“ޕިސް ހަރާމޭ މި ނިންޖެކޭ ކިޔާއެއްޗެއް ވެސް އަންނަން ވެއްޖެއްނޫންތަ އަޅެ؟ މިހާރު މިހެން އޮންނަތާ 2 ގަޑިއިރު ވަނިއްޔޭ! މިހާރު މިއޮށް ފަތިސް ވެސް ވިއްޔޭ ކަމެއް ދެން މިއޮތީ ޔަގީނޭ ނުނިދިގެން މިއުޅެނީ ޕާސްތާ ކޮޅެއް ނުލިބުނީމަކަން… މި ޕާސްތާއެއް ކާހިތުން މުޅި ރޭގެ ނިދިވެސް…އަޅެ މާބާރަށް ތޯއްޗެ މި ވާހަކަ ދެއްކުނީ އެންމެން މަ ހާ ނިދިގަދައެއް ނުވާންނު..” މިހެން ބުނެފައި ޒިލާލް އެނދުން ތެދުވެ ފޯނު ހިފައިގެން ގޮސް ފޯނު ހުޅުވާލާފައި ބްރައިޓްނެސް އެންމެ ހައި ކޮށްލުމަށްފަހު އިވްލީންގެ މޫނަށް ވާގޮތަށް ދިއްކޮށްލިއެވެ. ގަދަ ނިދީގެ ތެރޭގައި އޮތް އިވްލީންގެ އިޝާރާތެއް ނުވުމުން ފުއްނޭވާއެއް ދޫކޮށްލާފައި ގޮސް އަރާ އަނެއްކާވެސް ނިދޭތޯ އުޅުނެވެ.
* * * * * * * * *
އިވްލީންގެ ހިތަށް އަރައިފިއެވެ. މިއަދު މީނަ އޮފީހަށް ދިޔަސް ނުދިޔަސް ވަރިހަމައެވެ. ރޭގަ ޒިލާލް ރުޅިއައިވަރުން ދެން އަނގައިންވެސް ބުނާކަށް ނުކެރޭނެއެވެ. ދިރިއުޅުމުގައި މިހާތަނަށް ހެދުނު ކޮންމެ ގޯހެއް ވެސް، އިވްލީންއަށް ހެދިފައިވަނީ ނޫނެކޭ ބުނަންޖެހޭ ތަންތަނުގައި އާނއެކޭ ބުނެވުމުގެ ސަބަބުންނެވެ. ހަމައެގޮތަށް ދިރިއުޅުމުގައި އަޅަން ބޭނުންނުވާ އެތައް ފިޔަވަޅެއް އަޅާ، ނިންމަން ބޭނުން ނުވާ އެތައް ބައިވަރު ނިންމުންތަކެއް ހިތާއި ދެކޮޅަށް ވެސް ނިންމަންޖެހުނެވެ. އެކަމުން ވޭނާއި ހިތްދަތިކަން ލިބުނަސް ވެސް މެއެވެ. ހަމައެގޮތަށް ބައެއް ހިތްތަކަކީ އެހިތް ތަކަށް ކިތަންމެ ވޭނެއް ލިބުނަސް، އެވޭންތައް ދިން މީހުންނަށް ނަފްރަތު ކުރަން ނުދަންނަ ހިތްތަކެކެވެ. މިހާރު އިވްލީންގެ ހިތް ވެސް މިކަހަލަ ހިތަކަށް ބަދަލު ވާހެން ހީވާފަހަރުތައް ވަރަށް ގިނަވެއްޖެއެވެ. ބުނެދޭން ނޭނގޭ އިހްސާސްތަކާއި ޖަޒުބާތުތައް ހިތުގެ ތެރޭ ފުނިޖެހެވެމުން ދާހެން ހަމަ ހީވަނީއެވެ. އިވްލީން ބަދިގޭގައި ހުއްޓާ ޒުބޭރު އައިސް ޒިލާލް ކޮބާތޯ އެހުމުން އޮތީ ނިދާފައި ކަމުގައި ބުންޏެވެ. އޭރު މެންދުރުވާން ދަނީއެވެ. އިވްލީން