Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 34

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 6, 2025 5 Mins Read
15 Comments

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްއާ ހިސާބަށް ދެވުމުން ސައިކަލު ޕާކް ކުރުމަށް ފަހު އެތާ އެތެރެއަށް ވަދުނެވެ. އޭނަ ވެއިޓިން އޭރިއާގައި މަޑުކޮށްގެން ހުއްޓައި އޭނަ ބަލައި އައި މީހުން ފެނުނެވެ. އެމީހުންނަށް މާވިން ފެނުމުން އެމީހުންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ. އެތާ ހުރި މެދު އުމުރުގެ އަންހެންމީހާ ދަރިފުޅާއޭ ކިޔާ ގޮވައިލުމަށްފަހު މާވިންގެ ގާތަށް އައިސް މާވިންގެ އަތުތެރެއަށް ވަދުނެވެ. އެތާ ހުރި މެދު އުމުރުގެ ފިރެހެން މީހާވެސް ހައިރާން ކަމާއިއެކު މާވިންގެ ގާތަށްއައެވެ. މާވިން އެ ފިރެހެންމިހާއާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.

***ޕާޓް 34***

މާވިންއަށް މަޑުމަޑުން އޭނަގެ އަތް މުށްކަވާލެވުނެވެ. ހަމަ އެވަގުތު ކުރިމަތިން ފެންނަމުން ދިޔަ ފިރެހެން މީހަގެ މޫނު މަތީގައި ޖަހަން ހިތަށްއެރިއެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނަގެ އަތު ތެރެއަށް ވަން އޭނަގެ ލޯބިވާ މަންމަގެ އަޑުއިވިފައި، މުށްކަވައިލާފައިވި އަތް ޖީބަށް ޖަހައިލެވުނެވެ. ރުޅި ފިނިކުރުމުގެ ގޮތުން ފުން ނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ. މަޑުމަޑުން އޭނަގެ އަތް ލޯބިވާ މަންމަގެ ހަށިގަނޑުގައި ވަށައިލެވުނެވެ. އޭނަގެ ހިތަށް އެވަގުތު ދިޔައީ އެތަކެއް ސުވާލުތަކެއް އަރައި ފައިބަމުންނެވެ. އޭނަގެ ބައްޕަ ކުރި ކަންތަކުގެ ފަހަތުގައި އޭނަގެ މަންމަގެ އަތެއް ވެދާނެ ކަމާއި މެދު ޝައްކު ކުރެވުނެވެ. އެހެނީ އޭނަ ބައްޕަ ވަނީ ފޭކްކޮށް ސްޓްރޯކްއެއް ޖެހިގެން ހިތުގެ ބަލި ހުންނަނީ ކަމަށް ބުނެ ފަރުވާ ކުރަން އޭނަގެ މަންމަ އާއިއެކީ ބެންކޮކްއަށް ގޮސްފައެވެ.

މާވިން މިފަދަ ހިޔާލުތަކެއްގައި ހުރެފައި ހިޔާލުތަކުން ބޭރުވެވުނީ އޭނަގެ ބައްޕަ އިމްރާން އޭނައަށް ގޮވައިލުމުންނެވެ. “މާވިން ދަރިފުޅާ ކިހިނެތްތަ؟” ހިނިތުންވެލަމުން އިމްރާން އަހައިލިއެވެ. ދަރިފުޅާއޭ ކިޔާފަ މާވިންއާ ވާހަކަ ދެއްކުމުން މާވިންގެ ގާތަށް އަލިފާން ރުޅި އަރައިގެން ދިޔައެވެ. އޭނަ ދިޔައީ ރުޅިއައިސްގެން ކަމެއް ނުކުރަން އެތަކެއް މަސައްކަތެއް ކުރަމުންނެވެ. “އަހަރެން ރަނގަޅު.. އަހަރެން މިކޮޅަށް ބަދަލުވެގެން ހުންނާނެ އާ ގެއެއް ގަނެފަ.. ކުރިން އުޅުނުގެ ކުއްޔަށް ދީފަ ހުންނާނީ.. އާދޭ ދާން..” މާވިން މޫނު މަތިން އެއްވެސް އަސަރެއް ދެއްކުމެއް ނެތި ބުންޏެވެ. މިހާ ތަނަށް އޭނަގެ ބައްޕަ އެދަނީ މީހުންގެ ލޮލުގައި އަދުން އަޅުވައިގެން ހުރެ ޑްރާމާ ކުޅެމުންނެވެ. އެހެންކަމުން އޭނަގެ ބައްޕަ ބޭޒާރުކޮށްލާނަމަ ކޮށްލަން ޖެހޭނީ ރެޑް ހޭންޑެޑްކޮށްށޭ އޭނަގެ ހިތް ބުންޏެވެ.

