
ނޯރާގެ މޫނުގައިވި ނުތަނަވަސްކަން ފިލައި މޫނަށް ހިނިތުންވުން ވެރިވީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން ހުރިހާ އެއްޗެއްވެސް އެނގި ހާމަވެއްޖެއެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ފޯނަށް ރައްކާކޮށްލީ މިކަން ޔަގީންކުރާނަމޭ ބުނާ ފަދައިންނެވެ.
* * * * * * * * * *
އިތުރަށް ލަސްކުރަން ނުހަދާ ޒިލާލްއަށް ގުޅާ އެތަނަށް އައުމަށް ބުނީ މާ ރަނގަޅަށް މިކަން ޔަގީންކުރަން ނޯރާ ބޭނުންވާތީއެވެ. އެއިރު އެތާނގައި ޒީޝާލްމެން މަޑުކޮށްގެން ކައިރީގައި ހުރި ފާރު މަތީގައި އިށީނދެގެން ތިބީ ޒެއިން ދަޅުގަނެދިނުމުންނެވެ. ރާއިލްމެން ކައިރީގައި ހުރެފައި ނޯރާ ގުޅުމުން ޒިލާލް ނޯރާ ބުނި ތަނަށް ދިއުމަށް ނުކުތެވެ. ޒީޝާލް ކިޔަވަން ގޮސް އުޅުނު އިރު ވެފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކަ އިވްލީންމެންނަށް ކިޔައިދެމުން ދިޔައެވެ.
” ދޮންބޭ ކާކާތަ ތުއްތުގެ ފްރެންޑް ޔުމްނާ މެރީ ކުރަން އުޅެނީ ؟”
ޒީޝާލް މިހެން އެހުމުން އިވްލީން ވެސް އެކަމަށް ޝައުޤުވެރިވީ އިވްލީންއަށް ވެސް ޔުމްނާ އެނގޭތީއެވެ.” ނަން ވެސް އެނގޭ މާކަށް ބޮޑަކަށް ހަނދާނެއް ނުވޭ ވަރަށް ފަހަކުން ދޮންބެމެންގެ ޓީމަށް ޖޮއިން ކުރި ކުއްޖެއް އެއީ ހަމަ ވަރަށް ނައިސް… ހަމަ ހަނދާނަށް ނައިސްގެން މިއުޅެނީ… އާނ ރާއިލް ކިޔަނީ..” ޒެއިންގެ އެންމެ ފަހު ލަފުޒާއެކު އިވްލީންއަށް ޝޮކެއް ޖެހުނެވެ.” ވަޓް ރާއިލް އޭ؟؟” އިވްލީން ހުރީ އަދިވެސް ހަމަ ޝޮކެއްގެ ތެރޭގައެވެ. ވާނީ ވެސް އެހެންނޫންހެއްޔެވެ؟ ރާއިލްއާއި އެކު އުޅުނު ދުވަސްކޮޅު ޔުމްނާގެ ނަން ގަތަސް އޭނަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ފަހަރެއްގައި ފަހުން ދިމާވީ ކަމަށްވެދާނެއެވެ. ކޮންމެ އަކަސް އިވްލީންގެ ހިތުގައި މިކަމެއް ހޯދުމުގެ ޝައުޤުވެރިކަން އުފެދިއްޖެއެވެ. ހަމައެކަނި ބޭނުމަކީ ރާއިލް ގާތުން ވީ ކިހިނެއްތޯ އޮޅުންފިލުވާށެވެ.” ކިހިނެއްވީ ތުއްތުދައްތަ ދަންނަން ތަ އޭނަ؟” އިވްލީންއަށް ވީގޮތުން ޒީޝާލް އަހާލިއެވެ.”އާނ ފްރެންޑެއް އެއީ..” އިވްލީންއަށް ބުނެވުނު އެތި ހިތަށް އެރީ މާފަހުންނެވެ.” ތިހެން ވިއްްޔާ އިވްލީން ވާނެ އެ ވެޑިން އަށް ދާން..” ޒެއިން މިހެން ބުނުމުން އިވްލީން ބޯ ޖަހައިލިއެވެ. އިވްލީންގެ ސިކުނޑީގައި އެވަގުތު ވެސް ފުނިޖެހެމުން ދިޔައީ އެ ހިޔާލުތަކެވެ.” ވަޓް؟؟؟ ތުއްތު ކީއްކުރަނީ މި ނޯރާއާއެކީ؟؟؟؟” ޒީޝާލް އިށީނދެލައިގެން ހަމަޖެހިލައިފައި އިނދެފައި ޒިލާލް ފެނުމާއެކު ފުންމައިގެން ތެދުވިއެވެ. ހަމަ ޒީޝާލް މިހެން ބުނުމާއެކު ހެން ޒެއިންގެ ސަމާލުކަން ވެސް އެދިމާއަށް ދަތުރު ކުރިއެވެ.