Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުން

އެކްޓަރ(ޕާޓް 9)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 12, 2025 3 Mins Read
7 Comments

ގެއިން ނުކުތް ގޮތަށް ގެސްޓުހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ނަގައިގެން އަހަރެން ދިޔައީ އެ ތަނަށެވެ.އެންމެ ފެންވަރުގެ ކޮޓަރިއެއް ނޫނެއްކަމަކު އަހަރެން ހިތްހަމަޖެހޭވަރުވިއެވެ.އޭރުވެސް އެ ފުލުފުލުގައި މަންމަ ދިޔައީ އަހަންނަށް ގުޅަމުންނެވެ.އަހަރެން ފޯނު ނުނަގާނެ ކަން އެނގޭތީވެ، އުސައިދުވެސް ވަރަށް އާދޭސްކޮށްފައި މެސެޖުކުރަމުން ދިޔައެވެ.އެހެނަސް އެއިން އެކަކާވެސް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނުވިއެވެ.

****

އަހަރެން އަނޫކްއަށް ގުޅިއިރު އޭނާ ހުރީ ޑިއުޓީގަ އެވެ.އެހެނަސް ޑިއުޓީ ނިންމި ގޮތަށް އޭނާ އަހަންނަށް ޚަބަރެއްވިއެވެ.އަހަރެންގެ ދުލުން ނުބުންޏަސް އަހަންނަށް ކަމެއް ދިމާވެގެން އުޅޭކަން އޭނާ ނަގައިގަތެވެ.އިސްވެ ކޮފީއަކަށް ދާން ދައުވަތު ދިނީވެސް އޭނާއެވެ.

****

އަނޫކް އަހަރެން ބަލައި އައުމުން ފުރަތަމަ އަހަރެން ބޭނުންވީ އަހަރެންގެ ސައިކަލު ބަލައިދާށެވެ.އޭރު ބޮޑު ސޫޓްކޭސްއަކާއި އެއްޗެހި ހިފައިގެން އަންނަން ޖެހުނީމަައި އަހަރެންް އައީ ޓެކްސީއެއްގައެވެ.އަހަރެން ގެސްޓުހައުސްއެއްގެ ކައިރިއަށް ބަލައި އަންނަން ބުނުމުން އަނޫކްގެ އަނގަ ދިޔާވި ގޮތަށް އެ އަނގަގަނޑެއް ނުހުއްޓިއެވެ.އޭނާގެ ހިތުގައި އުފެދިފައި އޮތްހާ ސުވާލެއް ވިއްޔާ ފައްޗަކަށް އަމުނައިލިއެވެ. އެހެނަސް އެއްޗެކޭ ނުބުނެ އަހަރެން މަޑުކުރީ ކޮފީއަށް ގޮސް ހަމަޖެހިލެވެންދެކަށެވެ.

****

އަނޫކްގެ ސުވާލުތަކަށް އަހަރެން ޖަވާބުދާރީވެ ނިމުނުއިރު އޭނާ ހުރީ ލޭކެކިކެކިއެވެ. އެމީހުން ހަޑި ހާވަން ދޫކޮށްލީތީ އޭނާ ހިތްހަމައެއް ނުޖެހުނެވެ. އަހަރެން ބޭނުންނަމަ އަދިވެސް އެމީހުންނާއި ދެކޮޅަށް މައްސަލަ ޖެއްސޭނެ އެވެ.ހެކިވެސް  އެއްކުރެވިފައި އެބަހުއްޓެވެ. ގާދިރު ހާވާފައި ހުރި ހަޑީގެ މައުލޫމާތުވެސް ހޯދޭނެ އެވެ.އެކަމަކު ސުވާލަކީ އެ ހުރިހާ ކަމަކީ މިހާރު އަހަރެންގެ އަމިއްލަ ނަފްސުގެ ހަމަޖެހުމަށް ވުރެ މުހިންމުކަމެއްބާވައެވެ؟ގާދިރަކީ މިހާރު ގައިމުންވެސް އަހަންނާ ބެހޭ މީހެއް ނޫނެވެ. ގާދިރު އަތުން މަންމަ އެ ވިޔަފާރި އަތުލިޔަސް, ގާދިރު ގޮވައިގެން މަންމަ ކޯޓަށް ދިޔަޔަސް އެއީ މިހާރު އަހަންނާއި ބެހޭކަމެއްނޫނެވެ.އަހަަރެންގެ މަގާމު ގާދިރު ވަރަށް ރަނގަޅަށް ބުނެދީފިއެވެ. ދެން އުސައިދުއެވެ. އޭނާއަކަށް އަހަރެންގެ މައްޗަކަށް އެއްވެސް ހައްގެއް ނޯންނާނެއެވެ.’ބަައިލޮޖިކަލް‘ ގޮތުން ބައްޕައަށްވިޔަސް ޝަރުޢީ ގޮތުން އެއީ ބައްޕަ ކަމުގައެއް ނުބެލެވޭނެއެވެ.