ބެލްކަނީގައި އިނދެފައި އެތެރެއަށް ވަދެ ދޮރު ލައްޕާލި ވަގުތު ޒިލާލް ގޮވާލިހެން ހީވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މީނަ ނުގޮވާނޭ ހީވެފައި އަނެއްކާވެސް އިވްލީން ހިނގައިގަތީއެވެ.” އެކްޓްރެސް އާދެބަލަ..” މިހެން ބުނުމުން އިވްލީން ނުދާން ހުރެފައި ވެސް ދިޔައީ ހިތް ވެސް އެކަމަށް އެދޭ ވަރުންނެވެ. ހަގީގަތުގައި ބުނާނަމަ ޒިލާލްގެ އެ ފިރިހެންވަންތަ ރީތި މިއުޒިކީ އަޑުގެ ޖާދޫގައި އެތައް ފަހަރަކު ޖެހެވެނީއެވެ. “ހީވަނީ މަ ހުން އައީ ހެން… ވަރަށް އެބަ ބަނޑުހައިވޭ.. ރޭގަ ނުވެސް ކައި މިއޮތީ ވެސް..” ޒިލާލް އަމިއްލައަށް އިވްލީންގެ އަތުގައި ހިފާފައި ގެންގޮސް ޒިލާލްގެ ކަރުގައި އަތް ޖައްސާލުމާއެކު އިވްލީންއަށް އަތްދަމައިގަނެވުނެވެ. އެހާވެސް ހޫނެވެ. ހީވީ ހޫނު ފެންއެއްޗެއްގެ ތެރެއަށް އަތް ލެވުނު ހެނެވެ. ނަމަވެސް ޒިލާލްގެ މި ހަރަކާތުން އިވްލީންއަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ރޭގަ ނުކައި އޮތް ވާހަކަ ބުނުމުން އިވްލީންގެ ހިތަށް އެނގުން ވެލިއެވެ. ރޭ ހަތަރު ދަމު ނުކައި މެންދުރު އަނބުރާ 1 ޖަހަން ދާއިރު ބަނޑުހައި ވާނެ ނޫންހެއްޔެވެ؟”ކާން ދެވޭނެތަ؟ނޫނީ ގެނެސްދޭން ވީތަ؟””ގެނެސް ދީ.. ވެއިޓް ހަމްދާން އެ ގުޅަނީ އެކްޓްރެސްގެ ޖޮބް ކަންތަކުގަ ނަގާބަލަ އެ ފޯނު..” ޒިލާލްއަށް ވާހަކަ ދެއްކެނީ ވެސް ކިރިޔަ ކިރިޔާއެވެ.” ޖޮބެއް އެބައިން އެޕްލައި ކޮށްފިން އަނެއްކާ އޯކޭތަ؟ ނަރުހަކަށް ހަމަ ލީ؟ ޖޮބް ލިބިއްޖެއާ ވާނެ ކާންދޭން”” ތެންކިއު… ޔެސް އޯކޭ.. މައްސަލައެއް ނޯންނާނެ” އިވްލީން ވާހަކަ ދެއްކުމަށް ފަހު ޒިލާލްގެ އަތަށް ފޯނު ދީފައި ކާއެއްޗެހި ބަލާދާން ނިކުތެވެ.” ދަރިފުޅާ އަދިވެސް ޒިލާލް ނުހޭލާތަ؟ އޭނަ ނޯންނާނެ އެހައި ލަސްވަންދެން ނިދާކަށް އަދި އަމުދުން އޮފީސް ދުވަސް ދުވަހު “އަސްމާ މިހެން ބުނީ ޒިލާލްއަކީ އެހައި ލަސްވަންދެން ނިދަން އޮންނަ ކުއްޖަކަށް ނުވާތީއެވެ.”މަންމާ އޭނަ ވަރަށް ބޮޑަށް ހުން އައިސްފަ އޮތީ..”
