Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަ

އެކްޓަރ( ޕާޓް 6)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 4, 2025 3 Mins Read
2 Comments

އަޑު އަންނަ ދިމާލަށް އަހަންނަށް ނަޒަރު ސީދާ ކޮށްލެވުނެވެ.އަޑު އަންނަމުން ދިޔައީ މަންމައާއި ބައްޕަގެ ކޮޓަރިންނެވެ.ރަނގަޅަށް ނުލެއްޕި ފޭވެފައި ހުރި ދޮރާއި ދިމާ ތިރީގައި އަންނައުނުތަކެއް އުކާފައި އޮތެވެ.އަހަންނަށް ހިންދިރުވައިލެވުނެވެ. މިކަހަލަ މަންޒަރެއް ދެކެން ޖެހިދާނެކަމަށް އަހަރެން ދުވަހެއްގެ ކޮޅުންވެސް ހިތަކަށްވެސް ނާރައެވެ.

****

އެއީ ދުވަހަކުވެސް އެބައެއްގެ އަޑު އަހަންނަށް އޮޅޭނޭ ދެމީހެއްގެ އަޑެއް ނޫނެވެ. އާއެކެވެ.އެއީ މަންމައާއި އެޔޮއް ހެޔޮފުޅު އުސައިދުބޭގެ އަޑެވެ. އެމީހުންގެ އަޑާއި ރާގު ހުރި ގޮތުން އެދެމެދުގައި ހިނގަމުން ދިޔައީ ނަހަމަ ގުޅުމެއްކަން އަހަންނަށް ޔަގީންވިއެވެ. ލިބުނު ޝޮކުން އަހަރެން ހުރީ ހުރިތަނުން ގުޑިލަންވެސް ނޭނގިފައެވެ.

****

އެ ދެމީހުންގެ ހުރި މަކަރުވެރިކަން ފެނި އަހަންނަށް އިންތިހާއަށް ރުޅިއާދެވުނެވެ.އެހާމެ ހިތުގައި ވެސް ޖެހުނެވެ.ބައްޕަ ކަނު ބަނދެފައި އަނދިރީގައި ބަހައްޓައިގެން މަންމަ ގަންނަ ގަނޑު އެހުރީއެވެ. އެފަކީރުގެ ކުށަކީ ކޮބައި ހެއްޔެވެ؟އެއީ އެފަކީރަށް ހައްގު މިންވަރު ހެއްޔެވެ؟ އެކަމަކުވާ މީހުންގެ ލޮލުގައި އަނދުން އަޅުވައިލަން އެ ދެމީހުން ހާދަހާވާ ކުޅަދާނައޭ އަހަރެންގެ ހިތަށް އެރިއެވެ. ޝައްކެއްވެސް ކުރެވޭ ވަރަށްވުރެ މަންމަ އާއި އުސައިދުގެ މަތި އޮމާން ވިއްޔާއެވެ.މަންމަ މެލޭޝިޔާއަށް ނުގޮސް އަހަރެން ބަހަނާއަކަށް ދައްކައިގެން މާލޭގައި މަޑުކުރުމުގެ ހަގީގީ މަގުސަދުވެސް މިއެނގުނީ އެވެ. އުސައިދުވެސް ބައްޕައާއި އެހާ ގާތްކޮށް އުޅެ އުޅެފައި ދަން މަޅި އެ މަހައިލީ އެފަކީރުގެ ކަރަށެވެ.

****

އެ ދެމީހުން ވާހަކަ ދައްކަން ފެށި އަޑު އިވިފައި އަހަރެންގެ ހުރިހާ ހިއްސެއް ސަމާލުކަމަށް އައެވެ.  މަޑުމަޑުން އެ ކޮޓަރިއާއި ގާތަށް ޖެހިލެވުނީ އެ ދެމެދުގައި ދެކެވޭ ވާހަކަތައް އަޑު އެހުމުގެ ޝައުގުވެރިކަން އުތުރިގަތް ވަރުންނެވެ.

****

އަހަންނަށް ނޭނގުނު ކަމަކީ އެ ޝައުގުވެރިކަމުގެ ސަބަބުން އަހަރެންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެ ކަމެވެ.

