“ހިނގާބަ ރޫމްއަށް. ޒެވިއަންވެސް މިހާރު ބަނޑުހައިވެގެން އެއުޅެނީ. ލުބާވެސް ވަރަށް ވަރުބަލި” ކައިނިމުމުން ލުބައިނާ ގޮސް ޒެވިއާރްއަށް ލިޔެލާފައި ދެއްކިއެވެ. ޒެވިއާރް ބޯޖަހާލާފައި ލުބައިނާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ޒެވިއަންއަށް ފީޑުކޮއްލިތާ މާގިނައިރުތަނެއް ނުވެ ނިދިއްޖެއެވެ. އެހެންކަމުން ލުބައިނާ ވަނީ ފެންވަރާލާށެވެ. ހޫނު ފެނުން ފެންވަރާލައިގެން ނިކުން އިރު ލުބައިނާ ހުރީ ތާޒާ ވެލާފައެވެ.
“ހެއި.. ލުބާ… ޒެވް ބޭނުން ވާހަކައެއް ދައްކަން” ޒެވިއާރް ބުންޏެވެ. ލުބައިނާ ގޮސް ޒެވިއާރް ގާތުގައި އިށީނެވެ. ޒެވިއާރް ލުބައިނާއަތަށް ދިނީ ސިޓީ އުރައެކެވެ. އޭގައި އޮތް އެއްޗެއް ފެނި ލުބައިނާގެ ދެލޯ ބޮޑުވިއެވެ.
“ޒެވް މޮޔަވީތަ؟ މިއީ ހާދަ އަގު ބޮޑު ސާޖަރީއެކޭ. އެންޑް ލުބާއަކަށް އެހާ ޗާންސެސް ހައި އެއްވެސް ނޫނެއްނުން އަލުން ވާހަކަ ދެއްކޭނެ ކަމުގެ؟” ލުބައިނާ ފޯނުގައި ލިޔެލިއެވެ.
“އިނގޭތަ ތި އޮޓޮލަރިންގޮލޮޖިސްޓްއަކީ ކާކު ކަން؟ ތިއީ ޒެވް މަންމަގެ ޓްވިން. ދޮންތި ވޮއިސް ބޮކްސް ހަލާކުވެފައި ހުރި ކިތަންމެ ކުދިންނެއް ރަނގަޅު ކޮއްދިން. ޒެވް މަންމަ ކައިރީ ކިޔައިގެން ލުބާ މިކޮޅަށް ގެނައުމުގެ މައިގަނޑު ސަބަބަކީވެސް މިއީ” ޒެވިއާރް ކިޔައިދިނެވެ. “އެކަމަކު.. ހާދަ ރުފިޔާއެއް؟ ކާމިޔާބު ނުވެއްޖިއްޔާ؟” ލުބައިނާ އަނެއްކާވެސް ލިޔެލިއެވެ. “އެކަމަކު ކާމިޔާބު ވެއްޖެއްޔާ؟” ޒެވިއާރް ބުންޏެވެ. ފުރަތަމަ ފަހަރަށް ލުބައިނާއަށް އެކަމާއި ދޭތެރޭ ވިސްނާލެވުނެވެ. “ޕްލީޒް ސޭ ޔެސް. ޒެވްއަށް ޓަކާ ނުކޮއްދެންޔާ ޒެވިއަންއަށް ޓަކާ…” ޒެވިއާރް ބުންޏެވެ. އެންމެ ފަހުން ލުބައިނާ އެއްބަސް ވިއެވެ.
ޖެހިގެންއައި ދުވަހެވެ. ލުބައިނާ ގޮވައިގެން ޒެވިއާރް އިނީ ހޮސްޕިޓަލުގައެވެ. އިރުކޮޅަކުން މެދު އުމުރެއްގެ އަންހެނަކު އެދެމަފިރިން ގާތައް އައެވެ. “ދޮންތީ. މިއީ ޒެވްގެ ވައިފް ލުބައިނާ” ޒެވިއާރް ވާހަކަ ދެއްކީ ސްޕެނިޝް އިންނެވެ. “ހެލޯ އައިމް ޒެނިއާ” ޒެނިއާ ސަލާމްއަށް އަތް ދިއްކޮއްލަމުން ބުންޏެވެ. ލުބައިނަ ސަލާމް ބަލައިގަތެވެ.