ދާރިއަން ޓެކްސީއެއް ހުއްޓުމަށްފަހު އޭނަގެ މައިންބަފައިންގެ ސޫޓްކޭސްތަކާއި ދަބަސްތަށް އެއަށް އެރުވުމަށްފަހު، ޑްރައިވަރު ގާތު ދާންވީ އެޑްރެސް ބުންޏެވެ. އަދި އެއަށްފަހު އޭނަގެ އަމިއްލަ ސައިކަލަށް އަރައި ދާން ދުއްވައިލިއެވެ. އޭނަ ދުއްވައިލުމުގެ ކުރިން ދާރިއަންއަށް ގުޅައި ކޮންމެސް ވާހަކަތަކެއް ދެއްކިއެވެ. މާވިންއަށް އަވަހަށް ގެއަށް ދެވުމުން މާވިން ހުރީ އޭނަގެ މައިންބަފައިން އަންނަން ދެން މަޑުކޮށްލައިގެންނެވެ. ދާރިއަން އައިސް މާވިން ގާތު މަޑުކޮށްލިއެވެ. “އާރ ޔޫ ޝުއާރ؟” ދާރިއަން ސުވާލުގެ ރާގަކަށް ހާސްކަމާއިއެކު އަހައިލިއެވެ. މާވިން މަޑުމަޑުން ބޯޖަހައިލިއެވެ. ދާރިއަން ފުންނޭވާއެއްލުމަށްފަހު މާވިންއަށް ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތައް ފެންނާނެ ފަދަ ލިންކްއެއް ފޯނަށް ފޮނުވައިލިއެވެ.

އޭގެ އިރުކޮޅެއްފަހުން އޭނަގެ މައިންބަފައިން އެރި ޓެކްސީ އެތަނަށް އައިސް މަޑުކޮށްލިއެވެ. މާވިން ފައިސާ ދެއްކުމުން ޓެކްސީ ޑްރައިވަރު ޑިކީއިން ފޮށިތައް ނެގުމަށްފަހު ދިޔައެވެ. “ބައްޕަ ގޮސްލަންވީނުން ފޮށިތައް ލާން.. ބައްޕަމެންގެ ކޮޓަރި ހުންނާނީ ވަންނަތާ ކައިރީ ކަނާއަތްފަރާތުގަ.. އަހަރެން އަންނާން މަންމައަށް މިގޭގައި އިންދާފައި ހުރި ބަގީޗާ ދައްކާލާފަ..” މާވިން އޭނަގެ މަންމަގެ އަތުގައި ހިފައިލަމުން ބުންޏެވެ. އިމްރާން ބޯޖަހައިލުމަށްފަހު ފޮށިތައް ހިފައިގެން ހިނގައިގަތެވެ. އިމްރާން ދިޔަތަން ބަލަން ހުރި މާވިންއަށް ފުންނޭވާއެއް ދޫކުރެވުނެވެ.

