Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޑަކުޑަ ދަރިފުޅު 8

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 27, 2025 3 Mins Read
6 Comments

މަލައިކާ ހުރީ ހޮސްޕިޓަލުގައެވެ. މަލައިކާއަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ހީވާގީ ނަރުހެކެވެ. “އަތަށް އެއްވެސް ކަހަލަ އުނދަގުލެއްވާނަމަ އަޅުގަނޑަށް ގޮވާލާ އިނގޭތޯ؟” މަލައިކާ އައިވީ ގުޅުވައިދިން ކުއްޖާގެ މައިންބަފައިންނަށް ހިނިތުންވުމެއް ދެމުން މަލައިކާ ބުންޏެވެ.

އެވަގުތު އިތުރުކަމެއް ނެތުމުން މަލައިކާ ބޭނުންވީ މީރާއަށް ގުޅާ ކުޑަކުޑަ ނާއިޝާއާއި އެކު މަޖާ ކޮއްލަންށެވެ. ފޯނު ނެގިއިރު މަލައިކާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނުދަންނަ ނަންބަރަކުން ކޮއްފައިވީ އެސް.އެމް.އެސް އެކެވެ. “މަލައިކާގެ ދެވަނަ ދަރިފުޅު މަރެއް ނުވޭ. އެކުއްޖާ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުރި” އެމެސެޖު ކިޔާފައި މަލައިކާއަށް ޖެހުނީ ކުޑަވަރެއްގެ ޝޮކެކެވެ.

ވަގުތުން މަލައިކާ އެމެސެޖުގެ ސްކްރީންޝްޓެއް ނެގިއެވެ. ނާއިކްއަށް އެމެސެޖު ދެއްކުމަށެވެ. ހަމައެވަގުތު އަނެއްކާވެސް އެފަރާތުން މެސެޖެއް އައެވެ. “މަލައިކާ އަދިވެސް ނާއިކްއަށް އިތުބާރު ކުރަންތަ؟” އެމެސެޖުގައި އިނެވެ. ދެން އެރީ ވީޑިއޯއެއް ފޮނުވި ކަމަށެވެ. މަލައިކާ ބިރުން ހުރެ އެޗެޓު އޯޕެން ކޮއްލިއެވެ. ވީޑިއޯގައި ފެންނަމުން ދިޔައީ ޒުވާން އަންހެން ކުއްޖަކާއި އެކު ނާއިކް ބަދު އަޙްލާގީ ހިންގަމުން ދަނިކޮށެވެ. މަލައިކާގެ ދެލޯ ބޮޑުވިއިރު ދެލޮލުން ކަރުނަ ހިލުނެވެ. ވީޑިއޯ އިންގޮތުން އެއީ ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ ވީޑިއޯއެއްކަން މަލައިކާއަށް ދެނެގަނެވުނެވެ. އޭގައި ތާރީޙަކަށް އިނީ އިއްޔެއެވެ. ވަގުތަކަށް އިނީ 15 2 އެވެ. އެއީ މަލައިކާ ގާތުގައި ނާއިކް މީޓިންގްއަކަށޭ ކިޔާފައި ދިޔަވަގުތެވެ.

“މިހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ނާއިކް” އަނެއްކާވެސް އެފަރާތުން މެސެޖެއްއައެވެ. މަލައިކާއަށް އޭރު ދިޔައީ ރޮވެމުންނެވެ. ދުވެފައި ގޮސް ފާހާނާއަށް ވަނީ އެމަންޒަރު އެހެން މީހަކަށް ނުދެއްކުމަށެވެ. ފާހާނާއަށް ވަދެ މަލައިކާ ފޯނުބަލައިލީ އެވެ. އަދި އެފަރާތައް މެސެޖު ކޮއްލިއެވެ. “ތިއީ ކާކު؟” މަލައިކާ މެސެޖު ފޮނުވާލިއެވެ. ނަމަވެސް އެމެސެޖު ދަށުގައި “ނޮޓް ޑެލިވާޑް” އެރުމުން މަލައިކާގެ ދެލޮލުން ކަރުނަ ހިލުނެވެ.