އެވަގުތު ފުން ހިޔާލު ތެރޭގައި މަސްތުވެފައި އިން އިވްލީންއަށް އިތުރު ބޮޑު ސިހުމެއް ގެނުވީ ޒިލާލް ފެނުމުންނެވެ. އެއިރު ވެސް ފާރު މަތީގައި ތިބި އިވްލީންމެންނެއް ޒިލާލްގެ ލޮލަކު އަޅައެއް ނުގަނެއެވެ. ޒިލާލްގެ ކާރުގައި ލެނގިލައިގެން ޒިލާލް ހުރިއިރު ނޯރާ ހުރީ ޒިލާލްއާއި ނުހަނު ގާތުގައެވެ. ފެންނަމުން ދިޔަ މަންޒަރުން އިވްލީންގެ ހިތް ކަތިލަމުން ދިޔަކަހަލައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމަށް އިވްލީން ދިޔައީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.” ކިހިނެއްވީތަ ސްވިޓީ ؟ ބިޒީ ކަމުން ސްވިޓީއަށް ޓައިމް ކޮޅެއް ވެސް ނުދެވެއޭ ދޯ؟؟”” ޒެއްލު އެތިބީ ކޮންބައެއްތަ؟ ދޮންބެގެ ވައިފްތަ؟ ހިނގާބަލަ އެމީހުން ކައިރިއަށް” ނޯރާމިހެން ބުނުމުން ބަލާލިއިރު ޒިލާލްގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ.
ބަސްޓުވެއްޖެއާ މިހާ ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުނު ލޯބިވެރިޔާ ގެއްލޭނެތާއެވެ. ކަންދިމާކުރި ގޮތުން އިވްލީންއަށް އިނދެވުނީ ވެސް ޒެއިން ކައިރީގައެވެ.” އަދި އެބަ އާދޭންނު މިދިމާއަށް… އުޅޭ ވައްތަރެއް ޗީޑި..” ޒީޝާލް ދިޔައީ ނެތް ވަރަށް ކުދިކިޔަމުންނެވެ.” ޒީއްކޮ އެއްވެސް އެއްޗެއް ނުބުނާތި!! ތުއްތުއަށް ޑިސްރެސްޕެކްޓް ކޮށްގެން ނުވާނެ…” ޒީޝާލް ކުދިކިޔަމުން ދިޔައިރު ވަރަށް ހިތްހަމަ ނުޖެހިފައި އިން ކަން ޒެއިންއަށް އިނގޭތީ ކުރީބައިގައި ބުންޏެވެ. އިވްލީންގެ ސިކުނޑީގެ މަސައްކަތް ވެސް ހީވީ އެވަގުތު ހުއްޓިފައި ވީ ހެނެވެ.”މީ އިވްލީން.. މަ ދޮންބެގެ ވައިފް..” ޒިލާލްގެ މި ޖުމުލައިން ހީވީ ތިންމީހުންގެ ފައިދަށުން ބިންގަނޑު ދަމައިގެންހެނެވެ. ޒިލާލްގެ ލޮލުގައިވި ނުރައްކާތެރިކަން ޒީޝާލް އަދި ޒެއިންއަށް އިހުސާސް ނުވި ކަމުގައި ވިޔަސް އިވްލީންއަށް ދިޔައީ އެކަމުގެ އަސަރުތައް ކުރުވަމުންނެވެ. ޒިލާލް ލޮލުން ދިޔައީ އިވްލީންއަށް މަޖުބޫރުކުރުވަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.” ޔެސް… ތި ކާކު؟” އިވްލީން މިހެން ބުނީ ގައިގައި ވެސް ނެތް ހިތްވަރެއް ނެރިގެންނެވެ.” އައިމް ދޯ ޒިލާލްގެ ސޫން ޓު ބީ ވައިފް…” ނޯރާގެ ހުންނަ ތުއި ކަމަކުން ޒީޝާލް ހުރީ ފޫހި ކަރުވައި ގަނެފައެވެ.” އޯހް ހޭ ޔޫ ކޮންއިރަކު އައީ؟؟” ނޯރާ ތުއި ވެފައި ހުރެ ދެން ވާހަކަ ދެއްކީ ޒީޝާލްއާއެވެ. ނަމަވެސް ޒީޝާލް އަނގައިންވެސް ނުބުނާނެކަން އެނގޭތީ ޒެއިން ޖަވާބު ދިނެވެ.
