“ކިހާ ދުވަހެއް ވަންދެން އަހަންނަށް މިކަން ފޮރުވޭނެބާ.. ޒެވް ފެންނަން ވެއްޖެޔާ އަހަންނަށް މިހެން އެކްޓް ކުރުމަކީ އުނދަގޫ ކަމެއް.. އޯހް ގޯޑް.. ހާދަ ހޭންޑްސަމް އޭ.. ދެޓް ހެއާރް އެންޑް ބިއާޑް އާރ ގިވިންގ މީ މިނީ ހާޓްއެޓާކްސް.. ދޯސް ރެޑް ލިޕްސް އާ އީވެން މޯރ ސެކްސިއަރ ..އެބަލަން ހުންނަ ގޮތުން ޔަގީން ޒެވްގެ ހިތުގަ ފީލިންގްސްތަކެއް ވާކަން..ހީ އިޒް އޯލްވޭސް ލޫކިންގ އެޓް މީ..” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި ހިނދު އަލާރާގެ މުޅި މޫނު ރަތްވެފައިވާ ތަން ފެނި ކޮލުގައި އަތް ބީއްސާލެވުނެވެ. ޒެވިއަލް ވާހަކަ އެއް ބުނަން އެބައޮތް ވާހަކަ ބުނި ހިސާބުން އަލާރާގެ ހިތް ދިޔައީ އޭގެ އެންމެ ބާރުމިނުގައި ތެޅެމުންނެވެ.
****
ޒެވިއަލް އަންނަންދެން އަލާރާ އެނދުގައި އިށީންދެލައިގެން އިނެވެ. އެހެން އިންނަތާ އިރުކޮޅެއްފަހުން ޒެވިއަލް އައިސްވަނެވެ. އަލާރާ ލޮލުގެ ހިމަކޮޅުން ދޮރާއި ދިމާ ބަލައިލި އެވެ.
ކުރިން ލާފަ ހުރި ގަމީހުގެ ބަދަލްގައި މިހާރު ހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ޖީންސެއްގައެވެ. ދިގު ތުނބުޅި އަތުން ރަނގަޅުކޮށްލަން އަތުގައި އަޅުވާލާފައި އޮތް ކަޅުކުލައިގެ ވޫލްކޮޅުން ދިގު އިސްތަށިގަނޑު ހައްޔަރުކޮށްލިއެވެ. އޭނާ ބޭނުން ކޮށްފައި ހުރި ” އަކުއާ ޑި ބްލޫ”ގެ މީރުވަސް ތަނަށް ވަނީ ފެތުރިފައެވެ. އަލާރާގެ ނޭވާ ވެސް ހީވީ ކަރުތެރޭގައި ތާށިވިހެންނެވެ. އިސްޖަހާލި އިރު އޭނާގެ މޫނަށް ޖަންބު ކުލަ ފާއްދާލިއެވެ.
“މަ ރީތި ތަ.” ޒެވިއަލް ހުރެފައި ބުނެލި އެއްޗަކުން އަލާރާ ފާޑާކަށް ސިހުނެވެ. “ހަހަހަހާ އަމް ޖަސްޓް ޖޯކިންގ” ދެވަނަ ސިކުންތުގައި ޒެވިއަލް ބުނެލި ހިނދު އަލާރާ އަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ.
“ހިތައް އަރާ ވިކާލަ ފާނަމޭ” ތުންފިއްތާގެން ހުރެ އަލާރާ އަމިއްލަ ނަފްސަށް އިވޭވަރަށް ކުދިކިޔައިގަތެވެ. އަލާރާގެ އަތުގައި ޒެވިއަލް ހިފަހައްޓާލައިގެން ހުރި އިރު ނުފިލާ ހިނިތުން ވުމެއް އެމޫނުމަތީގައިވިއެވެ.
ދެމީހުން ބޭރަށް ނުކުން އިރު އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ކުރީ ސީޓަށް އަލާރާ އެރުވުމަށްފަހު ޒެވިއަލް ވެސް ޑްރައިވަރު ސީޓުގައި އިށީންދެ ކާރު ދުއްވާލިއެވެ. ޒެވިއަލް މިސްރާބް ޖެހީ ހުޅުމާލެއަށެވެ. ކާރުގެ ލޯގަނޑާއި ދިމާލަށް ވާހެއް އެނބުރި ސީޓުގައި އަލާރާ ލަތްވެލިއެވެ. އެހެން އޮތް އިރު އޭނާގެ މޫނު ޒެވިއަލްއަށް ނުފެންނާނެ އޭނައަށް އެނގެއެވެ. ކާރުގެ ބޭރުން ފެންނަމުން ދިޔަ މަންޒަރަށް ގެއްލި ހުސްވެ އަލާރާ އޮތެވެ. އިމާރާތު އަލިތަކާއި ހަލަބޮލި މަގުތަކުގައި ދުއްވަމުންދިޔަ އުޅަނދު ފަހަރު ތަކުގެ އަލިތައް ފެންނަލެއް ނުހަނު ހިތްގައިމެވެ. ތުނިތުނިކޮން ވާރޭ ވެހެމުން ދިޔައިރު ވާރޭގެ ކަނިތަކުގެ ތެރެއިން މަގުން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކުގެ އަލިތައް ފުރޭނިގެން ދާ ގޮތް ބަލާ ފޫހިނުވެއެވެ. އެއީ އަބަދުވެސް އަލާރާ އަށް އެންމެ ކަމުދާ އެއް މަންޒަރެކެވެ. އެތައް ދުވަހެއް ފަހުން އެ މަންޒަރު ހަމަ ލޮލަށް ފެންނަމުން ދިޔައިރު ޖަޒުބާތީ ވާގޮތްވިއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ.
ކާރުގެ ދުއްވަމުން ގޮސް ޒެވިއަލް މަޑުކޮށްލީ ތަންކޮޅެއް މީހުން މަދު ހިސާބެއްގައެވެ. އޭނާ ފައިބައިގެން އައިސް އަލާރާގެ އަތުގައި ހިފައިގެން މިސްރާބު ކުރިމައްޗަށް ފެންނަން އޮތް އަދިރިމައްޗަށެވެ. ޒެވިއަލް، އަލާރާ ބޭންދީ ގިނަ އަދަދެއްގެ ގަސްބޮނޑި ތަކެއްގެ ތެރެއަށް ވާހެން ހުރި އުނދޯއްޔެއްގައެވެ. އަލާރާއި ދާދި ގާތުގައި އޭނާވެސް އިށީނެވެ.
ދުރުދުރުން ޒުވާން ޖޯޑުތައް ފެންނަމުން ދިޔައެވެ. ގައިގޯޅި ކަންމަތީގައި ތިބިއިރު އެތާގައި މީހުން ތިބި ނަމަވެސް އެކަމަށް ފަރުވާލެއް ނެތްފަދައެވެ. އެ މަންޒަރު ފެނި އަލާރާ ލަދުގަންނަ ގޮތް ވިއެވެ.
“ނުވެސް އަހާނަން ތަ އަހަރެން މިތަނަށް ގެނައީ ކީއްކުރަންތޯ އެއް” ޒެވިއަލްގެ ފިރިހެންވަންތަ އަޑު އިވި އަލާރާ އަވަހަކަށް ދެފަރާތައް ބޯހޫރުވާލިއެވެ. މަޑުމަޑުން ކިހިނެތް ވީހޭ އަހާލިއިރު ޒެވިއަލް ބުނަން އުޅޭ އެއްޗެއް ނޭނގޭތީ ހިތް ތެޅިލިއެވެ.
