Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 8

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 8, 2025 3 Mins Read
6 Comments

“ނިކުމޭ މިގެއިން. ނިކުންނާށޭ! ތިކަހަލަ ހަޔާތްކުޑަ ދަރިއެއް އަހަރެން ބޭނުމެއްނޫން” މާވީގެ އަތުގައި ހިފާ ނެރެމުން މިންހާ ބުންޏެވެ. “ނޫން މަންމާ ހެޔޮނުވާނެ. އަހަރެން އެކަނިވެރި ނުކޮއްލާ ޕްލީޒް” މާވީގެ އާދޭސްތަށް އަޑު އެހުމެއްނެތި މިންހާ މާވީ ގެއިން ނެރެ ހޫރާލިއެވެ. “ކަލޭ ދެން މިގެއަށް ވަދެގެން ނުވާނެ. މިއަދުން ފެށިގެން އަހަރެންގެ ދަރިއަކު ނުހުންނާނެ” މިންހާ އެހެން ބުނެ ދޮރާށި ލައްޕާ ތަޅުލިއެވެ.

މާވީއަށް އޭނާގެ ބަނޑުގައި ފިރުމާލެވުނެވެ. އޭނާ މިކުއްޖާ ދެން ބަލާނީ ކިހިނެތް ހެއްޔެވެ؟ މާވީއަށް ރޮވުނީ ހިތަށް ތަދުވީ ވަރުންނެވެ. ތެދެކެވެ. މާވީ ކުރީކީ ކޮއްގެން ވާނެ ކަމެއް ނޫނެވެ. އެކަމާ މިއަދު މާވީ ރޮއެ ހިތާމަ ކުރެއެވެ. ނަމަވެސް މިއީ މަންމަގެ ލޯއިތްބާއި އަޅާލުން މާވީއަށް އެންމެ ބޭނުންވާނޭ ދުވަސްކޮޅެއް ނޫންހެއްޔެވެ؟

ނަމަވެސް އެކުއްޖާ ދުނިޔެއިން ނައްތާލުމަކީ މާވީ ކުރާނެކަމެއް ނޫންކަން ގައިމެވެ. އެއީ ޔަޝްއަލްގެ އެންމެ ފަހުގެ ހަނދާނެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއާއި އެކު މާވީއަށް ކަންފަތުގައި އަތް އެޅުނެވެ. ވިއްސާރަ ހަދަނީކަން އެނގުމުން މާވީ އަވަސްވެގަތީ ހިޔާވާނެ ތަންކޮޅެއް ފެނޭތޯއެވެ. ކުޑައިރުންސުރެ މާވީއަކީ ހިޔަށް ބަލި ކުއްޖަކަށްވީތީއެވެ.

އެނދުމަތީގައި އޮތް ކައިލް އޮތީ ފުން ޙިޔާލެއްގައެވެ. މިއަދު ސުކޫލު ތެރޭގައި އިވިގެން މިދިޔައީ އޭނާގެ ހިތަށް ކުޅަދާނަވާފަދަ ޙަބަރެއް ނޫނެވެ. ފުން ނޭވާއެއް ލާފައި ކައިލް ގާތުގައި އޮތް ބާލީހުގައި އޭނާ ބައްދާލީ މީގެ މަހެއްހާ ދުވަހުގެ ހާދިސާ މަތިން ހަނދާން ކޮއްލަމުންނެވެ.

އެއީ ކައިލް އެނބުރި ރަށަށް އައިތާ ހަފްތާއެއްހާދުވަސްފަހުންނެވެ. ކައިލް އަތިރިއަށް ޖައްސާލީ ފޫހި ފިލުވާލާ ހިތްހަމަ ޖައްސާލުމަށެވެ. ރާޅު ޖާހާ ހިސާބުގައި ހިނގާލާފައި ދިޔަ ކައިލްއަށް ދިޔައީ ބަޔާން ކުރަން ދަތި ހިތް ހަމަޖެހުމެއް ލިބެމުންނެވެ.

ގުދުރަތީ އެރީތިކަމުގެ ތެރެއަށް އަމިއްލަ ނަފްސު ދޫކޮށްލުމަށްޓަކައި ބިންމަތީގައޮ އިތް ރުއްގަނޑެއްގައޮ ކައިލް އިށީންދެލިއެވެ. އެވަގުތު ކައިލްގެ ދެލޮލުގައި އަޅައިގަތީ މޫދުގައި އޮތް އަންހެން ކުއްޖާއެވެ. ލޮނުގަނޑުގެތެރެއަށް އެކުއްޖާ ދަމުން ދިޔައިރު އެކުއްޖާ ދިޔައީ ސަލަމާތަށް އެދި ގޮވަމުންނެވެ.