އެވަގުތު ނޯރާގެ ފޯނު ރިންގުވަމުން ދިޔުމާއެކު ދަނީ ކަމުގައި ބުނެ ފޯނު ނަގަމުން ގޮސް ކާރަށް އަރާ ނައްޓާލިއެވެ.” އައްޗީޑި ތުއްތޫ ޗީޗީ ހަޑިގޮތެއް ވެސް ނޯވޭ… މަށަށް އަދި ކިރިޔާ މީން ކަމެއް ރޭކާ ވެސް މިލީ…. ލަދެއް ވެސް ނުގާނޭދޯ …” ނޯރާ ހަމަ ދިއުމާއެކު ހެން ޒީޝާލް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
” ޒީޝާލް ބޭކާރު ވާހަކަނުދައްކާ…. މަ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަންކަމާ ބެހުމުގެ ހައްގެއް އެއްބަނޑު މީހަކަށް ނޯންނާނެ…މިއަދު މަގޭ ބަދަލުގަ މިހެން ތިހިރަ ފެންނަ ޒެއިން ކަންތައްކުރި ނަމަ ނުވާނެ ގޯހެއް ޒީޝާލް އަކަށް ވެސް…….. ދެން ތިވަރަށް ލޯބިވާއިރު ޒެއިން އާއިއެކު އުޅިބަލަ މަށަކީ ތިހާ މުހިންމު މީހަކަށް ނުވަންޔާ!!” ޒިލާލް ކިޔަން ބޭނުންވި އެއްޗެއް ކިޔުމަށްފަހު އައި ރުޅީގައި ކާރަށް އަރާ ދޮރު ޖެހީ ވެސް ނެތް ވަރަށް ބާރަށެވެ. ޒިލާލްއަކީ ދުވަހަކު ވެސް ޒީޝާލް އާއި ދިމާއަށް ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނި ވެސް މީހެއް ނޫނެވެ. ޒެއިންގެ ކައިރީގައި ހުރި ޒީޝާލްގެ ބަޑި ފަޅައިގެން ދިޔައީ ޒިލާލް ހަމަ ދިޔުމާއެކު ހެނެވެ.
ޒިލާލް އަކީ އެތަނެއްގައި ބުނަން ޖެހޭ އެއްޗެއްނަމަ ބުނެލައި މީހެކެވެ. ކުރުގޮތަކަށް ބުނާނަމަ “” ހިފުމެވެ. ޒިލާލްގެ މި ސިފަ ދެން ވާރުތަ ކުރީ ޒީޝާލްއަށެވެ. ނަމަވެސް އެއާ ޚިލާފު ޒެއިން އަކީ މަސްލަހަތަށްޓަކައި ބުނަން ޖެހޭ އެއްޗިހި ނުބުނެ ހިންދިރުވާލައިގެން ހުންނަ މީހެކެވެ. ގެއަށް އައިސްފައި ވެސް އިވްލީންއަށް ކޮޓަރިއަށް ވަންނަން ނުކެރިގެން މަޑުކުރީ ޒީޝާލްގެ ކޮޓަރީގައެވެ. ވީ ކުޑަވަގުތުކޮޅުގެ ތެރޭގައި އިވްލީން އާއި ޒީޝާލް އާއި ދެމެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އުފެދުނެވެ. އެރޭ ތަންކޮޅެއް ލަސްވެސް ވީ ފަހުން އިވްލީން ކޮޓަރިއަށް ވަދެ ބަލާލިއިރު ޒިލާލް އޮތީ ސޯފާގައި ނިދާފައެވެ. އެހެންކަމުން އިވްލީން ނިދަން އޮތީ އެއް ބާލިހާއެކު އެނދުކައިރީ ތިރީގައެވެ. އިވްލީންއަށް ދެން ހޭލެވުނީ ޒީޝާލް އައިސް ގޮވަން ފެށުމުންނެވެ. ގައިގައި ރިއްސާވަރުން ކެތްނުވާވަރު ވެއެވެ.”ތުއްތުދައްތާ… އެކަމަކު މިތަނުގަ ތަ ނިދަން ވެސް ޖެހެނީ؟؟؟ ތުއްތު ބުނެގެން ދޯ ޔަގީނޭ… އެކަމު އެނގޭތަ ތުއްތު އެއް ނޫޅޭނެ އެހެނެއް ކުރިންނެއް މީހުންނާއި ގުޅޭނެ … އެހެން މީހުންގެ އިހްސާސްތައް ދަންނާނެ… ވިހަ ގަދަ މީހަކު ވިހަލާފަ އެހުރީ ރަނގަޅަށް ވެސް… މަ ގާތަށް ހަދާ ރުޅިއެއް އައޭ ރޭގަ ހުވާމިކުރީ….” ޒީޝާލް ވެސް އިވްލީން ގާތު ދެފައި ވަށްކޮށްލައިފައި އިށީނެވެ.” ވިހަ ގަދަ މީހެކޭ؟؟ ރޭގަ ދޯ އޭނަ އެނގޭތަ ޒީއްކޮއަށް؟” ޒީޝާލްގެ ފަރާތުން ފަހަރެއްގައި އޭނަ އެނގިދާނޭ ހިތާ އިވްލީން އެހިއެވެ.” އެނގޭނެ ދޯ ދެން … އެއްފަހަރަކު ނޫން އެތައްފަހަރަކު އެތަނެއްގެ ހަމަ ޖެހުން ނަގާލި މީހަކު އަހަރެން ގަބޫލެއް ނުކުރަން ދެން އަންނަ ފަހަރު ގޯސް އެއްޗެއް ނާޅާނެ ކަމަކަށް… މަށަށް ޔަގީނޭ ބައްޕަމެނަށް ވެސް އެނގޭނެ ތުއްތު އޭނަޔާއިގެން އުޅެންޏާ… ދެން އެވާހަކަ ތަންކޮޅެއް ތަފްސީލުކޮށް ފަހުން ދައްކާނީ… ދައްތަ ފްރެންޑް ރާއިލްގެ ވެޑިންއަށް ދާންވާންނު؟؟”” ތުއްތު ކައިރީގަ ބުނެފަ ދެވޭނީ…. ” އިވްލީން މިހެން ބުނުމުން ޒީޝާލް އަނެއްކާވެސް ޗުސް ތަޅާލިއެވެ.”ތުއްތު ކޮންމެހެން ވިޔަސް… އައި ހޭވް ޓު އާސްކް ފޯރ ޕާރމިޝަން…”
އެންމެރަނގަޅޭ ބުނުމަށްފަހު ޒީޝާލް ނުކުތީ ބޭރަށެވެ. ޒީޝާލްގެ ހިތަށް އަރަމުންދިޔައެވެ. އިވްލީންއާއި ދޭތެރޭގައި ޒިލާލް ކަންތައް އެކުރަނީ ހާދަ ގޯސްކޮށެވެ. އިވްލީން ވަރަށް ކެތްތެރިއެވެ. ޔަގީނޭ ޒީޝާލްއަށް ވެސް އެގޮތަށް ކަންތައްކުރާ މީހަކާ އެކު ނޫޅެވޭނެއެވެ. ޒީޝާލްއަށް އެގޮތަށް އިހްތިރާމު ނުކުރާ މީހަކަށް އެވަރަށް އިހުތިރާމު ނުވެސް ދެވޭނެއެވެ. ކައިވެނީގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރެވެމުން ދިޔައެވެ. ރަޝީދާ ވެސް މާލެ އައީ ހަމަ އެދުވަހު އެވެ. ނަމަވެސް ރީނާއަށް މާލެ އާދެވޭ ގޮތް ނުވީ ސްކޫލުގައި ބުރަ ވުމާއެކު ޗުއްޓީއެއް ނުލިބުމުންނެވެ. އެހެންނަމަވެސް ރަޝީދާ އާއި އެކު އަޒާން މާލެ އައެވެ. ވަގުތު ހިނގަމުންދިޔައީ ވަރަށް ވެސް އަވަހަށް ހެން ޔުމްނާއަށް ހީވިއިރު ރާއިލް އިނީ ވަގުތު ހިނގާލެއް ލަސްކަމުން ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. މާހިރު ހުރިހާ ކަމަކާއި ހަވާލުވުމުން ރާއިލްއަށް ވަރަށް ލުއިވިއެވެ. ހެނދުނު ދިޔަގޮތަށް މެންދުރު ވުމުން ގެއަށް ޒިލާލް އައީ ފެންވަރައިގެން ކުޑަކޮށް ޖައްސާލާށެވެ. ސޯފާގައި އިން ޒީޝާލް ޒިލާލްއާއި އަނގައިން ނުބުނިތާ ފެނުނު ކަމަށްވެސް ހަދާނުލިއެވެ.