މާވިން ބުނި ކޮޓަރިއަށް އިމްރާން ވަދުނު އިރު އެނދުމަތީގައި ވާހަކަ ފޮތެއް ކިޔަން އޮތް އަންހެންކުއްޖާ ފެނިގެން ދިޔައެވެ. އެކުއްޖާ ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. މިޔާއަށް ކުރިމަތިން ފެންނަން ހުރި ސޫރައަށް ބަލައިލެވުމުން އޭނަގެ މޫނަށް ރަތްކަމެއްވެރިވިއެވެ. ކުރިމަތީގައި އެހުރީ ތިން އަހަރު ދުވަސް ވަންދެކަށް އޭނަ ގޭންގުގެ ނުބައިމީހުންގެ އަތްދަށުގައި ގަނެތެޅެން ޖެހުނު ސަބަބެވެ. މިޔާ ފޮތް ބާއްވާލައިފައި އެނދުން ތެދުވެ އިށީނެވެ. އޭނަ ބަލައިލީ ސީދާ އިމްރާންގެ ދެލޮލަށްށެވެ. މިޔަގެ ދެލޮލުން ފެނިގެން ދަނީ ބަޔާން ކުރަން ދަތިި އަސަރުތަކެކެވެ. އޭނަގެ ދެލޮލުން، ރުޅިވެރިކަމާއި، ހިތްދަތިކަމުގެ އިހްސާސް ފެންނަމުން ދިޔައެވެ.

އިމްރާނަށް އޭނަގެ ދެލޮލަށް ބަލަހައްޓައިގެން ހުރި މީގެ ތިން އަހަރުކުރިން ވިއްކައިލި އަންހެންދަރިފުޅު ފެނުމުން އޭނަގެ މޫނުމަތި ހުދުވެގެން ދިޔައެވެ. ހަގީގަތް ބޭޒާރުވާކަށް މާގިނަ އިރުތަކެއް ނެތް ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އޭނައަށް އެދަރިފުޅުގެ ދެލޮލުން ޝަކުވާގެ އަސަރު ފެންނަމުން ދިޔައެވެ. އެހެންނަމަވެސް އޭނަ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ބަލިގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ ދެބުމަ ގޮށްޖަހައިގެން ހުރެ މިޔާއާ ކުރިމަތިލިއެވެ. “ކަލޭ މިތާ ކީތްކުރަނީ؟ ކަލޭ ހުންނަންޖެހޭނީ އެ ގޭންގު އަތްދޮށުގަ.. މަ ތިން އަހަރުކުރިން ވިއްކާލަފައި ހުރި މީހެއްތީ..” އިމްރާން ރުޅިވެރި އަޑަކުން ވާހަކަ ދެއްކިއެވެ.

އިމްރާމް އަމިއްލައަށް އެއްބަސްވުމުން މިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ އެތާ އެހުރީ ދާރިއަން ބުނެގެން، މާވިންގެ އެދުމުގެ މަތިން އޭނަގެ އަމިއްލަ ބައްޕަ ކުރި ކުށަށް އެއްބަސް ކުރުވާށެވެ. އޭނަ ހިތުގެ ކަނަކުން ބޭނުންވެފައި ހުރީ އިމްރާން އޭނަ ކުރި ކުށަށް މާފަށް އެދޭށެވެ. އެހެންނަމަވެސް ކަންތައް މިވީ އޭގެ އިދިކޮޅަށްށެވެ. މިޔާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އަމިއްލަ ބައްޕައާ އެހާ ގިނަ ދުވަހަށްފަހު ބައްދަލުވުމުންވެސް އެބައްޕަގެ ދުލުން އޭނައަށްޓަކައި ބޭރުވެގެން އެދިޔައީ ޙަބަރަށްވުރެވެސް ހިތި ބަސްތަކެކެވެ.