ލުބައިނާ އެގްޒާމް ކޮއްފައި ޒެނިއާ ނުކުތެވެ. އޭރު އޭނާގެ މޫނު މަތީގައި ހުރީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްއެކެވެ. “އިޒް ޝީ އޯކޭ؟” ޒެވިއާރް އެއްސެވެ. “ޔެސް. ޝީ އިސް އެކްޓުއަލީ ވެރީ ފައިން. ލުބާއަށް ބޭނުންވަނީ ހަމަ ކުޑަ ސާޖަރީއެއް. އޭރުން ލުބާއަށް ވާހަކަ ދެއްކޭނެ” ޒެނިއާގެ ވާހަކަ އާއި އެކު ޒެވިއާރްގެ ދެލޯ ބޮޑުވިއެވެ. “ޒެވް ބުނީމެއްނުން ލުބާއަށް ޓްރީޓް ކުރި ޑަކްޓަރޭ ޓޮޕް ވަން ސަސްޕެކްޓްއަކީ؟ ހީ ފޭކްޑް އެވްރީތިންގ” ޒެނިއާ ބުންޏެވެ. އައި ރުޅީގައި ޒެވިއާރްއަށް ގޮއްމުއްކަވާފައި ފާރުގައި ޖެހުނެވެ. “ޑޯންޓްވޮރީ. ދޮންތި މިކަން ކޮއްދޭނަން. ލުބާއަށް އަލުން ވާހަކަ ދެއްކޭނެ ކަމުގެ %100 ކަން ދޮންތި ދޭން.” ޒެނިއާ ބުންޏެވެ. ޒެވިއާރް ބޯޖަހާލިއެވެ.
އެދުވަހު މެންދުުރުގެ ވަގުތެވެ. ލުބައިނާ އޮޕަރޭޝަންއަށް ވެެއްދުނެވެ. ވަގުތު ގުނާލަ ގުނާލަ ޒެވިއާރް ހުރީ ހިތާ ހިތުން ދުޢާ ކޮއްލަކޮއްލައެވެ. ގަޑިއިރެއްހާއިރު ތެރޭގައި ލުބައިނާ ތިއޭޓަރުން ނެރެވުނެވެ. ލުބައިނާ ގާތުގައި އިން ޒެވިއާރް ސިކުންތުތައް ގުނަމުން ދިޔައި ލުބައިނާހޭއަރާނެ ވަގުތަކަށެވެ.
“އައްސަލާމު އަލައިކުމް” އަހުމަދު ސަލާމް ގޮވާލާފައި ގެއަށްވަނެވެ. ބޭރު ޖޯލީގައި އަލާޔާ ގޮވައިގެން އިން އަލަކާގެ ދެބުމަ ގޮއްޖެހުނެވެ. “އަނހާ. ކާފަގެ އަލާޔާ ހާދަ ދޮނޭ މިއަދު. އަވަހަށް އާދެބަ ކާފަ އުރާލާނަން” އަލަކާއަށް ބަލައިވެސް ނުލާ އަލާޔާ ނަގަމުން އަހުމަދު ބުންޏެވެ. އަލާޔާގެ އަތުގައި އަހުމަދު ހިފިލެއް ބާރު ކަމުން އަލާޔާއަށް ރޮވުނެވެ. “ކީއްކުރަން ތިއައީ؟” އަހުމަދު އަލާޔާ ނަގާ މަސަލަސް ކުރަމުން ބުންޏެވެ.
