“އެދުވަހު… ޒެވް ދިޔައީ ޕާޓީ ނިންމާފައި އަޅުގަނޑު ވަރުބަލި ވެފައި އިނީމައި ގެއަށް ދާވާޙަކަ މަންމަމެން ގާތުގައި ބުނެލަން. ދިޔަތާ ކުޑަ ހިނދުކޮޅެއްތެރޭގައި އެމީހާ އަހިސް އަޅުގަނޑުގެ މޫނު މަތީގައި ފޮތިކޮޅެއް އެޅީ. އޭގެން ދޮވި ވަހާއި އެކު އަޅުގަނޑު ހަމަ ހިއްސު ކެނޑިގެން ދިޔަ. ދެން ހޭލެވުނު އިރު އޮވެވުނީ އެންމެ ފުރަތަމަވެސް އެމީހާ އަޅުގަނޑު ރޭޕް ކޮއްލި ކޮޓަރީގައި. އެފަހަރު އެމީހާގެ ދަރިއަކަށް އަޅުގަނޑު ބަލިވެއިނިން. އެކަމަކު.. އެދަރިފުޅު ބައިގެން ދިޔައީ. ދެން މިހާރު ޒެވްއާއި މެރީކޮއްގެން އަނެއްކާ ބަލިވެއިނީމަ.. މިދަރިފުޅުވެސް ވިހެޔަކަށް ނުދޭނަމޭ ބުނީ.. އެހެން ކިޔާފަ.. އޭނަ..” ލުބައިނާއަށް ދެން އިތުރަށް އިޝާރާތް ކުރާނެހާ ހިތްވަރެއް ނުލިބުނެވެ.
“ލުބާއަށް ހީވޭތަ އެތިންފަހަރު މަތިންވެސް ލުބާއަށް އެޓޭކު ދިނީ އެކަކުހެން؟” މާޝާ އިޝާރާތް ކުރިއެވެ. “ނޫން! ހީވޭ ދެމީހަކު އެބަ އުޅޭހެން. އެއީ އަޅުގަނޑުގެ ކަރަށް ވަޅި ހަރާލި މީހާއެއް ނޫން ދެފަހަރުވެސް މިކަން މިކުރީ. ކަޅަށް ވަޅި ހަރާލި މީހާ ވަރަށް މުސްކުޅި. އެކަމަކު މިދެފަހަރު ކުރި މީހާ ވަރަށް ޒުވާން. ފުރަތަމަ ފަހަރު އަޅުގަނޑު ގަޔަށް އެރީ ކާކު ކަމެއް ނޭނގޭ. އޭރު އަޅުގަނޑުގެ ހަމަ ހިއްސުނެތުމުން..” ލުބައިނާ އިޝާރާތް ކުރިއެވެ.
“ހާސްނުވޭ. އިންޝާ ﷲ އަޅުގަނޑުމެން 3 މީހުން ލުބާއަށް އިންސާފު ހޯދައިދޭނަން” ލުބައިނާގެ އަތުގައި ފިރުމާލަމުން މާޝާ ބުންޏެވެ.
“ކަޔާން..” ލުބައިނާ އޮތް ކޮޓަރިން ނިކުންގޮތައް ކަޔާން ހިނގައިގަތުމުން ނިމްރާ ގޮވައިލިއެވެ. ނިމްރާގެ އަޑަށް ކަޔާން ހުއްޓުނެވެ. ނަމަވެސް ސިކުންތުކޮޅެއްތެރޭ އަނެއްކާވެސް ހިނގައިގަތެވެ. “ކަޔާން ޕްލީޒް ނުދޭ…” ނިމްރާ ގޮސް ކަޔާން އަތުގައި ހިފިއެވެ. ވަގުތުން ކަޔާން އޭނާގެ އަތް ހޫރުވާލިއެވެ. “ޔޫ ހޭވް ނޯ ރައިޓް ޓު ސޭދެޓް” އެއްވެސް އިހުސާސްއެއް ނެތްފަދައި ކަޔާން ބުންޏެވެ. ކަޔާންގެ ދެލޮލުގައިވީ ހުސްކަން ފެނި ނިމްރާގެ ހިތަށް ފިތޭ ކަހަލަ އިހުސާސްއެއް ކުރެވުނެވެ.
