Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޑަކުޑަ ދަރިފުޅު 5

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 23, 2025 3 Mins Read
10 Comments

2 މަސް ފާއިތުވެގެން ދިޔަ އިރު މަލިކާ އަދި މަލިކާގެ ދަރިފުޅު ޒުކާން، އަދި މަލައިކާ އާއި މަލައިކާގެ ދަރިފުޅު ނާއިޝާގެ ހާލަތު ވަނީ އެކީގައި ހެން ރަނގަޅުވެފައެވެ. އެހެން ނަމަވެސް އޭރުވެސް އެ އެކްސިޑެން އާއި މެދު އިހުމާލުވާންވީ ފަރާތެއް ވަނީ ނޭނގިފައެވެ.

މެންދުރުގެ ވަގުތެވެ. ޒިދާންގެ އުނގުގައި އޮތް ޒުކާން ދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. ޒުކާންގެ ރުއިން ހުއްޓުވާނެ ގޮތެއް ނޭނގިގެން ޒިދާން ހުރީ ހާސްވެ ކަންބޮޑުވެފައެވެ. ހުއްޓި ނުހުރެ ރޮމުން ދިޔަ ޒުކާންގެ ދެލޮލުން އަންނަ ކޮންމެ ކަރުނަތިއްކަކުން ދިޔައީ ޒިދާންގެ ހިތުގައި ލަކުނެއް ލަމުންނެވެ. “ޕިސްޕިސް ކިހާ ދެރަކަމެއް އަޅެ؟ ހެޔޮނުވާނެ ތީތި ރުއިން ހުއްޓުވަބަލަ” އެނދުމަތީގައި އޮތް މަލިކާ އެއްވެސް ރަހުމެއް ނެތި ބުންޏެވެ. “މަލީ. އަޅެ އެސޮރު އެރޮނީ ބަނޑުހައިވެގެންނޭ. އަޅެ ޕްލީޒް އެސޮރަށް ފީޑް ކޮއްދީބަލަ” ޒިދާން ބުނެލީ އާދޭސް ކުރާކަހަލަ ރާގެއްގައެވެ. ނަމަވެސް މަލިކާ ޖަހާލީ ހިނިގަނޑެކެވެ. “ފީޑް ކޮއްދޭށޭ؟ ހަހަ. ތިވަރު ކުދިންނަށް ބޯންދޭނެ ކިރު ހައްދާފަ އެހުންނަނީ ކަމަކުދޯ؟ މަ އެހުރީ އެގަނެފަ. އެބޯންދިނީމަ އެވީނުން؟ މިއޮއް ހާދުވަހުވެސް ހަމަ އެދޯ ބުއީ؟ އަހަރެން ނޫޅެން ތިކުއްޖާ ބަނޑު ފުރައިދޭށޭ ކިޔާފަ އަހަރެންގެ ރީތި ހަށިގަނޑު ވީރާނާ ކުރާކަށް” މަލިކާ އެހެން ބުނެ ގެއިން ނިކުމެގެން ދިޔައެވެ.

ޒިދާންގެ ދެލޮލުގައި ކަރުނަ ފާއްދާލިއެވެ. ދަރިއަކު ބޭނުންވެގެން ފުރަތަމަ ބުނީވެސް މަލިކާ ނޫން ހެއްޔެވެ. ކިތަންމެ ލަދުގައިން ނަމަވެސް ޒިދާން ދެން ހިނގައިގަތީ “ޕްލޭން ބީ” އަށެވެ. މިކުއްޖާ މިހެން އޮވެ ބަނޑަށް މަރުވެދާނެ ކަމުގެ ބިރުވެސް މިހާރު ޒިދާންގެ ހިތުގައި އަށަގަންފިއެވެ. ހަމަ ހިލާ އެހެންވިޔަކަ އޭނަ ނުދޭނެއެވެ.