އެއީ ކާކު ބާއެވެ؟ ނާއިކް އެގޮތުގައި މަލައިކާއަށް ބޭވަފާތެރިވާންވީ ކީއްވެގެން ހެއްޔެވެ؟ މަލައިކާގެ ކުށަކީ ކޮބާހެއްޔެވެ؟ މަލައިކާގެ ހިތުގައި އެސުވާލުތައް ދިޔައީ “އެކޯ” ވަމުންނެވެ. ހިތްފުރެންދެން ރުއިމަށް ފަހު މަލައިކާ ފާހާނާއިން ނުކުތެވެ. ބޮލުގައި ރިއްސަނީ ކަމަށް ބުނެ މަލައިކާ ދެން ދިޔައީ ގެއަށެވެ.

“ދަރިފުޅާ ހާދައަވަހަކަށް ތިއައި؟” މަލައިކާގެއަށް އައުމުން މީރާއެއްސެވެ. “ހޫމް ބޮލުގަ ރިއްސާތީވެ. ކޮބާ އިޝާ؟” މަލައިކާ އެއްސެވެ. “ކޮޓަރީގަ. ނިދިފަ” މީރާ ބުންޏެވެ. ހީލާފައި މަލައިކާ ވަނީ ކޮޓަރިއަށެވެ. ނިދިފައި އޮތް ނާއިޝާ ގަތުގައި އޮށޯވެލަމުން މަލައިކާ ރުޔެވެ. “ދަރިފުޅޫ. މަންމިއަށް ވަރަށް ބޮޑަށް ސޮރީ. ދަރިފުޅަށް ރަނގަޅު ބައްޕައެއް ހޯދައި ނުދެވުނީތީ..ދެން މަންމައަޅެ ކިހިނެތްތަ ހަދާނީވެސް؟” މަލައިކާ ރޮމުން ބުންޏެވެ. ހިތަށް ނުކުޅަދާނަ ވާހެން ހީވުމުން މަލައިކާ ތެދުވެ 2 ރަކުއަތް ނަމާދެއް ކޮއްލިއެވެ. އަދި ހެއްދެވި ފަރާތަށް ދުޢާ ދެންނެވިއެވެ.

ހަވީރު ވުމުން ނާއިކްއާއި ޒިދާން ގެއަށް އައެވެ. ގެއަށް ވަދެގެން އައި ޒިދާން ފެނުމުން ކުޑަކުޑަ ޒުކާން ދުވެފައި އަހިސް ޒިދާންގެ ފައިގައި އޮޅުލައިގަތެވެ. “ބައްޕިގެ ދޫނީ. ކޮބާ ކެއިންތަ؟ މެންދުރު ނިދާލިންތަ؟” ޒިދާން ސުވާލު ބޮނޑި އޮއްސާލިއެވެ. “ލައްބަ. ޒޫކް 2 ގަޑި އިރު ނިދިން. ބަތްވެސް ކައިފިން” ހިނިތުންވެލަމުން ޒުކާންގެ މައުސޫމް އަޑުން ޒުކާން ބުންޏެވެ “ހާދަ ބަސް އަހާ ކުއްޖެކޭޭދޯ؟” ޒުކާންގެ ކޮލުގައި ދޮނެއް ދެމުން ޒިދާން ބުންޏެވެ.

ނާއިކް ކޮޓަރިއަށް ވައިން އިރު މަލައިކާގެ އިތުރުން ނާއިޝާވެސް އޮތީ ނިދިފައެވެ. ނިދިފައި އޮތް ނާއިޝާ ގެންގޮސް ކުޑައެނދުގައި ބާއްވާލާފައި ނާއިކް ގޮސް މަލައިކާ ގާތުގައި އޮށޯއޮތެވެ. ނިދިފައި އޮތް މަލައިކާއަށް ހޭލެވުނީ ނާއިކްގެ ބޮސްދިނުމުގެ އިހުސާސް ކުރެވިގެންނެވެ. މަލައިކާ ނާއިކް ދުރުކޮއްލިއެވެ. ނާއިކް ފެނި މަލައިކާ ވީ ފާޑެއްގެ ފޫއްސެކެވެ.