މި މަންޒަރުފެނި ކައިލް ދުއްވައިގަތީ މޫދާ ދިމާލަށެވެ. އެކުއްޖާ ގޮވައިގެން އަހިސް ވެލިގަނޑުމަތީގައި ކައިލް ބާއްވާލިއެވެ. އެކުއްޖާގެ ރީތިކަންފެނި ކުޑަ ހިނދުކޮޅަކަށް ކައިލްއަށް މަޑުޖެހެވުނެވެ. އޭރު އެކުއްޖާގެ ދެލޯ ވަނީ މެރިފައެވެ. ނޭފަތުގައި އަތް ޖައްސާލި އިރު އެކުއްޖާ ނޭވާ ނުލާހެން ހީވުމުން ކައިލް އަވަހަށް ސީޕީއާރް ދޭން ފެށިއެވެ. ކުޑަހިނދުކޮޅެއްތެރޭގައި ކެއްސާލާފައި އެކުއްޖާ ދެލޯ ހުޅުވާލިއެވެ. އެއާއި އެކު ކައިލްއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ޔޫ ސޭވްޑް މީ؟” އެކުއްޖާ އަހާލިއެވެ. “ޔާ. ކީއްވެތަ ފަތަން ނޭނގެންޏާ ފުންހިސާބުތަކަށް ދަނީ؟” ކައިލް އެއްސެވެ. “ފޫހިވެގެން އައީ. ލައިފް ޖެކެޓްވެސް އެޅިން އެކަމަކު އޭތި ހަލާކުވީ. ހެހެ ޑޯންޓް ގެޓް މީ ރޯންގް ސުއިސައިޑް ވާކަށް ނޫން” އެކުއްޖާ ބުނެލިއެވެ. ކައިލް ހިނިތުންވެލިއެވެ. “ތިކާކުތަ؟ ކުރިން ފެނުނުން ހެން ހިޔެއްނުވޭ؟” އެކުއްޖާ އެއްސެވެ. “އައިމް ކައިލް. މިރަށު ކުއްޖެއްހަމަ. އެކަމަކު މިދިޔަ 6 އަހަރު މާމަމެން ރަށުގަ އުޅިފަ މިއައީ. ތިއީ ކޮންކުއްޖެއް؟” ކައިލް ތަޢާރަފްވެލިއެވެ. “މާވީ” މާވީ ނަން ބުނެލާފައި މާވީ ތެދުވިއެވެ. “ދެން ދަނީ އިނގޭ؟ ތެންކްސް އެގެއިން” މާވީ ބުނެލިއެވެ. ކައިލް ހިނިތުންވެލިއެވެ.

ފުރަތަމަ ނަޒަރުން ވެވޭ ލޯއިތްބަކީ ބިލާހެއްކަމަށް ގަބޫލު ކުރި ކައިލްއަށް މިއަދު އެއީ ހަގީގަތްކަން ގަބޫލު ކުރަން މަޖުބޫރުވެއްޖެއެވެ. ނަމަވެސް ކައިލްއަށް މާވީ ލިބުމަށްވުރެ ނުލިބުން ގާތްކަން ހިތަށް އެރުމުން ކައިލްގެ ހިތުގައި ރިއްސާލިއެވެ. ފުން ނޭވާއެއްދޫކޮށްލާފައި ކައިލް ނިކުތީ ބޭރަށެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ހިނގާލާ ހިތް ހަމަ ޖައްސާލަންށެވެ.

ހިނގާލާފައި ދިޔަތާ ހިނދުކޮޅެއްފަހުން ކުއްޖަކު އަހިސް ކައިލްގެ ހަށިގަނޑުގައި ލަށްވިއެވެ. “ސޮރީ” އެކުއްޖާ ވެއްޓުނަ ނުދީ ހިފަހައްޓާލަމުން ކައިލް ބުނެލިއެވެ. ނަމަވެސް އެކުއްޖާގެ މޫނު ފެނުމުން ކައިލްގެ ދެލޯ ބޮޑުވިއެވެ. “މާވީ؟”

ކުރިމަތީގައި ހުރި ކައިލް ފެނުމުން އެއީ އެދުވަހު އޭނާ ސަލާމަތް ކޮއްދިން ކުއްޖާކަން މާވީއަށް އެނގުނެވެ. ވެފައި ހުރި ދެރައިން އެދުވަހު މާވީ ސަލާމަތް ކޮއްދިނީތީ މާވީއަށް ކައިލްދެކެ ރުޅިއާދެވުނެވެ. “މިހުރިހާކަމެއްވެސް މިވީ ކަލެއާއި ހުރެ. އެދުވަހު ކަލޭ އަހަރެން ސަލާމަތް ނުކުރި ނަމަ…” ރޮމުން ކައިލްގެ މޭމަތީގައި ތަޅައިގަންނަމުން މާވީ ބުންޏެވެ.

