Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުން

އެކްޓަރ (ޕާޓް 8)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
April 9, 2025 3 Mins Read
4 Comments

އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. ގާދިރަށް ދެން އިތުރަކަށް ބައްޕަ ކިޔާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.ގާދިރު އަހަންނަށް ކިތަންމެ ހެވަސް، އޭނާ އެ ހިންގަމުންދާ މުޑުދާރު ޢަމަލަށް އަހަންނަކަށް ކަނު ލޮލަކުން ނުބެލޭނެއެވެ.ހިތަށް ތަދުވިޔަސް، މީހަކަށްޓަކައި ދިރިއުޅުމުގައި އަހަރެންް ގަބޫލުކުރާ ހެޔޮ ގޮތްތަކާއި ނުބައި ގޮތްތަކަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އެއީ އެކަން އޮންނާނެ ގޮތެވެ.

****

’އަހަންނަށް ވަރިހަމަ ޝާމާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް.ވިޔަފާރިވެސް ކަލެޔަށް.ތިހިރީ ތިމާ ބޭނުންވާ ގޮތަށް ވަރިވެސް ކޮށްފައި. އެކަމަކު ބުނަން! މިއަދުން މިއަދަށް މިގެއިން ނުކުމެގެން ރައްކާވޭ. އެތިބީ މަގޭ ވެސް ދަރިން.އެމީހުނެއް ނުގެންދެވޭނެކަން ހަނދާން ކުރާތި!ދެން ޒައިފް. މަ ހީކުރީ ތީވެސް މަގޭ ދަރިއެކޭ.އެކަމަކު އެހެނެއް ނުވިތާ. އެހެންވީމާ މަށަށް ރަނގަޅީ މަގޭ ހިޔާވަހިކަމުން ކަލޭވެސް ނުކުތިއްޔާ.ވީ އެންމެ އަވަހަކަށް.‘ ގާދިރު އޭނާގެ ހަގީގީ ކުލަވަރު ދައްކައިލިއެވެ.ހަމަ ސީދާ ދެފުށް ކެހެރިއެއްތާއެވެ.ލޭގެ ގުޅުމެއް ނެތްކަން އެނގުނު ހިސާބުން މިއޮއް ހުރިހާ ދުވަހު ’ފޭވަރިޓް‘ ދަރިފުޅު ދެކެ ވީ އިންތިހާ ލޯބި ހިނދުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެގެން ދިޔައީއެވެ.

****

ދުނިޔެ ދައްކާ ދަޅަތަކުގެ ކެހިވެރިކަމޭ އަހަރެންގެ ހިތަށް އެރިއެވެ. ހިނދުކޮޅެއް ތެރޭގައި އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީއެވެ.

****

’އާޗާ ހީކުރާ ގޮތްދޯ. އެއީ ބޮޑެތި ވެފަ ތިބި ބައެއް. އެމީހުން ތިބޭނެ ތަނެއް އެނގޭނީ އެމީހުންނަށް. މަ ބަލާނަމޭ އެއިން އެކަކުވެސް ގާދިރު ކައިރީ ހުންނަން ބޭނުންވޭތޯ. މަށަކީ މައިމީހާ.ދެން ޒައިފް ނެރެ އެއްލައިލާން ކަލޭގެ ލަދު ކޮބާ…އެ ދަރި އެ އުޅުނީ ކަލޭގެ ވިޔަފާރި ސަލާމަތް ކޮށްދެވޭތޯ. އެކަމަކު ދަރިއެއް ނޫންކަން އެނގުނީމާ ކުނިކޮޅެއްހެން ތިޔަ އެއްލައިލީ.ޒައިފް ބުނަން… މިޒަމާނުގައި އެންމެނާ ހެދި އުޅޭ މީހާއަށް ލިބޭނީ ކޮޅުކެހި. ގާދިރު ހީކުރީތަ ކަލޭގެ ދަރިއަކަށް ޒައިފް ނުވީމައި އޭނާ ނިކަމެތި ކޮށްލެވޭނޭ.‘ މަންމަ އަހަރެން ދިފާއުކޮށްފައި، ރައްދުގައި ބުނެލިއެވެ.