“ޓޮއް ޓޮއް” ޒިދާން ދޮރުގައި ޓަކި ޖަހާލާ މާލަސްނުވެ މަލައިކާ ދޮރު ހުޅުވާލިއެވެ. “އަޅޭ ކިހިނެތްވީ ހާދަ ވަރަކަށް އެރޮވެނީ؟” މަލައިކާ ހާސްވެފައި އެއްސެވެ. “ފަހަރީ. އޭނަ ބަނޑުހައި ވެގެން އެރޮނީ. މަލީ ނޫޅުނު މިސޮރަށް ކިޔާ ކިޔާވެސް ފީޑް ކޮއްދޭކަށް. ގިރާފައި ދިނީމަ އަސްލު މިސޮރަކަށް ކަމަކު ނުދޭ. ދެން ހާންތިވާހެން ހީވާތީ ކަންނޭނގެ އެބޮނީވެސް. ރެއިން ސުރެ މިސޮރު އަޅެ ހައިބަނޑާއޭ މިއޮތީ. މިހެން ބުންނަން ލަދުވެސް ގަނޭ އެކަމަކު ފަހަރި ޒުކާންއަށް ފީޑް ކޮއްދީފާނަންތަ؟ އާދޭސް ކޮއްފަ މިބުނީ” ކޮޓަރި ދޮރުމަތީގައި ޒިދާން ހުއްޓުނީ ހިތްވަރާއި އެކު ނަމަވެސް ވާޙަކަ ނިމުނު އިރު ޒިދާންއަށް ރޮވިއްޖެއެވެ. މައިވަންތަ ކުލުނޭ މިކިޔާއެއްޗެއް އެއްގޮތަކަށްވެސް މަލިކާ ހިތުގައި ނެތީ ހެއްޔެވެ؟

ޒިދާންގެ ވާހަކަ އަހާފައި މަލައިކާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. “ލައްބަ. ގެނޭ. އެންޑް. ދެރަ ނުވޭ. އިންޝާ ﷲ އަދި ދޮންތައަށް ވިސްނޭނެ” ޒުކާން އުރާލަމުން މަލައިކާ ބުންޏެވެ. ކަރުނަ ފުހެލަމުން ޒިދާން ބޯޖަހާލިއެވެ. 15 ވަރަކަށް މިނިޓް ފަހުން މަލައިކާ ޒުކާން ގޮވައިގެން ނުކުތެވެ. އޭރު އެކުއްޖާއަށް އޮތީ ނިދިފައެވެ. “ތެންކްޔޫ ސޯ މަޗް” ޒިދާން ކަރުނަވީ ދެލޮލާއި އެކު ޝުކުރު އަދާކުރިއެވެ. “ޑޯންޓް ބީ. އަދި މަޑު ކުރައްޗޭ” ޒިދާން އަތަށް ޒުކާން ދީފައި އަނެއްކާވެސް މަލައިކާ ކޮޓަރިއަށް ވަނެވެ. ދެން ނިކުތީ ހުދުކުލައިގެ ފޮއްޓެއް ކަހަލަ އެއްޗެއް ހިފައިގެންނެވެ. “އަން. މިއީ ފަހަރި ޕަންޕް ކޮއްފަ ހުރި މިލްކް. އުނދަގޫ ވާތީ ޕަންޕް ކުރަނީ އެކަމްއ އަދި އިޝާ ބޭބީއަކަށް ބުއްފުޅިއަށް އަޅާފައި ފީޑް ނުކުރަން. އަސްލު އަދި އެހާ ހެލްތީއެއްވެސް ނުވާނެއްނުން އެކަހަލަ ކިރު ދޭން. ޑޯންޓް ވޮރީ. ފަހަރި ދޭނަން ޕަމްޕް ކޮއްފަ. މީތި ދީދެން” މަލައިކާ ހިނިތުން ވުމަކާއި އެކު ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. ޑިއުޓީ ނިންމާފައި ނާއިކް ގެއަށް އައި އިރު ނާއިޝާ އޮތީ ހޭލާއެވެ. މަލައިކާ އިނީ ނާއިޝާ ރީތި ކުރަންށެވެ. “އަނހާ. ބައްޕިގެ ބޭބީ ގާލް ދޮންކޮއްލީ ދޯ؟ ވާއު މާޝާ ﷲ ވަރަށް ލޯބި މިހާރު ހަމަ” ނާއިޝާ އުރާލަމުން ނާއިކް ބުންޏެވެ. “ކާނަންތަ؟ މަލައިވެސް ވަރަށް ބަނޑުހައިވެފަ މީނީ. ކާންދާން އުޅެނިކޮއް އިޝާއަށް ޕުއްޕު ލެވިގެން ހޭލީ އެހެންވެ ނުދެވިފަ މީނީ” މަލައިކާ ބުންޏެވެ. “ޔެސް ހިނގާ. ނާއި ވެސް ހީވަނީ ހާންތިވެދާނެހެން” ނާއިކް ބުންޏެވެ.

