Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (27 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
December 17, 2015 5 Mins Read
22 Comments

ެ. މިކަންކަމާއި ހެދި ޔައިންގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އާލާވެއްޖެ އެވެ. ކުށެއް ނެތް ތުއްތު ފުރާނަ ތަކަކަށް ކެތްނުވާ ވަރުގެ ބުރަ މަސައްކަތްތައް ޖައްސަމުންދާއިރު އެހަރު ހިލަ ހިތްތަކަކަށް އެކައްޗެއްވެސް ނާރާބާއޭ ޔައިންގެ ހިތަށް އެރި އެވެ.

އެއްދުވަހެއްގެ ދަންވަރުގެ ވަޤުތު ޔައިނާއިއެކު އަބަދުހެން އުޅޭ ފިރިހެން ކުއްޖެއް އޭނާއަށް ގޮވަން ފެށުމުން ޔައިނަށް ހޭލެވުނެވެ. އޭރު ގަޑިން އެއްގަޑި ބައިވެދާނެ އެވެ. ތަން ވަނީ ހަމަ ހިމޭންވެފަ އެވެ. ނަމަވެސް ހުރިހާ ކުދިންހެން ހޭލާ އުޅޭތީ ޔައިންވެސް މިވަނީ ކީއްތޯ ބަލާލަން އެކޮޓަރިން ނިކުތެވެ. އޭރުވެސް ހުރިހާ ކުދިންހެން ނިކުމެގެން ބާރު ހިނގުންތަކެއްގައި ދަމުން ގެންދިޔައީ އެއްދިމާއަކަށެވެ. ހުރިހާ ކުދިންގެ މޫނުމަތިންވެސް ފެންނަމުން ގެންދިޔައީ ކަމަކާއި ބިރުން އުޅޭކަހަލަ ސިފަތަކެކެވެ.

“ކިހިނެތްތަ މިވެގެން މިއުޅެނީ؟”  އެންމެފަހުން ޔައިނަށް ނުހުރެވިގެން އެހުނެވެ.

“ނޭނގެ… ކޮންމެވެސް ކުއްޖަކަށް ކަމެއްވެފަ އެބަ އޮތޯ ކުއްޖަކު ބުނީ…!” ޔައިނާއިއެކު ދިޔަ ކުއްޖާ ބުންޏެވެ.

އެހިސާބަށް ދެވުމާއިއެކުހެން ޔައިނަށް އެމަންޒަރު ފެނިއްޖެ އެވެ. އެވަގުތު އޭނާގެ މޭބޮޑުވެ، ބޮލަށް އެނބުރުން އަރައިގެން ދިޔަ އެވެ. ފައިދަށުން ބިންގަނޑު ދެމިގެންދާ އިޙުޞާޞެއް ކުރެވެން ފެށުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ ބިރުވެރި އަދި އެހާމެ ހިތްދަތި މަންޒަރެކެވެ. ދެކޭ މީހަކަށްވެސް މީގެން އަސަރު ނުކޮށެއް ނުދާނެ އެވެ. ކުރިމަތީގައި އެއޮތީ ސިފަ ނޭނގޭ ވަރަށް އަނިޔާ ކޮށްފައިވާ މަޢުޞޫމް ދެހަށިގަނޑެވެ. ލެއިން ތަތްތެޅިފައި ވާއިރު، އެކުދިންގެ ލޮލެއް، ނޭފަތެއް އަނގައެއް އެހެން ގުނަވަނެއް ވަތްކެތް ނުވެ އެވެ. ބަލާބެލުމަށް މިއީ ތޫނު އެއްޗަކުން ޙަމަލަ ދީފައިވާ ޒަޚަމް ތަކެއްކަން ލަފާކޮށްލެވެ އެވެ.

