Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 9

shihaamaa ali
shihaamaa ali Level 510 Stories100 Comments500 Comments100 Stories100 Login
May 9, 2025 3 Mins Read
10 Comments

“ދޭ ފެންވަރާލަން. އަންނާނަށް ކާލާނެ އެއްޗެއް ހިފައިގެން” ކައިލް ބުނެލިއެވެ. މާވީ ބޯޖަހާލާފައި ފެންވަރަން ވަނެވެ. ހޫނު ފެނުންފެންވަރާލައިގެން މާވީ ނިކުން އިރު ލާނެ އެއްޗެހިވެސް އެނދުމަތީގައި ކައިލް ބަހައްޓާފައި ހުއްޓެވެ. އެއްޗެހި ލައިގެން މާވީ އިށީންދެލީ ވެފައިހުރި ވަރުބަލިންނެވެ.

ހިނދުކޮޅެއްފަހުން ކައިލްއައެވެ. މޭވާކޮޅަކާއި ކިރުޕެކެޓެއް މާވީއަށް ދިނެވެ. “ކައިލް މަންމަމެން ރުޅިއެއް ނާންނާނެތަ؟” މާވީ އެއްސެވެ. “ހެޔޮކަމެއް ކޮއްދީގެން ކީއްވެތަ ރުޅިއަންނަންވީ ހެހެ” ކައިލް ހީލިއެވެ. ރަނގަޅަށް ކާލައިގެން ނިދާލާ އިނގޭ. އައިމް ގޮއިންގް ނައު” ކައިލް ބުނެލިއެވެ. މާވީ ބޯޖަހާލިއެވެ.

***5 މަސް ފަސް***

އެދުވަހަށް ފަހު މިންހާގެ އެއްވެސް ޙަބަރެއް އެނގިފައެއް ނުވެއެވެ. އެހެންކަމުން މާވީ ބަލަމުން ދިޔައީ، ކައިލް، ކަޔާން، އަދި ނިމްރާއެވެ. ދުވަސްކޮޅަކީ އޯލެވެލް ދުވަސްކޮޅަށް ވެފައި ވިހަން ގާތްވެފައި އިނުމުން މާވީއަށް ކިޔެވުމަށް އެހާ ބޮޑު ސަމާލު ކަމެއް ނުދެވެއެވެ. އެހެން ނަމަވެސް މާވީ ދިޔައީ އޭނާއަށް ކުރެވުނު ވަރަކަށް ކެއް ކުރަމުންނެވެ.

45 މިނިޓްގެ ޓެސްޓްއަށް ފަހު ކުދިންތައް ނިކުންނަން ފެށިއެވެ. ދުވަހަކީ އެންމެ ފަހު ޓެސްޓު އޮތް ދުވަސްކަމުން ކުދިންގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތާމައެވެ.

އަވަސް ހިނގުމުގައި ދިޔަ ޔަޝްއަލްގެ ފިޔަވަޅުތައް ހުއްޓުނީ ވަކިން ކްލާސް ރޫމްއެއްގައި ޓެސްޓު ހަދަމުން ދިޔަ މާވީ ފެނިފައެވެ. އަބަދުވެސް ހިކިދަނޑިއެއްހެން ހުރި މާވީ ގައިގައި މަސްޖަހާ ޗަބީ ވެލާފައި ހުރުމުން ވަރަށްވެސް ލޯއިތްބެވެ. ވިހަން ގާތްވެފައި ހުރުމުން މާވީގެ ބަނޑުވަރަށްވެސް ބޮޑެވެ. ދުވަސްކޮޅަކުން މާވީ ވިހާނެތާއެވެ. ނަމަވެސް އެދަރިފުޅު ދެކިލުމަށް ޔަޝްއަލްއަށް ނުދެވޭނެކަން އެނގުމުން ޔަޝްއަލްގެ ހިތުގައި ރިއްސާލިއެވެ.

“ހެއީ. ކިހިނެތްތަ ޓެސްޓު؟” ނުހާ ގާތުގައި ހުއްޓި ޒެވިއަން އެއްސެވެ. “ވަރަށް ބެސްޓު އަލްހަމްދުލިއްލާހި. ޒެވްގެ ޓެސްޓު ކިހިނެތަ؟” ނުހާ އެއްސެވެ. “ހެހެ ޒެވް އަބަދުވެސް ބަޔޮލޮޖީއަށް ވަރަށް ދަށް ވާނެ” ބޯކަހާލާފައި ޒެވިއަން ބުނެލިއެވެ. ނުހާ ހީލިއެވެ.