“އައިމް ސޮރީ…” ނިމްރާ އިސްޖަހާލަމުން މަޢާފަށް އެދުނެވެ. ކަޔާން އެއްވެސް އެއްޗެއް ނުބުނުމުން ނިމްރާ ކުރިއަށް ޖެހިލީ ކަޔާންގެ ހަށިގަނޑުގައި ބައްދާލާށެވެ. ނަމަވެސް އެސިކުންތުގައި ކަޔާން އޭނާ ދުރުކޮށްލިއެވެ. “ވަގުތު ފާއިތުވެއްޖެ. އަހަރެން ދުވަހަކުވެސް މީހެއްގެ އަންބަކާ ގާތެއް ނުވާނަން!” ކަޔާން އެހެން ބުނެ ހިނގައިގަތެވެ. ރުޅިއަންނަ ކަމަށް ހެދުނަސްވެސް އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
5 ދުވަސް ފަހުން ލުބައިނާ ގެއަށް ދޫކޮށްލެވުނެވެ. ގެއަށް އަހިސް އެންމެން ތިބެގެން ތަފާތު އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. “މިފަހަރު މަންމަމެން އެނބުރި ސްޕެއިންއަށް ދާއިރު ދަރިފުޅުވެސް ދާންވީނުން މަންމަމެންނާއި އެކު؟” ވާހަކައިގެ ތެރެއިން ޒަވްޔާއެއްސެވެ. ލުބައިނާއަށް ބަލައިލެވުނީ ލައިނާއާއި އާދިލްގެ މޫނަށެވެ. “އެއީ ތެދެއް ދަރިފުޅާ. އޭރަށް ދަރިފުޅު ހިތްހަމަވެސް ޖައްސާލެވޭނެ. ބައްޕައަށް ފެންނަނީ ހަމަ ދާން” އާދިލް ބުންޏެވެ. އާދިލްގެ ބަހަށް ލައިނާވެސް އެއްބަސް ވިއެވެ. ޒެވިއާރްވެސް ހުރީ އެވާހަކަ އިވި އުފާވެފައެވެ. އެހެން ކަމުން ލުބައިނާ މުޅިންގަދަ ވުމުން ސްޕެއިންއަށް ދާގޮތައް ހަމަ ޖެއްސުނެވެ.
ނިދިފައި އޮތް ޔައިލް ދިޔައީ ދެކޮޅަށް ފުރޮޅެމުންނެވެ. މެރިފައިވީ އޭނާގެ ދެލޮލުން ދިޔައީ ކަރުނަ ފައިބަމުންނެވެ. ހީވާ ގޮތުން ނަމަ އޭނާއަށް ފެންނަނީ ހުވަފެނެކެވެ. “ހަޅޭ ނުލަވާ މަޑުން އޮވެބަލަ. ޕްލީޒް.. ނުވާނެ މާގިނަ އިރެއް. އިރުކޮޅަކުން ހުއްޓޭނެ. އިހިސާބުން ހުރިހާކަމެއް ނިމުނީ” ޔައިލްގެ ކަރަށް ވާން ކޮއްލަމުން އެމީހާ ބުންޏެވެ.
“ނޫން!!” ކުއްލިއަކަށް ޔައިލް ކޮޅަށް ޖެހުނެވެ. ކަރުގައި ފިރުމާލަމުން ޔައިލް ރޯން ފެށީ ކުޑަކުއްޖެއް ފަދައިންނެވެ. “ނޫން.. ބައްޕާ… އަޅެ ކީއްވެ؟ ކޮބާތަ ޔައިލްގެ ކުށަކީ؟” ޔައިލް ރޮމުން ރޮމުން އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ.