****

’ޝާމާ ހުއްދަ ދޭތޯ އަހަރެން ކިހާ ދުވަހަކު ކެތްކޮށްފިން؟ހަމަ އަދިވެސް ތިޔަ ކިޔަނީ އިހަށް މަޑު ކުރާށޭ…އިބިލީހު ކައިވެންޏަށެއްނު މިވީ.‘ އުސައިދު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

’މި ބުނީނުން އަހަރެން އެކަމާ އެބަ އުޅެމޭ.ގާދިރަކަށް ކާށްޓެއްކަން މަހެއްކަންވެސް ނޭނގޭނެ.އެކަމަކު ކެތްތެރި ވެގެން ދޯ މިކަން ވާނީ.. އުސޭ އިހަށް ކެތްތެރިވެބަ ޕްލީޒް…‘މަންމަ ބުނެލި އަޑު އިވުނެވެ.

’ކެތްތެެރިންނަށް އިނާމު ދެންޏާ އެންމެ ކުރިން ލިބޭނެތާ ދޯ މަށަށް އެހެންވީމާ. ކެތް ވާ މަށަށް ކުރެވިއްޖެއެއްނު! އަހަންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވެން ވީ އިރަށް ޝާމާ އެ ގާދިރަކާއި ދެވާ ނިންމައިފި. ބަލަ މަ ހަމަ ކެތްކޮށްގެންނޭ ހުރީ. އެ ފިރިހެނާއަށް ތިން ދަރިން ވިހޭއިރު މަގޭ ހިތުގައި އަޅާނެ ވޭން ޝާމާ އަށް ހިތަށް ވެސް އަރުވައިލެވުނުތަ އޭން؟ ދުރުގައި ހުންނަން ހަމަ ކެތް ނުވެގެން އަނބުރާ ޝާމާގެ ގާތަށް އައީ.ޝާމާގެ ކައިވެންޏަކީ މަޖުބޫރު ކައިވެންޏެއް ކަން މަށަށް އަންޑަސްޓޭންޑް ވޭ… އަހަރެން ގާދިރު އާއި ގާތްވީ ހަމަ ޝާމާއަށް ’އެކްސެސް‘ ހޯދަންވެގެން.ފަސޭހައެއް ނޫން އޭނާ ޝާމާއާ ހެދި ހޭބަލިވެފަ ހުންނަތަން ބަލާކަށް ވެސް. ތީ މަގޭ ހައްގެއް.ކުރިންވެސް އަދި މިހާރުވެސް.އަހަރެން އަދި ޝާމާ މިލްކު ކުރާނަން. އެނގޭ ޝާމާވެސް އަދިވެސް ލޯބިވަނީ އަހަރެން ދެކެކަން.އެކަން ސާބިތުވެސް ކޮށްދީފި. ތިޔަ ހަށިގަނޑުން  އަހަންނަށް ދިން ހަދިޔާ ވަރަށް ކަމުދޭ…‘ އުސައިދުގެ އަޑުގައި ޖޯޝެއް ހުއްޓެވެ.

’ހޫނ…އެއީ ހަމަ ޖަވާހިރެއް…އެކަމަކު ގާދިރުއަށް އަށް އެނގިއްޖެއްޔާ ވާނެ ގޮތް އެނގެއެއްނު.އޭނަ މަ ރޮލާ ކާލާނެ ތޯއްޗެއް.‘ މަންމަގެ އަޑުގައި ފަސްޖެހުމުގެ އަސަރު ހުއްޓެވެ.

’ގާދިރު ދެކެ ޝާމާ ކޮން ބިރެއް ގަންނާކަށްތަ؟!މަ މިހުރީނުން. އެއްފަހަރުވެސް ހުއްދަ ދީބަލަ ނިކަން އޭނަޔާ ކުޅެލަން. މަމީ ލޯޔަރެއް.ގާނޫނު ދިރުވާލައިގެން ހުރި މީހެއް.އޭނާ ފުރޯޑެއްގައި ބައްދާލާކަށް މާގިނަ ކަންތައްތަކެއް ކުރާކަށް ޖެހޭނީކީ ނޫން. ޝާމާގެ ތިޔަ ގޮތް ދޫ ނުކުރުމާއި ފިނޑި ކަމުން.‘ އުސައިދުގެ އަޑުގައި ރުޅިވެރިކަން އެކުލެވުނެވެ.

’ބަލަ އެއީ މަގޭ ދަރިންގެ ބަފައޭ! ކަމެއް ކުރަން ޖެހޭނީ ވަރަށް ވިސްނައިގެން ދޯ.މި ބުނީނުންތަ އަހަރެން އެކަމާ އުޅެމޭ އެބަ‘ އަޑަށް ބާރުލާފައި މަންމަ ބުނެލި އެެވެ.