****

އަހަރެން ގެސްޓުހައުސްއެއްގައި ހުންނާކަށް އަނޫކް ހަމަ ހިލާ އެއްބަހެއް ނުވިއެވެ. އޭނާގެ އެޕާޓުމަންޓުގައި ހުރި ހުސް ކޮޓަރިއަށް ބަދަލުވާން އަހަރެން އެއްބަސް ކުރުވީ ބްލެކްމެއިލްކޮށްގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.މިފަދަ ދަނޑިވަޅެއްގައި އަނޫކް ކަހަލަ ރަނގަޅު,ވަފާތެރި ރަހުމަތްތެރިއަކު ހުރިކަމީ ހަމަ އަހަރެންގެ ނަސީބޭ ހިތަށްއެރި ވަރެއްގެ ޢަދަދުވެސް އަހަންނަކަށް ބުނެދޭކަށް ނޭނގެއެެވެ.

****

މައިމީހާ ހިތުގައި ޖައްސައި ރޮއްވާކަށް ނުވާނޭ ބުނާ އަޑު އަހަރެންވެސް އަހަމެވެ.އަހަރެންގެ މަންމަވެސް އަހަރެންގެ ފަރާތުން މާފު ހޯދޭތޯ އުޅޭގޮތް ފެނިފައި އަސްލު ވެސް ވަރަށް އެއްޗެހި ހިތަށް އަރާ ފައިބައެވެ.އެހެންކަމުން މަންމަގެ ކުށް ގަބޫލުކޮށް ތައުބާވި ދުވަހަކުން މަންމައަށް މާފު ދޭނަން ކަމުގައި އަހަރެން ބުނީމެވެ. އަދި އުސައިދުއާއި އެކު އުޅެންޏާ ހަލާލު ގޮތުގައި އުޅުމަށްވެސް ނަސޭހަތްތެރިވީމެވެ. އެހެނަސް މަންމަގެ އެ ޢަމަލުތަކުން އަހަރެންްގެ ހިތުގައި އުފެދުނު ރޯ ފާރުތައް ހިކި، ލަކުނަށްވާން ދުވަސް ނަގާނެއެވެ.އެކަމަކު އަހަރެންގެ ދިރިއުޅުމުން އުސައިދުއަށް ފުރުސަތެއް ދެވިދާނެ ކަމާއި މެދު އަހަންނަށް ޝައްކެވެ.

****

އެއްބަނޑުގައި ތިބި ތިން މީހުންގެ އެއްވެސް ޚަބަރެއް އަހަންނަކަށް ނުވެއެވެ. ގުޅުން ބާއްވަން ބޭނުން ވިޔަސް އެއް އަތް ތެޅިޔަކަސް އަޑެއް ނުކިޔާނެތާއެވެ.

****

އަނޫކްގެ އެޕާޓުމަންޓުގައި އުޅުނެއްކަމަކު އޭނާއާއި ދެކޮޅަށް އަހަރެން އެތަނަށް ޚަރަދުކުރަމެވެ. އޭނާ ހުންނާނީ އެކަމާ ހިތްހަމަނުޖެހިގެން އަަބަދުވެސް އެ އަނގަގަނޑު ތަޅުވަ ތަޅުވައެވެ.އެހެނަސް ރީތި ގޮތަކީ, ކާންދޭ މީހާ ކާން ދިނަސް ކާ މީހާ ބަލައިގެން ކެއުމެވެ.އަދި އެކަން ދަތުމެވެ.

****

އަނޫކްގެ އެދުމަށް އަހަރެން އަހަރީ ޗުއްޓީ ނެގީ އޭނާއާއި ދާދި އެއްކޮށެވެ.އޭނާގެ މަންމަގެ ރަށް ކަމަށްވާ އއ.ތޮއްޑޫއަށް އަހަރެމެން ދަތުރު ފެށީ އަނޫކްގެ އިތުރު ދެ ރައްޓެހިންނާއިވެސް އެކުގައެވެ.  މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމީހުން ވަނީ އަހަރެންގެ ރައްޓެހިންނަށްވެސް ވެފައެވެ.

