Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 7

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 7, 2025 3 Mins Read
12 Comments

“ހެއި. ބިޒީތަ ހަވީރުން؟ ދިމާކޮއްލަންވީނުން؟” އައިޒިންގެ މެސެޖުގައި އިނެވެ. “ޔާ، ޝުއާރް” އަލާޔާ އެޔަށް ރިޕްލައި ކޮއްލިއެވެ. ގަޑިއަކަށް 30 4 ބުނުމުން އަލާޔާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 45 2 ކެވެ. އެހެންކަމުން އަލާޔާ އަވަހަށް ހަރަކާތް ކޮއްލީ ތައްޔާރު ވުމަށެވެ.

ފެންވަރަން ވަދެ ތަފާތު އެއްޗެހި ތަކެއް މޫނުގައި އުނގުޅާހެދިއެވެ. އޭތި މީތި އުނގުޅާފައި ފެންވަރައިގެން ނިކުން އިރު އަލާޔާގައިން ދުވާވަހުން ހީވަނީ ހަމަ ފިނިފެން މަލެއް ހެންނެވެ. އަލަމާރި ކައިރީ ހުއްޓި ހުރެ ހުރިހާ ހެދުމެއް ނަގާ ބަލަމުން ދިޔައެވެ. އެންމެ ފަހުން އަލާޔާއަށް ކަމުދިޔައީ ހުދުކުލައިގެ ކަކުލާއި ހަމައަށް އަރާ “ބޮޑީކޮން” ހެދުމެވެ. އަލާޔާގެ ފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮއްލާފައި ރަތް ކުލައިގެ ފިނިފެން މަލެއް އިން ފަށެއް ކަރުގައި އަޅާލިއެވެ. އަދި އެފަށައި ގުޅުވާލާފައި ބޮލުގައި ރަތް ފިނިފެންމާ ދައްޗެއް ޖަހާލިއެވެ.

މާބޮޑު މޭކަޕެއް ނުކުރި ނަމަވެސް، މޫނުމަތީގައި ލުއި “ކޮރެއަން” މޭކަޕެއް ކޮއްލިއެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓުކޮޅެއް ބުރުވާލާފައި އަލާޔާ ގަޑިބަލައިލިއެވެ. އޭރު 4 ޖަހަން ހުރީ 5 މިނިޓްއެވެ.

“ބޭރުގަ މިހުރީ” އެވަގުތު އައިޒިންގެ މެސެޖެއް އައެވެ. ފަހު ފަހަރަށް މޫނަށް ބަލާލާފައި އަލާޔާ ނުކުތެވެ. ބޭރުގައި ހުރި އައިޒިން ފެނިފައި އަލާޔާއަށް ހިނިތުންވެވުނެވެ. ރަތް ކުލައިގެ ގަމީހަކާއި އެކު ހުދު ކުލައިގެ ޖީންސްއެއް ލައިގެން ހުރި އިރު ކަރުގައި ރިހި ކުލައިގެ ފަށެއް އޮތެވެ. ރީތިގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮއްލާފައިވީ އިރު ވަރަށްވެސް ރީއްޗެވެ.

ލަސް ހިނގުމެއްގައި ދެކުދިން ހިނގާފައި ދިޔައީ ގެއާއި މާދުރުނޫން ހިސާބުގައި ހުރި އަތިރިއަށެވެ. “ލާޔާ. ދެލޯ މަރާލަދީފާނަންތަ؟” އަތިރިއަށް ދެވުމާއި އެކު އައިޒިން އެއްސެވެ. އަލާޔާ ހިނިތުންވެލާފައި އައިޒިންއަށް އިތުބާރުކޮއް ދެލޯމަރާލިއެވެ. އަލާޔާގެ ދެލޮލުގައި އަތް އަޅައިގެން ހުރި އައިޒިން ތަންކޮޅަކަށް ދިޔައެވެ. “އަދި ލޯނުހުޅުވައްޗޭ އިނގޭ؟” އަލާޔާ ލޮލުން އަތް ނަގަމުން އައިޒިން ބުނެލިއެވެ. އަލާޔާ ބޯޖަހާލިއެވެ. “އޯކޭ ދެން ހުޅުވާ” އައިޒިން ބުނި އަޑުއިވުނެވެ. ލަސް ލަހުން އަލާޔާ ދެލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ދެލޯބޮޑުވެގެން ދިޔައީ ފެނިގެން ދިޔަ މަންޒަރުންނެވެ. އަލާޔާއަށް ހުރެވުނީ ހުދުކުލައިގެ ކާޕެޓެއްގެ މަތީގައެވެ. އެކާޕެޓް މަތީގައި ރަތްކުލައިގެ ފިނިފެންމާ ފިޔަތައް ހުއްޓެވެ. ދެފަރާތުގައިވެސް ރީތިގޮތަކަށް ފިނިފެންމާތަށް އެލުވާފައި ހުރި އިރު ކުރިއަށް ދެވެން އޮތް މަގުގައި ރަތްފިނިފެންމަލުންނާއި ހުދުކުލައިގެ ފެއާރީލައިޓްސް އިން ރީތިކޮއްލާފައިވީ އިރު “ނިއޯން ސައިން ލައިޓްސް” އިން “ވިލް ޔޫ ބީ މައި ގާލްފްރެންޑް” ޖަހާލާފައިވިއެވެ. އެސައިން ކުރިމަތީގައި އައިޒިން ހިނިތުންވެލައިގެން ހުރިއިރު އަތުގައި ފިނިފެންމާ ބޮނޑިއެއްވެސް އޮތެވެ. މަގުގެ ދެފަރާތުގައި ހެވިދިލިފައި ޒެވިއަންއާއި ޔަލާންވެސް ހުއްޓެވެ.