“އިނގޭތަ މަވަރަށް ރުޅިއަހިސްފައި މިހުރީ” ނާއިކް ކާމޭޒު ދޮށުގައި އިށީންނަމުން ބުންޏެވެ. “އެއީ؟ ކިހިނެތްވީ؟” މަލައިކާ އެއްސެވެ. “ރުޅި އަންނާނެ ދޯ؟ މަލައިމެންގެ މައްސަލައަށް އަދިވެސް އެއްވެސް ކުރިއެރުމެއް ނުލިބެއޯ. އެކަމަކު ދެން 2 މަސް ވީއިރު ކޮންމެވެސް ވަރެއް ވާން ޖެހޭނެ ކަންނޭނގެ.” ރުޅިއަހިސްފައި ނާއިކް ބުންޏެވެ. “ދެރަނުވޭ. އިންޝާ ﷲ ދޮންތަ އަށާއި މަލައިއަށް އިންސާފު ލިބޭނެެ” މަލައިކާ ބުންޏެވެ. އެވަގުތު އަނެއްކާ ޒުކާން ރޯން ފެށިއަޑު އިވުނެވެ. “އަޅޭ. އެކުއްޖާ އަބަދު ރޮނީ. ދޮންތަ ޒުކާން އަށް ފީޑްވެސް ނުކުރެޔޯ. ފެންވަރުވާ ހުރިޙާކަމެއް ކުރަނީ މަންމަ. ދެންދޯ އެހެންވެ އެވަރު ކޮއްލަން ރަނގަޅު ކަންނޭނގެ. މިއަދު އެހެންވެ މަލައި ޒުކާންއަށް ފީޑް ކޮއްދިނިން” މަލައިކާ އެވާހަކަ ހިއްސާކޮއްލިއެވެ. “އެއިން؟ ކީއްކުރަން؟ މަލައި ނުވާނެ ޒުކާންއަށް ފީޑް ކޮއްގެނެއް” ނާއިކް ރުޅި އަހިސްފައި ބުންޏެވެ. “ކިހިނެތްވީތަ؟ ދެން އެކުއްޖާ ބަނޑަށް މަރުވާތަން ބަލަން ހުންނަންވީތަ؟ ސޮރީ އެކަމް މަލައި އަކަށް ނާއިކް ބުންޏަސް ތިކަމެއް ނުވާނެ” މަލައިކާ ބުންޏެވެ. ނާއިކް އަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. މަލައިކާއަށް އެގާތުން ދެވުނީ މަލައިކާގެ ދޮންދަރިއަކާކަން އެނގިޖެ ނަމަ ވާނީ ކިހިނެތްބާއެވެ؟ އެއީ މަލިކާއާއި ނާއިކްގެ ދަރިއެއްކަން އެނގޭ ދުވަސްއެއީ ގައިމުވެސް މަލައިކާގެ ހިތް ފުނޑު ފުނޑުވާނޭ ދުވަހެކެވެ. ޒިދާންވެސްމެއެވެ.