“ޝަވަން އާއި އެކު ފޮޓޯ ތަކުގަ ހުރީ ކާކު ކަން ނޭނގޭހާ ހިނދަކު ނުބުނާނަން ތަ ބައްޕަ ކައިރީގަ އެ ވާހަކަ އެއް” ޒެވިއަލް އަހާލިއެވެ. އެ ސުވާލު އިވި އަލާރާއަށް އަނގަ ހަދާލެވުނެވެ. އޭނާ އުއްމީދު ކުރިފަދަ ސުވާލެއް ނޫނެވެ.
“މްމް.. އެ ފޮޓޯ ގަ އިން މީހަކު ހޯދުނީމަ އަހަންނަށް ހަމަ ނޭވާ ލެވޭނީ ވެސް”
“ވައި ވުޑް ޔޫ ކެއާރ ނައު.. އަލާ ޝަވަން ދެކެ ލޯބި ނުވަންޏާ އެ ފޮޓޯގަ އިން މީހަކު ހޯދުމުގެ ބޭނުމެއް ނެތެއްނު.. ކީއްކުރެވޭނީ ދެން ހޯދިޔަސް.. އޭނާ ޗީޓް ނުކުރާ ކަމަކަށް ނުވާނެ.. އަލާ އަނެއްކާ އޭނާގެ ގާތައް ދިޔުމުގެ ވިސްނުމެއް އިނީތަ” ސުވާލަކަށް ފަހު ސުވާލެއް ޒެވިއަލް ކުރަމުން ދިޔައެވެ.
“ނޫނޭ ޒެވް.. އެއްވެސް ވިސްނުމެއް ނެތް އަލުން ޝަވަންގެ ގާތައް ދާކަށް.. އެކަމަކު އެހާ ލޯބިން އުޅެފަ މިއަދު މިހެން ވާން ޖެހުނީ ކާކާއި ހެދި ތޯ ބަލާލަން ބޭނުންވަނީ.. ބައްޕަގެ ގާތައް މި ވާހަކަ ހިފައިގެން ދިޔައީމަ ބައްޕަ ސުވަލް ކުރާނެ..އެންޑް ..އަ ޑޯންޓް ލަވް ހިމް އެނީމޯރ.. ބަލާލަން ބޭނުންވީ އަހަރެންގެ ޕްރިޝިއަސް ވަގުތުތައް ޝަވަންއަށް ޓަކައި ހޭދަ ކުރިއިރު އޭނަ އަހަންނަށް ބޭވަފާތެރިވީ ކޮން ލެވެލްއެއްގެ އަންހެނަކަށް ޓަކާކަން އެނގެން..” އަލާރާ، އޭނާގެ ޖަވާބު އިއްވާލިއެވެ.
“ސޯ.. ޔޫ ވޯނަ ރިވެންޖް” ޒެވިއަލް އެހިއެވެ. އަލާރާ ވަގުތުން ނޫނެކޭ ބުނެ ދެފަރާތައް ބޯ ހޫރުވާލިއެވެ. އޭނާއަށް ގެއްލުމެއް ދިންނަމަވެސް އިތުރަށް އެމީހުންނާއި ކުރިމަތިލާކަށް އަލާރާ ބޭނުމެއް ނުވިއެވެ. އެކަމުގެ ތެރޭގައި ސިކުނޑި ގަނޑުބަނޑު ވާވަރަށް ވިސްނާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
“މްމްމް އޯކޭ.. އެހެންވީމަ ހަމައެކަނި ބޭނުންވަނީ އެއީ ކާކުތޯ ބަލާލަން ދޯ.. ކާކުކަން އެނގުނީމަ ކައިވެނި ހުއްޓުވާނަން ދޯ.. ބާކީ ދެ މަސްދުވަސް އޮތީ ކައިވެންޏާއި ދޭތެރޭގަ..އައި ހާޑް ހަމްދީ އާއި ނަސްރާ މާދަމާ ތިގެއަށް އާދެއޭ” އަލާރާގެ ޖަވާބުން ހިތް މާޔޫސް ވަމުން ދިޔަނަމަވެސް އެކަން ފޮރުވޭތޯ ޒެވިއަލް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޒެވިއަލް އެތަނަށް އައި މަގުސަދެއް އޮތުމުން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ. އެ ހިނދު އަލާރާ ބުނެލި ޖުމްލައަކުން މުޅި މީހާއަށް ހުއްޓުން އެރިއެވެ.
“ޒެވް..އެމީހުން އައީމަ އެމީހުންނަށް ދޭން ވާ ޖަވާބު އަހަރެން ދޭނަން..ނައު އައި ހޭވް ސަމްވަން ވެރީ ޝްޕޭޝިއަލް އިން މައި ލައިފް.” ލޯބިގޮތަކަށް ހިނިތުންވެލައިގެން ހުރެ އަލާރާ ބުނެލިއެވެ. އޭނާ ވަށްކަޅިން ޒެވިއަލްގެ މޫނަށް ބަލައިލި ހިނދު އޭނާ އިސްޖަހައިގެން އިންތަން ފެނި ހިނިއައެވެ. ” ޒެވް.. އޭނާ އަހަންނަށް ލިބޭނެތަ..އޭނަގެ ސަބަބުން އަހަންނަށް މިއަދު މިހެން މިހުރެވެނީ.. އެ ސޫރަ ނުފެނި އެ އަޑު ދެކެ އަހަންނަށް އެންމެ ފުރަތަމަ ވެސް ރުހެވުނީ..އަހަ” އަލާރާ ޥާހަކަ ދައްކަމުން ދަނިކޮން ޒެވިއަލްގެ ފޯނު ރިންގުވާން ފެށުމުން ހުއްޓެވެ.
ފޯނު ބިޒީކޮށް ލަމުން ޒެވިއަލް ފޯނު ނަގާ ޖީބަށް ލިއެވެ. އޭނާގެ މުޅި މޫޑް ވަނީ ބަދަލްވެފައެވެ. އޭނާ މިރޭ އެތަނަށް އައީ އޭނާގެ ހިތުގެ އަޑު އަލާރާއަށް އިއްވާލަ ދޭށެވެ. ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ހާމަކޮށްދޭށެވެ. ނޭނގި ހުއްޓާ ވެވުނު ލޯބި އެހިތް ފަތަހަކޮށްފައިވާ މިންވަރު ބުނެދޭށެވެ. ނަމަވެސް ހާލަތު ބަދަލްވާން މި ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ކާކުބާވެއެވެ. އަލާރާގެ އަމަލްތައް ހުރިގޮތުން އޭނާ ހީކުރީ އަލާރާ ވެސް އޭނާއާއި ގަޔާވާކަމަށެވެ. ނަމަވެސް އެކަން ވެސް މިވީ ކުށްހީއަކަށެވެ. އަލާރާގެ ހިތުގައި ވަނީ އެހެން މީހެއްގެ ނަމެވެ.
“ދާން ޖެހިއްޖެ.. ލެޓްސް ގޯ” އަލާރާގެ ބަހަކަށް މަޑުކޮށް އެއަތުގައި ހިފާލައިގެން ހުރެ ޒެވިއަލް ކާރަށް އެރިއެވެ.