އަބަދު ވެސް ގޭތެރެ ފަޅުފިލުވައިދޭނީ ޒިލާލްއާއި ޒީޝާލްގެ ސަކަރާތުގެ އަޑުންނެވެ. ޒިލާލްއަށް މިކަމުން އުނދަގޫވާން ފެށިއެވެ. ޒިލާލް ގޮވާލި ނަމަވެސް ޒީޝާލް އަނގައިން ނުބުނިތާ ބަލާވެސް ނުލިއެވެ. ކޮޓަރިއަށް ވަދެ ހުރި ޒިލާލް އަދިވެސް ހުރީ ޒީޝާލް އާއި ހެދީ ގަބުކައިފައެވެ. އެހެން ހުއްޓާ ސިހުނީ އިވްލީންގެ އަޑުންނެވެ.” ވަރަށް ބޮޑަށް ސޮރީ ރޭގަ ވީ ކަންތަކުގަ…” އިވްލީން މިހެން ބުނުމުން ޒިލާލް އަނެއްކާވެސް ރޭގަ ހިނގާ ދިޔަ ކަންތައްތަކާއި ފިކުރު ކޮށްލެވުނެވެ.
“ކޮން ސޮރީއެއް މަށެއްނު ޖެހޭނީ އެކްޓްރެސްއަށް ޝުކުރު އަދާކުރަަން.. ޝުކުރިއްޔާ!! އޭ މަޑުކޮށްބަލަ ޒީއްކޮ.. ޒީއްކޮ އެއްވެސް އެއްޗެއް ބުނިތަ؟؟” ޒިލާލް މިހާ މައިތިރި ވެފައި މިހުރީ މިހެންވެތާއެވެ. ނެތް ވަރަށް ކަންކަމުގައި އެއްޗިހި ގޮވާ މީހަ މިހާ ރީތިކޮށް ވާހަކަދެއްކުމުން އިވްލީންއަށް ފުރަތަަމަ ހުއްޓުން އަރާފައި ހުރެވުނީއެވެ.”އާނ ރޭގަ ވަރަށް ރޯން ވެސް ރުއި… ޒިލާލް އަހަރެން ނެތިން ތިކަހަލަ ކަންކަމުގެ ތެރެއަށް ވަންނާކަށް… ޒިލާލްއަށް އަހަރެން އެއްޗެއް ބުނެދޭއިރު އަކުރެއްގެ ފިލި ވައްޓާލެވުނަސް… މުޅިން ގޯސްވެދާނެ..” އިވްލީން އިތުރަށް އެއްޗެއް ބުނަން ނުކެރިގެން ފަހަތަށް ޖެހިލިއެވެ. ފުރަތަަމަ ފަހަރަށް ޒިލާލްއަށް ކަންކަމާ މެދުގައި ފިކުރުކޮށްލެވުނީ ވެސް ދެނެވެ.” ކަންކަން ވާނީ އެހެނޭ… ފުރަތަަމަ ކަމަކަށް މީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތީމަ ވާނީ މިހެންނު ހަމަ ކަލޭގެ ސަބަބުން މިހެން ވާން މިޖެހެނީ… ވިސްނާލަބަލަ ކިތައް މީހުންގެ ދިރިއުޅުމަށް ބުރޫއަރައިފި؟؟”” އަޅެ ޒިލާލް އަހަ.. އަހަރެން ކީއްތަ ކުރީ؟” ޒިލާލް ބުނެލި ކޮންމެ ޖުމުލައެއްގެ ސަބަބުން ތޫނު އެއްޗަކުން ހަމަލާދޭހެން އިވްލީންއަށް ހީވަމުން ދިޔައެވެ. ހަމަ އަސްލުގައި ވެސް އިވްލީންއަށް މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވުނީ ހެއްޔެވެ؟” ކީއްހޭ ކުރީ؟؟؟ ކޮބާ ބޭނުމަކީ އަހަރެންގެ ދިރިއުޅުން ތެރެއަށް ބޯ ކޮއްޕާލަން؟؟؟ އޭން ޖަވާބު ދީބަލަ!!!” ޒިލާލްގެ އަޑު ދިޔައީ ހިނދަކަށް ވުރެ ހިނދެއް ބާރުވަމުންނެވެ.” ޒިލާލްއަކަށް ނުވިސްނޭނެ… ދުވަހަކު ވެސް ނުވިސްނޭނެ ޒި… ޒިލާލްއަށް ހީވެދާނެ… އަހަރެން ޒިލާލްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތީއޭ ނޫން އެކަމަކު.. އަހަރެން އެހެނެއް ނުހަދަން… އަހަންނަށް ވެސް މަޖުބޫރުވީ…” އިވްލީން ދެއްކި ވާހަކަތަކަށް އެއްޗެކޭ ނުބުނެ ޒިލާލް ގޮސް ފާހަނައަށް ވަނެވެ.އަނެއްކާ އަނެއްކޮޅުން ކާން އަރާ ތިބީ ވެސް ކަންދިމާކުރިގޮތުން ޒީޝާލް އާއި ޒިލާލްއެވެ.”ޒީއްކޮ ވަަރަށް ބޮޑަަށް ސޮރީ… ތުއްތުއަށް މާފުދީބަ ރޭގަ ކިޔުނު އެއްޗިއްސަށް…”” އަހަރެން ތުއްތުއަށް މައާފު ކޮށްފިން އެއްވެސް ހިތް ބުރަ ކަމެއް ނެތް… އެކަމަކު އަހަރެން ދަންނަ ތުއްތުއެއް ނޫން ތީކީ… އަހަރެން ދަންނަ ތުއްތުއަކީ އެހެން މީހުންގެ އިހްސާސްތައް ދަންނަން އެނގޭ އެހެން މީހުންނަށް އިހުތިރާމުކުރަން ދަންނަ މީހެއް… ތީކީ މިހާރު އެ ތުއްތުއެއް ނޫން…. ތުއްތު ދައްތައާ ދޭތެރޭގަ ކަންތައް ކުރާގޮތް މަންމަމެންނަށް ނޭނގޭކަން އެއީ ތުއްތުގެ ނަސީބު… މަންމަމެންނަށް ނޭނގުނަސް އަހަންނަށް އެނގޭ ވަރަށް ރަނގަޅަށް ވެސް…. ރޭގަ ވީ ކަންތައް ވެސް އެކަމުގެ ހެއްކަކަށް ފުދޭނެ…. ތިހެން އުޅޭކަށް ހެޔޮ ވެސް ނުވާނެ… އަހަރެން މިއީ ކޮއްކޮ ކަމަށް ގަބޫލުކުރަންޏާ ތުއްތު ދެން އެ ނޯރާއާއި ދުރުވޭ… އެއީކީ ރަނގަޅު މީހެއް ނޫން…” ޒީޝާލް ކިޔަން ބޭނުންވި ހުރިހައި އެއްޗެއް ކިޔުމަށްފަހު އެތަނުން ދިޔައެވެ. ޒިލާލްގެ އަނގަ ވެސް ޒީޝާލް ބުނަމުން ދިޔަ އެއްޗިއްސަށް ރައްދު ދިނުމަށް ނުކުޅެދިފައިވި ކަހަލައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޒީޝާލް އެ ދައްކަނީ ހަމަ ރަނގަޅު ވާހަކަތަކެވެ. ދެން އެތަނަށް އައިސް ހުއްޓިފައި އިވްލީން ތަށިތައް ދޮވެ ސާފުކުރަމުން ދިޔައެވެ.” ޒިލާލް ހެޔޮތަ އަހަރެން މިރޭ އޮންނަ ވެޑިންއަށް ގޮސްލިޔަސް؟؟””ދިޔަކަސް ހެޔޮ މަ ނުބުނާނަން ނުދާށެކޭ ހަމަ ދާންވީ އެކަމަކުވެސް ހަނދާން ކުރާތި ތީ ކާކުކަން ނޯރާއާއި ހިސާބަށް ގެންގޮއްސިއްޔާ މާކަށް ރަނގަޅެއް ނުވާނެ..” ޒިލާލް މިހެން ބުނެފައި ގެއިން ނުކުމެގެން ދިޔައެވެ. ހަގީގަތުގައި އިވްލީން މިހެން އެހީކީ ކޮންމެހެން ދާހިތަކުން ވެސް ނޫނެވެ. ޒިލާލް ބުނާ އެއްޗެއް ބަލާލާ ހިތުންނެވެ. ކޮންމެގޮތެއްވިޔަސް އިވްލީންއަކީ ވެސް ބުއްދި ސަލާމަތުން ހުރި މީހެކެވެ. އެހެންވެއްޖެނަމަ އިވްލީން އެޕާޓީއަކަށް ނުދާނެއެވެ. އާނ އެކޭ އިވްލީންއެއް ނުދާނެއެވެ. އިވްލީން އެތަނަށް ގޮސްގެން ބޮޑު ކަންތައްގަނޑެއް ހިނގައި ކަންކަން ބޮއްސުންލައިގެން ރަށަށް ދާން ޖެހިއްޖެނަމަ ބައްޕައަށް ވާނީ ކިހިނެއްބާއެވެ؟ ބައްޕައަކީ އިވްލީން ވަރަށް އިހުތިރާމާއި ގަދަރު ކުރާ މީހެކެވެ. ގުޅާ ފަހަރެއްގައި ނަމަ މި ކައިވެނި އިވްލީން ކުރީތީ އުފާވާ ވާހަކަ ބުނާނެއެވެ. ނަމަވެސް އިވްލީން އުޅެމުން ދާ ހާލު ފެނިއްޖެ ނަމަ މިހެން ބުނާނެ ބާއެވެ؟؟ އިވްލީން ރާއިލްގެ ކައިވެނި ހަފްލާއަށް ނުދާން މި ނިންމި ނިންމުމަކީ މުޅިން ރަނގަޅު ނިންމުމަކަށް ވާނެބާއެވެ؟ ރާއިލްގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނިދާހޭލިގޮތަށް ކުރުސޯޓަކާއި ޓީޝާޓެއްގައި ހުރި މާޔާ ކޮޓަރި ދޮރު ހުޅުވާލި ވަގުތު ގޭތެރޭގައި ބައިވަރު މީހުންތަކެއް ހަރަކާތްތެރިވަމުން ދިޔުމުން ހައިރާންވިއެވެ.” ޕިސް ޕިސް.. މިހާރު ކޮންކަމެއްބަ މީ؟؟” ގޭތެރޭގައި މީހުން ގިނަކަމުން ހިތްހަމަނުޖެހިފައި ހުރެ މާޔާ ކުދިކިޔަން ފެށިއެވެ. އެހެން ހުއްޓާ ނޯރާ ގުޅަންފެށިއެވެ.
” ވަރަށް ފައްކާ ނިއުސްއެއް ދޭން މިގުޅީ!!” ނޯރާ ފޯނު ނެގިގޮތަށް ބުންޏެވެ.”ކޮން ނިއުސްއެއް…”” ތިގޭގެ އެންމެ ތިރީބައިގަ އޮންނަ ހުސްބަޔޯ އެމީހުންގެ ވެޑިންއަށް ރެޑީކުރަނީ…. އެއޮތީނު އެއްވެސް ކަމަކަށް ޔޫސް ނުކުރާ ބައެއް އެބައި…””ވަޓް…. ތީތިވާގޮތް އެހެންވެ ތިކަމެއް ރެޑީކުރާ ބަޔަކު މުޅި ގޭތެރެ ފުރާލާފަ މިއޮތީ…. ވަޓް އެވާ އެހެންމަ މިރޭ ވާނެ ނޯރާ ވެސް މިތަނަށް އަންނަން…..” ވީގޮތް ރޭކާލުމުން މާޔާ އަވަސްކުރީ އެތަނަށް ނުކުންނަން ރެޑީވާށެވެ. ލައްކަ ގިނަ މީހުން އަންނަ ހަފްލާއެއް ކަމުން ހަވީރުއަތަށް އަޅައިލި އިރު ތައްޔާރީތައް ނިމޭވަރުވީ ކިރިޔާއެވެ. ހަފީޒާ އަދި ހަމްދާން ތިބީ އަންތަރީސްވާ ހާލުގައެވެ. ހަފީޒާ ޔުމްނާ ކައިރީގައި ޔުމްނާގެ ކަންކަން ކޮށްދޭން ހިދުމަތް ގައި ހުރި އިރު އިރު އިރުކޮޅާ އެއްވެސް ކަމެއް ބޭނުންތޯ އަހައެވެ.”ދަރިފުޅު ހަމަ ހުރިހާ އެއްޗެއް ހަމަތަ؟” ހަފީޒާ މިހެން ބުނުމުން ޔުމްނާ ކުޑަކޮށް ހީލިއެވެ.”އަޅެ ދައްތާ.. ހުރިހާ އެއްޗެއް ވެސް ހަމަ ބަރާބަރަށް ހަމައޭ ދެން ވެސް ދައްތަގެ ތިއޮށް ރިންގުވާ ފޯނު ނަގާބަލަ…” ޔުމްނާ މިހެން ބުނުމުން ހަފީޒާ ބަލައިލީ ރިންގުވަމުން ދިޔަ ފޯނަށެވެ.”…މީ..މީރާ؟؟؟؟” ގުޅަމުން ދިޔައީ މީރާއަށް ވުމުން ހަފީޒާއަށް ބުނެވުނެވެ.”ހަލޯ؟ ހަފީޒާތަ؟މީރާ އިނގޭ… އަހަރެން ބުނީ މިތަނުގަ ކައިވެނި ހަފްލާ އޮންނަ އިރު… ޔުމްނާ މިކޮޅަށް ރެޑީކުރުވަން ގެނައީ އާ މައްސަލައަކަށް ވާނެތަ؟”
