Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފުރަތަމަ ނަޒަރުން (13)

Mariyam Enash Aqeel Level 210 Stories
April 6, 2025 4 Mins Read
2 Comments

ލިފްޓުގައި ތިބި ދެމީހުން ހަތަރުވަނަ ފުލޯއަށް ފޭބިއެވެ. އަހަންނާއި އާހިލް ލިފްޓުގައި އެކަނިވިއެވެ. އަހަރެން ހުރީ އާހިލް އަށް ފުރަގަސްދީގެން އޭނާއަށް އަހަރެން މިއީ ކާކުކަން ނޭނގޭތޯ ދުއާ ކޮށްލަ ކޮށްލަ އެވެ. ފަސްވަނަ ފުލޯއަށް ދޮރު ހުޅުވުމާއި އެކު އަވަހަށް ނިކުންނަން އަހަރެން ހިނގައިގަތީމެެވެ. ނަމަވެސް ފިނި އަތެއް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެންގެ ހަށިގަނޑުތެރެއަށް ކަރަންޓު ދޫވެގެންދިޔަ ކަހަލައެވެ.

އަހަންނަށް ހަދާނެ ގޮތެއް ނޭނގިފައި ހުރެވުނީއެވެ. އަނގަޔަކުން ވެސް ނުބުނަމެވެ. އަތެއް ވެސް ފޮޅުވައެއް ނުލަމެވެ. އާހިލް ކުޑަ ލަތްކެއް ޖަހާލާފައި އަހަރެން އޭނާ އާއި ކުރިމަތި ވާ ގޮތަށް އަނބުރައިލިއެވެ. އަދި ވަރަށް ފަރިތަ ކަމާއި އެކު އަހަރެންގެ އަތް އޭނާގެ އަތާއި، ލިފްޓުގެ ދޮރާއި ދޭތެރޭގައި ހައްޔަރުކޮށްލިއެވެ. އޭނާގެ އެ ހަރަކާތުން އަހަރެންގެ ބަނޑުތެރޭގައި ހީވީ އެއްހާސް ކޮކާ އެއްފަހަރާ އުދުއްސައިގަތް ހެންނެވެ. އޮގަސްޓު މަހުގެ ފިނި ދުވަހެއްކަމަކު އަހަރެން މޫނުމަތިން ދާހިއްލަން ފެށިއެވެ. ވަމުންދާ ގޮތް ނަގައިގަންނަން ނޭނގިފައި އަހަންނަށް ހުރެވުނީ އިސްޖަހައިގެންނެވެ.
އާހިލް އޭނާގެ ވާތުގެ ޝަހާދަތް އިނގިލިން އަހަރެންގެ ދަތްދޮޅީގައި ހިފައި އޭނާ އާއި ހަތަރު ކަޅި ހަމަކުރުވިއެވެ. އޭނާ ދިގުކަމުން އަހަރެން ހުރީ ކުޑަކޮށް ބޯ މައްޗައް ޖަހައިގެން ކަހަލަ ގޮތަކަށެވެ.

އެވަގުތު ހިތަށް ވެރިވީ އެހެން ކަހަލަ އިހުސާސެކެވެ. މަޑު މުށިކުލައިގެ އެ ދެލޮލުގެ ޖާދުލުގައި އަަހަރެން ޖެހުނު ކަހަލައެވެ.
އަހަންނާއި އޭނާ ހަތަރު ކަޅި ހަމަވި ވަގުތު، އަހަންނަށް ކިޔައިގަންނަން ނޭނގޭ ކަހަލަ ކުލަވަރެއް އޭނާގެ މޫނުމަތިން ފެނުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ކުލަވަރު ފޮރުވާލައި ރުޅިވެރި ނަޒަރަކުން އަހަންނާއި ދިމާލަށް ބަލައިލިއެވެ. މީގެ އިރުކޮޅެއް ކުރިން އޭނައާއި.ދޭތެރޭ އަހަންނަށް ޚިޔާލު ކުރެވުނުގޮތުގެ މަތިން ހަނދާންނެތި ފުރަތަމަ ފަހަރަށް އަހަރެން ޖެހިލުންވިއެވެ.
“ކީއްވެ އަހަންނަށް ފިލައިގެން ކުރިން ރޭ ޕާޓީ އިން ނިކުމެގެން ދިޔައީ؟” އޭނާގެ އަޑު ބަރުވެފައި ރާގު ހަރުކަށްޓެވެ.