މެންދުރުވީ އިރު ގެއިން ނިކުން މަލިކާ އަދިވެސް ގެއަށް ނާދެއެވެ. ނިދިފައި އޮތް ޒުކާންގެ މޫނަށް ބަލަން ހިނިތުންވެފައި އިން ޒިދާންގެ މޫނުމައްޗަށް ހާސްކަން ވެރިވީ ޒުކާން ހޭލާފައި ރޯން ފެށުމުންނެވެ. “އަނހާ ދޫނި ހުއްޓާލާ އަވަހަށް” ޒުކާން ގެނެސް އުނގުގައި ބާއްވާލަމުން ޒިދާން ބުންޏެވެ. އަދި ގާތުގައި ޒުކާން ހޭލަންވާއިރަށް ތައްޔާރު ކޮއްފައި ބުއްފުޅި ޒުކާންގެ އަނގައިގައި ޖެއްސިއެވެ. އެއާއި އެކު ޒުކާންގެ ރުއިން ހުއްޓުނެވެ. އެހެންނަމަވެސް އޭރުވެސް ޒުކާންގެ ދެލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. އެމައުސޫމް ދެލޮލުން އޮހޮރެމުން ދިޔަ ވޭނީ ކަރުނަފެނި ޒިދާންގެ ހިތް ދިޔައީ ފިސް ފިސް ވަމުންނެވެ. މަންމަގެ ލޯއިތްބައް އެކުއްޖާ ހުންނާނީ ހާދަހާ ފެންބޮވައިގަންފަ ހެއްޔެވެ؟ ޒުކާންގެ ކުޑަކުޑަ އަތް ތިލައިގައި ހިފާލާފައި ޒިދާން މަދަހައެއް ކިޔައިދެން ފެށިއެވެ. އޭރުންވެސް ޒުކާންގެ ރުއިން ހުއްޓޭތޯއެވެ.

“ކުޑަކުޑަ ދަރިފުޅު ރޯލުމުން، ހިތުގަމަގޭ ހަމަ ޖެހިދެޔޭ

ކުޑަކުޑަ ލޮލަކުން ކަރުނަ ފެނުމުން ހިތަކަށް މަގޭ ހަމަ ކެއްނުވޭ

އެންމެ ހަނދާންވާ ވަގުތަކީ ވަންނަ ވަގުތު ގޭ ދޮރުމަތިން

ބައްޕާއޭ ކިޔާ އަންނާނޭ، ބައްދާލާފައި ބުނާނެ އުރާލާ، އުރާލާ

ކުލަ ގަދަ އަގު ހުރި ރަންމުތެއް ދެއްވި މަށަށްވީ ރަހްމަތެއް

ކުޑަކުޑަ ހިތުގައި ވާ އަސަރުތައް ހިތުގެ މިވިންދާ ގުޅިފަވޭ

ކުޑަކުޑަކޮށް އެބަ ބޮޑުވެޔޭ، ހެދި ބޮޑުވެ ފުރާވަރުވެދޭ

ހިރެމުން ހެލެމުން ފަރިވެ ފޮޅެމުނ ގުލްޝަނުގެ އެޝާމިލްވެދޭ

ގައިމުކުށެއްނެތް ނަފްސެކޭ ގައިގެ ލެއިންއައި ޖިސްމެކޭ

ރައްކާތެރިކޮއް ބަލަން ވޭނޭ ދައްކާ ހެޔޮމަގު ބަލަންވާނޭ”