“ކިހިނެތްވެފަތަ ތިހުރީ އަވަހަށް ދޭބަލަ ޅިޔަނު ކައިރިއަށް” ޔަލާން ބުނެލިއެވެ. އެއާއި އެކު އަލާޔާ ލަދުން މޫނުގައި އަތް އަޅާލިއެވެ. އިނގިލިތަކާއި ކުޅެމުން އަލާޔާ ހިނގައިގަތެވެ. އެއާއި އެކު ދެފަރާތުގައި ތިބި ޒެވިއަންއާއި ޔަލާން އަތުގައި އިން ބާސްކެޓްއިން ފިނިފެންމާ ފިޔަތައް ބުރުވަންފެށިއެވެ.

ލަސް ހިނގުމުގައި ހިނގާލާފައި ގޮސް އަލާޔާ އައިޒިން ގާތުގައި ހުއްޓުނެވެ. އައިޒިން ވަރަށް ލޯބިން އަލާޔާގެ އަތުގައި ހިފާލިއެވެ.

“ލާޔާ، އަސްލު އަހަރެންނަކަށް ނޭނގެ ކޮންއިރަކު، ކިހިނެތް ކަމެއް ލާޔާ ދެކެ ލޯބިވެވުނީކީ. އިނގޭހާވެސް އެއްޗަކީ މިއަދު އަހަރެން ލާޔާދެކެ ލޯބިވާކަން. ދެން އައި ޑޯންޓް ނޯ އިނގޭ މާ ރޮމޭންޓިކް ވާކަށް ހެހެ. އެކަމަކުވެސް ބުނެލަންބޭނުން. ލާޔާދެކެ އަހަރެން ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އިންޝާ ﷲ ދުވަހަކުވެސް ލާޔާއަކަށް ދެރައެއް ނުދޭނަން. އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވެދީފާނަންތަ؟” އައިޒިން ބުންޏެވެ. އަލާޔާ ހިނިތުންވެލާފައި “ޔޭސް” އޭބުނެލިއެވެ.

ޒެވިއަން ހުރީ ހުރިހާ މަންޒަރެއް ރެކޯޑު ކުރަންށެވެ. ދެބޭބެގެ ހިތުގައިވެސް އަލާޔާއަށް ޓަކައިވީ އުފާވެރިކަމެވެ. “އޯއެމްޖީ ޅިޔަނޫ. ހާދަ ރޮމްއޭ ދޯ؟ މަ މާދަމާ އިރު އަރާއިރު ވިލްބީ ގޭ ކަންނޭނގެ” ތިރީ ތުންފަތުގައި ދަތް އަޅަމުން ޔަލާން ބުންޏެވެ. “ކަލޭ ކޮންއިރަކުތަ ސްޓްރެއިޓްއީ އަޅެ؟” ޒެވިއަން އަނގަކުނި ކޮއްލާފައި ބުންޏެވެ.

“ވެލްކަމް ޓު މައި ވިއާޑް ފެމިލީ” ޒެވިއަންއާއި ޔަލާންގެ ވާހަކަ އަހަން ހެވިފައި ހުރި އައިޒިން ގާތުގައި އަލާޔާ ބުނެލިއެވެ. އައިޒިން ހިނިތުންވެލިއެވެ. 4 މީހުން ސަކަރާތުގައި އުޅިފައި އެނބުރި ގެއަށް ދިޔައީ އިރުއޮއްސެން ގާއިތް ވުމުންނެވެ.

