Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 11

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 12, 2025 3 Mins Read
13 Comments

“ދަރިފުޅު…” މާވީއަށް ރޮވުނެވެ. “މިއީ ދަރިފުޅުގެ މަންމި. ދަރިފުޅުތިއީ މަންމި އެއްގޮތަކަށްވެސް ބޭނުންވެގެން ހޯދި ކުއްޖެއްނޫން. އެކަމަކު.. މަންމި ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ދަރިފުޅު ބޮޑުވެގެން ބަސް އަހާ ކުއްޖަކަށް ވައްޗޭ އިނގޭ؟ ވަރަށް ލޯބިވޭ” އެކުއްޖާގެ ނިތުގައި ބޮސް ދެމުން މާވީ ބުންޏެވެ. “ޔަޝް.. އަހަރެމެންގެ ދަރިފުޅު ހަމަ ވައްތަރީވެސް ޔަޝްއަށް. މިދަރިފުޅު ދެކިލާކަށް ނާންނާނަންތަ؟” ހިތާހިތުން މާވީ ބުނެލި އިރު ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓުނެވެ.

ދަންވަރުގެ ވަގުތެވެ. އަރޫޝާ އިނީ ޖޯލިފަތީގައެވެ. ޔަޝްއަލްގެ އިންތިޒާރުގައެވެ. 5 ޖެހިތަނާ ގެއިން ނިކުން މީހާ އަދިވެސް ގެއަށް ނުވަންނާތީ އަރޫޝާ އިނީ ކަންބޮޑުވެފައެވެ. ގުޅާ ގުޅާ ފޯނުވެސް ނަގާ ޙިޔާލެއް ނުކުރިއެވެ.

ޔަޝްއަލް އެނބުރި ގެއަށް ވައިން އިރު ދަންވަރު 30 2 ވެއްޖެއެވެ. އޭރު އަރޫޝާ އިނީ ނިދިފައެވެ. ނަމަވެސް ދޮރު ހުޅުވާލިއަޑަށް އަރޫޝާއަށް ދެލޯ ހުޅުވާލެވުނެވެ. “ދަރިފުޅާ” ތުމުގައި ސިނގިރޭޓު ޖަހައިގެން ދިޔަ ޔަޝްއަލްއަށް އަރޫޝާގެ އަޑު އިވުންހެން ހިޔެއްނުވެއެވެ. ނޫނެކެވެ. އަޑު އިވުން ކަމަށް ނެހެދީއެވެ. ތުމުގައި އިން ސިނގިރޭޓުގެ ދުންތައް ފަޒާއަށް ދޫކޮށްލާފައި ދިޔަގޮތަށް ދިޔައެވެ.

“މާވީ ވިހައިފި…” އަރޫޝާގެ ވާހަކަ އަޑުއަހަން ޔަޝްއަލް މަޑުނުކުރާނެކަން އެނގުމުން އަރޫޝާ ބުނެލިއެވެ. އެއާއި އެކު ޔަޝްއަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. “މިރޭ އިރު އޮއްސެން އުޅެނިކޮއް ވިހެއީ.. އަންހެން ކުއްޖެއް.. އިނގެއެއްނުން މަންމަ ރައްޓެހި ނަރުހެއް އުޅޭކަން ހޮސްޕިޓަލުގަ؟ އެކުއްޖަ ބުނީ..” އަރޫޝާ ބުނެލިއެވެ.

ޔަޝްއަލް ފަހަތަށް އެނބުރުނެވެ. “ދެން؟ މަގޭ ދަރި ދެކިލަން އަހަރެން ދިޔަ ދޭނަންތަ؟” ޔަޝްއަލްގެ ސުވާލާއި އެކު އަރޫޝާ ގަބުވިއެވެ. “ވަޓް އައި ތޯޓް” އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް ވައްޓާ ޗަސްކޮއްލަމުން ޔަޝްއަލް ބުނެފައި ދިޔައެވެ.

ހަމައެވަގުތެވެ. ލޯގަނޑު ކުރިމަތީގައި އިން އަވްލީން ދިޔައީ މޭކަޕްކުރަމުންނެވެ. ކޮނޑާ ހަމައަށް އަރާ އަވްލީންގެ އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލާފައިވީ އިރު، ލާފައިވަނީ ބަނޑު ފެންނަވަރުގެ ޓޮޕް ކޮޅަކާއި އެކު، ކުރު ސްކާޓްކޮޅެކެވެ. ހިތްފުރޭ ވަރަށް މޭކަޕް ކުރެވުމުން އުނަގަނޑުގައި ރިސްޓް ޗެއިންއެއް އަޅުވާލިއެވެ. ފަހު ފަހަރަށް މޫނު ބަލާލާފައި ކުޑަދޮރު ހުޅުވާލާފައި އަވްލީން ނުކުތެވެ. އޭރު އަވްލީންގެ އިންތިޒާރުގައި ނައުހާން ހުއްޓެވެ.