“ޒެވް އެނީތިންގް ރޯންގް.. ކާކު ތަ ގުޅީ” އަލާރާ އަހައިލިއެވެ. ޒެވިއަލްގެ މިޒާޖު ކުއްލިއަކަށް ބަދަލްވެގެން ދިޔުމުން އަލާރާ ހައިރާންވިއެވެ. އޭނާއަށް އަނެއްކާ ގޯސް އެއްޗެކޭ ބުނެވުނީބާއޭ އަމިއްލަ ނަފްސާއި ސުޥާލް ކޮށްލެވުނެވެ.
“ގާލްފްރެންޑް އެ ގުޅީ.. ގަޑި ކިއާފަ އަލާރާއާއި އެއްކޮން މިއައީ” ވެފައިވީ ދެރައިގެ މައްޗަށް ރުޅި އިސްވިއެވެ. އެ ސިފަ އަކީ ކުރިން އަލާރާއަށް ދެއްކި ސިފައެއް ނޫނެވެ. ” ވެން ޝީ ހޭޒް އަ މޭން.. ކީއްވެތަ އެހާ ފްލާޓީ ވީ.. އެކަމުން އަހަންނަށް މި ނެނގުނީ ނުބައި މާނައެއް.. ލޯބިވެވުނު އިރު އަހަރެން ހީކުރީ އަލާ ވެސް އަހަރެން ދެކެ ގަޔާވާކަމަށް” ޒެވިއަލްގެ ހިތުގައި ވީ ޝަކުވާއެވެ. އަނގަޔަކުން ބަހެއް ނުބުނެ އޭނާ ކާރުގެ ސްޕީޑް ބާރުކޮށްލާފައި ބެލީ އަވަހަށް ގެޔަށް ދެވޭތޯއެވެ. މާ ގިނައިރު އަލާރާގެ ކުރިމަތީގައި އިންނަން ވެއްޖެއްޔާ އޭނާ ބޭޒާރު ވެދާނެއެވެ.
ޒެވިއަލްގެ ޖުމްލައިން ލިބުނީ އަލާރާއަށް ކުއްލި ސިހުމެކެވެ. ދެވަނަ ސިކުންތުގައި އެ ޖުމްލައިގެ ވިހަކަން އޭނާގެ ހިތައް ހެރިއްޖެއެވެ. “ޒެވް.. ޔޫ..ޔޫ ޙޭވް އަ ޖީ..ޖީ އެފް..” ލަސްލަހުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ކިއާލެވުނު އިރު އަލާރާގެ ދެލޮލަށް ބޮނޑިވެގަތް ކަރުނުތައް ހިފަހައްޓާލަން ވީ ދަތިކަމަކަށެވެ. އިސްތަށިގަނޑުން ބައެއް މޫނަށް ވާހެން ވައްޓާލައިގެން އިން އިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނުތައް ޒެވިއަލްއަށް ނުފެންނާނެ ހެން އަލާރާ ދިޔައީ ފުހެމުންނެވެ. އޭނާ އެންމެ ދެރަވީ މިހުރިހާ ދުވަހު އަލާ ކިއަ ކިއާފައި މިރޭ ކުއްލިއަކަށް އަލާރާ އޭ ކިޔާފައި ގޮވާލުމުންނެވެ. އެތައް ދުވަހަކަށް ފަހުން ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް ލޮޅުން އެރީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެވެ.
ގޭގެ ގޭޓުން އެތެރެވެވުން އިރު އަލާރާއަށް ނަޒަރެއް ދިނުމަށްފަހު ދޮރުން ބޭރަށް ނުކުމެ ޒެވިއަލް މިސްރާބު ޖެހީ އޭނާ ކާރުން ބޭލުވުމަށެވެ. ދޮރު ކައިރީގައި ކޮފީ ޖޯޑެއް ހިފައިގެން ހުރި އަރްކާން އަށް އެދެމީހުން ފެނިގެން އައީ އެވަގުތުއެވެ.
”ކޮންތާކުން ތިއައީ ދެމީހުން ހާދަ ލަސް ވީމަ..” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނު ހިނދު އަރްކާންއަށް އަހައިލެވުނެވެ. ދޭނެ ޖަވާބެއް ނޭނގި ހުރެފައި ކުޑަކޮން ދުއްވާލީއޭ ބުނެ ހިނިތުން ވުމެއް އަރްކާންއަށް ރައްދުކޮށްފައި ޒެވިއަލް ގެއަށް ވަންނަން ދިޔައެވެ. އޭނާގެ މޫނުމަތީ ގައިވި އަސަރު ތައް އަރްކާންއަށް ސިއްރެއްވިއެވެ. އަނެއްކޮޅުން ކުރިމަތީގައި އިސްޖެހިފައި ހުރި އަލާރާގެ ދުޅަވެފައިވި ދެލޮލުން ބޮޑުކަމެއް ވެއްޖެކަން އަރްކާން އަށް ޔަގީންވިއެވެ. އަލާރާ ހުރިގޮތުން އަހާލާކަށް ވެސް އަރްކާން އަކަށް ނުކެރުނެވެ. އަލާރާގެ އަތުގައި ހިފައިގެން ހުރެ އަރްކާން ދިޔައީ އެކޮޓަރިއަށް ލައިދިނުމަށެވެ.
*****
“ދިނާ..ހަމްދީމެން އަންނާނެ ކަމަށް ބުނީ ހަވީރު.. ހުރިހާ ކުދިންގެ ކައިރީގަ ބުނާތި ގޭގަ ތިބެއްޗޭ” ހެނދުނު ނާސްތާ ނަގަން އިނދެފައި އަޒީޒް ބުނެލިއެވެ. އޭނާގެ މޫނު މައްޗަކުން އެއްވެސް ހިތްހަމަ ޖެހުމެއް ފެންނާކަށް ނެތެވެ.
“އަޒީޒް..އަލާ ކީކޭ ބުނާނެ ހެން ހީވަނީ” ދިނާޔާގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ.
“ހީވަނީ ނޫނެކޭ ބުނާނެ ހެން.. މިހާރު އަލާ ހިއެއް ނުވޭ އެހާ ދެރަވާހެންނެއް. ދިނާ އަށް ވެސް ފެނުނެއް ނު އަލާ ކުރިން އުޅުނު ގޮތް.. ޒެވް އާއި އެއްކޮން އުޅެންފެށި ފަހުން އަލާ އަށް ވަރަށް ޗޭންޖް އައިސްފި” އަޒީޒް ބުނެލީ ޔަގީންކަމާއެކުއެވެ.
“އަހަންނަށް ވެސް ހީވަނީ ނޫނެކޭ ހެން ބުނާނީ..އެކަމަކު އަހަރެން ބޭނުމެއްނޫން އެ ޝަވަން އޭ ކިޔުނު ކުއްޖާގަނޑު މިގެއަށް ވަންނާކަށް ވެސް”މޫނުމައްޗަށް ދިނާޔާ ޖައްސާލީ ފޫހި ވައްތަރެކެވެ. ޝަވަންގެ ނަން ވެސް ކިޔަން ބޭނުން ނުވާ ފަދައެވެ.