މިޔާ އޭނައާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އިމްރާންއަށް އުނދަގޫ އިހްސާސްތަކެއް ކުރެވުނެވެ. އެހެންނަމަވެސް އޭނަ އެ އިހްސާސްތައް ހިންދައިލާ މިޔާއާ ކައިރި ވަމުން މިޔާގެ ކޮނޑުގައި ހިފައިލަން އުޅުނެވެ. އޭނައަށް އެކަން ނުވީ ކުއްލިއަކަށް އޭނަގެ ކުރިމައްޗަށް އެރި މާވިންގެ ސަބަބުންނެވެ. މާވިންގެ ދެލޯ ރުޅިއައިސްގެން ގޮސް ހީވަނީ އަގުރު އަލިފާނަށް ބަދަލްވެފައިވާ ހެންނެވެ. އެއާއެކު އެކޮޓަރިއަށް ވަދެގެން އައީ ދާރިއަން އާއިއެކު އައި ފުލުހުންގެ ޓީމްއެވެ. ކުއްލިއަކަށް އެތަނުން އިވިގެން ދިޔައީ މާވިންގެ އަތުން އިމްރާންގެ ކޯތާފަތަށް އެރި ހަމަލާގެ އަޑެވެ. އެއާއެކު އިމްރާންގެ މޫނު އެއްފަރާތަކަށް އެނބުރިގެން ދިޔައެވެ. އޭނައަށް ގަބޫލު ނުކުރެވި ހުރެފައި ބަލައިލެވުނީ މާވިންއާ ދިމާލަށްށެވެ. “އަހަރެންގެ ކޮއްކޮ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ!” އިމްރާންގެ މޫނަށް އިނގިލި ދިއްކޮށްލަމުން މާވިން ބުންޏެވެ.

އޭނައަށް އިތުރު ކަމެއް ކުރެވުމުގެ ކުރިން އޭނަގެ މަންމަ، މިލްޔާ ދޮރުމަތިން ފެނިގެން ދިޔައެވެ. މިލްޔާ ހުރީ ހިނގަމުންދާ ކަންކަމާއިމެދު ބަސްހުއްޓި ވާނުވާ ނޭނގިފައެވެ. އޭނައަށް މާވިން އޭނަގެ ފިރިމީހާގެ ކޮލުގައި ޖެހިތަން ފެނުމުން އަނގަމަތީގައި އަތް އެޅުނެވެ. އޭރުވެސް އޭނައަކަށް މާވިންގެ ފަހަތުގައި ހުރި މިޔާއެއް ނުފެނެއެވެ. މާވިން ކަންތައް ކުރިގޮތަން އޭނަ ހުރީ ހައިރާން ކަންމަތީގައެވެ. އެއީ މާވިންއަކީ ދުވަހަކުވެސް އޭނަގެ ކުރިމަތީގައި އެއްވެސް މީހަކަށް އަތް އިސްކޮށްފައި ހުރި މީހަކަށް ނުވުމުންނެވެ. އަދި ހަމައެހެންމެ އޭނަގެ އަމިއްލަ ބައްޕައަށް ދުވަހަކުވެސް އަތް އިސްކުރި މީހަކަށްވެފައި ނުވުމުންނެވެ. މާވިންގެ މޫނުމަތީގައި ހުރި ރުޅިވެރިކަމާއިއެކު އެ ކޮޓަރީގައި ހުރި ފުލުހުން ފެނި އޭނަގެ ހައިރާންކަން އިތުރުވިއެވެ.

“އަޅުގަނޑުމެންގެ ކޯޓު އަމުރުގެ ދަށުން އަހްމަދު އިމްރާން އަލީގެ އަންހެން ދަރިފުޅު ކަމަށްވާ، އައިޝަތު މިޔާ އިމްރާން މީގެ ތިން އަހަރު ކުރިން ބްލަޑް މާފިޔާ ގޭންގަށް ވިއްކައިލިކަމުގެ ކުށުގައި އަޙްމަދު އިމްރާން އަލީ ހައްޔަރުކުރަން.. އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް!” އުކައިލް އިމަރާންއާ ކައިރިވަމުން އޭނަގެ އަތުގައި ބިޑި އަޅުވަމުން ބުންޏެވެ. އެއާއިއެކު މިލްޔާއަށް ހީވީ އުޑު އޭނަގެ ބޯމައްޗަށް ވެއްޓިގެން ދިޔަހެންނެވެ. އޭނަގެ މޫނަށް އަނދިރިވުމުން ކައިރީގައި ހުރި މޭޒެއްގައި އޭނައަށް ހިފައްޓާލެވުނެވެ.