ފަތިސްވީއިރުވެސް މާވީ އޮތީ ހޭލާއެވެ. ނިދިފައި އޮތް ކުޑަކުޑަ ދަރިފުޅުގެ ދޮން މޫނަށް ބަލަން އޮތް އިރު މާވީގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. “ދަރިފުޅު ހަމަ ވައްތަރީ ދަރިފުޅު ބައްޕިއަށް..” ލަސްލަހުން މާވީ ބުނެލިއެވެ. “އައިޝަތް ޔަޝާ ޔަޝްއަލް. މަންމިގެ ލޯބި ލޯބި ޔަޝް” ޔަޝާގެ ކޮލުގައި ފިރުމާލަމުން މާވީ ބުނެލިއެވެ.

ފަތިން ނަމާދަށް ހޭލާފައި ޒެވިއަން ފުރަތަމަވެސް ނެގީ ފޯނެވެ. “ގުޑް މޯރްނިން މައި ޕްރިންސެސް” ހިނިތުންވުމަކާއި އެކު ޒެވިއަން ނުހާއަށް މެސެޖު ކޮއްލިއެވެ. މޯޅިއަށް ދެމިލާފައި ޒެވިއަން އަވަހަށް ތައްޔާރުވީ މިސްކިތަށް ދިޔުމަށެވެ. ކޮޓަރިން ނިކުން އިރު އާދިލްއާއި ޔަލާން ޒެވިއަންގެ އިންތިޒާރުގައި އިނެވެ. އާދިލް ފޯނުން ޒިކުރު ކިޔަން އިން އިރު، ޔަލާން އިނީ ކަރު މައްޗަށް ޖަހައިގެން ނިދާފައެވެ. ޔަލާން އިންގޮތް ފެނި ވަގުތުން ޒެވިއަންއަށް ހެވުނެވެ.

“އޭ. ކަލޭ އަނގައަށް ކުރެއްޕެއް ވެއްޓިދާނެ ތިހާ އަނގަ ބޮޑު ކޮއްގެން އިންދާ” ޔަލާން ފަލަމަސްގަނޑުގައި ޖަހާލާފައި ޒެވިއަން ބުންޏެވެ. އެއާއި އެކު ޔަލާންދެލޯ ބޮޑު ކޮއްލިއެވެ. “ދަރިފުޅު ނިދަނީދޯ؟ ސާބަސް” އާދިލް ބޯހޫރުވާލާފައި ބުނެލިއެވެ. އެވަގުތު ލުބާންވެސް ކޮޓަރިން ނިކުތެވެ. “ކޮބާ ހިނގާ އަވަހަށް ދާން” ލުބާން ބުންޏެވެ.

ނިދިފައި އޮތް ނުހާއަށް ހޭލެވުނު އިރު 7 ޖަހަން އުޅެއެވެ. މޯޅިއަކަށް ދެމިލާފައި ނުހާ ފޯނު ނަގާ ބަލައިލިއެވެ. އެވަގުތު ޒެވިއަންގެ ފަރާތުން އަހިސްފައި އިން މެސެޖު ފެނި ނުހާއަށް ހިނިތުންވެވުނެވެ. “ގުޑް މޯރްނިންގް ލަވް” ނުހާވެސް ފޮނުވާލިއެވެ. އެއާއި އެކު ވަގުތުން ޒެވިއަންގެ މެސެޖުއައެވެ. އެމެސެޖުގެ އިންތިޒާރުގައި ޒެވިއަން އިން ފަދައެވެ.

“ހާދަ ލަހުން ތިހޭލީ؟ ނަމާދަށް ނުތެދުވަންތަ؟” ޒެވިއަން އެއްސެވެ. އެއާއި އެކު ނުހާ ރަކިވިއެވެ.

“އައްސަލާމު އަލައިކުމް” ޒެވިއަން ސަލާމް ގޮވާލިއެވެ. “ވާލައިކުމް ސަލާމް. އަނހާ ޒެވް؟ ކީއްކޮއްލަނީ ހާދައަވަހަށް؟” ބަދިގެ ތެރެއިން ބޯދިއްކޮއްލަމުން ނިމްރާ އެއްސެވެ. “ނުހާ ހޯދާލަން މިއައީ” ބޯކަހާލަމުން ޒެވިއަން ބުނެލިއެވެ. ނިމްރާ ހިނިތުންވެލިއެވެ. “ހެހެ އޮބޮތް ކޮޓަރީގަ” ނިމްރާ ހިނިތުންވެލާފައި ބުންޏެވެ. އަދި ބަދިގެއަށް ވަދެ ލުބައިނާއަށް ގުޅިއެވެ.

“ލުބާ ޒެވް އެބަ ހުރި މިގޭގަ. ނޫހޯދަން އަހިސް” ލުބައިނާ ފޯނު ނެގުމާއި އެކު ނިމްރާ ބުނެލިއެވެ. “ވަޓް އަސްލު؟ ކެކެ ކަމެއްބާ ހެހެ” ލުބައިނާ ބުނެލިއެވެ. “ހޫމް އެހެންނޭ ބުންނަން މިއުޅެނީ” ނިމްރާ ބުނެލިއެވެ. ލުބައިނާއަށް ޒެވިއަން ނުހާދެކެ ލޯބިވާކަން އެނގުނަސް ޒެވިއަން ނުބުނާށޭ ބުނެފައި އޮތުމުން އެކަން އެނގޭކަމަކަށް ލުބައިނާ ނެހެދިއެވެ. މައިވަންތަ ކަމުގެ ލޯބި ލުބައިނާގެ ހިތުގައިވީ އޭގެ އިންތިހާއަށެވެ.

ޒެވިއަންގެ މެސެޖަށް ދޭނެ ރިޕްލައިއަކަށް ވިސްނަން އޮއްވާ ދޮރުގައި ޓަކިދޭއަޑު އިވުނެވެ. ޓަކި ޖަހަނީ މަންމަ ކަމަށް ހީކޮށް ނުހާ ހަމަ ޖެހިލާފައި ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި ޒެވިއަން ފެނިފައި ނުހާގެ ދެލޯ ބޮޑުވިއެވެ.

“ޒެވް؟” ނުހާގެ އަޑު ނިކުތީ ވައިއަޑުންނެވެ. “ޒެވް ހަމަ މިތާ ދެން ބަހައްޓާނީތަ؟” ޒެވިއަން ނިއްއަރުވާލަމުން އެއްސެވެ. “ނޫން ނޫން.. ވަދޭ” ހިނިތުންވެލާފައި ނުހާ ބުންޏެވެ.

“ސޯ؟ ޓެލް މީ. އާރް ޔޫ ބްލީޑިންގ ފޯރް މީ އޯރް..؟” ނުހާގެ އަތުގައި މަޑުމަޑުން ހިފާލަމުން ޒެވިއަން ބުންޏެވެ. ނުހާ ލަދުގައިން ނަމަވެސް އެކަން ނުދެއްކުމަށްޓަކައި ހީލިއެވެ. “ޔޫއާރް ޑިސްކަސްޓިންގ” ޒެވިއަން ދުރުކޮއްލަމުން ނުހާ ބުނެލިއެވެ. “ބަނޑަށް ތަދުވޭތަ؟ ޓެލް މީ. ނޯވަން ކޭން ހާޓް މައި ގާލް” ޒެވިއަން ނުހާގެ ބަނޑަށް ބަލައިލަމުން އެއްސެވެ. “ކުޑަކޮށް..” މަޑުމަޑުން ނުހާ ބުންޏެވެ. “ހެހެހެ ދެން ޒެވްއަށް ޗާންސްއެއް ދޭންވިނުން؟ އައިލް މޭކް އިޓް ސްޓޮޕް ފޯރް 9 މަންތްސް” އެއްލޯމަރާލަމުން ޒެވިއަން ބުންޏެވެ. “އައްޗީޑި ވީ ނޮޓް އީވެން މެރިޑް އެއްނުން” ނުހާ ބުންޏެވެ. “ހޫމް މެރީ ކުރާވާޙަކައޭ މިބުނީ” ޒެވިއަން ނުހައާއި ކައިރިވެލާފައި ބުންޏެވެ. އެއާއި އެކު ނުހާއަށް ލަދުން އިސްޖަހާލެވުނެވެ. “ކީއްކުރަންތަ ތިއައީ؟ މަންމަމެން ކީކޭ ހިތަށް އަރާނީ؟ ނޫ މަންމަމެން ގާތުގަ ނުވެސް ބުނަން އަދި..” ގައިން ލަދު ފޮރުވުމަށް ޓަކައި ނުހާ ބުންޏެވެ.