**1 މަސް ފަސް**
ދުވަހަކީ ޒެވިއާރްގެ އާއިލާއާއި ޔޫސުފްގެ ދެމަފިރިން ސްޕެއިންއަށް ފުރާދުވަހެވެ. “ވަރަށް ހެޕީ ވެފަތަ؟” ހެވިފައި ހުރެ ޒެވިއަން ރެޑީ ކުރަމުން ދިޔަ ލުބައިނާ ގާތު އިށީންނަމުން ޒެވިއާރް އެއްސެވެ. “ޔޭސް. ލުބާ މިއީ ސްޕެއިން މޫވީސް ބަލައިގެން ބޮޑުވި ކުއްޖެއްވިއްޔަ. ވަރަށް އެކްސައިޓްޑް” ލުބައިނާ ފޮތް ހިފައިގެން އަހިސް ދިނެވެ. ހިވާގޮތުންނަމަ އެސުވާލު އޭނާ ކުރަންދެން އެއިންތިޒާރުގައި ލުބައިނާ އިންފަދައެވެ. ޒެވިއާރް ހިނިތުންވެލިއެވެ.
މެންދުރު ފުރިގޮތައް ސްޕެއިންއަށް އާދެވުނު އިރު އޭގެ އަނެއް ދުވަހުގެ މެންދުރެވެ. ސްޕެއިންގެ މަގުތައް ވެހިފައިވީ ސްނޯއިންވަނީ ފޮރުވާލެވިފައެވެ. ނިދިފައި އޮތް ޒެވިއަން ޒެވިއާރްއަތައް ދީފައި ލުބައިނާ ގޮސް ސްނޯގައި އަތްލާ ހެދިއެވެ. ލުބައިނާ އުޅުނު ގޮތުން ހީވަނީ ހަމަ ކުޑަ ކުއްޖެއް ހެންނެވެ.
ކުޑަ ހިނދުކޮޅެއް ފަހުން އެއާއިލާ ބަލާ “ބީ.އެމް.ޑަބްލިޔު” އެއްއައެވެ. އާއިލާގޮސް އެއަށް އެރުމާއި އެކު ކާރު ނައްޓާލިއެވެ. ސްޕެއިންގެ މަގުތަކަށް ގެއްލިފައި އިން ލުބައިނާއަށް އިނީ ގެއަށް އާދެވުންލެއް އަވަސްވެފައެވެ. “ގޯލްޑް ރޯޒް” ގޭޓޫ ތެރެއިން ވަދެވުމާއި އެކު ލުބައިނާގެ ދެލޯ ބޮޑުވިއެވެ. އެގެ ބޮޑުވެފައި ހުރިލެއް ޝާހީ ކަމުންނެވެ. ހީވަނީ ހަމަ ކާޓޫނު ތަކުގައި ފެންނަކަހަލަ ބިނާއެއް ހެންނެވެ.
ގެއަށް ވަދެގެން އައި އިރުވެސް ލުބައިނާގެ ނަޒަރު ދިޔައީ ގޭގެ އެކިދިމާލަށް ހުއްޓެމުންނެވެ. ގޭގައި މަސައްކަތް ކުރަމުން ދިޔަ މީހުން ދިޔައީ ލުބައިނާއާއި ޒެވިއަންއަށް މަރްހަބާ ކިޔަމުންނެވެ. ލުބައިނާއަށާއި ޒެވިއަންއަށް ގިނަވާ ވަރަށް ހަދިޔާވެސް ހުއްޓެވެ. ސުފުރާގެ ވާހަކަ ދެން ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. ލުބައިނާއަށް މީރުހާއެއްޗެއް މޭޒުމަތީގައި ހުއްޓެވެ. ލުބައިނާ ހުރީ ފުރަތަމަ ކާންވީ އެއްޗެއް ނޭނގިފައެވެ. އޭރު ޒެވިއަން ހޭލާ އޮތުމުން ގޭގައި މަސައްކަތް ކުރާ ކުދިންކޮޅެއް ޒެވިއަން ގޮވައިގެން ދުރަށް ޖެހިލީ ދެމަފިރިން ކައިނިމެންދެންނެވެ.