“މި ވެގެން ދިޔަ އަހަރު ތެރޭގައި އެ ސޮރަށް މިގެއަށް ވަދެވުނީ ދެތިން ފަހަރު.. އެހުރިހާ ކަމަކަށް ފަހު ވެސް މަ ހީކުރީ އަހަރެމެންނާއި އަލާގެ ރުހުން ހޯދަން ތަންކޮޅެއް އަވަސްއަވަހަށް މިގެއަށް އައިސް އަލާއަށްވެސް ރަނގަޅު ވާނެކަމަށް…އެކަމަކު އެހީކުރުން ހީކުރުމެއްގެ ގޮތުގައި އޮވެގެން އެ ނިމުނީ މިއަހަރު”
“ހޫމްމް..ނަސްރާމެން ވެސް މާލޭ ތެރޭގައި ގިނަވެގެން އެއުޅެނީ..ހުރި އެންމެ ދަރިއެއް ރަނގަޅަށް ނުބެލުނު ވިއްޔަ..މްމްމް ކޮބާތަ ޒެވް އާއި ލިއާ މިއަދު..ސައިބޯކަށް ވެސް ނާދެ” އަޒީޒްއަށް ރައްދު ދެމުން އޭނާ ބޭރަށް ބޯދިއްކޮށްލީ އަރްކާން އައިސް ވަތްއިރު ވެސް ޒެވިއަލްއާއި ލިއާނާގެ ހަބަރެއް ނުވެގެންނެވެ. އެހެން ހުއްޓާ ލިއާނާ އައިސް ވަނެވެ. ލިއާނާއަށް ހިނިތުންވުމެއް ރައްދުކޮށްފައި ކާކޮޓަރީގެ ދޮރުމަތީގައި އިރުކޮޅެއް ވަންދެން ދިނާޔާ ހުރީ ޒެވިއަލްގެ ހިލަމެއް ނުވުމުންނެވެ. އެނބުރި އެތެރެއަށް ވައިން އިރު އޭނާގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ
“ލިއާ ކޮބާ ދޮންބެ.. އެހާ ލަސްވަންދެން ޒެވް ނިދާ ވެސް ނޫޅެ.. މިއަދު ހާދަ ލަސްވީ” ދިނާޔާ ސުވާލް ކޮށްލީ ލިއާނާއާއެވެ.
ލިއާނާގެ ސަމާލުކަމަށް ވެސް އެކަންތައް އައީ އެވަގުތުއެވެ. މިދުވަސްކޮޅު ޒެވިއަލް ދެކެ ހިތްހަމަ ނުޖެހިގެން ހިސާބަކަށް ދުރުން އުޅެވި އޭނާއަށް ވަނީ ޒެވިއަލްއާއި މެދު ހިސާބަކަށް ފަރުވާކުޑަ ކޮށްލެވިއެވެ. “އެބަ އަންނަން ބަލާލާ ފަ.. ދޮންބެ ރޫމްގަ އުޅޭހެންނެއް ހިއެއް ނުވޭ އައި އިރު ” ލިއާނާ ފޯނުން ޒެވިއަލްއަށް ގުޅާލައިގެން ހުރެ ކާކޮޓަރިން ނުކުންނަން ދަނިކޮން ޒެވިއަލް އެތެރެއަށް ވަންނަން އައެވެ. ކުއްލިއަކަށް ޒެވިއަލް ފެނުމުން ލިއާނާ ދިޔައީ ސިހިގެންނެވެ. ލިއާނާގެ ސަމާލްކަމަށް ފުރަތަމަ ވެސް އައީ ޒެވިއަލްގެ ހިސާބަކަށް ރަތްވެފައިވާ ދެލޮލެވެ. ދިގު އިސްތަށިގަނޑު ދޫގޮތަކަށް އައްސާލެވިފާ ވީއިރު ކޮންމެވެސް ވަރަކަށް ހުރީ ތަރުތީބުވެސް ގެއްލިފައެވެ.
“ޔޫ އޯކޭ” ކަންބޮޑުވެފައި ހުރެ ލިއާނާއަށް އަހާލެވުނެވެ. ޒެވިއަލް ހީލަމުން ބޯ ޖަހާލާފައި އެތެރެއަށް ވަނެވެ.
ޒެވިއަލް އެތެރެއަށް ވަނުމުން ފަހަރަކު މީހަކު އޭނާއާއި ސުވާލު ކުރަމުން ދިޔުމުން ޒެވިއަލްއަށް ދޮގުހަދަން މަޖުބޫރުވިއެވެ. “ރޭގަ ކުޑަކަމެއްގަ ބިޒީވެގެން އެހާ ރަނގަޅަކަށް ނުނިދުނު.. އެހެންވެ ކަންނޭގެ” ޒެވިއަލް ދެލޯ ރަތް ކަމުން އެ ވާހަކަ ދިނާޔާ ބުނުމުން ޒެވިއަލް ބުނެލިއެވެ.
ޒެވިއަލްގެ ޖުމްލަ އެހެން އެންމެންނަށް ގަބޫލް ކުރެވުނުއިރު ގަބޫލް ނުކުރެވި އިނީ އަރްކާންއަށެވެ. ރޭގައި އަލާރާއާއި ޒެވިއަލް އެކުގައި ބޭރަށް ގޮސްފައި އައި އިރު ދެމީހުންނަށް ވެފައި ތިބިގޮތް އޭނާއަށް ފެނުނެވެ. ޖަވާބު ނުލިބުނަސް އަލާރާ ގާތުން އަހާލަން ދާން އަރްކާން ނިންމިއެވެ.
***
ދުވާލްގެ ވަގުތު ނަމަވެސް ކޮޓާރީގެ ހުރިހާ ލައިޓް އެއް ނިއްވާލާފައިވުމުން މުޅި ކޮޓަރީގައި ވަނީ ކަނު އަނދިރިކަމެވެ. ހަމަ ހިމޭންކަމެވެ. ދޭތެރެއަކުން ހަމަހިމޭންކަން ފޫ އަޅުވާލަނީ އެނދުމަތީގައި އިން ނަސްރާގެ ރުއިމުގެ އަޑުންނެވެ. ކަނު އަނދިރީގެ ތެރެއިންވެސް އޭނާގެ ލޮލުން ފައިބަމުންދިޔަ ފެންތިކިތައް ފާހަގަވެއެވެ. އެނދުގެ ހެޑްބޯޑުގައި ލަތްވެލައިގެން އިން އިރު އޭނާގެ މެޔާއިލާ ބޮނޑިކޮށް ލެވިފައިވަނީ ކަޅުކުލައިގެ ކުރެހުމެއް އަޅާފައި އޮތް ފޮޓޯ ފުރޭމެކެވެ. ދޭތެރެއަކުން އެޔަށް ނަޒަރެއް ދެއެވެ. ބޮސްދެއެވެ. އޭގައިވަނީ އޭނާއާއި ކިހާ ގާތް ފަރާތެއްކަން އެ އެންމެ އަދާއަކުން ޙާމަވެއެވެ.
އެހެން އިންދާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު ސްވިޗް ޖައްސާލިއެވެ. ނަސްރާ އިސްއުފުލާލި އިރު ކުރިމަތީގައި ހުރި ޝަވަން ފެނުމުން ކުރިއަށް ވުރެން ބޮޑަށް ރޯންފެށިއެވެ.