މިޔާ ފެންކަޅިވެހުރެ އޭނަގެ މަންމަގެ ކައިރިއަށްގޮސް ކޮނޑުގައި ހިފައިލިއެވެ. ތިން އަހަރު ފަހުން އަމިއްލަ އަންހެން ދަރިފުޅުގެ އަތުގެ ބީހުން އިހްސާސްވުމުން ދެލޯ ފެންކަޅިވިއެވެ. މިލްޔާއަށް ފަހަތަށް އެނބުރި މިޔާއާ ދިމާލަށް ބަލައިލެވުންއިރު އޭނަގެ ދެލޮލުގައި ހުރި ކަރުނަތައް ބަންޑުންޖެހިގެން ދިޔައެވެ. “މަގޭ ދަރި.. މަގޭ ދަރި” ރޮމުން މިލްޔާއަށް މިޔާގެ މޫނުގައި ހިފައިލަމުން ބުނެލެވުނެވެ. އޭނަ މިޔާގެ މޫނުގައި އަތުން ފިރުމަމުން ދިޔައިރު އޭނައަށް ދިޔައީ ގިސްލަގިސްލާފައި ރޮވެމުންނެވެ.

ފުލުހުން އިމްރާން ގެންދަން އުޅޭތަން ފެނުމުން މިލްޔާގެ ހަށިގަނޑަށް އާދަޔާ ހިލާފު ބާރެއް އެރި ފަދައެވެ. ދިޔަގޮތަށްގޮސް އިމްރާންގެ މޫނު މައްޗަށް އޭނަގެ އަތުގެ ހޫނު ހަމަލާއެއް ދޫކޮށްލިއެވެ. އަދި ގިރުވާނުގައި ހިފައި އޭނަ ބިންމައްޗަށް ވައްޓާލައި ފައިގައި ހުރި ބާރެއްލާފައި އެތަން މިތަނުގައި ތަޅަންފެށިއެވެ. “ނުލަފާ މީހާ! ކަލޭ މަގޭ ކައިރީ ބުނީ ބެންގްކޮކްގައި ހުރެފައި މަގޭ ދަރި މަރުވެއްޖޭ ފުލުހުން ބުންޏޭ.. ނޫނޭ ކަލޭ އެކްޓު ކުރަން މޮޅު.. ހާޓްއެޓޭކެއް ޖެހުނިއްޔޭ ހިތުގެ ބަލި ހުއްޓޭ ކިޔާފަ މަ ބެންގްކޮކްއަށް ގެންގޮސްފަ ނުވިތާކަށް މަގޭ ދަރި ހޯދަން އުޅުނީމަ މަރުވިއްޔޭ ކިޔާފަ! ކަލޭ ތީ އިންސާނެއްތަ އޭނ؟ އެއީ ކަލޭގެވެސް ދަރިއޭ!! ކަލޭގެ ރަހުމު ކޮބާ އެވަރު ކަމެއް ކުރި އިރު؟ ކަލޭގެ އަމިއްލަ އަންހެންދަރި ޖަނަވާރުންތަކަށް ލާރިއަށް ވިއްކައިލިއިރު ކަލޭގެ ހިތަށް އެއްވެސް އެއްޗެކޭ އެރިތަ އޭނ؟؟ އެއީ ކަލޭގެ ލެޔޭ!! އޭރު އެކުއްޖާފުޅަށް އެންމެ ފަނަރަ އަހަރު.. އެންމެ ފަނަރަ އަހަރު!! ތިން އަހަރުވަންދެން އެކުއްޖާ ފަކީރު ދުނިޔޭގައި ހުރެގެން ގަނެތެޅުނު އިރުވެސް މަށަކަށް ނޭނގެ އެކުއްޖާ ދުނިޔޭގަ ހުރިކަމެއްވެސް..” މިލްޔާ ހަޅޭއްލަވަމުން ރޮމުން ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