’ކިޔާ އެއްޗެއް ރަނގަޅަށް ކިޔާ! ތިން ދަރިންގެ! އޮޅުވާ ނުލާތި ޝާމާ! ޒައިފަކީ މަގޭ ލޭ!  ދުވަހަކު ކޮޅުން ދަރިފުޅާއޭ ކިޔާ ގޮވާލަން ނުލިބުނަސް އެއީ މަގޭ ދަރިއެއް.އެ ހައްގުން އަހަރެން މަހުރޫމު ކުރީވެސް ހަމަ ޝާމާ. އެސޮރަށް އެސޮރުގެ ބައްޕަ އޮޅުވާލީ ވެސް ހަމަ ޝާމާ. މިހާރުވެސް އަހަރެން ލޯބިން ސަމާސާއެއް ކޮށްލިޔަސް، އެއްޗެއް ބުންޏަސް އެސޮރު އެހުންނަނީ ރުޅި އައިސް ރަތްވެފައި. އަތްލިޔަސް ދަނީ ދުރަށް.ކީއްވެ؟ އަހަންނަކީ ބަފާކަން ނޭނގޭތީ! އަހަންނަކީ ބައްޕަކަން އެނގެންޖެހޭނެ.މިހާރު އެސޮރު ބޮޑުވެ މީހަކާ އިންނަ ވަރުވީ.އަދިވެސް ޝާމާޔާ ހުރެ އެސޮރަށް މިކަންތައް ނޭންގިފައި އަހަރެން މިހުންނަނީ.ޝާމާ ބުނިހާ ގޮތެއް ހަދައިގެން އަހަރެން މިހުންނަނީ ހަމަ ވާ ލޯތްބެއްގެ ބޮޑުކަމުން.ދެން ގާދިރު.ކިތައް ފަހަރު ބުނާނީ އޭނާގެ ކަންތަކާ ޑީލް ކުރަން ނިކަން މަށާ ހަވާލު ކޮށްބަލާށޭ.‘ އުސައިދު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

’ނޫން އަދި ނުވޭ ޒައިފްއަށް މިކަން އަންގާކަށް.ޕްލީޒް އަހަރެން ބުނަންދެން މަޑުކުރޭ އެއްވެސް ކަމެއް ނުކޮށް.އަހަރެން އެއްބާރުލުން ދޭނަމޭ.ކޮންމެ ގޮތެއް ވިޔަސް ދެން ތިބި ތިން މީހުންނަކީ ގާދިރުގެ ދަރީން…އެކަމަކު އެއީ ހަމަ މަގޭ ވެސް ދަރިން. ގާދިރަށް ކޮންމެ ގޮތެއް ވިޔަސް އެ ތިން ކުދިންނަށް ގެއްލުމެއް ނުވާނެ ގޮތަކަށް ހުރިހާ ކަމެއްވެސް ކުރަން ޖެހޭނީ…ޒާ އާއި ޒީވް އެހާ ވަރު ހުރޭ އުސޭއަށް…‘ މަންމަ ބުނެލިއެވެ.

’ކަމޯން ޝާމާ އަހަންނަށް އިތުބާރުކޮށްބަލަ! އަހަރެން ލޯބިވެޔޭ އެކުދިން ދެކެވެސް… އަހަރެން އެއްފަރާތް ކުރަން ބޭނުންވަނީ ގާދިރޭ. އެމީހުން ބިކައެއް ނުވާނެ އަހަރެން ހުއްޓަކާ.‘ އުސައިދު ބުނެލިއެވެ.

****

އެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައިރު އަހަންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ހިފާ ބާރުކުރަމުން ދިޔަ ހެންނެވެ. އަހަންނަށް ދެ އަތް މުށްކަވާ ބާރުކޮށްލެވުނެވެ.އެ ހުރިހާ ކަމެއް އެނގުމަށް ވުރެ ނޭނގުނު ނަމަ މާ ރަނގަޅުވީހޭ ހިތަށް އެރިއެވެ.