ނަސްރާގެ ހާލަތު ފެނި ޝަވަންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. “މަންމާ އަބަދު ތިކަމާ ނުވިސްނަ ބަލަ.. ހުއްޓާލަ ދެން” ނަސްރާގެ މަގަތުގައި އިށީންދެ އޭނާގެ އަތުގައި ވާ ފުރޭމް ޝަވަން ނެގިއެވެ. އެއަށް ނަޒަރެއް ހިންގާލި އިރު އޭނާގެ މޫނަށް ވެސް މޮޅިވެރިކަމެއް ވެރިވިއެވެ. އޭގައިވަނީ ވަނީ ނަސްރާއާއި ހަމްދީ އަދި ޝަވަން އިތުރުން، އަންހެން ކުއްޖެކެވެ. ދިގު އިސްކޮޅެއް ހުރި އިރު ހިމަތޮޅިއެވެ. ދޮންކަމުން ހަންގަނޑަށް އަރަނީ ހުދުކުލައެވެ. ރީތި ކުއްޖެކެވެ. ބަލާބެލުމެއް ޝަވަންއަށް ވުރެން ކުޑަ ވައްތަރު ޖަހައެވެ. “މިސް ޔޫ ކޮއްކޮ” އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔާލެވުން އިރު އޭނާގެ ދެލޯ ކަރުނައިން ފުރުނެވެ.
”ކިހިނެތް…ކިހިނެތް.. މިއަދަށް ތޭވީސް އަހަރުވެގެން ދިޔައިރުވެސް ހިތުގައިވަނީ ރޯ ފާރުގަނޑު.. އަމިއްލަ ދަރިފުޅު އެހާ އިހާނެތިކޮން އެ ނުލަފާ އިންސާނާގެ އަތުން މަރުވި އިރު އަހަންނަށް އަހަރެންގެ ދަރީގެ ދިފާއުގަ އެއްވެސް ކަމެއް ނުކުރެވުން.. އަނެއްކާ ވެސް އިތުރު އަހަރެއް މި ފުރުނީ އެ ހާދިސާއަށް..” މޫނުގައި އަތް އަޅައިގެން އިން އިނދެ ނަސްރާ ބުނެލިއެވެ.
“މަންމާ އެ ހާދިސާއަށް ތޭވީސް އަހަރު މިއަދު ފުރުން ކަން ވެސް އެނގޭ.. އެކަމަކު އެމީހުންގެ ކައިރިން ބަދަލްހިފަން ދެން މިވީހާ ދުވަހެއް ނުވާނެ” ޝަވަން އެންމެ ފަހުން ބުނެލި ޖުމްލަ ބުނެލި ހިނދު އޭނާގެ މޫނުމަތިގައިވަނީ ތަފާތު ކުލައެކެވެ. ބަދަލް ހިފުމަށް ބޭގަރާރްވެފައިވީ މިންވަރު އެދެލޮލުން އެކަނިވެސް ހާމަވެއެވެ.
“ތިބުނީ” ނަސްރާ މޫނު ފުހެލަމުން އަހައިލިއެވެ.
“ސާބަސް މަންމާ.. ހަނދާން ނެތުނީތަ.. މިހާރު މި ފަށައިގެން އުޅޭ ކަންތައް.. ރަސްމީ ކޮން މި ކަންތައް މި ފެށުނީ މިއަދު އެގެޔަށް ދެވުނީމަ.. އެނގިއްޖެ ދޯ މިހާރު” ނަސްރާ ހީގަންތަން ފެނި ޝަވަންގެ މޫނަށް ވެރިވެފައިވީ ހިނިތުންވުން އިތުރަށް ފުންވިއެވެ.
***
އަލާރާ ހުރީ ބެލްކޮނީގައެވެ. އަތައް ފޯނު ލައިގެން ހުރިއިރު ރިންގުވަމުން ދިޔަ ފޯނު ކެނޑުނު އިރުވެސް އޭނާ ހުރިގޮތައް ހުއްޓެވެ. ދެވަނަ ފަހަރަށް ރިންގުވި ހިނދު އޭނާ ދެލޯ މަރާލައިގެން ހުރެ ފޯނު ނެގިއެވެ.
“ކައިވެންޏަށް ކަލޭގެ ނިންމުން އަންގަން އެހާ ވަގުތު ކައިރިވެފައި ވީ އިރު އަނެއްކާ ވެސް ކަލެއަށް އަނގަން ޖެހޭ ކަމެއް އޮތީމަ މިގުޅީ.. އެންމެ ފުރަތަމަ އެއްބަސްވާން ބުނެ ފަހުން ތި ކައިވެންޏަށް ދެކޮޅު ހަދަން ބުނީ ވެސް އަހަރެން.. އަނެއްކާ ވެސް އަހަރެން ހަމަ މިބުނީ ތި ކައިވެންޏަށް އާން ބަސް ބުނަން.. ހަނދާން ކުރާތި މަ ބުނާ ގޮތް ނޫން އިތުރު ގޮތެއް ހަނދަން ހީވެސް ނުކުރާތި.. ބަސް އަހައިގެން ހުރެއްޖެޔާ މިރޭ ދޭން އެބަ އޮތް އުފާވެރި ހަބަރެއް ވެސް… ހަހަހަހާ” އެމީހަކު ބުނަން ހުރި ވާހަކަ އެއް ވިއްޔާ ބުނެ ނުލަފާ ހިނިގަނޑެއް ޖަހާލަމުން، އަލާރާގެ ބަހަކަށް ވެސް މަޑު ނުކޮށް ފޯނު ކަނޑާލައިފިއެވެ. ފޯނު ތިރިކޮށްލި އިރު އަލާރާގެ ދެލޯ ކަރުނުން ފުރިގެންއައެވެ. ހިތާ ދިމާލު މޭގައި އަތް ޖައްސާލެވުނު ހިނދު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ރެއިން ސުރެން ގިސްލާ ރުއިމުގެ ސަބަބުން އޭނާގެ ދުޅަވެފައިވީ ދެލޮލަށް އިތުރު ރަތް ކަމެއް ވެރިވަމުންދިޔައެވެ. ހިތާ ހިތުން ޝަކުވާ ކުރެވުނު އިރު އޭނަ ހާ ބަދުނަސީބު މީހެއް ހުންނާނެ ބައޭ އަމިއްލަ ހިތާ ސުވާލް ކޮށްލެވުނެވެ. އިރުކޮޅަކުން ރޯން އިނުމަށްފަހުން ފާހާނައަށް މިސްރާބު ޖެހިއެވެ.
ފާހާނައަށް ވަދެ ވުޝޫކޮށްލައިގެން ނުކުމެ ދެރަކުއަތުގެ ނަމާދެއް ކޮށްލިއެވެ. ނަމާދަށް ފަހު އެތައް އިރެއް ވަންދެން ދުޢާކުރަން އޭނާ އިނެވެ. އޭރުވެސް ކޯތާފަތް މަތިން ކަރުނު ތިކިތައް ފައިބައެވެ. .
“ވައި ޒެވް.. ޝަވަންގެ ފަރާތުން ސަލާމަތް ވެވުނު ހިނދު އަހަންނަށް ވަނީ ޒެވްއަށް ބޭނުން ވެފައި .. ރޭގަ އަހަރެން މަސައްކަތް ކުރީ އަމިއްލަ ހިތުގެ ހާލަތު ބުނަން..އެކަމަކު ކުއްލިއަކަށް ބުނީ ގާލްފްރެންޑްގެ ވާހަކަ.. ކީއްވެ ޒެވް .. ކީއްވެ އަހަންނަށް އޮޅޭހެން އަހަންނާއި މެދު އަމަލްތައް ބެހެއްޓީ.. އަހަރެން ދެއްކީ ޒެވްގެ ޥާހަކަ އެކަމަކު ޒެވްއަށް އިޙްސާސް ވެސް ނުވި.. އައި ތިންކް އައި ލަވް ޔޫ ޒެވް” މުސައްލަ މަތީގައި އިށީންދެ ކަކުލުގައި ބޯ އަޅާލި އިރު އަނެއްކާ ވެސް އަލާރާ އަށް ރޮވެމުންދިޔައެވެ. ހިތުގައިވި ޝަކުވާތައް ދުލުން ބޭރު ކުރެވެމުން ދިޔައެވެ. އޭނާގެ ހިތުގެ އަޑު ޒެވިއަލްއަށް އިވޭނެ ނަމައެވެ. ނޭނގި ހުއްޓާ ލޯބި ވެވުނު އިރު މި ލޯބި ހިތި އެއްޗަކަށް ވެދާނެކަމަކަށް އަލާރާ އުއްމީދުވެސް ނުކުރެއެވެ.