“ހިނގާބަ ރޫމްއަށް. ޒެވިއަންވެސް މިހާރު ބަނޑުހައިވެގެން އެއުޅެނީ. ލުބާވެސް ވަރަށް ވަރުބަލި” ކައިނިމުމުން ލުބައިނާ ގޮސް ޒެވިއާރްއަށް ލިޔެލާފައި ދެއްކިއެވެ. ޒެވިއާރް ބޯޖަހާލާފައި ލުބައިނާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ޒެވިއަންއަށް ފީޑުކޮއްލިތާ މާގިނައިރުތަނެއް ނުވެ ނިދިއްޖެއެވެ. އެހެންކަމުން ލުބައިނާ ވަނީ ފެންވަރާލާށެވެ. ހޫނު ފެނުން ފެންވަރާލައިގެން ނިކުން އިރު ލުބައިނާ ހުރީ ތާޒާ ވެލާފައެވެ.
“ހެއި.. ލުބާ… ޒެވް ބޭނުން ވާހަކައެއް ދައްކަން” ޒެވިއާރް ބުންޏެވެ. ލުބައިނާ ގޮސް ޒެވިއާރް ގާތުގައި އިށީނެވެ. ޒެވިއާރް ލުބައިނާއަތަށް ދިނީ ސިޓީ އުރައެކެވެ. އޭގައި އޮތް އެއްޗެއް ފެނި ލުބައިނާގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Mi part vx vrh reethi Masha Allah 💗
i wonder what will happen next part ga….
tc sis 💖
lysssm shihaa 💗
jazaakallah khairan stay tuned in sha allah tmrw
vv reethi
when is next?
jazaakallah khairan in sha allah soon
I think that’s a love letter
Hehehe
Varah furihama mi part ves Maashaa Allah
Now that Luba is in Spain hope there would be no attacks
When next?
Lysssssm ❤️
hehehehehe neynge dhw.. but its surely something very unexpected. stay tuned.
in sha allah soon
Bro your fav bab I think I know you
Are you the one who stays up all night with your tab without your parents knowing n told me to keep it a secret?
I’m pretty sure that’s you
you know me?? The Bl.Th.Va
You big brat monster!!
Secrets are secrets
Oh yh!! I was the one who caught you with your boyfriend n you didn’t let your parents know either
So just zip it
yh n why won’t I know you!!
N If you have anything left to say meet me in the chat log not here like OMG Bl.th.va
Bro Okey okey not more
Yes I have a lot more to say so yup I’ll meet you in the chat log
Oops posted on your name 😅well never mind
Ohh. Lubaa haadha lucky ey dhw.. Spain series balaafa dhen real life ga ves Spain ah dhevunee
Doesn’t it kinda seems like, their honeymoon… 🙊 With a babyyy
But I think Yail.. I guess there’s something more that we aren’t still aware of. Could Yail have a different story? A story he’s hiding behind his angry face, something that he doesn’t want anybody to know????
Alheyy varah excited.
Shiherr varah reethi ingey mi episode. Kudakuda Xavian ves dhw. Varah loabi vaane kanneynge
Alhey I beynun uraalan 🥰🥰🥰🩷
Whens the next episode cominggggg? I’m so excited..
haha dhwww. i wish i could go to korea one day ahaha
hehehehehe theres a reason why Xavier took lubaina to spain next ep ga engeyne stay tuned ingey
ikrr sometimes i also wish uraaleveyne nama ey haha
soon soon in sha allah stay tuned
I ves mhr spain ah dhaa hihvehje
Mi part ves varah reethi
When next???
Curiously waiting for the next part
Lyssm shiherrr
hihihi
jazaakallah khairan, in sha allah soon
When’s the next part