“ކޮން ކުދިންނެއް މީ؟ ކޮން ދެކުދިންނެއް މަދީ؟” ޔައިން އެންމެ ފުރަތަމަވެސް އަވަސްވެގަތީ މަރުވެފައި ތިބި ދެ އަންހެން ކުދިންނަކީ ކޮން ދެކުދިންނެއްކަން ދެނެގަތުމަށެވެ. އޭނާގެ ގާތުގައި ރޮމުން ގިސްލަމުން ގެންދިޔަ ކުދިންތަކަށް އަވަސް ނަޒަރެއް ހިންގާލި އެވެ. އެންމެ ފުރަތަމަވެސް އޭނާ ބެލީ ޔޫކޯ އާއި މިޒޫކީ ސަލާމަތުން ތިބިތޯ އެވެ. އެދެކުދިން ވެސް ތިބީ އެހެން ކުދިންތަކުގެ ތެރޭގައި ގިސްލަ ގިސްލަ އެވެ. ފަހުން އެނގުނީ އެއީ މިތަނަށް ވަރަށް ފަހުން ގެނައި ދެ ކުދިންކަމެވެ. ފޮތިގަނޑެއް ހޯދުމަށްފަހު ޔައިން ދެކުދިންގެ މަތީގައިވެސް އެފޮތިގަނޑު ދަމާލި އެވެ. މި އަނިޔާވެރި ތަނުން ދެފުރާނަ މިންޖު ވެއްޖެ އެވެ.

ޔައިންގެ ހިތު ތެރޭގައި އުތުރި އަރަމުން އަންނަ ރުޅިވެރިމަކާއި ނަފްރަތުގެ ހުޅުގަނޑަށް މިކަމުން ތެޔޮ އެޅިގެން ދިޔަ އެވެ. އެހެންކަމުން އެ ނަފްރަތުގެ ހުޅުގަނޑު ބޮޑުވެ ވަރުގަދަ ވެސް ވެއްޖެ އެވެ. މިމީހުންނަކީ ހަމަ އިންސާނުންބާއޭ ވެސް އޭނާ ހިތަށްއެރި އެވެ. ނުވަތަ އިންސާނުންގެ ސިފައިގައި ތިބޭ ކޮންމެވެސް އެހެން ނުބައި މަޚުލޫޤުންތަކެއް ބާއޭވެސް ހިތަށްއެރި އެވެ.

ޖެހިގެން އައި ދުވަހު އެދެ ކުދިންގެ ފުރާނަނެތް މަސްގަނޑުތައް ތަނުގެ މުއައްޒަފުންވެގެން ގެންގޮސްފި އެވެ. ނަމަވެސް އެދެކުދިންގެ ޖަނާޒާ އަކަށް ޔައިންމެންނަކަށް ނުދެވުނެވެ. ނޫނީ ނުގެންދިޔައީ އެވެ. ދިޔަ ނުދިނީ އެވެ. މިކަމުން އެކުދިން ކިތަންމެ ދެރަވެ ހިތާމަ ކުރިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަހަލަ އެވެ.

އެދުވަހުވެސް އެކުދިންނަށް ވަގުތެއް ވިޔަ ނުދީ އެމީހުން މަސައްކަތް ޖެއްސި އެވެ. އެކުދިންގެ މަސައްކަތްތައް ބަލަން ހުންނަ ދެމީހުން އެތަނުގައި ބައިގަޑިއިރު އެނބުރި އެނބުރިފައި އެތަނުން ދިޔަ އެވެ. ޔައިން ހުރީ މިދަނޑިވަޅަށް އިންތިޒާރު ކޮށްކޮށެވެ. އޭނާގެ ހަލުވި މިސްރާބު ހުރީ އެތަނުން ނިކުމެވެން ހުންނަ ލިފްޓު ކައިރިއަށެވެ.

“ކޮންތާކަށް ތި ދަނީ؟” އެތަނުން އެއް ކުއްޖަކު އެހި އެވެ.

“އެބަ އަންނަން… ދެން ތިޔަ ކުދިން މިތަނުގަ އެހާ ގިނަ ދުވަހަކު އުޅޭކަށް ނުޖެހޭނެ! މިދަނީ ބަދަލު ހިފަން!” ޔައިން މިހެން ބުނުމުން އެހެން ކުދިން ގޮސް އޭނާ ވަށާލި އެވެ.

“ޔައިން އެކަނި ގޮސްގެން ކަމަކު ނުދާނެ… އަހަރެމެން ވެސް ބައިވެރި ކުރޭ…!” ޔޫކޯ ބުންޏެވެ. އެއާއިއެކު އޭނާއަށް އެއްބަސް ވުމުގެ ގޮތުން އެހެން ކުދިންވެސް އާން ބަސް ބުންޏެވެ.