****

އެހެނަސް އަހަރެން ކުޑަވެސް އުފަލެއް ނުވިއެވެ. ސިކުނޑިއަށް ލޯޑު ބޮޑުވެ، ގަދަޔަށް ބޮލުގައި ރިއްސަން ފެށިއެވެ.

****

’ގާދިރަށް އެނގޭތަ ތިޔަ އެއްލައިލެވުނީ ކިހާވަރެއްގެ ޖަވާހިރެއްކަން؟! ކަލޭ ދެކެ ޒައިފް ވީ އަމަށަކު ލޯތްބެއް ނޫން.އެކަމާ އެންމެ ހަސަދަވެރިވި މީހަކީ އަހަރެން.އަހަރެންގެ އަމިއްލަ ދަރި އެހެން މީހަކަށް ބައްޕަ ކިޔާ ލޯބިވާތީ އަހަންނަށް އެކަން ހަޖަމުކުރަން އެހާ އުނދަގޫވި.ކަލޭގެ މަގާމުގައި އަހަރެން ހުންނަން ބޭނުންވީ ވަރު އެނގޭނީ މާތް ކަލާނގެއަށް.‘ އުސައިދުވެސް ހުރީ ގާދިރާއި ދިމާލަށް އެއްޗެއް ބުނެލަން ލިބޭނެ ފުރުސަތަކަށް ބަލަބަލައެވެ.

****

އުސައިދުއަށް ރައްދު ދިނުމެއްނެތި އަލިފާން ނަޒަރަކުން އެންމެންގެ މޫނަށް ބަލައިލާފައި ގާދިރު ދުމެއް ޖަހައިފައި އެތަނުން ތެދުވެގެން ނައްޓާލައިފިއެވެ. ގާދިރު ދިޔުމުން އަހަރެންވެސް އެތަނުން ތެދުވީމެވެ.އަހަރެންވެސް ދެން ވަކި އިތުރަކަށް ދައްކާނެ ވާހަކައެއް ނެތެވެ. ފޮށި ތަންމަތި ތައްޔާރު ކުރަންވީ ވަގުތު ޖެހުނީއެވެ.އެހެނަސް، އުސައިދުގެ ދުލުން އަހަންނަށް ’ދަރިފުޅާއޭ‘ ކިޔާފައި ގޮވައިލި އަޑު އިވިފައި އަހަރެންގެ ފިޔަވަޅުތައް ގަނޑުވިއެވެ.

****

’ ނަމުގެ ފަހަތަށް ގާދިރުގެ ނަން އޮތަސް އަހަންނަކީ ޝަރުޢީ ގޮތުން ބައްޕަ ނެތް މީހެއް.އެހެންވީމާ މިހާރު އަހަރެންގެ ބައްޕައެއް ނުހުންނާނެ.ވަރަށް ރަނގަޅު އުސައިދުބޭ އަހަންނަށް ތިހެން ކިޔާފައި ނުގޮވިއްޔާ…‘އަހަރެންގެ ހަގީގީ އިހުސާސްތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ.އިތުރަށް އެއްވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު އެމީހުންނަށް ނުދީ އަހަރެން ހިނގައިގަތުމުން، އަހަރެންނަށް ގޮވައި ހުއްޓުވަން ވަރަށް މަސައްކަތްވެސް ކުރިއެވެ.އެހެނަސް،އެ އަޑަށް ބީރުކަންފަތެއް ދީފައި އަހަރެން ދިޔައީ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ފައިބާށެވެ.ފަހު ފަހަރަކަށް އަހަރެން އެހާ ލޯބިން ހައްދާ ބޮޑު ކުރި ގަސްތަކަށް ނަޒަރެއް ދިން އިރު އަހަރެންގެ ދެލޮލަށް ފެން ޖަމާވާން ފަށައިފިއެވެ.ފިރިހެނަކަސް، އަހަރެންގެވެސް އިހުސާސްތަކެއްވެއެވެ.ހިތަށް އަސަރުވެސް ކުރެއެވެ.މައިންބަފައިން ކުކުޅު ހާލުގެ އުސޫލަށް އުޅުނީމައި ހުރިހާ ދެރަައެއް މި ލިބެނީ ދަރީންނަށެވެ.