އޭނަ އޭރުވެސް ދިޔައީ އިމްރާންގެ މުޅި ހަށިގަނޑުގައި ގޮށްމުއްކަވާފައި ތަޅަމުންނެވެ. މާވިންއަށް އޭނަގެ އަތް މުއްކަވާލެވުނެވެ. މަންމަގެ ވޭން ފެނި އޭނަގެ ދެލޯވަނީ ކަރުނުން ފުސްވެފައެވެ. އޭނައަކަށްވެސް އޭނަގެ ބައްޕަ އެވަރުގެ ބޮޑު އޮޅުވައިލުމެއް އޭނަގެ މަންމައަށް އޮޅުވައިލަފައިވާ ކަމެއް އޭނައަކަށް ނޭނގުނެވެ. މިޔާއަށްވެސް ދިޔައީ ގިސްލަގިސްލާފައި ރޮވެމުންނެވެ. އޭނަގެ މަންމަގެ ވޭނީ ކަރުނުން އޭނަގެ ހިތައް ހޫނުކޮށްފައި ހުރި ދަނގަޑުތަކެއް ހަރާފަދަ އިހްސާސެއް ދިޔައި ކުރެވެމުންނެވެ. އެތާ ތިބި ފުލުހުންވެސް ތިބީ ހަދާނެ ގޮތެއް ނޭނގިފައެވެ. ދާލިޔާ އާއި ހޫރީންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

ދާރިއަން އިޝާރާތްކޮށްލުމުން މާވިން މަޑުމަޑުން އޭނަގެ މަންމަގެ ކޮނޑުގައި ހިފައި އިމްރާންއާ ދުރުކުރިއެވެ. އެއާއެކު މިލްޔާ ރޮމުން މާވިންގެ މޭތެރޭގައި ބޮޑިވެލިއެވެ. މިޔާއަށް ހިތްވަރުދިނުމުގެ ގޮތުން ހޫރީން މިޔާގެ ކޮނޑުގައި އަތްބާއްވާލިއެވެ. އިމްރާންގެ އަތުގައި ބިޑިއަޅުވައިގެން އުކައިލްމެން އެގެއިން ނިކުންނަން ދިޔަ ވަގުތު އިމްރާން ހުއްޓުނެވެ. އަދި އޭނަ މިޔާއާ ދިމާލަށް އެނބުރިލުމަށްފަހު ބަލައިލިއެވެ. އޭރު އެދެލޮލުގައިވަނީ ތަފާތު އިހްސާސްތަކެކެވެ.

“އަހަރެން މާފަކަށް ނޭދޭނަން އަހަރެން ކުރި އެއްވެސް ކަމަކަށް.. އަހަރެން އެއްވެސް އިރެއްގައި ބޭނުމެއްނުވި އަންހެންދަރިއަކު.. އަހަރެން ބޭނުންވީ މާވިން ފަދަ ފިރެހެންދަރިން.. އެކަމަކު ކަލޭ ލިބުނު ފަހުން ޑޮކްޓަރު ބުނީ މިލްޔާއަކަށް އިތުރު ދަރިއަކު ނުލިބޭނޭ.. އަހަރެންގެ ނަޒަރުގައި އަންހެންދަރިންނަކީ އެއްވެސް ބޭނުމެއް ކުރެވޭ ބަޔެއްނޫން.. ގެއަކަށް ފައިސާއެއް ގެނެވެނީކީއެއްނޫން.. އަހަރެން ޖެހެނީ ހުރިހާ ކަމެއް ކޮއްދޭން.. އެހެންވެ އަހަރެން ހިތަށް އެރީ ކަލެޔަށް އަށާރަވާ ތަނުން ފައިސާވެރިޔަކަށް ދެވާނީއޭ.. އެކަމަކު އެ ރޭވުން ބަދަލު ވާން ޖެހުނީ ކަލޭގެ ސްކޫލަށްށާ އެހެން ތަންތަނަށް ކުރަންޖެހުނު ހަރަދުތަކުން.. އެފަދަ ފައިސާތަކެއް ބޭކާރު ކުރާކަށް މަ ނެތިން.. މަ މިއީ އެއްއިރެއްގައިވެސް ފައިސާ ވެރިއެއްނޫން.. ދެން އޭރު ގޭންގަށް ދައްކަން ޖެހޭ ދަރަންޏަކާ ހުރެ ކަލޭ ގޭންގަށް ވިއްކާލީ.. އަހަރެންނަށް އޭގެ ފަހަކުން ފައިސާގެ ދަތިކަމެއް ޖެހުނީކީ އެއްވެސް ނޫންވިއްޔާ..” އިމްރާން  ހަމަޖެހިލާފައި ހުރެ ވާހަކަ ދެއްކިއެވެ. އިމްރާން ދެއްކި ރަހުމެއްނެތް ވާހަކަތަކުން އެތަނުގައި ބޮމެއް ގޮވި ފަދައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ފުރަތަމަ ނަޒަރުން (13)