ސޯފާގައި އޮށޯވެލައިގެން އޮތް މާވީގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ޔަޝްއަލްއާއި އެކު ހޭދަ ކުރެވުނު 6 އަހަރު ދުވަހުގެ ފޮނި ހަނދާންތައް އޭނާ އައުކުރަމުން ދިޔައީ އެދުވަސްތައް ދެން އެނބުރި ނާންނާނެކަން އެނގިހުރެއެވެ.

“މާވީ” ޙިޔާލުތަކުން މާވީއަށް ނުކުމެވުނީ މާވީގެ މަންމަ މިންހާގެ އަޑަށެވެ. އަވަހަށް ކަރުނަ ފުހެލާފައި މާވީ ތެދުވެ އިށީނެވެ “ލައްބަ މަންމާ..” މާވީ ބިރުން ހުރެ ބުނެލިއެވެ. މިންހާ ގޮސް މާވީގެ ކަންކަށި މަތީގައި ހުރިބާރެއްލާފައި ޖެހިއެވެ. “ހުރި ލަދު ހަޔާތްކުޑަކަން. ބަފަޔަކާ ނުލާ ކަލޭ ބަލާ ބޮޑު ކުރީމަ މީތަ ކަލެއަށް ދޭން އެނގުނު ހަދިޔާއަކީ؟” މާވީގެ މޫނު މައްޗަށް ޓެސްޓު ކިޓު ޖަހަމުން މިންހާ ހަޅޭ ލަވައިގަތެވެ.

“ބުނޭ! އެއީ ކާކު ދަރިއެއް؟ އެއިން؟ ބުނާށޭ ކާކު ދަރިއެއްހޭ އެއީ؟” މިންހާގެ އަޑު ދިޔައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ. “އެ ޔަޝްއަލްގެ ދޯ؟” މާވީ އިސްޖަހައިގެން އިނުމުން މިންހާ އަހާލިއެވެ. މާވީ ބިރުން އިނދެ ބޯޖަހާލިއެވެ. އެއާއި އެކު އަނެއްކާވެސް މިންހާގެ އަތުގެ ހޫނު ހަމަލާއެއް މާވީއަށް ލިބުނެވެ. “މަ އޭރުވެސް ބުނިންދޯ ތި ޔަޝްއަލް ތިއީ އެކުގައި އުޅޭ ވަރުގެ މީހެއް ނޫނޭ؟ ތާހިރު ވެއްޖެއެއްނުން؟ ރަނގަޅަށްވާއިރު އެކަން އެނގިގެން އެސޮރު ކަލޭ ދޫކޮށްލާނީތި. އެހެންވެ މިއަދު ހަތަރު ދަމު އޮވެގެން ރޮނީތި. އެހެންނުން؟” މިންހާ އެއްސެވެ.

“ސޮރީ..” ކުރެވުނު ފާފައާއި މެދު މާވީ ހިތާމަ ކުރާކަން އޭނާގެ ރާގުންވެސް ދިޔައީ އެނގެމުންނެވެ. ނަމަވެސް މާވީގެ އެވާހަކަތަށް އަހާވަރަށް ވުރެ މިންހާ ހުރީ ރުޅި އަހިސްފައެވެ.

“ނިކުމޭ މިގެއިން. ނިކުންނާށޭ! ތިކަހަލަ ހަޔާތްކުޑަ ދަރިއެއް އަހަރެން ބޭނުމެއްނޫން” މާވީގެ އަތުގައި ހިފާ ނެރެމުން މިންހާ ބުންޏެވެ. “ނޫން މަންމާ ހެޔޮނުވާނެ. އަހަރެން އެކަނިވެރި ނުކޮއްލާ ޕްލީޒް” މާވީގެ އާދޭސްތަށް އަޑު އެހުމެއްނެތި މިންހާ މާވީ ގެއިން ނެރެ ހޫރާލިއެވެ. “ކަލޭ ދެން މިގެއަށް ވަދެގެން ނުވާނެ. މިއަދުން ފެށިގެން އަހަރެންގެ ދަރިއަކު ނުހުންނާނެ” މިންހާ އެހެން ބުނެ ދޮރާށި ލައްޕާ ތަޅުލިއެވެ.