މިކަމުން ޔައިނަށް ލިބުނީ އިތުރު ހިތްވަރެކެވެ. އެވަގުތު އެކުދިން ޔައިން ގެންގޮސް ވެއްދީ އެކުދިންގެ ނިދާ ތަނަށެވެ. އެއަށްފަހު މިތަނުގައި އެކުދިންނަށް އެނގިފައި ހުރި މަޢުލޫމާތުތައް ކިޔާދިނެވެ. އެތަނަކީ އެތަނެއް އަހަރަކުން ފެށިގެން ކުޑަކުދިން ކިޑްނެޕް ކޮށް، އެކުދިން ލައްވާ މަސައްކަތް ކުރުވަމުން އަންނަ ތަނެއް ކަމާއި، އެކުދިން ބޮޑެތި ވުމުން މަޤާމް މަތިކޮށް، މިތަނުގައި ގަދަ ކަމުން ބަހައްޓާ ކަމާއި، މިކަމާ ނުޤަބޫލު ވާނަމަ މިތަނުގައި ހުންނަ ބިންގަރާހުގައި އެމީހަކު ހައްޔަރު ކުރެވޭ ވާހަކަ އެވެ. އަދި މިތަނުގެ ބޮޑަކަށް ހުންނަނީ ރޮބިން ކިޔާ އަނިޔާވެރި ހިލަ ހިތެއްގެ ވެރިއެއް ކަންވެސް ބުނެދިނެވެ. މިހާ ތަނަށް އެތަކެއް މަޢުސޫމް ފުރާނައެއް ހަލާކުވެ ނެތި ހިނގައްޖެ އެވެ. މި އަނިޔާވެރި މުސީބާތުގެ ތެރެއިން ސަލާމަތް ވެވުމަކީ އަދިވެސް ކުރެވިފައި ނުވާ ކަމެއް ކަމަށްވެސް އެކުދިން ބުނީ އުންމީދެއް ނެތި އެވެ.

މިކުދިންގެ ވާހަކަ ތައް އަޑު އެހުމަށްފަހު ޔައިން އެންމެ ފުރަތަމަވެސް ބެލީ މިތަނުގައި ހައްޔަރު ވެފައިވާ އޭނާގެ ބޭބެމެން ސަލާމަތް ކުރާށެވެ. އެކުދިން ކިޔާދިން މަގުތަކުން ޔައިން ހިނގަމުން ދިޔައީ އެވެ. މިތަނުގައި އުޅޭ މީހަކަށް ޝައްކެއް ވެދާނެތީ އޭނާ އެހެން މީހުންގެ ލޯތަކަށް އަމިއްލަ ސޫރަ ވަންހަނާކޮށް، އަންހެން ހެދުމެއް ލައިގެން، ކުށްވެރިންނާ ބައްދަލުކޮށްލަން ދިޔަ މީހަކަށް ވެގެން ދިޔައީ އެވެ.

 

………..

“އަވަސް ކުރޭ… އަވަހަށް މިތަނުން ނިކުންނަން ހިނގާބަލަ.” ޔައިން އެހެން ބުނުމުން އެންމެންވެސް އޭނާއާއި ދިމާއަށް ބަލާލީ ތިއީ ހަމަ އެހާ ފަސޭހަ ކަމެއްހޭ އަހާލާފަދަ ގޮތަކަށެވެ.

“ކިހިނެތް ތިހާ ފަސޭހައިން މިތަނުން ނިކުންނާނީ؟ ބޭރުގަ އެބަ ތިބި ފާރައަށް މީހުން ވެސް…” ޝެރިން ބުންޏެވެ.

އެވަގުތު ޔައިންގެ މިސްރާބު ހުރީ އެތަނުގެ އެންމެ އެތެރެ އަށެވެ. އެތަނަކީ ގިނަ ޢަދަދަކަށް ހުއި ބަނދެފައި ރައްކާކޮށްފައިވާ ތަނެކެވެ. އެހެންކަމުން ފިލޭ ކަހަލަ ތަންތަން މިތަނުގައި ނުހަނު ގިނަ އެވެ. ޔައިން ހުއި ތަކުގެ ތެރެއިންލާފައި ގޮސް ތަންކޮޅެއް ދަތި ދޭތެރެއަކަށް ހުއްޓުނެވެ. އޭރު އެހެން މީހުންވެސް އޭނާއާއި އަރާ ހަމަކޮށްފި އެވެ.