“ހެހެ ކިހިނެތްތަވީ؟” ނާއިކް މަލައިކާގެ ދޮންކަރުގައި ވަސް ގަންނަމުން ބުނެލިއެވެ. “ކަމެއްނުވޭ” މަލައި ޕީރިއެޑްވެފަ ހުރީމަ. އެންޑް ވަރަށް ވަރުބަލި” މަލައިކާ ބުންޏެވެ. “މޫޑް” އެއްނެތޭ ނުވަތަ “ވަރުބައްޔޭ” ބުންޏަސް ނާއިކް ދުުރުނުވާނެކަން އެނގުމުން މަލައިކާ ދޮގު ހަދާލިއެވެ. އެއީ ނާއިކްއަށް މަލައިކާ ހެދި ފުރަތަމަ ދޮގުވެސްމެއެވެ. “އެހެންތަ؟ އެހެންވިއްޔާ ނާއި މިދަނީ ފެންވަރާލަން. އެބަޖެހޭ ހަވީރުންތާކަށް ދާން. ކުރީގެ ކްލާސްމޭޓްއެއް ރަށަށް އަހިސްގެން” ނާއިކް ބުނެލިއެވެ. “އެހެންތަ؟ ކާކު؟” މަލައިކާ އެއްސެވެ. ފުރަތަމަ ފަހަރަށް ނާއިކް ބޭރަށް ދަނީ ކާކާއެއްކޮއްތޯ މަލައިކާ އެހުމުން ނާއިކް ކުޑަކޮއް ހައިރާންވިއެވެ. ނަމަވެސް ހަމަޖެހިލާފައި މަލައިކާ މޫނަށް ދޮގު ހަދާލިއެވެ.

“އެނގެއެއްނުން ނާއިގެ ފްރެންޑް މާން؟ އޭނަ” ނާއިކް ބުންޏެވެ. މަލައިކާ ހީލިއެވެ. ނާއިކް ފާހާނާއަށް ވަނުމުން މަލައިކާ ފޯނު ހުޅުވާލިއެވެ. ނާއިކް ބުނި ބަހުގެ ތެދު ބަލާލުމަށްޓަކައި ސްނެޕްޗެޓު ހުޅުވާ މާންގެ ލޮކޭޝަން ބަލައިލިއެވެ. މާންގެ ލޮކޭޝަން އިނީ މާލޭގައި ކަމުން ވަގުތުން ނާއިކް ހެދި ދޮގު ފަޅާއެރިއެވެ. މަލައިކާ ހިތުގައި ޖެހުނު ނަމަވެސް މިފަހަރު މަލައިކާދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަކަ ނުދިނެވެ. އެކަހަލަ ބޭފަވާތެރިޔަކަށްޓަކައި ރޯނީ މޮޔައެއް ނޫން އެހެން ކާކު ހެއްޔެވެ؟

ނަމަވެސް ނާއިކްގެ ބޭވަފާތެރިކަން ހަގީގަތަށްވީއިރު ނާއިޝާގެ ނިބޫވެސް ދުނިޔޭގައި ހުރެދާނެތާއެވެ. އެހެން ހިތަށް އެރުމުން މަލައިކާގެ ހަށިގަނޑުގައި ހީބިހި އަރައިގަތެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށުމަށް މަލައިކާ ނިންމިއެވެ.