****

ލޮނުގަނޑު ކަފަމުން ތޮއްޑޫ ފަޅުތެރެއަށް ވައްދައިލި ލޯންޗު ޖެޓީއާއި ކައިރިކޮށްލިއިރުވެސް، އަހަންނަށް ހުރެވުނީ އެހެން ދުނިޔެއަކަށް ގެއްލިފައެވެ.ހޭވެރިކަމެއްވީ ފައިބަންވީއޭ ކިޔާ އަނޫކް ކޮއްޓައިލީމައެވެ.

****

އަހަރެމެން ބަލައި ފޮނުވާފައި އޮތް ބަގީއަށް ’ލަގެޖުތައް‘ އަރުވާ ނިންމާފައި، އެންމެން އަރައި ހަމަޖެހިލުމުން,ބަގީ ދުއްވަައިލިއެވެ. އޭގައި ދުއްވަން އިން ބޭބެއާއި އަނޫކް ވާހާކަ އަޅުވައިލިއެވެ.ދޭތެރެއަކުން އެމީހާ ބުނެލާ މަޖާ އެއްޗެހިން ހިނިގަނޑު މައިތިރި ކުރަން އަހަރުމެން ޖެހުނީ އަނގަމަތީ އަތް އަޅާށެވެ.

****

ގެއާއި ހަމައަށް ފޯރަންދެކަށްވެސް އަހަރެމެނަށް އެ ’ފުރީ އެންޓަޓެއިންމަންޓުގެ‘ ޚިދުމަތް ލިބުނެވެ.

އަހަރެމެން ތިބުމަށް ހަމަޖެހިފައި އޮތީ އަނޫކްގެ މާމަ ގޭގައެވެ.ގޭ ކުރިމައްޗަށް ބަގީ މަޑުކޮށްލިއިރު އަނޫކްގެ މާމަ ދޮރުއަށި ހުޅުވާލައިފައި ނުކުންނަނީ އެވެ.

****

’އަނހާ މާމަ ދޮންބުރި އައީ ދޯ‘ އަނޫކް ފެނުމާއިއެކު އެ މުސްކުޅި މީހާ އުފަލުން ކޮޅެއް ނެތެވެ.އެ އައި ގޮތަށް ބަގީއިން ފޭބި އަނޫކް ގައިގައި އޮޅުލައިގަތެވެ. އަނޫކް ކުރި ކަމަކީ މާމަ ގައިގައި އޮޅުލައިގަތް ގޮތަށް މާމަ އުރައިލީއެވެ.

****

’އޭ ދަރިފުޅާ! މާމަ ތިރީގަ ބަހައްޓާ…މާމަ ވެއްޓިދާނެ.ހާދަ ލާނެތޭ މިސޮރު…އެ ޒައީމުގެ ލާނެތް ކަން ލިބިފައި އެބަހުރި!‘ އެފަދަ ސަމާސާއަކަށް ތައްޔާރު ނުވެ ހުރި މާމަ ބިރުގަތީއެވެ.

’މާމަ ވެއްޓުނަކަ ނުދޭނެދޯ ދެން. ހެހެހެ‘ އަނޫކް މާމަ ތިރީގައި ބެހެއްޓިއެވެ.

’އަނހާ ދަރިފުޅުމެން ތިހެން ނުތިބެ ހިނގާ ދެން އެތެރެއަށް.މި އަނޫ ވަރަށް ލާނެތް ވާނެ.އަވަހަށް ހިނގާ ކޮޓަރިއަށް އެއްޗެހިތައް ލާފައި ސައިބޯން އުޅެން.‘ މާމަ އަހަރެމެން އެންމެންނަށްވެސް މުޚާތަބު ކުރީ ދަރިފުޅާއޭ ކިޔައިފައެވެ.އަނޫކްގެ މާމަ މީ ހާދަ ލޯބި މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ.

****

އެގެއަކީ ހަމަ ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ގެއެކެވެ. އެހެނަސް ގޭގެ ގޯތި ތެރެއިން ރަށްފުށުގެ ދިރިއުޅުމުގެ އެކި ރަހަތައް އަހަންނަށް ފެނިގެންދިޔައެވެ. ގޯތި ތެރޭގައި ހެދިފައި ހުރި ބަނބުކެޔޮ ގަހުން ގޯތި ތެރޭގެ ބޮޑު ބަޔަކަށް ވަނީ ހިޔާއަޅައިފައެވެ.ކަންވާރު ފުރައިގެން ބޯމައްޗަށްވާނެހެން އަރުވާފައި އޮތް ފެޝަންފުރުޓު ވެޔޮ އޮތީ ފުރުޓު އަޅާ ބަރާވެފައެވެ. ހިވަނީ ރަތާއި ރީނދޫ އަދި ފެހީގެ ކުލަ ބޮކިތަކެއް ހެންނެވެ.ކުނި ކަހާލައިފައި އޮތްލެއް އޮމާން ކަމުންވެސް މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.މާޙައުލުގެ ހަމަހިމޭންކަން ނަގާލައިގެން އުޅެނީ ކޮށީގައި ތިބި ދޫނިތަކެވެ.އެސޮރުމެން އެކި ރާގު ރާގަށް ލަވަކިޔަމުންދިޔަ އަޑުވެސް އަހަންނަށް ވަރަށް ހިތްގައިމު ވިއެވެ.ކޮން ފަދަ ހިތްފަސޭހަ ކަމެއް ހެއްޔެވެ؟