“ހުން އައިއްސިއްޔާ މަގޭ ޒިލާލް ވަރަށް ފިނޑި ވާނެ… ޒީޝާލް ދެން ބަލިވީމަ ފިނޑިވާނެ އެކަން ޒީޝާލް އަށްވުރެ ޒިލާލްގެ ހާލަތު ދަށްކޮށް ދާނީ އެބަ އަންނަން މަންމަ ބޭސް ގަނެގެން…” މިހެން ބުނެ އަސްމާ ދިއުމުން ކާއެއްޗެހި ހިފައިގެން އިވްލީން ވަނީ ކޮޓަރިއަށެވެ.” މަންމަ ބުނީ ޒިލާލް ވަރަށް ފިނޑިވާނެޔޯ..” ހިނިއައިސްފައި ހުރެ އިވްލީން މިހެން ބުނުމުން ލޯ މެރިފައި އޮތް ޒިލާލް އިވްލީންއާއި ދިމާއަށް ބަލައިލިއެވެ.” މަ ފިނޑިޔަސް ކަލެއަށް ވުރެ ރަނގަޅުވާނެ… އެކްޓްރެސް ލަވައިދީބަލަ ދޭނަން ޓްރީޓެއް..”
“ހެޔޮ ޓްރީޓެއް ނުދިނަސް… އަހަރެން ޒިލާލްއަށް ކަންކަން ކޮށްދެނީ އެއްޗިއްސަކަށް ނޫނޭ…”” ހާދަ ރަނގަޅޭ އުތަ؟؟ ހިތްހެޔޮ ކަމުގެ ލާމަސީލު ނަމޫނާއެއް އެކްޓްރެސް އަކީ ދޯ” ޒިލާލް މިހެން ބުނުމުން ތުން އަނބުރާލާފައި އިވްލީން އަނެއް ފަރާތަށް އެނބުރުނެވެ. ލަވައިދޭށޭ ބުނީމަ ލަދު ވެސް ގަނެއްޖެއެވެ. އިވްލީންއަކީ ޒިލާލްފެ ޒިންމާއެއް ކަމުގައި ނުފެނުނު ނަމަވެސް ޒިލާލްއަކީ އިވްލީންގެ ޒިންމާއެއް ކަމުގައި އިވްލީން ދެކެއެވެ. ކޮންމެ ހާލެއްގައި ވިޔަސް އިވްލީންގެ ފަރާތުން ޒިލާލްއަށް ކޮށްދޭން ޖެހޭ ކަންކަން ހެޔޮހިތުން ކިށްދޭނެއެވެ.ހުން ރަނގަޅު ވުމުން ކުރީގައި ހެން ޒިލާލް އިވްލީންއާއި ދިމާއަށް އެއްޗިހި ގޮވަންފެށިއެވެ.2 ހަފްތާ ވަރު މިކަހަލަ ގޮތަކަށް ދިޔައިރު ކުރިއަށް ވުރެ މާބޮޑަށް ޒިލާލް އެއްޗިހި ގޮވަން ފެށިއެވެ. އިވްލީން މިކަމާ ނުރޮވެ ހުންނަ ރެއެއް މަދުވާނެއެވެ. މިހާރު އަބަދުވެސް ޒިލާލް އާއި މެދު ހިތުގައި ޝަކުވާ ނޫން އެއްޗެއް ނޯވެއެވެ. ނަމަވެސް އެ ހިތަކަށް ޒިލާލްއާއި މެދު ނަފުރަތުކަމެއް ނުވެއެވެ. އިވްލީންއަށް ވަޒީފާ ލިބި ވަޒީފާއަށް ދާން ފެށިފަހުން ވެސް މިހާރު ހަފްތާއެއް ވެއްޖެއެވެ. ހަމްދާން،ރާއިލް،ޔުމްނާ މާލެ އައި ފަހުން ވެސް ހަފްތާއެއް ވެއްޖެއެވެ. ދެން އެންމެ ގަދަޔަކަށް ވެސް ދެކެވެމުން ދިޔައީ ޔުމްނާއާއި ރާއިލްގެ ކައިވެނީގެ ވާހަކައެވެ. ރާއިލްގެ ވަޒީފާ ލިބުމާއެކު ކައިވެނި އަވަސްކުރުމަށް ރާއިލް ނިންމީ ޔުމްނާ ގެއްލިދާނޭ ހީވާތީއެވެ. ރާއިލްގެ އަބަދުމެ އުއްމީދަކީ މިހާރު ޔުމްނާ ރާއިލްގެ އަނބިމީހާގެ ގޮތުގައި ހުންނާނެ ދުވަހެއް ފެނުމެވެ. ފާހަނައަށް ވަދެ ނުކުތް އިވްލީންއަށް ޖެހުނީ ޒިލާލްގެ ބަސްތަކާއި ކުރިމަތިލާށެވެ. ހިނދުކޮޅެއްގެ ތެރޭގައި އިވްލީންގެ ކޯތާފަތް ތެންމާލައިފިއެވެ. ޔުމްނާގެ ކައިވެނީގެ ކަންތައްތަކުގައި މާހިރު އުޅެން ފެށުމުން މާޔާ ހުންނަނީ އެކަމާއި ހިތްހަމަނުޖެހިފައެވެ. ނަމަވެސް މާޔާއަށް އެކަމުގައި ބުނެވޭނެ އެއްޗެއް ވެސް ނޯވެއެވެ. ޔުމްނާގެ ކަމެއްގައި ވިޔަސް ހަމްދާންގެ ކަމެއްގައި ވިޔަސް މިއަދު އުޅެންޖެހޭނީ ހަމަ މާހިރުކަން މާޔާ ގަބޫލުކުރެއެވެ. އެކަން ހުއްޓުވަން އުޅެފި ނަމަ މީރާއަށް މާޔާ ވަރުގެ ގޮސް މީހަކު ނުހުންނާނެއެވެ. ބައެއް ކަންކަމަކީ ކިތަންމެ ކުރަން ބޭނުން ނަމަވެސް ހިންދިރުވާލަފައި އެކަން ވާން އޮތް ގޮތަކަށް ދޫކޮށްލަން ޖެހޭ ކަންކަމެވެ. ކޮޓަރި ދޮރު ހުޅުވާލި އިވްލީންއަށް ފެންނަމުން ދިޔައީ ވަރަށްވެސް އުފާވެރި މަންޒަރެކެވެ. އަރީކާ،އީވާން އަދި ވަހީދުގެ މަތިން ހަނދާން ވާންފެށި ފެންނަމުން ދިޔަ އުފާވެރި ވަގުތު ކޮޅުގެ ސަބަބުންނެވެ.
” ޒީއްކޮ!!! ކީއްވެ ތުއްތު ކައިރި ނުބުނީ؟؟؟؟ މަންމާ ބައްޕާ މިއޮށް އައީ ޒީއްކޮ” ސޯފާގައި އޮތް ޒިލާލް ފުންމައިގެން ތެދުވަމުން ބުންޏެވެ. ޒީޝާލް ގޮވައިގެން އައިސް ހުރީ ޒެއިންއެވެ.”އަހަން ދަރިފުޅޫ… ނުވެސް ބުނޭ… ގްރެޖުއޭޝަން ވެސް ނިންމާފަތަ ތިއައީ؟؟؟” ޒުބޭރު ވެސް ހުރީ ވަރަށް އުފާވެފައެވެ.”ލައްބަ ގްރެޖުއޭޝަން ނިމިއްޖެ…. އެކޮޅުގަ ތިބި އެއްވެސް ކުއްޖަކު ވެސް ފެމެލީއެއް ނުގެންދޭ އެހެންވެ ނުބުނީ…. އެކޮޅުން ބޭނުންވަނީ އަނެއްކާ ވެސް އާ ބެޗެއް ފައްޓަން އެހެންވެ ބުނެފަ އޮތީ އަވަހަށް ނިންމާލަންށޯ ބޭނުމީ… ދެން އެއްކޮށް ނިމުނީމަ މިއައީ..” ޒީޝާލް މިހެން ބުނެފައި ދެން އައީ އިވްލީންގެ ގާތަށެވެ. އަސްމާ ވެސް ހީވަނީ އުފަލުން ގޮސް ޒީޝާލް ކާލަފާނެހެނެވެ.”ހާދަ ލޯބިއޭ މާޝާﷲ ތުއްތު ދައްތައެއް ވެސް ލިބުނީ ދޯ…މި ތުއްތުއަށް ވުރެ މާ ރީތި ތުއްތުދައްތަ…” މިހެން ޒީޝާލް ބުނުމާއެކު ޒީޝާލްގެ ފަހަތުން ޒިލާލް ދުއްވައިގަތެވެ.” ފެށުނީ މި ދެން ޓޮމް އެން ޖެރީގެ ފައިޓް…” ޒެއިން މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. ހިތި މާޒީގެ ދުވަސްތައް ހަނދާނަށް އަންނަމުން ދިޔައީ ޒީޝާލް އުޅެމުން ދާ ގޮތުންނެވެ. ނިޝްރީން މިގެއަށް އައި ދުވަހު ޒީޝާލް ބުނެލި ޖުމުލަ ކަންފަތުގައި ގުގުމަމުން ދިޔައެވެ.އެ އުފާވެރި ދުވަސްތައް އަނބުރާ ލިބޭނެ ނަމައޭ ޒެއިންގެ ހިތަށް އަރައެވެ.އަސްމާއާއި ޒުބޭރު ކުޅިބަލަން ތިބި އިރު އިވްލީން ވެސް ގޮސް ވަނީ ކޮޓަރިއަށެވެ.