“ހެއި މިއަދު ހަވީރު ބިޒީތަ؟” ޒެވިއަން އެއްސެވެ. “ނޫން.. ބިޒީއެއްނޫން. ކިހިނެތްވީ؟” ނުހާ އެއްސެވެ. “ދިމާކޮއްލަން ކަމަށް” ޒެވިއަންގެ އެދުމާއި އެކު ނުހާގެ ހިތް ތެޅިގަތެވެ. އުފާވެ، މޫނުމައްޗަށް ޖަންބު ކުލަ އެރިއެވެ. “ޝުއާރް” ނުހާ ބުންޏެވެ. އަދި ފިޔަވަޅުތައް ހަލުވި ކޮއްލާފައި ހިނގައިގަތެވެ. ޒެވިއަންއަށް ހިނިތުންވެވުނެވެ.

އެންމެ ފަހު ޓެސްޓު ނިމުމުން މާވީއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކުރިމަތީގައި އިން ޓީޗަރަށް ހިނިތުންވުމެއް ރައްދުކޮއްލާފައި މާވީ ނިކުތެވެ. އޭރު މާވީގެ އިންތިޒާރުގައި ނިމްރާ ހުއްޓެވެ. “ދެން އަޅުގަނޑު ބުނީމެއްނުން އޯކޭއޭ ބަލާ ނަޔަސް” މާވީ ބުންޏެވެ. “ހެހެ އެކަމް ނިމްދައްތަ ބުނިންދޯ އަންނާނަމޭ؟ މިހާރު ވިހަން ގާތްވެފަ ހުރީމަ ވަރަށް ބަލައިގެންނޭނުންދޯ އުޅެންވާނީ؟ މިއަދު އަދި އެބަ ޖެހެއެއްނުން ޑަކްޓަރަށް ވެސް ދާންވެސް. އަރާ އަވަހަށް” ނިމްރާ ބުންޏެވެ. މާވީ ހިނިތުންވެލާފައި ނިމްރާ ސައިކަލު ފަހަތައް އެރިއެވެ.

ސޯފާގައި އިން ކައިލް އިނީ ފޯނުން މާވީގެ ފޮޓޯއަކަށް ބަލަންށެވެ. 9 މަހުގެ ބޮޑުބަނޑާއި އެކު މާވީ ކިތަންމެހާވެސް ލޯއިތްބެވެ. ބަލާބަލާ ފޫހި ނުވާނެކަން ގައިމެވެ. “ދޮންބޭ؟” ފަހަތުން އިވުނީ ނިލީޝާގެ އަޑެވެ. ވަގުތުން ކައިލް ފޯނު ނިއްވާލިއެވެ.

“ހްމްމްމް.. ދޮންބެ އެހެން މާވީއަށް ތިހާ ހެލްޕް ވާހިތުން ތިއުޅެނީ މާވީދެކެ ދޮންބެ ލައިކްވަނީދޯ؟” ނިލީޝާ އެއްސެވެ. ކައިލް އެއްޗެކޭ ނުބުނެ ހިނިތުންވެލިއެވެ. “ކަމޯން ބްރޯ އައިމް ޔުއާރް ޓްވިންއޭ. ނިލީ ގާތު ބުނަންވާނެއްނުން” ތުންކޮޅު އޮޅާލަމުން ނިލީޝާ ބުންޏެވެ. “އޯކޭ އޯކޭ. އެކަމް މާވީ ގާތުގަ ނުބުނައްޗޭ. ޔެސް އައި ލައިކް ހާރް. މިކަން ވުމުގެ މާކުރިންސުރެއްވެސް” ކައިލް ބުންޏެވެ. އަދި އެންމެ ފުރަތަމަ މާވީއާއި ދިމާވި ދުވަހުގެ ވާޙަކަވެސް ކިޔައިދިނެވެ.

“މަންމަމެނަށް އެނގޭތަ؟” ނިލީޝާއެއްސެވެ. ކައިލް ބޯޖަހާލިއެވެ. “ދެން ދޮންބެ މިބުނީނުން ދޮންބެގެ ކްރަޝް؟ ދެން އަވަހަށް ބުނޭ ނިލީގެ ކްރަޝްވެސް” ކައިލް އެއްސެވެ. “ދޮންބެވެސް ނުބުނާތި އޭނަ ކައިރީ. ދޮންބެ ވަރަށް ކްލޯޒް ވާނެ އޭނައަށް. ދޮންބެ އޭނަ ގާތުގަ އެވާޙަކަ ބުނިއްޔާ ބުނާނަން މާވީ ގާތުގަވެސް ދޮންބެ މާވީ ދެކެ ލޯބިވާ ވާހަކަ” ނިލީޝާ ބުނެލީ އަމުރުކޮއްލާހެންނެވެ.

