައެކަނި މީހަކީވެސް ތިއީ” ޒެވިއަންގެ ހޫނު ނޭވާ އެހާ ގާތުން އިހުސާސް ވުމުން ނުހާއަށް ދެލޯ މަރާލެވުނެވެ. ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ޒެވިއަން ހިނިތުންވެލިއެވެ. “އައި ލަވް ޔޫ ބޭބީ ގާލް” ލަސް ލަހުން ޒެވިއަން ބުންޏެވެ. އެއާއި އެކު ނުހާގެ ދޮންމޫނަށް ޖަންބު ކުލަވެރިވިއެވެ. “އައި ލަވް ޔޫ މޯރް”
“މާވީގެ ހޮސްޕިޓަލް ބޭގް ގެންނަންވީނުންދެންދޯ؟” ނިމްރާ ބުނެލިއެވެ. ކައިލް ބޯޖަހާލިއެވެ. “އަޅުގަނޑު ހުންނާނެ ހުރިހާއެއްޗެއް ރެޑީކޮއްލާފަ. ކޮޓަރީގަ ހުންނާނެ” މާވީ ބުނެލިއެވެ. “މަންމަ ދާންވީދޯ؟ ކައިލް މަޑު ކުރާނަންދޯ؟” ނިމްރާ އެއްސެވެ. “އަމް.. އެއްޗެކޭ ހީނުކޮއް އެންމެން ގޮސްދީފާނަންތަ؟ އަޅުގަނޑު ބޭނުން ކުޑަކޮށް އެކަނި ވެލަން..” މާވީ ބުނެލިއެވެ. މާވީގެ އެދުމަށް ބޯޖަހާލާފައި ތިން މައިން ނިކުމެގެން ދިޔައެވެ.
ތިންމައިން ނިކުތުމުން މާވީ ބަލައިލީ މާވީގެ ބަނޑަށެވެ. ވަރަށް ލޯބިން ބަނޑުގައި ފިރުމާލާފައި މާވީ ހިނިތުންވެލިއެވެ. އަދި ގާތުގައި އޮތް ފޯނު ނެގިއެވެ. ފޯނު ހުޅުވާލާފައި މާވީ ފޯނުގައި ހުރި ފޮޓޯތައް ބަލަންފެށިއެވެ. އާއެކެވެ. މާވީއާއި ޔަޝްއަލްގެ ފޮޓޯތަކެވެ. “ޔަޝް ކީއްވެ ވީއަށް ތިހެން ތިހެދީ؟ އަޅެ ކީއްވެ؟ ކޮބާތަ ވީގެ ކުށަކީ؟” ފޮޓޯގަނޑުގައި އިން ޔަޝްއަލްގެ މޫނުގައި ފިރުމާލަމުން މާވީ އެއްސެވެ.
އެނދުގައި ދެފައި ވަށްކޮއްގެން އިށީނދެގެން އިން މާވީ ފޯނު ހިފަހައްޓައިގެން އިނދެ ޔަޝްއަލްއާއި އޭނާގެ ފޮޓޯތަށް ބަލަން އިނެވެ. ދެލޮލުން ކަރުނަ ފުހެލާފައި މާވީ ފޯނު ބޭއްވިއެވެ. އެދަރިފުޅަށްޓަކާވެސް އޭނާ ވަރުގަދަ ވާން ޖެހޭނެއެވެ. އޮއްސެމުން ދިޔަ އިރުގެ ދަޅަތަށް އުޑުމަތީގައި ފެތުރިފައިވީތަން މާވީ ޖާލިދޮރު ބަލައިލިއެވެ. އެއާއި އެކު މާވީގެ ހިތަށް ކޮންމެވެސް ލުއިކަމެއް ލިބުނެވެ.
ކުއްލިއަކަށް މާވީއަށް ދެފައި ދޭތެރޭގައި ހޫނު އިހުސާސްއެއް އުފެދުނެވެ. މާވީ ފިނިވެގެން ދިޔައެވެ. މޭގައި ބިރުވެރިކަން އުދުހިގެން ދިޔަ ނަމަވެސް މާވީ ހަމަޖެހެވޭތޯ މަސައްކަތް ފެށިއެވެ. “ވަގުތު ޖެހިއްޖެ. ޔަޝް.. އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ވަގުތު ޖެހިއްޖެ” ކަރުނަވީ ދެލޮލާއި އެކު މާވީ ބުނެލިއެވެ. ހަމަ އެވަގުތު ނިމްރާ، ކައިލް، އަދި ނިލީޝާ ވެސްއައެވެ. މާވީ އިން ހާލަތު ފެނި ނިމްރާއަވަހަށް ޑަކްޓަރަށް ގޮވިއެވެ. ވަގުތުން މާވީ ވިއްސާ ކޮޓަރިއަށް ވެއްދުނެވެ.