****

އަހަރެންގެ މުޅި ހަޔާތުގައިވެސް އެހާ ބޮޑު ’ޕުލޮޓް ޓުވިސްޓެއް‘ ނާދެއެވެ.އަހަރެންގެ އަސްލު ޚުދު އަހަންނަށްވެސް އެނގުނީ އަދި ކިރިޔާއެވެ. އަހަންނަކީ ކާކު ކަމަށް ހެއްޔެވެ؟ނުބައި ފާފައެއް ގެ ހިތި މޭވާއެކެވެ! އަމިއްލަ ނަފްސު ދެކެ އަހަންނަށް ރުޅި އާދެވުނީ އިޚުތިޔާރަކާއި ނުލައެވެ.

****

އެ ވާހަކަތައް އިވުމަށްފަހު އަހަރެންގެ ހާލަކީތޯއެވެ. ރުޅިއާއި ހިތާމަ މަސްހުނިވެ ކަރުނައިގެ ސިފަ އިޚުތިޔާރުކޮށް އަހަރެންގެ ދެ ލޮލުން ފައިބައިގަތެވެ.އެހެނަސް އެހާ ބަލިކަށިވާން އަހަރެންގެ ހިތެއް ނުރުހުނެވެ.އަތުގެ ނުފުށުން ދެ ލޯ ފުހެލީ އަމިއްލަ ނަފްސަށް ވައުދެއް ވަމުންނެވެ. ދުވަހެއްގެ ކޮޅުންވެސް އުސައިދަކީ އަހަރެންގެ ބައްޕަގެ ގޮތުގައެއް އަހަރެން ބަލައެއް ނުގަންނާނަމެވެ.އަހަރެންގެ ބައްޕައަކީ ގާދިރުއެވެ. އަހަންނަކީ ގާދިރު އެންމެ ލޯބިވާ ދަރިފުޅެވެ.އަހަރެން ދެކޭނީ އެގޮތަށެވެ. އެހެނަސް ހިތި ހަގީގަތަކީ އަހަންނަކީ އޭނާގެ ލޭ ހިނގާ މީހަކަށްވެސް ނުވިކަމެވެ.

****

ހިންޏެއް ހިރޭހާ މަޑުމަޑުން އަހަރެން އެޕާޓުމަންޓުން ނުކުމެ ދޮރު ލައްޕައިލީމެވެ. ގެންގުޅުނު ދަބަސްގަނޑުވެސް ހިފައިގެން މަގުމަށްޗަށް ނުކުތް އިރު ނަސީބަކުން ވާރޭވެސް ހުއްޓާލައިފިއެވެ. އަހަރެން ގޮސް ސައިކަލު ކައިރީ މަޑުކޮށްލީ އަނޫކްއަށް އެފުލު ފުލުގައި ގުޅަމުންނެވެ. ފަސް ހަފަހަރު ރިންގުވީ ފަހުން އޭނާ ފޯނަށް ޖަވާބު ދިނީ ނިދި ބަރު އަޑަކާއި އެކުގައެވެ.

’އައްދޭ ހާދަ މިސްވެގެން ތިއުޅެނީ.ބުރޯ ކޮން ކަމެއް ލައިގަތީ އަނެއްކާ؟‘ އަނޫކް އާފުރެމުން ބުނެލިއެވެ.

’އޭ ހިނގާބަލަ ކޮފީއަކަށް.‘ އަހަރެން ބުނެލީމެވެ.

އަހަރެންގެ އަޑުގައި ހުރި ސީރިޔަސްކަން އޭނާއަށް ފާހަގަ ކުރެވުނީ ކަންނޭނގެއެވެ.އިތުރު ސުވާލެއް ކުރަން ނުހަދާ ދާންވީ ތަން ބުނެފައި އޭނާ ފޯނު ބާއްވައިފިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

މާޒީވެ ދިޔަ ހަޔާތުން ސޮފްހާއެއް

Next

ފުރާނައިގެ ދިރުމޭތިއީ 28

Next
April 5, 2025

ފުރާނައިގެ ދިރުމޭތިއީ 28

Previews
April 4, 2025

މާޒީވެ ދިޔަ ހަޔާތުން ސޮފްހާއެއް

2 Comments!

  1. Your fav bab says:
    April 5, 2025 at 2:06 pm

    Nice ingey!!
    Haadha dhera gothekey zaaif ah evee.. Why don’t he bust it right away
    When next?

    1. Lamtty Lamtty says:
      April 5, 2025 at 9:29 pm

      Thank you 😊
      Let’s see dho.
      In Sha Allah soon ❤️

Comments are closed.

Next Episodeއެކްޓަރ (ޕާޓް 7)←


All Right Reserved!