“އޭ އޭ ދެކުދިން ކްރަޝް ވާހަކަ ދައްކައޭ އެބަ ހަމަ ދޮންތި ނުލާ. ދޮންތިއާވެސް ލައިގެން ކިޔަގާ” އެވަގުތު އެތަނަށް އައި ނުހާ ތުންކޮޅު އޫކޮއްލާފައި ބުންޏެވެ. “ދޮންބެ ހޭޒް އަ ކްރަޝް އޮން މާވީ” ނިލީޝާ ހީލާފައި ބުންޏެވެ. “ހޫމް ތިތަންކޮޅު އިވުނޭ ހަހަ” ނުހާ ހީލިއެވެ. “ދެން ނިލީގެ ޓާން” ކައިލް ބުންޏެވެ. “ޔަލާން…” ބޯކަހާލަމުން ނިލީޝާ ބުންޏެވެ.

“އޯ އެމް ޖީ. ވާވާ އޭ ބުނީ ހެހެ” ނުހާ ހީލާފައި ބުންޏެވެ. “ދޮންތި ހޭނެކަމެއްނެތޭ ދެން ބުނޭ ދޮންތިގެ ކްރަޝްވެސް” ނިލީޝާ ބުންޏެވެ. އެއާއި އެކު ނުހާގެ ދޮންމޫނު އެކީގައިހެން ރަތްވެލިއެވެ. “ވެއިޓް އަ މިނުޓް.. ދޮންތި އަނެއްކާ ބޯއިފްރެންޑްއެއް ހުރޭތަ މިހާރު؟” ކައިލް އެއްސެވެ. “ހެހެ ނޫނޭ.. އަމް.. ޒެވިއަން… އެންޑް އައި ތިންކް ހީ ލައިކްސް މީ ޓޫ..” މޫނުގައި އަތް އަޅަމުން ނުހާ ބުންޏެވެ. “އޯމައި ގޯޑް. މިދެމީހުން އެހެންވެ އެއް ފެމެލީއަކަށް ދޯ މިދަނީ؟ ހަހަ” ކައިލް ހީލިއެވެ.

ގެއަށް ގޮސް އެއްޗެހި ބަދަލު ކޮއްލައިގެން މާވީ ގޮވައިގެން ނިމްރާ ދިޔައީ ހޮސްޕިޓަލަށެވެ. “އަވަހަށް އެޑްމިޓް ވާން އައުން ބުއްދިވެރި. މިހާރު މާވީ ހުރީ 3 ސެންޓިމީޓަރަށް ޑައިލޭޓް ވެފަ” ޑަކްޓަރު ބުންޏެވެ. “ލައްބަ، ވޯޑްއެއް ހަމަ ޖައްސާލަ ދެއްވާ” ނިމްރާ ބުންޏެވެ.

“ބިރުންތަ ތިއޮތީ؟” މާވީގެ އަތުގައި ހިފާލަމުން ނިމްރާ އެއްސެވެ. އޭރު މާވީ އޮތީ އޮބްޒާރްވޭޝަން ރޫމްގައެވެ. “ޔެސް.. ވަރަށް..” މާވީ ބުނެލިއެވެ. “ކޮންކަމަކަށްތަ ބިރުގަންނަނީ؟” ނިމްރާ އެއްސެވެ. “ނޭނގެ.. ހީވަނީ ބޭބީ ހެލްތީކޮއް ނުވިހިދާނޭ.. ނޫނީ ކަފާލަން ޖެހިދާނޭ. ނޫނީ ބޭބީގެ ހާލަތު ދަށްވެދާނޭ” މާވީ ބަނޑުގައި ފިރުމާލަމުން ބުންޏެވެ.