ޔައިން އެތަނުގައި ހުރެފައި އޭނާ ހުރި ދިމާއިން ތިރީގައި ހުރި ހުއި ތައް ނަގާ އެއްފަރާތް ކުރަންފެށި އެވެ. ހުއިތައް އެޅިފައިވާލެއް ގިނަ ކަމުން ޔައިނަށް އެހީވެދޭން ޝެރިންމެންވެސް މަސައްކަތް ކުރި އެވެ. ކުޑަ މަސައްކަތެއް ކޮށްލުމުން އެތަނުގެ އަޑީގައި ފޮރުވިފައިވާ ހޮރެއް ފާޑުގެ ތަންގަނޑެއް ފެނުނީ އެވަގުތެވެ.

“މިއީ އަހަރެމެން ހައްޔަރު ކޮށްފަ ހުރި ތަނުން ފެށިގެން މިހާ ހަމައަށް ކޮނެފަ ހުރި ވަރު… މިތަނުން ފޭބީމަ ދެވޭނީ ބިންގަރާސް މަގުން… ފުދޭވަރަކަށް ދިގުވާނެ އެމަގު… އެހެންވީމަ ފުދޭވަރަކަށް ގިނަ ވަގުތު ހިނގަން ޖެހޭނެ… އަހަރެމެން ގެނައި ޓޯޗުތައް ދުވަސް ވެގެން ހަލާކު ވެފަ ހުރީ… އެހެންވެ މިހިރީ މިތަނުގެ ގުދަނަކުން އަހަރެން ގެނައި އެއްޗެހި…” ޔައިން އޭނާ ލައިގެން ހުރި ބޮޑު ލިބާހެއް ކަހަލަ ހެދުމުގެ ތެރެއިން ނެގީ ހަތަރު އިންޗީގެ އަލިގަދަ މިނީ ޓޯޗު ތަކެކެވެ.

“އަވަސްކުރޭ… އަހަރެމެންގެ ގާޑުން އެބަތިބި މިމަގުގެ އަނެއް ފަޅީގަ…” ޔައިން މިހެން ބުނުމުން މިކްޔާލާއި، ޝެރިން އަދި ޖޭޑްވެސް އަވަސްވެގަތީ އެހޮރުން ތިރިއަށް ފޭބުމަށެވެ. ފޭބެން އޮތް ރޯނު ހަރުގަނޑުން ފަހަރަކު މީހަކު ފައިބަން ފެށި އެވެ. އެވަގުތު ކުއްލި އަކަށް އިވުނީ އެތަނުގެ ބޭރުން އެތެރެއަށް ވަދެވެން ހުންނަ ދަގަނޑު ދޮރުފަތް ހޮޅުވުނު އަޑަށް ޝެރިންމެން ސިއްސައިގެން ދިޔަ އެވެ. ނަސީބު ކަންދިމާކުރި ގޮތުން ޝެރިންމެނަށް ތިބެވުނީ ވަރަށް ބިއްދޮށުގަ އެވެ. ހަމަ އެއާއިއެކު އެމީހުން ތިބީ އުސްކޮށް އަޅާފައި ހުރި ހުއޮތަކުގެ ނިވަލުގަ އެވެ.

އެތެރެއަށް ވަތް މީހާއަށް އެތަނުގައި ހައްޔަރުކޮށްފައި ތިބި ޝެރިންމެން ނެތްކަން އެނގުމާއިއެކު ހީވީ ހޮނު ގުގުރިއެއް ޖެހި ހެންނެވެ.

“ވޮ އިޒްޓް އެއަރ؟؟؟” ރުޅިއައިސް ކުކުޅެއްހެން ފުފިފައި ހުރެ އޭނާ ހަޅޭއްލަވާގަތެވެ. ޖަރމަނީ ބަހުންނެވެ. ‘އޭނާ ކޮބައި ހެއްޔޭ’ ކިޔާފަ އެވެ. “ކަލޭމެން ގާތު އެވަރަށް ބުނިން އެމީހާ ނުވައްދާށޭ!! ކުރިންވެސް އަހަންނަށް ޝައްކުވި…!!” އެމީހާ ވާހަކަ ދެއްކީ ޖަރުމަން ބަހުންނެވެ. ރުޅިއައިސްގެން ގޮސް ތުރުތުރު އަޅަނީކަން އެއަޑުން އެނގެ އެވެ.