މާވީއަށް އޭނާގެ ބަނޑުގައި ފިރުމާލެވުނެވެ. އޭނާ މިކުއްޖާ ދެން ބަލާނީ ކިހިނެތް ހެއްޔެވެ؟ މާވީއަށް ރޮވުނީ ހިތަށް ތަދުވީ ވަރުންނެވެ. ތެދެކެވެ. މާވީ ކުރީކީ ކޮއްގެން ވާނެ ކަމެއް ނޫނެވެ. އެކަމާ މިއަދު މާވީ ރޮއެ ހިތާމަ ކުރެއެވެ. ނަމަވެސް މިއީ މަންމަގެ ލޯއިތްބާއި އަޅާލުން މާވީއަށް އެންމެ ބޭނުންވާނޭ ދުވަސްކޮޅެއް ނޫންހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޒެވިއަން 6

Next

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 1

Next
May 7, 2025

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 1

Previews
May 6, 2025

ޒެވިއަން 6

12 Comments!

  1. Aysherr says:
    May 7, 2025 at 12:24 pm

    Hey shihaa!!
    How are you
    Mi part ves Varah reethi inge maa sha allah konme part ehgga comment koh nulevunas baraabarah kiyan shihaa ge stories thah.. emme ufaa vany konme dhuvahaku part eh kiyaalan libeythy maa sha allah Varah furihama konme part eh ves 😊
    When’s next..?

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 3:50 pm

      Heyy Aysherr
      Alhamdhulihllah i’m fine, hbuuu
      jazaakallah khairan dear, and its okay komme epp ga comment nukollevunassvess hehe.. in sha allah next ep vess very soon stay tuned 🙂

  2. Maash Maash says:
    May 7, 2025 at 1:02 pm

    Alheyyy aizen haadha rom eyyyyy.. I’m blushing darlll 😭😭😭.. I’m so happy for them..
    Ekam maavy ah v goi haadha dhera ey dhwww.. Yash’al keehve tha ehen e hedhy 😢.. Anyways mi part vrh reethi maasha allah.. Sifa kurun and all bunaane ehcheh vx neyge.. Keep it up..
    Lysssssm darlll 💜🦋

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 3:51 pm

      hehehehehe ikrrrr sooooo cuteeeee
      hehe neynge dhw 🙁 adhi engeynehnun dhww
      jazaakallah khairan loabb same goes to uuu
      lyyyyyyyyyssssssmmmmmmmm :3

  3. gurrrl_8 gurrrl_8 says:
    May 7, 2025 at 3:48 pm

    Mashallah 🥰
    Vrh reethi mi part ves
    When next
    Cant wait for it
    Very curious
    Lyyy🥹

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 3:54 pm

      jazaakallah khairan dear stay tuned in sha allah very sooonnn <3

  4. naura naura says:
    May 7, 2025 at 4:37 pm

    Mi part vx vrh reethi Masha Allah
    btw shihaa you mail balahchey…
    tc

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 7:21 pm

      jazaakallah khairan
      ya

  5. aanaa says:
    May 7, 2025 at 6:36 pm

    Mi part v vrh reethiii…masha allah …alheyyyy aizin haadha rommm eyyyy…..blush v veyyyyy kiyaafaaa….ekm maavy ah vy gthn rovihje….parent ge help enme beynunvaa time dww eiiii…😭 i hopee kbme dhuvahakuvs kiyalan libeyne kmhh….scl in anna gth aissa check kurevey vhk laafa inthwww….adhi hama knme dhuvahakuvs kiyaalan eba libeyyyy…n im sooo happpyyyy..mi vhk up kohfa inthan fenunyma neyge vaagoivs….vubali vefa huriyas mi vhk fenunyma neyge varubali dhaa thnhvss…i appreciate ur hardd workkk shihaaa…curiously waiting for the next…when next????
    tc lyyy😘

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 7:23 pm

      kekekekekeke ikrrr sooo cuteee.. yess asluvess..
      hehe yess in sha allah geness dheveythw balaanan. actually i’ve been very busy in collage things mihr aslu migeness dheveny vess kuriyaalaa liyevifa inyma hehe. in sha allah genessdheynan.
      sooo happy to hear u enjoy my storiess…
      in sha allah soon
      tc, lyt

  6. Shaf_maan says:
    May 7, 2025 at 6:58 pm

    Alhey Aizin n alaaya OMG aizin haadha rom eyy.
    Aizin bunefi ehnu adhi I’m not rom ey. Its not true
    Maavy ah thihn nuhadhaa
    Manhaa vx dhw. Not only manhaa, YASH’AL is actually the… Idk what to say
    Maasha Allah Mi pat vx v reethi ingey
    Luv u dear❤️❤️💜💜

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 7:25 pm

      hehe yess
      ahaha dhn balamaa dhww vaaa goi.. stay tuned for the next ep

Comments are closed.

Next Episodeޒެވިއަން 8←


All Right Reserved!