“ދޮންބެދެކެ އަލާ ދައްތަ ލޯބި ވޭތަ” ކުއްލިއަކަށް އަލާރާ ސިހިގެން ދިޔައީ ދާދި ކައިރިން ލިއާނާގެ އަޑުއިވިފައެވެ. ރޯން އިނުމުން ލިއާނާ އެތަނަށް ވައިން ކަމެއް ވެސް އަލާރާއަކަށް ނޭނގުނެވެ. ފަހަތައް ނުއެނބުރުނު ނަމަވެސް ދެލޯ މަރާ ފިއްތާ ބާރު ކޮށްލެވުނީ ލިއާނާއަށް އެ ޥާހަކަ ތައް އިވުމުން ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. އޭނާއަށް ވާހަކަ ދެއްކުނީ ވެސް ފުދޭ ވަރަކަށް ބާރަށްކަން އިޙްސާސް ވީއެވަގުތުއެވެ.
“ލިއާ.. އަ ވޮނަ ބީ އެލޯން..ހުރިހާ ވާހަކައެއް އަޑު އިވުނުތަ” އެއިން ގޮތައް އިނދެ އަލާރާ ބުނެލިއެވެ. އަލާރާ ހީކުރީ އޭނާ އެހެން ބުނުމުން ވަގުތުން ލިއާނާ ދާނެކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.
“ނޫނޭ.. އައި ނޯ ދެޓް ޔޫ ވޮނަ އަ ޝޯލްޑާރ.. ސިސް ދެއްކި ހުރިހާ ވާހަކަ އެއް ނީވެ.. އެތެރެއަށް ވަދެވަދެ ހުއްޓާ ސިސް ތިބުނީ ދޮންބެ ދެކެ ލޯބިވެއޭ..އެއީ އިވުން ތަންކޮޅު”އަލާރާގެ ގައިގާ ލިއާނާ ފަހަތުން ބައްދާލިއެވެ.
“އައިމް ޝޮކްޑް..ދޮންބެ އުޅޭ ގޮތުން ބައެއްފަހަރު ހީވޭ ސިސް ދެކެ ލައިކްވާހެން.. ބަޓް ހިތަކަށް ނާރާ އަލާ ދައްތަ އަށް ދޮންބެ ކަމުގޮސްފާނެ ކަމަކަށް…ޑޯންޓް ކްރައި ސިސް.. ތިހާ ލޯބި ވަންޏާ ވައި އާރ ޔޫ ގާއީޒް ވެއިޓިންގް.. ޖަސްޓް ކޮންފެސް… ޝަވަންއަށް ވެސް އެނގެންވާނެ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން ކަން.. ސިސްއަށް ޙާޓް ކޮށްފަ ގޮސްވެސް ޝަވަންއަށް އަދި އަންނަން ކެރިއްޖެ އެންނު.. ޖަސްޓް ސޭ ނޯ” އަލާރާގެ ބޮލުގައި ފިރުމާލަމުން ލިއާނާ ބުނަމުންދިޔައެވެ. އެ ޖުމްލަތައް އިވި އަލާރާއަށް ހައްތަހާ ރޮވޭ ގޮތްވިއެވެ. އެ ކައިވެންޏަށް ނޫނެކޭ ބުނެވޭ ކަށް ނެތެވެ. ނޫނެކޭ ބުނެފި ނަމަ ދެން ވާނެ ގޮތެއް ނޭނގެއެވެ. މީގެ ކުރިން އެގޭގައި ހިނގާފައިވި ހާދިސާތަކުގެ މަތިން ހަނދާން ވިއަސް މެޔަށް ބާރުވެއެވެ. އެ ހިތްވަރެއް ކުރަން އަލާރާ ފަސްޖެހެވެނީ އެހެންވެއެވެ. އަނެއްކޮޅުން ދެން ހުރީ ޒެވިއަލްއެވެ. އެހުރިހާ ކަމެއް އެހެން ހުރި ނަމަވެސް އަލާރާ ބޭނުންވީ ޒެވިއަލްގެ ގާތުގައިވުމަށެވެ. އޭނާގެ އަޅާލުމާއި ލޯބި ލިބޭނެކަމަށް އުއްމީދުކުރެވި ބިރުކަނޑާލާފައި ނޫނެކޭ ބުނަން އަލާރާ ހުރީ ތައްޔާރަށެވެ. އެކަމަކު މިއަދު ހާލަތު މި ބަދަލްވީ އުއްމީދު ވެސް ނުކުރާ ގޮތަކަށެވެ.
ލިއާނާ ދެއްކި އެއްވެސް ޥާހަކައަކަށް އާން ހޫން ބުނެލާނެ ހިތްވަރުވެސް އަލާރާގެ ކިބަޔަކުނެތެވެ. އެހެން އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ގޮވާލީ ގޭގައި ގެންގުޅޭ މީހެއް ކަމަށް ވާ ނާޒާއެވެ.
“އޯހް ޝިޓް..ޝަވަން މެން އައިސްގެން ސިސް ބަލާ އައި މީހާ މަމީ.. ނާޒާ ވެސް އެއައީ އަހަރެމެން ލަސްވެގެން.. ލެޓްސް ގޯ..” އަލާރާގެ އަތުގައި ހިފާ ނަގަމުން ލިއާނާ ބުންޏެވެ. ބޭރަށް ނުކުތުމުގެ ކުރިން އަލާރާގެ މޫނު ސާފް ކޮށްލަ ދީ ލުއި މޭކަޕެއް ލިއާނާ ކޮށްލިއެވެ. އަލާރާގެ ދުޅަވެފައިވީ ދެލޯ ފެނި އެންމެންގެ ސުވާލްތައް އަމާޒުވާކަން ލިއާނާ ބޭނުމެއް ނުވިއެވެ.
ދެމީހުން އެއްކޮން ތިރިއަށް ފޭބިއިރު ޝަވަންއާއި ހަމްދީ އަދި ނަސްރާ ސިޓިންގރޫމް ސޯފާ ތަކުގައި ތިއްބެވެ. އެމީހުންގެ ކުރިމައްޗަށް ވާހެން ހުރި ސޯފާތަކުގައި އަޒީޒްއާއި ދިނާޔާގެ އިތުރުން އީވާ ތިއްބެވެ. އީވާ އިންގޮތް ފެނި އަލާރާއަކަށް ކަމަކު ނުދިޔައެވެ. ގަޔަށް ބާރު ޖީންސަކާއި ހުރަހެއް ނެތި ވަނާތައް ހާމަވާވަރުގެ ޓޮޕްކޮޅެކެވެ. ނަމަވެސް އެކަމާއި ބުނެވޭނެ އެއްޗެއް ވެސް ނެތްތާއެވެ.