“އެމީހާ އެބަ އާދޭ…!” ޝެރިން އަވަސްއަވަހަށް ބުންޏެވެ.

ޝެރިންމެން ފޭބުމުން ޔައިން އެ ހޮރުގެ މަތި ޖެހުމަށްފަހު، ހުއިތައް ކުރިން ހުރި ގޮތަށް އެތާ މައްޗަށް އެޅުމަށްފަހު ރަނގަޅަށް ބަންދުކޮށްލި އެވެ.

އެއަށްފަހު އޭނާ ފާރު ކައިރީ ހެދިފައި އިން ބާގަނޑަކުން އެތެރެއަށް ދެމިގަތެވެ. ބާގަނޑުވެސް ފާހަގަވިޔަ ނުދިނުމަށް އެތެރެއަށް ވަދެ، އެތަން ފިލާގަނޑަކުން ބަންދުކޮށްލައިފި އެވެ. އެތަން މިތަން ބަލަމުން ގާޑު މީހާ އެތަނަށް އައި އެވަގުތެވެ. އެމީހާ އެތަނުގައި ހުރެ އެކި ދިމަދިމާ ބަލަމުން ގެންދިޔަ އެވެ. އެންމެފަހުން ރުޅިއައިސް ފަޅައިގެންދާ ވަރުވެފައި ހުރެ، ފައިން އެތަނުގެ ބިންމަތީ ހުރި ހުއިތައް އެތަން މިތަނަށް ބުރުވަން ފެށި އެވެ. އަނދައަނދާ ހުރިވަރުން އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގުނެވެ. ޖަރުމަން ބަހުން ފަތިވަރެއް ކިޔަމުން ހުއިތައް އުކަމުން ގެންދަނިކޮށް ކޮންމެވެސް އެއްޗެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ބިމަށް ޖަހާފައިވާ ނެގޭގޮތަށް އޮތް މަތިގަނޑެކެވެ. އަވަސްއަވަހަށް އެމަތިގަނޑު އޭނާ ނަގަން އަތް އުފުލާލި އެވެ. އެއާއިއެކު ދެން ފެންނާނީ ޝެރިންމެން ފޭބި ހޮރުބާ އެވެ؟ އެހެން ވެއްޖެ ނަމަ އެމީހުން ފަޅާ އަރާނެ އެވެ. އެއޮށް ބޮޑު ޕްލޭން ވެއްޔާ މޮޑެވިގެން ގޮސްފާނެ އެވެ. ހަތަރު އަހަރުގެ މަސައްކަތް އެކީ ވިރިގެން ފެނަށްވެދާނެ އެވެ…

ކޮންމެއަކަސް އެމީހާ އެމަތިގަނޑު ހިއްލާލައިފި އެވެ. އޭގެ ތެރެއިން އިތުރު ހުއި ތަކެއް ފެނުމުން އަނެއްކާވެސް ރުޅިއައިސް މަތިގަނޑަކާ މަތިގަނޑެއް ދޫކޮށްލާފައި އެތަނުން ނިކުމެގެން ގޮސްފި އެވެ.

އަނެއްކާވެސް ޝެރިންމެންގެ ޕްލޭން ކާމިޔާބު ވީ އެވެ. މިނިވަން ކަމުގެ ފޮނި ރަހަ އެމީހުންގެ އަރު ތެރޭ ލާންވެސް ފަށައިފި އެވެ. ހަތަރު އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި މިތާ ބަންދުވެ ގަނަ ތެޅެން ޖެހުނު ދުވަސްތައް ނިމެން ގާތްވަނީ އެވެ. ހުރިހާވެސް ޝުކުރެއް ހެއްދެވި ރަސްކަލާނގެއަށެވެ…

 