“މާވީ.. ޔެސް، ކުއްޖަކު ވިހެއުމަކީ ފަސޭހަ ކަމެއްނޫން. އެކަމަކު މާތް ﷲ އަހަރެމެން އަންހެނުންނަށް އެކަމުގެ ކުޅަދާނަކަންވަނީ ދެއްވާފަ. އެއީ އަހަރެމެން އަންހެނުންނަކީ މަތިވެރި ބަޔަކަށްވީތީ. އިންޝާ ﷲ މާވީގެ ދަރިފުޅުވެސް ރަނގަޅު ސިއްހަތުގައި ދުނިޔެއަށް އުފަންވާނެ” ނިމްރާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

(ނުނިމޭ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 510 Stories100 Comments500 Comments100 Stories100 Login

Reading and writing brings me infinite happines 🦋 "If a story is in you, it has to come out.” Happiest as a author 🤍 Proud author of "Magey Maail" , "Blood, S1 and S2" , "Beevedhaakah Neydhen Huvaa" , "Beyvafaatheriyakeemey" , "furaanaige dhirumey thiee" "kudakuda dharifulhu" "Xevian" kuruvaahaka: "dharifulhu" "yasna" "LOL" "magey busy kamun" "furaana" "ummeedhu" "veynugaa aharen miroa hen, maadhamaa roany kalaaey" "vafaatheri kehiveriyaa" "loagandu" "lein kalhivefaa" "heylaa" "aharenge maazy" "doctor ehge loabi" "anhen kujjakah vumun heyye?" "insaaniyyathah vess thikury malaamaathey" "hayaai badhalu kolli bulhaa" "dhiriulhumuge magsadhu" "vaahaka liyuntheriyaa"

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް!!

Next

އެކްޓަރ (ޕާޓް 17)

Next
May 9, 2025

އެކްޓަރ (ޕާޓް 17)

Previews
May 9, 2025

ކިޔުންތެރިންގެ ސަމާލުކަމަށް!!

10 Comments!

  1. leeshaa says:
    May 9, 2025 at 4:33 pm

    me first dhw yayy
    btw i am sorry shihaa 😔
    hope you will forgive me
    mi part vx vrh reethi Masha Allah ❤️
    take care
    luv ya 😘

    1. shihaamaa ali shihaamaa ali says:
      May 10, 2025 at 12:12 am

      Jazaakallah khairan, its okay
      Tc too and lyt❤️

  2. Your fav bab Your fav bab says:
    May 9, 2025 at 5:02 pm

    Enme fahun I ge fav author ge story ah comment eh kohlevey thee I’m so happy 😊
    Enmen ge crush bust kohlanee dhw Kail aai nily aai nuha aa vegan. I ah vaanama laahikeh ves noon 🤣
    Good thing nim n kayaan is helping maavi ekm sooner or later they’ve to accept maavi as their daughter in-law kanne🤭
    Love this story so much
    N lyt❤️❤️❤️
    Tc

    1. shihaamaa ali shihaamaa ali says:
      May 10, 2025 at 12:13 am

      Yayyy happy to see your back too🥰
      Hahah ikrr there bond is just so strong ma sha allah❤️
      Hehe accept kurthaa dhw kyle e buniinun tha nim and kayaan ah engeyney🙈🙈🙈🙈🙈
      Jazaakallah khairan dearrr
      Lyttt and tc 2❤️🥰

  3. gurrrl_8 gurrrl_8 says:
    May 9, 2025 at 5:46 pm

    Mashallah mi part ves vrhh reethi
    When next part
    Cant wait hama

    1. shihaamaa ali shihaamaa ali says:
      May 10, 2025 at 12:13 am

      Jazaakallah khairan in sha allah soooonn❤️

  4. aanaa aanaa says:
    May 9, 2025 at 6:24 pm

    Masha allah mi part vrh reethii
    Assu vs e biology haadha difficult eyyyy….😭
    Ooohhh….zev anehka propose kurantha e uhnyyyy????
    Nimra haadha rangalheyyy maavy ah…
    Im sooo curioussss…maavy ah dhera gotheh nuhadhahxheyyy….i thinkk yashal like vey kannne maavy dheke….ekm kail r maavy r maa gulheyyy
    when nextt???
    tc lyyy

    1. shihaamaa ali shihaamaa ali says:
      May 10, 2025 at 12:15 am

      Jazaakallah khairan❤️
      For me its interesting and confusing hehe😭hehe balamaa dhww.. stay tuned for next epp
      Keke lets see dhww whoo maavy ends up with
      In sha allah soonn❤️
      Stay tuned lyttt, tc 2❤️

  5. MaZy says:
    May 10, 2025 at 12:33 am

    I luvvvv thiss 😭
    Maavy and kail gulhuvaa dhn heyonuvaane 😭
    Zevian and nuhaa too😭
    Cannot wait to read the next ep🥹
    Luvv ya🥹❤️🫶🏻

    1. shihaamaa ali shihaamaa ali says:
      May 10, 2025 at 12:06 pm

      Jazaakallah khairan lavvvv lots of love from mee tooo❤️❤️

Comments are closed.


All Right Reserved!