Next

އަބަދަށްޓަކައި ހިތުގެ ލޯބި 17

Next
April 6, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 17

Previews
April 6, 2025

ފުރަތަމަ ނަޒަރުން (13)

15 Comments!

  1. Your fav bab says:
    April 6, 2025 at 1:42 pm

    Maavin did as what I said hehe…
    Phew.. Now that he is captured probably Mia got justice dhw?
    Ekm nulafa vegen ves maa vareh can’t be called a human! Caught red handed but instead of apologising he is just showing off the benefits after selling her to a vicious gang OMG gives me a headache!
    Varah furihama mi part ves Maashaa Allah!!
    I loved it!
    When next?
    Lysssssm💗💗
    Tc

    1. Maash Maash says:
      April 6, 2025 at 4:37 pm

      Hehe I told maavin u told him to do that. Guess he listened😅. Yes miya is getting justice finally. He is a human in wolfs clothes ig😅
      Thank you darling I’m happy u liked it..
      Next part insha Allah Thursday ga.. Love u more darling 💜🦋

  2. Vampire girl says:
    April 6, 2025 at 2:22 pm

    Imran eii alhe bahppa eii thr…
    Rahumuge kangulheii vx neii viyyaa…..
    Hithuge badhaluga e othy hilagandeii..
    Kaaku e meehehge huri hama ekani anhen dhari gang akah vihkaalaany..
    Mi part vx varah varah reethi..
    Whn next??

    1. Maash Maash says:
      April 6, 2025 at 4:45 pm

      Vampire girl thibuny ragalhah hama.. Imaran ge hithuge badhalu ga onnany hilagadeh..
      Thank you darling I’m happy u like this part..
      Insha allah next part Thursday ga💜🦋

  3. Oreo gurll says:
    April 6, 2025 at 2:22 pm

    Alheyyy… finally e Imraan gandu busted.
    Ekam evarun ves ehbas vaakah noolheyey
    Huvaa mibunee haadhahaa varehge insaanekey!
    But I’m glad Miyaa salaamai vyma. Miyaa finally got justice dhw, I believe
    Ekam e Imraan haadha molhu dhogekey dhw e hedhee.. varah molhu plan eh
    Ekamu ehves kameh abadhakah noannaane dhw sirrrehge gothuga eh
    True, and Maavin’s plan varah molhu. Caught him red handed….. 💯💯
    Ohhhh.. varah excited to know what happens next. And varah clear koh engijje Miyaa gellunyma dhen eyna mom ah v gothaa hurihaa kameh..
    So thank you Maash
    Luvvvvvvv u.. when’s next episode?

    1. Maash Maash says:
      April 6, 2025 at 4:49 pm

      Yes he is busted now..
      Nooney he confessed but didn’t feel bad about anything he did..
      Me too. I’m glad miya got justice.
      Yes evves kameh abadhaku sirru vefa eh noannaane..
      Your welcome darling.. This part ga miothy miya family ge situation bodah hama..
      Love you moreee
      Next part insha allah Thursday ga💜🦋