މާވީ އޮށޯވެލައިގެން އޮތް އިރު ފުންކޮށް ނޭވާތަކެއް ލަމުން ދިޔައެވެ. އެނދުގެ ރޭލްތަކުގައި ހިފަހައްޓައިގެން އޮތް މާވީގެ އިނގިލިތައް ތުރުތުރު އަޅަމުން ދިޔައިރު، ކަކުލުގެ ކަށިތައް ހުދުވެ، ފަލަމަސްގަނޑުން ފޮތިގަނޑު ފައިބަމުން ދިޔައެވެ. “އޯލްމޯސްޓް ދެއާރް މާވީ” ޑޮކްޓަރު އިޒެބެލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “ޔޫ އާ ޑޫއިން ގްރޭޓް. ޖަސްޓް ވަން މޯރ ޕުޝް” މާވީގެ ދެލޮލުން ހޫނު ކަރުނަ އޮހޮރެމުން ދިޔައެވެ. ވަރުބަލިކަމުގެ އިހުސާސް ކުރެވެމުން ދިޔަނަމަވެސް މާވީ ދިޔައީ ކެއްކުރަމުންނެވެ. ފުންނޭވާއެއް ދޫކޮށްލާފައި މާވީ ދެލޯމަރާލިއެވެ. އެވަގުތު ހިމޭންކަމުގެ ތެރެއިން ތުއްތު ފުރާނައެއްގެ ރުއިމެއް އިވިގެންދިޔައެވެ. “އިޓްސް އަ ގާލް” ހިނިތުންވުމަކާއެކު އިޒެބެލް އިއުލާން ކުރިއެވެ. ދަރިފުޅުގެ ފޫޅު ކަނޑާފައި އިޒެބެލް މާވީގެ މޭމަތީގައި ދަރިފުޅު ބާއްވާލިއެވެ. އެވަގުތު މާވީއަށް ދުނިޔެ ކުޑަ ހިނދުކޮޅަކަށް ހުއްޓުނު ފަދައެވެ.
މާވީގެ މޭމަތީގައި ބޯއަޅާލައިގެން އޮތް ކުޑަކުޑަ ދަރިފުޅު ދޫނެރެލަނެރެލަ އޮތެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު މާވީ އެދަރިފުޅުގެ ކުޑަ އަތުގައި ހިފާލިއެވެ. “ދަރިފުޅު…” މާވީއަށް ރޮވުނެވެ. “މިއީ ދަރިފުޅުގެ މަންމި. ދަރިފުޅުތިއީ މަންމި އެއްގޮތަކަށްވެސް ބޭނުންވެގެން ހޯދި ކުއްޖެއްނޫން. އެކަމަކު.. މަންމި ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ދަރިފުޅު ބޮޑުވެގެން ބަސް އަހާ ކުއްޖަކަށް ވައްޗޭ އިނގޭ؟ ވަރަށް ލޯބިވޭ” އެކުއްޖާގެ ނިތުގައި ބޮސް ދެމުން މާވީ ބުންޏެވެ. “ޔަޝް.. އަހަރެމެންގެ ދަރިފުޅު ހަމަ ވައްތަރީވެސް ޔަޝްއަށް. މިދަރިފުޅު ދެކިލާކަށް ނާންނާނަންތަ؟” ހިތާހިތުން މާވީ ބުނެލި އިރު ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Masha allah mi part vs vrh reethii
Zex haadha romm eyyyy…ladhugai varun moonumathy ai vs elhihjee
Shihaa ah maavy ge babyge pic eh libihjeyya fonuvaala dheeba..haadha beynumey baby dhekilannn….
curiously waiting for the next
When next????
tc lyyy
Hehe ikrr i was screaming ethan liyun iru😅🤣
Dhwww i also want baby uraalann ☹️
In sha allah soon stay tuned laav❤️
Tc and lyt❤️
Mi prt vx v reethi Maasha Allah
Sorry ingey lst 2 part ga comment koh nulevunyma
Xev haadha romm ey. I was blushing e scene ga
Maavy ge baby ah heyo goih thah minvar kurahvaash. Aameen!
Lysm dear 💜💜
Hehe its okayh
Same broo i was blushing harddddd😭😭
In sha allahhhh❤️
Last 2 prt vx v reethi ingey
tc
Lysm dear💜💜❤️❤️
Jazaakallah khairan❤️❤️
Congratulation zev n nuha 😊
I’m really happy for them both
varah unexcepted gothakah dhw zev e propose kuree! the speech… I hama ajaibu vefa
proves how talented my shierr is
maavi kairi buney just forget about yash n move on with kail ey
when next?
lots of luv from me💗💗💗
Happy happy xev n nuha❤️❤️❤️
Hehe jazaakallah khairan lav🙈
Hehe lets see dhww what happens between maavy and kail
In sha allah soonnn
Lots of love from me, toooo❤️
Mi part vx vrh reethi Masha Allah 💜
you she mihaaru e liyaa vaahaka vx heevanee you ge vaahaka ehgge copy eh hen
sorry to say that
tc
Jazaakallah khairan❤️
I luvvvvvvv thiissss😭😭
Im happy for xev and nu🥹
Can’t wait for the next eps😫
Jazaakallah khairann❤️❤️❤️❤️
Stay tuned in sha allah soonn❤️❤️
Mashallah mi bai ves vrh reethi when next part
Cant wait for nextt
Good work shiherrr
Jazaakallah khairann❤️❤️❤️❤️
Stay tuned in sha allah soonn❤️❤️
Can’t wait for urs as well🥰