“ނޫ މަތިން މިސްވާވަރުން ހަމަ ހެހެ. ނިމް ދައްތަ ކައިރީ ބުނެފަ މިއައީވެސް” ޒެވިއަން ބުނެލިއެވެ. ނުހާ ތުން އަނބުރާލިއެވެ. “ހޫމް ދެން ދޭއިހަށް ބޭރަށް. ނޫ ފެންވަރަށް ވެއްޖެ” ނުހާ ބުނެލިއެވެ. “ކީއްކުރަންތަ ބޭރަށް ދާންވީ؟ ޒެވް ގޮވައިގެން ހިނގަގަ؟” ޒެވިއަން އެއްލޯ މަރާލިއެވެ. “ޔޫ ޓީޒާރް! ދޭން ދޭ މިނިކުންނަނީއޭ ވަރަށް އަވަހަށް” ނުހާ ތުންކޮޅު އޫކޮށްލާފައި ބުނެލިއެވެ. “ހެހެ އޯކޭ އޯކޭ އަވަސް ކޮއްލަށްޗޭ” ޒެވިއަން އެހެން ބުނެކޮޓަރިން ނުކުތެވެ. ނުހާ މޫނުގައި އަތް އެޅީ ގައިން ލަދުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޕަރީ – Not a Fairytale

Next

ވަކިވުމަށް ފަހުވެސް[2]

Next
May 13, 2025

ވަކިވުމަށް ފަހުވެސް[2]

Previews
May 12, 2025

ޕަރީ – Not a Fairytale

13 Comments!

  1. Maash Maash says:
    May 12, 2025 at 9:22 pm

    Heyyy shiherrrr…
    Mi part vx vrh vrh reethi. Damnnn nuha and xev making me blushhhhh.. Ekam avleen ulhey goi dhwww.. Maavy Ah v goi haadha dhera eyy ekam dhwww.. I’m sooo curious about Yash’al.. waiting for the next partttt..💜💜💜🦋

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 3:34 pm

      Heyyyy maashhh
      jazaakallah khairan dear 💕
      aslu vess dhww.. hehe balamaa dhw dhn vaa gotheh
      in sha allah soon next ep ❤❤❤

  2. aanaa says:
    May 12, 2025 at 9:46 pm

    masha allah mi part vs vrh reethiiii…..alheyyyy xev dhwwwww..ladhun gos halaak vehje kiyaafa….first part kiyaafa heenukuran xev mihaa laanei vaanekmhkh…..im sooo curious…..avlyn ekm e ulheyyy gthhh….baeh fahr foohivs veyyy…mihaar vs hyvany baby fehnahn…haadha beynumey baby uraalan shihaaa…curiously waiting for the next…when nexttt????tc lyyy❤

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 3:35 pm

      jazaakallah khairan dear 💕
      haha ikkk ryttt 🙈🙈🙈
      aslu vess dhww
      aslu vess shihaa vess beynun
      in sha allah soon and sorry mi part lass v ma
      lyt 🥰

  3. gurrrl_8 gurrrl_8 says:
    May 13, 2025 at 11:06 am

    Mashallah mi part ves vrhh reethi
    When is the next??
    Lyy shiherrr

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 3:35 pm

      jazaakallah khairan 💕
      in sha allah soon
      lyt

  4. Your fav bab Your fav bab says:
    May 13, 2025 at 3:38 pm

    Oh my god mi part vx varah reethi MA💗💗💗
    Alhe zev haadha laanethey!! Made me literally blush so hard
    When next?
    Lysssssm💗💗💗
    Btw do you have a plato id?

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 4:55 pm

      hehe dhww 🙈💕
      in sha allah sooonn stay tuned
      lytttt
      whats that.?😅

    2. shihaamaa ali shihaamaa ali says:
      May 13, 2025 at 4:55 pm

      jazaakallah khairan 💕

  5. Shaf_maan says:
    May 13, 2025 at 6:55 pm

    Maasha Allah mi prt vx vrh reethi
    Alhey Xev haadha laanetheyyy
    Nuha kihaa ladhey gannaane.
    Maavy ge baby ah dhera gothey nuhadhathi ingey
    Avlyn vx dhw. Gothey fothey neiy
    Whn nxt
    Curiously waiting
    tc
    Lysm dear 💜❤️

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 11:32 pm

      hehe jazaakallah khairan dearr
      stay tuned in sha allah next ep sooon
      tc2

  6. Your fav bab Your fav bab says:
    May 13, 2025 at 8:49 pm

    Plato is an app where you can play games, chat with your friends, n a lot
    So you don’t😔
    Well never mind 😅

    1. shihaamaa ali shihaamaa ali says:
      May 13, 2025 at 11:36 pm

      Haha shiherr miee games ah vrrhhhh dhuru kujjehh idk anything abt games 😭
      if u wanna talk to me u can mail ingey i’ll reply. 🙂
      ( i might not see mail ingey tell me here in the comments just incase )

Comments are closed.

Next Episodeޒެވިއަން 12←


All Right Reserved!