“ހަމަ މިސްވެގެން” އަލަކާގެ ކޮނޑުގައި ފިރުމާލަމުން އަހުމަދު ބުންޏެވެ. ވަގުތުން އަލަކާ އޭނާގެ އަތް ފޮޅުވާލިއެވެ. “ކިހިނެތްތަވީ؟ މިހާރުދެން އައިޝާވެސް ނެތްވިއްޔާ. ބައްޕަ ވެސް ފޫހިވާނެއްނުން؟” އަނެއްކާވެސް އަހުމަދު ގާތްވިއެވެ. ނަމަވެސް އެވަގުތު ގެއަށް ވަދެގެން އައި ލުބާންފެނި ދުރަށް ޖެހުނެވެ. ނަމަވެސް އަހުމަދު ދެއްކި ހުރިހާ ވާހަކައެއް ލުބާންއަށް އިވުނެވެ. އަހުމަދުއަށް ބަލައިވެސް ނުލާ ލުބާން އަލަކާއާއި އަލާޔާ ގޮވައިގެން އެތެރެއަށް ވަނެވެ. ލައިނާ ގާތު އަލާޔާ އުރާލުމަށް ބުނެފައި ލުބާން އަލަކާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ.
“އަލޫ. އައިމް ސޮރީ މިހެން ބުނަން ޖެހޭތީވެ. އެއީ އަލޫގެ ބައްޕަ. އަހަރެންގެވެސް ބައްޕަ. އެކަމަކު އަހަރެން އޭނަ ދެކެ ވަރަށް ފޫހިވޭ. ކިހިނެތް ވެގެންތަ އެއުޅެނީ؟ ހިތައް އަރާ ބުނަންވެއްޖޭ ލާޔާ ކައިރިއަށް ނާންނާށޭ. އޭނަ ލާޔާ އުރަނީ ކުޑަކުދިން މީހަކު އުރާހެެނެއް ނޫން. ބޮސްދީ ހަދަނީވެސް ކާފައަކު ކާފަދަރިއަކަށް ބޮސްދޭހެނެއް ނޫން. ލައްކަ ދުވަހު އެއްޗެއް ނުބުނަން ހުރެފިން. އެކަމަކު މިއަދު އޭނަ އެގާތްވީ އަލޫއަށް.” ލުބާން ރުޅި އަހިސްފައި ވާޙަކަ ދެއްކިއެވެ. އަލަކާއަށް އިސްޖަހާލެވުނެވެ. ކުޑަ އިރުގެ އެ ހިތި މާޒީ ފިލްމެއްހެން އޭނާގެ ދެލޯ ކުރިމަތީ ސިފަވާން ފެށިއެވެ.
އިނގިލިތަކާއި ކުޅެލަ ކުޅެލަ އިން ޒެވިއާރް ސިހުނީ ލުބައިނާ އިނގިލައް ތަޅުވާލިހެން ހީވެގެންނެވެ. ވަގުތުން ޒެވިއާރް ކޮޅަށް ޖެހުނެވެ. “ލުބާ؟” އެސްފިޔަތައް ތަޅުވާލަމުން ލުބައިނާ ދެލޯ ހުޅުވާލިއެވެ. ވަގުތުން ޒެވިއާރް ދުއްވައިގަތީ ޒެނިއާ ހޯދުމަށެވެ. ހިނދުކޮޅެއް ތެރޭގައި ޒެނިއާ އާއި އެކު ނަރުސް ކުއްޖަކުވެސް ވަނެވެ.
“ލުބާ؟ ވާހަކަ ދައްކަން ޓްރައި ކޮއްލަބަ” ޒެނިއާ ބުންޏެވެ. ލުބައިނާއަށް ހިންދިރުވާލެވުނެވެ. އަނެއްކާވެސް ވާހަކަ ނުދެއްކިދާނެ ކަމުގެ ބިރު ސިކުނޑި ވަށާލިއެވެ. އެހެން ކަމުން ވާހަކަ ދައްކަން މަސައްކަތް ކުރާނެ ހިތްވަރުވެސް އެލުނެވެ. “އިޓްސް އޯކޭ ލުބާ. ޓްރައިޓު ޓޯކް” ޒެނިއާ ހިތްވަރު ލައިދިނެވެ. ކައިރީގައި ހުރި ޒެވިއާރްވެސް ބޯޖަހާލީ ހިތްވަރު ދޭފަދައިންނެވެ.