ދެނަމާދު ދޭތެރޭގެ ވަގުތެވެ. ޒިދާން ކޮޓަރީގައި އޮތީ ޒުކާންއަށް ވާހަކައެއް ކިޔައިދޭށެވެ. ދެބަފައިން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. “ދަރިފުޅޫ. ބައްޕި އެބަ އަންނަން އިނގޭ ފާހާނާއަށް ގޮސްލާފަ؟” ޒިދާން ބުންޏެވެ. ޒުކާން މައުސޫމް ކަމާއި އެކު ބޯޖަހާލިއެވެ.

މަލައިކާއާއި މަލިކާ އުޅުނީ ބަދިގެ ތެރޭގައެވެ. މަލައިކާމެން ނޫޑްލްސް ކައްކައިގެން އުޅޭތީވެ އެފޯރީގައި ނާއިޝާވެސް އުޅުނެވެ. ކާން އިން ދެބެންގެ ހަރަކާތްތައް ހުއްޓުނީ ކޮޓަރިތެރެއިން އިވުނު ޒިދާންގެ ހަޅޭކުގެ އަޑުންނެވެ. އެއަޑަށް މަލައިކާ، މަލިކާ، ނާއިޝާގެ އިތުރުން މީރާވެސް އެކޮޓަރިއަށް ވަނެވެ. ފެނުނު މަންޒަރު މަލައިކާއަށް ނާއިޝާގެ ދެލޮލުގައި އަތް އެޅުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަބަދަށް-9

Next

އާއެކޭ ލޯބިވޭ އަށްވަނަބައި ( މިއީ ލޯބި ހާސިލްވާން ލިބުނު ފުރުސަތެއްތައް)

Next
April 28, 2025

އާއެކޭ ލޯބިވޭ އަށްވަނަބައި ( މިއީ ލޯބި ހާސިލްވާން ލިބުނު ފުރުސަތެއްތައް)

Previews
April 27, 2025

އަބަދަށް-9

6 Comments!

  1. aanaa says:
    April 27, 2025 at 10:19 pm

    Masha allah vrh vrh reethi mi part vs
    Alhey hama huwaa mihaar hama eba hithah araa naaik alhuganduge kurimathy huhnaane namaeyy..jahaalaanan jehunu enme baarakah…haadha eba rulhi araey e naaik dheke…😤..malaika ge kon kusheh ovgn naaik e cheat kury..heevany malaika roa aduvs iveyhnn..assu ehaa loabi vaamyhaku egth kan kuryma knme myhaku vs dhera vaane..malaika e kan kury enme rangalhah naaik malai r close vaan ulhunyma..vrh heevey malika ge frnd ge atheh mikamuga ovedhaanehn.maybe malaka r naaik plan khgn kuri kmkh vs vedhaane..alhe shihaa im sooo curious…i dont think zidhaan ah e fenuny sahala ehchhh heneh..maybe naaik r ehn girl akaa ehkoh kanne efenuny…hama huwaa ehn viyya naaik e huri thanakah gos naaik gaiga varugadha bodieh alhaanan..shihaa vaane alhugandaa ehkoh dhaan..😤😭…
    curiously waiting for the nexttt….when nextt????
    lyyyy😘

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:30 pm

      Jazaakallah khairan🤍😭

  2. gurrrl_8 gurrrl_8 says:
    April 27, 2025 at 10:40 pm

    Alhe Kihineh tha v zidhaan ah vrh curious kohlaafa mifaharu thi nihmaali
    I can’t wait next bai kiyaalaa hithun 😊

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:31 pm

      Jazaakallah khairan🤍🫶🏻

  3. Maash Maash says:
    April 27, 2025 at 11:48 pm

    Heyyy Shiherrr..
    mi part vx vrh reethi maasha allah
    naseebehnun malaikaa ah falhaa eri kan..
    Alheyy I wonder what they sawww…
    Waiting curiously for the next part..
    Lyssssssssssssm
    tc💜💜💜

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:31 pm

      Jazaakallah khairan, lyttt❤️❤️

Comments are closed.

Next Episodeކުޑަކުޑަ ދަރިފުޅު 9←


All Right Reserved!