މާޔާގެ ރުޅިގަނޑު ދެގުނަ ވާގޮތް ވީ ޔުމްނާމެންގެ ވެޑިން ކާޑުގެ އިންވިޓޭޝަން މާޔާއަށް ފޮނުވާފައި އޮތުމުންނެވެ. މާޔާގެ ކައިރީގައި އިން ނޯރާއާއި ހެދީ ކޮންޓްރޯލް ކުރަން އުޅޭ ރުޅިގަނޑު މަތަ ނުވާހެން ވެސް މާޔާއަށް ހީވެއެވެ.” ކަލޭ ހާދަ ފިނޑިއޭ ތި ވެޑިންއަށް ދިއުމަކުން މައްސަލައެއް ނޯންނާނެ ގަޓެއް ވެސް ނުހުރޭ ދޯ.. ފޭކު ގޮލައެއް…” ނޯރާ މިހެން ބުނުމުން މާޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރޯވެ އަނދަމުން ދާ އަލިފާން ގަނޑަކަށް އިތުރަށް ދަރުއަޅައި ހުޅުރޯކުރުމަކީ ނޯރާ އާއްމުކޮށް ކުރާ ކަމެކެވެ.ނަމަވެސް ރޯވެ އަނދަމުން ދިޔަ މާޔާގެ އަލިފާން ގަނޑުގެ ހުޅު އިތުރުށް ރޯ ކުރުމަކީ ކުރިއަށް އަންނަން އޮތް ބޯ ވިލާގަނޑުގެ ވައި ގަދަވުން ކަހަލަ ކަމެއް ކަމެއް ނޯރާއަކަށް ކުޑަކޮށް ވެސް ރޭކާނުލިއެވެ.” މަތަ ފިނޑީ އަދިވެސް؟؟؟ މަތަ ފޭކީ؟؟؟؟ އަމިއްލައަށް ރައްޓެހިވެގެން އުޅޭ ބޯއި ފްރެންޑު މީހަކާއި އިނދެގެން އުޅޭއިރު އަދިވެސް މަތަ ގަޓެއް ނެތީ؟؟ މަހެއް ވާން ދަނީ ތޯއްޗެ މި… ގަޓު ހުރި މީހަ ފެނޭންނު އެބަ ފޭކު ގޮލާ އިނގިއްޖޭނުން..!!!”މާޔާ ހަޅެއްލަވައި ގަނެފައި ހެން ބުނި މި ޖުމުލަ އާއެކު ނޯރާއަށް ފުއްމައިގެން ތެދުވެވުނެވެ. ކީކޭހޭ އަހާލުމުން އަނެއްކާވެސް މާޔާ އެ ޖުމުލަ ތަކުރާރުކޮށްލިއެވެ.މާޔާ ބުނަމުން ދިޔަ ވާހަކަ އެއްގޮތަކަށް ވެސް ނޯރާ ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ.”މާޔާ ބުނަންތަ މަޖަލަކަށް ހަދާފަ ވެސް ތިކަހަލަ ވާހަކަ ނުދައްކާ ހުރޭ!!!!!”ނޯރާ އެއްގޮތަކަށް ވެސް އެވާހަކަ ގަބޫލެއް ނުކުރެއެވެ. އެހެންވަނީ ކިހިނެއްހެއްޔެވެ؟ މިހެން ވެއްޖެ ނަމަ ނޯރާއަކީ މިއަދު ހާދަ ނާކާމިޔާބު މީހެކެވެ.” މަޖަލޭ!! އަސްލު މަގޭ ކަންފަތައް އިވިފަ ހުރި ވާހަކައެއް… މަ އެކަން ވަރަށް ސީރިއަސްކޮށް މިކަން ނެގީ ދެން ކަލެއަށް މަޖާވިޔަސް ….” ނޯރާއަށް މިވާހަކަ ގަބޫލުނުކުރެވެމުން ދިޔަ އިރު މާޔާ މަލާމާތް ކުރާ ފާޑަށް ދާތީ އައި ރުޅިން މާޔާގެ ކޮޓަރިން ނުކުމެ ވައިސޫރިއެއް ފަދައިން އެ ގެއިން ނުކުމެގެން ގޮސް ކާރަށް އެރިއިރު ނޯރާގެ ބެލުމުގައި ދެ ގުނަ ނުރައްކާތެރިކަން ވިއެވެ. ކޮޓަރީގެ ބެލްކަނީގައި ފުން ހިޔާލަކަށް ގެއްލިފައި އިން އިވްލީންއަށް ސިހުމެއް ލިބުނީ ޒީޝާލް އައުމުންނެވެ. މިހާރު ބެލްކަނީ އިވްލީންގެ ގާތް މިތުރަކަށް ވެއްޖެއެވެ.”