އެހެން މީހަކަށް ފަޙްމް ނުވާނެހެން އަލާރާ ވަށައިގެން ލޯ ހިންގާލީ ޒެވިއަލް ފެނޭތޯއެވެ. ނަމަވެސް ޒެވިއަލްގެ ހިލަމެތް ފެންނަން ނެތުމުން ހިތައް މާޔޫސްކަން ވެރިވިއެވެ. ދިނާޔާއާއި އަޒީޒްގެ މެދުގައި އަލާރާ ބޭންދުމަށްފަހު ލިއާނާ ދިޔުމުން އޭނާ އިސްއުފުލާލިއެވެ. ނޫން ގޮތަކަށް ޝަވަންގެ މޫނަށް އަލާރާ ބަލާލިއެވެ. އެތައް ދުވަހެއް ފަހުން ޝަވަން ފެނުނު ނަމަވެސް ހިތައް ވެރިވެގަތީ އިންތިހާ ދަރަޖައިގެ ފޫހިކަމަކާއި ފާޑެއްގެ ރުޅިއެކެވެ. އަލާރާ އިތުރަށް ބަލަން ބޭނުން ނުވެގެން އިސްޖަހައިލިއެވެ.
“ހޭއި” ސޯފާ ތަކުގެ ބިއްދޮށުގައި ޒެވިއަލް ނައިސްގެން ކަންތައް ބޮޑުވެފައި ވި ލިއާނާ ސިހުނީ މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. ފަހަތް ބަލައިލި ހިނދު އަރްކާން ފެންނަން ހުރުމުން ލިއާނާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “ވަޓްސް ރޯންގް” ލިއާނާގެ މޫނު ފެނި އަރްކާންއަށް އަހައިލެވުނެވެ.
“ނަތިންގ.. މީ.. ދޮންބެ ނައިސްގެން..” ލިއާނާ ބުނެލިއެވެ. މީހެއްގެ ފިޔަވަޅުތައް އިވި ދެމީހުން އެއްފަހަރާ ފަހަތް ބަލާލި ހިނދު ޒެވިއަލް އަންނަތަން ފެނުނެވެ. ދެމީހުންނަށް ވެސް ހައިރާން ކަމެއް ލިބުނީ ޒެވިއަލް ހުރިގޮތުންނެވެ. ހެނދުނު ފެނުނު އިރު ހުރި ގޮތައް ވުރެން މީހާގެ ތަބީއަތު އިތުރަށް ބަދަލްވެފައިވާ ހެން ހީވެއެވެ.
“އަރްކާން..މީ…އަހަރެމެން ގެއަށް ޗޭންޖް ވާން ބޭނުން.. އަޒީޒްބެ ގާތު އެ ޥާހަކަ ބުނެލަ ދެވޭނެ ތަ..” ޒެވިއަލް އައިސް ބުނެލި ވާހަކައިން އަރްކާންއާއި ލިއާނާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ދެމީހުންނަށް އެއްފަހަރާ ކީކޭހޭ އަހާލެވުނެވެ.
“ވަޓް.. ކީއްވެ.. ދެމީހުންނަށް ދަތިވާ ކަމެއް އޮތީތަ.. ކިހިނެތް ވީ.. ބުނެބަލަ ވީ ގޮތެއް” ޒެވިއަލް ހުރި ގޮތުން އަރްކާންގެ ހިތުގައި ބޮޑު ހައިޖާނުގަނޑެއް އުފެދިއްޖެއެވެ. ޔަގީނުންވެސް ބޮޑު ކަމެއް ވެއްޖެއެވެ. އެދެމީހުން އެގެއިން ދާކަށް މިހާރު އޭނާގެ ހިތް އެއްގޮތަކަށް ވެސް ނޭދެއެވެ. ހާއްސަކޮން ލިއާނާ ނުފެންނަ ހިސާބެއްގައި ދުވަސް ޥޭތުކޮށްލުމަކީ އޭނާއަށް އުނދަގޫކަމެކެވެ.
“މްމްމް ނޫނޭ.. ދަތިވާ ކަމެއް ނެތް.. ހުރިހާ ކަމެއް ވެސް ބަރާބަރު…..މިހާރު އަލާ ވެސް މެރީކުރަން އެއުޅޭނީ.. ސޯ .. ޝީ ޑޯންޓް ނީޑް މީ އެނީމޯރ.. ދެން ކިޔަވާއިރު ވަރަށް ޕްރައިވެސީ ބޭނުން.. ސޫން ދެއާރ ވިލް ބީ މައި ފައިނަލް އެގްޒާމް.. އެންޑް ލިއާ އަށް ވެސް މޯރ ކޮމްފޯޓަބަލް ޒޯން އަކަށް އަމިއްލަ ގޭ ވާނެ.. އެގެޔަށް ދިޔަސް އަހަރެމެން ގުޅުމަކަށް ބަދަލެއް ނާންނާނެ” ގަދަކަމުން ތުންފަތައް ވެރިކުރުވި ހިނިތުންވުމެއްގައި ހުރެ ޒެވިއަލް ބުނެލިއެވެ. ލިއާނާގެ މޫނަށް ބަލާލިއިރު ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ދާން އެހާ ބޭނުން ވެފައި ހުރިހެން ހިއެއް ނުވެއެވެ. ނަމަވެސް އޭނާ ހެދީ ނޭނގޭ ކަމަށެވެ.
އަރްކާންއަށް އެއްޗެއް ނުބުނެވެނީސް ދިނާޔާ ގޮވާލުމުން ތިން މީހުން އެކުއެކީގައި އެދިމާލަށް ދިޔައެވެ. އެމީހުން ދިޔައިރު ދިނާޔާއާއި އަޒީޒް ހާސްވެ ގޮތް ހުސްވެފައިވާ ދެމީހުންހެން އަލާޜާގެ ދެކޮޅުގައި ތިއްބެވެ.
“ވަޓްސް ރޯން މޯމް” އަރްކާން ކައިރިވެލާފައި އަހައިލިއެވެ.
“ބަލާ ދަރިފުޅާ..އަލާ މިއޮތް ކިޔާ އެއްޗެއް..އަލާ ދަރިފުޅާ ތި ވިސްނުން ބަދަލް ކުރާކަށް ނޫޅޭނަން ތަ” ދިނާޔާ ހުރީ ރޮވޭ ގޮތްވެފައެވެ. އަނގައިން ބަހެއް ނުބުންޏަސް ކައިރީގައި އަޒީޒް އާއި އީވާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.
“އާން.. އަހަރެން ޝަވަން އާއި އިންނަން ރުހި ގަބޫލް..މިއީ އަހަރެންގެ ފަހުގެ ނިންމުން” އިސްޖަހައިގެން އިނދެ އަލާރާ އިއްވާލި ޖުމްލައިން ޒެވިއަލްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރަކުން ޖަހާލިހެންނެވެ. އިސްޖަހައިގެން ހުރެފައި ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނުތައް ހިފަހައްޓަމުން އޭނާ އެތަނުން ދިޔައެވެ.
****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.





Dheennnnnn eyyyy
Wth 😭😭😭😭😭
V dhera kon dw mi episode nimuny🥹🫣❤️
alheyyy dhennn..i knew something will go wrong kan…
Hello nihaa❤️
Hehehehe adhi ragalhu dear 🫣❤️
When’s the next part
In sha allah miadhu ge knme ves vaguthehga kiyaalan libeyne … ❤️❤️❤️
Alheyyyyyyy noooooon alaa needs zev and zev needs alaa dhen yu both don’t do it..