“އަހަރެން ފިލައިގެން ދިޔަޔަސް ތީނަގެ ބޭނުން ފުއްދައި ދީފީމެއްނު! މިހާރު ހިސާބު ބަރާބަފު ވާނެ. ތީނަ އަހަންނަށް ކޮށްދޭންޖެހޭ ކަމެއް ދެން ނޯންނާނެ. އަހަރެން ތީނަ އަށް ކޮށްދޭންޖެހޭ ކަމެއްވެސް ނޯންނާނެ.” އަހަރެން ކިތަންމެ ޖެހިލުންވެފައި ހުއްޓަސް މޫނުމައްޗަކުން އެކަމެއް ނުދައްކަމެވެ.

” އެހެން ވިމާ އަހަރެން ފަހަތުން ތިގޮތަށް ނައިސް މިތަނުން ދޭ. އެހެން ނޫނީ އަހަރެން ޖެހޭނީ ޕޮލިހަށް ގުޅަން” އެހެން ބުނުމަށްފަހު އަހަރެން އޭނަގެ އަތް ފޮޅުވައިލީމެވެ. އޮފީހުގެ ފުރަތަމަ ދުވަހު ގަޑިޖެހޭތީ އުޅެނިކޮށް މިއޮށް ޖެހުނު ކަމަކުން އަހަރެން ގާތަށް ވަރަށް ރުޅި އައެވެ. މީގެ ކުރިން އަހަރެން އޭނާއާއި ދޭތެރޭ ދެކުނު ގޮތް އެއްކޮށް ބަދަލުވި ކަހަލައެވެ. އަހަރެން އާހިލް ދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަހަންނަށް ފާރަލައިގެން މި އޮފިހަށް އޭނާ އައުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

“އަދިވެސް އަހަރެންތަ ކަމަނަޔަށް މި ފާރަލަނީ؟ ނޫނީ ކަމަނަ ތަ އަހަރެންގެ ފަހަތުން ތިޔަ އައީ؟” އާހިލް މަލާމާތުގެ ރާގަކަށް ހިނިގަނޑެއް ޖަހާލުމަށްފަހު އަހަންނަށް ވަނަމެއް ހަދައިލިއެވެ. ނަމަވެސް އޭނާ އެ ބުނި އެއްޗެއްގެ މާނަ އަހަންނަށް ދޭހައެއް ނުވިއެވެ.
“އަހަރެން މިހާރު ހިތަށް އަރާ އެދުވަހު ތީނަ އާއި އެއްކޮށް ނުދެވުނު ނަމައޭ” އަހަރެން ބުނީމެވެ.
“އަހަރެން ވެސް ހިތަށް އަރާ އެބަ އެދުވަހު އަހަރެންގެ ކާރަށް ކަމަނަ ނޭރުވުނު ނަމައޭ” އާހިލް އެހެން ބުނުމުން އަހަރެންގެ ޚިޔާލު ދަތުރު ކުރީ އެދުވަހުގެ ހާދިސާއަށެވެ. އަދި ހުސްނީ މަތިން ހަނދާންވުމާއި އެކު އަހަރެންގެ މޫޑު އިތުރަށް ގޯސްވިއެވެ.

“ބުނަން ރަނގަޅު ވާހައެއް، އަހަރެން މިތަނުގެ ސެކިއުރިޓީ ލައްވަ ތީނަ މިތަނުން ބޭރު ކުރަން ވާއިރަށް މި އޮފީހުން ނިކުމެގެން ދޭ. އެހެން ނޫނީ ދެން ގުޅާނީ ޕޮލިހަށް” އަހަރެން އޭނާއަށް ފަހުގެ އިންޒާރު ދިނުމަށްފަހު ލިފްޓުން ނިކުމެގެން ގޮސް އޮފީސްތެރެއަށް ވަންނަން ހިނގައި ގަތީމެވެ.
އޮފީސްތެރެއިން އަހަންނާއި އެންމެ ފުރަތަމަ ބައްދަލުވީ އަހަރެންގެ މެނޭޖަރު ޝާމު އެވެ. އޭނަ، އަހަރެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން ދެއްކުމަށް ފަހު އޮފީހުގެ އެހެން މުވައްޒަފުންނަށް އަހަރެން ތައާރަފް ކޮށްދިނެވެ. އަދި އަހަރެންގެ މަސައްކަތް ވެސް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދިނެވެ. އޮފީހުންގެ ހުރީހާ މުވައްޒަފުން އެކުވެރިކަމުން އޮފީހުގެ ފުރަތަމަ ދުވަސް ނަމަވެސް ބީރަށްޓެހި ކަމުގެ އެއްވެސް އިހުސާސެއް އަހަންނަކަށް ނުކުރެވެއެވެ. އޮފީހުގެ މަސައްކަތުގައި މަސްއޫލުވެ އުޅެން ފެށުމުން އެދުވަހު ހެނދުނުގަޑީގައި ހިނގާދިޔަ ކަންތަކުގެ މަތިން އެއްކޮށް ހަނދާން ނެތުނެވެ.