****

އަހަރެން އެޕާޓުމަންޓަށް ވަތް އިރު ސިޓިން ރޫމް ސޯފާގައި ޒަޔާއާއި ޒީވާ ފޯނާއި ކުޅެން ތިއްބެވެ. އާދައިގެ މަތިން އަހަރެން ފެނުމުން އެމީހުންގެ މޫނުތައް ’ކުނިވެގެން‘ ދިޔައެވެ.އެކަމަކު ދެން އިތުރަކަށް އަހަރެން ފެނި މޫޑު ޚަރާބުވާކަށްވެސް ނުޖެހޭނެތާއެވެ.އަހަރެން ގެއިން ނުކުންނަން މަތީ ކޯޓުން އަމުރު ނެރެފި ވިއްޔާއެވެ. މި މީހުންނަށް މިއީ ހާދަ އުފާވެރި ދުވަހަކަށްވާނެތާއޭ އަހަރެންގެ ހިތަށް އެރިއެވެ.

****

އަހަރެންގެ ސާމާނުކޮޅު ޕެކުކުރާކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. ޕެކުކޮށް ނިންމާލައިފައި މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.އަހަރެން އުޅެ ބޮޑުވި ކޮޓަރި މަތިން އަހަރެން ހަނދާން ނުވާނެ ގޮތަކީ ނެތް ގޮތެކެވެ. ކޮންމެ ދިމާލަކުންވެސް އާކޮށްދެމުން ދިޔައީ އެތަކެއް ހަނދާންތަކެކެވެ.އެހެނަސް ހާލަތު ބަދަލުވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ.

****

އަހަރެން ސޫޓްކޭސް ދަމަމުން ދަބަސްގަނޑު ކޮނޑުގައި އަޅުވާލައިގެން ކޮޓަރިން ނުކުތްއިރު ސިޓިން ރޫމުގައި ތަންކޮޅެއް އަޑުގަދަވެގެން އުޅެއެވެ. އޭރު ސޯފާގައި ތިބެގެން ޒަޔާއާއި ޒީވާ ރޮނީއެވެ. އުޒައިރުވެސް ނިތުގައި ހިފަހައްޓައިގެން ސޯފާގައި އިސްޖެހިފައި އިނެވެ.ކައިރީގައި އިނދެ މަންމަ އެ ތިން މީހުންނާއި ވާހަކަ ދެއްކޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އޭރު މަންމަގެ ސޫޓްކޭސްވެސް ސޯފާ ކައިރީގައި ބަހައްޓާފައި ހުއްޓެވެ.އަހަންނަށް ވެގެން އުޅޭ ގޮތް ސާފުވީ ދެނެވެ. ގާދިރު މަންމަ ވަރިކުރިކަން އެމީހުންނަށް އެނގުނީއެވެ.

****

އަހަރެން ފެނުނުހާއިރަކަށް ޒަޔާ ސުވާ ޖަހާ ކުކުޅެއްހެން ފުންމައިގެން އައިސް އަހަރެންގެ ގައިގައި ޖަހަންވެގެން އަތް މަޅައިލިއެވެ. ސިހިފައި އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.މަންމަ ޒަޔާއޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެވަގުތު ހުޝިޔާރުކަމާއި އެކު އުޒައިރު އައިސް ޒަޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

’ހަމަ ކަލޭގެ ސުންޕާކަމުން ބައްޕަ މަންމަ އެ ވަރިކުރީ.ބޮޑު ބަލާވެރިކަމެކޭ…ނުލަފާ މީހާގަނޑު..‘ ޒަޔާ ރޮމުން ހަޅޭއްލަވައިގަތެވެ.

’ބުނާ އެއްޗެއް އެއްފަހަރުވެސް ގަބޫލުކުރިއްްޔާ ކީއްތަވާނީ ޒަޔާ. ހަމަ ކަމެއް ވާއިރަށް ތުއްތޭއާ ދިމާލަށް ތިޔަ އެއްޗެހި ކިޔަނީ ހުރެގެން.ބައްޕައާއެކީ އިތުރަށް އުޅެވެން ނެތީމާ މަންމަ މި ވަރިވީ. ތުއްތޭ ކަމެއް ކޮށްގެނެއް ނޫން! މަންމަ ކައިރީ ނުކުންނާށޭ ބުނީމާ ދާން މިއުޅެނީ…ދަރިފުޅުމެން ބޭނުމިއްޔާ މަންމައާއި އެކު އަންނަންވީ ހަމަ. އުސައިދުބެމެން ގޭ އެޕާޓުމަންޓެއްގައި މަންމަ ހުންނާނީ.ބައްޕައަކަށްވެސް ދަރިފުޅުމެން މިތާ ތިބޭކަށް ވަކި އަމުރެއް ނުކުރެވޭނެ.‘ މަންމަ ބުނެލިއެވެ.