ތުއްތުދައްތަ ހޯދާ ހޯދާ ބަލިވެސް ވެއްޖެ…މިއުޅެނީ ބޭރަށް ދާނެ މީހަކު ނުވެގެން…. ދެވޭނެތަ؟” ޒީޝާލް މިހެން ބުނުމުން އިވްލީން އާނއެކޭ ބުންޏެވެ. ދެމީހުން އެކުގައި ނުކުންނަން ދަނިކޮށް ޖެހުނީ ޒެއިންގެ ކުރިމައްޗަށެވެ.
” ކޮންތާކަށް؟ދޮންބެ ނުގެންދާނަންތަ؟؟” ޒެއިން މިހެން ބުނާނެކަން މާކުރިން ވެސް ޒީޝާލްއަށް އެނގުނެވެ.”ބޭރަށް ދާން މިދަނީ… ދޮންބެ ވެސް އާދެބަލަ…” ތިން މީހުން އެކުގައި ބޭރަށް ދިޔައީ ހިނގާލާފައެވެ. ހިނގާފައި ދިޔައީ ޔުމްނާގެ ކައިވެނީގެ ތައްޔާރީތައް ވަމުން ދާތީ ޒިލާލް ކާރު ނަގާފައި ވަމުންނެވެ. ޒެއިން އާއި ޒިލާލްއަށް ކާރެއް ދީފައި އޮންނަ އިރު ޒުބޭރުގެ ކާރެއް ވެސް އޮވެއެވެ. ނެތް ވަރަށް ބާރު ސްޕީޑްގައި ކާރު ދުއްވަމުން ދިޔަ ނޯރާއަށް ކާރުގެ ސްޕީޑް މަޑުކޮށްލަން ޖެހުނީ ފެނުނު މަންޒަރަކުންނެވެ. މާޔާގެ ކޮޓަރިއަށް ވަންނަން ދޮރުގައި ދެތިންފަހަރަކު މީރާ ޓަކިޖެހިއެވެ. ވަންނާށޭ ބުނުމުން ލަސްތަކެއް ނުކޮށް މީރާ ވަނެވެ.”ގޮއްސި ބައްޕަ…”މީރާ މިހެން ބުނުމުން މާޔާގެ މޫނަށް ސުވާލު މާކު ތަކެއް ޖެހުނެވެ.”ކޮންތާކަށް؟”” ހަފިއްތަ ގެއަށް ޔުމްނާގެ ކައިވެނީގެ ކަންތަކުގަޔޯ މަންމަ ކައިރި ބުނި ބައްޕަ އެ ކައިވެންޏަށް ދާން ވާނެޔޯ…””ހޫން ތީ ތިވާގޮތް މިހާރު ތިކަމަކައިގެން ބައްޕައަށް ވިޔަފާރީގެ ކަންތަކުގަ ނޫޅެވޭ… މާބޮޑަށް މިހާރު ބައްޕަ ފަރުވާ ކުޑަކޮށްލަނީ…މަންމަ ވެސް މިހާރު ވެއްޖޭނުން ބައްޕަ މުށުތެރެއަށް ލައިގެން ގެންގުޅެން.. ދެން ތިހެން އުޅެނިކޮށް މަންމަ އަތުން އަދި ބައްޕަ ޖަހައިގަންނާނެ އެ ހަފީޒާ” ހިތްހަމަނުޖެހި އޮވެ މާޔާ ދިޔައީ ހުރިހާ ރުޅިއެއް ހަފީޒާއަށް ބާލަމުންނެވެ.” ތިއޭ މައްސަލައަކީ މާޔާގެ… މާޔާ އާއި ހެދީ ހަފިއްތަ އާއި ހަމްދާންގެ ހިތް މަންމައާއި ދޭތެރޭގަ ސާފުނުވަނީ… މާޔާ ދަރިފުޅު ތިހެން ބުނާއިރު ވެސް އެނގެންވާނެ ދޯ ހަފީޒާއަކީ ބައްޕަގެ ދޮށީ އަނބިކަން.. އެވެސް ބައްޕަގެ އަތްބެކޭ… ދަރިފުޅާ ހެދިގެން ބައްޕަ ވެސް ހަފީޒާ ކައިރިއަށް ނުދަނީ ދަރިފުޅު ހިތްހަމަނުޖެހޭތީ …ތިގޮތަށް ހަދާކަށް ނުވާންނު އެމީހުން ދެކޭނީ މަންމަގެ ސަބަބުންކަމަށް ބައްޕަ ނުދަނީ… މާޔާ ދިޔަސް ނުދިޔަސް މަންމަ ދާނަން އެ ކައިވެންޏަށް…” މިހެން ބުނެފައި މީރާ މާޔާގެ ކޮޓަރިން ނުކުތެވެ.”