..mhr mivee gothun mijehuny zev alaa aa vakivaan lia arkaan aa ves dhurah dhaan😭😭😭 noon mhr roveyyy eba migothah hedheema 4 meehun kure ekakah ves hiy hama jehumeh nulibeynnu🥺🥺 ……dhera vany ey mi part kiyaafa rovey eba…. I luv this story ur the best author hama🥰🥰
Hellooo dear ❤️❤️
Ayii dont cry
Adhi ragalhuvaane ia🥰
Yess Kuda misunderstanding eh dhw miulheny
Alaa adhi bunaane and zev ves adhi bunaane 🫣
Higaa dhw balaalama vaa goi 🥰❤️❤️
Alhe nooooo😭😭😭
Im crying so hard
Why ala said yes ey😭😭😭😭 alhe 😭😭😭
Dhen vvvv dhera vehje
Hama fahkka misunderstanding eh eyothy
Lia and arkan ves haadha break vAne ey dhethan vaan jehunyma
Yeah asluga ves feel so bad for lia and arkaan…. Emeehunnah adhi kiriyaa viyya e hama akh elhilevunee ves…
Hello
Hws you dear ❤️
Alhey nurohchey adhi vedhaane fahun maa ragalhu gotheh vaan ulheny kamah ves dhw🫣❤️
Lets seeeeee 🥰🥰❤️❤️
Aahhh i wasn’t expect this
And no else would expect 😩😩😩🥺🥺
What a plot twist 😖😖😖😭😭 imma gonnahh cryyhh allll dayyu😭😭😭😭
Anyways shavwan men kon gadeh tha e gathy
Eyna kokko kihineh vee
What happened to her
My havan hihsu saying something big is gonna happen ey😔☹️☹️☹️😭😭😭 cant wait for the next part
Avahah up kohla dhehchey next … luv yuh the da bess author ❤️❤️❤️❤️❤️
Omgggggg alheyyy
Dhn oi part avahah neridhehchey
Can’t waittttt
Helloo dear ❤️❤️
Yesss soon iA🥰❤️
Kyh thikurayyy dhariyaa
Mulhin hiy maraalaifi😔
When next ❤️❤️❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Alaa and zev dhuru nukurachey
Arkaan and liaa ves
They both are made for each other
Mi part kiyaafa rovijje
Urgh i hate savan and sophia hayyaru kurey 😡
Haadha curious kohlaafa thi nimaaly
I appreciate your hard work
Your my fav author ❤️
Tc ❤️😘
Miyee varah interesting story kamaa eku kiyaa hithun kiyaala vaahaka eh
Ly annora ❤️😚
alheyyyy nooo they both need each otherr
dhn keehve alaaa pls thivisnunu dhookohlaa
btw mi part ves v nice
when next part cant wait hama
lyyyy
Alheyyy 😭😭😭😭 huvaa mibuny shavan ah yess buny alaa keeehkuran theyy😭😭😭😭💔
Bala zev ah vee goii☹️☹️☹️ it breaks my heart😭😭😭
Varah reethi😭😭😭❤️❤️❤️❤️
Kihineh evee aharen heekureee ragalhu gothakah kamah nimeynee😢
Avahah uploadu kohlahchee
Alheyy Nooooooooo… 😭😭😭
Eyrun Lia and Arkaan vx dhuruvaane. Alaa and Zev vx.. pls Zev ehn geyakah change nuvacheyy.
Kaakutha Alaa ah inzaaru mi dheny… I hate that person 😡
Anyways, Mi part vx varah varah reethi Masha Allah<333
Curiously Waiting for next part <33
😭😭😭😭😭😭
I wasn’t expect thissss😭😭😭
My heart hustss 😭😭😭
dhennn NOOOOOOOOOO
im soooo curiouuss
waitingg for nextt
Aahhhh ahhhh hell noo😭😭😭
Shavan men kon game eh ba e jassany mihaaru😏😏
Nasra ge dhari eh i mean shavan ge kohko eh ves huri tha?
Wooohh. Too shocking 😮
In love with this masterpiece ❤️🔥❤️🔥❤️🔥
Cant wait for the next ❤️🔥❤️🔥❤️🔥
ވަރަށް ރީތި މި ޕާޓު ވެސް
V ufaa vehje kamudhiyaeema
Thank you ☺️❤️
dheynn alhe dhwwwwww
keeehve tha alhe ze ves ehaa galhyyyy
alaa ehaa reethikoh kiyaadheyn feshyma ehury viyya buneli ethives dhn noalhn
e shavan gandah gotheh hadhaabala
when next ???
can’t waitttt
mi part ves vrh reethi masha allah
Aslu alaa buni gothun zev ah vaany ves ehn
Zev hurihaa suvaaleh kuran fesheema alaa ebuny viya bappa kairyga ves bunaany adhi shavan aa ekkon huri meeheh egunyma ey.. zev help vaane ey if ala gonna do what he told to do
Dhen maayoos vaane ennu
Zev hury confess kuran readyga
Dhen ehn ans kohfa suddenly meehehge vaahaka alaa ehen buneema zev aky i nama ves vaane ehn
Vvvvv reethi mi part ves
Kon itakum tha dhen iny next part
Mihaaru vs inyhizaaruge vaguthu thah guney eba
Im waiting for your comment bro😂❤️
Ma mioh haa dhuhu comment eh nukoh mihury ehen firihen kuhjeh nufennaathy comment section in
Mihaaru egihje ragakhah commensts nukiyeykan
So proud to have alot of mens here as well
V reethi mi part ves
❤️
So happy to see this comment🥰❤️
Hama girls ekey ehgothah boys ves vaahaka kiyaa ulheyne🥰❤️
I saw varah gina firihen kudhin hama comment section in 🥰 v ufaa vey hama
Vaahaka liyuntherin ves ulheyne hama anhen kudhin ge ithurun firihen kudhin ves..
And really really happy to see this comment🥰❤️❤️❤️
Kuriyah oi thaaga ves comment section in fennaane kamah unmeedhu kuran❤️❤️
what noooo i knew something will happen mi part ves vrh reethi when next part curiously waiting
Hellooo dear❤️ hehehe yess
Ala and zev kudakon dhera kohlevihje😭🫣
Adhi ragalhuvaane😳
Next part in sha allah soon 🥰❤️❤️
Varah asarugadha
Hama rovihje mi part kiyaafa
Tuesday ah wait
Hello dear🥰
Alhe nurohche adhi ok vaane ❤️
Yes yes miadhu libeyne iA❤️❤️
Dhen tuesday ey
Alhe haadha dhuvahakey eksmaku… keh vaaneba
Nuvaane nuvaane😭😭
Nuves nidheyne mi part kiyaafa dhen
Roefeemey varakah😭😭 ahhhhmy zev😭😭😭
Cantuuuu waittttttuuuu🥺❤️❤️
Hello mal 🥰 hws you gurl❤️❤️❤️
Heheh dhen veeha ireh nuvaane in sha allah❤️❤️
So happy mal ge comments fenifa
Vvvvv bodah thankiu for the lovely lovely support🥰❤️❤️
zev and ala aha mi vaa gotheh higaaba balaalan next part ga❤️❤️
Curiously waiting for tmrrrr need the next ep vrh kiyaalaa hiy vey
Yesss yess in sha allah soon❤️🥰
annora
when is next
curiously waiting
In sha allah today ❤️
whens next part
In sha allah miadhuge knme ves vagutheh ga kiyaalan libeyne 🥰❤️
Adhi next ep r dheythereyga 1 day
Aahhhhj i cant waittteyy😭😭
When next episode girl?