’އެހެރަ މީހާގަނޑު ދަންޏާ މަށެއް ނުދާނަން.‘ ޒީވާ ވެސް ބައި އަޅައިލިއެވެ. އަހަރެންވެސް މަންމައާއި އެކު އުސައިދުގެ ގެއަށް ބަދަލުވަނީއޭ އެމީހުންނަށް ހީވީ ތޯއްޗެކެވެ. އަދި މި ކަންތައްގަނޑުގެ ހަގީގަތް އެނގޭނަމަ ހާލަކީ ކޮބައިބާވައެވެ. އަހަރެން ދިރިހުއްޓާ ރޮލާ ކައިނުލާނެ ކަމެއްވެސް ނޭނގެއެވެ.

’ޒީވާ!‘ ހިތްހަމަ ނުޖެހިގެން، އަޑަށް ބާރުލާފައި މަންމަ ގޮވައިލިއެވެ.ޒީވާ މޫނު ހަދައިލިއެވެ.

****

’ހާސް ނުވޭ.އަހަރެން މިދަނީ ވަކި އެޕާޓުމަންޓެއް  ނަގައިގެން ޗޭންޖުވާން.ދެން ދުވަހަކުވެސް ތިއިން އެކަކަށް ވެސް މަގޭ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރާނެ…އެކަމަކު ބޮޑު ކަމެއް ޖެހޭ ދުވަހަކުން އަހަރެންގެ އެހީތެރިކަން އަދިވެސް ލިބޭނެ. ހިތް ހެޔޮ ކުރާނެ ކަމަށް އުންމީދު ކުރަން…‘ އަހަރެން ބުނެލީމެވެ.

****

އަހަރެންގެ ބަސްތަކުން އަސަރެއް ކުރީ މަންމައަށް އެކަންޏެވެ.މަންމަ ވާހަކަ ދައްކަން އުޅެން ފެށުމުން އިޝާރާތުން އަހަރެން އެކަން މަނާކުރީމެވެ.އަހަރެން  ހުއްޓުވަން އެއްވެސް ކަމެއް ނުކުރުމަށް އެދިފައި އެޕާޓުމަންޓުގެ ތަޅުދަނޑި ޝޫ ކެބިނެޓް މަތީގައި ބޭއްވީމެވެ. ފަހު ފަހަރަކަށް އަހަރެންގެ އެއްބަނޑު ތިން މީހުންގެ މޫނަށް ވަކިވަކިން ބަލައިލާފައި ހިނިތުންވެލީމެވެ. އެހެނަސް ނަފްރަތުގެ އަލިފާން ފިޔަވައި އެއްވެސް އެއްޗެއް އެމީހުންގެ މޫނަކުން އަހަންނަކަށް ނުފެެނުނެވެ.

(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ވާ ލޯބި އެގޭނަމަ(9)

Next

ރިދާ

Next
April 9, 2025

ރިދާ

Previews
April 9, 2025

ވާ ލޯބި އެގޭނަމަ(9)

4 Comments!

  1. Rysh says:
    April 10, 2025 at 4:38 am

    Hoooon adhi thi 3 meehun bodaa haakaafa annaane zaif kairi ah salaam jahan… Eyrun thibey dhn

    1. Lamtty Lamtty says:
      April 10, 2025 at 10:21 am

      Hehe

  2. Me says:
    April 11, 2025 at 8:19 pm

    Waiting eagerly for the next part 😀

    1. Lamtty Lamtty says:
      April 12, 2025 at 1:32 am

      Thank you 😊

Comments are closed.

Next Episodeއެކްޓަރ(ޕާޓް 9)←


All Right Reserved!