ބިންގަރާސް އަނދިރިކަމުން ތަނެއް ދޮރެއް ވައްކެތް ނުވެ އެވެ. އެހެންކަމުން މިކްޔާލާއި، ޖޭޑާއި ޔައިން ޓޯޗުތައް ދިއްލައިފި އެވެ. ތަނަށް ބަލައިލުމުން މިއީ ދުވަސްވެފައިވާ ތަނެއްކަން ހާމަވެ އެވެ. ސިމެންތި ގަލުން ހަދާފައިވާ ފާރުތަކުގައި ވަނީ މަކުނުވާ އަޅާ ފުރާފަ އެވެ. މީދަލުގެ ދަރުބާރެއް ކަހަލަ އެވެ. މުޅި ތަނުގައި އެއް އަޑަކުން މީދަލުގެ އަޑު އިވެމުންދިޔަ އެވެ. ދޭތެރެ ދޭތެރެއިން މީދަލެއް ކުރި ހުރަސްކޮށްފާނެ އެވެ. ބިންމަތި ވަނީ ގިނަ ދުވަސްވެ ކަޅުފެހި ޖަހާފަ އެވެ. މުޅި ތަނުގައި ދުވަނީ ފާޑެއްގެ ތަތްމުޑު ވަހެކެވެ.

ޝެރިން ހުރީ ނޭފަތުގައި އަތްއަޅައިގެންނެވެ. ދުވާ ވަހުން ނޭވާވެސް ރަނގަޅަކަށް ނުލެވެ އެވެ. ނަމަވެސް މިފަދަ ޙާލެއްގައި އުޅެމުންވެސް އެންމެން ބެލީ މި ދުރު ރާސްތާ ހިތްވަރާއިއެކު ނިންމާލެވޭތޯ އެވެ.

އަލިކުރަމުން އެތަން މިތަން ބަލަމުން އެއަނދިރި ގޯޅިއެއްފަދަ ބިންގަރާސް މަގުތަކުގެ ވަރަށް ދުރަށް ދެވިއްޖެ އެވެ.

“މިހާއިރުވާއިރު ދެވެންވާނެ… އެކަމަކު އަދިވެސް މިމަގު ނިމޭކަށް ނުވޭތަ…؟” މިކްޔާލް ޝައްކެއްގެ މަތީގައިހުރެ އެހި އެވެ.

“ނޫނޭ… ހަމަ ރަނގަޅަށް މިދެވެނީ…” ޔައިން ޔަޤީން ކަމާއިއެކު ބުންޏެވެ. “އަހަންނާ ދިމާވި މިތާ މަސައްކަތް ކުރާ ކުދިންތައް ބުނި ދިމާމީ… އެކުދިން ބުނި ގޮތުން ނަމަ ދެން ގާތްގަނޑަކަށް ގަޑިއިރެއްގެ ހިނގުން އޮތީ ކުރިއަށް…”

“ގަޑި އިރެކޭ؟” ޝެރިން މާނޭވާ ލަމުން އެހި އެވެ.

އެވަގުތު އެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން މަގު ބެދިފައިވާ މަންޒަރު ފެނުމުންނެވެ. ކުރިމަތީގައިވާ މަގު ވަނީ ބޮޑެތި ހިލަ ތަކަކުން ބައްދާލާފަ އެވެ. ކުރިއަށް ދެވެން އޮތީވެސް މަތީގައިވި ކުޑަކުޑަ ބާގަނޑުންނެވެ. އެތަނުން އިރުގެ އަލި ފޭދިގެން އާދެ އެވެ.

“މަގު މިއޮތީ ބަންދުވެފަ އެއްނު… ދެން ކިހިނެތް ހަދާނީ؟” ޝެރިން އެހި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 22

Next

ލޯބިން އެކީގަ ވާނަމޭ.. (2)

Next
December 17, 2015

ލޯބިން އެކީގަ ވާނަމޭ.. (2)

Previews
December 17, 2015

ފޮހެވޭނޭ ބާއޭ… 22

22 Comments!

  1. Faxoo says:
    December 17, 2015 at 8:46 pm

    Here is the next part.
    i KNOW ITS SHORT. D: and gina comment thakuga mi bai kuru vahaka bunaane kan.:D 😀 😀 😀 ekam avahah up kuran vegen avahah liyefa mi post kuryyy ?