****

އަހަރެމެން ސައިބޯން ދިޔައިރު ބަދިގެފަރާތުގައި ޒުވާން އަންހެން ކުއްޖަކު ހަރަކާތްތެރިވާތީ ފެނުނެވެ. އޭނާ ހުރީ އަހަރެމެންނަށް ފުރަގަސް ދީގެން ޒިންކު ކައިރީ ތަށިތަކެއް ދޮންނާށެވެ.

’އަނހާ ސަންފަގަނޑާ…‘ އޭނާ ފެނުނު އިރަކަށް އަނޫކް ގޮސް ބަދިގެތެރެއަށް ދެމިގަނެ، އޭނާގެ ބުރުގާ ކަންގަނޑަށް ދަމާ ޖެއްސުން ކުރަން ފަށައިފިއެވެ. އޭނާވެސް ދޫނުކުރަން ވެގެން އަނޫކް ގައިގައި ޖަހަން އަތްމަޅައިލިއެވެ.އެހެނަސް ކަރުކެހިލާފައި އަނޫކް އަހަރެމެންނަށް އިޝާރާތް ކޮށްލުމުން އެ އަންހެން ކުއްޖާ ފަހަތަށް އެނބުރުނެވެ. އަނޫކް ގައިގައި ޖަހަން މަޅައިލި އަތް ތިރިކޮށްލިއިރު ގަތް ލަދުން އެ މޫނަށް ވަނީ ފިނިފެންމާ ކުލަ ފާއްދާލައިފަ އެވެ.

’އެވްރިވަން މިއީ މަގޭ ޝާއީ ކުޑާ.ވަން އެން އޮންލީ އާންޓު.ބައިދަވޭ މަށަށްވުރެ ކުޑަވާނެ އިނގޭ.ހެހެހެ.ކުޑާ އެއީ މަގޭ ކުލޯޒް ފުރެންްްޑްސް. ޒައިފް،ނަޔާން އެންޑް އައްޒާމް.‘ އަނޫކް އެ އަންހެން ކުއްޖާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. އަހަރެމެން ތިން މީހުން ހައި އޭ ބުނެލުމުގެ ގޮތުން އަތް ހިއްލައިލުމުން އެ އަންހެން ކުއްޖާވެސް ވަރަށް ލަދުން ހުރެފައިވެސް ’ހާއި‘ އޭ ބުނެލިއެވެ.

ނުނިމޭ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ވާ ލޯބި އެގޭނަމަ(10)

Next

އަބަދަށްޓަކައި ހިތުގެ ލޯބި 18

Next
April 12, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 18

Previews
April 11, 2025

ވާ ލޯބި އެގޭނަމަ(10)

7 Comments!

  1. Him says:
    April 12, 2025 at 12:47 pm

    Vrh loabi mi part vx
    ❤️❤️❤️

  2. Your fav bab says:
    April 12, 2025 at 1:42 pm

    Mi part ves varah reethi!!
    Keep it up

    1. Lamtty Lamtty says:
      April 12, 2025 at 1:44 pm

      Thank you ❤️

  3. Anonymous says:
    April 12, 2025 at 3:27 pm

    Waiting for the encounteer of zaif and his kudhoo
    Vrh reeethii Masha Allah
    How you you manage to write 2 storys at once,,😅

    1. Lamtty Lamtty says:
      April 12, 2025 at 4:23 pm

      Hehe thanks.
      I have the finished writers version of each story so that’s why I bring the readers version in a short period of time 😊

  4. nuhaaaaaa says:
    April 12, 2025 at 4:02 pm

    lamtty vrh salhi mi part vx
    hama bunaane ehcheh vx neyngifa meenee…
    ly sis<3<3<3

    1. Lamtty Lamtty says:
      April 12, 2025 at 4:24 pm

      Hehe thanks girl.
      Much loves 💖

Comments are closed.

Next Episodeއެކްޓަރ (ޕާޓް 10)←


All Right Reserved!