  4. Cutie girl says:
    April 6, 2025 at 4:21 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje 😭
    Miyaa and dhaarian gulhuvachey
    Maavin and hoorin
    Ukail and dhaaya ves
    They all are made for each other
    Mihaaru mi iguni maavin eyna bappa dheke rulhi ahna sababu
    Alhamdhulilah hayyaru kohffi
    Miyaa ah insaafu hoadhaa dechey
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Your my fav author ❤️
    Miyee varah interesting kamaa eku kiyaa hithun kiyaali vaahaka eh
    Tc ❤️😘
    Ly maash ❤️😚

    1. Maash Maash says:
      April 6, 2025 at 4:52 pm

      Thank you darling.. I’m happy u liked this part… Next part insha allah Thursday ga..
      Yes mi part ga engeyne maavin eyna bappa dhele rulhi annany keehvekan.
      Aww that means a lot to me..
      Tc
      Love u more darling 💜🦋

  5. unknown gurll says:
    April 6, 2025 at 6:59 pm

    mi part ves vrh reethi maasha allah curiously waiting for the next part

    1. Maash Maash says:
      April 7, 2025 at 3:27 pm

      Thank you darling.. I’m glad u like this part.. Next part insha allah Thursday ga 💜🦋

  6. shimmer says:
    April 7, 2025 at 5:25 pm

    hithah araa e thug ma kurimahchah araane nama ey … i will ruin his face for sure …… thi kahala meehunnaa hadhaa anhen kudhin boys ah trust kuran fas jeheny….. amilla bappa ehen hedhyma dhen kaakah ithubaaru kureveny…… emme kuda iruhsure adu iveny girls aky bappa ge “princess’ ey ………. but mihaarakah ais bappa princess ah vure bappa ge “desire completer” ah girls mi onnany vefa …. i just hate such people … if you cant take care then beley bayakaa havaalu kuryma numuny instead of doing such an act …
    anyway story varah best
    komme part akah cmt nukuriyas i love your atories and baraabarah kiyan …
    but kuda dhuvas kolhakah mi kamaa ves dhuruvaan mi ulheny( i mean vaahaka kiyumaa) cuz my igcse is starting in 13 days and i know if i dont keep this away 25% of my time will go on reading stories cuz i am addicted to stories …lol
    bye hope you will continue writing
    and this is not only for you but to all authors ” your writings are so much more than just words- they are a lifeline, a kind of medicine for the soul . they offer me a chance to escape to immerse myself in a world where my mind can find solace from the daily burdens of negativity and stress. in moments when life feels overwhelming, your words serve as a gentle distraction, allowing me to momentarily forget my worries and get lost in the beauty of a well- crafted story or a profound idea. you have the remarkable ability to heal through your craft , offering me both comfort and reflection. your work is not just literature, its a sanctuary for my heart and mind. … so ALL THE AUTHORS OF ESFIYA THANK YOUUUUUUUUUUUU SOOOOOOO MUCHHHHHHHH”

  7. Maash Maash says:
    April 8, 2025 at 10:41 pm

    Asluvx.. ekahala meehuna hedhi anhen kudhin firehen kudhinnah trust kuran udhagoo vany.. You are speaking facts. mihaaru abadhu vx news thakugavx hunnaany thikamuge kommes ehcheh. It’s really disgusting.. they don’t deserve to be called as a father.
    Thank you darling I’m happy u liked it.. that means a lot knowing u read my stories. hehe yes igcse start kuraa iru dhuruviyya ragalhu vaany.. I completely understand u. I was also a story addict Igcse start kuri iru.. It was difficult for me to stop reading hehe. Anyway, good luck on ur Igcse..All the best. Insha allah I’ll continue writing stories for sure.
    And behalf of all authors, we are truly touched by ur beautiful words. it means more than I can express to know that our writings has been providing u comfort and reflection during tough times. Thank you so much for ur lovely comment and support throughout our writing journeys. Thank you, from the bottom of my heart, for ur lovely words..💜🦋

  8. Toin says:
    April 9, 2025 at 12:55 am

    Do mavin is Vincenzo casano? Hihi

    1. Maash Maash says:
      April 9, 2025 at 7:30 pm

      Hehe kinda like that ig😅

  9. Anonymous says:
    April 9, 2025 at 12:56 am

    So*

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 35←


All Right Reserved!