“މީރާއާ މާހިރުއަށް އުނދަގޫ ނުވަންޔާ އަހަރެންގެ އެއްވެސް މައްސަލައެއްނެތް..” މިހާ ގާތްކޮށް މިދެ މެދުގައި ވާހަކަ ވެސް ދެކެވިފައެއް ނުވެއެވެ.” އަހަރެން ހަމަ ވަރަށް ބޭނުންވެގެން މިބުނީ.. ހަފީޒާގެ މައްސަލައެއް ނެތީއާ ދެން މިކަމުގަ އިތުރަށް އެއްޗެއް ބުނެވޭނެ މީހެއް ނުހުންނާނެ…. އެހެންވީމާ މާހިރު ދާނެ ނިކުމެ ބޭރުގަ ތިބޭތި މާބޮޑަށް ވަގުތު ނެތަސް އަހަރެން މިގޮތަށް ކަންތައް މިކުރީ އިތުރަށް ވަގުތު ވެސް ސަލާމަތް ކުރެވޭނެތީ….” އެންމެރަނގަޅޭ ބުނުމަށްފަހު ހަފީޒާ ފޯނު ކަނޑައިލި އިރު ވެސް ހުރެވުނީ ހަމަ ހުއްޓުންއަރާފައެވެ. ހަފީޒާގެ ފޯނު ސްޕީކަރަށް ލައިގެން
ހުރުމާއެކު ދެކެވުނު ވާހަކަތައް އަޑުއިވުމުން ޔުމްނާ ވެސް އިނީ ހަމަ އެފަދަ ޙާލެއްގައެވެ. ނަމަވެސް ޔުމްނާ ގެ ކޮޓަރި ދޮރު ކައިރިކައިރީގައި ހުރި ހަމްދާންގެ ހައިރާންކަން ދެގުނައަށް އިތުރުވެގެންދިޔައެވެ.
ނުނިމޭ
5 Comments!
Comments are closed.
Lim mi part ves vrh reethi curiously waiting for the next part loabivey bodukoh link❤️😘
Wooww masha allah ❤️
Vrh vrh reethi
When is the next episode?
Alhe e nora eh ulhey gotheh dhw soo ughh…
And zilaal too like whattt Is he thinking?
Anyways, ly lily 💓
Mi part vx vrh reethi Masha Allah lim ❤️
mi zilaal gandu haadha nubai meehekey e ee…
hama hithah araa zilaal jalah laa bandhu kohllan v ey vx….
adhi nora ulhey vahtharu ehn meehunge firinnaa behi behifa….
vrh vrh salhi ingey
u r one of my fav author lim..
lysssm lim sis 😘😘😘
wow mi part ves vrh reethi mashallah
alhe mashah zilaal libeyne nama dhw ahahh
zilaaal ivleen aaa dheythereyga ehn kanthah kurun huhtaalaani kn dhuvahakun baa
btw vrh curious when next part
cant wait hama
ly limmm
Thank yu all ❤️❤️❤️
Hurihaa comments thakah reply nudhevunas vrh ufaa vee next vrh avahah Inge ☺️