ގަޑިއިރަކަށްފަހު ގަޑިއިރެއް ވޭތުވަމުން ގޮސް އޮފީސް ނިމޭ ގަޑި ޖެހުމު އިރު އަހަރެން ހުރީ ވަރަށް ބަނޑުހައިވެފައެވެ. މެންދުރު ގަޑީގައި އޮފީހުގެ ކެންޓީނުން ކެއި ދެފޮތި ޕިއްޒާގެ އަސަރެއް މިހާރަކު ނެތެވެ. އަހަރެން އޮފީހުން ނިކުންނަން ދިޔައީ ފޯނުން ޒީކް އާއި ވާހަލަ ދައްކަމުންނެވެ. އަހަންނަށް ވަޒީފާ ލިބުމުގެ އުފަލުގައި ޒީކްއަށާއި ނަވާލްއަށް ކެއުމެއް ދޭން އަހަރެން އެްްބަސް ވެފައި އޮތުމުން، މިރޭ އެ ކެއުމަށް ދައުވަތު ދިނުމަށެވެ.

“އަހަރެން ނަވާލް ކައިރޮ ވެސް ބުނެފިން. ދެން އޯކޭ ދެކުދިން އެއްކޮށް އަޔަސް ހަހަހަ” އަހަރެން ޒީކް އާއި ދިމާ ކޮށްލަމުން ހިނިގަނޑެއް ޖަހައިލީމެވެ. ކޮލެޖުގައި އުޅުން އިރުންސުރެ ޒީކްއަށް ނަވާލް ކަމުދާ ކަން އަހަންނަށް އިނގެއެވެ. ނަމަވެސް އެކުވެރިކަން ގެއްލިދާނެ ކަމުގެ ބިރަށް ނަވާލްއަށް ހިތުގެ ޝުއޫރު ފާޅު ނުކޮށް އެ ހުންނަނީއެވެ.

“ހޫނ ދެން ހެވޭ ދިމާ ނުކުރިޔަސް. އަހަރެން…” އެވަގުތު އަހަރެންގެ ގައިގައި މީހަކު ޖެހިފައި އަހަރެންގެ އަތުގައި ހުރި ގަނޑުތަށް ބުރައިގެން ދިޔައެވެ. ގަނޑުތަށް ނަގަން ތިރިވި ވަގުތު އެހެން އަތެއް ވެސް ގަނޑުތަށް ހޮވައިދޭ ތަން ފެނުނެވެ. އެވަގުތު އަހަރެން އިސް އުފުލާލާފައި އޭނާ އަށް ބަލައިލި ވަގުތު އަހަރެންގެ މޫޑު އެއްކޮށް ބަދަލުވިއެވެ. އޭނާ ވެސް އަހަރެން ފެނިފައި ފުންމައިގެން ތެދުވިއެވެ.