“ހަމަ ޖެހިބަ ޕްލީޒް. އަސްލު ކިހިނެތްތަވީ؟” މާވީގެ އަތުގައި ހިފަހައްޓަމުން ކައިލް ބުނެލިއެވެ.

“މާވީ ބަނޑުބޮޑު…. ޔަޝް މާވީ ދޫކޮށްލީ.. މާވީ މަންމަވެސް މާވީ ގެއިން ނެރެލީ..” ރޮމުން ރޮމުން މާވީ ކިޔައިދިނެވެ. މާވީގެ ޖަވާބާއި އެކު ކައިލްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ޖެހިހެންނެވެ. ލަސް ލަހުން އޭނާގެ ދެލޯ ދައުރުކޮއްލީ މާވީގެ ބަނޑަށެވެ. ތެމިފައި ހުރުމުން ލައިގެން ހުރި ޓީޝާޓުން ދިޔައީ މާވީގެ ކުޑަ ބަނޑުކޮޅު ވަރަށް ރީއްޗަށް އެނގެމުންނެވެ. ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. “އިޓްސް އޯކޭ..” މާވީގެ ހަށިގަނޑުގައި ބައްދާލަމުން ކައިލް ބުނެލިއެވެ. ކައިލްގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ މާވީ ކިތަންމެ އިރަކު ރުއެވެ.

މާވީ ހަމައަކަށް އެޅުމުމުން މާވީގެ އަތުގައި ހިފައިގެން ހިނގައިގަތީ މާދުރުނޫން ހިސާބެއްގައި ހުރި ގެސްޓް ހައުސްއަށެވެ. ކޮޓަރިއެއް ބުކް ކޮއްފައި މާވީ ގޮވައިގެން ކައިލް ކޮޓަރިއަށް ވަނެވެ.

“ދޭ ފެންވަރާލަން. އަންނާނަށް ކާލާނެ އެއްޗެއް ހިފައިގެން” ކައިލް ބުނެލިއެވެ. މާވީ ބޯޖަހާލާފައި ފެންވަރަން ވަނެވެ. ހޫނު ފެނުންފެންވަރާލައިގެން މާވީ ނިކުން އިރު ލާނެ އެއްޗެހިވެސް އެނދުމަތީގައި ކައިލް ބަހައްޓާފައި ހުއްޓެވެ. އެއްޗެހި ލައިގެން މާވީ އިށީންދެލީ ވެފައިހުރި ވަރުބަލިންނެވެ.

ހިނދުކޮޅެއްފަހުން ކައިލްއައެވެ. މޭވާކޮޅަކާއި ކިރުޕެކެޓެއް މާވީއަށް ދިނެވެ. “ކައިލް މަންމަމެން ރުޅިއެއް ނާންނާނެތަ؟” މާވީ އެއްސެވެ. “ހެޔޮކަމެއް ކޮއްދީގެން ކީއްވެތަ ރުޅިއަންނަންވީ ހެހެ” ކައިލް ހީލިއެވެ. ރަނގަޅަށް ކާލައިގެން ނިދާލާ އިނގޭ. އައިމް ގޮއިންގް ނައު” ކައިލް ބުނެލިއެވެ. މާވީ ބޯޖަހާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ފަރުދާގެ ފުރަގަސް

Next

މަޢާފް އެދެމުން – 4

Next
May 8, 2025

މަޢާފް އެދެމުން – 4

Previews
May 8, 2025

ފަރުދާގެ ފުރަގަސް

6 Comments!

  1. gurrrl_8 gurrrl_8 says:
    May 8, 2025 at 12:58 pm

    Mi part ves vrhh reethi
    But shiherr its too short 😭😭 I think
    But okii I appreciate your good work n ik you are busy too
    But ehme ufaavanii youge storythah dhuvahun dhuvahah kiyaalan libeythii
    Tc ingeyy shiherrr
    I will always support you
    Lyy 🥹🥰

    1. shihaamaa ali shihaamaa ali says:
      May 8, 2025 at 11:36 pm

      Jazaakallah khairan❤️

  2. naura naura says:
    May 8, 2025 at 3:57 pm

    shihaa mi part vx vrh reethi Masha Allah ❤️
    kail and maavee gulhuvahcheyy ingey
    tc

    1. shihaamaa ali shihaamaa ali says:
      May 8, 2025 at 11:36 pm

      Jazaakallah khairan❤️

  3. aanaa says:
    May 8, 2025 at 10:14 pm

    Masha allah mi part vs vrh vrh reeethiii
    Kail r maavy gulhuvahcheyyyy…
    Aizin mnge bayeh vrh kiyaalaa hihveyyyyy
    curiously waiting for the nexttt
    When next???
    Tc lyy

    1. shihaamaa ali shihaamaa ali says:
      May 8, 2025 at 11:37 pm

      Jazaakallah khairan
      Balamaa dhw🤭

Comments are closed.

Next Episodeޒެވިއަން 9←


All Right Reserved!