މީނަ ހުންނާނެ އަދި މާ ހަފީޒާ ވެފަ… ވަރަށް ފޫހިވޭ ހަފިއްތަޔޯ … މި މަންމަޔާއިގެން މިއޮށް ރިޗް ބައްޕަ ގެއްލިއްޖެއާ ވަރަށް ތާހިރު ފަށެއް ވާނެ…” މާޔާއަށް ހިތާހިތުން ކުދިކިޔާލެވުނެވެ.
ނޯރާގެ މޫނުގައިވި ނުތަނަވަސްކަން ފިލައި މޫނަށް ހިނިތުންވުން ވެރިވީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން ހުރިހާ އެއްޗެއްވެސް އެނގި ހާމަވެއްޖެއެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ފޯނަށް ރައްކާކޮށްލީ މިކަން ޔަގީންކުރާނަމޭ ބުނާ ފަދައިންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





mashallah mi part vrh reethi when next part cant wait for next
keep it up good works
lyyyyy
Thank yu malaa ❤️
Next ep maybe tomorrow??
Lymm ❤️❤️❤️❤️❤️
alheyy zilaal ge ulhun badhalu kuraa nama ehnu dhw..
eyrah haadha ufaleh ivlyn vaane yey…
finally raail and yum is getting married aaaah so cool
omg kaivenyyah dhaan invite kureema ufalun dhaan v kee noontha…
mi maayaa niyoh anna rulhi eh dhw ekamakuvaaa…
nora ah fenunu manzarakee kobaabaa??
vrh curious
btw Mi part vx vrh reethi Masha Allah 💗
i really enjoy you ge hurihaa vhk thakeh vx kiyan
its so good that i barely remember the things happening in my own place hehe…
u are vrh talented kuhjjeh lim…
hama vrh salhi bunaane ehcheh vx neyngeyhaa reethi..
dhn neynge kiyaaneka ehcheh vx
you are the best of the best author Lim
I just want to read the next part right now 😭
but still take your time and do it
will keep supporting you Lim sis ❤️
tc 💖
vrh loabiveyyyy Lim 😘😘😘
Thank yu leeshaa ❤️
Mioh bodu comment fenuneema bas huhtifa meeny… Vrh ufaa vejje mi comment kiyaafa 🥹 asluga ves alhugandu ves hithah araa zilaal ge ulhun badhalu kuraane nama ey ivleen vrh ufaa vaane eyrah….