“ތީނަ އަދި ވެސް މިތަނުގަ ތަ؟” އަހަރެން ރުޅިއައިސްގެން ބުނީމެވެ. ހެނދުނުންސުރެ އަހަރެންގެ ފަހަތުން އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ ލާނެއް ގޮތަކަށް ހިނިއައިސްފައި އޭނާ ހުރި ގޮތުން އަހަރެންގެ ރުޅިގަނޑު އިތުރުވިއެވެ.
“އަހަރެން ބުނެފީމެއްނު މިހާރު އަހަރެން ފަހަތުން ނާންނާށޭ. ޕޮލިހަށް ރިޕޯޓު ނުކޮށްގެންތަ ތިއުޅެނީ” އަހަންނަށް ވާހަކަ ދެއްކުނީ ގަސްތުކުރި ވަރަށްވުރެ ބާރަށެވެ. އެވަގުތު އޮފީހުގައި ތިބި އެންމެން އަހަންނަށް ބެލީ ކުށްވެރިއަކަށް ބަލާ ނަޒަރުންނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އޮފީހެއްގެ ތެރޭގައި ހުރެގެން މި އަޑުގަދަ ކުރަނީވިއްޔާއެވެ. އާހިލް ކައިރިއަށް ހިނިއައިސްފައި “ސޮރީ” އޭ ބުނުމަށްފަހު ދޮރުން ނިކުމެގެން ދިޔައެވެ. އޭނާގެ އެ އަމަލުން އަހަރެންގެ ރުރި ހައްތަހާ އިތުރުވިއެވެ. ނަވަވެސް އަހަރެން ވެސް ދެލޯ ބޮޑުކޮށްގެން ބަލަން ތިބި މީހުންތަކަށް ބަލާލުމަށަފަހު، ގަތްލަދުން އަވަހަށް އޮފީހުން ނިކުތީމެވެ.
އެރޭ ޒީކްމެންމާއި އެކު ކެއުން ނިންމާލާފައި ގެއަށް ދިޔަ އިރު އެގާރަ ގަޑި ބައި ވަނީއެވެ. އަވަހަށް.ފެންވަރައިގެން ނިދަން އޮށޯތީ މާދަމާ ހެނދުނު ކުރިން ހޭލަން ޖެހޭތީއެވެ.
އަނެއްދުވަހު އަހަރެން އޮފީހަށް ދިއުމުން އެންމެން އަހަންނާއި ދިމާލަށް ބެލީ ފާޑަކަށެވެ. ކިހިނެއް ވީ ހެއްޔޭ އަހާކަށް ވެސް އަހަންނަކަށް ނުކެރުނެވެ. އަނެއްކާ އަހަރެން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި އެއްޗެއް އޮތީ ހެއްޔެވެ؟ ނޫނީ އަހަންނަށް ނުބައިކޮށް އޮފީހުގެ މަސައްކަތެއް ކުރެވުނީހެއްޔެވެ؟ އެދުވަހު އެއްކޮށް ވެސް އަހަރެން އުޅެން ޖެހުނީ އެހާލެއްގައެވެ. ދެމީހަކު އެއްވެއްޖިއްޔާ އަހަންނަށް ބަލަ ބަލާފައި ކޮންމެސް އެއްޗެކޭ ކިޔައެވެ. އަހަރެން އެމީހުންނާއި ދިމާލަށް ހިނގައިގަންނައިރަށް ނޭނގޭކަމަށް ހަދާފައި ދުރަށް ދާނެއެވެ. އަހަރެންގެ ސިކުނޑި ހުރީ ސުމަކަށް ދިޔައެވެ. އެންމެފަހުން އަހަރެން ނިންމީ މި ވެގެން އުޅޭގޮތެއް ސާރާ ކައިރި އެހުމަށެވެ. ސާރާއަކީ އޮފީހުގައި އަހަންމާއި އެންމެ ރައްޓެހި އެކަކެވެ.
“އަޅެ ކީއްވެތަ އެންމެން އަހަންނާއި ދިމާލަށް ފާޑަކަށް އެ ބަލަނީ؟ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟” އަހަރެމެން ތިބީ މީޓިންއަކަށް ތައްޔާރުވެގެން މީޓިން ރޫމުގައެވެ.
“އަާ.. އެއީ..” އެވަގުތު މީޓިން ރޫމުގެ ދޮރު ހުޅުވާލާފައި ވަން މީހާ ފެނިފައި ސާރާގެ ވާހަކަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. ފުރިހަމަ ކުރާކަށް ނުވެސް ޖެހުނެވެ. އަހަންނަށް އަހަރެންގެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އެއާއި އެކު މުޅި މީހާ ހާސްކަށްޓަށް އަރައިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 29

Next

އިންސާފު ލިބޭނެބާ – 34

Next
April 6, 2025

އިންސާފު ލިބޭނެބާ – 34

Previews
April 6, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 29

2 Comments!

  1. GIIRRLL says:
    April 6, 2025 at 6:04 am

    Varah dhigu inthixaar akah fahu mi part vx kiyaalan mi libuny
    Varah reethi mi part vx mashallah
    Patiently waiting for the next part☺️

  2. Anonymous says:
    April 6, 2025 at 2:28 pm

    Aahil is the boss of the company
    How hoe hoe

Comments are closed.

Next Episodeފުރަތަމަ ނަޒަރުން 14←


All Right Reserved!