ޒިދާން ކިޔައިދިން މަދަހައިގެ އަޑު އަހަން ޒުކާން ވަރަށް ބަސް އަހައިގެން އޮތެވެ. ފުރަތަމަ ފަހަރަށް އެދެލޮލުގައި ވިދުން އެކުލެވުނެވެ. ފުރަތަމަ ފަހަރަށް އެކުޑަތުންފަތައް ހިނިތުންވުމެއްވެރިވިއެވެ. ޒިދާންއަށް ހިނިތުންވެވުނު އިރު އެދެލޮލުގައި ފާއްދާލީ އުފާވެރި ކަމުގެ ކަރުނައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އެކްޓަރ (ޕާޓް 13)

Next

އަބަދަށް-7

Next
April 24, 2025

އަބަދަށް-7

Previews
April 23, 2025

އެކްޓަރ (ޕާޓް 13)

10 Comments!

  1. leeshaa says:
    April 23, 2025 at 1:00 pm

    Mi part vx vrh reethi Masha Allah ❤️
    omg malikaa haadha goahey
    e kuhjjaa ah ehn hadhaakah vx nuvaane ehnu
    and naaik huvaa mi bunee hithah araa meena ah ehcheh visneynenama ey
    e kurevenee kihaa varehge kameh vx engey kameh hiyeh nuvey
    e varakah e kuhjjaa roan hedheema alhunnah vx rovihjje
    sorry mi story ge aneh baithakah cmmnt nukohllevuneemq
    exam feshuneema vhk kiyenee vrh madhun
    but cmmnt nukuriyas baraabarah kiyan ingey
    TAKE CARE 💗
    LYSSSM SHIHAAAAAAAAAAAAAAA 😘😘😘

    1. shihaamaa ali shihaamaa ali says:
      April 24, 2025 at 1:04 am

      Yesyes ikrrr
      Aww its okayyy good luck on your exams dearr
      Lyttt🥹🫶🏻

  2. naura naura says:
    April 23, 2025 at 1:12 pm

    Mi part vx vrh reethi Masha Allah ❤️
    vrh interesting
    when next part??

    1. shihaamaa ali shihaamaa ali says:
      April 24, 2025 at 1:05 am

      Jazaakallah khairan naura🫶🏻
      In sha allah on saturday

  3. Your fav bab Your fav bab says:
    April 23, 2025 at 1:41 pm

    Alhey heyo nuvaane zukaan fakeerah e varu kuraakah!
    Malika akee alhe kon kahala mamma eh tha? Mamma hutta amilla dhariah feed kuran ves jehuny kokko! Pispispis🤦
    Mi part varah vx furihama MA
    Massala thahugeegu kuraa meeheh or eyna ge Aailaa meeheh or eynage boss akah vaanee thi culprit!! cox ehaa dhuvas vaairu neyngi nudhaane! Then I think e meehun ekan sirru kuree kanne🤔
    When next??
    Dying to know what’ll happen next
    Lyssssssssm💗💗💗💋

    1. shihaamaa ali shihaamaa ali says:
      April 24, 2025 at 1:06 am

      Ikrrr evves rahumeh neh kan🥲
      Hehe culprit aky kaaku kan egeyne dhn vrh avahah eheheh lets see dhww
      Stay tuned for next ep on saturday

  4. kitty cat says:
    April 23, 2025 at 6:52 pm

    Mailika ulhey gotheh dhw!!
    She should be more Mature!!
    Mi part varah reethi👏👏👏
    Ly💋
    When’s next ep?

    1. shihaamaa ali shihaamaa ali says:
      April 24, 2025 at 1:06 am

      Frrr
      On saturday stay tuned❤️

  5. gurrrl_8 gurrrl_8 says:
    April 24, 2025 at 2:09 pm

    mashallah shiherrr mi part ves vrh reethi
    when next
    vrh curious hama

    1. shihaamaa ali shihaamaa ali says:
      April 24, 2025 at 7:48 pm

      jazaakallah khairan, in sha allah maadhamaa noon aneh dhuhun

Comments are closed.

Next Episodeކުޑަކުޑަ ދަރިފުޅު 6 & 7←


All Right Reserved!