Yesss after Soo long finally they’re getting married … Keehkuraany dhw Maya ulhey gotheh hehe…. Thank yu thank yu thank yu ☺️
Happy to be the best author 🫶🏻🥹
Maa Gina iru wait kuraakah nujahsaanamey mhr kudakoh dhigukoh liyaathy delay vanee…
Tc💓
Loabivey bodukoh ❤️❤️❤️❤️❤️
Masha Allah mi part ves vrh reethi I appreciate your hard work you are the best athour kithanme lahun kiyaalan libunukamugaiviyas vrh ufaavey mikahala reethi story keep it up dear
Thank yu Devil ❤️
Alhuganduge massaikaiy appreciate kuraathy vrh ufaa veyy……alhamdhulilah🥹 really happy to be the best author🫶🏻🫶🏻
Mihaa reader’s ah understand vaathyy hama vrh ufaa kuran…
Mikahala reethi story eh kiyuntherinaa hisaabah genesdheythy Keep doing your hard work alhugandhu ge support libeyne insha’Allah my dear lim
Thank yu Devil ❤️
Alhuganduge massaikaiy appreciate kuraathy anehkaa ves..vrh ufaa veyy……alhamdhulilah 🥹 and thank you for supporting 🫶🏻❤️ vrh ufaa vejje asluvx…
Lim luving Mi part ves vrh reethi Masha Allah ❤️
maaya haadha jealous vaahen heeveyey eba 😅
your writing skills are improving day by day my luv ❤️
I am so proud of you loabs
i love you vrh bodukohhh lim 😘💖😍
Thank yu Azaan ❤️
Maaya dhw yeah she’s jealous kanne plus angry… Hehe… Yess I’m trying my best improve kuran inshallah I’ll do my best kuriah oiy thanuga ves… Mistake eh ulhenya faahaga kohladheyythi ingey ❤️❤️
Alheyy mi comment kiyaafa ves vrh ufaa vejje🥹
I luv yu maa bodukoh❤️❤️❤️❤️❤️
Wooww soo good
Masha allah ❤️
Vrh curious kohlaafa thi ninmaali
What’s gonna happen next ?
When next episode?
Its getting more interesting 👀
Lyy lilyy dear 🫶
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Evleen and zilaal dhuru nukurachey
Yum and raail ves
They all are made for each other
Alhey zilaal islashu veema evleen haadha ufaa vaane ey
I appreciate your hard work
Thank yu ❤️..❤️
Maabodah anehkaa curious kohlevunee tha??
Let’s what’s going to happen next
Next ep dhw bunaane ehcheh ves neynge thiah mhr ??
Lym lilly ge loabee ❤️❤️❤️❤️❤️
Thank yu Cutie girl ❤️
Ivlyn and zilaal vrh faadakah dhw miulhenee 🧐
Let’s see what’s going to happen next??
Yeah zilaal islaahu vejje aa vrh ufaa vaane kanne ivlyn ekm zilaal islaahu vegen dho hehe balamaa
Thank yu for understanding ❤️
vrh reethi mi part…
keep it up
when next part?
Thank yu rai ❤️
Thank yu thank yu ☺️
Vrh ufaa vejje Rai ge comment eh fenuneema ☺️
Next ep ah bunaane ehcheh neynge hama alhugandakah dear vrh ufaa vefa meeni a lots of comments ❤️ hehe next maybe tmr
u haadha talented ey Masha Allah
vrh reethi mi part…
kn irakun next part
Thank yu nuhaaa ❤️
Mi part reethi v ma vrh ufaa vejje 🥹
Next ep maybe tmr…
Vrh loabi mi part vx hama Vrh furihama ❤️
Btw limsha where r u from… Cux i think ik u
Thank yu your fav bab ❤️
I’m sorry this is a public place so I’m really sorry ???I can’t tell??
Maashaa allah mi part ves varah reethiiiiii
When next???
Ur so talented sissy
Luv yah😘
Thank yu Ishu❤️
Next ep today inshallah…
Awww luvvv yuuu more🥰🥰
Tc 💗