“ޒެ.. ޒެ..ވި..އަ..ން..؟” ލުބައިނާ ބުންޏެވެ. ޒެވިއާރްއަށް ދެލޯ މަރާލެވުނެވެ. ޖާދޫވީ އަޑެކެވެ. އެއަޑު އަހާއަހާ އޭނާ ދުވަހަކުވެސް ފޫހި ނުވާނޭކަން ގައިމެވެ. ދެލޯ ހުޅުވާލަމުން ޒެވިއާރް ލުބައިނާއާއި ދިމާލަށް ބަލައިލިއެވެ. މަގޭ ނަން ކިޔާލަބާލާށޭ ބުނާފަދައިންނެވެ. “ޒެވް؟” ލުބައިނާ އަނެއްކައިވެސް ބުންޏެވެ. ވީއުފަލުގައި ޒެވިއާރްއަށް ގޮސް ލުބައިނާގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. ލުބައިނާގެ ދެލޮލުންވެސް ނިރާލީ އުފާވެރިކަމުގެ ކަރުނެވެ. “އަލްހަމްދުލިއްލާހި” ލުބައިނާ މަޑު މަޑުން ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Yeeyy congrats luba
Bro yail I hate you luba ah dhen vaahaka nudhekeveyney kiya argg
Vrah furihama mi part ves maashaa Allah
When next??
Lysssssm 💗💗💗
Tc
Jazaakallah khairan Your fav bab🥹🫶🏻
Yayy luba can finally talk
I ves mhr lubaa ge adu ahaalaa hiy vehje
Mi part ves varah reethi…. Maasha allah
When next????
Can’t wait to read the next part
Lysssssm shiherrr
Jazaakallah khairan Ishuuu🥹🫶🏻
Ohh. So that’s why Xav brought Lubaa ge Spain.! But is Luba sure she did that for Xavian?? 🙊
E yail gandu haadha goahey dhww. Eyna hama Lubaa ah vaahaka nudhekkeyne yo kiyaafa. Dhen vaahaka nudhehkkey varu kolli meehaku beynumeh nuvaane dhw alun eyna ah vaahaka dhekkey goi vaakah. Makes sense…..
But, Xav kairee bunelahchey e yail hayyaru kuraashey avahah. I mean, eves kusheh nu dhww
Anyways, Xav haadha romantic eyy dhw. First time ga Lubaa ge adu ivunyma eoh vee gotheh dhw
And aslu Lubaan bunee thedheh
Bafaibe viyas amilla anbimeehaa eii ambimeehaa. Ehen firihenaku amilla dharifulhaa ehen ulhe ulhefa dhen ambimeehaa aa behen fesheemaka nuhureveyne madakunn.
Anekkaa aslu Alakaa kudairu ves e Ahmed eyna aa behuneetha?
Could that be the hihdhathi maazee?
And miadhu eyna ge vaahaka huri gothun heevanee eyna Aisha maraalee, ehen kanthah kureema eyna ah freely Alakaa and Laayaa ah behen faseyha vaanethee hen.
Bappa viyas hama dhuniye mathee huri saithaaneh eii
Haadha goahey dhw
Anyway, Shiherr akah nun ingey mi ehchehi kee. Shiherr ah bunelan othy varah happy ey daily koh upkohdheythee.
Varah varah happy. And mi episode ves varah reethi.
Hoping to read the next episode tomorrow, or 24 hours later
Love youuuuuyy 🤍🩶🖤
Jazaakallah khairan Oreo gurll🥹🫶🏻
And shiherr
I noticed a mistake!
Mi story ah shiherr laafa in main picture ga 2 faharah Kayaan ge name aissa inee
Ekani in picture ga ves inee Kayaan, and Nimra aa ehkoh in picture ga ves inee Kayaan jehifa. Eythi rangalhu kohlaa
And also, aslu eygen koh picture ehga Kayaan ge name innaanee? I mean, emeehun ge relationship mihaaru oi gothun mibunee aslu
I was 90% a sleep when i made the poster ehnve aslu olhifa eynre😭
Al’hamdulillah! Finally!
Congra luba! ❤️ N luba family!!
Ekm haadha biruveri vaaneye yail mn ah luba ah vaahaka dhekkey kan engijeyya!
Rajje gossa anekka vaahaka nudhekkey kamah hadhaign hunnaniitha aneh miihunah olhuvailan?
Bcz engijeyya v kada vaane ehnu!!
Jazaakallah khairan Tweetyyy🥹🫶🏻