  2. maalu says:
    December 17, 2015 at 8:55 pm

    Wowwwww vrh vrh vrh reethi…alheyy dhn kihinehba vaany… Waiting for the next part……love this story…

  3. maalu says:
    December 17, 2015 at 8:56 pm

    Me first yayyyy

  4. Inaa says:
    December 17, 2015 at 9:07 pm

    V salhi.. next part v avahah up koh dhechey pls……

    1. Faxoo says:
      December 17, 2015 at 11:09 pm

      thanks Maalu and Inaa.. and yay for being first, Maalu 😉 😀

  5. Ryn says:
    December 17, 2015 at 9:18 pm

    wowww faxu.. mi prt vrh salhi.. i hope emyhun salaamai vaane kamah..:P hehehe waitin fr the nxt prt.. uplwd it soon.. gd lck miss u ;)…

  6. Ryn says:
    December 17, 2015 at 9:19 pm

    wowww faxu.. mi prt vrh salhi.. i hope emyhun salaamai vaane kamah..:P hehehe waitin fr the nxt prt.. uplwd it soon.. gd lck miss u ;)… 😉

    1. Faxoo says:
      December 17, 2015 at 11:00 pm

      ww… thnkz Ryyn…. n mizz yh more.. 😉

  7. ina says:
    December 17, 2015 at 10:10 pm

    wowwwwww.mi part vx varah nice.alhe dhen kihinebba vaany mi stry ga.kiyan kemmadhu.faxoo next part kn irakun???waiting.waiting.waiting.srty v v v nice first part in feshigen.kyp it up

  8. yaya says:
    December 17, 2015 at 10:40 pm

    omg…….dhn kihinehbaaa vaaany dhw???????

  9. mice says:
    December 17, 2015 at 11:01 pm

    wow! best stry ever! bec of the grate suspance!

    1. Faxoo says:
      December 17, 2015 at 11:03 pm

      thankx Mice 😉

  10. Faxoo says:
    December 17, 2015 at 11:02 pm

    thanks Ina And yaya ^-^ and story first part in feshi gen keema varah ufaavey 🙂 aslu first part in feshigen kyyma story ge aslu vaa goi ingeyny 😀 thanks allllllll ?

  11. hater says:
    December 18, 2015 at 8:55 am

    vvv kuru..

  12. nuhnu says:
    December 18, 2015 at 10:20 am

    Kihineh vaany dhen..mifaharu dhen plan kaamiyaaabu kohba..mihaaru kihaadhuvaheh egothah ulheyy thaa..story is hama habeys

  13. mee says:
    December 18, 2015 at 6:24 pm

    sherin men ge plan successful vaane dhw fazu.. vvv rythi mi part vex, curious to know what will happen next.. next part avahah genesdhehchey.. btw knirakun next part up kurany?? ekm faxoo mi prt v kuru ingey.. next part dhigu koh adhi v intresting gothakah genesdhehchey.. and sherin ge love story ah vaany kihineh ba??

  14. aroo says:
    December 19, 2015 at 1:23 pm

    Sujau men athulaign dhemeehun dhoovy kihineh..did i miss something

    1. Faxoo says:
      December 19, 2015 at 4:32 pm

      oh Sujaau eyna amilla ah emyhun dhookolly ehnu 🙂 mibai annaane part 11 ga innaane…
      anyways thanks for reading

  15. aroo says:
    December 19, 2015 at 8:00 pm

    Kyhve dhookolly..emeehun farathun investigate ves kureveynehnu..no offence just curious

    1. Faxoo says:
      December 19, 2015 at 9:55 pm

      will know in thhe next parts ^_^ thanks Aroo!!

  16. nuzoo says:
    December 20, 2015 at 11:09 am

    v nice story but… hithah araa mivaahakaiga biruveri jahaafa mi innanee keevr baaey??? nimumakaa jehun iru ves biruveri thankolheh vs naadhey… dhn v odd ehen innaathee… aneh hen ok.. keep it up

    1. Humey says:
      December 20, 2015 at 11:30 am

      heii Nuzoo. bunalan othy mi vaahaka aky biru veri vx vaahaka ekey. ei mivaahakaiga ley ohoru vun komme ves varakah ais onnaathy. dhen neyva hifahattaa lan jehey baibai hunnaathy aa vx eku. 🙁 so i also think its not that much scary. but the story is awesome! 😀

Comments are closed.

Next Episodeޝެރިން (28 ވަނަ ބައި)←


All Right Reserved!